Skip to content
އެސްފިޔަ

ކަމަނަ 2

“އައްދޭ އަހަންނަކީ އެހެން ފިރިހެނުން ކަހަލަ މީހެއް ނޫން. ކާކުކަން އިނގެމާ ދޯ. އަހަންނަށް ކިޔަނީ ޔޫސުފް. ނަންވެސް ނުބުނެ ތަ ދާނީ؟” އަންހެން ކުއްޖާގެ ފަހަތުގައި ހުރެ އެކުއްޖާގެ މަޑު އަތްތިލާއިގަ ހިފާލަމުން ޔޫސުފް އަހާލިއެވެ. “އަހަންނަށް ކިޔާ….. ކަމަނަ”

“ހަގީގަތުގަ ވެސް ކިޔަނީ ކަަމަނަތަ ” އެ ނުދަންނަ އަންހެން ކުއްޖާއާ ވާހަކަ ދެއްކުމުގެ ނިޔަތުގައި ޔޫސުފް އަހައިލިއެވެ. “ޢާނ! ޢަހަންނަށް ކިޔަނީ ކަމަނަ އަދި އަހަންނަށް ރަނގަޅީވެސް އަަހަންނަށް ކަމަނަ އޭ ކިޔާފަ ގޮވިއްޔާ” އެ އަންހެން ކުއްޖާ ހަމަ އެ ހުރިގޮތަށް ހުރެ ޔޫސުފްއަށް ޖަވާބުދިނެވެ. ޢަދި އޭނާގެ އަތް މިންޖު ކޮށްލަމުން އެތަނާ ދުރަށް ދާން މިސްރާބު ޖެހިއެވެ. ” ޢޭނ ކަމަނާ އަަހަންނަށް ކިޔަނީ ޔޫސުފް ޔޫސުފް ކަަމަނަ އަށް ގޮވާލަމުން އޭނާގެ ނަން ބުނެލިއެވެ. އެވަގުތު ކަމަނަ ފަހަތަށް އެނބުރި ޔޫސުފްއާ ހަތަރު ކަޅި ހަމަ ކޮށްލަމުން ލަދު ރަކި ހިނިތުންވުމުމެއް ރައްދުކޮށްލުމަށް ފަހު ދިޔައެވެ.

ޔޫސުފް ކަމަނަ ދިޔަ ދިމާލަށް ދީވާާނާ ވެފައިވާ އާޝިގެއް ފަދައިން ބަލަން ހުރި އިރު އެމޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އެރޭ އެހެންދުވަސް ދުވަހާ ހިލާފަށް ނަފާގެ ހިޔާލު ކުރުމުގެ ބަދަލުގައި މިއްދު ޔޫސުފް ހިޔާލި ވާފަތް ގުޅިފައިވަނީ ކަަމަނައާއި އެވެ. އެ ނުދަންނަ އަންހެން ކުއްޖާ އާ މެދު މާބޮޑަށް ވިސްނޭތީވެ ޔޫސުފް ވެސްހުރީ އަޖާއިބުއެފައިއެވެ. ޢެ އަންހެން ކުއްޖާ ޔޫސިފްއަށް ހެދި ޖާދުލެއްވެސް އެނގެނީކީއެއް ނޫނެވެ. ޢެރޭ ޔޫސުފް ގެއަށް ދިޔައީ އިޝާ ނަމާދު ވަގުތަށްފަހު އަށެއް ޖަހާކަންހާއިރުއެވެ. ޢޭރު އައިދަން ހުރީ އޭނާގެ ބައްޕައާއި އެކު ކާން ބައްޕަގެ އިންތިޒާރުގައެވެ. ޔޫސުފް ގޮސް ލޯބިން އައިދަން އުރާލުމަށްފަހު ގޮވައިގެން ކާން ދިޔައެވެ.

އާދައިގެ މަތިން އެރޭ ވެސް އައިދަން ވަރަށް ވާހަކަ ދެއްކިއެވެ. އެއްތަނެއްގައި މަޑުން ވެސް ނުއިނދެއެވެ. އެހެން ރޭތަކުގައި ޔޫސުފް އޭނާގެ ދަރިފުޅު އައިދަން ދައްކާ ހުރިހާ ވާހަކައެއް ވަރަށް ޝައުޤުވެރިކަމާއިއެކު އަޑު އަހައެވެ. ނަމަވެސް އެރޭ އޭނާ އިނީ އަމިއްލަ ޙިޔާލަކަށް ގެއްލިފައެވެ. ކަަމަނަގެ ހިޔާލް ތަކުގައިއެވެ. އައިދަން ކިޔާ އެއްވެސް އެއްޗަކަށް ސަމާލުކަމެއް ނުދެވި ޔޫސުފް އިނީ ކަމަނަ ގެ ޙިޔާލަށް ގެއްލިފައެވެ.

ކަމަނަގެ އެރީތި ސޫރައާއި ވިހުރެމުން ދިޔަ ފަންފަން އިސްތަށިގަނޑު އަދިވެސް ޔޫސުފް އަށް ފެންނަ ފަދައެވެ. އެހިނިތުންވުމާއި ދެކެވުނު މަދު ވާހަކަތައް ވެސް ޔޫސުފް ގެ ބޮލުތެރޭގައި ހިނގަމުން ދިޔައެވެ. ނަފާ ޔޫސުފް ދޫކޮށްލާފައި ދިޔަފަހުން، އަންހެން ކުއްޖަކާމެދު ޔޫސުފް އެފަދަ ޙިޔާލެއް ހިތައްއެރި އެއީ ފުރަތަމަ ފަހަރެވެ. ފުރަތަމަ ބައްދަލުވުމުން ވެސް ކަމަނަ ޔޫސުފް ގެ ހިތް އަތުލައިފިއެވެ. އެހާ ފަސޭހައިން ޔޫސުފްއަށް އެެހެންވުމުން ޚުދް އޭނާވެސް އެކަމާއިމެދު ހައިރާންވިއެވެ.

“ދަރިފުޅާ ކޮން ފިކުރެއްގަތަ ތިއިނީ؟” ޔޫސުފް ގެ ސިކުނޑިން ކުއްލިއަކަށް ކަމަނަ ގެއްލި، ހަމަހޭވެރިކަންވީ އޭނާގެ މަންމަ ގެ އެސުވާލުންނެވެ.

“ފިކުރެއް ނުކުރަން މަންމާ. ކުޑަކޮށް ވަރުބަލިވެފަ އިނީމަ އެހެން އިނދެވުނީ” މުޅިއަކުން ދޮގަކަށްވެސް ނުވާ ޖަވާބެއް ޔޫސުފް ދިނެވެ.

“ތިވާހަކަ މަންމަ ވެސް އެބައޮތް ދައްކަން ވެފަ. ރަނގަޅު ވަގުތަކަށް ބަލަން މިހުންނަނީ.” މަންމަ އެދައްކަނީ ކޮންވާހަކައެއް ކަމެއް ޔޫސުފްއަކަށް ނޭނގުނެވެ. ނަމަވެސް އެވާހަކަ ކަނުލާ އަޑުހަން ޔޫސުފް ސަމާލުކަން ދިނެވެ.

“މަންމަ ބުނަން މިއުޅޭ ވާހަކައަކީ، ނަފާ ދަރިފުޅުމެން ދޫކޮށްލާފައި ދިޔަފަހުން މިހާރު ފަސް އަހަރުވީއޭ. ދޫކޮށްފަ ދިޔަ މީހަކު އެނބުރި އަންނާނެ ކަމަކަށް އުންމީދު ކުރުމަކީ ބޭކާރު ކަމެއް. އަދި އެވެސް އެހާ ހަތުރު ގޮތަކަށް ދޫކޮށްލާފަ ދިޔަ މީހަކަށް އިންތިޒާރު ކުރާނެ ކަމެއްވެސް ނެތް”

“އަޅުގަނޑު ނަފާއަކަށް އިންތިޒާރެއް ނުކުރަން މަންމާ” މަންމަ ދެއްކި ވާހަކައާއި މެދު ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިގެން ޔޫސުފް ބުންޏެވެ.

“އެހެންވީއިރު ދަރިފުޅު ދެން އެހެން މީހަކާ އިންނަންވީނު. އޮފީހުގަ ބުރަކޮށް އުޅެފަ އައިސް ދަރިފުޅު އަބަދު ތިއުޅެނީ އައިދަން އާއިއެކު. އެހެންވީމަ ވަރުބަލި ވެސް ވާނެއްނު. އައިދަން އަކީ ހަލަނި ކުއްޖެއްކަން ދަރިފުޅަށް ވެސް އިނގޭނެ. ދަރިފުޅު ނެތް ވަގުތުތަކުގަ މަންމަ އައިދަން ބަލަނީ. އެކަަމަކު މަންމަ ވެސް އަބަދަކު ދުނިޔޭގަ ނުހުންނާނެ. މިއީ އެއްގޮތަކަށް ވެސް އައިދަން ބަލަން ޖެހޭތީ މަންމަ ކުރާ ޝަކުވާއެއް ނޫން. އެކަމަކު މަންމަ ވަރަށް އުފާވާނެ، އަބަދުގެ އަބަދަށް ލޯމަރާލުމުގެ ކުރިން ދަރިފުޅާ މަންމަގެ މާމަ ދަރިފުޅު އައިދަން އުފާވެރި ދިރިއުޅުމެއް އުޅޭތަން ފެންނަ ދުވަހަކު. އައިދަން އަށް ދަރިފުޅާ މަންމަ ކިތަންމެ ވަރަކަށް އަޅާލާ ލޯބިދީގެން އުޅުން ކަމުގައި ވިޔަސް، މައެއްގެ ލޯތްބެއް ނުދެވޭނެ” ދެވަނަ ކައިވެންޏެއް ކުރަން ޔޫސުފް އެއްބަސް ވޭތޯ އޭނާގެ މަންމަ ވިސްނާދިނެވެ.

މަންމަ ދެއްކި ހުރިހާ ވާހަކައެއް ވެސް ޔޫސުފް އަޑުއެހިއެވެ. މީގެ ކުރިން އޭނާގެ މަންމަ އެފަދަ ވާހަކައެއް ދައްކަން ފެށުމުން އޭނާ އެވާހަކަ ހުއްޓުވައެވެ. ދެން ކައިވެންޏެއް ކުރަން ބޭނުމެއް ނޫނޭ ބުނެ އެތަނުން ވެސް ދެއެވެ. ނަމަވެސް އެރޭ އެފަދަ ކަމެއް އޭނާ ނުކުރުމުން، ދެވަނަ ކައިވެންޏަކާއިމެދު ޚުދު ޔޫސުފް ވެސް ވިސްނާކަން އޭނާގެ މަންމަ އަށް އެނގުނެވެ.

ދަންވަރު އެކެއް ޖަހައިފިއެވެ. އެއިރުވެސް ޔޫސުފް އަށް އޮތީ ނުނިދިފައެވެ. ޔޫސުފް ވިސްނަމުން ދިޔައީ އޭނާގެ މަންމަ ދެއްކި ވާހަކަތަކާއި ކަމަނައާއި ދޭތެރޭއެވެ. ކަމަނަ އޭނާގެ ދެވަނަ އަނތްބަކަށް ވާނެނަމައޭ ޔޫސުފްގެ ހިތައް އަރަމުން ދިޔައެވެ. އެފަދަ ޙިޔާލުތަކެއްގައި އޮއްވާ ޔޫސުފް އަށް ނިދިއްޖެއެވެ. ޔޫސުފް އަށް ނޭނގުނު އެއްޗަކީ، އޭނާއާއި ވަރަށް ގާތުގައި އޭނާއަށް ބަލަން، ހެވިފައި ކަމަނަ ހުރިކަމެވެ.

އަތިރިމަތިން ކަމަނަ ފެނި، ކަމަނަގެ ޖާދޫގައި ޔޫސުފް ޖެހުނު ފަހުން، ތިން ދުވަސް ވޭތުވެގެން ގޮސްފިއެވެ. ކަމަނަ ފެނޭތޯ ވަރަށް ގިނައިން މުޅި ރަށުގައި ދުއްވިއެވެ. އަދި ކޮންމެ ދުވަހެއްގެ ހަވީރު ވަގުތު އައިދަން ގޮވައިގެން އަތިރި މައްޗަށް ވެސް ދެއެވެ. އައިދަން ކުޅެން އިންނައިރު ޔޫސުފް އިންނަނީ ކަމަނަ ފެނޭތޯ ވަށައިގެން ހޯދަ ހޯދައެވެ. ނަމަވެސް ޔޫސުފްއަށް ކަމަނައެއް ނުފެނެއެވެ.

އައިދަން އަށް ކިރު ދަޅެއް ގަންނަން ޔޫސުފް ބޭރަށް ދިޔަރެއެވެ. އައިދަން ހަމައެކަނި ބޮނީ ކޯސްޓު ކިރު ކަމަށް ވާތީ، ގެކައިރި ފިހާރަތަކުން ކޯސްޓު ކިރު ނުލިބިގެން އެރޭ ޔޫސުފް ދިޔައީ ގެއާއި ވަރަށް ދުރުގައި ހުރި ފިހާރައަކަށެވެ. ކިރު ދަޅު ގަތުމަށްފަހު، އަވަހަށް ގެއަށް ދެވޭނެ ކުރުގޮތަކަށް ދާން ވެގެން ރުއް ދަނޑު ތެރެއިން ލާފައި ޔޫސުފް ދިޔައެވެ. ނަމަވެސް ތަންކޮޅަކަށް ދުއްވާފައި ދިޔުމުން، ގެއަށް ދާންވީ މަގު ޔޫސުފްއަށް އޮޅުނެވެ. ދުއްވާ ދުއްވާވެސް ދެވޭނެ މަގެއް ނުފެނުނެވެ. ޔޫސުފް ހާސްވާން ފެށިއެވެ. ސައިކަލުން ޕެޓްރޯލު ވެސް ހުސްވާން ކައިރިވިއެވެ. ހިތްވަރެއް ކޮށްފައި އިތުރަށް ޔޫސުފް ދުއްވަމުން ދިޔައެވެ. ނަމަވެސް އެހެން ދުއްވާތާ ބައިގަޑީރެއްހާއިރު ފަހުން ޕެޓްރޯލު ހުސްވެގެން ސައިކަލު ހުއްޓުނެވެ.

ސައިކަލުން ފޭބުމަށްފަހު އަތުން ދަމަމުން ޔޫސުފް ސައިކަލު ހިފައިގެން ހިނގާފާ ދިޔައެވެ. ވަކި ހިސާބަކަށް ދެވުމުން، ކޮންމެވެސް ވަރަކަށް ދިއްލާފާ ހުރި ގެއެއް މާދުރު ނޫން ހިސާބަކުން ފެނުނެވެ. އެގެއިން މީހެއް ގާތު މަދަދަށް އެދޭނަމޭ ހިތައް އަރާފައި ޔޫސުފް އެގެއާއި ދިމާލަށް ދިޔައެވެ.

ގެއާއި އަރާ ހަމަވެފައި، ބޭރު ދޮރުކައިރީގައި ހުރެ ޔޫސުފް ސަލާމް ގޮވިއެވެ. ނަމަވެސް ޖަވާބު ދޭނެ މީހެއް ނުވިއެވެ. އެތެރޭގައި މީހަކު ހުރިތޯ ބަލާލަން މަޑުމަޑުން ޔޫސުފް އެތެރެއަށް ދިޔައެވެ. ތަޅުން އަޅާފައި ހުރި އެގޭގެ ފާރުގައި ހުރީސިމެންތި ވެސް ނުޖަހައެވެ. ކުރީ ޒަމާނު ގޮތަކަށް ހަދާފައި ހުރި އެގެ، އޭގެ ކުރިން ޔޫސުފްއަށް ފެނުން ހަނދާނެއް އޭނާ ނުވެއެވެ.

މަޑުމަޑުން އެތެރޭގައި ހުރި ދޮރެއް ހުޅުވާލުމުން، ޔޫސުފް އަށް ލިބުނީ ކުއްލި ޝޮކެކެވެ. އެގޭ ތެރޭގައި ސަރަންފީ ގޮނޑިއެއްގައި އިށީންދެގެން އިނީ އޭނާ ތިން ދުވަސް ވަންދެން ހޯދަމުން ދިޔަ އޭނާގެ ހިތުގެ ހަަޖެހުމާއި ނިދި ނަގާލި ކަމަނައެވެ. ދޮރު ހުޅުވާލި އަޑަށް ކަމަނަ ވެސް ޔޫސުފްއާއި ދިމާލަށް ބަލާލާފައި ހީލިއެވެ.

“އެންމެ ފަހުން އަނެއްކާވެސް ދިމާވެއްޖެ ދޯ” އާދަޔާ ޚިލާފު ހިނިތުންވުމަކާއި އެކު ކަމަނަ ބުންޏެވެ. ޢެ ހިނިތުން ވުން ފެނުނު ހިނދު ޔޫސުފް ކޮންމެވެސް ވަރަކަށް ފިނިވެ ހާސްވެ ނުތަނަވަސް ވާގޮތްވިއެވެ. ކަަމަނައާ ހަތަރުކަޅި ހަަމަވި ހިނދު ކަމަނައާ ނަޒަރު ވަކި ކުރަން ޔޫސުފްއަށް އުނދަގު ވިއެވެ. ދަމާ ބާރެއް އެ ދެލޮލުގައިވީ ފަދައެވެ.

ނުނިމޭ

Comments (16)

  1. Rai

    Masha Allah varah reethi.
    When next

    1. Mariyam Wahydha
      Rai

      Thank you Rai❤ nxt part sundqy ga

  2. cam

    iraa kudhi

  3. Vernon

    V reethi mi part vex. Good luck for next part.nice.love your story.when is the next part.waiting to read ???????????❤️?????❤️❤️??❤️???.

    1. Mariyam Wahydha
      Vernon

      Thank you Venom❤ nxt prt sunday ga

  4. Iru

    Ma ashaara+ vaahaka ey bunyma ma goas vaanee. Ekam thibunaa kahala story mi site ga ves ebahuri. Mi vaahaka genesdheneeves ehaa kurukoh. Maa bodu changeh ves nei gesfa.

    1. Handhu
      Iru

      The funniest thingy is mi ulhey bae myhun heekuranee 18+story ga hunnany………… Kamah. Dhen thakolheh boduvaru. Badi ey kiyaa story eh ves vaahaka dot com ga ebain. Ibaaraaikurun ehaa goas. Ekamaku 18+vaahaka eh veema evaahaka varah popular vi. Liyuntheriyaa ah ves thimaa ah thimaa fenigen fahun vaahaka ekkoh nuves nimmaa. Publish kuree fotheh ge sifaiga. Mi hunnanee dhuniyeyga kanhingaagoi.

  5. jiji

    V v furihama..kon irakun next upkohladheyny???

  6. Aish

    V v v v reethi

  7. chiku

    wow….can ssay best….kamana alredy imagine her…..good luck…looking forward to hear from u soon

  8. somebody

    varah reethi … waiting for the next part.. hope it aslo would be a great continuetion … ??♥

  9. Aileesh Aliy

    Umm Where’s the next part…am so eager to read it..

  10. އަަހަރެން

    kobaa anehbai kiyaahithun nuhurevey. avas.avas.avas.avas

  11. yan

    love the parts when is next

  12. nash

    where is the next part

  13. Anoo

    Vrh salhi Vrh kiyaahivey ????

Comments are closed.