އެރޭ ދަންވަރު ބާރަ ޖަހަން ގާތްވަނީއެވެ. ފަޅު ގެޔެއްގެ އެތެރޭގައި އަހަރެން ހުރީ ތުނި ގަމީހެއް ލައިގެނެވެ. ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ. މަސް ކައްކަން އޮންނަ ފިރިހެނެއްގެ ގައިން ދުވާ ވަސް މީނައަށް ރަނގަޅަށް އަންގާލާނަމެވެ.
ބާރަގަޑި ބައިވާން ވާއިރަށް ކޮޅުކޮޅަށް ބޯ އެއްލަމުން ޝާޔާ އެބަ އާދެއެވެ. ވާރޭގެ ކަނި ޖަހަން ފެށީވެސް އެ ވަގުތެެވެ. ޖެހެމުންދިޔަ ތެތްފިނި ވައިރޯޅިން ހީބިހި ނަގައިގެން ދިޔައެވެ. ކެތްމަދުވެ ޝާޔާ ލައިގެން ހުރި ކަރުވަޅު ބޮޑު އަތްކުރު ޓީޝާޓަށް އަހަރެންނަށް ބަލާލެވުނީ ދަހިވެތި ނަޒަރަކުންނެވެ.
އާދަންބެ ބުނި ގޮތުގައި ޝާޔާއަކަށް މިރޭ ވާކަމެއް ހަނދާނެއް ނުހުންނާނެއެވެ. ޝާޔާއަށް މިރޭ އަހަރެން ފެންނާނީ އޭނާ އެންމެ ލޯބިވާ މީހާ ގޮތުގައެވެ. އަނެއްކާ މާއިން ނޫންބާވައެވެ.
ދެހިޔާލެއްގައި ހުއްޓައި ޝާޔާ އައިސް އަހަރެން ކުރިމަތީ ހުއްޓިއްޖެއެވެ. މުށިކުލައިގެ ދެލޮލުން ފެންނަނީ ހައިރާންކަމެވެ. ކަރުނަ ހިލިފައި ހުރިއިރު އޭނާގެ ތުންފަތުގައި މަޑު ތުރުތުރުއެޅުމެއް ހުއްޓެވެ. ބަހެއް ނުބުނެ ޝާޔާ އަހަރެންގެ މެދުހަށީގައި ބައްދާލިއެވެ. މަޑު ގިސްލުމަކުން ޝާޔާ ރޮމުން ދިޔައެވެ. އަހަރެން ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ޝާޔާ އެންމެ ލޯބިވަނީ ކާކު ދެކެ ހެއްޔެވެ؟ އެމީހަކު ފެނުނީމާ މީނަ ރޮނީ ކީއްވެ ހެއްޔެވެ؟
ހަދާނެ ގޮތަކާއި މެދު ވިސްނަން ހުރެވުނު އިރެއް ނޭނގެއެވެ. ޝާޔާގެ ރުއިމުގެ އަޑު ފަނޑުވެ އަހަރެންނާއި ދިމާލަށް ބަލާލީ މަސްތީ ގޮތަކަށެވެ. އެހިސާބުން ހެދި ފަންޑިތައިގެ އަސަރު ކުރީ ކަމަށް ވިސްނާ އަހަރެންވެސް ކުރަން އުޅުނު ކަންތަކާއިގެން ކުރިޔަށް ދިޔައީމެވެ.
ޝާުާޔާ އެއްވެސް ގަދައެއް ނަހަދައެވެ. އޭނާ ހީވަނީ ލޯބިން އުތުރި ކެކޭހެނެވެ. ލޯބިވާ ވާހަކަ ތަކުރާރުކޮށް ބުނަމުން ދިޔައިރު ލޮލުން ކަރުނަ އަންނަހެން ވެސް ބައެއް ފަހަރު ހީވެއެވެ. ޝާޔާ އިންތިހާއަށް މި ލޯބިވާ މީހެއްގެ ސިފައިގައި އަހަރެން ހުރިކަން އިނގޭތީ ކުޑަކޮށް ޖެހިލުންވެސް ވިއެވެ. އަދި ދެރަވެސް ވިއެވެ. ނަމަވެސް ހިތުގައި އަދަމުން ދިޔަ ނަފްރަތުގެ އަލިފާން ހިނދޭގޮތެއް ނުވިއެވެ. ބަދަލު ހިފުމުގެ ރޫހު އަދިވެސް ފަނޑެއް ނުވެއެވެ.
ފުރަތަމަ ކޮށްލި ތަޖުރިބާއާއި ދޭތެރޭ އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މީ ޝާޔާގެ ވެސް ފުރަތަމަ ތަޖުރިބާކަން އަހަރެންނަށް އިނގުނެވެ.
ގަޑިއިރެއްހާއިރު ފަހުން އަހަރެންގެ ކޮލަށް ބޮސްދެމުން ޝާޔާ ބޮލަށް ޓީޝާޓު މަހާލުމަށް ފަހު ހަލުވި ހިނގުމެއްގައި އައި ކޮޅަށް މިސްރާބުޖެހިއެވެ. ފަހަތަށް ބަލާލުމެއް ވެސް ނެތިއެވެ.
އެހިސާބުން އަހަރެންގެ ސިކުނޑީގައި ކުޅެވެމުން ދިޔަ މަންޒަރަށް ލޮޅުމެއް އެރިއެވެ. އެ ފަޅު ގޭގެ ބިއްދޮށުގައި މީހެއް ހުރި މަންޒަރު ކުރެހެން ފެށިއެވެ. ހީވަނީ ކެމެރާކުރަމުން ދާ ކެމެރާމަނެއްގެ ލޮލުން ފެންނަހެނެވެ. ބޯ ހާވަައިލައިގެން ކަޅު ކުލައިގެ ބިޔަ އެއްޗެއް ހުރީ އަހަރެންނާއި ޝާޔާ ގަތް ހުރިހާ ގަނޑެއް ބަލާށެވެ. އޭތި ފަހަތުން ފެންނަމުން ދިޔައިރު އަމިއްލަ ގައިގައި އަތްލާހެން ވެސް ހީވިއެވެ. އެއީ ޒިންނޫރާކަން އަހަރެންނަށް ފަހުމުވީ އަނދިރީގެ ތެރެއިން ވެސް ފަނޑު އައްޔަކުން ދިިއްލުނު އަޅި ހުޅުނބުތަކުންނެވެ. ކުރެވުނު ބޮޑު ފާފަ މީތި ބަލަން ހުރިކަން އެއީ އަހަރެންގެ ބަދުނަސީބެވެ. ނޭނގި ނަމަވެސް ކުރިން ކޮށް އުޅުނު ނަމާދާއި އެހެން އަޅުކަންތަކާއި ވެސް ދުރުވެވުނީ އެރެޔަށް ފަހުއެވެ. ރުޅި އިސްކޮށް ޝަހުވާނީ ޢަމަލުތަކަށް އަރައިގަނެވުނީ ދެވަނަ ވިސްނުމެއް ވެސް ނެތިއެވެ. ޒިންނޫރާ އަހަރެންނާއި ގާތްވުމަށް މަގުފަހިކޮށްދިނީ ހުދު މި ދެއަތުންނެވެ.
ކުއްލިއަަކަށް އަދިރިވެ ފެންނަމުން ދިޔަ މަންޒަރުތަކުން ކުލަ ގޮއްސިއެވެ. ދުރުން ފެންނަމުން ދިޔަ އައްޔެއް ލޮލާއި ދިމާލަށް އަންނަހެން ހީވިއެވެ.
“ރައްޔާން! ރައްޔާން. ލޯ ހުޅުވަބަލަ!”
އަނގަޔަށް މީހަކު ފުމެމުން ދިޔައިރު އެ ނޭވާގައި ހުރީ މިންޓު ވަހެކެވެ. ދެލޯ ހުޅުވުނީ ވަރަށް ވަރުންނެވެ. އަނގަޔަށް އެރި ލޮނުފެންތައް ބޭރުކޮށްލަމުން ވަށައިގެން އެއްވެފައި ތިބި އެންމެން އަހަރެންނަށް ފެނުނީ ކުއްލިއަކަށެވެ.
“ރައްޔާން؟”
ދެކޮލުގައި ފިނި އަތަކުން ހިފާލުމާއި އެކީ ކުރިމަތީގައި ހުރި ޝާޔާ ފެނިފައި އަހަރެންގެ ހިތަށް ބަޔާންނުކުރެވޭ ފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. ޝާޔާގެ ލޮލުން ވެއްޓެމުން ދިޔަ ކަރުނަ ތިކި އޭނާގެ ކޯތާފަތް ތެންމަމުން ދިޔައެވެ. ޖަޒުބާތުގެ އޮޔާގައި ޖެހި ޝާޔާ މެޔާލައި ބޮނޑިކޮށްލެވުނެއެވެ. ބޭއިހްތިޔާރުގައި އަހަރެންގެ ލޮލުން ވެސް ކަރުނަ އޮހިގަތެވެ. ޝާޔާ ސަލާމަތުން ހުރިކަން އިނގުނީމާ ވީ އުފަލަކުންނެވެ. ވަށައިގެން އަހަރުމެން ދެމީހުންނަށް ރައްދުވި ރުޅިވެރި ނަަޒަރުތަކެއް އެވަގުތު އަހަރެންނަކަށް ނުފެނުނެއެވެ. ދުރުގައި ރަން އަލިފާނުން އަދަމުން ދިޔަ މަހުލޫޤުވެސް އަހަރެންނަކަށް ނުފެނެއެވެ.
“ރައްޔާން. ޔޫ އޯކޭ؟”
ޝާޔާގެ ކޮނޑުގައި އަތް ޖައްސާލަމުން އޭނާ އަހަރެންނާއި ދުރަށްލީ ރަނާއެވެ. އަހަރެން ރަނާއާއި ދިމާލަށް ބަލާލުމަށް ފަހު ވެލި ފޮޅަމުން ތެދުވި ޝާޔާއަށް ބަލާލެވުނެއެވެ. ރަނާއާއި ހަތަރު ކަޅި ވެސް ހަމަކޮށް ނުލާ ޝާޔާ ދިޔައީ ކުށްވެރިއެއް ފަދައިންނެވެ. ޝާޔާގެ ހާލުބަލަން މާއިން ހުރީ އޭނާގެ އަތުގައި ހިފަހައްޓައިގެނެވެ. އަހަރެންގެ ގާތަށް ހިނިއަންނަ ގޮތްވިއެވެ. ފައިނާންގެ ތުންފަތުގައި ހުރި ލިޕްސްޓިކްގެ ރަހަ ނުފިލަނީސް މީނަ ޝާޔާގެ ފަހަތުން ދުވަން ފަށައިިފިއެވެ. މީހުނަށް މަލާމާތްކުރާއިރު ދެކަފިވެފައި ހުރި މަގެއްގައި އަހަރެން ހުއްޓިގެން ހުންނަތާ ކޮން ދުވަހެއް ހެއްޔެވެ؟
“ހުރިހާ ކުދިން މިތަނަށް އެއްވެގެން ކީއްތި ކުރަނީ؟”
އަސްލަމް ސަރ އައިސް އެއްވެގެން ތިބި ހުރިހާ ކުދިން ބާބެކިޔު ސަރަހައްދަށް ފޮނުވާލިއެވެ. އަހަރެންނާއި ދިމާލަށް އަސްލަމް ސަރ ބަލާލީ ހުރިހާ އެއްޗެއް އިނގޭ ކަހަލަ ގޮތަކަށެވެ. ކަންކަށި މައްޗަށް ވާންކުރަމުން އެއްޗެކޭ ނުބުނެ އަހަރެން ދިޔައީ ޓެންޓާއި ދިމާލަށެވެ. ފަހަތުން ރަނާ އަހަރެންގެ އަތުގައި ހިފައިގެން ސުވާލުތައް އަހަމުން އައެވެ. ރަނާގެ ސުވާލުތަކަށް ޖަވާބުދޭނީ ކޮން ދުލަކުން ހެއްޔެވެ؟ ރަނާދެކެ އަހަރެން ވަނީ ކޮން ލޯތްބެއް ހެއްޔެވެ؟ ލޯބީގެ އެކި ވައްތަރު ހުރޭ ހެއްޔެވެ؟ ޝާޔާއަށް އަހަރެންގެ ހިތުގައި މިވަނީ ކޮން އިހުސާސްތަކެއް ހެއްޔެވެ؟
ކުރިމަތިން ހިނގާފައި ދިޔަ ޝާޔާ އޭނާގެ ތެތް އިސްތަށިގަނޑު ތަޅުވަމުން ދިޔަ ގޮތް އަހަރެންނަށް ކަމުދިޔައެވެ. ތުނި ޓީޝާޓު އޭނާގެ އަންހެންވަންތަ ބައްޓަމަށް ހިފާފައި ހުރި ގޮތް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ކުރިންވެސް މި މަންޒަަރު ފެނެއެވެ. އަސަރުވެސް ކުރެއެވެ. ތަފާތަކީ އޭރު އަނދަމުން ދިޔަ ނަފްރަތުގެ އަލިފާން މިހާރު ނިވުމަކަށް އައުމެވެ. ޝާޔާއަށް ޖިންނި އަވަލީ އަހަރެންނާއި ހެދިއެވެ. ޝާޔާގެ އިއްފަތްތެރިކަން ގެއްލުނީ އަހަރެންނާއި ހެދިއެވެ. ޝާޔާ އަމިއްލައަށް މަރުވަން އުޅުނީވެސް އަހަރެންނާއި ހެދިއެވެެ. ޝާޔާ ދިން އަނިޔާއަށް ވުރެ އަހަރެން ދިން އަނިޔާ ބޮޑެވެ. އޭގެ ޒަހަމުތައް މިއިން ދުވަހަކު އޭނާގެ ހިތުން ފިލާނެ ހެއްޔެވެ؟
“ރައްޔާން. ވާހަކަ ދައްކަބަލަ؟ ކިހިނެތްވީ ތަ މޫދުގައި؟”
އަތަށް ބާރަށް ދަމާލަމުން ހުރި ފިޔަވަޅު މައްޗަށް ރަނާ ހުއްޓުނެވެ.
“ގެނބުނީ.”
އެންމެ ބަހަކުން އަންހެނެކަށް ފުދޭނެކަމަށް ހީކުރެވުމަކީ މޮޔަަކަމެވެ.
“ގެނބުނީ ކިހިނެތް؟ ޝާޔާގެ ގައިގައި ބައްދައިގަތީ ކީއްކުރަން؟ ކޮންކަމަކާ ރުއީ؟”
ރަނާއާއި ހަތަރު ކަޅި ހަމަކޮށްލާފި ނަމަ އޭނާޔަށް އަހަރެންގެ ލޮލުގައި ފޮރުވިފައި ވި ހަޤީޤަތް ހާމަވާނެކަމަށް ހިތް ބުނަމުން ގެންދިޔައެވެ.
“ބިރުން. އަހަރެން ހީކުރީ ސަލާމަތް ނުވެވޭނެ ކަމަށް.”
އަހަރެން ހެދީ މުޅިޔަކުން ދޮގެއް ނޫނެވެ. އެވަރުން ފުދިއްޖެކަން ރަނާގެ މޫނުން ހާމަވިއެވެ.
ބާބެކިޔު ސަރަހައްދަށް ދެވުނުއިރު ޝާޔާ އެންމެނާއި އެއްކޮށް ވޮލީ ކުޅެނީއެވެ. އެހާމެ ހަލުވި ވެފައި މޫނު މައްޗަށް ވެރިވެފައި ހުރި ހިނިތުންވުން ފުޅަލެވެ. ދާދި ދެންމެއަކު ގިސްލަ ގިސްލާފައި ރުއި މީހެންހެނެއް ވެސް ހިއެއްނުވެއެވެ. ވިސްނާކަށް އަހަރެން މާ ގިނައިރުތަކެއް ނުހުންނަމެވެ. ބޮލަށް ހުރީ ބަރުވެފައެވެ. ކަރު ހިިއްކައިގަނެފައި ހުރި އެއްކަމަކު ފެން ބޯހިތެއް ވެސް ނެތެވެ. އަތުންނާއި ފައިން ހުރީ ވަރު ދޫވެފައެވެ.
“މިދަނީ ޖައްސާލަން.”
ރަނާ ދިއްކުރަމުން ދިޔަ ސޮސެޖަށް ނޫނެކޭ ބުނުމަށްފަހު އަހަރެން ހިނގައިގަތީ ޓެންޓާއި ދިމާލަށެވެ. އިސްދަށަށްޖަހައިގެން މަޑު ދޮންވެލިގަނޑު ފައިން މޮޑެމުން އަހަރެން ދިޔައީ ހަލުވިކޮށެވެ.
ޓެންޓާއި ހިސާބަށް އާދެވުނު އިރުވެސް ދުރުގައި މަޖާނަގަމުން ދިޔަ އަޑު އިވެއެވެ. ޓެންޓު ތެރޭގައި އަޅާފައި އޮތް ކުނަލުގައި އަހަރެން ޖައްސާލީމެވެ. ބޮލުގައި ރިހެން އުޅޭކަމުގެ އިހުސާސެއް ވިއެވެ. ވާނީވެސް އެހެނެއެވެ. މަރުގެ ތުންފަތްމަތިން ސަލާމަތްވެވުނީ ކިރިޔާއެވެ. ގަޑިން ހަވީރުވިކަން ޖެހެމުން ދިޔަ މަޑު ވައިރޯޅިން ހާމަވިއެވެ. އަހަރެންގެ ލޯ މެރުނީ ބޭނުންވެގެނެއް ނޫނެވެ. ވެފައި ހުރި ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. ހުވަފެނެއް ނެތް ކަޅު އަނދިރި ނިންޖަކަށް އިސާހިތަކު އަހަރެން ގެނބިއްޖެއެވެ.
ހޭލެވުނު އިރު މާއިންގެ ގުގުރުމުގެ އަޑު ކަންފަތުގައި ޖެހުނެއެވެ. ގައިގައި މީހަކު ބީހޭ ކަމުގެ އިހުސާސްވެސް ކުރެވުނެއެވެ. ދެލޯ ހުޅުވުނު އިރު މޫނުމަތީގައި ކޭއްތެމުން ދިޔަ އިސްތަށިގަނޑު އަހަރެންގެ އަނގަޔަށް ވަނެވެ. އެއްޗެކޭ ބުނަން ހިތަށް އަރުވާލިތަނާ މަޑު އަތެއް އަނގައިގައި އަޅާ ބާރުކޮށްލިއެެވެ.
“ޝްޝްޝް! މާއިން ހޭލަފާނެ.”
ދެލޯ ނުހުޅުވިޔަސް އެއީ ރަނާގެ އަޑުކަން އަހަރެންނަށް އިނގުނެވެ. ރަނާ ކުރަމުން ދިޔަ ޢަމަލުގައި ބައިވެރިވާކަށް އަހަރެންގެ ޒަމީރު ނޭދެއެވެ. ނަމަވެސް ހަށިގަނޑު ކިޔަމުން ދިޔައީ ހޫނު މަރުހަބާއެކެވެ. ރަނާގެ އަޑު އިހުނަށް ވުރެ ގަދަވެ އޭނާ މަޑުމަޑުން ކުކުރަމުން ދިޔައެވެ.
“ރަނާ..މާއިން ހޭލަފާނެ.”
އަހަރެން ސިއްރުން ރަނާގެ ކަންފަތްދޮށުގައި ބުނެލީމެވެ.
“މަ މިއޮތީ ހޭލައޭ! އަރާާމުގައި ނިދަން ވެސް ނޯވެވޭ!”
ޓެންޓުން ބުއްރާސްޖަހާފައި ދިޔަ މާއިންއަށް ދެމީހުނަށް ބަލާލެވުނީ އެއްފަހަރާއެވެ. ރަނާ ރަކިގޮތަކަށް ހީލިއެވެ.
ރަނާ ވިއްސަކަށް މިނެޓަށް ފަހު ޖީންސް ހެޔޮވަރުކޮށްލައިގެން ޓެންޓު ތެރެއިން ނިކުތެވެ.
“ލަވް ޔޫ! ހަމަ އަސްލުވެސް މިބުނީ. ”
ރަނާ އަހަރެންގެ ނިއްކުރީގައި ފިރުމާލަމުން ލޯބިން ބުނެލިއެވެ. ރަނާ ދިޔުމަށްފަހު ވެސް އެއްވެސް ހަރަކާތެއް ނުކޮށް އަހަރެން އޮތީއެވެ. ރަނާގެ ފަރާތުން އުފާ ލިބެމުން ދިޔައިރުވެސް ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. ހިތް މަރުވެފައި ކަހަލައެވެ. ހަޤީޤަތުގައި ވެސް އަހަރެން ރަނާދެކެ ލޯބި ނުވަނީ ހެއްޔެވެ؟ ލައިގެން އޮތް ޓީޝާޓުގެ ގިރުވާން ރަނގަޅުކޮށްލަން ނެގި އަތުން ހަނދާންވީ ޝާޔާ އަތުގައި އޮތް އަހަރެންގެ ފަށެވެ. އެ ފަށް މެޔާ ބޮނޑިކޮށްގެން އޭނާ ރޯން ހުރި ގޮތެވެ. އަހަރެންގެ ނަން ބުނެލި ވޭނީ ގޮތެވެ. ބޮލުގައި މަރުތޭލަކުން ޖެހިނަމަވެސް ރިއްސާލި ރިހުންގަނޑަށް ވުރެ އަރާމުވާނެއެވެ. ޝާޔާ ލޯބިވަނީ އަހަރެން ދެކެ ހެއްޔެވެ؟ އޭނާ ހަނދާންވެސް އެބަ ހުއްޓެވެ. އެރޭ ގެއްލުނު ފަށް ހިފައިގެން ރުއިމުގެ އިތުރު ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ. ޝާޔާ އެންމެ ލޯބިވަނީ އަހަރެންދެކެ ކަމުގައި ވަނީނަމަ އެރޭ ފެންނާނީ ވެސް އަހަރެންނެވެ. ޝާޔާވަނީ އަނެއްކާ ކޮންފަދަ އަޖައިބެއް ކަހަލަ ލޯތްބެއް ހެއްޔެވެ؟ ލޯބިވާނަމަ މިއޮއް ހުރިހާ ދުވަހު މަލާމާތްކޮށް ފުރައްސާރަކުރީ ކީއްކުރަން ހެއްޔެވެ؟
“އޭ ބުރޯ! ދެންމެ ތަ ރަނާ ދިޔައީ؟”
މާނޭވާ ލަމުން ތެޅެމުން ފޮޅެމުން ޓެންޓަށް ވަތް މާއިން ފެނިފައި ފުންމައިގެން ތެދުވެވުނެއެވެ. މާއިން ދެލޯ ބޮޑުކޮށްގެން ހުރިގޮތުން ހީވަނީ ބިރެއް ފެނިގެން އުޅޭ ހެނެވެ.
“ޔަޤީންތަ ދެންމެކަން؟”
ޓެންޓު ތެރެއަށް ވަނުމަށްފަހު ބޭރު ބަލަމުން އޭނާ ޒިބު އަޅުވާލިއެވެ.
“އާއެކޭ! ކިޔާބަަލަ ތިކިޔާ އެއްޗެއް!”
އަހަރެންގެ އަޑު އިހުނަށް ވުރެ ބާރުވިއެވެ.
“މަ ބާބެކިޔު ސަރަހައްދަށް ދިޔައިރު ރަނާ އިން ޝަޔާއާއި ދިޔާނާ މިސްއާ އެއްކޮށް މާޝްމެލޯސް ފިހަން. މަ ޓެންޓުން ނިކުމެގެން މިނެޓެއް ވެސް ނުވާނެ އެކޮޅަށް ދެވުނުއިރު. ކިހިނެތް ރަނާ ދެތަނެއްގައި އެއްފަހަރާ ހުރީ؟”
ގަނބުކައިފައި އަހަރެން ހުރީ ވާނުވާ ފަހުމުވީމައެވެ. އެ ދިޔައީ ރަނާ ނޫންކަން މާއިންއަށް ވެސް އިނގުނީތާއެވެ. ވީ ފަކުރަކުން އަހަރެން ނިއްކުރިއަށް އަރަމުން ދިޔަ ރޫތަކުގައި ފިރުމާލީމެވެ.
“އޭ ބުނެބަލަ. ކަލެއަށް ހަންޑިއެއް އަވަލީތަ؟”
މާއިން އެހެން ބުނީ ވަރަށް ސީރިޔަސްކޮށެވެ. މާއިންއަކީ ރުޤުޔާ ކުރާ އާއިލާއަކަށް ނިސްބަތްވާ މީހެއްކަން އަހަރެންނަށް ކުރިން ވެސް އިނގެއެވެ.
“ނޫން. މަށަށް އޮޅުނީ. ރަނާ ދެންމެއެއް ނޫނޭ ދިޔައީ. ތީނަ ދިޔަތާ އިރުކޮޅެއް ނުވަނީސް ގޮއްސި.”
އަހަރެން ހެދީ ދޮގެވެ. މާއިން މި ދޭތެރެއަށް ވައްދައިގެން އޭނާއަށް ގެއްލުމެއް ދޭކަށް ހިތެއް ނޭދެއެވެ. އަދި ފަހުން ވާނެ ގެއްލުމެއް ނޭނގޭތީއެވެ. ޝާޔާއާއި ދޭތެރޭ ކަންތައް ކުރި ގޮތް މާއިންއަށް އިނގޭ ދުވަހަކުން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މިހަޔާތުން ގެއްލޭނެކަން ކަށަވަރެވެ.
ދެލޯ ހަނިކުރަމުން މާއިން އޮށޯތީ ނިދާށެވެ. އޭނާގެ އަތުގައި އޮތް ގަޑިން ދިހައެއް ޖަހައިފިއެވެ. ތުންތަޅުވަމުން މާއިން ދިޔައިރު އަހަރެން އޮތީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ޒިންނޫރާގެ މަޤްސަދަކީ އަހަރެން ހާސިލްކުރުމަށް ކަމުގައި ވަނީނަމަ މިހާރު އެއޮތީ އެކަން ވެފައެވެ. ދެން ޝާޔާއަށް ބެހެނީ ކީއްކުރަން ހެއްޔެވެ؟
ވިސްނަން އޮއްވާ އިރު ވެސް އަރައިފިއެވެ. މިރޭ ނިދި މިވީ އަހަރެންގެ ލޮލަށް ބީރައްޓެއްސަކަށެވެ. ބޭރުން އަސްލަމް ސަރ ހުރިހާ ކުދިންނަށް ގޮވާ އަޑު އިވެއެވެ. ރަށުން ފުރާ ވަގުތު ޖެހުނީއެވެ. މާއިންގެ ގައިގައި ކޮއްޓާލަމުން އަހަރެން ޓެންޓުން ބޭރަށް ނިކުތީމެވެ.
ދޯންޏަށް އަރައި ހަމަޖެހިލިތަނާހެން މާއިން އިނީ ނިދާފައެވެ. ދޯންޏަށް އެރިއިރު ޝާޔާެގެ ކަތި ނަޒަރު އަހަރެންނާއި އަމާޒުވިއެވެ. ހީވަނީ އެއްޗެއް ބުނަން ބޭނުންވެފައި ހުރި ހެނެވެ. އިއްޔެއަށް ފަހު ޝާޔާ ކައިރިން ރަނާ ނުނައްޓައެވެ. އަބަދުވެސް ހަށިފާރަވެރިއެއްހެން އޭނާ ހުންނަނީ ޝާޔާއާއި ވިއްދާފައެވެ. ސަބަބެއް ނޭނގެއެވެ. ގިނައީ ވެސް އަހަރެންނަށް ނޭނގޭ އެއްޗިއްސެވެ. ޝާޔާގެ ލޮލުގައި އެތަކެއް ސިއްރެއްވާކަން ޔަޤީންވެއެވެ. އިންތިޒާރު ކުރެވެނީ އޭނާ ބުނާނެ ދުވަހަކަށެވެ. ނޫނީ އެ އިންތިޒާރަށް އަމިއްލައަށް ނިމުމެއް ގެންނާނީ ހެއްޔެވެ؟ މޮޅު ހިޔާލެއް އަހަރެންގެ ސިކުނޑިއަށް ވަދެއްޖެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
41 Comments!
Comments are closed.



Me first. Story is amazing. Keep it up. Good luck for next part.????????nice.
Thank you very much, sleepy puffin.
I’m really thankful for your support
Mi part vess varah reethi ?
? When is the next part?
Next part on Friday or thursday.
Thanks for reading
V reethi???. Jon irakun that next part fenland?
Thanks, Eanth. I appreciate the compliment
Wow! mi part ves varah salhi ??when is the next part…… we are waiting for the next part
Hi, Shaaz. I post new parts on Tuesday and Friday mostly. 🙂
Thank you for the support
??❤️…..Wow u r right
Thanks ??
??❤️…..Wow vvv reathi ???…….inthizaaru mikuranee dhen oeh part ah…….
You won’t have to wait long, Naikko. 🙂
Thanks for commenting
?? Mi part ves varah kamudhey …good luck for next part??????
Vv reathi ….. waiting for next part ??? .. good luck
When is next part!!!!!!
Varah reethi …….Rainoppo your amazing ….? sifakurun hama ehn vhk thakaa balaairu habeys … Shifakurumuge reethi kamun kiyaa hih vanii vx …mii best story in this site…..by the way yes.. Axker ah vure kurin kiija ….? axker eeeeeeeee…
I’m very happy to read your comment, Naf.
Thank you very much for the motivation 🙂
Impressive….v.salhi????
Shukuriyya, azker
Wow vvv reathi …. Good luck for next part ….. Next part ah inthizaaru kuran …..best of luck…
Vvv reathi … waiting for next part….
Rainoppa???..The story is becaming more interest ??❤❤..kon irakunn next upkohlaany..Waiting
Thanks for commenting, jiji
I really appreciate it.
Hey rainoppa vv salhi mi part i hope next part miavure maamreethi vaane kamah ??????? and thank you thankolhe dhigukoh mi part liyuneethee …kon irakun next part?????????
Lahbba, mi part dhigu kohlan hama hithah eree. ufaa vehjje Ask ah kamu dhiyaeethee. Thursday nooney friday ga new part ves up vaane.
Thanks for the comment, Ash
Vv reathi….?? We are waiting for next part ……good luck
Haadha varakah …kehkohlla rainoppo up kuraane next varah avahah ..i m also waiting for the next part …?
Vvv salhi mivaahaka ves ??
Thanks for reading, Mary. ?
Varah reethi ?? when is the next part
Ya thanks…
Rainoppa
Rainoppa… Maasha Allah V. Salhi
Thanks, Ryn. I’m glad you enjoyed it.
Your welcome ????
Vvvv reathi MI PART VES……. ???❤️
Thanks for reading, Maiha
Varah salhi mi part ????
Hama varah cute mi part
🙂
Wow
Wow