“އައިމް އެފްރެއިޑް ބަޓް ޔޫ އާރ ނޮޓް ފާރޓައިލް މިސްޓަރ ޔާދިން.. ޔާދިންގެ ހަށިގަނޑުގައި ހުރި ބައްޔެއްގެ ސަބަބުން ޔާދިންއަށް ދުވަހަކުވެސް ދަރިން ލިބޭނެކަމުގެ ޔަގީންކަމެއް ނެތް..” ޑޮކްޓަރުގެ ވާހަކައިން އެ ކުޑަ ކޮޓަރީގެ ހަތަރު ފާރު އޭނަލައި ފިއްތައިލި ފަދަ އިހްސާސެއް ކުރެވުނެވެ. “ނޫން ޑޮކްޓަރ ތިހެން ނުބުނޭ.. ތިއީ ދޮގެކޭ ބުނޭ.. ޕްލީޒް ނޫން..” ޔާދިން މޫނުމަތީ އަތް އަޅައިލިއިރު އޭނަގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ފިރެހެނެއް ނަމަވެސް ސިކުންތެއްނުވެ އޭނަގެ […]
ކަނު އަނދިރިތެރޭގައި މަގުމަތިން ހިޔަނިތަކެއް ފަދައިން ދުވެފައި ދިޔަ ދެ ޒުވާނުން ގޮސް ހުއްޓުނީ ‘މިޑްނައިޓް މޫވާރްސް’ އޮފީސް އިމާރާތް ކުރިމަތީގައެވެ. އެތާ ހުރި އަންހެން ކުއްޖާ ބާރު ހިނގުމެއްގައި ގޮސް ވަނީ އޮފީސް ހޯލު ތެރެއަށެވެ. އޭނާގެ ދެލޯ ހޯދަމުން ދިޔައީ ‘ރޫމް ނުމްބަރް 102’ ށެވެ. ދޮރު ކުރިމަތީ ހުއްޓުމާއެކު ހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮއްލިއެވެ. ތުރުތުރު އަޅަމުންދިޔަ އަތް އުފުލާލައިފައި އޭނާ ތަޅުގައި ހިފާލިއެވެ. އޭނާގެ މޫނުމައްޗައް ހާސްކަން ވެރިވީ ދޮރު ނުހުޅުވުމުންނެވެ. […]
ވަރުބަލިކަން ފިލުވާލުމަށް އެނދުގައި ޖައްސާލި މަލްޝާ އޮތީ އައިޕެޑް ހިފައިގެން ސީރިީޒެއް ބަލާށެވެ. މަލް ކިޔެވުމުގައި ދައްކާ ރަނގަޅު ނަމޫނާ ފެނި ދޮންބެ ހަދިޔާއެއްގެ ގޮތުން ހުޅުވައިދިނީ ނެޓްފްލިކްސް އެކައުންޓެކެވެ. އޭގެން ހަމައެކަނި ބެލެނީ މަލްޝާގެ އުމުރާ ގުޅޭ ކާޓޫނު ތަކާއި ފިލްމުތަކެވެ. އެކައުންޓް ހަދާފަ ދިން އިރު ދިނީ ބައެއް އެއްޗެހި ނުބެލޭނެ ގޮތަށެވެ. އެއީ ވެސް އައިދާ ޤަބޫލުކުރާ ގޮތުގައި މި ޒަމާނު ކުދިންނަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ދޭއިރު އަޅަންޖެހޭ މުހިންމު ފިޔަވަޅެކެވެ. ސަބަބަކީ […]
“ކަލޭ މަގޭ ދަރިންނާ ވަރަށް ބައްދަލު ކުރާހިއްވޭނުން ދޯ.. އެމީހުން އަންނާނެ އިރުކޮޅަކުން.. އޭރުން ކަލެޔަށްވެސް މީގެ ތޭރަ އަހަރު ކުރިން ކަލޭގެ އެކުވެރިޔާއަށް ހަދައިލިގޮތް ހެދާފަ ދޫކޮށްލާނީ.. އަަހަރުން ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅެންޔާ އެހެނެއްނުން ދެން ހަދާނީ.. އޭރުން މަ ބަލާނަމޭ ގައްޑާވެގެން އުޅެވޭތޯ..” މެދު އުމުރުގެ މީހާ ނުރައްކާތެރި ގޮތަކަށް ބުންޏެވެ. މައިރީންގެ މޫނު ހުދުވެގެން ދިޔައެވެ. ***ޕާޓް 30*** އެމީހުން މައިރީންއާ ކައިރިވާން ފެށުމުން މައިރީންގެ ހިތުގެ ތެޅުން އަވަސްވިއެވެ. […]
އަލްޔާ އޭނާ ވެއްޓުމުން އަލްޔަންއަށް ކުދި ކިޔައިގަތެވެ. އަބަދުވެސް އޭނާ އޮންނަނީ ކޮންމެވެސް މީހެއްގެ ގައިގައި ލަިގަނެފައި ވެއްޓިފައޭ ހިތައް އެރުމުން ދަތްކުޑިވިކާލެވުނެވެ. އަދި އޭނާގެ ގައި ދަށުގައި އޮތް ޒުވާނާއަށް މާފަށް އެދެމުން ބަލާލިއެވެ. ދެވަނަ ސިކުންތުގައި ދެލޮ ބޮޑުކޮއްލާފައި އަވަސް އަވަހަށް ތެދުވީ ކަންތަކާ ޖެހުނީއޭ ހިތައް އެރުމުންނެވެ. ********** އަލްޔާއަށް އޮވެވުނީ ޒިވްޔަންގެ ގައިމަތީގައެވެ. އަވަހަށް ތެދުވެ ގައިގެ ވެލިތައް ފޮޅާލަމުން އަދިވެސް އެއްފަހަރު ޒިވްޔަން ކިބައިން މާފަށް އެދުނެވެ. ” މިފަހަރު […]
މައިރީން ހުރީ ސަހަރާއާއި މަގާއި ދެމެދުގައެވެ. މައިރީންއަށް ހަރަކާތެއް ނުގެނެވެނީސް އެތާ ކައިރީ ޕާކްކޮށްފައި އޮތް ކަޅުކުލައިގެ ވޭނުން މީހުންތަކެއް ފައިބާ މައިރީންގެ ނޭފަތް މަތީ ފޮތިކޮޅެއްޖެއްސިއެވެ. އޭގެން ދުވި ކްލޮރޯފޯމްގެ ބާރުގަދަ ވަހުން މައިރީންގެ ހެޔަށް ގޮތްވެ އެމީހުންގެ އަތްދަނޑި މައްޗަށް ވެއްޓުނެވެ. އެހުރިހާ ކަމެއް ބަލަން ހުރި މާޔަލްގެ ހިތުގައި ބިރުވެރިކަމުގެ ވިންދު ޖަހައިލީ އޭގެން މީހަކު އޭނައާއި ދިމާލަށް ފިޔަވަޅެއް އެޅުމުންނެވެ. ***ޕާޓް 29*** އެމީހައަށް މާޔަލްއާއި ކައިރިވެވުމުގެ ކުރިން ކައިލް މާޔަލް […]
އަލްޔަން އާއި އަލްޔާ އެކުގައި ވަގުތު ހޭދަ ކޮއްލުމަށްފަހުގައި އަލްޔާ އޭނާގެ އަމިއްލަ ކޮޓަރިއަށް ދިޔައިީ ވަރުބަލި ވެފައި ހުރުމުގެ ސަބަބުން އަރާމް ކޮއްލަން ވެގެންނެވެ. ކޮޓަރިއަށް ވަދެވުމާއެކު އެހުރިގޮތަށް އެނދުމައްޗަށް ވެއްޓިގަތީ ކަންނެތް ވެފަ ހުރިލެ ބޮޑުކަމުންނެވެ. އެހެން އޮއްވައި ނިދުނު އިރުވެސް އަލްޔާއަށް ނޭނގުނެވެ. ********* ގެއަށް އައިގޮތަށް ޔައިޝާ އަވަސް ވެގަތީ އާނިޝްއަށް ގުޅާލުމަށެވެ. ޒިވްޔަން ގާތުގައި ފަހުން ދިމާކުރަން ބުނެފައި ޔައިޝާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އާނިޝްއަށް ގުޅާލީ ފޯނު ނަގާނެކަމަށް […]
ޒިވްޔަން ހިތައް އަރަމުން ދިޔައެވެ. ” މީ އަޅެ ހާދަ ހެއްވާ އަންހެން ކުއްޖެއް ހެއްޔެވެ؟ އެހެން މީހެއް ނަމަ މިހާރު ބިރުން ވެސް އޭނާ އާއި ކުރިމަތިލީހެވެ. ނަމަވެސް މި އަންހެން ކުއްޖާ ނިކަން ދެކި ބަލާށެވެ. އޭނާ ދެކެ އެއްވެސް ބިރެއް ނުގަނެއެވެ. އެދިޔައީ އޭނާ ގޮވަ ގޮވައި ހުއްޓައެވެ. އެއްވެސް ޖެހިލުމެއް ނެތި އެ އަންހެން ކުއްޖާ އޭނާއަށް އެކަތި ވެސް ދޫނުކުރުމުން ޒިވްޔަން ހައިރާން ވިއެވެ. ބޯހޫރުވާލެވުނީ އޭނާގެ އަމިއްލަ މޮޔަ […]
ސީލިންގުގައި ޖަހައިފައިވާ ދެ ޗޭނުގެ ނިމޭކޮޅު ވަނީ މަޔާންގެ ދެ އަތުގައި އައްސާލެވިފައެވެ. ހަތަރުވަރަކަށް ދުވަސްވެފައިވުމުގެ ސަބަބުން އޭނަގެ އަތުގެ ކުޑަހުޅުގައި ޗޭނު އައްސާލެވިފައިވާ ތަން ވަނީ ނޫފައިގަނެފައެވެ. މަޔާންއަށް ކޮޅަށް ހުރެވެނީ އެ ޗޭނުގަނޑުގެ އެހީގައެވެ. އޭނަގެ ހަށިގަނޑުގައި އެއްވެސް ވަރެއްނެތެވެ. މަޔާންއަށް ދިރިހުރެވެނީ ދުވާލަކު އެއްފަހަރު ލިބޭ ފެންފޮދުންނެވެ. އޭނަގެ ފައިގެ އިނގިލިކޮޅުތަށް ބިންމަތީ ކޭތްތެނީ ހަމަ ކިރިޔާއެވެ. މަޔާން ހުރި ދިމާލުގައި ލޭގެ ކޯރެއް ހެދިފައިވެއެވެ. ***ޕާޓް 28*** ތަޅު ހުޅުވައިލުމަށްފަހު މީހަކު […]