Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ކުށަކީ ކޮބާ – 29

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
June 4, 2024 5 Mins Read
6 Comments

އައިނާ މޫނު އަނބުރާލަމުން ކިތަންމެ ހިތުގައި ޖެހުނު ނަމަވެސް ރާކިން އެކަން ހިންދާލިއެވެ. އައިނާގެ ފަރާތުން ފެނިގެންދިޔަ ހާސްކަމުގެ އަސަރުތަކުން އޭނައަށް އެނގުމެއްވިއެވެ. ” އިނާ.. އަހަރެންނަށް އެނގޭ އަހަރެންނަށް ވަރަށް ބޮޑަށް އިނާއަށް އޮޅުވައި ލެވިއެޖެކަން.. އަދި އިނާ އަހަރެންނަށް ނަފްރަތު ކުރާކަންވެސް.. އަހަރެން އިނާ މިތަނަށް ގެނައީ އިނާއަށް އަނިޔާއެއް ނޫނީ ދެރައެއް ދޭކަށެއް ނޫން.. އަހަރެން އިނާ މިތަނަށް ގެނައީ އަހަރެންގެ ހަގީގަތް ކިޔާދޭން.. އަދި އިނާއާ އެކީ މިއަދު ރަށަށް ގެނާ ފިރެހެން މީހާގެ މަގްސަދު ރަނގަޅު ނޫންކަން ބުނެދޭން.. ” ރާކިން އައިނާގެ ދައްދޮޅީގައި ހިފައި އޭނައާއި ދިމާލަށް އަބުރައިލިއެވެ.

***ޕާޓް 29***

އައިނާއަށް ރާކިންގެ އަތްތިލައިގެ ހޫނުކަން އިހްސާސްވުމުން ހޭވެރިކަންވި ފަދައެވެ. ތެޅިގަނެފައި އޭނާގެ އަތުތެރޭން މިނިވަންވާން އުޅެގަތެވެ. ” ދޫކޮށްލާ.. ރާކިން.. ލެޓް މީ ގޯ!! ” އައިނާ ގަދަހަދަމުން ކިޔަން ފެށިއެވެ. ” އަހރެން ބޭނުމެއް ނޫން ރާކިންގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް ދޫކޮށްލާށޭ! ” އައިނާ ހަޅޭލަވައިގަތެވެ. ސިކުންތުކޮޅަކަށް ނަމަވެސް ރާކިންގެ އަތުތެރޭ މަޑުމަޑުން ހުރެވުނީތީ އަމިއްލަ ނަފްސަށް އަޑުލައިގަތެވެ. އަނެއްކޮޅުން އައިނާ ދުރުވެފައިވާ ވަރު ރާކިންއަށްއަށް އިހްސާސްވުމުން އޭނާގެ ހިތުގައި ޖެހުނެވެ. އެހެންނޫނީ އޭނައާ ދިމާލަށް ‘ކިން’ ގެ ނަމުން ނޫން އެހެން ނަމަކުން މުހާތަބު ނުކުރާ ކުއްޖާ މިހާރު މުހާތަބު ކުރަނީ އޭނާގެ ނަމުންނެވެ. ރާކިން ވިސްނުމަކަށް ގެއްލިފައި ހުރިތަން ފެނުމުން ވަގުތުގެ ބޭނުންކޮށް އައިނާ ރާކިންގެ ކޮނޑުގައި ވަރަށް ބާރަށް ދަތް އެޅިއެވެ. އެއާއެކު ރާކިން ސިހިފައި ހަޅޭލަވައިގަތުމަށްފަހު ކުޑަކޮށް އައިނާއާ ދުރުވެލިއެވެ. ލިބުނު ހަނި ފުރުސަތުގެ ބޭނުން ހިފައި އައިނާ ހަށިގަނޑުގައިވާހާ ބާރެއް ބޭނުންކޮށްގެން ދުއްވައިގަތެވެ.

އޭރު އޭނާގެ ފަހަތުން ދިޔައީ ރާކިންގެ އަޑުއިވެމުންނެވެ. ނަމަވެސް އެއަޑަށް ބީރު ކަންފަތެއް ދެމުން އައިނާގެ ދުވުން ކުރިއަށްވުރެ ބާރުކޮށްލިއެވެ. މައިރީންމެން ގެ ކައިރިވުމުން އޭނާގެ މިސްރާބު ހުރީ އެގެއަށް ދިޔުމަށްށެވެ. ދުވަމުން ދިޔަވަގުތު އައިނާ ވަރަށް ބާރަށް މީހެއްގެ ގައިގައި ލައިގަތެވެ.

އެތަން ބަލަހައްޓަން ހުންނަ މީހާ ދިޔައީ ޓޯޗުން އެކި ތަންތަނަށް އަލި ކުރަމުންނެވެ. ކާކުގެ ނަސީބެއްކަމެއް ނޭނގެއެވެ. އެވަގުތު ކަނާތް ފަރާތުގައި ހުރި މޭޒެއްގައި އޮތް ފޯނެއް ރިންގްވާން ފެށިއެވެ. އެމީހާ އެ ފޯނަށް ބަލައިލަމުން ފޯނު ހިފައިގެން ނުކުތީ އަދިވެސް އެއްފަހަރު އެ އޮފީސްތެރެ ސްކޭން ކޮށްލާފަދައިން ބަލައިލާފައެވެ. ވާއަތް ފަރާތުގައި ހުރި ބޮޑު ހަތަރެސްކަން މޭޒެއްގެ ދޮށުގައި ފިލާހުރި ޝިޔާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

އޭނަ ދެންމެ ސަލާމަތްވީ ހަމަކިރިޔާއެވެ. އޭރު އޭނާގެ ނިތްމަތިން ދާތިކިތައް ދިޔައީ ވިދަމުންނެވެ. ކަޅުކުލައިގެ އެހާ ދިގުނޫން ބުޅި އިސްތަށިކޮޅުވަނީ ނިތްމައްޗަށް ވެރިފައެވެ. ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ލައިގެން ހުރިއިރު އޭނާގެ ދެއަތަށް ފިންގާރޕްރިންޓް ނާރާނެ ފަދަ ދެ އަންގި ވަނީ ލައްވާ ލެވިފައެވެ. އެއާއެކު މޫނުގައި ވަނީ ހަމައެކަނި ލޯ ފެންނާނޭ ފަދަ ކަޅުކުލައިގެ މާސްކެއް އެޅިފައެވެ.

އެމީހާ ދިޔަކަން ޔަގީންވުމުގެ ކުރިން ކުރަން ހުރި މަސަތްކަތައް އޭނަ ރުޖޫޢަވިއެވެ. އޭނާގެ މޫނަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވީ ހޯދަން މަސައްކަތް ކުރި އެތި ހޯދުނީމަ ކަންނޭގެއެވެ. އަމިއްލަ ނަފްސަށް އަޑުއިވޭނެ ފަދައިން ‘ ޔެސް ‘ އޭ ބުނުމަށްފަހު އަތް މުށްކަވާލިއެވެ. އަދި އެ ފެނުނު އެތި އޭނަ ހިފައިގެން އައި ކަޅު ދަބަހަށްލުމަށްފަހު އެތަން ތަރުތީބުކުރިއެވެ.

ސީސީޓީވީއާ ދިމާލަށް ބަލައިލަމުން އެއްމިޔަކަނުން ހީލިއެވެ. އަދި ކަންފަތުގައި ހަރުކުރެވިފައިވާ އިއާޕޮޑްސްއަށް ފިތާލަމުން ނިމުނީ ކަމަށް ބުނެލިއެވެ. އަދި ކުޑަދޮރުގައި އައްސައިލެވިފައިވާ ވާގަނޑުގެ އެހީގައި ތިރިއަށް ފޭބިއެވެ. އެއަށްފަހު އޭނަ މިސްރާބުޖެހީ ރަށުގެ ވަލު ފަރާތާއި ދިމާލަށްށެވެ. ރޭގަނޑުގެ ވަގުތުކަމުން ވަލުތެރެ ފެންނަމުން ދިޔައީ ނުހަނު ނާމާންކޮށެވެ. އަނދިރިކަމުން ތަނެއްދޮރެއް ނުފެނެއެވެ. ބިޔަގަސްތަކުން ބޯވެފައިވާއިރު ވައި ޖެހެމުން އެ ގަސްތައް ހެލެމުން ދިޔަގޮތް ފެނި ކޮންމެ މީހެއްގެ ހިތަށްވެސް ބިރުވެރިކަން ވަންނާނެކަން ގައިމެވެ. ގަސްތަށް އެކި ދިމަދިމާއަށް ހޫރެމުން ދިޔަގޮތުން ހީވާނީ ބޮޑެތި މާރިދުންތަކެއް ދެކޮޅަށް ހަރަކާތްތެރި ވާހެންނެވެ. ނަމަވެސް ޝިޔާންގެ މޫނުމަތިން ބިރުވެރިކަމުގެ އަސަރެއް ނުފެނެއެވެ. އޭނަ ހުރީ މިރަށަށް އައި މަގްސަދު ކާމިޔާބުވުމުން ވަރަށްވެސް ހަމަޖެހިފައެވެ.

ވަލުތެރޭ ސީދަލަށް ހިނގަމުންގޮސް އޭނަ ނިކުތީ އަތިރިމައްޗަށްށެވެ. އޭރު އެތާ އަލިފާންގަނޑެއް ރޯކޮށްގެން ބަޔަކު އޭގެ ކައިރީ ތިއްބެވެ. ޝިޔާން އައުމުން ހިނިތުންވެލާފަ އެ އެންމެން އޭނައަށް މަރުހަބާ ކިޔެވެ. ޝިޔާން ހިނިތުން ވުމަށްފަހު ގެނައި ދަބަސް އެތާ އިސްކޮޅުން ދިގުކޮށް ހުރި މީހާއަށް ދިއްކޮށްލިއެވެ. އެމީހާ ހިނިތުންވެލަމުން އެދަބަސް ހިފިއެވެ. އެއީ ހިތްހެޔޮ ހިނިތުންވުމެއް ނޫނެވެ. މަކަރުވެރިކަމުން ފުރިފައިވި ހިނިތުން ވުމެކެވެ. ދެން އެމީހުން ދިޔައީ އެމީހުންގެ އިންތިޒާރުގައި ރަށު ބަނދަރުމަތީ މަޑުކޮށްލައިގެން އޮތް ލާންޗްއާ ދިމާލަށްށެވެ. ލާންޗަށް އެރުމަށްފަހު ޝިޔާން އެ ރަށަށް ބަލައިލިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލަމުން ފޯނު ނަގައި ކޮންމެވެސް އެއްޗެއް ލިޔެލިއެވެ. ދެން ފެނުންނީ އޭނަ ކަންފަތަށް ހެޑްސެޓް ޖަހައިލުމަށްފަހު ސީޓްގައި ލެގިލި ތަނެވެ.

ވަރަށް ބާރަށް މީހަކު އައިސް އޭނާގެ ގައިގައި ޖެހިގަތުމުން ހަށިގަނޑު ބެލެންސް ނުވެގެން މައިރީން ވެއްޓެން ދިޔައީ އެމީހާއާއި އެކީގައެވެ. މައިރީންގެ ގައިމަތީގައި އޮތް މީހާގެ ހާލު ފެނުމުން މައިރީންއަށް ލިބުނީ ސިހުމެކެވެ. މަޑުމަޑުން އައިނާއަށް އޭނަ ގޮވައިލިއެވެ. އެއާއެކު އައިނާ ރޮއިގަންނަމުން މައިރީންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ފަހަތުން އައި ރާކިންއަށް އައިނާގެ ވޭނީ ރުއިމުގެ އަޑުއިވުން އޭނާގެ ފައިގައި ކަސްތޮޅު އެޅުވުން ފަދަ އިހްސާސްއެއް ކުރެވުނެވެ. އެންމެ ފިޔަވަޅެއްވެސް އޭނާއަކަށް ކުރިޔަކަށް ނުނެގުނެވެ. ކައިރީގައި މީހަކު ހުރިކަމުގެ އިހްސާސްވެގެން މައިރީން ބަލައިލިއެވެ. އެއާއެކު އޭނާއަށް ވީކަންތައް ކޮންމެވެސް ވަރަކަށް ފަހުމްވިއެވެ. ރާކިންއާ ދިމާލަށް އަލިފާނުގެ ބެލުމަކުން ބަލައިލުމަށްފަހު އައިނާ އާއި އެކީ ތެދުވިއެވެ.

އައިނާ މަސަލަސްކުރުމަށް މައިރީން މަސައްކަތް ކުރަންފެށިއެވެ. ” އިނާ ޕްލީޒް އަހަރެން ނޫޅެމޭ އިނާއަށް ކަމެއް ކުރާކަށް.. އަހަރެން ހަމައެކަނި ބޭނުންވަނީ އިނާއާ ވާހަކަ ދައްކާލަން.. އިނާ ތިހުރީ ވަރަށް ބޮޑު އޮޅުން- ” ރާކިންގެ ވާހަކަ މެދުކަނޑާލުމަށްފަހު މައިރީން ވާހަކަ ދައްކަން ފެށިއެވެ. ” ރާކިންއަށް އަދިވެސް ކުރެވުން ވަރު ކުޑައީ ތަ؟ ނުފެނޭތަ އައި ރޯވަރެއް؟؟ އައި ނުބުނޭތަ ރާކިންއާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާ ވާހަކައެއް؟؟ ރާކިން.. އައިނާއަށް ކަމެއްކޮންދެންޏާ ރާކިންދޭ.. އައިނާ ބޭނުމެއް ނުވޭ ރާކިންއާ އެއްވެސް ގުޅުމެއް ބާއްވާކަށް.. ސޯ ޕްލީޒް ގޯ! ” މައިރީން ހުރީ ރުޅިއާއި އެއްވަރަށް ދެރަވެފައެވެ. ރާކިންއަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ އަދިވެސް އައިނާއަށް ދެވުނު ދެރަ ކުޑާއީ ހެއްޔޭ މައިރީންގެ ހިތަށް އެރިއެވެ.

މައިރީންގެ ވާހަކަ އަޑުއިވުމުން ރާކިން އައިނާއާއި ދިމާލަށް ބަލައިލިއެވެ. ރޮއެރޮއެ ވަރުބަލިވެފައި ހުރި އައިނާއަށް ދިޔައީ ގިސްލެވެމުންނެވެ. ރާކިން އިސްޖަހައިލިއެވެ. އަދި މަޑުމަޑުން މާފަށް އެދުމަށްފަހު އެތަނުން ދުރަށް ދިޔައެވެ. އައިނާ ހަމައަކަށް އެޅުވުމަށްޓަކައި މައިރީން އައިނާ ގޮވައިގެން އެތާ ކައިރީ ހުރި ގެއެއްގެ ޖޯލިފަތީ އިށީނެވެ. ރާކިން ހުރި ދެ އަންހެންކުދިންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ނެތީ އެކުދިންނަށް ނުފެންނަ ހިސާބުގައި ފިލާއެވެ. އައިނާއަށްވީ ގޮތުން އޭނާގެ ހިތުގައި މަޑު ރިހުމެއް އުފެދުނެވެ. ލޯބިޔާ ކުއްޖާ ހިތާމަ ކުރާތަން ފެނުނީމަ ވާނީ އެހެނެއްނުން ހެއްޔެވެ. އައި އެހިތާމަތަކުގެ އަސްލަކީ އޭނަކަން އެނގުމުން އޭނާގެ ހިތުގައި ރިއްސާލިއެވެ.

ރާކިން ހުރި ހިސާބަށް ދެކުދިން ދައްކާ ވާހަކަ އަޑު އިވުނެވެ. ” އައި ހިނގާ ދެން ގެއަށް ދަމާ.. ތިހާވަރަށް ރޯކަށް ނުވާނެ.. ” އެކުވެރިޔާގެ ބުރަކަށީގައި ފިރުމަމުން މައިރީން ބުނެލިއެވެ. އެތަށް ވާހަކައެއް ދެއްކުމުން އައިނާ ހަމައަކަށް އެޅުނީ ފަނަރަ ވަރަކަށް މިނެޓް ފަހުންނެވެ. އައިނާ ހަމައަކަށް އެޅުމުން މައިރީން ދެކުދިންނަށް ކައިރީގައި ހުރި ގާޑިޔަލަކުން އައިސްކޯން ގަތެވެ. ރާކިން ދިޔައީ އެކުދިންނަށް ނުފެންނަ ފަދައިން އެކުދިންގެ ފަހަތުން ހިނގަމުންނެވެ.

އެރުކޮޅަކުން ރާކިންއަށް އާހިލްގެ ފޯނުކޯލެއްއައެވެ. ރާކިން ފޯނުނަގައި ކަންފަތުގައި ޖައްސައިލިއެވެ. ” ބްރޯ ވަރަށް ކަޑަ ވެގެން މި އުޅެނީ.. އެމީހުން ނައްޓާލާފި އެ އެއްޗެހި ހިފައިގެން.. އަހަރެމެންނަކަށް ނުހިފެއްޓުން އެމީހުނެއް.. ލާންޗް ފާސް ކުރަން އުޅުނީމަ މަތިން އޯޑަރު އައީ އެކަން ނުކުރުމަށް.. ކިހިނެތް ހަދާނީ ދެން.. ” އާހިލްގެ އަޑުގައިވަނީ ހާސްކަމެވެ. ” އޭ މަތިން އޯޑަރު އައީ އޭ؟؟ ބަލަ އަހަރެމެންގެ ގްރޫޕްގައި އުޅޭ އަށް މީހުނަށް ނޫނީ މިކަންތަކެއް ނޭނގޭނެއެއްނުން.. ދެން ހުންނާނީ އިޔާޒް ސާރ.. މަށަށް ޔަގީން އޭނަ ބިޓްރޭއެއް ނުކުރާނެކަން އަހަރުންނަކަށް.. ” ރާކިން ހާސްވެފައި ބުންޏެވެ. ” އެނގެޔޭ ތިކަން.. ގްރޫޕް މީހެއް އެކަން ބަސްޓު ކޮށްލީ.. މަށަށް އިނގޭ ކާކުކަންވެސް އެކަމަކު އެއްވެސް ޕްރޫފެއްނެތް.. އޭނަ އެމީހުން ދިން ލާރިތަކަށް ހެއްލިގެން.. ހުވާ މިބުނީ މިހާރު ތިބޭ މީހުން ތިބެނީ ލާރިއަށް ވިކިފަ.. ” އާހިލް ރުޅިއައިސް ރަތްވެ ހުރެ ބުންޏެވެ.

” ދެން ކުރެވޭނެ ކަމެއް ނެތެއްނުން ނޭނގެ އެމީހުންގެ މޫވްމޭކް ކުރާނީ ކިހާ އަވަހަށް ކަމެއްވެސް.. އަހަރެމެން ދެންވީ ތި މީހެއް ހިފަހައްޓަން ޕްރޫފް ހޯދަން.. ” ރާކިން ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. ” ރާކިން.. ކަލޭ ތި ރަށުގަ ހުރުން ބުއްދިވެރިއެއްނޫން.. އޭނަ ލީކްކޮށްލަފާނެ ކަލޭގެ ގޭންގް މީހުނަށް ކަލޭގެ ހަޤީޤަތް.. އޭރުން ވަރަށް ސަކަރާތްވާނެ.. އަދި ތީ އާދައިގެ ގޭންގެއްވެސް ނޫން.. ތިތަނަށް ވަދެ ބިޓްރޭ ކުރާ މީހުނަށް އޮންނަނީ މަރު.. ކަލޭ މާލެއަށް އަވަހަށް ދާންވީ.. އިޔާޒް ސާރވެސް އެދުނީ ކަލޭ އެކޮޅަށް ގެންނަން.. ” އާހިލް ހުރީ ރާކިންއަށްޓަކައި ކަންބޮޑުވެފައެވެ. ” އެކަމަކު.. އައިނާ އޯ.. ” ރާކިން މަޑުމަޑުން ސުވާލު ކޮށްލިއެވެ.

” އަހަރެން މަޔާން ތިކޮޅަށް ފޮނުވާނަން އޭނަ އައިނާއަށް ބަލާނެ.. އަހަރެން ވަރަށް ޓްރަސްޓް ކުރާ މީހެއް އެއީ.. އަނެއްކާ އައިނާވެސް ކުރާނެ.. އެއީ އޭނަގެ ފްރެންޑްގެ ދޮންބެ ސޯ ކަލޭ ހާސްވާންޖެހޭނެ ކަމެއް ނެތް އޭނައާ ދޭތެރޭ.. ކަލޭ މަސައްކަތް ކުރަންވީ މިކޮޅަށް ސަލާމަތުން އާދެވޭތޯ.. މާދަންވެސް ލަސް އަސްލު.. އެކަމު ދެން ނެތެއްނުން މަޑުކުރުން ނޫން ގޮތެއް.. މަ ކަލެއަށް މާދަމާ ހެނދުނުގެ ލާންޗުން ޓިކެޓް ނަގާދޭނަން.. ” ރާކިން މަޑުމަޑުން ހޫން އަޅުވައިލިއެވެ.

އާހިލް ފޯނު ކަނޑައިލުމުން ރާކިން ބަލައިލީ އައިނާމެނާއި ދިމާލަށްށެވެ. އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއް ނުވާއިރު އައިނާ ދިޔައީ އޭނާގެ އެކުވެރިޔާއާ ވާހަކަ ދައްކަމުންނެވެ. އެ ކޮޅިގަނޑުގެ ބާރުގެ ސަބަބުން އެކުއްޖާ މިހާރު ވެރިކޮށްގެން ހުރި ކުޑަ ހިނިތުންވުންވެސް އިސާހިތަކު އެކޮޅިގަނޑުގައި ޖެހި ފިލައިފާނެއެވެ. އެ ކޮޅިގަނޑުގެ އަސަރު ކުރާނީ ހަމައެކަނި އައިނާ އަކަށްނޫނެވެ. އައިނާއަށާއި އޭނާގެ ގާތް މީހުނަށް އެ ކޮޅިގަނޑުގެ އަސަރު ކުރާނެކަން ގައިމެވެ. ގަޑިން ދިހައެއްޖަހަން ކައިރިވެފައި ވަނިކޮށް މައިރީން އައިނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ހިނގަމުން ދިޔައިރުވެސް ދެކުދިނގެ ވާހަކަ ހުހެއް ނުވެއެވެ. މައިރީން ހުރީ އައިނާ ހަމައަކަށް އެޅިފައިވުމުން އުފާވެފައެވެ. އައިނާ ގެޔަށް ލާފައި ދިޔަ މަގުމަތީ މައިރީންއަށް ހުއްޓެން މަޖުބޫރުވީ އޭނާގެ ކުރިމައްޗަށް އެރި ރާކިން ފެނިފައެވެ.

ލޯއަޅައިލުމަށްފަހު އޭނަ އުޅުނީ އެހެން ދިމާލަކުން ދާށެވެ. ނަމަވެސް ރާކިން އޭނަގެ ކުރިމައްޗަށް އަރައި އޭނާގެ ނަމުން ގޮވައިލިއެވެ. ” މައިރީން ޕްލީޒް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ.. އައިނާގެ ދިރިއުޅުން ބަދަލުވާން މާގިނަ ދުވަހެއްނެތް.. އޭނަގެ އެނަމީސްއަށް ކުރި ލިބިއްޖެ.. ” ރާކިން އާދޭހުގެ ގޮތަކަށް ވާހަކަ ދެއްކިއެވެ. ”  އާރ ޔޫ ޑްރަންކް އޯރ ސަމްތިން؟؟ ތި ކިޔާ އެއްޗެއް އެއްވަރަކަށްވެސް ހަމަނުޖެހޭކަން ނޭނގޭތަ؟؟ އައިނާގެ ކޮން އެނަމީސް އެކޭ ތިކިޔަނީ؟؟ ” މައިރީން ބޯހޫރުވާލަމުން ބުންޏެވެ. ” އަހަރެން ދައްކާ ވާހަކަ އަޑުއަހަން އިރުކޮޅަކަށް މަޑުކޮށްލަ ދެވިދާނެތަ؟ ” ރާކިން މަޑުމަޑުން އަހައިލިއެވެ. މައިރީން މޫނުގައި އަތް އުގުޅާލުމަށްފަހު ބޯޖަހައިލިއެވެ. އެއާއެކު ރާކިން ކައިރީގައި ހުރި ބެންޗްއެއްގައި އިށީނުމަށް އިޝާރާތް ކޮށްލިއެވެ. އައިނާގެ ގެ ހުންނަނީ ބަނދަރާއި ކައިރީގައި ވުމުން މައިރީން އޭނާގެ ގެއަށް ދާން އައީ ބަނދަރުމަތިންނެވެ. ބަނދަރުގައި ރަށަށް އަންނަ މެހެމާނުން އިށީނުމަށްޓަކައި ނޫ ކުލައިގެ ބެންޗްތަކެއް އަތުރާފައި ހުރެއެވެ. މައިރީން އިށީނީ ރާކިންއާ ތަންކޮޅެއް ދުރުގައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…34

Next

ނަފްރަތުން ލޯބި ވެވުނީ 4

Next
June 4, 2024

ނަފްރަތުން ލޯބި ވެވުނީ 4

Previews
June 4, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…34

6 Comments!

  1. brainless girl says:
    June 4, 2024 at 12:42 pm

    vrh reethi mi partves when next part

    1. Maash Butterflyyyyy says:
      June 5, 2024 at 8:39 pm

      Thank you darling.. Next part insha allah Saturday ga.. Keep waiting 😊

  2. flowerr says:
    June 5, 2024 at 9:24 pm

    MASHA ALLAH vrh reethi mi part es keep it up 😉
    curiously waiting for the next prt……

    1. Maash Butterflyyyyy says:
      June 6, 2024 at 12:38 pm

      Thankyou so much flowerr.. insha allah next part will be submitted in saturday💜🦋

  3. Cute girl says:
    June 6, 2024 at 11:08 am

    Mi part vx v Reethi masha allah
    can’t wait for next part

    1. Maash Butterflyyyyy says:
      June 6, 2024 at 12:40 pm

      Thankyou so much Cute girl.. stay tuned for next part on saturday💜🦋

Comments are closed.

Next Episodeކުށަކީ ކޮބާ – 30←


All Right Reserved!