Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…41

Anonymous Level 4100 Login10 Stories100 Comments
June 22, 2024 5 Mins Read
22 Comments

“ކައިޔަން”ޒާރާ ކައިޔަން ގެ ސަމާލުކަން ހޯދަން ގޮވާލި އެވެ.ޒާރާގެ އަޑު ޖެހުމާއި އެކު ކައިޔަން އަށް ލިބުނީ ކުއްލި ސިހުމެކެވެ.ވައްކަމެއް ކުރަނިކޮށް ފަޅާ އެރި މީހެއް ފަދައިން ފޯނު ކަނޑާލަމަށް ޒާރާ އާއި ދިމާލަށް ބަލައިލީ ހިތާ ހިތުން ޒާރާ އެވަގުތު އައުމުން އެއްޗިހި ކިޔަމުންނެވެ.ނަމަވެސް މޫނުމަތިން ހަމަ ޖެހޭކަން ދައްކަމުން ކައިޔަން ފަހަތަށް އެނބުރުނީ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރި ކޮށްލަމުންނެވެ.

***********************

“ކާކާ ދެންމެ ތި ވާހަކަ ދެއްކީ؟”ޒާރާ އަހާލީ ނިއް އަރުވާލަމުންނެވެ.ޒާރާގެ ސުވާލުން ހަމަ ރަނގަޅަށް ވެސް ކައިޔަން އަށް ސިހުމެއް ލިބުނެވެ.”އެއީ ކުރިން ދުވަހު ޒާ ދިޔައީމެންނު ކައިޔަން ކައިރީ މަޑު ކުރާށޭ ކިޔާފަ ފިހާރައަށް.އެދުވަހު ޒާ ފަހުން އައި އިރު ނެތީމަ ޒާ ރުޅި އައިސްގެން އުޅުނީމެއްނު.އެދުވަހު އަސްލު ކައިޔަން އަށް އެކުއްޖަ އާ ދިމާވީ އޭ.އެދުވަހުން މަގުމަތިން ދިމާވެގެން ވާހަކަ ދައްކަން ފެށީ.އެކުއްޖަ އަށް ކިޔަނީ ޝަހްނާ .ދެން ޝަހްނާ މަންމަ އޮޕަރޭޝަން ކުރަން ލާރި ބޭނުން ވެގެން އެ ދުވަސްކޮޅު އުޅުނީ.ޝަހްނާ މަންމާ ބޭނުމެއް ނުވޭ ދަރައިގެން އެއްވެސް ކަމެއް ކުރާކަށް.އެކަމް އޭރު ހާލަތު އޮތް ގޮތުން ޝަހްނާ ޖެހުނީ ދަރައިގެން އޭނަގެ މަންމަ ސަލާމަތް ކުރަން.އެއޮޕަރޭޝަން ނުކޮށްފިއްޔާ ހަމަ މަރު.އެހެންވެ ޝީ އަސްކްޑް މީ.ދެން ކައިޔަން ބުނީ ފަހުން ދޭ ގޮތަށްށޭ.އެކަމު ފަހުން ވެސް ޝަހްނާ އަތުގަ އެހާ ބައިވަރު ލާރި ނެތީމަ ކައިޔަން ބުނީ ހާފް ވެސް އޯކޭ އޭ.އެހެންވެ ޝަހްނާ މަންމަ ނެތް ގަޑި އެއްގަ އެންނު ފަސޭހަ ވާނީ”ކައިޔަން ދޮގާ ތެދު އެއް ކޮށްގެން ބޮޑު ވާހަކަ އެއް ހަދާލިއެވެ.ޝަހްނާ އާއި އޭނާ ދިމާވި ދުވަހާއި ޝަހްނާ އަށް އޭނާ ދިން ދެ ފުރުސަތުގެ ތެރެއިން ދެވަނަ ފުރުސަތު އެއީ ހުސް ދޮގެވެ.

 

ޝަހްނާ އޭ ބުނުމުން ޒާރާ ގެ ހަނދާނަށް ފުރަތަމަވެސް އައީ ޝަހްނާގެ ނަމެވެ.އެހެން ނަމަވެސް ދެވަނަ ސިކުންތަކަށް ބައިވަރު ޝަހްނާ އުޅޭނެކަން އޭނާގެ ސިކުނޑި އަށް ވިސްނައިދެމުން ޒާރާ ކައިޔަން އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.”އެހެންތަ؟ ބޭނުން ޖެހިފައިވާ މީހަކަށް އެހީ ވެދީފަ އޭނަގެ އަތުން އެ ނަގަން ނޫޅޭ.އިޓްސް ބެޓާ އެއީ ސަދަގާތެއް ގެ ގޮތުގަ ބޭއްވިއްޔާ”ޒާރާ ބުނެލީ ސައިކަލު މުއްގަނޑުގައި އޮތް ކައިޔަންގެ އަތުގައި އަތް ބާއްވާލަމުންނެވެ.”އޯކޭ އެނީތިންގ ފޯ ޔޫ މެޑަމް”ކައިޔަން ޒާރާގެ ލޮލުގައި އަނދުން އަޅުވާލީ އެހާމެ ކުޅަދާނަ ކަމާއި އެކުގައި އެވެ.

 

ޒާރާ ކައިޔަން ގެ ސައިކަލު ފަހަތަށް އެރުމާއި އެކު ޒާރާ އާއި ކައިޔަން ދެންމެ ދެއްކި ހުރިހާ ވާހަކަ އެއް އަޑު އަހަން ހުރި ކިޔާން އަށް އަތް މުއްކަވާލެވުނެވެ.އޭނާ މިތާ ހުންނަތާ ކޮން އިރެއް ހެއްޔެވެ؟ކައިޔަން ޝަހްނާ އަށް ގުޅީއްސުރެ އޭނާ އެހުރީ އެތާ އެވެ.ކައިޔަން ވެސް ސައިކަލު ޕާކް ކޮއްލީ އޭނާ މިތަނަށް އައި ވަގުތަށް ވުމުން ކައިޔަން އާއި ޝަހްނާ ދެއްކި ވާހަކަ ތައް އަޑު އިވުނީ އެވެ.ޒާރާ އަށް އަވަހަށް ހަގީގަތް ކިޔައިދޭން ކިޔާންގެ ހިތް ބުނަން ފެށުމާއި އެކު ކިޔާން އަށް ސައިކަލުގެ މުއްގަނޑުގައި ހިފާ ބާރު ކޮށްލެވުނީ އެއްވެސް ހެއްކެއް ނެތި ޒާރާ އޭނާގެ ވާހަކަ ގަބޫލު ނުކުރާނެކަން އިނގުމުންނެވެ.ދެންމެ ވެސް ކުރީ ދުވަހު ވެސް ޝަހްނާ އާއި ކައިޔަން ދެއްކި ވާހަކަ ރޮކޯޑް ނުކުރެވުމުން އެކަމުގެ މޮޔަ ކިޔާން އަށް ހީކުރެވެން ފެށުނީ އަދި ކިރިޔާ އެވެ.

 

ހުރިހާ އެންމެންގެ އިންޓަރވިއު ނަގާފައި އައި ޒައިދާން އަށް ނުކްޝާން އާއި ޒީކާން ބަލާލީ އެއްފަހަރާ ކަހަލަގޮތަކަށް ށެވެ.ޒީކާން އާއި ނުކްޝާން ގެ އިންނަނީ އެއް ކެބިން އަކަށް ނުވި ނަމަވެސް މިއަދު މިގަޑީގައި ޒީކާން ގާތަށް ނުކްޝާން އައީ ޒައިދާން އިންޓާރވިއު ނިންމާފައި އަންނާނީ ޒީކާން ގެ ގާތަށް ކަން އިނގޭތީ އެވެ.ޒީކާން އާއި ނުކްޝާން ގެ އިތުރުން ރިޔާން އާއި އަޔާން އަކީ ބިޒްނަސް ޕާޓްނަރުންނެވެ.ނަމަވެސް ގިނައީ ނުކްޝާން އާއި ޒީކާން ނިންމާ ނިންމުން ތަކެވެ.ސަބަބަކީ އަޔާން އާއި ރިޔާން އެދެމީހުންގެ ބިޒްނަސް ޕާޓްނަރަކަށް ހެދީ ވެސް ނުކްޝާން އެދެމީހުން ގާތު އާދޭސްކޮށް ގެން ކަމަށް ވުމުންނެވެ.އަޔާން އާއި ރަޔާން ދެކޭ ގޮތުގައި އެމީހުން ކޮންމެހެން ނުކްޝާން ގެ އެކުވެރިންނެކޭ ކިޔާފައި ބިޒްނަސް ޕާޓްނަރުންނަށް ވާކަށް ނުޖެހެއެވެ.ނަމަވެސް ގޮތް ދޫނުކޮށްގެން ނުކްޝާން އެހެރީ ޒީކާން އާއި އޭނާގެ ކުޅިގަނޑަށް އަޔާން އާއި ރިޔާން ވެސް ވައްދާފައިއެވެ.

 

ޒައިދާން ދިއްކޮށްލި ފައިލް ގައި ހިފީ ޒީކާން އެވެ.ޒީކާން އިން މޭޒުގެ ކުރީގައި އިން ގޮނޑީގައި ޒައިދާން އައިސް އިށީންދެލީ ޒީކާންގެ ބަހެއް ލިބުމުން ނޫނީ ނުދާށެވެ.އެއީ އޭނާގެ ބޮސް ވިއްޔާ އެވެ.”ބްރޯ އޭ.ލަންޗް ޓައިމް އެއްނު މީ.ދިޔަސް އޯކޭ އިނގޭ.ތެންކްސް މިހާ ބޮޑު ކަމެއް ކޮށްދިނީމަ.މައްސަލަ އެއް ނެތް އިނގޭ ލަންޗް ނިންމާފަ ނަޔަސް.ކޯޒް މިއަދު ވަރަށް ބުރަކޮށެއްނު ދޯ އުޅުނީ”ނުކްޝާން ބުނެލީ ޒީކާން ކޮމްޕިއުޓަރ އިން ކުރަމުން ދިޔަ މަސަތްކަތަށް ބަލަމުންނެވެ.ނުކްޝާން އެހެން ބުނެލުމުން ޒީކާން ވެސް ބޯ ޖަހާލީ މަވެސް އެއްބަހޭ ބުނަމުންނެވެ.އޭރު ވެސް އެސޮރުގެ ދެލޯ އޮތީ ކޮމްޕިއުޓަރު ގައި ތަތް ކޮށްފައިއެވެ.ޒައިދާން ދިއުމުން ނުކްޝާން ޒީކާން އާއި ދިމާލަށް ބަލައިލީ އަދި ވެސް ޒައިދާން ދިން ފައިލް ބަލާކަށް ނުވޭ ހެއްޔޭ އަހާލާ ފަދައަކުންނެވެ.ޒީކާން ފައިލް އޭނާ އިން މޭޒުގެ ކަބަޑަށް ލުމުން ނުކްޝާން އަށް ދެބުމަ ގޮށްޖަހާލެވުނެވެ.އަދި މީނަ ވެސް ދޯ އެވެ.ނުބަލާ ހުރެގެން ވަޒީފާ ދޭންވާ މީހެއް އިނގޭ ހެއްޔެވެ؟

 

“މާދަމާ ވެސް އެބެލިދާނެ ދޯ”ނުކްޝާން ޒީކާން އެ ފައިލް ނުބަލާން ހެދުމުން ޝަކުވާ ކުރުމުން ޒީކާން ބުނެލީ ދެފަރާތަށް ބޯ ހޫރުވާލަމުންނެވެ.އޭނާ އެހާ ވެސް ޒައިދާން އަށް އިތުބާރު ކުރޭ ވިއްޔާ އެވެ.މިހުރިހާ ދުވަހު ވެސް ޒައިދާން ހުރީ ޒީކާން ގެ ޕީއޭގެ ގޮތުގައިއެވެ.އޭނާ އަށް ވަރަށް ރަނގަޅަށް ޒައިދާން އިނގެއެވެ.ފައިސާ އަކަށް އެސޮރު ގުޑީވާލާކަށް ލާހިކެއް ނޫނެވެ.މިހެން ވީ އިރު ޒައިދާން ލާރި އަށް މީހަކަށް މާކްސް ގިނަ ކޮށްދޭނެ ކަމާއި މެދު ޝައްކެވެ.މާދަމާ ބަލައިގެން ވެސް އޭގައި އޮތް މާކްސް ބަދަލު ވެދާނެ ހެއްޔެވެ؟

 

ޒީކާން ގެ ކޮޓަރިން ނިކުން ޒައިދާން ދިޔައީ ފުން ނޭވާ ތަކެއް ލަމުންނެވެ.ހީވާ ގޮތުން ހަމަޖެހެން މަސައްކަތް ކުރަނީ އެވެ.މިއަދު އިންޓަރވިއުގައި ދިމާވި އަންހެން ކުއްޖާ އަކީ އޭނާ އަށް އާ މޫނެއް ނޫނެވެ.ނަމަވެސް މިއަދު އެކުއްޖާގެ ސަބަބުން އޭނާ އަށް ޒީކާން ކުރި އިތުބާރު ނުގެއްލުނީ ކިރިޔާ އެވެ.

 

ގޭތެރެ އަށް ވަދެގެން އައި ޒައިދާން އަށް ޒުހާ ގޮވާލީ ކާން އަންނާށޭ ބުނެލަމުން ނެވެ.”ފަހުން ކާނަން.މިއަދު ކުޑަކޮށް ބުރަ ދުވަހެއް ވީމަ ވަރަށް ވަރުބަލި ފަހުން ކާނަން”މަންމަ ހިތް ހަމަ ޖައްސާ ލުމަށްޓަކައި ޒައިދާން އެހެން ބުނެލަމުން ކޮޓަރި އަށް ވަދެ އެނދަށް ވެއްޓި ގަތެވެ.އެނދަށް ވެއްޓިގަން ޒައިދާން އަށް ފީނައިގަނެވުނީ މީގެ ތިރީހަކަށް މިނެޓު ކުރިން ހިނގާދިޔަ ހާދިސާ އަށްށެވެ.

 

********30 މިނެޓުކުރި***********

ފަހަރަކު މީހެއްގެ އިންޓަވިއު ނަގަން އިން ޒައިދާން އަށް ބަލާލެވުނީ އެންމެ ފަހުން ވެދެގެން އައި ޒުވާން އަންހެނުން ކުއްޖާ އަށްށެވެ.ރޫފަ ރަނގަޅު އަންހެން ކުއްޖެކެވެ.އަލި ހަންގަނޑެއް ލިބިފައިވާ އިރު ހިނގާލާފައި އައި އިރު އަރައިގެން ހުރި ހައިހީލްސްގެ ސަބަބުން ޓޮއް ޓޮއް ގޮވާ އަޑު އިވެއެވެ.ލައިގެން ހުރި ރަތް ކުލައިގެ ޓޮޕް ކޮޅުން ބަނޑު ފެންނަން އޮތް އިރު ލައިގެން ހުރި ސްކާޓް ކޮޅުން ވެސް ބާރުކަމުގެ ވާހަކަ ވެސް ރަނގަޅީ ނުދެއްކިއްޔާ އެވެ.ފައިގެ ފަލަމަސްގަނޑު ގެ ބޮޑު ބައެއް އޮތީ ހާމައަށްށެވެ.މާ ދިގު އިސްތަށިގަނޑަކަށް ނުވި ނަމަވެސް އިސްތަށިގަނޑު ގެ ދިގު މިން އުނަގަނޑާއި ހަމަޔަށް އަރައެވެ.އިސްތިށިގަނޑު މިނިވަން ކަމާއި އެކު ދޫކޮށްލާފައި އޮތް އިރު އިސްތަށިގަނޑު އޮތީ ބުޅި ކޮށްލާފައި އެވެ.

 

ރަނގަޅަށް އެ އަންހެން ކުއްޖާގެ މޫނާއި ދިމާލަށް ބަލައިލި ޒައިދާން އަށް ސިހުމެއް ލިބުނީ އެ އަންހެން ކުއްޖާގެ މޫނު ފެނުމުންނެވެ.އެއީ އޭނާ އަށް އާމޫނެއް ނޫނެވެ.އެއް އިރެއްގައި އެސޫރަ އެއް ފެނުމުން ހިތުގެ ތެޅުން ބާރުވެ ހިތުގައި ހަމަ އެކަނި ވިންދެއް ޖަހާލި ސޫރައެވެ.”ޝަހްނާ”ޒައިދާން ނުގޮތަކަށް ޝަހްނާ އާއި ދިމާލަށް ބަލައިލަމުން އިސްޖަހާލީ ލައިގެން ހުރި އަންނައުނުން އެއްތަނެއް ވެސް ނިވާ ނުވާތީ ބަލަން ނުކެރިގެންނެވެ.

 

“ޒައި.މި ވަޒީފާ ކޮންމެހެނެއް ހަދާފަ ވެސް މަ ބޭނުން.ޕްލީޒް މީގަ ހިފާފަ މަށަށް ވަޒީފާ ދެއްޗެ”ޒައިދާން އަށް ޝަހްނާ ލޯބިން ގޮވާލީ އަދިވެސް ޒައިދާންގެ ހިތުގައި އޭނާ އަށްޓަކައި އިހުސާސްތަކެއް އޮތް ނަމަ އޭނާ އަށް އެވަޒީފާ ލިބޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.އެވަގުތު ޒައިދާން އާއި ޝަހްނާ ނޫން މީހަކު އެ ކޮޓަރީގައި ވެސް ނެތުމުން ޝަހްނާ ބެލީ ވަަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފޭތޯ އެވެ.ނަމަވެސް ޒައިދާން އެއަަށް ވުރެ މާ ހުޝިޔާރެވެ.”ތި ހަރާމް ލާރީގަ ހިފާ ހިތަކުން މަށެއް ނޫޅެމޭ.މަަށަށް ތި އަށްވުރެ މާ ރަނގަޅު ލޯލާރި ގަނޑެއް ލިބުނަސް ހަލާލު ގޮތުގަ”ޒައިދާން އިސްޖަހާލި ގޮތަށް އިސް ނުނަގާ އިން ގޮތަށް އިނދެ ބުނެލިއެވެ.”އޯކޭ އެކަމް ޒައިދާން އަހަންނަށް މި ވަޒީފާ ދީފިއްޔާ އަހަރެން ޒައިދާންގެ ގާލް ފްރެންޑް އަށް ވެދޭނަން އެންޑް ޔޫ ނޯ އޭރުން ޒައިދާން ބޭނުން އިރަކު”ޒައިދާން އިސްއުފުލާ ބަލާލަން މަޖުބޫރުވީ ޝަހްނާ އައިސް އޭނާގެ ގާތުގައި ހުއްޓިފައި ޒައިދާންގެ އަތުން ޝަހްނާގެ އުނަގަނޑުގައި އަތް އަޅުވާލަމުންނެވެ.ޒައިދާން ހިތް ވެސް އެވަގުތު ޝަހްނާ އަށް ބޯލެނބުމަށް ބުނެލިއެވެ.ޝައިތާނީ ވަސްވާސް ތަކުން އެހިތް ފުރުމުގެ ކުރިން ޒައިދާން ޝަހްނާ ދުރަށް ކޮއްޕާލެވުނީ އިޚްތިޔާރުން ބޭރުގައި އެވެ.

 

“އައްޗީ ދައްކާ ވާހަކަ.އެއް އިރެއްގަ ޝަހްނާ ޖެހިހާ ބެރަކަށް މަ ނެށިއަސް މިއީ މިހާރު އެ ޒައިދާން އެއް ނޫނޭ.އެހެން ނޫނަސް ނޭނގެ މިހާރު ކިތަށް މީހުން ކަމެއް ތި ޝަހްނާ އާ އެކީ ގުޅުން ހިނގާފަ ހުރީކީ.މަށެއް ނޫޅެން ބަލާކަށް ވެސް.މިތަނަށް އިންޓަރވިއު އަށް އަންނަ ކޮންމެ މީހަކަށް ވެސް ހިނގާ އުސޫލުން ކަންތައް ޝަހްނާ އަށް ވެސް ހިނގާނީ.ގޮސް ގޮނޑީގަ އިށީނދެގެން އިނދޭ.ކިތަންމެ ލާރި އެއް ދިނަސް.ހަމަ މާކްސް ލިބޭނީ ވެސް ނޫނީ ހޮވޭނީ ވެސް އެންމެ މަތިން މާކްސް ހޯދާފަ ނޫނީ ކިޔަވާފަ ހުރި މީހަކަށް”ޒައިދާން އޭނާގެ އަޑަށް ހަރުކަށިކަން ގެންނަމުން ބުނެލިއެވެ.ނަސީބަކުން ޝަހްނާ ވެސް އިތުރު އެއްޗެކޭ ނުބުނެ އިންޓަވިއު އަށް އަންނަ މީހާ އިންނަން ޖެހޭ ގޮނޑީގައި އިށީންދެލިއެވެ.ޒައިދާން އިތުރަށް ޝަހްނާ އާއި ދިމާލަށް ބެލުމެއް ނެތި ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައީ އެހިތް އަތުން ދޫވެދާނެތީ އެވެ.އެއް ފަހަރު ވެސް ގޯސް ހެދެން އުޅެފި ވިއްޔާ އެވެ.

 

ޝަހްނާ އިންޓަވިއު ބޭއްވި ކޮޓަރިން ނިކުތުމާއި އެކީ ހެން ޒައިދާން އަށް އޭނާ އިން ގޮނޑީގައި ހަމަޖެހިލަމުން ދެތިން ފުންނޭވާ ދޫކޮށްލެވުނީ ހަމަޖެހިލުމުގެ ގޮތުންނެވެ.ދެލޯ މަރާލައިގެން ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އިން ޒައިދާން އަށް ސިހުމެއް ލިބުނީ ކޮޓަރި އަށް މީހަކު ވަންކަހަލަ އިހުސާސްއެއް ވަުމުންނެވެ.ގައިމު ޝަހްނާ އެއީ އެންމެ ފަހު މީހާ އެވެ.ދެން އަނެއްކާ މި ވަނީ ކާކު ބާއެވެ.

 

ހިތުގައި ސުވާލު އުފެދިފައިވާ ހާލު ޒައިދާން ލޯ ހުޅުވާ ބަލާލި އިރު ކުރިމަތިން ފެންނަން ހުރީ ޒުވާން ފުރައިގެ ފިރިހެން ކުއްޖެކެވެ.މޫނުމަތިން އަދި އަށާރަ އަހަރު ވެސް ނުފުރޭނެހެން ހީވާ ފަހަރު ފަހަރު ވެސް އާދެއެވެ.”ޝައުން”ސަލާމަށް އަތް ދިއްކޮށްލަމުން އެ ޒުވާނާ އަމިއްލަ އަށް ތައާރަފް ވެލިއެވެ.”ޒައިދާން”ޒައިދާން ވެސް ޝައުންގެ އަތުގައި ހިފަން ނުކެރިފައި ހުރެވެސް ޝައުން ދިއްކޮށްލި އަތުގައި ހިފާ ސަލާމްކޮށްލަމުން ހިނިތުންވެލިއެވެ.މާވާހަކަ ގިނަ ނުކޮށް ޝައުން އޭނާ އައި މައުޟޫ އާއިގެން ކުރިއަށް ދިޔައެވެ.ޝައުން އެންމެ ފުރަތަމަވެސް ބުނެލި ޖުމުލައިން ޒައިދާންގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ.

 

ނުނިމޭ

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

އިންސާފު (ފަސްވަނަ ބައި)

Next

ގާތުގައިވި އަނދިރިކަން، 16

Next
June 22, 2024

ގާތުގައިވި އަނދިރިކަން، 16

Previews
June 22, 2024

އިންސާފު (ފަސްވަނަ ބައި)

22 Comments!

  1. Cutie girl says:
    June 22, 2024 at 10:12 am

    Mi part vx v Reethi masha allaha
    Can’t wait for next part
    Zaa and kiyaan gulhuvachey

    1. RIFSHA says:
      June 22, 2024 at 5:37 pm

      Thanks cutie girl
      In sha Allah next part maadhan submit kohlaanan 😊
      Love you so much darling ❤️

  2. Dhunya says:
    June 22, 2024 at 10:37 am

    What the freak
    Mihaaru kihinei mi v.anehkaa aneh hakanthah.shaun ey eii kaaku thr.
    Can’t wait for the next part.shaun buni ehcheh balaa hithun hureveny eh ves noon.
    Love you my fav author ❤️

    1. Rauha says:
      June 22, 2024 at 11:13 am

      Shaun eii shahna ge younger bro eh

    2. RIFSHA says:
      June 22, 2024 at 5:39 pm

      Hehe saabas dhunya ah hehe
      Dhen v gotheh balamaa mi shahna vx varah, makaru bodey.keehkurani shaun eii shahna ge younger brother.
      Next part in sha Allah maadhan submit kohlaanan
      Love you more ❤️😘

  3. Dhooni says:
    June 22, 2024 at 10:49 am

    Mi episode ves varah reethi Masha Allah
    Alhugandu varah natta ey mi shahna ulhey gothun.dhunya buni hen shaun akee kaaku baa?
    Alhugandu ves mihaaru next part kiyaa hithun mi hiry.
    When next part kiyaalan libeynee?
    Lysm Rifoo 💜

    1. Rauha says:
      June 22, 2024 at 11:14 am

      Shaun eii shahna ge younger bro eh.aira and riyaan ge wedding balaaba eyga innaane

    2. RIFSHA says:
      June 22, 2024 at 5:42 pm

      Thanks dhooni
      Keehkurani Rifoo ves varah nattaa mi shahna men ulhey gothun.
      Shaun eii shahna ge younger brother.
      Sorry aslu hurihaa dhuvahaku kudhin kiyan beynun vaa iru ves dhe dhuvahun eh dhuvahu genesdhevey thi.rifoo ves try kuran daily koh genesdhevey tho ekam mihaaru mee last year v ma varah vaguthu nuvey
      Love you more Darla 😘

  4. Rauha says:
    June 22, 2024 at 11:18 am

    Hey Rifoo
    Aneikaa shaun buny keekey baa?e soru araani shahna yaa ehkolhah dho varah foohi vey.dhen anehkaa zaidhaanuu heyo nuvaane shahna yaa ehkolhah naarahche.dhontha akas nubai kameh kuranyyaa vaani nubai kamakah.
    Ey Rifoo varah inthizaaru eba kurevey ingey next part ah n zeek and mish ge bayakah.
    Curiosly Waiting for the next part
    Love you Rifoo 💋

    1. RIFSHA says:
      June 22, 2024 at 5:44 pm

      Hey Rauha
      Alhe dhen keekey bunaani Rifoo vx.next episode kiyaalyma ingeyne shaun ge kolheh vx.
      Hehe Rifoo bunaanan ingey zaidhaan kairy shahna ya ehkolhah naarahche yey rau bunyyey hehe.
      Next part in sha Allah maadhan submit kohlaanan
      Love you more rauu ❤️

  5. Zelie says:
    June 22, 2024 at 11:39 am

    Omg. What is wrong with shahna and kaiyan. Haadha foohi koshey dho emeehun ulheni. Can’t wait for kiyaam to tell everyone what he knows but am also scared some people might not believe him. By some people I mean zaa. Uggh can’t believe she is dating him.
    You just know how to leave all the readers wanting more. You are so good. Masha allah. Cannot wait to read ths next part.
    Love you my fab writer ❤️

    1. RIFSHA says:
      June 22, 2024 at 5:47 pm

      Thanks zelie thank you for your lovely comment ☺️
      Alhe Rifoo akah ves neyngey e meehunnah kihinei vegen kameh e ulheny.keehkurani some people didn’t trust dho kiyaan ah.
      Hehe e dhen ehen vani yey hehe
      Love you more one of my favourite reader ❤️💋

  6. Shimmer says:
    June 22, 2024 at 12:06 pm

    Hey rifoo
    This part was also amazing 😍
    But pls don’t do this …avahah zaa and yaan gulhuvabala….pls …thihen nuvaaane e dhekudhin ah hadhaa kah..pls
    And where’s aleek and aika now …emeehunge haaleh ves negeviyya….I like their part because their story is some what similar to my friend story ….hope vv avahah everything will be fine between all the couples …..
    And by the way school is reopening dho ..ehenveema Kon dhuvas dhuvahaku up koh laanee erun edhuvas dhuvahah check koh levenee … actually 10th veema vv busy ehenve …mi one week holiday ah ves oi thousand assignments dheefa …ehenve Eid ves full koh enjoy nukurevunu…but hard work wins ..ehenveema masakai ves kuran jehene ehnu plus final year viyya …
    Curiously waiting for next part …..
    Love you rifoo ❤️

  7. Nishva says:
    June 22, 2024 at 12:30 pm

    Hey rifoo
    Alhey kihinei thi hadhani.yes aleek men ge habareh vx nuvey dhw.kaiyan mn dheke haadha foohsekey vani.anehkaa shaun bunaani keekey baa.?
    Kon irakun next part kiyaalan libeyni
    Curiously waiting for the next part
    Love you darling ❤️

    1. RIFSHA says:
      June 22, 2024 at 5:48 pm

      Hey nish
      Alhey eii Rifoo kuraa kameh nooney.rifoo vx varah foohi vey kaiyan men dheke keehkurani.
      Next part in sha Allah maadhan submit kohlaanan 😊
      Love you more nish 😘

  8. malaa says:
    June 22, 2024 at 12:49 pm

    mi part ves vrh reethi
    alhey shaun keekey baa ekii shaun buniehcheh ingeyhithun hureveni eh noon
    waiting for next part
    keep it up …
    love you my fav author

  9. 🌹🌹🌹 vempire girl 🌹🌹🌹 says:
    June 22, 2024 at 1:03 pm

    Hi rifoo
    Rifoo gandaa e shahna ah vazeefa nudhehcheyy plzzz…😭😭😭🙏🙏🙏
    Mi part vx varah varah reethi maasha Allah…
    Ey zeekaan aaa mishyaa ge baeii next part ga genes dhehchey manjey..
    See you sooon…
    Love you bodu bodukoh ❤️❤️❤️😘😘💋💋

    1. RIFSHA says:
      June 22, 2024 at 5:50 pm

      Hi vempss
      Dhen balamaa dho vempuuu
      Thanks vemppppsss
      Dhen inthizaaru kurey dhariyaa
      See you soon 💓
      Love you vemppuuuu
      Miss you second 🥈 ah ekam ves varah loabi vey ingey

  10. RIFSHA says:
    June 22, 2024 at 5:53 pm

    In a reply to @malaa
    Thank you so much malaa
    Hehe shaun buni ehcheh next part ga ingi dhaane thaa dho 🤭
    In sha Allah next part maadhan submit kohlaanan 😊
    Love you more one of my favourite reader ❤️💋

  11. RIFSHA says:
    June 22, 2024 at 6:01 pm

    In a reply to @shimmer
    Hey shimmer
    Mi oh lovely comment eh dho neynge reply dheyni keekey kiyaafa kameh ves.
    Aleek and aika ge habareh in sha Allah next part ga vaane kanneynge i didn’t remember dho.varah dhurah liyefa onnaany ehenve ehaa bodah handhaanei nei hehe.
    Yes Rifoo ves mi mihaaru mi vaahaka ninmaafa liyan ulhey story ga kuda koh similar vaane Rifoo ge friend eh ge love story yaa.not vempire innaane e kujja ge name Rifoo ge kuru vaahaka ga.hehe
    Yes school hulhuveythi varah dhen buxy vaane.aslu Rifoo konme dhuvahaku submit kohliyas varah buxy dhuvas dhaa goi.aslu Gina faharah ulheni ves lap ga ai ves nulaa.adhi mi aharu feshun fahun.i mean 10 feshun fahun school oi dhuvahaku vaahaka liyefa eh noannaane.hama holidays thakuga liyefa onnaany.friday Saturday ga vs varah vaguthu nuvey.naseebeh kanneynge dho mi vaahaka ehaa bodah liyevifa oi kan.mihaaru dhen Rifoo liyefa mi ulheny ninman story varah bodah liyefin.
    Mihaaru dhen story upload kohlaa dhuvas thah ves badhalu kohlan mi ulheni eii kon dhuvas thakeh kan bunelaanan next episode ga.adhi final eh nuvey dho.
    Varah long reply eh dho 🤭
    Love you more Darla 😘

  12. Laura says:
    June 23, 2024 at 2:15 pm

    Hey darlll
    Varah lahun dho mi comment kohlevuny.hama bura dhuvas kolhakee ey.anehkaa eh oi aneh worksheets thakeh dheefa.adhi neynge mirey vaan vaa irah ninmeyne kameh ves.iyye ga ves baivareh hedhymey past paper aa eh chihi.evarun bubegen worksheet thah ves evarah hadhan dhiney…
    Hehe anyway story varah reethi Masha Allah
    Can’t wait for the next part
    Unmeedhu kuran varah avahah next episode kiyaalan libeyne kamah.
    Love you Rifoo 💋
    Bye 👋

    1. Rauha says:
      June 23, 2024 at 8:14 pm

      Konhaa beykaaru vaahaka eh dhahkaakah.amilla ah dho nuninmee worksheet bodu bandheh libun iru.ma ninmi meeha free ey.bye Rifoo gotta go extra ah

Comments are closed.



All Right Reserved!