Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…37

Anonymous Level 4100 Login10 Stories100 Comments
June 9, 2024 6 Mins Read
17 Comments

ފޯނު ހިފައިގެން ޒާރާ ނިކުމެ ބޭރު ބަލާލި އިރު ބޮލުގައި ރިއްސާލީ ގޭޓު ކައިރީގައި ފޯނާ ކުޅެން އިން ފިރިހެން ކުއްޖާ ފެނިފައި އެވެ.ކަޅު ކުލައިގެ ހޫޑީ އަކާއި ހަމަ އެކުލައިގެ ޖިންސް އެއްގައި ހުރި އެފިރިހެން ކުއްޖާ ކިޔާން އަށް ދޫނުކުރާނެ ކަން ގައިމެވެ.ނަމަވެސް މިހާ ދުވަހު އެކުއްޖާ އާއި އެކީ އުޅުމުން ވެސް ޒާރާގެ ހިތް އެކުއްޖާ އަށް ލެނބޭ ގޮތެއް ނުވިއެވެ.

*****************

“ކައިޔަން”ޒާރާ މަޑު މަޑުން ކައިޔަން އަށް ގޮވާލީ ކައިޔަން ގެ ސަމާލުކަން ހޯދުމަށްޓަކައި އެވެ.ޒާރާ ގޮވާލުމާއި އެކު ކައިޔަން ޒާރާ އާއި ދިމާލަށް ބަލައިލަމުން ހިނިތުންވުމެއް ހަދިޔާ ކޮށްލި އެވެ.”ކައިޔަން ކީތްކުރަން މިތާ ތިހުރީ؟”ޒާރާ ކޮށްލި ސުވާލުގެ ސަބަބުން ކައިޔަން ގެ ހިތް ދިޔައީ ނުލަފާ ގޮތަކަށް ހެމުން ނެވެ.ހަގީގަތުގައި ޒާރާ އެ ނިކުތީ ކައިޔަން އެތާނގައި ހުންނާނެ ކަމަކަށް ނޫން ކަން ކައިޔަން އަށް އިނގޭ ވިއްޔާ އެވެ.ޒާރާ ބޭނުންވީ މިއަދު ކިޔާން އާއި އެކީ ވަގުތު ހޭދަކުރަން ކަން ވެސް ހުދު ކައިޔަން އަށް އިނގެއެވެ.ނަމަވެސް އޭނާ އެހެން ވިޔަކަ ނުދޭނެ އެވެ.ޒާރާ އާއި ކިޔާން އާއި ގުޅެން ޝަހްނާ ބޭނުން ނުވާ އިރު ޒާރާ އާއި އެކީ އުޅެގެން ނޫނީ ކައިޔަން އަށް ލައިނީ އާއި ގުޅުން ބަދަހި ކުރެވޭނެ ދޮރެއް ނެތެވެ.އަނެއްހެން ބުނަންޏާ ކައިޔަން ޒާރާ ބޭނުން ކުރަނީ އެވެ.

 

ކައިޔަން އާއި ޒާރާ ދިމާވި ޒާރާ އެންމެ ފުރަތަމަ މާލެ އަށް އައި ފަހަރު ޒީކާންގެ ކޮމްޕެނީގެ ތެރެއިންނެވެ.އެދުވަހުގެ ފަހުން ކައިޔަން އެކި އެކި ގޮތްގޮތުން ޒާރާ އާއި ވާހަކަ ދައްކަން ވަނީ މަސައްކަތް ކޮށްފައިއެވެ.ކައިޔަންގެ ހިތުގެ މުރާދު ނޭނގޭތީ ޒާރާ ވެސް ކައިޔަން އާއި ވާހަކަ ދައްކާ ހަދައެވެ.ކައިޔަން ޒާރާ އަށް ލޯބި ހުށައެޅީ ވެސް އެހެން އުޅުމުގެ ތެރޭގައި އެވެ.ކިޔާން ކަންތައް ކުރި ގޮތުން ކިޔާން ދެކެ އައިސްފައިވާ ރުޅިން ކިޔާން އަށް ދޫނުދޭން ޒާރާ ކައިޔަން އަށް އާނ ބަސް ދިނީ ކުރެވުނު ކަމުގެ ސަބަބުން ފަހުން ހިތާމަ ކުރަން ޖެހިދާނެ ކަމެއް ނޭނގޭތީ އެވެ.ފަހުން ކައިޔަން އަށް އާނބަސް ދެވުމުން ޒާރާ އަށް މޮޔަ ހީވިއަސް ކައިޔަން އާއި އެކީ އުޅެން ފެށުމުން ރަނގަޅުވާނެ ކަމަށް ޒާރާގެ ހިތް ބުނުމުން އެއްޗެކޭ ނުބުނެ އެގުޅުން ނުނިންމާލާ ހުރީ އެވެ.ކައިޔަން ޒާރާ އަށް ބޭނުންވާ ވަރަށް އަޅާލާތީ ކައިޔަން އަށް ޒާރާ އިތުބާރު ކުރީ ފަރުދާގެ ފަހަތުގައި ކައިޔަން ރާވަމުން ދިޔަ ރޭވުން ނޭނގި ހުރެއެވެ.

 

“އަސްލު ދެން ކަމަކު ނޫން.ފޯނެއް އައީމަ މިތާ ކައިރީ މަޑު ކޮށްލީ.ލަވް ކޮންތާކަށް ދާން ތި ނުކުތީ”ކައިޔަން އަހާލީ ހަގީގަތް ސިއްރު ކުރަމުންނެވެ.”އައިކާ މިއަދު އަންނަ ވާހަކަ ބުނީމެއްނު.އެހެންވެ އައިކާ ބަލާ”ޒާރާ ތެދުތެދަށް ޖަވާބު ދިނީ އަމިއްލަ ލޯބިވެރިޔާ އަށް އޮޅުވާލަން ބޭނުން ނުވީމަ އެވެ.ބޭވަފާތެރީވުމަކީ އޭނާ އޮޅިގެން ވިޔަސް ކުރާނެ ކަމެއް ނޫނެވެ.”އެހެންތަ؟ކޭން ވީ ގޯ ޓުގެދާރ”ކައިޔަން ޒާރާ ގާތު އެހެން ބުނުމާއި އެކު އެއްވެސް ފަސް ޖެހުމެއް ނެތި ޒާރާ ކައިޔަންގެ ސައިކަލު ފަހަތުގައި އިށީންދެލި އެވެ.

 

އެންމެ ފަހު ކަމަކަށް ބޮޑީ ސްޕްރޭ ފުޅި ނަގާ ގަޔަށް އެކީ ބުރުވާލަމުން ކިޔާން ބޭރަށް ނިކުމެލި އެވެ.ޕީޗް ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސެއްގައި ކިޔާން ފެންނަނީ ވަރަށް ވެސް ފުރިހަމަ ކޮށްށެވެ.މޫނިމަތި މިލާފައި ހުރުމުން އެރީތި މޫނުގެ ދިރުން ވަނީ ގެއްލިފައި އެވެ.ކިޔާން ކޮޓަރިން ނުކުމެ ސައިކަލު ތަޅުދަނޑި ހިފައިގެން ނިކުން ވަގުތު ލައިކާ އާއި ކައިރާ އާއި ދެމީހުން ހެދިކާ ތަކާއި އެއްޗިހި ހިފައިގެން އެއްކޮޅުން އަނެއް ކޮޅަށް ހިނގާ ތަން ފެނެއެވެ.”ކިޔާން.އައިކާ ގޮވައިގެން ޓެރަސް އަށް އަރާ އިނގޭ.އެތާ މިއަދު ސައި އޮތީ”ލައިކާ ބޭރު ދޮރާ އަރާ ހަމަވި ކިޔާން އަށް އަޑު އިވޭނެ ހާ ބާރަށް ބުނެލިއެވެ.ކިޔާން ވެސް ހްމްމްމް ލައްވާލީ ކިރިޔާ އޭނާގެ ކައިރީގައި ހުންނަ މީހަކަށް އަޑު އިވޭނެހާ ވެސް މަޑުންނެވެ.

 

ސައިކަލު ސްޓާޓް ކޮށްލި ކިޔާން ގެ ލޮލުގައި ކައިޔަން އާއި އެކީ ސައިކަލުގައި ދަމުން ދިޔަ ޒާރާ އަޅައިގަތުމާއި އެކު ފުން ނޭވާ އެއް ދޫކޮށްލި އެވެ.ޒާރާ އަށް ކިޔާން ދެ އަހަރު ވަންދެން ނުފެނުނު ނަމަވެސް ކިޔާން އަށް ކޮންމެ ދުވަހަކު ޒާރާ އާއި ކައިޔަން އެކީގައި ދާ ތަން ފެނެއެވެ.ކޮލެޖަށް ޒާރާ ގޮވައިގެން ކައިޔަން ދާ މަންޒަރު ވެސް އޭނާ އަށް ވަނީ ފެނިފައި އެވެ.ހުރިހާ މަންޒަރެއް ބަލަން ހިތަށް ފަސޭހަ ނުވި ނަމަވެސް ކިޔާން ގެ ހިތް ޒާރާ ދުށުމަށް އެދޭ ވަރުން ވެސް އެމަންޒަރުތައް ބަލަން އޭނާ އަށް ވަނީ މަޖުބޫރުވެފަ އެވެ.

 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އައިކާ ނިކުމެގެން އައުމާއި އެކީ އެންމެ ފުރަތަމަވެސް ކުރިމަތި ލާން ޖެހުނީ ކިޔާންގެ އަޑާއި އެވެ.”އޭ ޑާރލިންގް އަރާ އަވަސް ކުރޭ”އައިކާގެ ކުރިމަތީގައި ސައިކަލުގައި މަޑުކޮށްލި ކިޔާން ބުނެލީ އައިކާ އާއި ދިމާލަށް އެއްލޯ މަރާލަމުންނެވެ.”އޭއި ކިޔާނޫ އެއީ ކިޔާންގެ ކަޒިން އަކަސް އެއީ ލައިމެންގެ ބެސްޓް ފްރެންޑޭ “ރަޔާން ގެ ސައިކަލު ފަހަތުގައި އިން ލައިނީ ކިޔާން އާއި ދިމާލަށް ބަލާލަމުން ބުނެލީ ކިޔާން އަށް އަޑުއިވޭ ވަރަށްށެވެ.ރަޔާން ސައިކަލު މަޑުކޮށްލައިގެން އިނީ ކިޔާންގެ ސައިކަލުގެ ކައިރީގައި ކަމުން ކިޔާން ގެ ކަންފަތާއި ހިސާބަށް އަޑު ގެންދާކަށް ލައިނީ ކަރުބުޑުން ހަޅޭއްލަވާކަށް ނުޖެހުނެވެ.

 

“އެންމެން ދޭ އިނގޭ އަހަރުންގޭ ޓެރަސް އަށް.އެތަނުގަ މިއަދު ސައި އޮތީ”ކިޔާން އެންމެން ކައިރީގައި ވަކި ވަކިން ނުބުނެ ސްނެޕްޗެޓްގައި އެ އަށް މީހުން ހަދާފައިވާ ގްރޫޕް ގައި ލިޔެލާފައި ފޮނުވާލިއެވެ.އަބަދު ގޭގައި ނޫޅޭނެތީ ކޮންމެ މީހަކު ވެސް އެމީހެއްގެ ފޯނަށް ޓާޑާ އަޅައެވެ.ސައިކަލު ސްޓާޓް ކޮށްލުމުގެ ކުރިން ކިޔާން ޒާރާ އަށް އަތުގެ އިޝާރާތުން ފޯނު ބަލަން އެދުނީ ޒާރާ ނޫން އެހެން އެންމެން އޭނާ ފޯނުން މެސެޖު ފޮނުވާލުމާއި އެކު ފޯނު ބެލުމުންނެވެ.ޒާރާ ކިޔާން އެހެން ބުނުމުން ފޯނު ބަލާލާފައި ކިޔާން އާއި ދިމާލަށް ބަލާވެސް ނުލިއެވެ.އެކަމުގެ ސަބަބުން ކިޔާންގެ ހިތަށް ލިބުނީ އިތުރަށް ތުރާލެވެ.

 

ކިޔާންގެ ސައިކަލުގައި އިން އައިކާގެ ނަޒަރު ހުއްޓެމުން ދިޔައީ ތަންކޮޅެއް ދުރުގައި ހުދު ކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސް އެއް ގައި އިން އަލީކް އެވެ.ފޯނާ ހިފައިގެން ކުޅެން އިން އިރު އެއް ފަހަރު ވެސް އައިކާ އާއި ދިމާލަށް ބަލާވެސް ނުލަ އެވެ.އައިކާ އާއި ދިމާލަށް ބެލުން އަލީކް އަށް ހަރާމް އީ ތޯ އެއްޗެކެވެ.އަލީކް އެއްފަހަރު ނަމަވެސް އޭނަ އާއި ދިމާލަށް ބަލާލާ ތޯ އައިކާ ހުއްޓާ ކިޔާން ސައިކަލު ދުއްވާލައިފިއެވެ.

 

ކިޔާން ސައިކަލު ދުއްވާލުމާއި އެކީ ހެން އަލީކް ގެ ނަޒަރު އައިކާ އަށް ދަތުރު ކޮށްލި އެވެ.ހިތުގައި އައިކާ އަަށްޓަކައި ކިތަންމެ ވަރަކަށް ލޯބި އޮތަސް އެކަން ފާޅުކުރަން އޭނާ ޖެހިލުންވެއެވެ.އައިކާ ގެ ޖަވާބާއި އެކީ އޭނާ އައިކާ ދުރުކޮށްލީ ވެސް އައިކާ ނުރުހޭ ކަހަލަ ކަމެއް ކުރެވިދާނެ ތީ އެވެ.

 

އައިކާ އެކޮޅުން އައި އިރު އައީ އޭނާގެ އެއްޗިހިތައް ބަހައްޓާފައި އެވެ.ކުޑަ ވަރެއްގެ އަތްދަބަހަށް ފޯނާއި ގެންގުޅުނު މޭކަޕް ސެޓް ލައިގެން އައީ އޭނާގެ ހެދުންތައް ބޭނުން ނުވާތީ އެވެ.

 

ލަވެންޑާ ގޭގެ ތެރެ ޓެރަސް މައްޗަށް އަރައިގެން އައި އައިކާ އާއި ކިޔާން އެކަކު އަނެކަކާއި ދިމާލަށް ބަލައިލީ އައިރާމެން ދައްކަމުން ދިޔަ ވާހަކައިގެ ސަބަބުން ނެވެ.”ކޮން ކަމަކާތަ މިއަދު ހަމަ މި ގޭގަ ތި ސައި ބާއްވަނީ.އަދި އެންމެ މޭޒެއް ވެސް ނޫނޭ ކުޑަ ކުޑަ ތިން މޭޒު”އައިރާ ޖޯކު ޖަހާލީ މޭޒު ހުރި ވަރުންނެވެ.ކޮންމެ މޭޒެއް ކައިރީ އަށް ގޮނޑި ބަހައްޓާފައި ހުރި އިރު މެދުގައި އިން މޭޒުގައި ސޯޅަ ގޮނޑި ބައިދާފައި އިން އިރު ދުރުގައި ވަކިން ހުރި މޭޒެއްގައި ހެދިކާ އާއި ކަރުދާސް ތަށިތަކާއި އެއްޗިހި ބަހައްޓާފައި ހުއްޓެވެ.

 

“ހޭ އެހަށް އެތެރެ އަށް ދާންވީނު އެންމެން ހަމަ ވީމަ އައިކާ ދާނީ”ކިޔާން އެހެން ބުނެލުމާއި އެކު އައިކާ ވެސް އެކަމަށް އެއްބަސް ވަމުން ކިޔާން މެން ގެ ބަޔަށް ދިޔަ އެވެ.ޓެރަސް މައްޗަށް ކިޔާން އެރުމާއި އެކު ލައިކާ ބަލާލީ އައިކާ ކޮބާހޭ އަހާފަދަ ގޮތަކަށް ށެވެ.ކިޔާން ލައިކާ އާއި އަޔާން އަށް މެސެޖަކުން ވީ ގޮތް ކިޔާލަ ދިނެވެ.

 

ކިޔާން އެންމެ ބިއްދޮށުގައި އިން މޭޒުގައި އިށީންދުން އިރު އަދި ލައިކާ އާއި އަޔާން ގެ އިތުރުން އައިރާ އާއި ރިޔާން ނޫނީ އެމީހުން ގްރޫޕް މީހަކު ނެތެވެ.ބޮޑެތި މީހުންގެ މޭޒު ފުރާލާފައި ވާ އިރު ހުސް ކޮށް އިނީ އެންމެ ގޮނޑި އެކެވެ.އެއީ ވެސް ލައިނީ ބައްޕަ ގެ ގޮނޑި އެވެ.އެގޮނޑި އަށް އެ ގޮނޑީގެ ވެރިޔާ އެއް އެންމެން ބޭނުން ވިޔަސް ނާންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.ލައިނީ ވަރަށް ކުޑަ އިރު ލައިނީގެ ބައްޕަ ލައިޝާ ވަރި ކޮށްފައި ދިޔަ ފަހުން އެއްވެސް މީހަކަށް ލައިނީގެ ބައްޕަ އާއި ދިމާވެފައި އެއް ނެތެވެ.އެންމެ ކުޑަ މިނުން ލައިނީ އާއި ލައިކާ އަށް އޭނާގެ ބައްޕަ ގެ ނަން ވެސް ނޭނގެއެވެ.ލައިކާ އާއި ލައިނީ ކުޑަ އިރު ލައިޝާ ގާތު އެހުމުން ޖަވާބެއް ނުދޭތީ އެސުވާލު ކުރުން ވެސް ހުއްޓާލީއެވެ.ފަހުން ވެސް ލައިކާ އޭނާގެ ބައްޕަގެ ނަން އައިޑީ ކާޑުން ބަލަން ހަނދާން ނެތުނީ އޭނާގެ ބައްޕަގެ ވާހަކަ އެއްވެސް މީހަކު އޭނާގެ ގާތު ނުދައްކާތީ އެވެ.

 

ނުކްޝާން އާއި ޒީކާން ޓެރަސް މައްޗަށް އަރަމުން ވެސް ވާހަކަ ގަނޑު ހުއްޓާލާކާށް ނޫޅެއެވެ.ޒީކާން ހަމަ އެކަނި ބޯ ޖަހާލުމަކުން ނުވަތަ އާނ ހޫނ އަކުން ފުއްދާލި އަސް ނުކްޝާން އެހެން ވާނެ ހެއްޔެވެ؟”އޭއި އަދި މަ ހަނދާން ނެތުނީ އޭ ޒީކޫ.އެެއްކަލަ މަގޭ ޕީއޭ އަށް ހުއްޓެއްނު ކޮންމެވެސް ޔުއާން އެއް އޭނަ ވަޒީފާ އިން ވަކި ވެއްޖެ އޭ.އެހެން ވީމަ އަދި ޖެހޭނެ ވަޒީފާ އަށް މީހަކު ވައްދަން.ދެން ހޮސްޕިޓަލަށް ވެސް އަދި މީހުން ހަމަ އެއް ނުވޭ”ނުކްޝާން އަނގަ ހުއްޓާ ނުލާ ދައްކަމުން ދިޔަ ވާހަކަ އަށް ރިޔާންމެންގެ ސަމާލުކަން ވެސް ހުއްޓުނެވެ.”މަޑެއް އޭ ކުރިން އިނެއްނު ރިސެޕްޝަން ގަ މަންޖެ އެއް.އެ މަންޖެ ވެސް ކެނޑިއްޖެ އެއްނު.ކޯޗެކޭތަ އޭނަ އަށް ކިޔާނީ”އަޔާންގެ ވާހަކަ އަށް ލައިކާ އަޔާން އާއި ދިމާލަށް ބަލައިލީ އަޔާން މަންޖެ އޭ ބުނެލި ގޮތުންނެވެ.”އީވާ ދޯ.ހްމްމް އޭނަ ވެސް ޔުއާން އާ އިންނަން ވެގެންނޭ ކެނޑުނީ.އެހެންނު ވާނީ ޔުއާން ގެ މަންމަ ވީ އެމެރިކާ ގަ ޔޯ.ޔުއާން އޭނަގެ މަންމާ ކައިރި އަށް ދާން ވަޒީފާ އިން ކެނޑުނީ”މިޝްޔާ އާއި އަލީކާ އައުމުން ނުކްޝާން އޭނަގެ ވާހަކަ ވަގުތުން ހުއްޓާލިއެވެ.

 

އެންމެން ހަމަ ވުމުން ކިޔާން އައިކާ އަށް މެސެޖު ކޮށްލިއެވެ.ކިޔާން އޭނާގެ ކުރިމަތީގައި އިން ޒާރާ އަށް ބަލާލީ އާދޭހުގެ ނަޒަރަކުންނެވެ.ޒާރާ ވެސް ބަލަހައްޓައިގެން އިނީ ކިޔާން އާއި ދިމާލަށް ކަމުން ދެމީހުންގެ ހަތަރު ކަޅި ބައްދަލު ވެލިއެވެ.ކިޔާންގެ ދެލޮލުގައިވި އާދޭހުގެ އަސަރުތައް ފެނުމުން އެންމެ ފުރަތަމަ ފަހަރަށް ޒާރާ އަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ.އެއީ އަނެއްކާ ޝަހްނާ ކުޅުނު ޑްރާމާ އެއް ބާއެވެ.ކިޔާން އާއި ދިމާލަށް ބަލަހައްޓައިގެން އިން ޒާރާ ވަގުތުން ދުރު ބަލާލީ ތިއީ ތިމަންނަ އަށް ދުރު ހިލޭ މީހެކޭ ކިޔާން ގާތު ބުނެލާ ފަދަ ގޮތަކަށްށެވެ.

 

ޒާރާ ދުރު ބަލާލި ގޮތް ފެނުމާއި އެކު ކިޔާންގެ ހިތުގައި ރިއްސާލީ އަދިވެސް ޒާރާގެ ހިތުގައި އޭނާ އަށް ނަފްރަތު ނޫން އެހެން އެއްޗެއް ނެތުމުން ނެވެ.ޒާރާ އާއި ދުރުގައި އުޅެން އެހިތް ނޭދުނަސް މިހާރު ޒާރާ އަކީ ކައިޔަންގެ ހައްގެކެވެ.ޒާރާ ކައިޔަން އާއި ރުޅިވި ދުވަހަކުން މެނުވީ އޭނާ އަށް ޒާރާ އާއި ދިމާލަށް ބަލާލުމުގެ ފުރުޞަތު ވެސް ނެތީ އެވެ.ހިތަށާ ކިތަންމެ އަސަރެއް ކުރިއަސް ކިޔާން އަށް ޒާރާ އާއި ދުރުގައި ހުރުން މި ވަނީ މަޖުބޫރުވެފައި ކަން ހިތަށް ވިސްނައިދެމުން ކިޔާން ފޯނާއި ދިމާއަށް ނަޒަރު ހުއްޓާލި ވަގުތުވީ މީހަކު ސަޕްރައިޒް އޭ ކިޔާ ބާރަށް ހަޅޭއްލަވައިގަން ވަގުތަށް ށެވެ.ކިޔާން ސިއްސައިގެން ދިޔަ ނަމަވެސް އެއްޗެކޭ ނުބުނެ މަޑުން ހުރީ ކައިރާ އާއި އިޔާންގެ އިތުރުން އައިނާ އާއި އައިކް ފިޔަވާ ނާއިޝްމެން ވެސް ތިބުމުންނެވެ.

 

އައިކާ އަށް މާހައުލަށް ނަޒަރު ހިންގާލެވުނީ ސަޕްރައިޒް އޭ ކިޔާ ހަޅޭއްލަވައިގަން ފަހުންނެވެ.އެންމެން އޭނާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތުން ލަދުގަތީ އެޔެއް މިއެއް ބަލާފައި އެއް ނޫނެވެ.އޭނާ ހީކުރީ ތިބޭނީ އޭނާގެ ގްރޫޕް މީހުންނާއި ކައިރާ އާއި އިޔާންގެ އިތުރުން އައިނާ އާއި އައިކް ކަމަށްށެވެ.ނަމަވެސް ނެތް މީހެއް ނެތެވެ.ނާއިޝް އާއި ޒީވާ އެވެ.ޒަޔާން އާއި ޒިވާ އެވެ.ޝައިލް އާއި ރިޔާނާއެވެ.އަލީނާ އާއި މިއުވާން އެވެ.މިޔާ އާއި ދާނިޝް އެވެ.ލައިޝާ އަކީ ދަންނަ މޫނެއް ކަމުން އައިކާ އަށް ލައިޝާ ހުރެގެން ގޮތެއް ނުވީހެވެ.ނަމަވެސް ދެން ތިބި މީހުން އައިކާ އާއި ދިމާލަށް ބަލާލުމުން މާ ބޮޑަށް ލަދުގަތީ އެވެ.

 

“އައިކާ އަންނާތީ ދޯ މިހާ ބޮޑު ކެއުމެއް ބޮއްތަ މި ބޭއްވީ.އަދި ކިރިޔާ އޭ މި ވާނުވާ އިނގުނީ”އައިރާ ބުނެލީ އޭނާގެ ގާތުގައި އިން ރިޔާން ގާތު މަޑުމަޑުންނެވެ.”އޭއި ދެމީހުން ކޮންމެހެން މިގަޑީގަ ލޯބިވާ ވާހަކަ ނުދެއްކިޔަސް ހެޔޮ ވާނެ ދެން”ނުކްޝާން ބުނެލީ ލޮލުގައި އަތް އަޅާލަމުންނެވެ.އެހެން ނުވާންވީ ސަބަބަކާއި ނުލަ އެއް ނޫނެވެ.އައިރާ އާއި ރިޔާން އިނީ ނުކްޝާން ގެ ކުރިމަތީގައި އެވެ.”އާހ ނުކްޝާން ލޯބިވާ ވާހަކަ ނޫނީ އެހެން ވާހަކައެއް އަހަރުންނަށް ނުދެއްކެނީ ތަ؟”އައިރާ އަށް ބުނަން ވާ އެއްޗެއް ބުނެވުނީ ބާރަށް ކަން ވެސް އިނގުނީ އެންމެ ބިއްދޮށުގައި ހުރި މޭޒުގައި އިން އައިކާ އޭނަ އާއި ދިމާލަށް ބަލައިލުމުން ނެވެ.

 

އައިކާ އައުމާއި އެކު އެންމެން ތައްޓަށް އެއްޗިހި އަޅައިގެން އައިސް ތިބި ތާނގައި އިށީންދެލިއެވެ.ކިޔާން އާއި ޒާރާ ތައްޓަށް އެއްޗިހި އަޅަން ތިބި ގަޑި ބަލާފައި ނަވްޔާ މެން އައިސް ކިޔާން އާއި ޒާރާ ޖެހި ޖެހިގެން އިން ގޮނޑިގައި އިށީންނަން ޖެހޭނެ ގޮތަކަށް އިށީންދެލިއެވެ.”އޭ ލައި ނާޔާމެން ހާދަ ނުބައި އޭ”ނަވްޔާ ބުނެލީ އެނާގެ ކުރިމަތީގައި އިން ލައިނީ ގާތު އެވެ.

 

ނުނިމޭ

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ކުށަކީ ކޮބާ – 30

Next

ރާނިޔާ 8

Next
June 9, 2024

ރާނިޔާ 8

Previews
June 9, 2024

ކުށަކީ ކޮބާ – 30

17 Comments!

  1. Me says:
    June 9, 2024 at 2:09 pm

    Soo interesting. I would have never thought zara would be dating kaiyan. You are so good.
    Looking forward for mishya and zeekan’s part as always 😀

    1. RIFSHA says:
      June 9, 2024 at 8:04 pm

      Thanks me.like everyone dho.gina kudhin hama enme heenukuraa kanthah dho mi v.i want to make this story perfect.enme kudhin hee nukuraa kanthah ingey dhen vaani.

  2. Nishva says:
    June 9, 2024 at 2:17 pm

    Hi Rifoo
    Varah dhuvas kohlaafa dhw mi dhimaavi.(Varah dhuvas kohlaafa thr?kurin episode akah comment eh nukuran.ehenve ingey mi buny dhuvas kohlaafa ey)
    Anyway story hama awesome.alhe dhen vaane gothei ge inthizaaru ga mi iny.kaiyan haadha nubai ey dhw shahna mn Gothah.alhey i can’t wait to team next part.cuz mi part reethi kamun.ur the best author in the world.i can’t even imagine Rifoo mi kahala bodu vaahaka eh liyaa iru visnan jeheyne varei.haadha visnan jeheyne ey dhw.kiyavamun hama ehaa varah visney thr.nish ah hama laahikeh noon.
    And naayaa kochei hedhee e naayaa nubai vaan.and nuk ge bai salhi ingey.
    Next part ga zeek ge bayeh kiyaalan libeyne thr.
    Kon irakun next part kiyaalan libeyni??mi part avahah kiyaalan libunyma most thanks to admin and Rifoo ehen noonas submit kohleema admin lahun upload kuraa thy ehnu nulibeni so most thank to admin.
    And Rifoo u too.mikahala rerthi vaahaka eh kiyaalan genesdhey thi
    Curiously waiting for the next part
    And love you darling 😚😘

  3. Laura says:
    June 9, 2024 at 3:45 pm

    Hey Rifoo
    Yes me buni hen mi part varah interesting.kuri ah vure vx bodah.adhi vakin zaa and kaiyan gulhunyma.varah unbelievable kanthah thah dho mi hungani 😱.but still waiting for zeek and mish ge bayakah.
    Kurin vx bodu comment eh liyefa.aneikaa e comment dhiya ee.kihaa dhera.dhahkan beunun vaa hurihaa vaahaka eh e comment ga liyefa ekam vx e dhiya ee.dhen mi comment aku nubuneveyne ehnu.tiution gadi jeheni e .
    Kon irakun next part kiyaalan libeyni.mihaaru e part kiyaalan libeyne ireh ge inthizaaru ga mihury.
    Love you Rifoo 💋

    1. RIFSHA says:
      June 9, 2024 at 8:16 pm

      Hey Laura thanks Laura 🙂.
      Yes unbelievable dho.dhen unbelievable kanthah thah ingey vaani.enme hee nukuraa gothah dhen vaani vx.varah mi story liyaane goi visnaifin.
      Hehe dhen kihinei hadhani Rifoo ah vx thihen veyey olhigen kurin faharu vx me ah kuran in comment post kohlevuny.adhi eh faharu comment dhiya vx mey.hehe
      It’s ok 😊.
      Next part in sha Allah maadhan submit kohlaanan.mi part vx ingey tha submit kury miadhu interval ah aissa.rifoo mn rashuga ge ah dho fonuvaalani.ehenve dhen interval ah aissa nuves kai jehuny submit kuran.iyye rey nidhan ovva handhaan v eyru othy nidhi Nidhi dhen kihinei hadhani.ehnve dhen interval ah aissa jehuny submit kuran.adhi enme furathama jehuny trash kohlan aneikaa hadhaafa dhen ingey tha ehenve kiriyaa gadi nujehi dhevuny.naseebei ge kairi Kan vx.naseebei mifaharu prefect akah nuvevun kan vx.mifaharu fahu aharu v ma aslu July gadi jehen eh min ah vefa ovva claahah dhevuny.eves dhuvefa.naseebei kudhin hama nuvaa kan vx neynge miadhu hama naseebu gadhaee Gina kudhinneh eyru nu vx aadhe ehen nooni bell alhaa irah kudhin thah hama vaane claahuge.ehenve neynge yageen kan dheykah maadhan rey submit kurevey ne kamuge.ekam vx kiyun therin kiyaalan libeyne ingey.abadhu vx submit kuran gadi ah rifoo submit kuraa fahun admin konme dhuvahaku vs e dhuvaheh ge vaahaka thah submit kohlani.
      Mi hama ekani kon irakun next part kiyaalan libeyni ge javaabu hehe
      Love you more Laura ❤️

  4. Cutie girl says:
    June 9, 2024 at 4:13 pm

    Mi part ves v reethi masha Allah
    Can’t wait for next part
    Zaa and kiyaan gulhuvachey next part ga
    Keep it up.

    1. RIFSHA says:
      June 9, 2024 at 8:17 pm

      Thanks cute girl ☺️
      Next part in sha Allah Tuesday ga
      Let’s see dho

  5. Zelie says:
    June 9, 2024 at 5:26 pm

    O.M.G. zara is dating kaiyan. Sooo interesting. Part nimun iru ves neyngunu. This is soo good. Cant wait for the next part. Enmn ves mi ulheni hama mish and zeek ge part kiyaa hithun dho same as me 😂😂. When side characters steals the show 😁. Everytime i am so shocked with how talented you are. Masha allah. Also is Aleek dating faiha now. Nearly got a heartattack after seeing the picture.
    Waiting for the next part patiently to read about mish and zeek.
    Love you fav writer ❤️

    1. RIFSHA says:
      June 9, 2024 at 8:24 pm

      Hehe thank you zelie
      It means a lot darll
      Yes hama hurihaa kudhin vx.next part ga in sha Allah zeek and mish ge bayeh kiyaalan libeyne.a hint from me next part ge eii vx zelie bunyma 😉
      Aslu mee mi part ge photo eh nooney aslu ulhuny 39 ah mi photo laan.cus Aleek and faiha ge bayeh vx e photo ga inyma.mi photo hadhi kan handhaan nethuny ehen ve furathama in photo ah fihthaafa submit kohlaafa dhuvefa avahah dhiya ee school bell elhyma.naseebai school aa geyaa kairi kan vx,ehen nooni gadi jeheyne.
      Next part ga zeek and mish ge bayeh kiyaalan libeyne…hehe
      Jazakallah dear zelie ❤️
      Love you more zelie ❤️💋😘

    2. RIFSHA says:
      June 9, 2024 at 8:26 pm

      In a reply to Nishva
      Hey nishy
      I don’t know adhi ehaa dhuvaheh nuvey dho
      Thanks nish
      It means a lot
      Sorry hurihaa vaahaka akah reply nudheveythi pending ga inyma varah undhagoo
      Next in sha Allah Tuesday ga
      Love you more nish

    3. RIFSHA says:
      June 9, 2024 at 8:27 pm

      In a reply to shimmer
      Thanks shimmer varah bodah
      Next in sha Allah Tuesday ga
      Love you more 😘

  6. Shimmer says:
    June 9, 2024 at 5:52 pm

    Loved this part ……
    Curiously waiting for the next part
    Love you ❤️

  7. Maash Butterflyyyyy says:
    June 9, 2024 at 11:29 pm

    vrh vrh reethi mi part vx maasha allah.. sorry ingey mihaaru comment nukureveythy.. maash vx schl hulhuvunyma kudhinnah tiution dheythy and job ga ulheythy ehaa vagutheh nuvey story thakah comment kuraakah.. but abadhu vx story thah kiyan… vrh reethi mi story vx and good luck on your studies darling.. lyssm.. waiting curiously for the next part♥♥

    1. RIFSHA says:
      June 10, 2024 at 3:09 pm

      Thanks maash
      Adhi sorry feel vaakah nuvey ingey.rifoo vx busy v ma mi dhuvas kolhu hama comment ah reply nudhevey faharu vx aadhey and maash ge vaahaka ah comment vx nukohlevey.good luck to you too.varah salaam ingey maash.and maash ge friends thakah vx Rifoo ge faraathun salaam bunedhehche.even i don’t know them
      Love you more maash ❤️

  8. Rauha says:
    June 10, 2024 at 1:03 pm

    Hey Rifoo
    Mi part varah vx reethi Masha Allah
    Kon irakun next part kiyaalan libeyni
    Alhey like everyone else i am so curious abt to know What is going to happen next.and Mish and zeek vX
    Curiously waiting for the next part
    Love you Rifoo 💋❤️

    1. RIFSHA says:
      June 10, 2024 at 3:11 pm

      Hey nish
      Thank you so much nish
      in sha Allah maadhan kiyaalan libeyne.miadhu submit kohlaanan.hehe let’s see dho dhen vaane gothei
      Love you more rau ❤️

    2. RIFSHA says:
      June 10, 2024 at 3:12 pm

      Alhey I’m so sorry for that hey nish dho jehifa iny.its my mistake ingey.cus nish ah dho aanmu koh hi jahani ehenve eyni ehenvefa

Comments are closed.



All Right Reserved!