Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

މަގޭ މާއިލް ފަހުބައި

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 24, 2024 4 Mins Read
1 Comment

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މުޅި ދުނިޔެ އަރާމު ނިންޖަކުން ނިދާލާފައިވީ އިރު އެ ހިތްގައިމު ވަގުތުގައި ހުރިހާއެންމެން އަރާމު ކުރަމުން ދިޔަނަމަވެސް، ޔާއިދުއާއި ވިޝްކާގެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސްނެތެވެ. ކައިވެނީގެ ފުރަތަމަރޭގެ އުފާވެރިކަން ދެމީހުންވެސް އެންމެ އުފާވެރި ގޮތުގައި ހޯދަމުން ދިޔައީ، އައު ދިރިއުޅުމަކަށް މަރުހަބާ ކިޔަމުންނެވެ. މަޒީގައި ވެނިމިދިޔަ ހުރިހާކަމެއް ފަސްއަޅާ، ދެމަފިރިން އެކު އެކީ ހިނގުމަށް ވައުދުވަމުންނެވެ.
**2 އަހަރު ފަސް**
****
[ދަރިފުޅާ؟ ވިޝާމް؟؟ އަޅެ ކޮންތާކަށްތަ މިދެމީހުން މިވަނީ؟] އީން މުޅި ގޭތެރެ ހޯދަމުން އުނަގަނޑުގައި އަތް އަޅާލަމުން އަމިއްލަ ނަފްސަށް އަޑު ލައްވާލިއެވެ. އެވަގުތު ކުއްލިއަކަށް ކަމެއް ހަނދާން ވާފަދައިން އަވަސް ހިނގުމެއްގައި ވިޝްޔާގެ ޕްލޭ ރޫމްގައި އިން ކުޅޭ ބޮޑު ޕްލޭހައުސް ތެރެ ބަލައިލިއެވެ.
[ޕޮއް!!] އެވަގުތު 2 އަހަރުގެ ވިޝްޔާގެ މައުސޫމް ހުނުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ގުގުމާލިއެވެ. ކުރުގެޅިގެން ޕްލޭހައު ތެރޭގައި އިން ވިޝާމްވެސް އިނީ ބަނޑަށް ހީހީއެވެ.
[ޕިސް ޕިސް ދެންއަޅެ ސާބަސް ދެމީހުނަށް. ޔަގީން މިވާނީ މި ވިޝާމްގެ ކަމަކަށްކަން. މިވިޝާމްއަދީ ވިޝްކޮއަށްވުރެ ކުޑަ ވާނެ] ކުޑަ ކުޑަ ވިޝްކާ އުރާލަމުން އީން ވިޝާމްއާއި ދިމާލަށް ކަޅިއަޅާލަމުން ބުނެލިއެވެ.
[ކިހިނެއްތަވީ އިއްނު ބުނީ ރެޑީވާށޭ ރެޑީވެގެންނުން މިތިބީ؟ އިއްނު ތިޔަ ފޮތިގަނޑު ބޮލުގަ އަޅަންވެސް 24 ގަޑިއިރު ނަގާ ވިއްޔާ!] ވިޝާމްވެސް ޕްލޭ ހައުސް ތެރެއިން ނުކުމެ އީން ބުނެލި ރާގަށް ބުނެލިއެވެ.
[އަޅެ ހެވޭ ދެން. ހިނގާއަވަހަށް ދާން. ލާރާވެސް މަށަށް މިހާރު ގުޅާފި އެމީހުން އެބަތިބި މަގުމަތީގަ އަވަސް ކުރޭ ހިނގާދާން] އިން ވިޝާމް އަތުގައި ވިކައިގަންނަމުން ބުނެލިއެވެ. [ހަހަ އޯކޭ އޯކޭ ލެޓްސް ގޯ] ހެމުން ހެމުން ވިޝާމް ބުނެލިއެވެ.
އީންއާއި ވިޝާމްގެ ކުޑަ ކުޑަ އާއިލާ ބޭރަށް ނުކުން އިރު މަގުމަތީގައި އީންމެންގެ އިންތިޒާރުގައި ލާރާއާއި މާއިލްގެ އިތުރުން، އެދެމީހުންގެ ދެކުދިން، މިލާންއާއި މައިލާވެސް ހުއްޓެވެ.
[ޕިސް ޕިސް އަދި ކިރިޔާތަ ތި ނިކުމެވުނީ؟ އަހަރެމެން ޓްވިންސް ގެންގުޅޭ މީހުނަށްވުރެ މިދެމީހުން ކަންތަށްފަލަ ޕިސްޕިސް] ލާރާއާއި އަރާ ހަމަވުމުން ލާރާ ޝަކުވާ ކޮއްލިއެވެ.
[ޕިސް ދެން ފެނުނީމަ ފުރަތަމަވެސް ޝަކުވާތަ ކުރަނީ؟ ހެއީ މިއްލޫ އެންޑް މައީ. ކިހިނެތްތަ ދެކުދިން؟] ލާރާއަށް ރައްދު ދީފައި ދެން އީން ބަލައިލީ މާއިލްގެ ފައިބުޑުގައި ހުރި މައިލާއަށާ މިލާންއަށެވެ.
[ރަގަވު] ދެކުދިން އެއްއަޑަކުން އެކުދިންގެ ކޮށިބަހުން ބުނެލިއެވެ.
އެއްއަހަރުގެ މިލާންއާއި މައިލާއެއީ މާއިލްއާއި ލާރާގެ އެއްމާބަނޑު ދެކުދިންނެވެ. ކުޑަ ކުޑަ މައިލާ ހުރީ ލާރާއެކޭ އެއްފަދައިން ކުޑަ ކުޑަ ދެލޮލާއި މަޑު މުށި ކުލައިގެ ކަޅިރަވައެކެވެ. ރަތްކަންގަދަ ކުޑަ ކުޑަ ތުންފަތެއް ލިބިފައިވީއިރު، ދޮންކަމުން މައިލާގެ ބޮޑު ދެކޮލަށްވަނީ ޖަންބު ކުލައަރާފައެވެ.
ގާތުގައި ހުރި މިލާންއެއީ މާއިލްގެ ކޮޕީއެކޭ ބުންޏަސް ހެދީ ދޮގެއް ކަމަކަށް ނުވާނެއެވެ. މާއިލްގެ ބޮޑު ދެލޮލާއި ގަދަ މުށި ކުލައިގެ ކަޅި ރަވަޔާއިއެކު، މާއިލްގެ ކަޅުކަންގަދަ ފަން އިސްތަށިގަނޑުވަނީ މިލާންއަށް ލިބިފައެވެ. ކުޑަ ކުޑަ އެއާއިލާ ދިރިއުޅެމުންދަނީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ.
[ކޮބާ އަވަހަށް ނައްޓާލަންވީނުން؟] މަޑު މަޑުން ހުރެފައި މާއިލް ބުނެލިއެވެ. އެންމެން ގޮސް މާއިލްގެ ކާރަށްއަރާ އެމީހުންގެ މަންޒިލަށް ދިޔުމަށް ނައްޓާލިއެވެ. އަމާން މަޖާ ދަތުރަކަށްފަހު ކާރު ހުއްޓާލީ، ރަށު ހޮސްޕިޓަލަށެވެ. ކާރަށް އެރީން ސުރެ ވިޝްޔާ، މައިލާ، އަދި މިލާންގެ އަނގަ ނުހުއްޓެއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ މި ތިންކުދިންގެ ކުޑަ [ގޭންގް] އަށް މިއަދު އިތުރު މެހެމާނަކު ބައިވެރި ވަނީއެވެ.
[ޕިސް ޕިސް ސާބަސް އިނގޭތިމީހުންނަށް. މިއަންނަނީއޭ ބުނިތާ މިހާރު 45 މިނިޓް ވެއްޖެ] އެންމެން ގޮސް އެތެރެއަށް ވަނުމާއި އެކު ޔާއިދު ޝަކުވާ ކޮއްލިއެވެ.
[ޕިސް ޕިސް ސާބަސް އަޅެ ހަމައާއި އިރަށް ޝަކުވާ ގޯނި އޮއްސާލާފިއޭ ދޯ އިއްނޫ؟] ލާރާއަވަސްއަވަހަށް އެހެން ބުނެ އީންއަތުގައި ހިފާ ހިނގައިގަތީ އެޑްމިޓް ކޮއްފައި އޮތް ވިޝްކާ އުނގުމަތީގައި އޮތް ތުއްތު ދަރިފުޅު ކައިރިއަށެވެ.
[ހަހަ ބަލަ ހަމަ ފިރިހެން ކުއްޖެކޭ ލިބޭނީ ކިޔާފަ ހުރިހާއެއްޗެއް ނޫކުލައިން ގަތީ. އެންމެ ފަހުން މިވީ އަންހެން ކުއްޖަކަށް ހަހަ] ވިޝްކާ ގާތައް އައި ލާރާއަށާއި އީންއަށް، ޔާއިދުއަށް ވައްކަޅިން ބަލާލަމުން ބުނެލިއެވެ.
[ހޫމް ހޫމް ހެވޭ. ދެން މަށަށް ހަމަ މަލާމަތް ކުރޭ. މާއިލް ބަލާލަ އަޅެ މިހުރީ ކަންކަން ހުންނަ ގޮތް. މަ އަދި ބޯއި އެއް އެހާ ބޭނުންވީ މިއްލުއަށްވެސް ބޯއި ކުއްޖެއް ހުރީމަ ބެސްޓް ވާނެތީވެ. ދޯ މިއްލޫ؟] މާއިލް އުނގުގައި އިން މިލާން އުރާލަމުން މިލާންއަށް ދޯދެމުން ޔާއިދު ބުނެލިއެވެ. އެވަގުތު ހުރިހާއެންމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
*****
ރޭގަނޑުގެ ވަގުތެވެ. އީން އޮތީ ކުޑަ ކުޑަ ވިޝްޔާ ނިންދަވަންށެވެ. އީންގެ ރީތި އަޑުން ނާނާ ކިޔަމުން ދިޔައިރު ވިޝްޔާގެ ދެލޯދިޔައީ މަޑު މަޑުން މެރެމުންނެވެ. އެވަގުތު އިޝާ ނަމާދުން ފައިބައިގެން މާއިލްއާއި ޔާއިދު އާއި އެކު ކޮފީއަށް ދިޔަ، ވިޝާމްވެސް އައެވެ.
[ނިދުނީތަ؟] ލައިގެން ހުރި އެއްޗެހި ބަދަލުކޮށް އެނދުމަށްޗަށް އަރަމުން އީންގާތުގައި ވިޝާމްއެއްސެވެ.
[އުހޫން އަދި ނުނިދެ. ނިދެނީ] އީން ވިޝާމްއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ.
ބޯޖަހާލަމުން ވިޝާމް އީންގެ ދޮން މޫނަށް ބަލައިލިއެވެ. [އަލްހަމްދުލިއްލާހްއެވެ.] ހިތާ ހިތުން ވިޝާމްއަށް ބުނެވުނެވެ. ވިޝާމްގެ ދިރިއުޅުމުގެ ހުންގާނު މިހަވާލު ކުރެވުނީ ހަމަޔަގީނުންވެސް ޖަވާހިރެކެވެ. ކޮންމެ ދުވަހަކުވެސް އެތަށް ފަހަރަކު ވިޝާމްއަށް އެކަހަލަ އަންބެއް ދެއްވީތީއާއި، ވިޝާމްގެ ކުޑަ ކުޑަ ވިޝްޔާއަށް އެކަހަލަ މަންމައަކު ދެއްވީތީވެ ހެއްދެވި ފަރާތަށް ވިޝާމް ޝުކުރުވެރިވެއެވެ.
ކުޑަ ކުޑަ ވިޝްޔާއަށް ނިދިޖެހުމުން، އީން މަޑު މަޑުން ވިޝްޔާ އުރާލައިގެން ގޮސް އެނދާ މާދުރު ނޫން ހިސާބެއްގައި އިން ކުޑަ އެނދުގައި ވިޝްޔާ ބާއްވާލިއެވެ. އަދި ޑްރެސިންގެ ޓޭބަލް ކައިރީގައި އިން ގުރްއާން ޖަހާފައިން އިން ސްޕީކަރު ގެނެސް ވިޝްޔާގެ ކުޑަ އެނދު ކައިރީގައި ބައިންދާ، ވިޝްޔާއަށް އުނދަގޫ ނުވާނޭ ވަރަށް އަޑު ބާރު ކޮއްލިއެވެ. އެއަށް ފަހު ނިދިފައި އޮތް ވިޝްޔާގެ ދޮން ކޯތާފަތަށް އީން ބޮސް ދިނެވެ.
މަންޒަރު ބަލަން އޮތް ވިޝާމްވެސް ތެދުވެގެން ގޮސް ވިޝްޔާގެ ދޮންކޮލުގައި ބޮސް ދިނެވެ. އަދި އެނދުކައިރީގައި ހުރި އީން އަތްދަނޑި މައްޗަށް ލައިގެން ގެނެސް އެނދުމަތީގައި ލޯބިން ބާއްވާލިއެވެ. އެރޭގެ ބާކީއޮތްބައި ދެމަފިރިން އެކަކުއަނެކަކުގެ އަތްމަތީގައި އޮވެ ހޭދަ ކުރުމަށެވެ.
****
ހަމައެވަގުތެވެ. ކުޑަ ކުޑަ މިލާންއާއި މައިލާ ނިންދަވާލާފައި ލާރާ ކޮޓަރިން ނުކުމެ ބަދިގެއަށް ވައިން އިރު މާއިލް ހުރީ ނޫޑްލްސް ކައްކާފައި، ކާންހަދާށެވެ.
[ދެންއެއްކަލަ މާއިލް. އަޅެ ދެން ލާރާ ބުނީމޭނުން ބޭބީސް ނިންދަވާފަ ބަދިގެއަށް އަންނާނަމޭ] ތުންކޮޅު އޫކޮއްލަމުން ލާރާ ބުނެލިއެވެ.
[ހެހެ ކޮބާތަ މައްސަލައަކީ؟ އިރުއަރާ ގޮތަށް ލާރާ ތިއުޅެނީ އެއްތާކު ދެފައި ނުޖަހަ ގޭތެރޭގެ މަސައްކަތުގަ އާއި ކުދިންގެ މަސައްކަތުގަ. ދެން މާއިލްވެސް ފްރީގަޑީގައި ލާރާއަށް ހެލްޕް ވެވޭނެއްނުން؟ ދެންއަޅެ އާދެބަ ކާން ވަރަށް ބަނޑުހައި] މެންދުރު ވަގުތުގައި ލާރާ ގިރާފައި ހުރި ކަރާފަނި އަޅަމުން މާއިލް ބުނެލިއެވެ.
ހިނިތުން ވެލަމުން ލާރާ ގޮސް މާއިލް ގާތުގައި ކާން އިށީނެވެ.
މިއަދު މާއިލްއާއި ލާރާ ދިރިއުޅެމުން އެދަނީ، މާއިލްވެސް، އަދި ލާރާވެސް އެންމެ ބޭނުންވި ދިރިއުޅުމެވެ. އެތަށް އަޑިގަނޑުތަކެއްތެރޭގައިވެސް ދެމީހުންގެ ހިތް އޮތީ އަނެކާއަށް ހިބައިން ދެވިފައެވެ. އެންމެ އުނދަގުވީ ދުވަސް ކޮޅުވެސް ދެމީހުން ހިނގީއެކު އެކީގައެވެ. ކައިވެންޏަކީ މީއެވެ. ލޯއިތްބަކީމީއެވެ. ކައިވެނި ކުރުމުން ތިބާގެ ދިރިއުޅުމުގެ ހުންގާނު ދުންވާނީ ތިމާއެކަންޏެއް ނޫނެވެ. ނަމަވެސް އޭގެ މާނައަކީ ގޭތެރޭގައި ގެންގުޅޭ ނޯކަރެއްހެން ތިބާގެ އަނބިމީހާ ގެންގުޅޭށެކޭ ނޫނެވެ. ކައިވެނި ބާއްޖަވެރިވާނީ ދެމީހުންވެސް އެކަކު އަނެކަކާއި އެކު މަސައްކަތް ކޮއްގެންނެވެ. މާއިލްއެއީ އެކަހަލަ ފިރިއެއްގެ ލާމަސީލު މިސާލެކެވެ.
[ލާރާ.. ހަނދާން އެބަހުރިތަ އަހަރެމެން ޝޫޓިންގ ސްޓާރ ބަލަން ދިޔަ ރޭ؟ އެރޭ ކުރި ވިޝް ބުނީމޭނުން ދޯ ޓްރޫ ވިއްޔާއޭ ބުނާނީ.؟ އަލްހަމްދުލިއްލާހް. އެވިޝް ޓްރޫ ވެއްޖެ. އަހަރެން ވިޝްކުރީ ލާރާއަށް މެރީކޮށް ލޯބި ކުދިން ކޮޅެއް ހޯދައިގެން އުފާވެރި ދިރިއުޅުމެއް އުޅެން] މާއިލް ލާރާ ކޮލުގައި ކޮއްޓާލަމުން ބުނެލިއެވެ. އެއަށްފަހު ލާރާ ކޭތައްޓާއި މާއިލް ކޭތަށި ހިގައިގެން ދޮންނަންދިޔައެވެ. [އަލްހަމްދުލިއްލާހް] ލާރާއަށްވެސް ބުނެވުނެވެ.
ހިނިތުންވެލާފައި ލާރާ ހިނގާލާފައި ގޮސް ފަހަތުން މާއިލް ގައިގައި ބައްދާލިއެވެ.
[މަގޭ މާއިލް.. އައި ލަވް ޔޫ] ލާރާ މާއިލް ކަންފަތް ބުޑުގައި މަޑު މަޑުން ބުނެލިއެވެ.
[މަގޭ ލާރާ.. އައި ލަވް ޔޫ މޯރ] މާއިލްވެސް ލާރާ ބުނެލިފަދައިން ބުނެލިއެވެ.
(ނިމުނީ)

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އިންތިޒާރުގައި……….

Next

ބްލަޑް ފަހުބައި

Next
June 24, 2024

ބްލަޑް ފަހުބައި

Previews
June 24, 2024

އިންތިޒާރުގައި……….

One Comment

  1. Cutie girl says:
    June 25, 2024 at 6:34 am

    Mi part ves v reethi masha Allah
    Can’t wait for new story
    Love you

Comments are closed.



All Right Reserved!