Skip to content
އެސްފިޔަ

ކުށަކީ ކޮބާ؟ 31&32

***ޕާޓް 31***

އަލިކަމެއް ނެތް އަނދިރި ކޮޓަރިއެކެވެ. އެންމެ ކުޑަދޮރެއް ނެތްތާ ފަންކާއެއްހާ ހިސާބުވެސްނެތެވެ. ތަޅުމުގައި މުށިޖަހާފައެއްނެތެވެ. ވާއަތު ފާރުގަ އާއި ތަޅުމުގައި ރަތްކުލައިގެ ލޭ ފާޑުގެ އެއްޗެއް ހިކިފައި ހުއްޓެވެ. މޭޒުމަތީގައި ޗޭނު، ދިގުކޮށް ހުރި ދަގަނޑުގެ އިތުރުން ލަކުނޑިބުރިތަކާއި އެކިވަރުގެ ވަޅި ހުއްޓެވެ. ކިތަންމެ ދެރަކޮށް އެކޮޓަރި ހަދާފައި ހުރި ނަމަވެސް އެ ކޮޓަރީގައި ދަގަނޑު ބޮޑު ދޮރެއް ހުއްޓެވެ. އެ ކޮޓަރީގެ މެދުގައި ގޮޑިއެއް ބެހެއްޓިފައި ހުއްޓެވެ. އެ ގޮނޑިއާއި ގުޅާފައި އެކި ވައްތަރުތަކުގެ ކަރަންޓު ނަރު ފަދަތަކެތި ހުއްޓެވެ. އެ ގޮޑީގައި ޒުވާން ފިރެހެނެއް ދެއަތާއި ދެފައި ހިލިހިލާއިން ބަނދެފައި އިނެވެ. އެ ޒުވާނާ އިން ގޮތުން ހޭވެރިކަން ހުރިހެން ހިޔެއްނުވެއެވެ. އިސްޖަހައިގެން އިންއިރު އޭނާގެ ބޮލުން ތިރިއަށް ފާބައިފައިވާ ލޭތައް ކަނދުރާމަތީގައި ހިކިފައި ހުއްޓެވެ. އޭނާގެ އިސްތަށިގަނޑު ނިތްމައްޗަށް ވެއްޓިފައި ވުމުން ވަނީ މޫނު ފޮރުވިފައެވެ. އިރުކޮޅަކުން އެ ބޮޑު ދަނގަޑު ދޮރުގެ ތަޅަށް ތަޅުދަނޑިއެއް ޖެހި އަޑުއިވުނެވެ. ދޮރު ހުޅުވައިލުމާއެކު ތޫލި އަޑެއް ކިޔައިގެން ދިޔުމުން އެތަން ނުހުޅުވާތާ ގިނަދުވަސްތަކެއް ވެދާނެހެން ހީވެއެވެ.

***

” އަހަރެމެންނަށް މިތަން ކުރިން ނުފެނުނީ ކިހިނެތް؟؟ މިތަން ވެއްޔާ އެކުވުމުގެ ކުރިން ސާމްޕަލްއެއް ނަގަން ހިނގާ މަށަށް ހާދަ ހީވެޔޭ މީ ރާކިންގެ ލެޔޭ.. ” އާހިލް ހުރީ ރާކިންމެންގެ ގެ ކައިރީ ހުންނަ ގޯޅިގަނޑުގައެވެ. އާހިލް ގާތު މަޔާންވެސް އެތާ ހުއްޓެވެ. އާހިލް ހުރީ ވެލިގަނޑުގައި ހުރި ލޭތަކަށް ބަލަން އުޑުފައިން އެތާ އިށީނދެގެންނެވެ. ” ނޯ ނީޑް.. ލުކް.. ” މަޔާން އެއްޗެއް ދައްކާލަމުން އާހިލްއާއި ދިމާލަށް ބުންޏެވެ.

ދެމީހުންވެސް ތިބީ ނޫކުލައިގެ ފުލުސް ޔުނީފޯރމްގައިއެވެ. މަޔާން ދައްކައިލީ ލަކުނޑިބުރިއެކެވެ. އޭގެ އެއްބައިގައި އެއްކޮށް އޮތީ ކެއްކި ރަތް ކުލައިގެ ލެޔެވެ. އޭނާގެ މޫނު މަތިން ފެނިގެންދަނީ ބިރުވެރިކަމުގެ އަސަރުތަކެވެ. އާހިލްއަށް އެ ލަކުނޑިބުރި ފެނުމުން ދެލޯ ބޮޑުކޮށްލިއެވެ. ” އިޒް ހީ އެލައިވް އަނެއްކާ؟؟ ” އެއާއެކު ދެމީހުންނަށް ދެމީހުންގެ މޫނަށް ބަލައިލެވުނެވެ. ” ލެޓްސް ރިޕޯޓް ޓު އިޔާޒް ސާރ ” މަޔާން މަޑުމަޑުން ބުނެލިއެވެ. އާހިލް ބޯޖަހައިލިއެވެ. އަދި އަވަހަށް އިޔާޒްއަށް ރިޕޯޓް ކުރިއެވެ. އިޔާޒްއަކީ އާހިލްމެންގެ ޓީމްގެ ލީޑަރެވެ.

” ސާރ ވި ފައުންޑް ސަމްތިން.. ސެންޑް ދި ފޮރެންސިކް ޓީމް.. އައިލް ސެންޑް ދި ކޯރޑިނޭޓްސް.. ” އިޔާޒް އާއެކޭ ބުނުމުން އާހިލް ފުންނޭވާއެ ދޫކޮށްލިއެވެ. އާހިލް ވެލިގަނޑުކައިރީ ކުޑަކަކޫ މައްޗަށް އިށީނދެ މޫނުގައި އަތް އުނގުޅައިލިއެވެ. ރޭގައި ވާރެ ވެހުމުގެ ސަބަބުން ބިންފަނޑު އޮތީ ތެމިފައެވެ. ނަމަވެސް ވެލިގަނޑުގައި އެހިސާބުގައި ރަތްކަމެއް ހުއްޓެވެ.

***

ބިއްލޫރިން ހަދައިފައިވާ ދިގު މޭޒުގެ އެއްފަރާތުގައި ގޮނޑީގައި އިށީނދެގެން އައިނާ އިނީ ސައިބޯށެވެ. ރޮއްޓާއި މަސްހުނީގެ އިތުރުން ކުޅިމަހާއި ގެރިކިރު ކޭކު ސުފުރާގެ މަތިން ފެނެއެވެ. ރާކިންގެ ވާހަކަ މައިރީން ގާތު އަހަން ބޭނުންވި ނަމަވެސް ދުލުކުރީގައި ދަތް އަޅައިގެން އޭނަ އިނެވެ. މައިރީން އިނީ އައިނާ ސައިބޮއެ ނިމެންދެން މަޑުކޮށްލައިގެން ސިޓިންގްރޫމްގެ ސޯފާގައި އިށީނދެގެންނެވެ. ސިޓިންރޫމްގައި އިންނަ އިރު ޑައިނިންގްރޫމްގައި ތިބޭ މީހުން ފެނެއެވެ. ސިޓިންރޫމްގައި ތިން ސޯފާ ‘ސީ’ގެ ބައްޓަމަށް އަތުރާފައިވެއެވެ. ބޮޑު ފަތި ޓީވީ ހުންނައިރު ސޯފާތަކުގެ މެދުގައި ކުޑަ ވަށް ލަނކުޑި މޭޒެއް ހުއްޓެވެ. މައިރީން ދިޔައީ މަޔާންއަށް އެތަށް މެސެޖްއެއް ކުރަމުންނެވެ. ރާކިންއަށް ވީ ކީއްތޯ އޭނަ އޭނަ އަހާއަހާވެސް މަޔާންއެއް ނުބުނެއެވެ. ނުވިތާކަށް ފަހުން ކޮށްފަ ހުރި މެސެޖްތައް އޭނަ ނުވެސް ބަލައެވެ. މައިރީން އިނީ އެކަމާ ރުޅިގަދަވާ ގޮތްވެފައެވެ.

އައިނާ ސައިބޮއި ނިމުމުން އަމިއްލަ ތަށިތައް ދޮވެލުމަށްފަހު ކޮޓަރިއަށްވަނީ ފޯނު ނަގާށެވެ. ކޮންމެ އަތަކަށް ވާވަރަށް ނޯކަރުން ތިބިނަމަވެސް އަޔާނާ އައިނާއަށް އަމިއްލަ ކަންކަން އަމިއްލައަށް ކުރަން ކުޑައިރުއްސުރެ ބާރު އަޅައެވެ. އެހެންކަމުން ބޮޑުވަމުން އައިއިރު މުއްސަނދި ކަމާއިއެކުވެސް އައިނާ ވެގެން ދިޔައީ ހިތްތިރި އޯގާތެރި ކުއްޖަކަށްށެވެ. އަމިއްލަ ކަންކަން އަމިއްލައަށް ކުރާ ނޯކަރުންނަށް ކަމޭހިތާ ކުއްޖަކަށްށެވެ. ޗާޖަށް ޖަހާފައި އޮތް ފޯނު އައިނާ ހުޅުވައިލިއެވެ. އެއާއެކު ރާކިންގެ އެތައް މެސެޖަކާއި މިސްޑް ކޯލްތައް އޭނައަށްއައެވެ. އެއީ ރޭގެ އިރާކޮޅުވަގުތުގެއެވެ. ދެން އޭނައަށް ފެނުނީ ޝިޔާންގެ މެސެޖެކެވެ. އޭނަ އެ މެސެޖް ދެތިން ފަހަރު ކިޔާލުމުންވެސް އޭގަ އޮތް އެއްޗެއް މާނަ ކުރަންވީ ކިހިނެތް ކަމެއް ނޭނގުނެވެ.

” އަހަރެން މިދަނީ މާލެއަށް.. އަހަރެން އައި ބޭނުން ފުދިއްޖެ.. ކޮން ބޭނުމެއްކަން ލަހެއް ނުވެ އެނގޭނެ.. ގުޑް ބާއި ސްވީޓްހާރޓް.. އިޓް ވޯސް ފަން މެނުޕުލޭޓިން ޔޫ😉 ”  އައިނާ މެސެޖްކޮށް ގުޅުމުންވެސް ޝިޔާންއެއް ފޯނެއް ނުނަގައެވެ. އައިނާ ހާސްވާން ފެށީ އެ ހިސާބުންނެވެ. ޝިޔާންގެ ހަގީގަތް ނޭނގި ހުރެ އޭނަ އެތަކެއް ވާހަކައެއް ޝިޔާންއާ ހިއްސާ ކުރިއެވެ. އޭނައަށް ކުރާނެ ކަމެއް ނޭނގުމުން މައިރީން ގާތަށް ދިޔައެވެ. އޭނަ ބޭނުންވީ ހުރިހާ ވިސްނުންތަކުން ދުރަށް ދާށެވެ.

***

ފާރުތަކުގައި ހުދު ކުލަ ލާފައި ހުރިއިރު މޭޒުމަތި ފުރިފައިވަނީ ކަރުދާސްތަކާއި ފައިލްތަކުންނެވެ. އޮރެންޖް ކުލައިގެ ސޯފާގައި އިށީނދެގެން މެދުއުމުރުގެ އަނަހެނަކާއި ފިރެހެނެއް އިނެވެ. އިރުކޮޅަކުން ޒުވާން ފުރާގެ ފިރެހެނެއް އެތަނަށްއައެވެ. އެއާއެކު މެދު އުމުރުގެ ފިރެހެން މީހާ ތެދުވިއެވެ. އެ ޒުވާނާ އައިސް އަޅައިގެން ހުރި ދަބަސް ބޭލުމަށްފަހު ފައިލްއެއް މެދުއުމުރުގެ ފިރެހެން މީހާގެ އަތަށް ދިނެވެ. އެއާއެކު އެ ފިރެހެން މީހާ އެއްމިޔަކަނުން ހީލިއެވެ.

” ވެލް ޑަން ސަން.. އައިމް ޕްރައުޑް އޮފް ޔޫ.. ” އޭނަ އެހެން ބުނުމުން އެ ޒުވާނާ ހީލިއެވެ. ” ޒިޔާނާ ކޮބާ ލީނާ؟؟  ” މެދު އުމުރުގެ މީހާ ޒިޔާނާ ކުރެން އަހައިލިއެވެ. ” އެބަ އާދޭ.. ” ޒިޔާނާ އެހެން ބުނުމުން އޭނަ ބޯޖަހައިލިއެވެ. ” ޝިޔާން ދަރިފުޅާ ސޯފާގައި ޖައްސާލާ.. މިހާރު ދަރިފުޅުގެ މަސައްކަތް ނިމުނީ.. ” ޝިޔާން ހީލަމުން ސޯފާގައި އިށިނެވެ. ” ބައްޕަ ތި ވިސްނަނީ ކީއްކުރަން ތޯ ދެން؟ ” ޝިޔާން އޭނާގެ ބައްޕަ ފަޔާޒް ގާތު އަހައިލިއެވެ.

” ދެން އޮތީ މިއެއްޗެހިތައް ބަދަލު ކޮށްގެން ކޯޓަށް ގެންދިޔުން.. އަހަރެމެންނަށް އެކަން ކުރެވޭނީ ހަފްތާއެއްވަރު ފަހުން އަދި.. އެހާއިރު ވަންދެން މިއަދު ގެނާ މީހަ ދުނިޔޭގަ ބަހައްޓާތި.. މަށަށް ހެޔޮ މިކަންތައް ނިމުނީމަ އޭނަ މަރާލިޔަސް.. ހެހެހެ.. ” ފަޔާޒް ދިޔައީ މޮޔައެއް ފަދައިން ހެމުންނެވެ.

އިރުކޮޅަކުން އެތަނަށް ކޯޓު ފަޓުލޫނުގައި ހުރި ރަސްމީ ފާޑު ޖަހާ އަންހެނެއްއައެވެ. މުޅިމޫނުގައި ހީވަނީ ދަވާދުލާފައި ހުރިހެންނެވެ. އަރައިގެން ހުރި އުސްކައްޓި ފައިވާނުން އަޑުގޮއްވަމުން އައިސް ޝިޔާންއާއި ޖެހި ފިތިގަނެގެން އިށީނެވެ. ދެމިހުން ދެމީހުނަށް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު އެ އަންހެންމީހާ ވާހަކަ ދައްކަން ފެށިއެވެ. ” އެ ފައިލްތައް ލިބުނުތަ؟ ” ލީނާ އަހައިލިއެވެ. ” އާން ލިބިއްޖެ.. ދެން އޮތީ ލީނާގެ މަސައްކަތް.. މިކަން ކާމިޔާބު ވާނެކަމުގެ ކިތައް ޕަސަންޓް ޔަގީންކަން ކަލެއަށް ދެވޭނީ؟ ” ” ފަޔާޒް ލީނާ ކުރެން އަހައިލިއެވެ. ” ނުވަދިހަ ނުވަ ޕަސެންޓް ޔަގީންކަން ދެން ހެހެހެ.. ” ލީނާ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. ” އެމީހުންގެ އަތުން އެކޮންޕެނީ ޖަހައިގަންނަ އިރު ކަޅެއް ދޮނެއްވެސް ވައްކެއް ނުވާނެ ހަހަހަ..” ޒިޔާނާ ލީނާގެ ހުނުމުގައި ބައިވެރިވމުން ބުންޏެވެ. ޝިޔާން އިއްމިޔަކަނިން ހީލުމަށްފަހު ލީނާއާއި ދިމާލަށް ކަތި ނަޒަރަކުން ބަލައިލިއެވެ. އަދި މަޑުމަޑުން ލީނާގެ ފައިގެފަލަމަސްގަނޑާ ހިސާބުގައި ފިރުމައިލިއެވެ. އެއާއެކު ލީނާ ރަކި ހިނިތުންވުމެއް ޝިޔާންއަށް ދިނެވެ.

***

” އައި ޔޫ އޯކޭ؟؟ ” މައިރީން އައިނާ ކައިރީ އަހައިލިއެވެ. މައިރީންއާއި އެކީ ހިނގާލަން އައިއިރުވެސް އައިނާ އިނީ ކޮންމެވެސް ހިޔާލަކަށް ގެއްލިފައެވެ. ” ޝިޔާން ފާޑެއްގެ މެސެޖްއެއް ކޮށްފައިނީމަ.. ފަހުން ނުވެސް ގުޅުން އޭނައަކަށް.. ” މައިރީން އެހެންދޯއޭ ބުންޏެވެ. ދެކުދިން ހިނގަމުން ދިޔައީ ބޮޑުތުނޑިއަށް ދާށެވެ. ރާކިންގެ ގެ ހުރި ގޯޅިގަނޑަށް އަޅައިލުމާއެކު މައިރީން ހައިރާންވެގެން ދިޔައެވެ. ގިނަ އަދަދެއްގެ ފުލުހުން އެގެކައިރީގައި އެއްވެގެން އުޅޭއިރު އާންމުންނަށް ނުވަދެވޭ ފަދައިންވަނީ ރީދޫ ޓޭޕް ދަމާލެވިފައެވެ. މިތަންފެނި އައިނާގެ މެޔަށް ހޫނުފެން އެއްޗެއް އޮއްސައިލި ފަދަ އިހްސާސެއް ކުރެވުނެވެ. ” މައި ވަޓްސް ހެޕެނިން؟؟ ” ސިއްރުސިއްތުން އައިނާ މައިރީންގެ ކަންފަތް ދޮށުގައި އެހިއެވެ. މައިރީންއަށްވެސް ވީގޮތް ނޭނގޭތީ އޭނަ ދެކޮނޑުއަރުވައިލިއެވެ.

އެތާތިބި މީހުންގަނޑު ދުރުކުރަނިއްކޮށް އާހިލްއަށް އައިނާމެން ފެނުނެވެ. އެހެންކަމުން އޭނަ އެކުދިން ހުރި ދިމާލަށް މިސްރާބުޖެހިއެވެ. ” މިތާ ކީއްކުރަނީ؟ ” އާހިލް އައިނާއަށް ބަލައިލަމުން އެހިއެވެ. ” ކިން.. ރާ.. ކިން.. ކޮބާ؟؟ ” އައިނާއަށް އެ ސުވާލު ކޮށްލެވުނީ ބޭއިހްތިޔާރުގައެވެ. އޭނާގެ އަޑު ތުރުތުރު އަޅާވަރުން ވާހަކަ ދެއްކުނީވެސް އާނގަންނަމުންނެވެ. އައިނާގެ ސުވާލުން އާހިލްގެ މޫނަށް ހައިރާންކަން ވެރިވިގަތެވެ. އެހެންކަމުން މައިރީންއާއި ދިމާލަށް ބަލައިލަމުން އެއްބުމަ އަރުވައިލިއެވެ. މައިރީންވެސް އާހިލްއަށް ބަލައިލީ އެ ސުވާލު ކުރާ ފަދައިންނެވެ. އާހިލް ފުންނޭވާއެއްލިޔެވެ. ” މިތަނުން ދެމީހުން ދިޔައިއްޔާ ރަނގަޅުވާނީ.. ” އާހިލް ބުންޏެވެ. އައިނާ ދެބުމަ ގޮށްޖަހާލިއެވެ. ” އަހަރެން ސުވާލެއް ކޮށްފީމޭ.. ރާކިން ކޮބާ؟؟ ” އައިނާ ހަރުކަށި ކަމާއެކު އަހައިލިއެވެ. އެއާއެކު މައިރީން އައިނާގެ ކޮނޑުގައި އައްބާއްވާލަމުން ހަމަޖެހޭށޭ ބުންޏެވެ.

” އައިނާ ތި ސުވާލު އަހަނީ ކޮން ހައިސިއްޔަތަކުންކަން ބުނެވިދާނެތަ.. އައިނާއަކީ ރާކިންގެ ކާކު؟؟ ” އާހިލް މަޑުމައިތިރިކަމާއެކު އަހައިލިއެވެއެވެ. އޭނައަށް އެ އަންހެންކުއްޖާގެ ދެލޮލުން ރާކިންދެކެވާ ތެދުވެރި ލޯބި ނޫން އެއްޗެއް ނުފެނެއެވެ. އާހިލްގެ ސުވާލާއިއެކު އައިނާގެ އަނގަލެއްޕުން ފަދައެވެ. އޭރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ. އާހިލްއަށް އައިނާގެ ފެންކަޅިވެފައިވާ ދެލޯ ފެނުމުން އިސްޖަހައިލިއެވެ. މަޔާންއަށް ގުޅާލުމަށްފަހު އައުމަށް އެދުނެވެ. މަޔާން އައުމުން މައިރީންއަށް އެތަނުން ދިޔުމަށް މަޖުބޫރުވިއެވެ. ނަމަވެސް އައިނާ ހުރީ ވެގެން އުޅޭ ކަންތައް އޮޅުން ފިލުވައިގެން ނޫނީ ނުދާށެވެ. ” ރާކިން ބަޔަކު ކިޑްނެޕް ކޮށްގެން މިއުޅެނީ.. ” މަޔާން އެންމެ ފަހުން އައިނާ ގޮތްދޫނުކުރުމުން ބުނެލިއެވެ.

މާޔންގެ އަނގައިން ނިކުތް ޖުމުލަ އަޑުއިވުމުން އައިނާއަށް ހީވީ އޭނާގެ ބޮލަށް އުޑު ވެއްޓުންހެންނެވެ. ވެއްޓުނު ކަރުނަ ތިކި ފޮރުވުމުގެ ގޮތުން އިސްޖަހައިލިއެވެ. މައިރީން އައިނާގެ ކޮނޑުގައި ހިފާލަމުން އޭނަ އެތަނުން ދުރަށް ގެންދިޔައެވެ. ބޮޑުތުނޑިއަށް ދެވުމުން އައިނާގެ ދެލޮލުގައިވާ ކަރުނަތައް މިނިވަންކަމާއެކު ފައިބާގެން ދިޔައެވެ. އެއާއެކު އޭނާގެ ތުންފަތް ފޫއަޅުވައިލަމުން މަޑު ގިސްލުމެއް ބޭރުވިއެވެ. މައިރީންގެ ހިތުގައި އައިނާއާއި މެދު ހަމްދަރުދީ އުފެދުނެވެ. އައިނާގެ ދެލޮލުން ވެއްޓޭ ކަރުނައިގެ މުތީތައް ދިޔައީ ރާކިންދެކެ ވާލޯބަށް ހެކިވަމުންނެވެ.

***

މޫނަށް ފެނުގެ ފިނިކަން އިހްސާސްވުމުން ރާކިންއަށް ދެލޯ ހުޅުވައިލެވުނެވެ. އެއާއެކު އޭނައަށް ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލެވުނެވެ. ކުޑަކުޑަ ގުދަނެއްކަހަލަ އެތަނުން އޭނައަށް އިހްސާސްވީ އުދާސް ކަމެވެ. ރާކިންގެ ބޮލުގެ ފުއްކިބައިގައި ދިޔައީ ވޭން އަޅަމުންނެވެ. އަތާއި ފައި ބާރަށް ހިލިހިލާގަނޑަކުން އައްސާފައިވުމުން ހުރީ ކޮންމެވެސް ވަރަކަށް ހަންމެށި ލޭ އައިސްފައެވެ. އޭނަގެ މޫނު މައްޗަށް ބިރުވެރިކަމުގެ އަސަރު ވެރިވީ ގޮޑިއަށާއި އޭނާގެ ހަށިގަނޑަށް ގުޅާފައި ހުރި ކަރަންޓް ވަޔަރުތަށް ފެނިފައެވެ. ހަށިގަނޑަށް ވެމުން ދިޔަ ތަދު ކުޑަ ކުރެވޭތޯ ފުންކޮށް ނޭވާލާން ފެށިއެވެ. އެއަށްފަހު އޭނަ ކުރިމަތީގައި ހުރި މީހައަށް ބަލައިލިއެވެ. އިސްކޮޅުން ދިގު މީހެކެވެ. އޭނާގެ މޫނު ނިވާ ކުރެވިފައިވަނީ ކަޅުކުލައިގެ މާސްކްއަކުންނެވެ. ލައިގެން ހުރި ކަޅުކުލައިގެ ހޫޑީގެ ހުޑްވަނީ ބޮލުގައި އަޅުވައިލެވިފައެވެ. އޭގެ ސަބަބުން އޭނާގެ ދެލިގަނޑެއްފަދަ ދެލޯ ނޫންތަނެއް ނުފެނެއެވެ. ރާކިންއަށް އޭނާގެ އަތުގައި އޮތް އެތި ފެނުމުން ހިންދިރުވައިލެވުނެވެ.

***ޕާޓް 31***

ރޭގަނޑުގެ އަނދިރިކަން ވަނީ މުޅި ދުނިޔެ ވަށާލާފައެވެ. ޖެހެމުން ދިޔަ ވައިރޯޅިތައް ފިނިވެފައި ބާރެވެ. ޖެހެމުން ދިޔަ ވަޔަށް ކެތްނުވެގެން ގަސްތަކާއި ރުއްތަށް ހީވަނީ މުލުން ލުހި އުދުހި ގޮސްފާނެހެންނެވެ. ރޭގަނޑުގެ ރާނީ ވަނީ ކަޅުދެލިކުލައިގެ ވިލާތަކުގެ ނިވަލުގައި ފޮރުވިފައެވެ. ކުއްލިއަކަށް ވާރޭގެ ބޮޑު ތިކީގެ ހަމަލާތަށް ބިންމައްޗަށް އަމާޒުވަމުންދިޔައެވެ. ގަސްތަށް ގިނަކަމުން އެތާގައި ގެއެއް ހުރިކަން އެނގޭނީ ވަރަށް ބޮޑަށް ބަލައިފި މީހަކަށްށެވެ. ގަސްބޯކަމުން އެތަން ހީވަނީ ބޮޑު ޖަންގައްޔެއް ހެންނެވެ. ފަޑުއަލިކަމެއް ވެރިވެފައިވާ އެގެއިން އިވެމުން ދިޔައީ ފިރެހެނެއްގެ ވޭނީ ކުކުރުމެއްގެ އަޑެވެ. އެނދެއްގައި ދެއަތާއި ދެފައިގައި ހިލިހިލާ ޖަހާފައިވާއިރު ގައިގެ އެތަންމިތަނުން ދިޔައީ ރަތްކަން ގަދަ ލޭގެކޯރު ދެމެމުންނެވެ.

ރާކިން މަޑުމަޑުން ކުކުރަމުން ދިޔައިރު އެ ފިރެހެންވަންތަ ހަށިގަނޑުގައި އަޅާ ވޭން ހިޔާލަށްވެސް ގެންނަށް ދައްޗެވެ. ކަރުގެ އެތަންމިތަން ހުރީ ފިހިފައެވެ. ބޮޑަށް ހީވަނީ ސިގިރޭޓް ފަދަ އެއްޗެއް ޖައްސާފައި ހުރިހެންނެވެ. ބަނޑުންވެސް ދިޔައީ ލޭ އަންނަމުންނެވެ. ހިލިހިލާއިން ސަލާމަތްވުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ނިޝާންތައް އޭނާގެ ދެއަތުގަޔާއި ފައިގައިވެއެވެ. ހިލިހިލާއިން ބަނދެފައިވާ ތަންތަން ވަނީ މަށައިގެން ގޮސްފައެވެ. އޭނާގެ ހަށިގަނޑުވަނީ އެ ހަފްތާތެރޭގައި ވަރަށް ބޮޑަށް ހިކިފައެވެ. އިސްތަށިގަނޑާއި މަތިމަސް އަދި ތުނބުޅި ހުރީ ދިގުވެފައެވެ. ރާކިންގެ ދުލުން ހަމައެކަނި ނުކުންނަމުން ދިޔަ ނަމަކީ ‘އައިނާ’ ގެ ނަމެވެ.

***

ވޭތުވެދިޔަ އެއްހަފްތާގެ ތެރޭގައި ގިނަ ކަންތައްތަކެއް ވަނީ ބަދަލުވެފައެވެ. ހަޔާތަށް ބިންދާލި ބޮޑު ރާޅާއިއެކު އައިނާ އުފާވެރި މިޒާޖު އެއްކޮށް ބަދަލުވެގެން ދިޔައެވެ. ރާކިންގެ ހަގީގަތް އެނގުމުން އެހިތުގައި ހުރި ޝަކުވާތައް އެކީގައިހެން ފިލައިދިޔައެވެ. ނަމަވެސް އެ ހިތް މިހާރު އެންމެ އިންތިޒާރު ކުރާ ދުވަހަކީ ރާކިންއާއި ބައްދަލުވާނެ ދުވަހެވެ. އޭނާގެ ޅަހިތް ރާކިންގެ އަތުތެރެއަށް ވަނުމަށް ވަނީ ބޭޤަރާރުވެފައެވެ. އޭނާގެ މިހާރުގެ ހާލަތު ހަނދާންވުމުން އައިނާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ލޯގަނޑުން އަމިއްލަ ސޫރަ ބަލަން ހުރި އައިނާއަށް، މިދިޔަ ހަފްތާގައި ކަންހިނގާ ދިޔަގޮތް ލޯގަނޑު ކުރިމަތީ ފިލްމެއްގެ މަންޒަރުތަކެއްހެން ނިއުޅެންފެށިހެން ހީވިއެވެ.

*** މީގެ ހަފްތާއެއް ކުރިން ***

އައިނާ، މައިރީން ގާތު އާދޭސްކޮށްގެން ރާކިން އެންމެފަހުން މައިރީން ގާތުގައި ދެއްކި ވާހަކަތައް ކިޔާދިނެވެ. މައިރީންވީ ރާކިން ގެއްލުމުގެ ކުރިން ވާހަކަ ދެއްކި އެންމެ ފަހު މީހާއަށްށެވެ. އައިނާއަށް ރާކިންގެ ހަގީގަތް އެނގުމުން އެހިތަށް އިންތިހާއަށް އަސަރުކުރިއެވެ. ރާކިންއާއި މެދު ކަންތައް ކުރެވުން ގޮތުން މާފަށް އެދެން ކިތަންމެހައިވެސް ބޭނުންވިޔެވެ. ރާކިންއަށްޓަކައި އެ ހިތުގައި ދެވިފައިވާ ދަރަޖަ އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ.

ރާކިން ހޯދުމަށް އާހިލް، މަޔާންއާއި ފުލުހުން ދިޔައީ އެތައް މަސައްކަތެއް ކުރަމުންނެވެ. އެގޮތުން އެމީހުން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި ރާކިން މިވަގުތު ހުރީ ރާއްޖޭން ބޭރުގައެވެ. ސްރީލަންކާގެ ބާރުގަދަ ގޭންގެއްގެ އަތްދަށުގައެވެ. މަޔާންމެން ދިޔައީ ސްރީލަންކާގެ ފުލުހުންގެ އެހީގައި ރާކިން ސަލާމަތް ކުރުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަމުންނެވެ. އެހެންނަމަވެސް އެއީ އުދަނގޫކަމެއްކަން އެމީހުނަށް ޔަގީންވީ، ރާކިން ހޯދަން ކުރި މަސައްކަތުގެ ސަބަބުން ޒާކިންގެ ފުރާނައަށް ގެއްލުންވުމުގެ ބިރުބޮޑުވުމުންނެވެ. ޒާކިންއަކީ ރާކިންގެ އެއްބަނޑުއެއްބަފާ ކޮށްކޮއެވެ. ރާކިން ހޯދަން މަސައްކަތްކުރަން ފެށުމުން ރާކިން ރަހީނު ކުރި މީހުން ޒާކިން އެކްސިޑެންޓް ކުރަން މަސައްކަތްކުރިއެވެ. ރާކިން ރަހީނު ކުރި ބަޔަކީ އެމީހުންގެ ހިތުގެ އެދުން ހާސިލް ކުރުމަށްޓަކައި ބަޔެއް ފުރާނައިން އަތްދޮވެލަން ފަސްނުޖެހޭނެ ބަޔެއްކަން ޔަގީންވިއެވެ.

އައިނާގެ ރިހޭފައި މައްޗަށް ފޮތް ވެއްޓުން ފަދަ އިހްސާސެއް ކުރެވުނީ ދުވަސްކޮޅަކަށް އޭނާގެ ހަޔާތަށް އައި މެހެމާނެއް ކަމަށްވާ ޝިޔާންގެ އަސްލު އެނގުމުންނެވެ. ޝިޔާން ވެގެން ދިޔައީ އޭނަ ހީކުރި ފަދަ މީހަކަށްނޫނެވެ. ޝިޔާންވެގެން ދިޔައީ ދެފުއްކެހެރިއެއް ފަދަ މީހަކަށްށެވެ. އައިނާ ކުރިމަތީގައި ދުނިޔޭގެ ހުރި އެންމެ ރަނގަޅު މީހާއަށްވެގެން އުޅުނުއިރު ފަރުދާގެ ފުރަގަހުގައި އޭނާ ކުރަމުންދިޔަ މަސައްކަތް އެނގުމުން އައިނާއަށް ގަބޫލު ކުރަންވެސް ދަތިވިއެވެ. ޝިޔާން ވެގެން ދިޔައީ ބޮޑު މަކަރުވެރިއަކަށްށެވެ. ޝިޔާންއާއި އޭނާގެ ބައްޕަ ހުރީ އައިނާގެ މަންމަ އަޔާނާގެ ކޮންޕެނީ އަތުލުމަށް އަތުކުރި އޮޅާލައިގެންނެވެ.

އައިނާއާއިއެކީ ޝިޔާން އެރަށަށް އައިސް ދިޔައީ ކޮމްޕެނީގެ ވަރަށް މުހިންމު ޑޮކިޔުމެންޓްތަކެއް ހިފައިގެންނެވެ. ނިމިދިޔަ ހަފްތާތެރޭ ޝިޔާންއާއި އޭނާގެ ބައްޕަގެ ނުފޫޒުން އެ ޑޮކިޔުމެންޓްތައް ވަނީ ބަދަލުކޮށް އެ ކޮމްޕެނީ އެމީހުންގެ ނަން މައްޗަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައެވެ.

*** މިހާރު ***

ދެލޮލުން އައިސްފައި ހުރި ކަރުނަތައް ފޮހެލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ބަލައިލިއެވެ. މިދިޔަ ހަފްތާގެ ތެރޭގައި އޭނާ ފާހަގަ ކުރެވޭހައި ބޮޑަށް ހިކިއްޖެއެވެ. ދެލޯ ކައިރީ ވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. ފައުންޑޭޝަންގެ އެހީގައި އޭނާގެ ރަތްވެފައިވާ ލޯކައިރި ފަރުދާކޮށްލިއެވެ. ތުންފަތުގައި ކުޑަ ލިޕް ބާމް ކޮޅެއް އުނގުޅުމަށްފަހު ކަޅުކުލައިގެ ޝޯލް ރީތި ގޮތަކަށް އަޅައިލިއެވެ. ލައިގެން ހުރީ ދޫކޮށް ހުރި ކަޅުކުލައިގެ އާބަޔާއެކެވެ. އެ ހެދުމުގެ ބަނޑާއި ދިމާލުގައި ހިމަ ވާކޮޅެއް އައްސާލެވިފައިވެއެވެ. އޭގެ ސަބަބުން އޭނާގެ އުނަގަނޑުގެ ހިމަކަން އެނގިގެން ދެއެވެ.

ކޮޓަރިން ނުކުތް ވަގުތު އައިނާގެ މަންމަފެނި އެ ހިތުގައި ރިއްސާލިއެވެ. އަޔާނާ ހުރީ ކުޑަދޮރާއި ދިމާލަށް ބަލާށެވެ. އޭނާ ފެންނަ ކޮންމެ މީހަކަށްވެސް އޭނާ އިނީ ވަރަށް ބޮޑު ވިސްނުމެއްގައިކަން އެނގޭނެއެވެ. ފިރިމީހާގެ އަމާނާތަކަށް ހިޔާނާތްތެރި ވެވުން ކަމުގެ އިހްސާސް އަޔާނާއަށް ދިޔައީ ކުރެވެމުންނެވެ. ޒާހިރު އޭނާއަށް އެ ކޮންޕެނީ ދިނީ ކިހާ އިތުބާރެއް ކޮށްފަ ހެއްޔެވެ؟ ނަމަވެސް އޭނަ މިއަދު މި ދެކެންޖެހެނީ އޭނަ އަދި ޒާހިރު ރެއާއި ދުވާލު ކުރި ބުރަ މަސައްކަތް ބަޔަކު މަކަރުހަދައި އޮޅުވައިލައިގެން ޖަހައިގަންނަ މަންޒަރެވެ. މީހަކު ކޮނޑުގައި އަތްލުމުން އަޔާނާއަށް އޭނާގެ ހިޔާލީ ދުނިޔެއިން ބޭރުވިއެވެ. އައިނާ މަންމަގެ ކޮނޑުގައި އަތްބާއްވާލަމުން ގަޑިޖެހެނީކަމަށް ބުނެލީ މަޑުމައިތިރި އަޑަކުންނެވެ.

އަޔާނާ ހިތްދަތި ހިނިތުންވުމެއް އައިނާއަށް ހަދިޔާ ކޮށްލުމަށްފަހު ތެދުވިއެވެ. މަންމަގެ ހިނިތުންވުމުގައިވީ ހިތްދަތިކަން އެނގި އައިނާގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ. އައިނާ ފުންނޭވާއެއްލަމުން ކަރުނަތައް ހިންދާލިއެވެ. އަދި އަވަހަށް ގެއިން ނިކުންނަ ދޮރުކައިރި ހުރި ފައިވާން ހަރުގަނޑުން ކަޅުކުލައިގެ ފައިވާނެއް ނަގައި އެރިއެވެ. އޭރު އޭނާގެ މަންމަ ހުރީ ކާރުގެ ފަހަތު ސީޓަށް އަރައި އައިނާއަށް މަޑުކޮށްގެންނެވެ. އަޔާނާގެ ރަތްވެފައިވާ ދެލޯ ވަނީ ކަޅުކުލައިގެ އައިނަކުން ފަރުދާ ކޮށްލެވިފައެވެ.

***

އަޅިކުލައިގެ ފާރުތަކެއްވާ ކޮޓަރީގައި މެންދުރުގެ އަވި ބާރު ވަގުތުކަމުގައިވީ ނަމަވެސް ރަސްކަން ކުރަމުން ދިޔައީ ކަނު އަނދިރިކަމެވެ. ކުޑަދޮރުތައް ވަނީ ބޯފަރުދާއަކުން ނިވާ ކުރެވިފައެވެ. އޭސީގެ ފިނިކަން ސޯޅައަށް ލާފައި ހުރި ނަމަވެސް އެނދުގައި އޮތް އަންހެންކުއްޖާއަށް އެ ފިނިކަމުން އަސަރެއް ކުރާހެން ހިޔެއްނުވެއެވެ. މަޑު ކްރީމް ކުލައިގެ އަތްކުރު ޓީޝާޓްއަކާއި އެކުލައިގެ ހަރުވާޅެއްލައިގެން އޮތް އެކުއްޖާ ހަށިގަނޑު ނިވާކުރަން ބޭނުން ކުރާ ރަޖާގަނޑުވަނީ މުށިތަށް މަތީގައެވެ. އެނދުގައި އޮތް ބާލީސްތައް ވަނީ ތަރުތީބެއްނެތި އެކި ތަންތަނަށް އުކާލެވިފައެވެ.

އެ ހިމޭން ކޮޓަރިން އިވެމުން ދަނީ އެ އަންހެންކުއްޖާގެ ވޭނީ ރުއިމުގެ އަޑެވެ. އެވޭނީ ރުއިމުގެ އަޑުއިވި ކޮންމެ މީހެއްގެ ހިތުގައިވެސް ހަމްދަރުދީ އުފެދޭނެކަން ގައިމެވެ. ކޮޓަރީގައި ޓަކި ދޭން ފެށި އަޑު އިވުމުން އެކުއްޖާ ބާލީހަށް މޫނު ކޮށްޕައިލީ އޭނާގެ ރުއިމުގެ އަޑު އެހެން މީހެއްގެ ކަންފަތަށް އަޑު އިވުނަނުދިނުމަށްހެން ހީވެއެވެ. ނަމަވެސް އެ ކުޑަ ތުންފަތް ފޫ އަޅުވާފައި ގިސްލުމުގެ އަޑު ދިޔައީ ބޭރުވަމުންނެވެ. ކޮޓަރި ދޮރު ހުޅުވައިލުމަށްފަހު ފިރެހެނެއްވަނެވެ. އެ މީހާ އައިސް އެކުއްޖާގެ އިސްތަށިގަނޑުގައި ފިރުމައިލުމުން ވިހަގަދަ ސޫއްޕެއް ކަށި ޖެހުމުން ދުރައްދާ އުސޫލުން އެކުއްޖާ ދުރަށް ދިޔައެވެ. ކަނެއްގައި އިށީނުމަށްފަހު ބާލީސްނަގައި މޫނުގައި އަޅައިލިއެވެ. އެ ފިރެހެންމީހާއާ އިތުރަށް ދުރަށްޖެހުމުގެ ގޮތުން އެކުއްޖާ ކަނުގައި ބޮނޑިވެލިއެވެ. އެކުއްޖާ އުޅުނު ގޮތުން ހީވަނީ ދެފާރު ޖެހި އުފެދިފައިވާ ކަނުގެ ތެރެއަށް ވަންނަން އުޅުން ހެނެވެ.

” ދަރިފުޅާ ބައްޕަ މާފަށް އެދެން ބައްޕައަށް އަތް އިސްކުރެވުނީތީ.. އެކަމަކު ސިއްރު ކުރަންޖެހޭ ކަންކަމާއި ނުކުރަންޖެހޭ ކަންކަން ހުންނާނެކަން މައިރީންއަށް އެނގެންވާނެ.. ތެލަސީމިއާ ރިޒަލްޓްއަކީ ސިއްރު ކުރަންޖެހޭ ކަމެއް ނޫން.. މައިރީން ނުކައި ނުބޮއި އޮތަސް ބައްޕަގެ ނިންމުން އަދި ޔާދިންގެ މައިންބަފައިންގެ ނިންމުން ބަދަލެއް ނުވާނެ.. ޔާދިން މައިންބަފައިން ޔާދިންގެ ކައިވެނި ހަމަޖައްސާފި.. މިއަދު ރަންކިޔާ.. މައިރީން ކިތަންމެ ވަރަކަށް ބޮޑާހޭކިޔަސް އެއްވެސް ކަމެއް ބަދަލެއް ނުވާނެ! މައިރީންއަށް ދެން އެންމެ ރަނގަޅުވާނީ ބައްޕަ ބުނާ ގޮތަށް ކަންތަށް ކުރުން! ”

ބައްޕަ ދެއްކި ވާހަކައިން މައިރީންއަށް ހީވީ އޭނާގެ ކަންފަތުގައި ބޮމެއް ގޮއްވާލި ހެންނެވެ. ބައްޕަގެ ރަހުމެއް ނެތް ބަސްތައް އިވިފައި އޭނާގެ ރުއިން ބާރުވެގެން ދިޔައެވެ. އަޑު ބޭރުވެދާނެކަމުގެ ބިރަށް މައިރީން އޭނާގެ އަނގަމަތީ ބާލީސް ޖައްސައި ބާރު ކޮށްލިއެވެ. އޭނާގެ ހިތް ހީވީ އެތިކޮޅުތަކަކަށް ތަޅައިގެން ދިޔަހެންނެވެ. ޔާދިންއާއި ނުލައި އުޅޭނެ ގޮތެއް އޭނައަކަށް ނޭނގެއެވެ. އޭނައަށް ބައްޕަ އާއި މެދު ހިތް ބުރަކުރެވުނެވެ.

މައިރީންގެ ރުއިމުގެ އަޑުއިވި ކިތަންމެ ބޮޑަކަށް ދެރަވި ނަމަވެސް އަމިއްލަ އަތުން އަންހެން ދަރިފުޅު ހަލާކުގެ ތެރެއަށް ރިޔާޒް ވައްޓާލާކަށް ބޭނުމެއް ނުވިއެވެ. މައިރީން އޭނައަށް އޮޅުވައިލިކަން އެނގުމުން ރިޔާޒްގެ ރުޅި ހަމައިން ނެއްޓިއެވެ. މައިރީންގެ ހަށިގަނޑަށް އަތް އިސްކުރުމަކީ ދުވަހެއްގެކޮޅުންވެސް އޭނަ ކުރަން ބޭނުންވި ކަމެއް ނޫނެވެ. ރިޔާޒް ހިފައިގެން އައި ނޫޑްލްސް ތަށި އެނދު ކައިރީ ހުރި ކުޑަ ކަބަޑުގައި ބެހެއްޓުމަށްފަހު، މައިރީން ގާތު ތަށި ހުސްކުރުމަށް ބުނުމަށްފަހު ކޮޓަރިން ނުކުތެވެ. ނިމިދިޔަ ހަފްތާގެ ހަނދާންތަކުން ރިޔާޒްގެ ސިކުނޑި ފުރައިލިއެވެ.

އެދުވަހު މައިރީން މަންމައާއި ވާހަކަ ދައްކާލުމަށްފަހު، މައިރީންއަށް ދެވުނީ ފޯނު އޭނަ މަންމަމެން އުޅޭ ކޮޓަރީގައި ބާއްވާފައެވެ. މައިރީންއަކީ އަބަދުވެސް ފޯނު ސައިލެންޓަށްލައިފައި ހުންނަ ކުއްޖަކަށްވުމުން ޔާދިން އެހާ ވަރަށް ގުޅިއިރުވެސް އޭނައަށް ނޭނގުނެވެ. ޝިޔާމާ ފާހަނައިގަ ހުރި ވަގުތަށްވުމުން ރިޔާޒް އޮތީ އަނބިމީހާ ފާހަނައިން ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން އޮވެފައި އެނދުކައިރީގައި ހުރި ކަބަޑާއި ދިމާލަށް ބަލައިލީ ފޯނެއް ވައިބްރޭޓްވާ އަޑުއިވުމުންނެވެ. މައިރީން ހަވީރުއްސުރެ ފޯނު ގެއްލިގެން އުޅުމުން ރިޔާޒްއަށް އެއީ މައިރީންގެ ފޯނުކަން އެނގުނެވެ. އެހެންކަމުން ފޯނު ދިނުމުގެ ގޮތުން ފޯނުނަގައި މައިރީންގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ފޯނު ދެވަނަ ފަހަރަށް ވައިބްރޭޓް ވުމާއިއެކު ފެނުނު އެއްޗަކުން ރިޔާޒްއަށް ހީވީ އޭނާގެ މޫނު މަތީގައި މީހަކު އަތްދަމާފައި ޖެހިހެންނެވެ.

(ނުނިމޭ)

އުފާވެރި އަލްހާ އީދުގެ ތަހުނިއްޔާ އާއި ބާރިކުބާދީ ތިޔަ އެންމެހާ ކިޔުންތެރިންނަށް އަރިސްކުރަން..

عيد مبارك 🌙

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. malaa

    mi part ves vrh reethi
    when next part
    keep it up
    eid mubarak

    1. Butterflyyyyy
      malaa

      Thank you sm malaa.. Vrh happy vejje darling ah mi part reethi v kan engunyma 💜🦋

  2. Lily

    Heyyy lovess
    Mee eid hadhiyaa eh dhww😭😅
    Thank you so much ingeyyy siss <3
    Mihaaru kuriyahh dha goihh vrh vrhh reeethi Masha Allah <3
    Miulheyy shiyaaan kanthah mihaaru maa mahchah mi dhanyyy.. Dhen episode eh ga eyna ah gothehh hadhan vaane😠😡
    Love you sm <3

    1. Butterflyyyyy
      Lily

      Heyy Lily darlll
      Yeshh mi eid hadhiyaa eh😄
      You’re most welcome dear 💕
      Yes shiyaan ge kanthah mahchah gosfiyey dhw.. Let’s see dhw vaa goi dhen.. Insha allah next part maadhan submit kohlaanan..
      Love you more💜🦋

  3. RIFSHA

    Hey butterfly
    Iyye ga kiyaalin ingey mi story ekam hama buxy kamun comment nukohlevuny inge ehnu dho eid v ma thankolhei buxy vaane kan dho.
    Mihaaru dhen kiyaane ehchei vx nei.mi othy hithaamauge vaarey story ah ossaalafa dhen alhey mai and yaadhu too ahhh i felt sorry for mai alhe dhen pink ah v keehve thaa.pls pls vaahaka nimey iru viyas ok e dhekudhin gulhuvahchey and ai and kin too.and i didn’t forget abt reema pls pls e kujja vx rangalhu kohdhehchey ehves kujjakah dhera gotheh nahadhahche
    Kon irakun next part kiyaalan libeyni
    Curiously waiting for the next part
    Love you so much maash ❤️

    1. Butterflyyyyy
      RIFSHA

      Hey rifoo
      It’s okey dear.. Butterfly vx busy kamun mi ulheney eid v ma..
      Yes hama hithaamaiga vaare eh ohssaalaafa story ah miothy😢
      Alhey I feel bad for mai too.. But their story has been written now.. No one can change the destiny ehnun😢 let’s see kin and ai ah vaa goi show.. Ree ah vx..
      Insha allah next part Wednesday ga submit kohlaanan..
      Love you more rifoo 💜🦋

  4. flowerr

    masha allah mi part ves vrh reethi 🙂
    yaadhin aa maireen vaki vaneetha??? plss e dhemeehun vakinukurrathi:(
    when is the next part??
    EID MUBARAK to u as well

    1. Butterflyyyyy
      flowerr

      Thank you sm flower.. Vrh happy vejje flower ah mi part reethi v kan enguneema… Let’s see dhw yaadhu and mai ah vaa goi💜🦋

  5. 🌹🌹🌹Vempire girl🌹🌹🌹

    Hi butterfly 🦋
    Mi part vx varah varah reethi maasha allah.. alhey mireen bahppa fenun msg ga othy yaadhin ah libuny mifaharu white ekey… dhn avahah marry kuran hingaasheyy.. dhn mireen bahppa ah kurin libuny pink eh kan inguny…. ehnve gn eulheny mireen ah surprise eii dheyn vegen….. aslu yaadhin ge kaiveni hama jehuny mireen aaa….. meee alhuvandu guess kohlli gotheii ingey…. namanama mireen aaa yaaadhin dhuru nukurahcheyy plzzzz🙏🙏🙏🙏🙏
    Dhn aina dhw haadha dhera gothekey evy… raakin maraa nulhcheyy plzzzz 🙏🙏🙏🙏 E dhekudhin avahah gulhuvaba.. eoh aina fakeeeru roe halaaku vany plzzz.🙏🙏🙏🙏
    Dhn reema dhw… reema avahah recover vefa naain aaa dhekudhin marry Kuruvaba…

    1. Butterflyyyyy
      🌹🌹🌹Vempire girl🌹🌹🌹

      Hey Vempire girl
      Thank you so much vrh happy vejje mi part reethi kan enguneema.. Oh woah I love your theory very muchhh.. But let’s see dhw.. Hama vedhaane gotheh thi vx.. Let’s see dhw vaa goi.. Stay tuned for next part at Thursday ❤❤
      Love you sm💜🦋

  6. Cutie girl

    Mi part ves v reethi masha Allah
    Can’t wait for next part
    Keep it up
    Maireen and yaadh gulhuvachey haadha dhera gothekey evee

    1. Butterflyyyyy
      Cutie girl

      Thank you Cutie girl.. Yess vrh dhera gotheh e v Mai mennah dhw.. Dhen hingaa vaa goi balama.. Stay tuned for next part at Thursday..
      Lyssm💜🦋

Comments are closed.