ކުށަކީ ކޮބާ – 30
” އަހަރެން ދައްކާ ވާހަކަ އަޑުއަހަން އިރުކޮޅަކަށް މަޑުކޮށްލަ ދެވިދާނެތަ؟ ” ރާކިން މަޑުމަޑުން އަހައިލިއެވެ. މައިރީން މޫނުގައި އަތް އުގުޅާލުމަށްފަހު ބޯޖަހައިލިއެވެ. އެއާއެކު ރާކިން ކައިރީގައި ހުރި ބެންޗްއެއްގައި އިށީނުމަށް އިޝާރާތް ކޮށްލިއެވެ. އައިނާގެ ގެ ހުންނަނީ ބަނދަރާއި ކައިރީގައި ވުމުން މައިރީން އޭނާގެ ގެއަށް ދާން އައީ ބަނދަރުމަތިންނެވެ. ބަނދަރުގައި ރަށަށް އަންނަ މެހެމާނުން އިށީނުމަށްޓަކައި ނޫ ކުލައިގެ ބެންޗްތަކެއް އަތުރާފައި ހުރެއެވެ. މައިރީން އިށީނީ ރާކިންއާ ތަންކޮޅެއް ދުރުގައެވެ.
(ނުނިމޭ)
***ޕާޓް 30***
ރާކިން އޭނާގެ ވާހަކަ ފެށިއެވެ. އެންމެ ފުރަތަމަ ކިޔައިދިނީ އޭނާގެ ހަޤީޤަތެވެ. އޭނައަކީ އަންޑަކަވާރ މަސައްކަތް ކުރާ ފުލުހެއް ކަމެވެ. އެއަށްފަހު އައިނާގެ އާއިލާގެ މީހުނަށް ބޮޑު ގެއްލުމެއް ކުރިމަތިވާން އުޅޭކަމަށް އޭނަ ބުންޏެވެ. އެއީ ކޮން ގެއްލުމެއް ކަމެއް އޭނައެއް ނުބުނެއެވެ. ސަބަބަކީ އެމީހުންގެ ޕްލޭން އަދި އޭނައަށްވެސް ރަނގަޅަށް ނޭނގޭތީއެވެ. ރާކިން މަސައްކަތުގައި އުޅެމުން އައިނާ ދެކެ ލޯބިވެވުން ވާހަކަވެސް ބުންޏެވެ. މައިރީންއަށް ވާނުވާ އޮޅުނެވެ. އިތުބާރު ކުރަންވީ ފަރާތް އޮޅިގެން ދިޔައެވެ. ހެކީގެ ގޮތުގައި ރާކިން އޭނާގެ ޕޮލިސް އައިޑީ ދައްކައިލިއެވެ. އަދި މަޔާންއަށް ގުޅުމަށް ބުންޏެވެ. މަޔާންއަކީވެސް ރާކިންމެނާއި އެކީ މަސައްކަތް ކުރާ ފުލުހެކެވެ. ނަމަވެސް ތަފާތަކީ އޭނަ މަސައްކަތް ކުރަނީ އަންޑަކަވާއެއްގެ ގޮތުގައިއެއް ނޫން ކަމެވެ. މައިރީންއަށް ރާކިންގެ ވާހަކަ ގަބޫލު ކުރަން މަޖުބޫރުވިއެވެ.
ބޯތެރޭ އެތަކެއް ހިޔާލެއް ހިނގާ ހާލު މައިރީން މަޑުމަޑުން ބޮލުގައި އަތް އަޅައިލިއެވެ. ” އެ ވީޑިއޯތައް؟؟ ” މައިރީން މަޑުމަޑުން އަހައިލިއެވެ. ” އަހަރެން ބޭނުން ކުރީ ފޭކް އެއްޗެހި.. ޕޮލިހުން ދިން.. އަހަރެންނަކަށް ނޭނގެ އެ ވީޑިއޯ ކުރީ ކާކު ކަމެއްވެސް.. އަހަރެންނަށް އެނގޭ ކަމަކީ އެމީހެއްގެ މަގްސަދަކީ އަހަރެންނާ އިނާ ދުރުކުރުންކަން.. އެކަން ކާމިޔާބު ވެއްޖެ މިހާރުދެން.. ” ހިތި ގޮތަކަށް ހިނިތުންވެލަމުން ރާކިން ބުންޏެވެ. ” އައިމް ސޯ ސޮރީ.. އެ ވީޑިއޯ ފޮނުވީ ޝިޔާން.. އަހަރެމެން ގޭގެ ވެރި މީހާގެ ދަރިފުޅު.. ” މައިރީން ބުންޏެވެ.
ރާކިން ވިސްނާލިއެވެ. ޝިޔާންއަކީ އޭނައަށް އައު ނަމެއް ނޫނެވެ. ޝިޔާންއޭ ބުނުމުން ނޭނގޭ މީހެއް މަދުނުވާނެއެވެ. އެއީ ރިސޯޓުގައި ވަޒީފާ އަދާކުރާ ޒުވާނެކެވެ. އެއްފަހަރު މަސްތުވާތަކެއްޗާއެކު ޕާޓީ ކުރުމުގެ ކުށުގައި ހައްޔަރު ކުރެވުނެވެ. އޭނަ ގޭންގްއަކާ ގުޅުން އޮންނަ ކަމަށްވެސް އޭރު ކިޔެވެ. އޭގެ ހަގީގަތެއް ރާކިންއަކަށް ނޭނގެއެވެ. ޝިޔާން ވަޒީފާ އަދާކުރާ ރިސޯޓުގެ މެނޭޖަރަކީ އޭނާގެ ބައްޕަ ފަޔާޒެވެ. ފަޔާޒަކީ ސިޔާސީ ކަންކަމުގައި އަރައި ހުރި މީހެކެވެ. ޝިޔާން އެފަހަރު ދޫކޮށްލެވުނީ ސިޔާސީ ނުފޫޒު ބޭނުން ކުރުމުގެ ސަބަބުންނެވެ. އޭގެ ފަހުން އޭނަ ރިހެބްއަށް ދިޔަ ކަމަށް އެނގިފައިވެއެވެ. ރާކިން ނުކުތާތައް ގުޅުވައިލިއެވެ. އޭނައަށް މިހުރިހާ ދުވަހު ފާރަލި މީހަކީ ޝިޔާންއެވެ. ނަމަވެސް އޭނައާ އައިނާއާ ދުރުކުރުމުން ޝިޔާންއަށް ވަނީ ކޮން ފައިދާއެއް ބާއޭ ރާކިންގެ ހިތަށް އެރިއެވެ.
” ރާކިން.. އަހަރެން ދެން ގެއަށް ގޮސްލަނީ.. އައިއަށް ހަގީގަތް ކިޔާދެވޭތޯ މަސަކަތް ކުރާނަން ޕްރޮމިސް.. ” މައިރީންއަށް ޝުކުރުއަދާކުރަމުން ރާކިން ދިޔައީ އޭނަ ގެއަށް ލައިދޭށެވެ. ގަޑިން މިހާރު އެގާރަ ޖަހަނީއެވެ. އެހާއިރު އެކަނި އަންހެންކުއްޖެއް ގެއަށް ފޮނުވުމަށް އޭނާގެ ހިތެއް ނުރުހުނެވެ. ގެއަށް ދެވުމުން މައިރީން ރާކިންއަށް ޝުކުރު އަދާކުރިއެވެ. ރާކިން ހިނިތުންވެލުމަށްފަހު އޭނާގެ ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.
ވަގުތުގެ ގޮތުން ރަށުތެރެ ފެންނަނީ ފަޅުކޮށްށެވެ. ހަނދުވަރު ނުދޭ ރެއަކަށްވުމުން ރޭގަނޑުގެ ކަޅު އަނދިރިކަން ވަނީ ރަށުތެރެއަށް ފެތުރިފައެވެ. އަޅިކުލައިގެ ކަފަ ވިލާތައް އެކި ފަރާތް ފަރާތަށް ފިރުކެމުން ދިޔައީ ވިއްސާރައިގެ ކުލަވަރު ދައްކަމުންނެވެ. މަގުތަކުގައި ހުރި ހޮޅިދަނޑިތަކުގައި ޖަހާފައިހުރި ބޮކިތަކުގެ ފަނޑުއަލިކަން ފެތުރިފައި އޮތެވެ. ދޫނިސޫފާސޫފި ގޮވާ އަޑުނޫން އެހެން އަޑެއް ނީވެއެވެ. ރާކިން ހިނގަމުން އޭނާގެ ގެ ހުރި މަގަށް އަޅައިލިއެވެ. އެވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ އަންހެންކުއްޖެއްގެ ވޭނީ ހަޅޭކުގެ އަޑެވެ. އެއަޑު އަންނަ ދިމާ ދެނެގަނެވޭތޯ އޭނަ މަސައްކަތް ކުރިއެވެ. ދެވަނަ ފަހަރަށް އެއަޑު އިވުމުން އޭނަ ދުއްވައިގަތީ އެއަޑު އައި ދިމާލަށްށެވެ. އޭނަ ވަތް ގޯޅިގަނޑުގައި ހުރި ހޮޅުދަނޑީގެ ބޮކިވަނީ ނިވިފައެވެ. އެހެންކަމުން އެތަން ފެނިގެން ދަނީ ވަރަށް އަނދިރިކޮށެވެ. އެދިމާލަށް ދިޔަވަރަކަށް އެ އަޑު ބާރުވަމުން ދިޔައެވެ. ފޯނުން އަލިކުރަމުން ގޮސްގޮސް ހުއްޓައި ފޯނުގެ ބެޓެރި ހުސްވެގެން ނިވިގެން ދިޔައެވެ.
އަމިއްލަ ބޮލުގައި ޖަހާލަމުން އޭނަ މަޑުމަޑުން އަޑު އަންނަ ދިމާލަށް ހިނގައި ގަތެވެ. އަޑުއަންނަ ދިމާލަށް ގޮސް ބަލައިލިއެވެ. އަނދިރިއަށް ކޮންމެވެސް ވަރަކަށް ލޯ ހޭނިފައިވުމުން އޭނައަށް ކޮންމެވެސް ވަރަކަށް ފެނެއެވެ. ކުއްލިއަކަށް އޭނާގެ ފައި އެއްޗެއްގައި އަޅައިގަތުމުން ތިރިވެލިއެވެ. އެވަގުތު އެއިން ދިއްލެމުން ދިޔަ ނޫކުލައިގެ އަލި އޭނައަށް ފެނުނެވެ. އޭނަ ކޮންމެވެސް ވަރަކަށް ސިހިގެން ދިޔައީ އެ ބްލޫޓޫތް ސްޕީކާރއިން އޭނައަށް އަޑުއިވުނު އަންހެނެއްގެ ވޭނީ ހަޅޭކުގެ އަޑުއިވުމުންނެވެ. އެއާއެކު އޭނާގެ ހަވަނަ ހިއްސު ކޮންމެސް ނުބައެއް އުޅޭކަމުގެ އިންޒާރު ދިނެވެ. އޭނަގެ ފަހަތުން މީހެއްގެ ހިލަމެއްވުމުން މޫނު އަބުރައިލަން އުޅުނެވެ. ކުއްލިއަކަށް އޭނާގެ ބޮލުގެ ފުއްކިބައަށް އަރައިގެން ދިޔަ ހަމަލާއިން ވީތަދުން އޭނަ ބާރަށް ހަޅޭލަވައިގަތެވެ. ދެވަނަ ހަމަލައާއިއެކު އޭނާގެ ބޮލުން ލޭގަނޑު އޮހޮރިގެން ދިޔައެވެ. އެއާއެކު އޭނާ ބިންމައްޗަށް ވެއްޓިގެން ދިޔައެވެ. ވެލިގަނޑު ރާކިންގެ ލެއިން ފެވެމުން ދިޔައިރު، ފުސްވަމުން ދިޔަ ދެލޮލުން އޭނައަށް ކަޅުކުލައިގެ ފިރެހެނެއްގެ ބޫޓެއް ފެނިގެން ދިޔައެވެ. ބޮލަށް ވާތަދުން ކެތްނުވެގެން ތެޅެފޮޅެމުން ދިޔަ ރާކިންގެ ހޭވެރިކަން އޭނަ ދޫކޮށް ހިނގައްޖެއެވެ.
***
ރޭގަނޑުގެ އަނދިރިކަން ނިމި ދުވާލުގެ އަލިކަމަށް އިރު މަރުހަބާ ކިޔެވެ. އިރުގެ ރަންދޯދިތަކުން ދުނިޔެ އަލިކުރަމުން ދިޔައިރު ފަތިހުގެ ފަޒާގައި ވާރޭގެ ސަބަބުން ހިފައިފައިހުރި ފިނިކަން ހޫނުކަމަށް ބަދަލުކޮށްލިއެވެ. އުޑުމަތީގައި ހުދުހުދު ކަފަ ވިލާތައް އެއްކޮޅުން އަނެއްކޮޅަށް ދަތުރު ކުރަމުން ދިޔައިރު އިރު އޭގެ އަލިން ލޯތައް ފިއްސަމުން ދިޔައެވެ.
އިރުގެ އަވިން ރައްކާތެރިކަން ހޯދުމަށްޓަކައި މައިރީން ހުރީ އަވިއައިނެއް އަޅައިގެންނެވެ. ރޭގެ ވިއްސާރަކަމުގެ ބަދަލު އިރުގެ ހޫނުކަމުން ދޭން އުޅޭހެން ހީވިއެވެ. މައިރީން ހުރީ އައިނާމެން ގޭ ދޮރުމަތީގައެވެ. އޭނަ މިއަދު އައީ އައިނާއަށް ރާކިންއާ މެދު ކުރެވިފައޮތް ކުއްހީ ރަނގަޅު ނޫންކަން އަނގައިދޭށެވެ. މައިރީން ޓަކި ޖަހަންފެށުމުން ދޮރު ހުޅުވީ އައިނާގެ ކޮއްކޮ ޒީނާއެވެ.
” ހޭއި ޒީ ކިހިނެތްތަ؟؟ ކޮބާތަ ދޮންތި؟ ” މައިރީން ހިތްހެޔޮ ހިނިތުންވުމަކާއި އެކު ވާހަކަ ދެއްކިއެވެ. ” ޒީ ރަނގަޅު މައިއްތަ ކިހިނެތް؟؟ ދޮންތި އަދި މިއަދު ކޮޓަރިން ނުނިކުމޭ… މައިއްތައަށް އެނގޭތަ މާކް މިހާރު ސްކޫލްގަ އުޅެނީ ޕްލޭބޯއިއެއް އުޅޭހެން.. ޒީގެ ފްރެންޑްއަކާވެސް ޑޭޓްކޮށްފަ ރުޅިވެއްޖެ.. ” ޒީނާ އަނގަޔަށް ގޮތެއް ހަދައިލަމުން ބުންޏެވެ. ” މާކްބެއެއް ނޫންތަ؟؟ ” މައިރީން ހިތަށްއެރި އެއްޗަކުން ލާނެއް ފާޑަކަށް ހޭންފެށިއެވެ. ” ސޮރީ ސޮރީ ޒީ އެހެންނޫނީ މާކްބެ ކިޔާތީ.. މައިއްތަ މަމް ކައިރީ ކުޓުވާލާނަން ތިވާހަކަ.. ޒީ ފްރެންޑް އޯކޭތަ؟؟ ” މައިރީން އެހުމުން ޒީނާ ބޯޖަހައިލިއެވެ. މައިރީންވެސް ހީލަމުން ބަސްއަހައިގެން އުޅެއްޗޭ ކިޔާ ޒީނާގެ ބޮލުގައި ފިރުމާލުމަށްފަހު އައިނާގެ ކޮޓަރީގެ ދޮރުގައި ޓަކިދޭން ފެށިއެވެ.
މިނެޓެއް ހާއިރުފަހުން އައިނާ ދޮރުހުޅުވިއެވެ. ލައިގެން ހުރި އެއްޗެހިންނާއި ހޭވިފައިވާ އިސްތަށިގަނޑު ފެނި ދެންމެ ނިދާ ހޭލައިގެން ހުރިކަން އެނގެއެވެ. ދެލޯ ދުޅަވެފައި ހުރުމުން ރޭގަ ގެއަށް އައިސް އައިނާ ރުއިކަން މައިރީންއަށް އެނގެއެވެ. އެކުވެރިޔާގެ ރަތްވެފައިވާ ދެލޯ ފެނުމުން މައިރީންގެ ހިތަށް އަސަރު ކުރިއެވެ. އައިނާ މައިރީން ފެނުމުން ހީލަމުން އެތެރެއަށް ވަންނަން ބުންޏެވެ. މައިރީން ހިނގާފައި ގޮސް އައިނާގެ އެނދުގައި އިށީނެވެ.
ކޮޓަރިތެރެ ވަނީ ތަރުތީބު ކުރެވިފައެވެ. ނުލާއި ހުދުން ކޮޓަރި ޒީނަތްތެރި ކުރެވިފައިވާއިރު ހިތްގައިމު ކަމަށް ދައްކައެވެ. ސިންގަލް އެނދުގައި ވަނީ ކަނޑު ނޫކުލައިގެ ބެޑް ކަވާރަކާއި ރަޖައެއް އަޅާފައެވެ. އެނދުގައި ހުރި ހެޑްބޯޑްގައި ވަނީ ތަފާތު ދިވެހި ވާހަކަ ފޮތްތަށް އެތުރާލެވިފައެވެ. އެގޮތުން އައިނާއަކީ ވާހަކަ ކިޔަން ޝައުގުވެރިކަން ހުންނަ ކުއްޖެއްކަން އެނގެއެވެ. ދޮރުންވަންނަތާ ކަނާއަތް ފަރާތުގައި ބޮޑު އަލަމާރިއެއް ހުއްޓެވެ. އެ އަލަމާރީގައި ދިގު ލޯނޑެއް ހަރުކުރެވިފައިވެއެވެ. ވާތްފަރާތުގައި ސްޓަޑީ ޓޭބަލްއަކާއި ޑްރެސިން ޓޭބަލްއެއް ހުއްޓެވެ. ސްޓަޑީ ޓޭބަލް ހުންނަނީ ކުޑަދޮރުން ބޭރު ފެންނަ ގޮތަށްކަމުން އެގޭ ބަގީޗާގައި ހައްދާފައިވާ އެކި ވައްތަރުގެ މާމެލާމެލީގެ ގަސްތައް އެތަނުން ވަރަށް ރީތިކޮށް ފެނެއެވެ.
މައިރީން ވާހަކަ ދައްކާލަން އަނގަ ހުޅުވައިލިއެވެ. ” އައި ރާކިން- ” އައިނާ ވަގުތުން މައިރީން ބުނަން އުޅުނު އެތި މެދު ކަނޑައިލިއެވެ. ” މައި ޕްލީޒް އޭނަގެ ވާހަކަ ދެން އައި ކައިރީ ނުދައްކާތި.. އައި ޖަސްޓް ވޯންޓު މޫވް އޯން.. ޕްލީޒް.. ” އައިނާގެ އާދޭސްތަކަށް ބީރު ކަންފަތެއް ދޭން މައިރީންއަށް ނުކުޅެދުނެވެ. އެހެންކަމުން މަޑުމަޑުން ބޯޖަހައިލިއެވެ. ” އެހެން ވާހަކައެއް އެބައޮތޭ.. އައި ފާހަގަވިތަ.. ޒީ މިހާރު މާކްއަށް މާކްބެ ކިޔުން ހުއްޓާލާފިއޭ.. ” މައިރީން ލާނެތް ރާނގަކަށް ބުންޏެވެ. އެއާއެކު އައިނާގެ ދެލޯ ބޮޑުވިއެވެ. ދެން އެ މޫނު މަތިން ފެނިގެން ދިޔައީ ލާނެތްކަމުގެ ކުލަވަރެވެ. ” އަސްލުވެސް؟؟ ޒީ އާ ދިމާކޮށްލާނަން އަދި މިހެން އުޅެފަ.. ވަގު މީހެކޭ.. އެހެންނޫނީ އައިއަށް ކިރިޔާ ކަމެއް ވިޔަސް ކިޔާދޭނެ.. ” އައިނާ ހެމުން ބުނެލިއެވެ. މައިރީން ވެސް އައިނާގެ ހުނުމުގައި ބައިވެރިވެލިއެވެ.
މައިރީންގެ ފޯނު ކުއްލިއަކަށް ރިންގްވާން ފެށިއެވެ. ބަލައިލިއިރު މަޔާންއެވެ. އައިނާއަށް ފޯނު ދައްކާލަމުން މައިރީން ފޯނު ނެގިއެވެ. އައިނާ އުޅުނީ ފެންވަރަން ފާހަނައަށް ވަންނާށެވެ. އެހެންނަމަވެސް އޭނާގެ ފައިގައި ކަސްތޮޅު އެޅިގެން ދިޔައީ މަޔާން ރާކިންގެ ނަން ކިޔައިލިހެން ހީވެގެންނެވެ.
” މައި މިއަދު ރާކިންއާ ދިމާވިތަ؟؟ ” މަޔާން ހާސްވެފައި ހުރެ އަހައލިއެވެ.
” ނޫން.. ރޭގަ މައި ގެއަށް ލާފަ އޭނަ ދިޔައީ.. ދެން ނުފެނެ އޭގެފަހުން.. ” މައިރީން އައިނާއަށް ބަލައިލަމުން ބުންޏެވެ. އެވަގުތު އައިނާގެ މޫނުން ހައިރާންކަން ފެނިގެން ދިޔައެވެ. އައިނާއަށް ރަކިން ހެދިގޮތުން އައިނާއަށް ވުރެ ބޮޑަށް މައިރީން ރާކިންދެކެ ރުޅިއައެވެ. ނަމަވެސް ރޭގަ މައިރީން ގައަށް ދިޔައީ ރާކިންއާ އެކީއޭ މަޔާން އެބުނީ ކީއްވެބާއޭ އައިނާގެ ހިތަށް އެރިއެވެ.
” ކީއްވެ ދޮންބެ ރާކިންއާ ދިމާވިހޭ އެހީ.. ” މައިރީން އައިނާއަށް މޫނު ނުދައްކަން ކުޑަދޮތާ ދިމާލަށް ދަމުން އަހައިލިއެވެ.
” ރާކިން މިއަދު މާލެ ދާން އުޅުނީ އެކަމަކު އޭނައަށް ގުޅަގުޅާ ފޯނެއް ނުނަގާ.. އާހިލް ދިޔައީމަ އެނގުނީ ރޭނގަ ރާކިން ގެޔަށް ނާންނަކަން.. ދޮންބެ ކުޑަކޮށް ބިޒީ ވެއްޖެ ދެން ބާއްވަނީއޭ.. ލަވް ޔޫ މައި.. ” މަޔާން ފޯނު ބޭއްވީ މައިރީން އޯކޭއޭ ބުނުމުންނެވެ.
އޭރު އާހިލް ދިޔައީ އޭނާގެ އޮފީހުގައި ހުރެ ދެކޮޅަށް ހިނގަމުންނެވެ. އޭނަ ހުރީ އިންތިހާއަށް ހާސްވެފައެވެ. އޭނާގެ ހިތް ދިޔައި ކޮންމެވެސް ނުބައެއް އުޅޭ ކަމަށް ކަނޑަނޭޅި އިންޒާރުގެ ރަތް ސިގްނަލް އަޅަމުންނެވެ. ” ކަލޭ ހަމަޖެހިބަލަ.. މީނަ ހީވަނީ ރާކިންގެ އަންހެނުންހެން.. އަދި ނުވޭނުން އެހާ ނެގެޓިވްކޮށް ވިސްނާކަށް.. ވެދާނެ އަހަރެމެން ތަޅުވާލަން އޭނަ އެހެން ލާންޗްއަކުން ދިޔައީ ކަމަށްވެސް.. ” އާހިލްގެ ހާސްކަން ކުޑަކުރުމުގެ ގޮތުން މަޔާން ބުންޏެވެ. ” ކަލޭ ހުރޭ މަޑުން.. މީ މަގޭ މައްސަލައޭ.. އޭނަ ބަޔަކު ފާރަލާ ވާހަކަ ބުނީމަ ޖެހޭނެދޯ ރަށުން އޭނަ ނެރެން.. އޭނަ އެއީ އެކަހަލަ ސަކަރާތް ޖަހާކަހަލަ މީހެއް ނޫން.. ” އާހިލް ބޮލުގެ ފުއްކިބައިގައި މަޑުމަޑުން ޖަހައިލަމުން ބުންޏެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Maashaa Allah vrh reethi mi part vx….
Thank you Craxy_Baby
Mi part ves v reethi masha Allah
Can’t wait for next part
Keep it up.
Thank you Cutie girl.. next part insha allah thursdayga or eyge kurinvx vaguthu vejjeyya up kohdheynan insha allah
Woww maash this part is amazing.even i didn’t think ingey mihaa interesting vedhaane ekey mi part.haadha curious kohlaafa ey thi ninmaali.neynge vaahaka nimun iru vx.i mean mi episode.i love it.alhey ai ah dhen raakin ge hageegai ingen vejje ehnu dho keekey maash bunani.hama next ge inthizaaru ga.raakin ah vee goi balaa hithun.ehen kudhin shiyaan tha shayaan tha name vx handhaan nei🤔.e kujja gold akah hadhaathee ey e kujja ehaa nubai ee.rifoo ge friend akah vx kiyaane shiyaan and shayaan.ehenve name olhuny e.ekam he is not that bad 😉dhen kon irakun next part kiyaalan libeyni.i am waiting…
And sorry maash i was buxy these days ehenve comment nukureveni.rifoo ge vaahaka ge comment thakah vx reply dheny varah vaguthu hoadhaigen and Rifoo mi vaahaka kiyaafa comment kuran balaa iru neendhe comment kurevrykah ehenve aslu comment nukurevuny.mi dhuvas kolhu dhas kuran vx baivaru ehchihi dhey ehenve dhen kurin vaa hen abadhu abadhu nubeleythi dhen comment nukohlevuny.vaahaka liyan vx nulibey school onna dhuvas thakaku vaguthei.hama jeheni school noanna dhuvas dhuvahu liyan.ekam miadhu iraadha kurehvee thee thankolhei faseyha dhuvaheh
Dhen miadhu nuves fenun in asr vaguthu belin dho ekam vx eyru nufenun mi vaahaka eh.ekam fahun fenuny dhenme u was so surprised 😯 fenuny ma aslu varah dhuvas nuviyas enme fahun vaahaka kiyaalan libun dhuvahun fashaigen mi hury mi vaahaka ge inthizaaru ga.i love this story ehen stories ah vure bodah.because maash dhuvahah submit kohdheythi and varah molhu vaahaka liyan.i am speechless hehe.cause of your writing skill.may Allah bless you.
When is next part darling
Love you maash
Thanyou so much rifoo.. raakin ge hageegai vrh avahah iraadha kurehviyya ingeyne.. shiyaan kiyany hehe.. vedhaane hama ehen vx.. dhen oii part insha allah thursdayga or eyge kurinvx vagutheh viyya submit kohlaanan.. sorry bunaakah nuvey rifoo.. Maash ahvx ingey schl hulhuvuneema busy vaanekan.. maash vx schlga mihaaru noolhunas kudhinnah tiu dhee job ah dhaathy vrh busy.. rifoo ge faraathun mi part ah comment eh libuneyma vrh happy vejje.. I’m trying my best readers happy vaa gothah story liyeveythw.. and story liyan fesheyma i found out that I really love writting.. maash vrh kuraa hithun kuraa kameh mi mihaaru.. Readers ge comments fenuneyma vrh motivate vey story liyan vx.. goodluck on your studies dear.. next part on thursday or e ah vure avahah..
love you more dear💜🦋
Hey … its been a while
Hws you darling
I saw your comment a bit late sorry for that darling .
Thank you so much durl… one of the most best 💕💕💕😘
I have read your stories
And it was awesome 🤩💕💕
Masha allah 🌸
Will text you through instagram insha allah🥹💕
Heyyy Annora dear.. long time no see
I’m good alhamdhulillah.. How are you dear?
vrh happy vejje one of my fav writer ehge comment eh libunyma😄
Thankyou sis vrh happy vejje my stories kamudhiyakan enguneema and read kuri kanvx♥♥
waiting for your text then😊
Lyssm💜🦋
Mi part ves vrh vrh reethi.. Masha Allah..
Heeves nukuraa kahala gothakah mihaaru mi dhanyy😩
Shiyaan dheke foohi vehje mihaaru.. Andd Raakin ah dhera gotheh nuhadhahcheyy😭😭 He’s my fav mihaaru😭😭😬
Dhennn Raakin n Aina anehka ves gulheyne nama😩
Heyy Lily
Thankyou so much vrh happy vejje lily ah part reethi v kan enguneema<3
hehe yess vrh heenukuraa gothakah mihaaru edhany dhw..
Lets see raakin ah vaa goi dhw..
I'll tell raakin that😭😭
Lets see Aina and raakin gulhey thw dhw♥