Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…42

Anonymous Level 4100 Login10 Stories100 Comments
June 25, 2024 4 Mins Read
23 Comments

ހިތުގައި ސުވާލު އުފެދިފައިވާ ހާލު ޒައިދާން ލޯ ހުޅުވާ ބަލާލި އިރު ކުރިމަތިން ފެންނަން ހުރީ ޒުވާން ފުރައިގެ ފިރިހެން ކުއްޖެކެވެ.މޫނުމަތިން އަދި އަށާރަ އަހަރު ވެސް ނުފުރޭނެހެން ހީވާ ފަހަރު ފަހަރު ވެސް އާދެއެވެ.”ޝައުން”ސަލާމަށް އަތް ދިއްކޮށްލަމުން އެ ޒުވާނާ އަމިއްލަ އަށް ތައާރަފް ވެލިއެވެ.”ޒައިދާން”ޒައިދާން ވެސް ޝައުންގެ އަތުގައި ހިފަން ނުކެރިފައި ހުރެވެސް ޝައުން ދިއްކޮށްލި އަތުގައި ހިފާ ސަލާމްކޮށްލަމުން ހިނިތުންވެލިއެވެ.މާވާހަކަ ގިނަ ނުކޮށް ޝައުން އޭނާ އައި މައުޟޫ އާއިގެން ކުރިއަށް ދިޔައެވެ.ޝައުން އެންމެ ފުރަތަމަވެސް ބުނެލި ޖުމުލައިން ޒައިދާންގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ.

***********************

“ޝަހްނާ އަށް މިވަޒީފާ ނުދޭތީ.އޭނަ ކިތަންމެ ލާރި އެއް ދިނަސް”ޝައުން ގެ ދެބުމަ ގޮށްޖެހިގެން ދިޔަ އިރު އަޑުން ވެސް ނުރުހުންތެރިކަން ފާޅުވެއެވެ.”އަޅުގަނޑެއް ނުހިފަން އޭނަ ދިން ލާރި އަކު.ދެން ކިހިނެތް އޭނަ އަށް ވަކި ގިނަ މާކްސް ތަކެއް ދީގެން މިވަޒީފާ އޭނަ އަށް ދޭނީ”ޒައިދާން ބުނެލީ ޝައުން އަށް ޝަހްނާ އޭނާ ލާރި ދިން ކަން އެނގުމުން ސުވާލު އުފެދިފައި ހުރެއެވެ.”އޭނަ އަށް ވަޒީފާ ނުދޭތި.އޭނަ އަށް ވަޒީފާ ދީފިއްޔާ މުޅި މި ތަނުގަ ކަންތައްގަނޑެއް ހިންގާލާފަ ނޫނީ މައިތިރި ނުވާނެ.އޭރުން ޒީކާން ގެ މި ވިޔަފާރި އަށް ހުރިހާ ގެއްލުމެއް ވާނީ.ހަމަ ޒީކާން ގެ އަގު ވެއްޓޭނީ ވެސް”ޝައުން ޝަހްނާގެ ވާހަކަ ދެއްކާ ކޮންމެ ފަހަރަކު ވެސް މޫނުމައްޗަށް ނުރުހުންތެރިކަން ފާޅުވެއެވެ.ޒައިދާން ގެ ޖަވާބަކަށް މަޑުކުރުމެއްނެތި ޝައުން އެކޮޓަރިން ނިކުމެގެން ދިޔައީ ހަލުވި ފިޔަވަޅުތަކެއްގައި އެވެ.ޝައުން ދިޔައީ ޒައިދާންގެ ހިތުގައި ސުވާލު މާކު ތަކެއް އުފައްދާފައި އެވެ.

**********************

ދެލޯ މަރާލައިގެން އޮތް ޒައިދާން އަށް ނިއްކުރީގައި އަތް ކާއްތާލެވުނީ މި ވަނީ ކިހިނެތް ކަމެއް ވެސް ނޭނގި ހުރެއެވެ.ޝަހްނާގެ ވާހަކަ އިން ޝަހްނާ މިވަޒީފާ ކޮންމެހެން ވެސް ބޭނުން ވެގެން އުޅޭކަން ޒައިދާން އަށް ވިސްނުނެވެ.ދެން ހުރީ ޝައުން އެވެ.ޝަހްނާ އަށް ވަޒީފާ ނުދިނުމަށް ބާރު އަޅާ މީހަކީ އެއީއެވެ.ނަމަވެސް ނޭނގެނީ ސަބަބެވެ.ޝަހްނާ ވަޒީފާ އަށް އައިސްގެން ޒީކާން އަށް ގެއްލުމެއް ލިބެންވީ ސަބަބެއް ޒައިދާން އަށް ވިސްނާ ވިސްނާ ވެސް ނޭނގުނެވެ.މިކަންތައްތަކުގައި އަޑި ނޭނގޭ ސިއްރެއް ވާކަން ޒައިދާން އަށް ގަބޫލުކުރެވުނީ މިހިސާބުންނެވެ.

 

ހަވީރުގެ ހިތް ފަސޭހަ ވަގުތެވެ.އާރޓިފިޝަލް ބީޗުގައި އިން އައިކާ ދިޔައީ ފޯނުން އޭނާ އަށް މެލޭޝިޔާގައި އުޅުނު އިރު ދިމާވި ކުއްޖަކާއި ވާހަކަ ދައްކަމުންނެވެ.ފަހަރަކު މެސެޖެއް ފޮނުވުމުން ދިޔަ އައިކާ އަށް ސިހުމެއ ލިބުނީ އަންހެން ކުއްޖަކު ކައިރިން ވާހަކަ ދައްކާ ހެން ހީވުމުންނެވެ.”އައިކާ.ކޮބާ ހާލު ރަނގަޅު ތަ؟”އައިކާ އެ އަންހެން ކުއްޖާ އާއި ދިމާލަށް ބަލައިލީ ބީރައްޓެހި ނަޒަރަކުން ނެވެ.ކުރިމަތީގައި ހުރި އަންހެން ކުއްޖާ އަކީ ކާކު ކަމެއް ވިސްނާ ވިސްނާ ވެސް އައިކާ އަކަށް ނޭނގުނެވެ.”ސާބަސް އައިކާ އަށް މީ ފައިހާ އޭ”ފައިހާ އަމިއްލަ އަށް ތައާރަފް ވެލީ އައިކާ އަށް އޭނާ ނޭނގުމުން ޝަކުވާކުރަމުންނެވެ.

 

“އޯހ ފައި ދޯ.ނޭނގޭނެ އެއްނު ދޯ އެހާ ދުވަސް ފަހުން ދިމާވީމަ ވެސް”އައިކާ އާއި ފައިހާގެ ބޮޑު ރަސްގެފާނު ވާހަކަ ފެށުނީ ދެނެވެ.”ފައި އައީ އެކަނި ތަ؟”ވާހަކައިގެ ތެރެއިން އައިކާގެ ސުވާލު ކުރިމަތިވީ ފައިހާ އާއި އެވެ.ފައިހާގެ ފަހަތް އައިކާ ބަލާލީ ފައިހާގެ ފަހަތުން އެއްވެސް މީހަކު އައި ތޯ ބެލުމުގެ ނިޔަތުގައި އެވެ.އެވަގުތު އައިކާގެ ލޮލުގައި އަޅައިގަތީ އެދެމީހުންނާއި ދިމާލަށް އައި އަލީކް އެވެ.އޭރު އަލީކްގެ އަތުގައި ޗޮކްލެޓް އައިސް ކޯނަކާއި ވެނީލާ އައިސް ކޯނެއް އޮތެވެ.”ނޫނޭ އައީ ފައިގެ ބީ އެފް އާ އެއްކޮށް.އޭނަ ވީ މިގަޑީގަ އައިސް ކޯން ބަލާ ގޮސް”ފައިހާ ހީލަމުން އެހެން ބުނެލުމާއި އެކީ އައިކާގެ ހިތް ޝައްކާއި ވަހުމުން ފުރިގެން ދިޔައެވެ.

 

އައިކާ މާވަރަކަށް ފައިހާގެ ފަހަތް ބަލަން ފެށުމުން ފައިހާ ވެސް އެނބުރި ބަލާލި އެވެ.އެވަގުތުވީ އަލީކް ވެސް އެދެމީހުންނާއި އަރާ ހަމަ ކުރި ވަގުތަށްށެވެ.”ސަޕްރައިޒް.މީ ފައިގެ ބީ އެފް.ދެން އައިކާ އަށް އަލީކް އިނގެ އެއްނު.އަލީކް އެންޑް އައިކާ ތީ އެއް ގްރޫޕެއް ނުން ދޯ.އެކަމް އަލީކް ބުންޏޭ އަލީކްގެ ގްރޫޕް އެއްވެސް މީހަކަށް ނޭނގޭނެ އޭ އަލީކް ރައްޓެހިވެގެން އުޅެނީ ފައި އާ ކަމެއް”ފައިހާ ހިނިތުންވެލަމުން އަލީކްގެ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ.އޭރު އަލީކް ހުރީ ހުރި ގޮތަށް ހުއްޓުން އަރާފައި އެވެ.އައިކާ އަށް ވެސް ވީ އެވަރެވެ.

 

“ކޮންގްރެޓްސް ދެކުދިން.އައިކާ އަކަށް ވެސް ނޭނގެއޭ ކޮން ފައި އެއް ކަމެއް”އައިކާ ހަގީގަތުގައި އެހެން ބުނެލީ އަލީކް އާއި އޭނަގެ އާއި ދެމެދު މީގެ ބަރާބަރު ތިން އަހަރު ކުރިން ހިނގި ނުތަނަވަސްކަން ފައިހާ އަށް ދައްކަން ބޭނުން ނުވާތީ އެވެ.އޭނާ އަށް އަލީކް އުޅެނީ ކުއްޖަކާއި ރައްޓެހިވެގެން ކަން ވެސް އިނގުނީ އިއްޔެ އެވެ.އެވެސް އަލީކް ބުނެގެންނެއް ނޫނެވެ.އަލީކް އަށް ފައިހާ އިއްޔެ ގުޅުމުން އިނގުނީ އެވެ.

 

“ދަނީއޭ”ފައިހާ އަލީކްގެ އަތުގައި ހިފައިގެން ދާން ހިނގައިގަތީ އަލީކްގެ އަތުގައި އޮތް ވެނީލާ އައިސްކްރީމް ނަގަމުންނެވެ.އެވަގުތު ޖެހިލި ވައިރޯޅި އަކާއި އެކީ ފައިހާގެ ނިއް މައްޗަށް އިސްތައްޓެއް ވެއްޓުމުން އަލީކް އެއިސްތަށި އޭނާގެ އަތުން އެއް ފަރާތް ކޮށްލަމުން އައިކާ އާއި ދިމާލަށް ބަލައިލީ އައިކާގެ ފަރާތުން ބަދަލެއް ފެނޭތޯ އެވެ.ނަމަވެސް އައިކާ ހަމައެކަނި އޭނާ ބަލާލުމުން ހިނިތުންވެލީ އެވެ.އައިކާގެ އެ އަޅާލުން ކުޑަ ކަމުން އަލީކްގެ ހިތުގައި ޖެހުނެވެ.އަލީކް ހީކުރީ އައިކާ މިހާރު އޭނާ ދެކެ ލޯބިވާ ކަމަށްށެވެ.ނަމަވެސް އައިކާގެ އެ ހަރަކާތުން އައިކާގެ ހިތް ދުވަހަކު ވެސް އަލީކް އަށް ނުލިބޭނެކަމަށް އަލީކް ނިންމިއެވެ.

 

އައިކާ އާއި އަލީކް ލޮލުކޮޅަށް ގެއްލެމުން ދިޔަ މަންޒަރު ބަލަން ހުރި އައިކާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.އަލީކް ގެ ހަރަކާތްތަކުން އެކަނި ވެސް އައިކާ އަށް އަލީކް ލޯބި ވަނީ ފައިހާ ދެކެ ކަން ނަގައިގަނެވުނެވެ.އޭނާ އަށް ހީކުރެވުނުހެން އަލީކްގެ ހިތް އޭނާ އެނބުރި އައި އިރު އެވަނީ ބަދަލު ވެފައި އެވެ.އަލީކް ގެ ލޯބި ގަބޫލު ކުރެވުނު ނަމަ އެވެ.އަލީކްގެ ހިތުގައި އޭނާ އަށްޓަކައި ލޯބި އޮތް ނަމައެވެ.ނަމަވެސް އައިކާ އަށް އިނގޭ އެއް ކަމެއް އެބަ އޮތެވެ.ނަމަ އަކުން ކެއްކޭނެ ރިހަ އެއް ނޯންނާނެއެވެ.ފުރަތަމަ ފަހަރަށް އައިކާ ގެ ހިތުގައި ފައިހާ އަށް ޓަކައި ހަސަދަވެރިކަމެއް އުފެދި ދާނެތީ ބިރުގަތެވެ.

 

މަޑު ނޫކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސް އެއް ލައިގެން ހުރި ކިޔާން އެނދުގައި އޮތް ފޯނުނަގައި ނުކްޝާން އަށް ގުޅާލަމުން ކޮޓަރިން ނިކުތެވެ.”ހަލޯ ކޮންތާކު ތި ހުރީ؟”ކިޔާން ބުނެލީ ގެ ބޮޑު ދޮރުން ވެސް ނިކުމެލަމުންނެވެ.ނުކްޝާން އަށް ފޯނު ނެގޭ ވަރުވީ އަދި ކިރިޔާ ވިއްޔާއެވެ.”މަ ޒީކްމެން ގޭގަ އެގެ އަށް އާދެބަލަ”ނުކްޝާން ގެ ޖަވާބު ކިޔާން އަށް ލިބުމާއި އެކު އާނއެކޭ ބުނަމުން ކިޔާން ފޯނު ކަނޑާލިއެވެ.

 

ކަޅު ފޮއެ އަނދިރި ރޭގަނޑެކެވެ.އެހެން ނޫނީ އުޑުމަތީގައި ރަސްކަން ކުރާ ހަނދާއި އޭތީގެ ބައިވެރިން ގެ ހަބަރެއް ވެސް މިރެއަކު ނެތެވެ.އޭގެ ބަދަލުގައި އުޑުމަތީގައި ރަސްކަން ކުރަމުން ދިޔައީ ކަޅު ބޮޑެތި ވަލާތަކެވެ.ޖެހޭ ވައިރޯޅިތައް ވެސް ހިނދަކަށް ފަހު ހިނދެއް ދިޔައީ ބާރުވަމުންނެވެ.ކިޔާން އޭނާގެ ސައިކަލު ގެ ސްޕީޑް ބާރު ކޮށްލީ ވިއްސާރަ އޮއްސައިގަތުމުގެ ނިޝާންތައް ފެންނަން ފެށުމުންނެވެ.ކިޔާން އަށް ކިރިޔާ މޫންލައިޓް ގެއާއި ހިސާބަށް އާދެވުން ކަމެވެ.ވިއްސާރަ ކަނިތައް ބިމަށް ހަމަލާ ދޭން ފަށައިފިއެވެ.

 

ގޭތެރެ އަށް ވަދެގެން އައި ކިޔާން އޭނާގެ ނަޒަރު އެކި ދިމަ ދިމާލަށް ދަތުރު ކުރަމުން ގެންދިޔައީ ނުކްޝާން ނޫނި ޒީކާން ގެ ވެސް ހިލަމެއް ވޭތޯ އެވެ.ނަމަވެސް ދެމީހުންގެ ހިލަމެއް ކީތް އިންސާނެއްގެ ހިލަމެއް ވެސް އެގޭތެރެ އިން ނުވެއެވެ.ނުކްޝާން އާއި ދިމާލަށް ޗުސްތަޅަމުން ކިޔާން ހިނގައިގަންނަން އުޅުނު ވަގުތުވީ ޒާރާގެ ކޮޓަރިން ދޮރު ހުޅުވާލި ވަގުތަށްށެވެ.

 

ތަނަވަސް ބޮޑު ކޮޓަރި އެކެވެ.ކޮޓަރީގެ ހަތަރު ފާރުގައި ހުދު ކުލަ ލެވިފައިވާ އިރު ކޮޓަރީގެ ހުރިހާ ފަރުނީޗަރުތަކެެއްހެން ހުރީ އަޅި ކުލައިގައި އެވެ.ކޮޓަރީގެ މެދެއްހައި ހިސާބުގައި ބޮޑު ކުއީން ސައިޒުގެ އެނދެއް ހުރި އިރު އެނދުގެ ކަނާތް ފަޅީގައި ސްޓަޑީ ޓޭބަލް އެއް ހުއްޓެވެ.ސްޓަޑީ ޓޭބަލްގެ ވާތް ފަރާތުގައި ކަހާލެވޭ ކަހަލަ ބިއްލޫރި ދޮރެއް ހުއްޓެވެ.އެތަނުން ނިކުމެވޭނީ ބެލްކަންޏަށް ށެވެ.އަނެއްކޮޅުން އެނދުގެ ވާތް ފަރާތުގައި ޑްރެސިންގް ޓޭބަލް ހުރި އިރު ޑްރެސިންގް ޓޭބަލް އާއި ދެވަރަކަށް ފޫޓު ދުރުގައި ބޮޑު އަލަމާރިއެއް ހުއްޓެވެ.ކޮޓަރި އަށް ވަދެފައި ކުރިމައްޗަށް ބަލާލުމުން ފެންނަން ހުންނާނީ އެ އަލަމާރި އެވެ.

 

ކޮޓަރީގެ އެނދުގައި ވާހަކަ ފޮތެއް ހިފައިގެން އިން ޒާރާ ކަރު ހިއްކައިގަނެގެން ބަލާލި އިރު ކޮޓަރީގައި ހުރި ފެންފުޅި ހުރީ ހުސްވެފައި އެވެ.ކަންނެތް ކަމާއި އެކީ ޒާރާ ތެދުވެ ބުރުގަލެއް އަޅާލަމުން ބޭރަށް ނިކުތީ ފެންބުއިމުގެ ނިޔަތުގައި އެވެ.ދެފައި ކާއްތަމުން ކޮޓަރިން ނިކުން ޒާރާ އަށް ހަށިގަނޑު ސީދާ ކޮށްލެވުނީ ކުރިމަތިން ފެންނަން ހުރި ކިޔާންގެ ސަބަބުންނެވެ.އެވަގުތުވީ ކިޔާން ވެސް ޒާރާ އާއި ދިމާލަށް ބަލައިލި ވަގުތު ކަމުން ދެމީހުންގެ ހަތަރު ކަޅި ބައްދަލުވިއެވެ.

 

ކިޔާން ގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީ ޒާރާ އޭނާ ފެނުމުން ލޯ މައްޗަށް ހިންގާލުމުންނެވެ.ޒާރާގެ އެ މައުސޫމްކަން ކިޔާންގެ ހިތުގައި ޒާރާ އަށް ޓަކައި އޮތް ލޯބި ދެ ގުނަ ކޮށްލިއެވެ.ޒާރާގެ ކޮޓަރި ހުރަސްކޮށްލާފައި ދާން އުޅުނު ކިޔާން ގެ ސިކުނޑި އަށް ޝަހްނާ އާއި ކައިޔަން ދެއްކި ވާހަކަ ވެރިވެ ގަތުމާއި އެކު ޒާރާ ގާތު މި ވާހަކަ ބުނަން މި އަށް ވުރެ ރަނގަޅު ވަގުތެއް ދެނެއް ނުލިބޭނެ އޭ ކިޔާންގެ ހިތަށް އެރުމާއި އެކު ޒާރާގެ އަތުގައި ހިފާ ޒާރާގެ ކޮޓަރި އަށް ދެމީހުންއެކީ ދެމިގަތެވެ.

 

ނުނިމޭ

ނޯޓް:މިއަދުން ފެށިގެން އަޅުގަނޑު ގެނެސް ދޭނީ ހަފްތާ އަކު ދެ ފާރޓެވެ.އަންގާރަ އަދި ހުކުރު ނުވަތަ ހޮނިހިރު ދުވަހު މި ވާހަކައިގެ އެޕިސޯޑް އަޅުގަނޑު ސަބްމިޓް ކޮށްލާނަމެވެ.

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ގާތުގައިވި އަނދިރިކަން، 17

Next

ކުށަކީ ކޮބާ – 34

Next
June 25, 2024

ކުށަކީ ކޮބާ – 34

Previews
June 25, 2024

ގާތުގައިވި އަނދިރިކަން، 17

23 Comments!

  1. Dhooni says:
    June 25, 2024 at 8:32 pm

    Hey Rifoo
    Alhey i can’t wait for the next part
    Varah reethi mi episode ves
    Love you so much

    1. RIFSHA says:
      June 27, 2024 at 9:20 pm

      Thanks dhooni
      Next part submit kohlan mi ulheni
      Love you more 😘

  2. Cutie girl says:
    June 26, 2024 at 3:36 pm

    Mi part vx v Reethi masha allah
    Can’t wait for next part
    Zaa and kiyaan gulhuvachey
    Keep it up
    Lysm

    1. RIFSHA says:
      June 27, 2024 at 9:21 pm

      Thanks cutie girl
      Next part submit kohlan mi ulheni
      Balamaa vaa gotheh
      Once again thank you 😊

  3. Shimmer says:
    June 26, 2024 at 6:16 pm

    Hey rifoo,
    Sorry kiyaali vaguthu comment eh nukurevuneema … actually extra thah plus test thakaa hedhi busy veema e gadeega hama ekani kiyaalee…adhi mi ulhenee notes that ves complete nukoh..next week ga jehee submit kuran….half the teachers mi kolhuga nei ehenve one week ge time ves milibunee…
    Anyway,This part is also amazing…pls at least now make zaa believe in what yaan says ….pls emeehun gulhuvabala….
    And also aleek and aika ves avahah gulhuvabala…alhe heyonuvaane e innocent kudhin ah ehen hadhaakah ….. what’s their mistake …
    And zeek and mish gulhuvabala..I think zeek will be the most romantic amongst everyone.. 😂😂
    Curiously waiting for the next part
    Love you rifoo ❤️

    1. RIFSHA says:
      June 27, 2024 at 9:25 pm

      Hey shimmer
      It’s ok ey.rifoo ves shimmer ge comment kurin kiyaalin ekam reply mi dheny adhi kiriyaa hama buxy kamun.yes yes aslu vx mi dhuvaskolhu varah buxy ingey.
      Hehe let’s see dho dhen vaane gothei.aslu vx ey Rifoo ge ves hithah ara ey thihen.e kudhinnah ehen hadhaakah nuvaane ehnoon heyyey.ekam dhen hingaa dho vaane gothei balamaa.me too dhen aslu vx Rifoo ah heevani zeek hen enme romantic vaaney hehe.
      Next submit kohlan mi ulheni
      Love you more shimmer ❤️

  4. Zelie says:
    June 27, 2024 at 1:23 am

    Oh. Sooo interesting. Unlike shahna his brother is good dho. Masha allah your writing is soo good. And I feel so sad for Aika and Aleek and also Faiha how sad is tht your boyfriend is dating you but never loves you and is thinking of someone else.
    I am patiently waiting for next part and also in hopes of reading about zeek and mish.
    Love you my fav writer ❤️

    1. RIFSHA says:
      June 27, 2024 at 9:27 pm

      Thanks zelie.
      Yes unlike shahna his bro is very good 👍. perfect dhey varuge kujjekey eii balahche zelie.hehe
      I feel sad for aika too.keehkurani ekam vx dhen vaan oi gothakah thaa dho vaani.hehe
      In sha Allah next part maadhan kiyaalan libeyne.mi ulheny submit kohlan ehenve.
      Love you more Darla 😘

  5. Dhunya says:
    June 27, 2024 at 9:30 am

    Oh pls pls yaan dhahkaa vaahaka zaa gaboolu kuraa gothah at least hadhaaba mi faharu.
    Can’t wait for the next part
    Maadhan dho next part kiyaalan libeyni
    Hehe can’t wait ingey
    Love you so much dear

    1. RIFSHA says:
      June 27, 2024 at 9:29 pm

      Let’s see dho dhen vaane gotheh…hehe
      In sha Allah maadhan next kiyaalan libeyne.
      Love you more Darla 😘

  6. 🌹🌹🌹 vempire girl 🌹🌹🌹 says:
    June 27, 2024 at 1:52 pm

    Hey rifoo
    Mi part vx varah varah reethi

    1. RIFSHA says:
      June 27, 2024 at 9:30 pm

      Hehe thank you vemppuuuu
      Ey miadhu dhin hadhiyaa salhi dho
      Ma heekuri thaureefu ge bas kolheh annaane kamah.
      Love you ingey vempu

  7. Laura says:
    June 28, 2024 at 7:13 am

    Hey Rifoo
    Aslu vx mi dhuvaskolhu buxy kamun ingey comment nukohlevuny.hama shimmer bunihen.ekam lau akah no free time.
    Anyway story varah reethi Masha Allah
    Pls pls 🙏 yaan dhahkaa vaahaka zaa gaboolu kurahche.cant wait for the next part darla.aika and aleek ge bai kiyaafa varah heart touching 😭
    Miadhu next part kiyaalan libeyne dho
    Naseebeh can’t wait for the next part
    Love you Rifoo 💋

    1. RIFSHA says:
      June 28, 2024 at 9:24 am

      Hey Lau
      It’s ok ey.
      Thanks lau
      Dhen vaane gothei balamaa dho lau dhoonee.hehe aika and Aleek ge bai Rifoo ah ves varah heart touching ey
      Love you more 😘

  8. Laura says:
    June 28, 2024 at 7:16 am

    Ey Rifoo next part thankolhei dhigu koh genes dhehchey.lau beynun dhigu koh kiyan hehehe
    But ur choice ingey

    1. RIFSHA says:
      June 28, 2024 at 9:26 am

      Next part kuru vaane sorry ekam in sha Allah next part kuru v ma maadhan ves kiyuntherinnah kiyaalan dheyn kamah mi ulheny.i mean submit kohlan miadhu.

    2. RIFSHA says:
      June 28, 2024 at 10:05 am

      Thanks Rifoo ur the best…

    3. RIFSHA(Lau men rashu) says:
      June 28, 2024 at 10:07 am

      Hey author Rifoo sorry kurin eygen comment kohfa ineema inee eythi dhen phone stuck vegen e id in comm kurevuny.

  9. Nishva says:
    June 28, 2024 at 7:57 am

    Hey Rifoo
    Varah reethi ingey mi part vx.
    Next part ga zeek and mish ge bayeh kiyaalan libeyne thr?
    Can’t wait.pls pls dhen yaan and zaa gulhuvaafa aika and aleek ves gulhuvanbalaa.aslu vx nish ah roveyey e kudhin ulhey gothun.
    Next part miadhu kiyaalan libey kamee hama naseebu.
    Lau buni hen next part dhigu kohlahchey because i want to read more
    Lol 😂 hehe
    Love you so much 😘

    1. RIFSHA says:
      June 28, 2024 at 9:28 am

      Thanks nishuu.
      Sorry ekam bunin dho dhen thankolhei lahunney kiyaalan libeyni zeek and mish ge bai.
      Sorry nish ah rovey thy m
      Yes next part submit kohlaifin.
      Alhey next part kuru vaane ekam miadhu aneikaa anei episode submit kohlaanan
      Love you more 😘

  10. RIFSHA(Lau men rashu) says:
    June 28, 2024 at 10:06 am

    Ey lau vi tha rau ge habareh

  11. RIFSHA(Lau men rashu) says:
    June 28, 2024 at 10:10 am

    Hey Rifoo
    Varah dhuvas vejje dhw mi Rifoo ah thi Rifoo ge story ah comment nukurevey thaa.but hama regular koh kiyaalan ingey story…
    Anyway pls pls kiyaan and zaara gulhu vahchey.they are made for each other 😥.aika and aleek ves.keekey bunaani vaahaka yaa medhu.hama speechless.varah ves reethi Masha Allah
    Love you Rifoo 💋

  12. Rauha says:
    June 28, 2024 at 7:34 pm

    Ey rifey
    Beykaaru vaahaka nudhahkaa rashah aissa nuves angaa filaigen ulhe ulhe fa ma kobaa tho balaane kameh neh.

Comments are closed.



All Right Reserved!