ކުށަކީ ކޮބާ – 34
މައިރީންއަށް ދޮރުހުޅުވާލައިފައިވަން އޭނާގެ ބައްޕަ ފެނުނީ ކަރުނައިގެ ސަބަބުން ފުސްކޮށެވެ. މައިރީންއަށް އެނދަށް ހަށިގަނޑުގައި ވަރެއްނެތި ވެއްޓުންކަން އިހްސާސްވިއެވެ. އޭނައަށް އެންމެ ފަހުން އަޑުއިވުނީ މަންމައާއި ބައްޕަގެ ހަޅޭކުގެ އަޑެވެ.
*** ޕާޓް 34 ***
ކޯޓުތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު އިޔާނާގެ މޫނަށް ބާރު އެތިފަހަރެއް ވީއްލާލި ފަދަ އިހްސާސެއް ކުރެވުނެވެ. އިޔާނާ އިށީނަން ހަމަޖެހިފައިވާ މޭޒުގެ ކަނާތްފަރާތުގައި ހުރި މޭޒުގައި އިށީދެގެން އިނީ އަޔާނާގެ މަރްހޫމް ފިރިމީހާގެ ކޮއްކޮ ކަމަށްވާ ފަޔާޒްއާއި އޭނާގެ ދަރިފުޅު ޝިޔާންއެވެ. އަޔާނާއަށް ލިބުނު ޝޮކްގެ ސަބަބުން ކުރިއަށް ފިޔަަޅެއް އަޅަން އުދަނގޫވިއެވެ. އައިނާ އިސްޖަހައިގެން ހުރުމުން މަންމައަށް އައި ބަދަލު ނުފެނުނު ނަމަވެސް މަންމަ ހުއްޓުމުން މަންމަގެ ކޮނޑުގައި ހިފައި ކައިރިކޮށްލުމަށްފަހު ކުރިޔަށް ފިޔަވަޅުއަޅަން ފެށިއެވެ. އެވަގުތު މޭޒުދޮށުގައި އިން ޝިޔާން ފެނުމުން އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ޝިޔާންއަށް މި މަންޒަރު ފެނުމުން އެއްމިޔަކަނިން ހިނިތުންވެލުމަށްފަހު ބުމަ އަރުވާލިއެވެ. ގާޒީ ކިޔަމުން ދިޔަ އެއްޗެހި އައިނާއަށް އަޑު ނީވޭފަދައެވެ. އޭނައަށް އަމިއްލަ ނަފްސު ނުހަނު ބޮޑަށް ކުއްވެރި ކުރެވުނެވެ. މީހެއްގެ އަޅާލުމަށް އެންމެ ބޭނުންވީ ހިނދު ކައިރީގައި ހުރި މީހަކީ އަމިއްލަ އެނދުމުން ފުރިފައިވާ މީހެއް ކަމަށް އޭނާ ނުވިސްނުނީ ކީއްވެބާވައެވެ. ޝިޔާން އޭނަ ބޭނުންކޮށްލީ ތުންފުހެފައި އެއްލައިލާ ޓިޝޫކޮޅެއްގެ ސިފައިގައެވެ.
އިޔާނާ ބުދެއްހެން މޭޒުގައި އިށީނދެއިން އިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ފަޔާޒްގެ މޫނަށެވެ. ފަޔާޒްގެ މޫނުމަތިން އޭނާގެ ފިރިމީހާ ސިފަވާ ފަދައެވެ. އޭނައަށް މިފަދަ ގެއްލުމެއް ދިނުމަށް ފަޔާޒް ބޭނުންވީ ކީއްވެބާވައެވެ. ގާޒީއަށްދިން ލިޔުންތަކުގައި އަޔާނާގެ ކޮމްޕެނީ ފަޔާޒްއަށް ދިންކަމުގެ އެއްބަސްވުމުގައި އަޔާނާގެ ސޮއި ކޮށްފައިވެއެވެ. ވަކި ގޮތެއް ނުނިންމާ އެދުވަހު ކޯޓުން ނިކުންނަން ޖެހުނީ އަޔާނާގެ އަނގައިން ބަހެއް ނުނުކުތީމައެވެ. އިސްޖަހައިގެން ހުރެ ކޯޓުން އައިނާ އާއިއެކީ އަޔާނާ ނުކުތެވެ. ގެއަށް ދެވުމާއި އެކު އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. މަންމައާއި މެދު ކަންބޮޑުވެހުރެ އައިނާ އެތަށްފަހަރު އަޔާނާއަށް ގޮވިއެވެ. ޖަވާބެއް ނީވުމުން މަސައްކަތް ކުރުން ހުއްޓާލުމަށްފަހު އޭނާގެ ކޮޓަރިއަށްވަނެވެ.
އޭނާގެ ބޯ މި ދުވަސްކޮޅު ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. މިއަދު ޝިޔާން ކޯޓުން ފެނުމާއިއެކު އޭނާގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. އަދި ފުލުހުންނަށް ރާކިންގެ ހަބަރެއް ވެފައި ނުވުމުން އޭނާގެ ހިތަށް ދިޔައީ ތަދުވަމުންނެވެ. މިހުރިހާ ދުވަހު ރާކިން އުޅެމުން ދިޔައީ ކޮންހާލެއްގެބާއޭ އޭނާގެ ހިތަށް އެރިއެވެ. އައިނާ އެގޭ ނޯކަރެއް ގާތު އެކުވެރިއެއް ކައިރިއަށް ދަނީއޭ ބުނުމަށްފަހު ރީމާ ގާތަށް ހޮސްޕިޓަލަށްއައެވެ. ރީމާ ނުފެންނަތާ މިހާރު ކިތަންމެ ދުވަހެއް ވެދާނެއެވެ. ރީމާގެ ކޮޓަރީގައި ޓަކި ޖެހުމުން އެތެރެއަށް ވަނުމުގެ ހުއްދަ ލިބުމުން އައިނާ ވަނެވެ. އޭރު ރީމާގަތު ނާއިންވެސްއިނެވެ. ދެއެކުވެރިންނަށް ވަގުތު ދެމުން ނާއިން ކޮޓަރިން ނުކުތެވެ.
އަބަދުހެން އެނދުމަތިވެފައި އޮތުމުގެ ސަބަބުން ރީމާގެ ހަށިގަނޑުވަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެފައެވެ. ކީމޯގެ ސަބަބުން ބޮލުގެ އިސްތަށިގަނޑު އެއްކޮށްފައިބައިފައި ވާއިރު މޫނުވަނީ ހުދުވެފައެވެ. ދެލޯކައިރީ ރަތްވެފައިވާއިރު، ނޭފަތުގެ ކޮޅު ވަނީ ރަތްވެފައެވެ. ތުންފަތް ވަނީ ހިކިގެން ފަޅަފަޅައިގެން ގޮސްފައެވެ. އަނގަމަތީގައި ނޭވާލުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އޮކްސިޖަން މާސްކެއްވަނީ އެޅިފައެވެ. އައިނާ ފެނުމުން ރީމާ ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އައިނާ ރައްދުގައި ހީލިއިރު އޭނާގެ ހިނިތުންވެލީ ގަދަކަމުންކަން އެނގެއެވެ. އެދެލޮލަށް ކަރުނަތަށް ޖަމާވާން ފެށުމުން ރީމާގެ ގާތަށް އައިސް އެ އުނގުގައި ބޯއަޅައިލިއެވެ. އައިނާ ރޯނެވަރަކަށް ރޯންދީގެން އޮތް ރީމާ ދިޔައީ އައިނާގެ ބޮލުގައި މަޑުމަޑުން ފިރުމައިދެމުންނެވެ. އެކުވެރިޔާ މިހާރަވަށް ރޯނީ ކޮންމެވެސް ބޮޑުކަމެއްވެގެންކަން އޭނަ ޔަގީން ކުރިއެވެެ. އައިނާ ގާތު ނާހާ ކެއްތެރިވެގެން އޭނަ ހުރީ އައިނާ އަމިއްލައަށް އޭނަ ގާތު އެވާހަކަ ބުނަންދެނެވެ.
” އައި ދެން ހުއްޓާލާ މިހާރު ވާ ވަރަށް ރޮވިއްޖެ.. ރީ ކައިރީ ވީގޮތް ކިޔާދީބަ.. އޭރުންނެއްނުން ރީއަށް ހެލްޕެއްވެދޭން އެނގޭނީވެސް.. ” އައިނާ އޭނައަށް ފުރަގަސްދެމުން އިށީނުމުން ރީމާ ބުންޏެވެ. މަޑުމަޑުން ގިސްލަމުން ދިޔަ އައިނާ އަލިފުން ޔާއަށް ކަންތަށް ވަމުން އަންނަގޮތް ރީމާއަށް ކިޔައިދިނެވެ. އޭނަ އެވަގުތު ހުރީ އޭނާގެ އިހްސާސްތަށް މީހެއްގެ ކުރިމައްޗަށް ބަންޑުން ކޮށްލަން ބޭނުންވެފައެވެ. ރީމަގެ އޯގާތެރި ބަސްތަކުން އޭނައަށް އެކަން ކުރަން ފަސޭހަވެގެން ދިޔައެވެ. ރީމަގެ ދެލޯ ފެންކަޅިވެގެން ދިޔައީ އެކުވެރިޔާގެ ހިތާމަތައް ފޮހެލަދެވެން އޭނާއަށް ކުރެވޭނެކަމެއް ނެތްކަމަށް ހިތަށް އެރުމުންނެވެ.
” ސޮރީ ރީ.. އައިއަށް އެނގޭ ރީ ވެސް ބައިވަރު ކަންތަކާ ގޯ ތްރޫ ކުރާކަން.. އައިގެ ވާހަކަތަކުން ރީ ހާސް ކުރާކަށް ބޭޏުމެއްނޫން ޖަސްޓް ފޮގެޓް އިޓް.. ” ރީމާގެ ފެންކަޅިވެފައިވާ ދެލޯ ފެނުމުން އައިނާ ބުނެލިއެވެ. ” ނޯ ނޯ އައި.. އައިމް ގްލޭޑް އައި ބުނީމަ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އިންޝާ ﷲ.. މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ނޫފުލެވޭ ވަރު ބުރައެއް ނުޖައްސަވާނެ.. އައި އަބަދުވެސް ރީ ކައިރީ ބުނާ ވާހަކައެއްނުން އެއީ؟؟ މި ދުނިޔެއަކީ އިމްތިހާނެއް.. ” ރީމާ އައިނާއަށް ވިސްނައިދިނެވެ.
” މައިގެ ހަބަރެއް އެނގޭތަ އައިއަށް؟ މިހާރު ފަސް ދުވަސްވަނީ ނުގުޅޭތާ.. ފޯނު ނިއްވާލާފަ ކަމަށް އޮންނަނީ އަބަދު.. ” ރީމާ މައިރީންގެ ހަބަރު އައިނާ ކުރެންއޮޅުން ފިލުވޭތޯ ބެލިއެވެ. ” އައި ގުޅީމަވެސް ހަމަ ތިހެން.. މި ދުވަސްކޮޅުގެ ގޮތުން އައިއަށްވެސް މާ ބޮޑަށް ވާހަކަ ދައްކާކަށް ނޫޅެވުން މައިއަކާ.. ” އައިނާ ބުންޏެވެ. އަދި މައިރީންއަށް ވައިބާރއިން ގުޅައި މެސެޖްކޮށްހެދިއެވެ.
***
މަޑު ފެހި ކުލަ ފާރުތަކުގައި ލެވިފައިވާ ކޮޓަރިން ކޮންމެ ދިމާލަކަށް ބަލައިލި ނަމަވެސް ފެންނަމުން ދިޔައީ މުއްސަނދިކަމެވެ. ކިންގް ސައިޒް އެނދުގައި އުއްޑުން އޮތް އަޔާނާގެ ދެލޯވަނީ ކަރުނައިން ބަރާވެފައެވެ. އެއްވެސް ހަރަކާތެއް ނެތި އެނދުގައި އޮތްއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސީލިންގްގައި ކުރަހައިލެވުފައިވާ ފެހިކުލައިގެ ވެޔޮގަނޑަށްށެވެ. އެ ވެޔޮގަނޑަކީ ޒާހިރް ކުރަހައިފައިވާ ވެޔޮގަނޑެކެވެ. ޒާހިރަކީ ތޫނުފިލި ވިސްނުމެއް ލިބިފައިވާ ކުރެހުމަށް މޮޅުމީހެކެވެ. ދަރިންދެކެ ލޯބިވާ އަނބިމީހާއަށް އޯގާތެރި ފިރިއެކެވެ.
ޒާހިރު އޭނަ އަބަދަށް ދޫކޮށްލާފައި ދިޔައީ ހިނގައި ދިޔަ ނުރައްކާތެރި ލާންޗް އެކްސިޑެންޓްއެއްގެ ސަބަބުންނެވެ. ދެމަފިރިންގެ ކައިވެންޏަށް ބާރަ އަހަރުފުރޭ ދުވަސްކަމުން، އެކަން ފާހަގަ ކުރަން ޒާހިރް ބޭނުންވީ ރިސޯޓަށް ގޮސްލާށެވެ. ރިސޯޓުގައި ލޯބީގެ ވަގުތުތަކެއް ހޭދަކުރުމަށްފަހު ރަށަށް ދިޔުމަށްޓަކައި ލާންޗަށް ދެމަފިރިން އެރީ އެކުއެކީގައެވެ. ނަމަވެސް ރަށަށް ސަލާމަތުން ދެވުނީ ހަމައެކަނި އަޔާނާއަށްށެވެ. ކުއްލިއަކަށް ލާންޗު އަޅިކުލައިގެ ދުމުން ފޮރުވައިލީ ލާންޗުގައި ތިމި މީހުން ބިރުވެރިކަމަކަށް ވައްޓާލައިފައެވެ. އެއަށްފަހު ބާރު އަޑުފައްގަނޑަކާއިއެކު ލާންޗުގެ އިންޖީނު ގާތުން އަލިފާންގަނޑު ފާޅުވެގެން ދިޔައެވެ. ރުޅިވެރިކަމާއިއެކު އެ އަލިފާންގަނޑު ލާންޗަށް އަރައިގަތީ ކުޑަކުދިންނާއި ބޮޑެތިމީހުންގެ ހަޅޭކާއި ރުއިމުގެ އަޑު އިއްވަމުންނެވެ. އެއްބަޔަކު އަލިފާނުން ސަލާމަތްތެރިކަން ހޯދުމަށްޓަކއި މޫދަށް ފުންމަމުން ދިޔައިރު އަނެއްބަޔަކު އެހީތެރިވަމުން ދިޔައެވެ.
ޒާހިރް އަޔާނާ ގޮވައިގެން ކަނޑަށް ފުންމާލިއެވެ. އޭރުވެސް ރުއިމާއި ހަޅޭކުގެ އަޑުއިވެމުން ދިޔައެވެ. ޒާހިރް އަޔާނާގެ އުނަގަނޑުގައި ހިފައިގެން އޮތްއިރު އަޔާނާއަށް ބިރުން ރޮވެމުން ދިޔައެވެ. ޒާހިރުގެ މޭގައި މޫނު ލައްކޮށްލައިގެން އޮވެ ރޮމުންދިޔައިރު ޒާހިރް ދިޔައީ އޭނަ މަސަލަސް ކުރަން މަސްއްކަތް ކުރަމުންނެވެ. ލާންޗްއެއް ދުއްވާ އަޑު އިވެން ފެށުމުން އެމީހުންގެ މޫނުމަތިން ހާސްކަން ކެޑި ސަލާމަތަށް އެދި ހަޅޭލަވަން ފެށިއެވެ.
އެއީ ކުޑަވަރެއްގެ ލާންޗްއެކެވެ. ރީދޫ ކުލަޔާއި ހުދުކުލައިގެ ރޮގުދަމާފައިވާ އެ ލާންޗް އެމީހުނާއި ދިމާލަށް އަންނަން ފެށިއެވެ. އެ ލާންޗް ކައިރިވަމުން ދިޔައިރުވެސް ދަތުރު ކުރަމުން ދިޔަ ބާރުމިން ދަށް ނުކުރުމުން އަޔާނާގެ މޫނަށް ހާސްކަންވެރިވިއެވެ. އެ ހިނދުކޮށު ކަންތައް ހިނގައި ދިޔަ އަވަސް ކަމުން އަޔާނާއަށް އިތުރު ހަރަކާތެއް ގެންނަންވެސް ނޭނގުނެވެ. ޒާހިރް އަޔާނާގެ ހަށިގަނޑުގައި ހިފައި އޭނާގެ ރިސޯޓްގައި މަސައްކަތްކުރާ ބޭރު މީހެއް ކަމަށްވާ ފިރާން ކައިރިއަށް ހޫރައިލިއެވެ.
ދެން ފެނުނީ ނޫކުލައިގައި އޮތް ފެންގަނޑު ގަދަ ރަތްކުލައަށް ބަދަލުވި މަންޒަރެވެ. އަޔާނާ ކަރުފަޅައިގެން ދާހައި ބާރަށް ހަޅޭލަވައިގަތެވެ. އޭނަ ޒާހިރް އާއި ދިމާލަށް ދިޔުމުގެ ކުރިން ފިރާން އޭނަ ހުއްޓުވިއެވެ. އަޔާނާ ފިރާންގެ އަތުން ދުރަށް ދާން ރޮމުން ހަޅޭލަވަމުން މަސައްކަތްކޮށް އެންމެފަހުން އޭނާގެ ހެޔަށް ގޮތްވިއެވެ. ކޯސްޓްގާޑުން އައީ ބަރާބަރު އެއް ގަޑިއިރު ފަހުންނެވެ. އޭރުވެސް އަޔާނާ ހެޔެއް ނާރައެވެ.
އެ ލާންޗް ދުއްވަން ހުރި މީހެއް އެކަކަށްވެސް ނޭނގެއެވެ. ސަބަބަކީ އެ ފިރެހެން މީހާ ހުރީ މާސްކެއް ފާޑުގެ އެއްޗަކުން މޫނު ނިވާ ކޮށްގެން ކަމުގައިވާތީއެވެ. އެ ލާންޗެގެ ބުރަފަތި ޖެހުނީ ސީދާ ޒާހިރްގެ ކަރުގައެވެ. މާލެ ގެނައި އިރުވެސް ޒާހިރްގެ ފުރާނައެއް އެ ހަށިގަނޑުގައެއް ނެތެވެ. އަމިއްލަ ފިރިމީހާ ދެލޯ ކުރިމަތީ މަރުވެ ދިޔުމުން އަޔާނާގެ ހިތަށް ފުން އަސަރު ތަކެއް ކުރިއެވެ. އަމިއްލަ ނަފްސުދެކެ ފޫހުވެ އަމިއްލައަށް މަރުވާން މަސައްކަތް ކުރިއެވެ. އޭނާގެ ހިތްވަރަކަށްވީ މައިރީންގެ މަންމަ އާއި ރީމާގެ މަންމައެވެ. ދަރިންނެކޭ އެއްފަދައިން އެމީހުންނަކީ ވެސް ގާތް އެކުވެރިންނެވެ. އެމީހުން އަދި އައިނާ އާއި ޒީނާ ނެތް ނަމަ އަޔާނާ މިހާރު ދުނިޔޭގަ ހުންނާނެ ކަމާމެދުވެސް ޝައްކެވެ. އެދަތުރަށް ފަހު އަޔާނާ ކަނޑު މައްޗަށް އަރަން އިންތިހާއަށް ބިރުގަނެއެވެ. ފުލުހުންނަށްގެ މަސައްކަތުން އެނގުނުގޮތުންގައި އެއީ ބަޔަކު ރޭވުންތެރި ކަމާއެކު ރާވައިގެން ގަސްތުގައި ކުރި ކަމެއްކަން އެނގެއެވެ. ނަމަވެސް އެއީ ކޮންބައެއްކަން އަދި އަދަށްވެސް އެނގިފައި ނުވެއެވެ.
***
އައިސީޔޫގެ ކައިރީ ޝިޔާމާ އާއި ރިޔާޒްގެ އިތުރުން މަޔާން ހުއްޓެވެ. ރިޔާޒް މާޔޫސީ ނަޒަރަކުން ދޮރާއި ދިމާލަށް ބަލަމުން ދިޔައިރު ޝިޔާމާ ދިޔައި އަޑުންއަޑު ނަގައި ރުމުންނެވެ. އެދިމާލަށް ހިނގައިފައި އައި ނާއިން ފެނި ރިޔާޒް އިސްޖަހައިލިއެވެ. ” ކިހިނެތްވީ؟؟ މައިއަށް ކިހިނެތްވީ؟؟ ” ހާސްވެ ހުރެ ނާއިން ބުންޏެވެ. އެއާއެކު ރިޔާޒް ނާއިންއާއި ދިމާލަށް ފުންމައިގަތީ ރުޅި އައިސް ރަތްވެފައި ހުރި ސިންގާއެއް ފަދައިންނެވެ. ރިޔާޒް ފުންމައިގަތް ގޮތުން ނާއިންއަށް ފަހަތަށް ޖެހިލެވުނެވެ. ނަމަވެސް ރިޔާޒް އޭނާގެ ގަމީހުގައި ހިފެހެއްޓުމުން ހުރިތާ ހުންނަށް މަޖުބޫރުވިއެވެ.
” ކަލޭ މީހުންގެ ޅަދަރިން ހަލާކު ކުރުން ނޫން ކަމެއް ކުރޭތަ އެބަ އޭން؟؟ ކަލެޔަށް ރަނގަޅަށް އެނގޭނެ ޔާދިންއޭ ކިޔުނު އިންސާނާއަށް ލިބުނީ ކޮންވައްތަރެއްގެ ކާޑެއްކަން.. އެނގި ހުރި މައިރީން ކަންތައް ކުރާ ގޮތަށް ކުރަން ދީފަ ތިހުރީ.. ތީ ބޭބެމެން ކޮއްކޮމެނަށް ދައްކަން ޖެހޭ ނަމޫނާތަ؟؟ ” ނާއިންއާއި ދިމާލަށް ރިޔާޒް ހަޅޭލަވައިގަތެވެ. ބައްޕަގެ މިސިފަ މަޔާންއަށް ފެނި އޭނަ ހުރީ ހައިރާން ވެފައެވެ. ” ބައްޕަ ކީކޭ ތިކިޔަނީ؟؟ ” މަޔާންއަށް އަދިވެސް ވާގޮތް އޮޅުން ނުފިލާތީ އަހައިލިއެވެ. ” ކަލޭ އޭނަ އެ ޔާދިންއާ ތަތް ނުކުރިނަމަ އެ ހާލުގަ އޮންނާކަށް ނުޖެހުނިސް.. ” ރިޔާޒް އަނެއްކާ ދަތްކުނޑިވިކާލަމުން ބުނޏެވެ. ބައްޕަގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އެނގި މަޔާން އާއި ނާއިން ބަލައިލީ ޝިޔާމާއާއި ދިމާލަށްށެވެ.
(ނުނިމޭ)
މި ޕާޓް ލަހުން ގެނަވުނު ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މާފަށް އެދެން.. މި ދުވަސްކޮޅު އާންމުވެގެން އުޅޭ ރޯގާގެ ސަބަބުން އަޅުގަނޑަށް ވާހަކަ ލިޔަން އެހާ ގިނައިރަކު ނީނދެވޭ ބޮލުގައި ރިއްސާތީ.. އަޅުގަނޑު ރަނގަޅު ވިހާ އަވަހަށް ގަވައިދުން އަޕް ކުރާނަން އިންޝާ ﷲ.. މި ޕާޓް ހުރިހާ ކިޔުންތެރިންނަށް ކަމުދާނޭކަމަށް އުންމީދު ކުރަން..💜🦋
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Mi part vx v Reethi masha allah
Aina and raakin ah haadha dhera gothekey evee
Shafakallah
Mai and yaadhu dhuru nukurachey
Lysm
Thank you cutie girl.
Vrh happy that u like it… Sorry for the late reply I I thought comment section close vefa kamah.. Let’s see vaa goi dhwww..
Love you more dear💜 🦋