Skip to content
އެސްފިޔަ

މަގޭ މާއިލް 26

[ލާރާއަތުގައި އޮތް ސްކޭންގެ ފޮޓޯ ގަނޑު ދައްކާލަމުން، އެންމެން އެއްވެ ފޮޓޯގަނޑު ބަލައިލިއެވެ. ބޮޑުވަމުން އަންނަ އެތުއްތު ދެފުރާނަ ފެނި އެންމެންގެ ހިތުގައިވެސް ވަގުތުން އެދަރިފުޅަށްޓަކައި ލޯބި ޖެހުނެވެ. އެތުއްތު ދެފުރާނައަށް ބަރަކާތް ލައްވާ، ރަނގަޅު ސިއްހަތެއްގައި ލެއްވުމަށް އެންމެނަށްވެސް ހިތާ ހިތުން ދުޢާ ކުރެވުނެވެ.

****

ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. ނަމަވެސް އެހެން ރޭރެޔާ ހިލާފަށް މިރެއަކު އަތިރި މަތީގައިވާ ހަމަ ހިމޭންކަމެއްނެތެވެ. 14 ވިލޭރޭގެ ހަނދުގެ އަލިމުޅި ލޮނުގަނޑަށް ވަނީ ފެތުރިފައެވެ. ގޮނޑުދޮށަށް ޖަހަމުން ދިޔަ ރާޅުތަށްވެސް ހީވަނީ އެރޭގެ އުފަލުގައި ބައިވެރިވަމުންދިޔަހެންނެވެ.

ރެއަކީ ވިޝްކާއާއި، ޔާއިދުގެ ކައިވެނީގެ ރެއެވެ. ވިޝްކާލައިގެން ހުރި ހުދުކުލައިގެ ބޮޑު ވެޑިންގެ ޑްރެސް ވަނީ ހުދުކުލައިގެއެ ބޮޑު ސްޓޭޖް މައްޗައްފެތުރިފައެވެ. ރީތި ގޮތަކަށް ޝޯލްއަޅާލާފައިވީ އިރު، ބޮލުގައި އިން ހުދުކުލައިގެ ބޭންޑުން، ވިޝްކާ ހީވަނީ ހަމަ ރާނީއެއްހެންނެވެ. ހުދުކުލައިގެ ފިނިފެންމާ ބުކޭއެއް ހިފައިގެން ހިނިތުން ވެލައިގެން ހުރި އިރު، ކަނާތު ކޮލުގައި އިން އަޑިކޮޅުން ފިރިހެންކުދިން ހޭބަލިވާހާ ރީއްޗެވެ.

ކައިރީގައިހުރި ޔާއިދު ހުރީ، ހުދު ކުލައިގެ ގަމީހަކާއި އެކު ހުދު ކުލައިގެ ކޯޓު ފަޓުލޫނު ލައިގެން، ކަޅު ކުލައިގެ ބޯޓައި އެއް އަޅައިގެންނެވެ. ހިނިތުން ވެލައިގެން ހުރި އިރު ވިޝްކާއެކޭ އެއްފަދައިން ޔާއިދުގެވެސް، ކަނާތު ކޮލުގައި އަޑިކޮޅެއް އިނެވެ. ޔާއިދު ވިޝްކާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރި އިރު، ދުނިޔެމަތީގައިވެސް މިހާ ގުޅޭ ޖޯޑެއް ހުންނާނެ ކަމާއި މެދު ޝައްކެވެ.

[ހެއީ. ވަރަށް ބޮޑަށް ކޮންގްރާޓްސް އިނގޭ. ދެކުދިން ބަސްއަހައިގެން އުޅެއްޗެވެ] ވިޝާމްއާއި އެކު އައި އީން ވިޝްކާ ގައިގައި ބައްދާލަމުން ބުނެލިއެވެ.

[ތެންކިޔޫ ދައްތީ. އަޅޭ މިރޭ ހީވަނީ ބޭބީ ނިކުންނަން އުޅޭހެން ހަމަ ބަނޑު ހާދަ ލޯއިތްބޭ] ވިޝްކާ އީންގެ ބަނޑުގައި ފިރުމާލަމުން ބުނެލިއެވެ.

ތެދެކެވެ. 6 މަހުގެ އީންގެ ބަނޑުވަނީ ވަރަށްވެސް ބޮޑަށް ނުކުމެފައެވެ. އީން ލައިގެން ހުރި ދޫ ހުދުކުލައިގެ ޑިސްކޯ ހެދުމުގައިވެސް އީންގެ ބަނޑުވަނީ ވަރަށް ބޮޑަށް ނިކުމެފައެވެ.

[ހެހެ ދެން މިރޭ ބޭބީވެސް ނުކުންނަ ހިތްވާނޭނުން ހެހެ] ވިޝްކާ ކޮލުގައި ހިފާލަމުން އީން ބުނެލިއެވެ.

ދެފަރާތް ބަލާލަމުން ވިޝާމްއެއްސެވެ.[ކޮބާ އެމާއިލްމެން ނާދޭތަ؟؟]

[ކޮންތާކު؟ އަހަރުން މިހާރު އައިތާ ވީހާއިރެއްވީ. އަދި ކިރިޔާނުން ވިޝާމް މެނަށް ތިއާދެވުނީ؟] ޔާއިދުއަށް އެއްޗެއް ބުނެވުމުގެ ކުރިން ފަހަތުން އަހިސް މާއިލް ވިޝާމް ކޮނޑަށް އަތްވައްޓާލަމުން ބުނެލިއެވެ. އެވަގުތު މުޅި ފަޒާގައި ގުގުމައިލީ 6 އެކުވެރިންގެ ހުނުމުގެ އަޑެވެ.

***

އުފާވެރިވަގުތުތަކަކަށް ފަހު ކައިވެނީގެ އުފާވެރި ޕާރޓީ ނިންމާލާފައި ޔާއިދުއާއި ވިޝްކާ ގެއަށް އައިއިރު

45 11 ވެއްޖެއެވެ. އަތު ގުޅުވާލައިގެން ދެމަފިރިންގޮސް ކޮޓަރި ދޮރު ހުޅުވާލުމާއި އެކު ދެމީހުނަށްވެސް ލިބުނީ ހައިރާން ކަމެކެވެ.

ބިންމަތީގައި ހުދުކުލައިގެ ހިތުގެ ބައްޓަމަށް ހުރި ފުއްޕާހަމުގެ އިތުރުން ހުދުކުލައިގެ ފިނިފެންމާ ފިޔަތަށް ހުއްޓެވެ. އެނދުމަތީގައި ހިތުގެ ބައްޓަމަކަށް ފިނިފެންމާ ފިޔަތަށް ހުރި އިރު، ރީތިކޮއް އަތުރާލެވިފައިވާ ބާލިސްތަށް ކައިރީގައި ދެލޮޓަސްމާވެސް އޮތެވެ. ދިއްލާފައިވީ، ފެއަރީ ލައިޓްސްގެ އިތުރުން ހުރި ކުދިކުދި އުއްބައްތިތަށް ފިޔަވާ އިތުރުއެއްވިސް އަލިކަމެއްނެތެވެ. މުޅި ކޮޓަރިތެރެވެސް އެކައިވެނީގެ އުފަލުގައި ބައިވެރި ވަމުންދާފަދައެވެ.

[މާޝާ ﷲ. އަޅެ ލޯބި ދޯ] ވިޝަކާ ޔާއިދު އާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. ވިޝްކާއަތަށް ފިއްތާލަމުން ޔާއިދު ބޯޖަހައިލީ ވިޝްކާއާއި އެއްބަސް ވުމުގެ ގޮތުންނެވެ.

ކައިވެނީގެ ފުރަތަމަރޭގެ އުފަލުގައި ދާނަށް އަރަންބޭނުންވިނަމަވެސް ފުރަތަމަ ދެމަފިރިންވެސް އިސްކަންދިނީ ކައިވެނީގެ ފުރަތަމަރޭ ކުރާ ނަމާދު ކުރުމަށެވެ.

****

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މުޅި ދުނިޔެ އަރާމު ނިންޖަކުން ނިދާލާފައިވީ އިރު އެ ހިތްގައިމު ވަގުތުގައި ހުރިހާއެންމެން އަރާމު ކުރަމުން ދިޔަނަމަވެސް، ޔާއިދުއާއި ވިޝްކާގެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސްނެތެވެ. ކައިވެނީގެ ފުރަތަމަރޭގެ އުފާވެރިކަން ދެމީހުންވެސް އެންމެ އުފާވެރި ގޮތުގައި ހޯދަމުން ދިޔައީ، އައު ދިރިއުޅުމަކަށް މަރުހަބާ ކިޔަމުންނެވެ. މަޒީގައި ވެނިމިދިޔަ ހުރިހާކަމެއް ފަސްއަޅާ، ދެމަފިރިން އެކު އެކީ ހިނގުމަށް ވައުދުވަމުންނެވެ.

**2 އަހަރު ފަސް**

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (3)

  1. Cutie girl

    Mi part vx v Reethi masha allah
    Can’t wait for next part

    1. shihaamaa ali
      Cutie girl

      Jazaakallah dear 💕

  2. brownbear

    This part is also very interesting
    Keep up the good work 😘

Comments are closed.