Skip to content
އެސްފިޔަ

ކުށަކީ ކޮބާ – 33

މައިރީން ހަވީރުއްސުރެ ފޯނު ގެއްލިގެން އުޅުމުން ރިޔާޒްއަށް އެއީ މައިރީންގެ ފޯނުކަން އެނގުނެވެ. އެހެންކަމުން ފޯނު ދިނުމުގެ ގޮތުން ފޯނުނަގައި މައިރީންގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ފޯނު ދެވަނަ ފަހަރަށް ވައިބްރޭޓް ވުމާއިއެކު ފެނުނު އެއްޗަކުން ރިޔާޒްއަށް ހީވީ އޭނާގެ މޫނު މަތީގައި މީހަކު އަތްދަމާފައި ޖެހިހެންނެވެ.

*** ޕާޓް 33 ***

” ރީން ހިނގާ މަންމަމެންނާ ފިލައިގެން މެރީ ކުރަން މިފަހަރު ޓެސްޓްކުރީމަވެސް ތެލްސީމިއާ ރިޒަލްޓް ބަދަލެއްނުވޭ ހަމަ ސޭމް.. ޕިންކް.. އައިމް ސޮރީ ލަވް.. ބަޓް ލެޓްސް ރަން އަވޭ.. އައި ލަވް ޔޫ ޓޫ މަޗް.. ” މައިރީންގެ ފޯނަށް އެންމެފަހުން އައި ޔާދިންގެ މެސެޖް ފެނި އައި ރުޅިން ރިޔާޒްގެ ކަތުރުކަށިގަނޑު ގުޑައިގެން ދިޔައެވެ. އޭނާގެ ހުރިހަމައެކަނި އަންހެންދަރިފުޅަށް ކުރި އިތުބާރު ވެއްޔާ މޮޑެވިގެން ދިޔައެވެ. މައިރީން އެފަދަ ބޮޑު ކަމެއް އޭނައަށް ސިއްރު ކުރުމުން އޭނަގެ ބޮލަށް ހުރީ ވަރަށް ގަދަޔަށް ރުޅި ސަވާރުވެފައެވެ. މައިރީންގެ ކޮޓަރި ދޮރުގައި ބާރު ބާރަށް ރިޔާޒް ތަޅާގަތެވެ. އެވަގުތު މައިރީން މަންމަ ޝިޔާމާ އައިސް ވީގޮތް އޮޅުން ފިލުވަން އުޅުނެވެ. އެހެނަސް ރިޔާޒްއަށް ޝިޔާމާގެ އަޑުވެސް ނީވޭ ފަދައެވެ. ބާރު ބާރަށް މައިރީންއަށް ގޮވަން ފެށިއެވެ.

ފެންވަރައިގެން ނިކުތް މައިރީން ބައްޕަ އެހާ ބާރަށް ހަޅޭލަވާ އަޑުއިވުމުން ބިރުގަތެވެ. އަވަސް އަވަހަށް ގޭގައި ލައިގެން އުޅޭފަދަ އަތްދިގު ޓީޝާޓއަކާއި ހަރުވާޅެއްލައިގެން ކޮޓަރީގެ ދޮރު ހުޅުވިއެވެ. ދޮރުހުޅުވުމާއެކު މައިރީންގެ ނަޒަރު ފުރަތަމަ ދަތުރުކުރީ އޭނާގެ ބައްޕަގެ މޫނަށްށެވެ. އެއަށްފަހު އަތުގައި އޮތް ފޯނަށްށެވެ. އެއާއެކު އޭނައަށް މަޑުމަޑުން ހިންދިރުވާލެވުނެވެ. ބައްޕައަށް އޭނާގެ ބޮޑު ސިއްރު ފަޅާއެރިކަން އޭނައަށް ޔަގީންވިއެވެ. ބަހެއް ބުނެވުމުގެ ކުރިން   ރިޔާޒް މައިރީންގެ ދިގު އިސްތަށިގަނޑު އަތަށް އޮޅައިލުމަށްފަހު ސިޓިންގްރޫމް އާއި ދިމާލަށް ހިނގައިގަތެވެ. އެއަށްފަހު އަތުގައި ހުރި ބާރެއްލުމަށްފަހު އެތަނަށް ކޮށްޕާލިއެވެ. އޭރު ޝިޔާމާ ރޮމުން އެހެން ނުހެދުމަށް އެދެމުން ދިޔައެވެ.

” ނުލަފާ ކުއްޖާ!! އަހަރެމެން ކަލެއަށް ނުހޯދާދެނީ ކޯއްޗެއް؟ ކުޑައިރުއްސުރެ ބޮޑުކޮށްފަ ތިހުރީ ރަނގަޅަށް ކާންދީގެން ކިޔަވައިދީގެން.. އެކަމަކު ފިޔަފެޅީމަ އަހަރެމެންނަށް ތަނެއްދޮރެއް އަންގާލުމެއްނެތި މިއުޅެނީ ލޯބިވެރިޔާއާއެކު ފިލަން، އެންމެ ދެތިންމަސް ހޭދަ ކުރި.. އަހަރެމެން ނުވި އެކައްޗަކަށްވެސް މީނަ ކުރިމަތީ.. އަންހެންދަރިއަކު މި ފާޑަށް ތެޅޭއިރު ޝިޔާމާއަކަށްވެސް ކުޑަކޮށް ހިލަމެއް ނުވަނީތަ އޭ؟؟ ވާވަރަށް ކަންތައް ސިއްރުކުރެވިފަ ތިހުރީ!! ދެން ކިޔަވަން ދާން އުޅޭނެކަމެއް ނެތް.. އަށާރަ އަހަރުވާންވާރައި ދެވާނީ މަ ބޭނުންވާ މީހަކާ އާނ އެއީނުން ތިނުކުރެވިގެން އުޅޭކަމަކީ.. މަށަށް ޔަގީން ކިޔަވަން ގޮސްވެސް އެފިރެހެނާއާއެކީ މާލެ ކުޑަކުރުން ނޫން ކަމެއް ނުކުރާކަން.. ހަނދާންކުރާތި ދެން މިގެއިން ބޭރަށް ފިޔަވަޅެއް އަޅައިލިޔަސް ދެފައި ބިންދާލާނަން.. ދެން އޭނައާ ވާހަކަ ދެއްކިކަން އެނގުނަސް ދޫ ބުރިކުރާނަން.. އަޑުއިވިއްޖެ؟؟ ”

މައިރީންގެ ކަންފަތުގައި ހިފާލަމުން ރިޔާޒް ބުންޏެވެ. މައިރީންއަށް ބައްޕަގެ މިފަރާތް ފެނުމުން އޭނާގެ ޅަހިތް ބިރުވެރިކަމުން ފުރުނެވެ. އޭރު ރުއިމުގެ ސަބަބުން އެ ދޮން މޫނުވަނީ ރަތްވެފައެވެ. ދެލޮލުގެ ހުދު ކަޅި ރަތްކުލައިގެ ކުދި ނާރުތަކުން ފުރި ރަތް ކުލަ ވެރިވެރިފައެވެ. ރިޔާޒް ދެއްކި ވާހަކަތަކުން ޝިޔާމާއަށް ކުޑަވަރެއްގެ ޝޮކެއް ލިބުންފަދައެވެ. ހުރި ހަމައެކަނި އަންހެންދަރިފުޅު ހިތާމައިގެ ތަސްވީރެއް ފަދައިން ވީއިރު އޭނައަށް އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. މައިރީން އާއިމެދު ޝިޔާމާ އޭނާގެ ފިރެހެން ދަރިންނާމެދު ބާއްވާފަދަ ގާތް ގުޅުމެއް ބާއްވާފައި ނުވެއެވެ. މައިރީންއަށް ދެވުނު ތަރުބިއްޔަތުގައި އުނިކަމެއް ހުރީބާއޭ އޭނަގެ ހިތަށްއެރިއެވެ. ޝިޔާމާ ސިހިގެން ދިޔައީ ދެވަނަ ފަހަރަށް އަޑުއިވިއްޖެހޭ ކިޔާ ރިޔާޒް ހަޅޭލަވައިގަތުމުންނެވެ. އޭނައަށް މައިރީންއާ ދިމާލަށް ބަލައިލެވުން އިރު މައިރީން ހުރީ އޭނައާއި ދިމާލަށް ބަލާށެވެ. އެ ބޮޑު ދެލޮލުގައި ބޮޑިވަމުންދާ ކަރުނަތަށް ދިޔައީ ކޯތާފަތުގައި ބީހިލައިފައި ރޮނގަކަށް ދަތުރު ކުރަމުންނެވެ. ރިޔާޒްގެ އަޑުން މައިރީން ސިހިގެން ދިޔަކަން އެނގުނެވެ.

” އަޅުގަނޑު.. ކިޔަ.. ވަން.. ބޭ. ނުން.. ” ގިސްލެވެމުން ދިޔުމުގެ ސަބަބުން އެ ޖުމުލަ މައިރީންގެ އަނގައިން ނުކުތީ ކެޑިކެޑިގެންނެވެ. މައިރީންގެ އަޑު ކަންފަތުގައި ޖެހުމުން ހީވީ އަލިފާނަށް ފެޓްރޯލް އެޅިހެންނެވެ. ” މިހާރު މަގޭ ކުރިމަތީގަ ޒުވާބު ކުރަންވެސް ފެށީތަ؟؟ ” ރިޔާޒް ބާރު ބާރަށް ހަޅޭލަވައިގަތެވެ. އަދި މައިރީން އަތުގައި ހިފައި ދަމާ ކޫއްތާފައި ބަދިގެއަށް ގެންދިޔައެވެ. ދޭފަތްތައް އަޅުވާ ތަނަށް އޭނާގެ ނަޒަރު ދަތުރުކުރިއެވެ. ދަގަނޑު ދޭފަތެއް ނަގައި އުނދުން ޖެއްސުމަށްފަހު ދޭފަތް ހޫނު ކޮށްލިއެވެ. އޭރު މައިރީންގެ އިތުރުން ޝިޔާމާ ދިޔައީ ރިޔާޒް ގާތު އެހެން ނުހެދުމަށް އެދި އާދޭސް ކުރަމުންނެވެ. ” ޝިޔާމާ ހައްދާ ގޮތޭ މީ.. އަހަރުމެންނަށް އޮންނަ ކަމެއް މީ ދަރިންގެ ކަންފަތަށް އަޑު ނީވެންޏާ އަނިޔާ ކުރުން.. ޝިޔާމާ ދުރުގަ ހުރޭ އެހެން ނޫނީ ކަންތައްތައް މާ ރަނގަޅެއް ނުވާނެ! ” ރިޔާޒް އިންޒާރު ދިނެވެ. ރިޔާޒް ބުނީ ރަނގަޅު ވާހަކައެކޭ ހިތާ ޝިޔާމާ އެތަނުން ނުކުތެވެ. ދަރިފުޅަށް އަނިޔާ ލިބޭތަން ބަލަން އޭނާގެ ހިތަކަށް ކެތެއް ނުވިއެވެ.

ދޭފަތް ހޫނު ވުމުން ރިޔާޒް މައިރީންގެ އަތުގެ ކުޑަހުޅުގައި ހިފުމަށްފަހު ހޫނުކޮށްފައިވާ ދޭފަތް ޖައްސާލިއެވެ. އަތުގެ ހަންގަނޑަށް އިހްސާސްވި ހޫނު ކަމުން މައިރީން ހަޅޭލަވައިގަނެ ރޮއެގަތެވެ. އަދި ބައްޕަގެ އަތުތެރޭން ސަލާމަތްވުމުގެ ގޮތުން ރިޔާޒްގެ އަތުގައި ދަތް އެޅިއެވެ. މައިރީންގެ ތޫނު ދަތްތަކުގެ އިހްސާސް ކުރެވުމުން ރިޔާޒް ހަޅޭލަވައިގަނެ މައިރީންގެ އަތުން ދޫކޮށްލިއެވެ. ދެންފެނުނީ ރިޔާޒްގެ އަތުގެ ހޫނު ހަމަލާއެއް މައިރީންގެ ކޯތާފަތަށް އަމާޒުވިތަނެވެ. އެހާ ބާރަށް ޖެހުމުން ކޮންޓްރޯލް ނުވެ މައިރީންގެ ނިތްކުރި، މަތީގައި ހުރި ކަބަޑެއްގެ ކަނެއްގައި ޖެހުނެވެ. މައިރީންގެ ރުއިމުގެ އަޑު ބާރުވެގެން ދިޔުމުން ދުވެފައި ޝިޔާމާ ވަނެވެ. އެއާއެކު މައިރީން އޮތް ހާލުން އޭނާގެ ދެލޯ ފެންކަޅިވިއެވެ. ރިޔާޒް ހިތްފުރޭވަރަށް އަނިޔާ ދެވުމުން އެތަނުން އޭނަ ނުކުތެވެ.

ޝިޔާމާ ދުވެފައި ގޮސް މައިރީން ތެދުވަން އެހީވެދޭން އުޅުނެވެ. ނަމަވެސް މަންމަގެ އަތް ފޮޅުވާލުމަށްފަހު ބޮލުގައި އަތް އަޅައިގެން ދުވެފައިގޮސް ކޮޓަރިއަށް ވަނެވެ. އޭރު އޭނާގެ ނިތްކުރި ފަޅައިގެން ގޮސް ލޭގެ ކޯރު ހެދެމުން ދިޔައެވެ. ކޮޓަރި ތަޅުލުމަށްފަހު މައިރީންއަށް ހުރިތަނަށް ތިރިވެވުނެވެ. ނިތްކުރީގަޔާއި އަތުގައި އަޅާ ވޭނަށް ކެތްކުރަން މަސައްކަތް ކުރަމުން މައިރީން ދިޔައެވެ. ނަމަވެސް އޭނައަށް ކެތް ކުރެވޭނީ ވަކި ވަރަކަށްނުން ހެއްޔެވެ. ލޭ ގިނައިން ފެނުމުގެ ސަބަބުން މައިރީން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

މައިރީންއަށް އަނިޔާ ކުރެވުނީތީ ރިޔާޒް އެކަމާ މިހާރު ހިތާމަ ކުރެއެވެ. އެއީ އެއްވެސް ހާލެއްގައި ކަންތައްކޮށްގެން ވާނެ ގޮތެއް ނޫނެވެ. އެ ހާދިސާގެ ސަބަބުން މައިރީން އެންމެނާއި އެކަހެރިވިއެވެ. އޭނާގެ ހަށިގަނޑުގައި އެކަކުވެސް އަތްލިޔަކަށް ނުދެއެވެ. ލޯބިން ފިރުމާލަންވެސް އޭނާ ނުރުހެއެވެ. ސިހި ބިރުގަނެއެވެ. ލޯތްބަކީ އަސްލެއް ނޫންކަމަށް އޭނާގެ ހިތަށް ވިސްނައިދިނެވެ. އޭނާގެ އަމިއްލަ މައިންބަފައިން އޭނާގެ ދެކެ ލޯބި ނުވާއިރު ދުރު ހިލޭ މީހަކު ނުވާނެކަން ޔަގީން ކުރިއެވެ. އެހެންނޫންނަމަ މިހާ އަވަހަކަށް ޔާދިން އެހެން މީހަކާ ކައިވެންޏެއް ނުކުރާނެއެވެ.

ލޯއްބަށްޓަކައި ނަފްރަތު އޭނާގެ ހިތުގައި އުފެދިގެން ދިޔައެވެ. އަނދިރި ކަމަށް ލޯބިޖެހުނެވެ. މިހާރު އޭނަ ގެއިން ނުނިކުންނަތާ ފަސް ދުވަސް ވެދާނެއެވެ. އަބަދު ކޮޓަރީގައި ރޯލަރޯލަ އޮންނަނީއެވެ. ކާއެއްޗެއް އޭނާގެ އަރުތެރެއިން ދިރެނީ ގަދަކަމުންނެވެ. ދުވާލަކު އެއްފަހަރު ކެއުމުގެ ސަބަބުން އޭނާގެ ހަށިގަނޑުން އަނަރޫފަކަން އެހާ އަވަަށް ފެންނަން ފަށައިފިއެވެ. އޭނާގެ ހަށިގަނޑުގައިވާ ޒަހަމް ތަކުގައި ބޭސްއަޅަން ގެއަށް ގެނައީ ބައްޕަގެ ކޮށްކޮއެއްގެ ދަރިފުޅެވެ. އެއީ ޑޮކްޓަރެކެވެ.

ރިޔާޒް ބަދިގެއަށް ވަން އިރު ޝިޔާމާ އުޅުނީ އޭނައަށް ކެއުން ތައްޔާރު ކޮށްދޭށެވެ. ދެމަފިރިންގެ ދެމެދުގައިވި ނުތަނަވަސްކަން އެކަކު އަނެކަކަށް ވެސް އިހްސާސްވިއެވެ. ރިޔާޒް ހުރީ ގޮތްދޫނުކުރަން ނިންމައިގެންނެވެ. ޝިޔާމާ އެއްޗެކޭ ބުނުމެއް ނެތި ކެއުން ތައްޔާރުކޮށް ނިމުމުން އެތަނުން ދިޔައެވެ. އޭނަ މަޑުމަޑުން މައިރީންގެ ކޮޓަރި ދޮރު ހުޅުވައި ބަލައިލިއެވެ. އޭރުވެސް މައިރީންގެ ވޭނީ ރުއިމުގެ އަޑު އެކޮޓަރިތެރޭގައި ހަރުފާފައި ހުއްޓެވެ. މި ފަސް ދުވަހު އޭނާގެ ކޮޓަރިން އެ ނޫން އަޑެއް އިވިގެން ނުދެއެވެ. މައިރީންގެ ރުއިމުގެ އަޑުއިވި ޝިޔާމާއަށް ހީވީ އޭނާގެ ހިތަށް މީހެއް އަރައި ޗިސްޗިސް ކުރާހެންނެވެ. މަޑުމަޑުން ހިނގާލައިފައި ގޮސް މައިރީންގެ އެނދުގައި އިށީނެވެ. މައިރީން އިނީ ކުރިންވެސް އިން ގޮތަށް ކަނަށް ވަދެ ބާލީހުގައި ބައްދާލައިގެންނެވެ. އޭނާގެ ބޮލުގައި ބައްޕަ ދެންމެ ދެއްކި ވާހަކަ ހިނގަމުން ދިޔައިރު، ޝިޔާމާ ކޮޓަރިއަށް ވަން ކަމެއް އޭނައަކަށް ނޭނގެއެވެ.

ޝިޔާމާ މަޑުމަޑުން އައިސް މައިރީންގެ އެނދުގެ މަގަތުގައި އިށީނެވެ. ހިތުގައި ޖެހިފައިހުރެ ދަރިފަޅާއޭ ކިޔާ ގޮވައިލިއެވެ. މައިރީންގެ ކަންފަތުގައި މަންމަގެ އަޑުޖެހުމުން ވަގުތުން ރުއިން ހުއްޓާލިއެވެ. އަގަޔަށް ބާލީސްލައި އޭނާގެ އަޑު ޝިޔާމާއަށް ނީއްވަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ މަޑު ގިސްލުމުގެ އަޑު ޝިޔާމާއަށް އިވެމުން ދިޔައެވެ. ކިތަންމެ ހިތަށް ތަދުވި ނަމަވެސް ދަރިފުޅަށް ވިސްނައިދެވޭތޯ އޭނަ މަސައްކަތް ކުރިއެވެ.

” މައިވެސް ނުވާނެއެއްނުން އެކަހަލަ ކަންތައް މަންމަމެނާ ސިއްރު ކުރާކަށް.. ތީ ހަމައެކަނި މަންމަމެންގެ ހުރި އަންހެންދަރިއަކީ.. މައި އެފަދަ ކަމެއް ކުރަން ވިސްނިއިރު ނޭނގޭތަ އެކަމުން މުޅި ރަށަށް ބަދުނާމު ވާނީ މަންމަމެން ކަމެއް؟ މަންމަގެ ތަރުބިއްޔަތުގައި ކޮން އުނިކަމެއް އޮވެގެން މައި އެކަހަލަ ކަމެއް ކުރަން ހިތަށްވެސް އެރުވީ؟ ބައްޕަ ކަންތައް ކުރީ ރަނގަޅަށްށެކޭ މަންމައެއް ނުބުނާނަން.. އެއީ ބައްޕަ މާބޮޑަށް ރުޅިދުރުވީމަ ކަންތައް ކުރެވުނު ގޮތެއް.. ބައްޕަ އެހެންނޫނީ އެއް އިރެއްގައިވެސް ދަރިޔަކަށް އަތް އިސްކޮށްފައެއް ނެތެއްނުން.. މައި ތިގޮތަށް ނުކައި އޮތަސް އެއްކަމެއްވެސް ބަދަލެއް ނުވާނެ.. ހިނގާ އަވަހަށް ކާން.. މައި ތިހެން ނުކައި އުޅުނީމަ މަންމަގެ މައިލަގޮނޑިއަށް ކެތެއްނުވޭ.. ” ޝިޔާމާގެ އަޑު ކުރެހިގެން ދިޔައެވެ. މައިރީންގެ ހަށިގަނޑުގައި އަޅަމުން ދިޔަ މަޑު ތުރުތުރު ފެނުންމުން އޭނަ ބޭނުންވީ މައިރީން އޭނަގެ އަތުތެރެއަށްލައި ފޮރުވާލާށެވެ. އެހެން ނަމަވެސް ޝިޔާމާގެ އަތުގެ އިހްސާސްވުމުން މައިރީން ސިހިފައި ބާލީހަށް ބާރު ކޮށްލިއެވެ.

” ބައްޕަ އަތް އިސްކުރީ ބައްޕައަށް ލިބިފައި ހުރި ހަމައެކަނި އަންހެން ދަރިފުޅަށް.. ދޮންބެ ނޫނީ ކޮއްކޮ ކިތަންމެ ބޮޑު ކަމެއް ކުރިޔަސް ނަހަދާނެ.. އެންމެން އަޅުގަނޑު ބާކީ ކޮށްފަ ހުންނަނީ.. އަޅުގަނޑު ބޭނުމެއް ނޫން.. ދު..ނިޔޭގަ.. ހުންނާކަށް… އަޅުގަނޑުގެ.. ކުށަކީ ކޮބާ؟ އެންމެން.. އަޅުގަނޑު ބާކީ ކުރަން؟؟ އަންހެންކުއްޖަކަށް ވުންތަ؟.. އެކަމަކު އެއީ.. އަޅުގަނޑުގެ.. ކުށެއްތަ؟؟ އެންމެން އަޅުގަނޑު ބާކީ ކުރި ދުވަހު އަޅުގަނޑަށް އޯގާތެރިވެ ހިއްވަރުލައިދީ ހެދީ ޔާދު.. މަންމަމެނަށް އަބަދުވެސް މުހިންމީ ދޮންބެ އާއި ކޮއްކޮ.. އެއީ އެމީހުންނަކީ ފިރެހެން ކުދިންނަށް ވީތީ.. އެމީހުން ކިޔަވައިގެން ލާރިގެންނާނެ ނެތީ.. އަޅުގަނޑު އަންހެން ކުއްޖަކަށް ވީތީ، ދެން ނުކިޔަވައި ނުދަންނަ މީހަކާ ކައިވެނިކޮށްގެން އެމީހާގެ ކުދިން ބަލާ ކަންތައް ކުރަންވީ؟؟ ޔާދުއާއި އެކީ އުޅުނަސް އަޅުގަނޑު ކިޔެވުމަށް ފަރުވާ ކުޑައެއް ނުކުރަން.. އަޅުގަނޑު އަބަދުވެސް ކިޔެވުމަށް އިސްކަންދެން… އެކަމަކު ބައްޕަ….އާހް.. އަޅުގަނޑު ބޭނުމެއްނޫން.. ކިޔެވުން ހުއްޓާލާފައި ނުދަންނަ މީހަކާ އެކީ ދިރިއުޅުމެއް ފަށާކަށް.. އެއަށްވުރެ.. އަޅުގަނޑަށް.. ރަނގަޅު.. ނުކައި ބަނޑަށް.. މަ..ރު..ވިޔަސް… ”

މައިރީން ރޮމުން އޭނާގެ ހިތް މަންމަގެ ކުރިމަތީގައި ހުޅުވައިލިއެވެ. އޭރު ގިސްލެވެމުންގޮސް މުޅި ކުއްޖާ ދިޔައީ ތުރުތުރު އަޅަމުންނެވެ. މައިރީން ރޮމުން ދިޔަގޮތުން ހީވަނީ ދެންމެ ދެންމެއަކު މީހާ އެއްކޮށް ރޫޅި ދާނެހެންނެވެ. ޝިޔާމާ އަނގަމަތީ އަތްއެޅިއިރު އޭނާއަށް ދިޔައީ ރޮވެމުންނެވެ. މައިރީންގެ ވާހަކަތަކުން އޭނާ ހިތަށް  ވަރަށް ބޮޑަށް އަސަރު ކޮށްފިކަން އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ހެކިވެއެވެ. ކުރިން އެއްއިރެއްގައިވެސް މައިރީންއަކީ އޭނާގެ އިހްސާސްތައް މީހުން ކުރިމަތީ ހާމަކުރާ ކުއްޖެއް ނޫނެވެ. ކިތަންމެ ދެރަވިޔަސް އޭނަ ހުންނަނީ އެކަންތައް ވަންހަނާ ކޮށްގެންނެވެ. ޝިޔާމާއަށް ހުރި ހަމައެކަނި އަންހެން ދަރިފުޅާއިމެދު އިހްމާލު ވެވިއްޖެކަމުގެ އިހްސާސް ކުރެވެން ފެށިއެވެ. ޝިޔާމާއަށް ކެތްނުވެގެން މައިރީންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އެއާއެކު މައިރީންއަށް ހީވީ މައިރީންގެ ހަށިގަނޑުގައި މީހަކު ކަރަންޓު ޖެއްސި ހެންނެވެ. ބާރަށް ރޮއެގަންނަމުން ޝިޔާމާގެ އަތްދަށުން ސަލާމަތްވުމަށްޓަކައި ތެޅިގަތެވެ.

” ދޭ… ދޭ.. އާދޭސް ކުރަން.. އަޅުގަނޑަށް އެހެން ނަހަދާ.. ބައްޕަ ކައިރީގަ ބުނޭ އަޅުގަނޑު މަރާލާށޭ.. ގައިގަ އަތް ނުލާ.. އާހް.. ” ކުއްލިއަކަށް މައިރީން މޭގައި އަތް އަޅާބާރުކޮށްލިއެވެ. ނޭވާ ނުލެވުގެން އުޅޭފަދައަކުން އަނގަހުޅުވައި ނޭވާލާން މަސައްކަތް ކުރަމުން ދިޔައެވެ. ދެލޯ ކަރުނައިން ފުރި ބަންޑުންވަމުން އައިއިރު ގުނާއަދަދު ނުކުރެވޭފަދައިން ކަރުނަތައް ކޯތާފަތުން ލާފައި ދަތްދޮޅިން ތިރިއަށް ވެއްޓެމުން ދިޔައެވެ. މައިރީންއަށް ދޮރުހުޅުވާލައިފައިވަން އޭނާގެ ބައްޕަ ފެނުނީ ކަރުނައިގެ ސަބަބުން ފުސްކޮށެވެ. މައިރީންއަށް އެނދަށް ހަށިގަނޑުގައި ވަރެއްނެތި ވެއްޓުންކަން އިހްސާސްވިއެވެ. އޭނައަށް އެންމެ ފަހުން އަޑުއިވުނީ މަންމައާއި ބައްޕަގެ ހަޅޭކުގެ އަޑެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. RIFSHA

    Hey maash how are you??
    Alhey dhen no no pls pls maash yaadhu and mai dhuru nukurey mihaaru mai ehuru nafsaani bali madu kamehge thereyga.alhey aslu vx mai ge kushakee kobaa?
    Ai and yaadhu ge habareh vs mi part ga nuvey dho next part ga adhekudhin ge thankolhei vx gennahche.e dhekudhin ge haalu vx varah balaalaa hithun mi hiry
    Hey anyway mi episode varah varah ves reethi.kon irakun next part kiyaalan libeyni
    So curious to know what is going to happen next
    Love you so much maash ❤️

    1. Nadhoo
      RIFSHA

      yaadhu merry kuri vaahaka ebain dho…. varah asaru gadha rovijje

    2. Butterflyyyyy
      RIFSHA

      Hey rifoo.. Not good.. Hirafuhaa hedhi roaga jehigen miulheny hehe.. But hope you’re fine..
      Dhen yaadhu aa mai ah neyge vaane gotheh vx😔.. Yes mai mihaaru nafsaany gothun vrh asaru kohfa ehury 😔 Ai aa yaadhu ge habareh vrh avahah vaane don’t worry.. Yess iraadha kurehviyya ekudhinge haalu next part in engeyne.. Thank you rifoo.. Vrh happy vejje mi part reethi v kan enguneema.. Insha allah next part Sunday ga.. Love you more dear💜🦋

  2. 🌹🌹🌹 vempire girl 🌹🌹🌹

    Hi butterflyy
    Hama rovihjje… ehaa vx mi part reethi.. maasha allah… alhey mireen ah dhera gotheii nahadhahcheyy… mireen vaa keii gadha.. plzzz mireen and yaadhin dhurunukurahchey…

    1. Butterflyyyyy
      🌹🌹🌹 vempire girl 🌹🌹🌹

      Hey vempire girl.. Alhey I’m so sorry rovvaalevuneema.. Vrh happy vejje darling ah mi part reethi kan enguneema😊.. Let’s see dhen Mai and yaadhu ah vaa goi dhww.. Lyssm darling 💜🦋 and vrh bodah sorry readers dhera kureveythy 😔

  3. Cutie girl

    Mi part ves v reethi masha Allah
    Can’t wait for next part
    Alhe yaadh aa mai aa haadha dhera gothekey evee ekudhin gulhuvachey

    1. Butterflyyyyy
      Cutie girl

      Thank you cutie girl.. Vrh happy vejje darling ah mi part reethi kan enguneema.. Let’s see Mai menah vaa goi dhw.. Lyssm💜🦋

  4. Cutie girl

    Mi part aku raakin and aina ge baeh neih fenaakah
    Raakin and aina gulhuvachey next part ga mai and yaadh ves

    1. Butterflyyyyy
      Cutie girl

      Dhen anna part ga thikudhin ge habareh vaane.. Let’s see dhw dhen vaa goi🤗

  5. Butterflyyyyy

    Reply to Nadhoo
    Yaadhu merry adhi nukurey engey.. Yaadhu ran ki adhi.. Vrh bodah sorry engey rovvalevuneyma.. 😭❤

  6. flowerr

    vrh reethi mi part ves
    yaadhu and mai vaki vaneetha??…..plss edhekudhin vaki nukrachey 🙁
    when is the next part
    waiting………

    1. Butterflyyyyy
      flowerr

      Thank you flowerr.. Let’s see dhw vas boii.. Butterfly kuda koh bali koh ulheneythy mi week Sunday ga up nukohlevuny I’m really sorry for that but I’ll try avahah up kureveythw.

Comments are closed.