Skip to content
އެސްފިޔަ

ތިޔަ ލޯތްބަށް އެދެވޭތީ… 3

އާރާއާއި ޔަލީން އެހެން ބުނުމުން އެންމެން އެކުގައި ގެސްޓް ހައުސްއިން ނުކުތެވެ. އެރަށުގައި އޮންނަ ކުޅިއަށް ދެވުމުން އެންމެ ފުރަތަމަވެސް މުޅި ތަނުގައި ދުވަން ފެށީ ޔަލީންއެވެ. ފެންގަނޑު ކައިރީގައި އުޅުނު ބޮޑެތި ކަކުނިތައް އަތަށް ނަގައިގެން ޔަލީން އަޒަލްގެ ފަހަތުން ދުވަން ފެށުމާއެކު، އަޒަލްގެ ހަޅޭކުގެ އަޑު މުޅި މާހައުލުގައި ގުގުމައިލިއެވެ. އަންހެން ކުއްޖަކަސް، ޔަލީން ވަކި ފިރިހެން ކުއްޖަކަށް ދުލެއް ނުކުރެއެވެ. އެހާ ހަލަނި ވެފައި، އެހާ ސިޔާސަ ވާނެއެވެ. މުޅި ތަނުގައި ދުވެދުވެފައި އަޒަލްއާއި ޔަލީން  އުޅުނު މަންޒަރު ކެމެރާގައި ރައްކާ ކުރަމުން ދިޔަ އާރާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވިއެވެ.

ކެމެރާ ހިފައިގެން ވަށައިގެންވީ މަންޒަރު ހަނދާނަކަށް ރައްކާ ކުރަމުން ދިޔަ އާރާއަށް ޒައުލްގެ ނަޒަރު އަމާޒު ވިއެވެ. ފުރަތަމަ ފަހަރަށް އާރާގެ ތަފާތުކަން އޭނާއަށް ފާހަގަވީ ފަދައެވެ. އެހެން އެންމެން އެ ވަގުތުކޮޅުގެ އުފާ ލިބިގަންނަމުން ދިޔަ އިރު، އާރާ ދިޔައީ އެ ވަގުތުކޮޅުގެ އުފާތައް ފަހަށް ރައްކާ ކުރަމުންނެވެ. އަޒަލްއާއި ޔަލީން މުޅި ތަނުގައި ދުވެދުވެފައި އުޅުނު ނަމަވެސް އާރާގެ އެ ހަނުހުރުމާއި މަޑުމައިތިރިކަން އެ ދެކުދިންނާ ތަފާތެވެ.

ކުދިވެރީންގެ ޙަރަކާތްތަކަށް ބަލަން ތިބި ޔައިނާމެންގެ މޫނުމަތިން ހިނދުކޮޅަކަށްވެސް ހިނިތުންވުން ފިލައިގެން ނުދެއެވެ.

“އަޅެ ހުރިހާ ކުދިން އެހާ ބޮޑުވީ އިރުވެސް ނުވެސް އެނގެ ދޯ.. ވަގުތު ދާލެއް ހާދަ އަވަހޭ..” ލައުރާ ބުނެލިއެވެ.

“އަސްލުވެސް ދޯ.. އެކުދީން މިހާ ބޮޑެތިވީރުވެސް ބަލާބަ އުޅޭލެއް އެކުވެރިކަން.. ހާދަ އުފާވޭ މިހެން ފެނުނީމަ..” ޔައިނާވެސް ލައުރާއާ އެއްބަސްވިއެވެ.

“އޭ.. ޔައިލްއާ އަޒްއާ މިހާރު ދެން އެ ތިބީ މީހުންނާ އިންނަ ވަރު ވެފަ.. އެކަމަކު އެއިން ކުއްޖަކު މީހަކާ ރައްޓެހިވީހެންވެސް ހިޔެއް ނުވޭ..” އަޒާން ބުނެލިއެވެ.

“އެދެމީހުން ދެވާބަލަ.. ކިހާ ސަޅިވާނެތަ އޭރުން..” ލައުރާ ބުނެލި ވާހަކައިން އެންމެންގެ ކައިރިޔަށްވެސް ހިނި އައެވެ.

“މަ އެހީމޭ ކުރިން ދުވަހު ޔައިލް ކައިރި.. ދަރިފުޅު މީހަކާ އިންނާކަށް ނުވޭހޭ.. ބުނީ އަދި ރަނގަޅު ކުއްޖަކު ނުފެނެޔޯ.. ދެން މަ އެހިން ދަރިފުޅު އަޒްއާ ދޭތެރޭ ދެކެނީ ކިހިނެއް ހެއްޔޭ.. ބުނީ އަޒްއަކީ ހަމައެކަނި ރައްޓެއްސެކޯ..” މިލާން ކިޔައިދިނެވެ.

“އެދެކުދިން އުޅޭ ގޮތުން ހިޔެއް ނުވޭ ގައިމުވެސް ހަމައެކަނި ރައްޓެހިންނެކޭ..” އަޒަލްއާ ޔައިލްއާ ދިމާއަށް ނަޒަރު ހުއްޓާލައިގެން އިނދެ، ޒާރާ ބުނެލިއެވެ. އޭރުވެސް ޔައިލް ދިޔައީ އަޒަލް އަތްދަނޑިމައްޗަށް އުފުލާލައިގެން ފެންގަނޑު ތެރޭގައި އެނބުރެމުންނެވެ.

“އަޅެ ތިމީހުން ހަނދާންވޭތަ ޔައިލް ކުޑަ އިރު އަބަދު ކިޔާނެ ބޮޑުވެގެން މެރީ ކުރާނީ އަޒްއާއޭ..” އަފާން މާ ކުރީގެ ހަނދާނެއް އައުކޮށްލުމުން އެންމެން ކައިރިޔަށްވެސް ހިނި އައެވެ.

“ދެން ޔައިލްއާ އަޒްވެސް ރަނގަޅު ކުއްޖަކު ފެނުނީމަ އިންނާނެ އެއްނު.. އަހަރުމެން އެކަމާ ބެހޭ އެއްޗެއް ނޫނޭ..” ޒާރާ ބުނި ގޮތާ އެންމެންވެސް އެއްބަސް ވިއެވެ.

“ދެން އެދެކުދިން އެކަކު އަނެކަކާ އިންނަން ބޭނުންވެއްޖެއްޔާއޯ..؟ ތުއްތު ވަލީ ދޭނަންތަ..؟” އަޒާން އަހައިލިއެވެ.

“އެހެންޏަ.. ޔައިލް ކަހަލަ ރަނގަޅު ކުއްޖަކު އަޒްއާ ގުޅެން ބޭނުން ވަންޏާ ކިހައި ބޮޑު ނަސީބެއްތަ އެއީ..” މިލާންއާ އަތާއަތް ޖަހައިލަމުން އަފާން ބުނެލިއެވެ.

“އަނެއްކާ އަހަރުމެންގެ އެކުވެރިކަންވެސް އާއިލީ ގުޅުމަށް ބަދަލުވާނެ ދޯ އަފާން..” މިލާން އެހެން ބުނުމުން އަފާން ވަގުތުން އާއެކޭ ބުންޏެވެ. އެކަހަލަ މަޖާ ވާހަތަކުގައި އެތައް އިރަކު އެ ހަ މީހުން ތިއްބެވެ.

*** ** ***

ހިތްގައިމު ރެޔެކެވެ. އުޑުމަތީގައި ރަނިކަން ކުރަމުން ދިޔަ ބުރުހަމަ ރީތި ހަނދުގެ ރީތިކަމުން ފަޒާ އަލިކޮށްދީފައި ވެއެވެ. ޖެހެމުންދާ ލުއިލުއި، މަޑުމަޑު ވައިރޯޅިތަކާ އެކުވެގެން ގަސްގަހުގެ ފަތްތައް އިއްވަމުން ދިޔަ ހިމޭން ނާނާއިން މަސްތުކުރުވާހާ ވެއެވެ. އެ ހަމަހިމޭން، ހިތްގައިމު ރޭ، ހަނދުވަރުގެ އަލީގައި ގޮނޑުދޮށަށް ނުކުމެ އުޅުނު ކުދިވެރީންނަށް އެ ރޭގެ ހިތްގައިމުކަން ފާހަގަވީހެންނެއް ހިޔެއް ނުވެއެވެ. އެޔަށް ވުރެ ބޮޑަށް އެކުދީން ވަނީ ހުނުމާއި، ސަކަރާތުގައި ބެދެން ބޭނުންވެފައެވެ.

“އޯ އެމް ޖީ ބަލާބަ އެހެރަ ރީތި ހަނދެއް.. މިރޭ މީ ފުލްމޫން ނައިޓްއެއް ދޯ..” ހަނދަށް ނަޒަރު ހުއްޓާލައިގެން ހުރެ، ޔަލީން ބުނެލުމާއެކު ދެން ތިބި އެންމެންގެ ސަމާލުކަންވެސް ހަނދަށް ހުއްޓުނެވެ.

“ލޯބިވެރިޔާ ގޮވައިގެން ރާޅުޖަހާ ފަށުގަ ހިނގައިލަން ދާން ވަރަށް ސަޅި ރެޔެއް ދޯ މީ..” ހަށަން ބަނދެލަމުން، ޒައުލް ބުނެލިއެވެ.

“ޒައުލް ދެން ހާދަ ފިލްމީއޭ..” އާރާ ޒައުލްއާ ދިމާކޮށްލިއެވެ.

“މައްސަލައެއް ނެތޭ.. މަ ހާ ރޮމޭންޓިކް މީހެއް ލާހިކެއް ނޫން ކަލޭމެން އެކަކަށްވެސް ހޯދާކަށް.. ޔައިބެ އިންނަ މަންޖެއާ ޔަގީނޭ ޔައިބެ ހުންނާނީ އަބަދު ދިމާކޮށްކޮށް ކަން.. އަފާންބެ ޒާއްތައާ ދިމާކުރާ ގޮތަށް..” ޒައުލް ފޮނިވެލިއެވެ.

“މިތާ ނޫޅެ ޒައުލް ކަހަލަ މީހަކާ އިންނަން ބޭނުންވެގެން އުޅޭ އެކަކުވެސް.. ޒައުލް ތީ ދުވާލަކު އަންހެން ކުއްޖަކާ އަޅައިގަނެފަ ހުންނަ މީހެއް..” އަޒަލް ބުނެލީ ހިނިގަނޑު މަތަކޮށްލަމުންނެވެ.

“ދެން އަޒް ދޮންތީ…” އަކުރުތަކަށް ދަމައިލަމުން ޒައުލް ފުއްވައިލީ ކުޑަކުއްޖެއް ފަދައިންނެވެ. އެޔާއެކު އެތަނުގައި އެންމެންގެ ހިނިގަނޑު ގުގުމައިލިއެވެ.

އެކިކަހަލަ މަޖާ ވާހަކަތަކުގައި އެންމެން ތިބި ވަގުތު ބަލާފައި، އަޒަލް ގޮސް ރާޅުޖަހާ ފަށުގައި ހުއްޓުނެވެ. ލުއިލުއި ރާޅުތައް އޭނާގެ ފައިތިލައިގައި ބޮސްދެމުން ދިޔުމާއެކު އަޒަލްގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ. ދެން އޭނާގެ ނަޒަރު ހުއްޓުނީ އުޑުގައި ރަނިކަން ކުރަމުން ދިޔަ ހަނދަށެވެ. އެ ހަނދާ ބައިވެރި ވެގެން ފިޔަ ޖަހަމުން ދިޔަ ކުދިކުދި ތަރިތައް ފެނުމާއެކީ، އަޒަލްގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުން ގައިން ހީބިހި ނަގާ ކަހަލަ އިހުސާސެއް ކުރެވުމާއެކު، އަޒަލް އަމިއްލަ ހަށިގަނޑުގައި އަތް ވަށައިލިއެވެ.

އަޒަލް އެކަނި ދުރުގައި ހުރި ތަން ފެނުމުން ޔައިލްވެސް ގޮސް އަޒަލް ގާތުގައި ހުއްޓުނެވެ. “ހީކަރުވާފަތަ..؟” އަޒަލް ހުރިގޮތް ފެނުމުން ޔައިލްއަށް އަހައިލެވުނެވެ. އަޒަލް ހަމައެކަނި ބޯ ޖަހައިލީއެވެ. އެޔާއެކު ޔައިލް އޭނާގެ ޓީޝާޓު މަތިން ލާފައި ހުރި ކަޅުކުލައިގެ ލެދަރ ޖެކެޓް ބާލާފައި، އަޒަލްގެ ގައިގައި އަޅައިލަދިނެވެ.

“ތެންކްސް..” އަޒަލް އޭނާގެ ރީތި ހިނިތުންވުން ޔައިލްއަށް ހަދިޔާ ކޮށްލަމުން ޝުކުރު އަދާކުރިއެވެ. ޔައިލް ހަމައެކަނި ހިނިތުންވެލީއެވެ.

“ބަލާބަ.. ދަ މޫން އިޒް ސޯ ޕްރިޓީ..” އާޝޯޚުވެފައި ހުރެ އަޒަލްއަށް ބުނެވުނެވެ. އޭނާއަށް އެހާ ރީތި މަންޒަރެއް އެ ފެނުނީ އަދި އަލަށެވެ. ގޭގެ ބެލްކަނީގައި ހުރެ ހަނދަން ބެލުމާއި، ރާޅުޖަހާ ފަށުގައި، މި ހަމަހިމޭން މާޙައުލުގައި ހުރެ ހަނދަށް ބެލުން ހާދަ ތަފާތެވެ.

“ހޫމް.. އަސްލުވެސް ދޯ..” ޔައިލްވެސް އަޒަލްއާ އެއްބަސްވިއެވެ. “ދެން ޔައިލް ދާންވާނެ ކޮންމެ ފުލްމޫން ނައިޓްއެއްގަ އަޒް ގޮވައިގެން ބީޗަށް އިނގޭ..” އަޒަލް ބުނެލިއެވެ. “ދެން އަޒް ބުނެފިއްޔާ ޖެހޭނީ ކަނޑަށްވެސް އެރެންތާ ދޯ..” ލުއި ހުނުމަކާއެކީ ޔައިލް ބުނެލިއެވެ.

ޔައިލްމެންނާ ތަންކޮޅެއް ދުރުގައި ތިބި ޒައުލް، ޔަލީން، އަދި އާރާ ތިބީ އެކުދީންގެ އަމިއްލަ ދުނިޔޭގައެވެ. އެއްލި ކަޅިން ތަންކޮޅެއް ދުރުގައި ތިބި ޔައިލްއާއި އަޒަލް ފެނުމުން ޒައުލްގެ މޫނުމައްޗަށް ވަގުތުން ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

“އޭ އޭ ބަލާބަ އެޔޮށް ކަމެއް.. ޔައިބެއާ އަޒްދޮންތިއާ..” ޒައުލް ވަގުތުން ދެން ތިބި ތިން ކުދީންނަށް އެ މަންޒަރު ދައްކައިލިއެވެ.

“އޯހ މައި ގޯޑް.. ބަލާބަ އަޅެ ޔައިބެ އަޒްދޮންތިއަށް ކެއަރ ކުރާ ވަރު.. ޖެކެޓް ދިން އިރު ހީވީ ހަމަ ކޭޑްރާމާއެއްގެ ސީންއެކޭ..” ޔަލީންވެސް ޒައުލްއާ އެއްބައިވެލިއެވެ.

“އެ ދެމީހުން އެކަކު އަނެކަކު ދެކެ ލައިކްވާހެން ހީވޭތަ..؟” އައިރާވެސް ބައިވެރިވިއެވެ.

“ގައިމުވެސް އެދެމީހުން އުޅޭ ގޮތުން ހީވޭ އެހެން.. ދެން ނޭނގެ.. އެކަކުވެސް އެއްބަހެއް ނުވޭ..” ޔަނާލް ބުނެލިއެވެ.

“ހިނގާބަލަ އެދެމީހުން ތަތްކުރުވަން..” ހިނދުކޮޅެއްގެ ހަމަހިމޭން ކަމަކަށްފަހު، ޒައުލް ބުނެލިއެވެ.

“ކިހިނެއް..؟” ދެން ތިބި ދެ ކުދިންނަށް އެއްފަހަރާ އަހައިލެވުނެވެ.

“ތިކަން ދޫކޮށްލާ މަށަށް.. ސްޓެޕް ބައި ސްޓެޕް ޕްރޮސީޖަރ އެއް އިނގޭ އެއީ.. ފާޅުގަ އެހެން ބުނެގެން އެދެމީހުން ދުވަހަކުވެސް އެއްބަހެއް ނުވާނެ.. ސޯ އަހަރުމެން ކުރަންވީ ކަމަކީ ދުރުދުރުން އެދެމީހުން ގެނެސްގެން ތަތްކުރުވަންވީ..” ޒައުލް ކިޔައިދިނެވެ.

“މީސްމީހުން ތަތްކުރުވަން ޒައުލް ހާދަ މޮޅޭ ދޯ..” އާރާ ބުނެލިއެވެ.

“އެހެންޏަ.. ލޯބީގެ މާސްޓަރެކޭ މަ މީ..” އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ޒައުލް ބުނެލިއެވެ.

“ހޫމް އޯކޭއޭ ތިވަރަށް ފޮނި ނުކެނޑިޔަސް.. ދެން ވާންވީ ކިހިނެކޯ..؟” ޒައުލްގެ ބޮލުގައި ޖަހައިލަމުން ޔަލީން އެއްސެވެ.

“ހިނގާ އެދެމީހުން އެކަނި މިތާ ބައިތިއްބާފަ އަހަރުމެން ބަޗަން.. ވިސްނާލަބަލަ.. ހަނދުވަރުދޭ ރެޔެއްގަ.. އަތިރިމަތީގަ.. ރާޅު ޖަހާ ފަށުގަ.. ފިނިފނި ވައިރޯޅި ޖެހޭ.. މިޔަށްވުރެ ރޮމޭންޓިކް އެޓްމޯސްފިޔަރ އެއް ދެން ނުހޯދޭނެ.. އެހެންވީމަ މިތާ އެދެމީހުން އެކަނި ބައިތިއްބާފަ އަހަރުމެން ބަޗަންވީ..” ޒައުލް ދިން ޚިޔާލު އެންމެންނަށްވެސް ކަމުދިޔައެވެ. ތިން ކުދިން އެކީ މަޑުމަޑުން ރަށުތެރެޔަށް އަރަން މިސްރާބު ޖެހީ ދެނެވެ.

“އޭ ކަލޭމެން ކޮންތާކަށް..؟” ކުއްލިއަކަށް ޔައިލް ފަހަތް ބަލައިލާފައި، އެހެން އެހުމުން ތިން މީހުންވެސް ދިޔައީ ސިއްސައިގެންނެވެ.

“ދުއްވައިގަނޭ..” ޒައުލް އެހެން ބުނެފައި، އާރާގެ އަތުގައި ހިފައިގެން ގަސްތަކުގެ ތެރެޔަށް ދުއްވައިގަތުމާއެކު، އިރުކޮޅަކު ހަދާނެ ގޮތެއް ނޭނގިފައި ހުރެ، ޔަލީން ދުއްވައިގަތީ ރަށުތެރެޔަށް އެރެން އޮންނަ މަގާ ދިމާއަށެވެ. ޔައިލް ގޮވައިލުމާއެކު ބިރެއް ފެނުނު ފަދައިން ތިން މީހުން ދުއްވައިގަތުމާއެކީ ޔައިލްއަށް މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލެވުނެވެ.

“ކިހިނެއް ވެގެން އުޅޭ ބައެއްތަ އެއީ..؟” އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް އެހެން ބުނެލުމަށްފަހު، ޔައިލް އަނެއްކާވެސް ގޮސް އަޒަލް ކައިރީގައި ހުއްޓުނެވެ.

“ކޮންތާކަށްތަ އެމީހުން އެ ދިޔައީ..؟” އަޒަލް އެއްސެވެ.

“ނޭނގެ.. މަ ގޮވައިލާ އިރަށް ހަތަރު މީހުން އެއްފަހަރާ ދުއްވައިގަތީ.. ހީވީ ޖިންނިއެއް ފެނިގެން ދިޔަހެން..” ޔައިލް ހަމަ އެހެން ބުނުމާއެކީ އަޒަލް ޔައިލްއާ ކައިރިވެލިއެވެ.

“އޭ.. މިކަހަލަ ތަންތާ ރޭގަނޑު ގަޑީ ޖިންނިއޭ ނުކިޔަބަލަ.. ފާޑުފާޑު އެއްޗެހި އުޅޭނެ..” އަޒަލް ބިރުގަތުމާއެކު ޔައިލްއަށް މަޖާވިއެވެ.

“އަޒްއަށް ބިރުވެރި ވާހަކައެއް ކިޔައިދެންތަ..؟ އެ ވާހަކައިގަ ވާ ގޮތަކީ… އުޅޭނެ މުސްކުޅި ދައިތައެއް..” ޔައިލް ބޭނުންވީ އިތުރަށް އަޒަލް ބިރުގަންނުވާލާށެވެ.

“އޭ ދެން ޔައިލްގަނޑާ.. ޝަޓް އަޕް..” އަޒަލް ވަގުތުން ޔައިލްގެ ގައިގައި ބޮނޑިއެއް އެޅިއެވެ.

“އޯކޭ އޯކޭ.. ސޮރީ..” ހެމުން ހެމުން ޔައިލްއަށް ބުނެވުނީ އެވަރަށެވެ.

ދެން އެދެމެދުގައި ދިޔައީ ހަމަހިމޭންކަމުގެ ސުކޫތެކެވެ. އެއްވެސް އެއްޗެއް ނުބުނެ އަޒަލް ހުންނަން ފެށުމުން، އެގޮތް ޔައިލް އަކަށް ކަމަކު ނުދިޔައެވެ. އޭނާ މަޑުމަޑުން އަޒަލްގެ ފަހަތަށް ދިޔައީ އަޒާއަށް ކޮންމެވެސް ލަނޑެއް ދިނުމުގެ ބޭނުމުގައެވެ.

“ފުރޭތަ އަޒް ކާލަނީޔޯ..!” ފަހަތަށް ގޮސް، އަޒަލްގެ ދެކޮނޑުގައި އަތް ޖައްސައިލަމުން ޔައިލް ހަޅޭއްލަވައިގަތެވެ. ޔައިލްއަށް ވުރެ ބާރަށް އަޒަލް ހަޅޭއްލަވައިގަތެވެ. ފަހަތަށް އެނބުރި ޔައިލްގެ މޭތެރޭގައި އަޒަލް ފޮރުވިގަތީ، އޭނާގެ ލަދުވެތިކަމުގެ މައްޗަށް ބިރާއި ސިހުން ކުރިހޯދުމުންނެވެ.

އަޒަލް ކުއްލިއަކަށް ޔައިލްގެ ހަށިގަނޑުގައި އޮޅުލައިގަތުމުން، ޔައިލްއަށް ހައިރާންކަމެއް ލިބުނެވެ. މަޑުމަޑުން އޭނާގެ ދެއަތް ގެންގޮސް، އަޒަލްގެ ހަށިގަނޑުގައި ވަށައިލެވުނީ، އަމިއްލަ އިޚްތިޔާރެއް ނެތިއެވެ. އަމިއްލަ ހިތުގެ ވިންދު އެތައް ގުނައެއް އަވަސްވެގެން ދިޔަކަން ޔައިލްއަށް އެވަގުތުވެސް ފާހަގަ ކުރެވުނެވެ. އަޒަލްގެ ބޮލުގައި ދަތްދޮޅި ޖައްސައިލި އިރު، އެވަގުތުކޮޅު މުޅި ޢުމުރަށް ދެމިގެން ދާނެ ނަމައޭ ޔައިލްގެ ހިތަށް އެރިއެވެ. އަޒަލްގެ އެ ކުއްލި ޢަމަލުން ޔައިލްގެ ހިތަށް އެހާ ބޮޑު ހަމަޖެހުމެއް ލިބުނީ ކީއްވެކަމާއި މެދުގައި ޔައިލްއަށް އަމިއްލަ ހިތާ ސުވާލު ކުރެވުނެވެ.

ކުރެވުނު ކަންތައް ރޭކައިލުމާއެކު އަޒަލް ވަގުތުން ޔައިލްއާ ދުރުވެލިއެވެ. ބޮޑުވެފައިވާ ދެލޮލުން ޔައިލްއާ ދިމާއަށް އޭނާ ބަލަމުން ދިޔައީ ކުށްވެރިޔަކު ފަދައިންނެވެ. “ޔައިލް ކައިރި ބުނިން ދޯ އަހަރެން ބިރު ނުގަންނުވާށޭ..” ހަށަންބަނދެލަމުން، އަޒަލް ލޯއަޅައިލިއެވެ.

“ސޮރީއޭ ވިޔަރި ދައިތާ.. އަހަރެން މަޖަލަކަށޭ.. ނޭނގޭނު އަޒް ބިރުން އަހަރެންގެ ގަޔަށް އަރައިގަނެފާނެ ކަމެއް..” ތެޅިފޮޅެމުން ދިޔަ ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން، ޔައިލް ބުނެލިއެވެ.

“ހުހް.. ވަރަށް ފޫހިވޭ..” އަޒާ ހަށަންބަނދެލިއެވެ. “އަޒް ހިނގާބަ މިދިމާލުން ހިނގައިލަން ދާން.. ވަރަށް ސަޅިވާނެ މިރޭ ވޯކަކަށް ދާން..” ޔައިލް ބުނުމާއެކު އަޒަލްވެސް އެއްބަސްވިއެވެ. ދެމީހުން އެކުގައި ރާޅުޖަހާ ފަށުގައި ތިބެގެން ހިނގާލާފައި ދިޔައީ، ވަކި މަންޒިލެއް ނެތިއެވެ.

*** ** ***

“އޭ އޭ ދެން މަޑުކޮށްބަލަ..” ދުވަމުން ދުވަމުން ގޮސް ވަރުބަލިވުމުން އާރާ ހުއްޓުނެވެ. އެޔާއެކު އާރާގެ އަތުގައި ހިފަހައްޓައިގެން ހުރި ޒައުލްވެސް ހުއްޓިފައި، ޔަނާލްއާ ދިމާއަށް ބަލައިލިއެވެ.

“ޔޫ އޯކޭ..؟” މާނޭވާ ލަމުން ދިޔަ އާރާ ކައިރީގައި ޒައުލް އަހައިލުމާއެކު، އާރާ ބޯ ޖަހައިލިއެވެ. އެޔާއެކު އާރާގެ ނަޒަރު ދަތުރު ކުރީ ޒައުލްގެ އަތުތެރޭގައި އޮތް އޭނާގެ އަތަށެވެ. ޒައުލްގެ ނަޒަރުވެސް ހަމަ އެ ދިމާއަށް ހުއްޓުމުން، ދެމީހުންނަށް ދެލޯ ބޮޑުކޮށްލަމުން، އެކަކު އަނެކަކާ ދިމާއަށް ބަލައިލެވުނެވެ. ޒައުލް ވަގުތުން އާރާގެ އަތުން ދޫކޮށްލާފައި، ޖީބަށް އަތް ޖަހައިލިއެވެ. އާރާވެސް ދެއަތް ދެއަތާ އުނގުޅައިލަމުން، ދުރަށް ނަޒަރު ހުއްޓައިލިއެވެ.

“އެނގޭތަ ކޮން ހިސާބަކަށްކަން އާދެވިފަ މި ތިބީ..؟” ވަށައިގެންވީ މާޙައުލަށް ނަޒަރު ހިންގައިލަމުން އާރާ އަހައިލިއެވެ. އެޔަށް ދޭނެ ޖަވާބެއް ނޭނގުމުން ޒައުލްވެސް ވަށައިގެން ހޯދައިލިއެވެ. އެދެމީހުންނަށް އޭރު ތިބެވުނު ހިސާބުގައި ހުރީ ހުސް ރުކެވެ.

“އޭ… މަގު އޮޅުނީބާ އަހަރުމެންނަށް..؟” ޒައުލް އެހެން ބުނުމާއެކު އާރާގެ ދެލޯ ބޮޑުވިއެވެ.

“މަގު ނޭނގޭ އިރު ކީއް ކުރަންތަ ކޮންމެހެން ދިމަދިމާލަށް ދުވީ..؟ އަޅެ ދެން އަހަރުމެން މަގު ހޯދާނީވެސް ކިހިނެއް.. މަގޭ ފޯނެއްވެސް ނެތް.. ޒައުލް ފޯނު އެބައޮތްތަ..؟” އާރާ ހުރީ ހާސްވެފައެވެ. އޭރު އެ ދޮން މޫނުމަތީގައި ދާ ތިކިތައް ބަބުޅަން ފަށައިފިއެވެ.

“ނެތޭ..” ޒައުލް އެހެން ބުނުމާއެކު ޔަނާލް ޒައުލްއާ ދިމާއަށް ލޯއަޅައިލިއެވެ.

“ޒައުލްއާ ހަދައި ވާ ކަންތަކޭ މީ.. ތާހިރު ވެއްޖެ އެއްނު.. އަޅެ ދެން ކިހިނެއްތަ ހަދާނީ..؟” އާރާ ޙަޤީގަތުގައިވެސް ބިރުގަނެއްޖެއެވެ.

“ޑޯންޓް ވޮރީ.. އަހަރެން ހުރިހާ ހިނދަކު އާރޫއަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަމޭ.. ހިނގާ މިދިމާލުން އަތިރިމައްޗަށް ފޭބޭތޯ ބަލަން.. އޭރުން އެކޮޅަށް ދިޔައީމަ ޔައިބެމެންނާ ދިމާ ވެދާނެ..” އާރާގެ ކޮނޑުގައި ހިފައި، ގަޔާ ކައިރިކޮށްލަމުން ޒައުލް ބުނެލިއެވެ.

ކުއްލިއަކަށް ރުކަކުން ކާށްޓެއް ވެއްޓުނު ބާރު އަޑު އިވިފައި، ޒައުލް ހަޅޭއްލަވައިގަތެވެ. “ޖިންނިއެއް ޖިންނިއެއް..” އާރާގެ ފުރަގަހަށް ވަދެ ފިލަމުން ޒައުލް އެއް ފައްޗަކަށް ކިޔަމުން ދިޔައެވެ.

“ސާބަހޭ ޒައުލްގަނޑާ.. އެއީ ރުކަކުން ކާށްޓެއް ވެއްޓުނު އަޑޭ..” ޒައުލްގެ އަތުގެ މުލައްދަނޑީގައި ޖަހަމުން، އާރާ ބުނެލިއެވެ.

“އޯހ…” އަމިއްލަ މީހާގެ ފިނޑިކަން ވިސްނުމުން ޒައުލް “ކަޑަ” ވެފައި، ބޯ ކަހައިލިއެވެ.

“ޑޯންޓް ވޮރީ ޒައުލް.. އަހަރެން ހުރިހާ ހިނދަކު ޒައުލްއަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަމޭ..” ދެންމެ ޒައުލް ބުނެލި ގޮތަށް، ހަމަ އެ ރާގުގައި އާރާ ބުނެލީ ޒައުލްއަށް ޖެއްސުމަށެވެ. އާރާގެ ވާހަކަތަކުން ޒައުލްގެ ލޮލުން ތަފާތު ވިދުވަރެއް ފެނިލިއެވެ. އެހެންޏާ ވާހަކަ ދައްކާ ވަރަށް ވުރެ ގިނައިން އާރާ އެވަގުތު ވާހަކަ ދައްކަމުން ދިޔަ ކަން ޒައުލްއަށް ފާހަގަ ވީއެވެ.

“މަ ބިރުންނެއް ނޫނޭ.. އާރޫއަށް ބިރު ދައްކައިލަން ވެގެންނޭ އެހެން ހެދީ..” ޒައުލް ބުނެލީ ދެރަ ނުވާން ވެގެންނެވެ.

“އަދި އަނގައިން ދެރަވާ މީހެއްވެސް ނޫނޭ.. ހިނގަ ދާން ދެންވެސް އެމީހުން ހޯދަން..” މޫނު ކުނިކޮށްލަމުން އާރާ ކުރިޔަށް ހިނގައިގަތެވެ. ވަށައިގެންވީ މާޙައުލަށް ކަޅި ހިންގަމުން، ޒައުލްވެސް އާރާގެ ފަހަތުން ދިޔައެވެ.

ކުއްލިއަކަށް، ވެއްޓިފައި އޮތް ހިކި ފަންގަނޑެއްގައި އަޅައިގަނެގެން، އާރާ ހުރި ފިޔަވަޅުމަތިން ކައްސައިލިއެވެ. އާރާ ވެއްޓެން ދިޔުމާއެކު، ޒައުލް އާރާގެ އަތުގައި ހިފެހެއްޓީ އާރާ ވެއްޓުނަ ނުދޭންވެގެންނެވެ. އެހެނަސް، އެކަމުގައި ކާމިޔާބު ނުވެ، އާރާގެ ގައިމައްޗަށް ޒައުލްވެސް ވެއްޓުނީއެވެ.

ދެލޯ މަރައި ތަގުޅިކޮށްގެން އޮތް އާރާގެ މޫނަށް ޒައުލްގެ ނަޒަރު ހުއްޓުމާއެކު، އެހެން ދިމާއަކަށް ބަލައިލަންވެސް، އެ ހިތް ދެކޮޅު ހެދިއެވެ. ދެލޯ މަރައި ބާރުކޮށްލައިގެން އާރާ އޮތް އިރު، އެ މޫނުމަތިން ޒައުލްއަށް ފެނުނީ މައުސޫމުކަމެވެ. އެ މުށިކުލައިގެ ބުޅި އިސްތަށިގަނޑު އެ މޫނަށް އެޅިފައިވާ ގޮތުން، އާޝޯޚުވާހާ ރީއްޗެވެ. ހަނދުވަރުގެ ރިހި އަލީގައި އާރާގެ މޫނު ފެންނަލެއް ވަކިން ފުރިހަމަހެން ހީވެއެވެ. ޒައުލްގެ އިހުސާސްތައް ކޮޅުން ލައިގެން ދިޔުމާއެކު، މަޑުމަޑުން އަތް އުފުލައިލާ، އާރާގެ މޫނުމައްޗަށް އެޅިފައި އޮތް އިސްތަށިކޮޅު ކަންފަތް ކައިރިޔަށް ލައްވައިލަދިނެވެ. އެ އޮމާން މޫނުގައި ޒައުލްއަށް ބީހިލެވުނީ، އަމިއްލަ އިޚްތިޔާރެއް ނެތިއެވެ. އާރާގެ ރީތިކަމަށް ފުރަތަމަ ފަހަރަށް ޒައުލްއަށް ހިތާހިތުން ތަޢުރީފު ކޮށްލެވުނެވެ.

ޒައުލްގެ ބީހުން އިޙުސާސްވުމާއެކު، އާރާއަށް މަޑުމަޑުން ދެލޯ ހުޅުވައިލެވުނެވެ. ޒައުލްގެ ކަޅު ރޭގަނޑެއް ފަދަ ކަޅު ކުލައިގެ ފުން ދެލޯ އެހާ ކައިރިން ފެނުމާއެކު، އާރާގެ ހަށިގަނޑުގައި ހީވީ ކަރަންޓުގެ އޮއެވަރެއް ދަތުރުކޮށްލި ހެންނެވެ. އެނޫން ދިމާއަކަށް ބަލައިލަންވެސް އާރާގެ ހިތް ދެކޮޅުހެދިއެވެ.

އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި ދެ ޒުވާނުންނަށް ނަޒަރު ބަދަލުކޮށްލަން އެނގުނީ، އަނެއްކާވެސް ރުކަކުން ކާށްޓެއް ވެއްޓުނު އަޑަށެވެ. ތިބެވުނުގޮތް އިޙުސާސްވުމާއެކު، އާރާ ޒައުލްގެ މޭގައި އަތް އަޅައި ކޮއްޕައިލާފައި ކޮޅަށް ތެދުވިއެވެ. ނުވާކަމަށް ހަދަމުން ޒައުލްވެސް ކޮޅަށް ތެދުވިއެވެ. ދެންމެ ހިނގައި ދިޔަ ކުޑަކުޑަ “އެކްސިޑެންޓް” އަށް ފަހު، ދެމީހުންވެސް ތިބީ އެކަކު އަނެކަކާ ދިމާއަށް ބަލައިލަންވެސް ނުކެރިފައިހެން ހީވެއެވެ. އިސްނެގީ އާރާއެވެ. ދާން ހިނގާށޭ ބުނެފައި އޭނާ ކުރިޔަށް ހިނގައިގަތުމުން، ޒައުލްވެސް އާރާގެ ފަހަތުން ހިނގައިގަތެވެ. ޙަޔާތުގައި މިވީ ނަވާރަ އަހަރު ތެރޭގައި އަދި ދުވަހަކުވެސް ނުކުރެވޭ އިޙުސާސެއް، ދެންމެ ހިނގައިދިޔަ ދެތިން މިނެޓުގެ ތެރޭގައި އަލަށް ކުރެވުނުކަން ދެހިތަށްވެސް އެނގުންވެލައިގެން ދިޔައެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. RIFSHA

    Hey nayaa sisoo
    Adhi ves yail ulheyne ehbas nuvaan.ekam ves kihinei ehbas nuve thi hen hureveyni.konmeves dhuvahakun yail jeheyne ehbas vaan.
    Aara and zaul ah loabi vevuny e.i mean zaul ah aara dheke loabi vevuny ey e.kihaa loabi couple eh tha eii.dho nayaa sis.
    Adhi othy dho yaleen ge soru ves.adhi e soraa dhimaa ves nuvey dho 🤭 thi soraku hoadhan eba jehey lol 😂
    Hehe anyway mi episode ves varah reethi Masha Allah ❤️
    Kon irakun next part kiyaalan libeyni ☺️
    Naseebeh kanneynge balaa levun kan.nubalaan hurefa mi bely.ehennu vaani enme furathama beli iru inee magey maail ekanyyey nikumefa.naseebeh miadhu nayaa ge vaahaka kiyaalan libun kan.varah foohi vegen ulheni koh fenuny ves.
    Love you nayaa sis ❤️💋

    1. Nayaa
      RIFSHA

      Heyy rifoo
      Hahaa yail ebbas nuvaane tha e ulheny?? Hingaa dhw balamaa yail ebbas veythoa..
      Ahaha yesss vrh loabi dhekudhin eii hama.. e soraa ves dhimaa vefa ennu e othy 4th episode ga.. hehe
      Thank you thank you rifoo darl..🩷🩷
      Ahaha naseebennu dhww 😂
      Love you more rifoo dear 🩷

  2. Cutie girl

    Mi part vx v Reethi masha allah
    Can’t wait for next part
    Keep it up
    Love you

    1. Nayaa
      Cutie girl

      Thank you dear
      Love you more 🩷

  3. 🌹🌹🌹 Vempire girl 🌹🌹🌹

    Hi nayaa
    Maasha allah mi part vx varah varah reethi
    Next kon irakun..

    1. Nayaa
      🌹🌹🌹 Vempire girl 🌹🌹🌹

      Heyyy dearrr
      Thank you darling.. next part eba oiy upload vefa mhr.. enjoy reading 🤗🩷

  4. Dream gurll

    Hi nayaa this story was amazing and keep it up👏👏👏👏
    Wait for the next part😊

    1. Nayaa
      Dream gurll

      Thank you sm dear.. means a lot 🤗🩷

  5. Meekko

    Vaahk hama vrh salhi Masha Allah 😊
    Vrh majaa 🤣🤣🤣
    Keep it up
    When next part

    1. Nayaa
      Meekko

      Thanksss Meekko 🩷
      Ahaha 😂🩷
      Next ebain upload vefa.. enjoy reading 🤗🩷

  6. sHa_Naash

    Alhey haadha lwbii ey mi vhk.
    enme best series except for nan kalaage mihithugaa fevihjey by rifoo -No offence-😚
    .hehe zaul nd aara ehkala milaan nd navya ge scene recreat kury dhw e. hama dheraee beach dhoshuga noon v ma. aslu hiki fangandeh maa romantic eyh dhw. in all zaul is da most romantic ekam findi. hehe
    weekends ga kudakoh bxy koh ulhevunyma adhikiriyaa mi part kiyaalevuny.
    hama speechless 😶.
    hope ur in a gud health.
    💗✨ بارك الله فيك
    uR cLoSe FrNd.?!

    1. Nayaa
      sHa_Naash

      awww thank you darlingg <333
      ehehe its alrr none taken 🙂 rifoo ge vhk reethi vumaky rifoo ah vure bodah nayaa proud vaa kameh hehe <3
      aw ehentha? i dont remember reading e part.. mi v gothun mi jehuny rifoo ge story alun kiyaalan.. hehe.. ehenyya hiki fangandeh abadhuves romantic vaane 😉 yeahhh thats so zaul coded dhww
      ehehe thank you once again
      alhamdhulillah and hope you're in good health too <3
      jazakallah khairan darl <3
      what??? really??? hama ehgothakah ves neyngunu thy kon kujjeh kameh.. close frnd eh viyyaa msg eh kohlaafa bunelaba kaaku kan.. cuz hama eggothakah ves neyngunu.. hehe

  7. sHa_Naash

    ywww :3
    nooney tbh Idk thee kaaku kmh vx but I’d like to be close frnds.. thru dis.. ehn socials eh nugen gulhen adhi..
    schl nimmaafa adhi Kon mes dhuvahakun close close frnds ah veveynu Insha allah..

Comments are closed.