Skip to content
އެސްފިޔަ

ކުށަކީ ކޮބާ – 35

ބައްޕަގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އެނގި މަޔާން އާއި ނާއިން ބަލައިލީ ޝިޔާމާއާއި ދިމާލަށްށެވެ.

***ޕާޓް35 ***

” މައި..އަށް… ހާޓް…އެޓޭކްއެއް.. ޖެހު..ނީ.. ވަރަށް.. ކްރިޓިކަލް.. ” ގިސްލެވޭ ހާލު ޝިޔާމާ ބުންޏެވެ. އެ ހަބަރާއިއެކު މުޅި ތަނުގައި ބޮމެއް ގޮވިފަދައެވެ. މަޔާންއަށް ކޮޅަށް ހުރުމަށް ދަތިވެގެން ކައިރީގައި ހުރި ގޮޑިއެއްގައި އިށީނެވެ. ނާއިން މަޑުމަޑުން ފާރުގައި ބުރަކަށި ޖައްސާލުމަށްފަހު އިސްތަށިގަނޑުތެރެއަށް އަތް މަހައިލިއެވެ. އެތަނުން އިވެމުން ދިޔައީ ހަމައެކަނި ޝިޔާމާގެ ރުއިމުގެ އަޑެވެ. އިރުކޮޅެއް ފަހުން ޑޮކްޓަރު އެތަނުން ނިކުތެވެ. ރިޔާޒް، މަޔާން، ނާއިންގެ އިތުރުން ޝިޔާމާއަށް ޑޮކްޓަރުގެ ގާތަށް ދެވުނީ އެއްކޮށްށެވެ. ” ޑޮކްޓާރ އަޅުގަނޑުގެ ދަރިފުޅު؟ ” ރިޔާޒް އަވަސް އަވަހަށް އަހައިލިއެވެ.

ޑޮކްޓަރު ރިޔާޒްއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ” އަދިވެސް ކްރިޓިކަލް އަޅުގަނޑުމެން މިދަނީ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުން.. އެކްސްކިޔުޒް.. ” އެހެން ޑޮކްޓަރެއް ފެނުމުން އޭނަ ދިޔައެވެ. ރިޔާޒްގެ މޫނުމަތިން މާޔޫސްކަން ފާޅުވެގެން ދިޔައެވެ. ” މައި.. ބޭނުމެއް.. ނުވޭ މިހާރު ދިރިހުންނާކަށް…. އަހ..ހަރެން ގާތު ބުނި.. ބައްޕަ ގާތު ބުނާށޭ މަރާލާށޭ.. ” ގިސްލެވިފައިހުރެ ޝިޔާމާ ބުންޏެވެ. ރިޔާޒްގެ ހިތަށް ޝިޔާމާ ދެއްކި ވާހަކައިން ނުބައި ގޮތެއްވިއެވެ. އޭނާގެ ހިތް މީހަކު ފިއްތާލި ކަމުގެ އިހްސާސެއް ކުރެވުނެވެ. އޭނަ ކިތަންމެ ހިތްހަރުކޮށްގެން އުޅުނަސް ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ދެރަގޮތެއް ވާކަށް ނޭދެއެވެ. ފުރަތަމަ ފަހަރަށް ކަންތައް ކުރެވުނީ ރަނގަޅަށްބާއޭ އޭނާގެ ހިތަށް އެރިއެވެ.

މައިރީން ކިޔަވަން ބޭނުންވެފައު\ި ހުއްޓައި މީހަކަށް އިނުމަށް މަޖުބޫރު ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް އޭނާގެ ހިތް ބުންޏެވެ. ވޭތުވެ ދިޔަ ދުވަސްތަކުގެ ހަނދާން އައުވާން ފެށުމުން އަންހެން ދަރިފުޅާއި އޭނާގެ ދެމެދު އަމިއްލަ އަތުން އެޅި ފާރުގެ ބޯ މިން އޭނައަށް އަންޒާރާ ކޮށްލަން ދަތިވިއެވެ. ފިރެހެންދަރިން ބޮޑުވަމުން އައިއިރު ކިތަންމެ ބޮޑުކަމެއް ކުރިކަން އެނގުމުން ނަސޭހަތްދިން އިރު، އަންހެން ދަރިފުޅަށް އަތްއިސްކުރެވުނީތީ މިއަދު އޭނާގެ ހިތަށް ތަދުވެލިއެވެ.

***

” ދަރިފުޅާ ޔާދިން.. މަންމައަށް އެނގޭ މީ ދަރިފުޅު އެއްރެއްގައިވެސް ކަންތައް ވާން ބޭނުންވި ގޮތެއް ނޫންކަން.. އެކަމަކުވެސް ތީ މިހާރު ތަސައްވަރު ފުރިފައިހުރި ޒުވާނެއް.. ހެޔޮ ނުބައި ވަކިވާނެ.. މައިރީންއަށް ނުވިސްނުނަސް ޔާދިންއަށް ވިސްނަން ޖެހޭނެ.. އިރާދަ ކުރެއްވިއްޔާ ދުންޔާގެ ލޯބިން ޔާދިންގެ ހިތް އެކުއްޖަޔާ ދިމާލަށް އަބުރައިލާނެ.. މައިރީން މަތިން ހަނދާން ނެތޭ ވަރަށް ލޯބި ދޭނެކަން މަންމައަށް ޔަގީން.. ދުންޔާގެ ފުރާވަރު އުމުރުގައިވެސް ޔާދު ނޫން އެހެން ކުއްޖަކާ ދިމާލަށް ބަލައިވެސް ނުލާން ހުވާކޮށްގެން ހުރީ.. މިހާރު އޭނާގެ ހިތުގައި ލޯބި ފޮރުވައިގެން ހުންނަތާ ފަސް އަހަރުވަނީ.. އެއީވެސް ނުލާހިކު ރަނގަޅު ކުއްޖެއް..” ޔައިނާ ދިޔައީ ޔާދިންއަށް ވިސްނައިދޭން މަސައްކަތް ކުރަމުންނެވެ. ހަޕްތާއެއް ފަހުން ކައިވެނި އޮންނަ އިރު ޔާދިން އޭނާގެ ވާން އުޅޭ އަނބިމީހާއާ ވާހަކަ ދައްކާފައިވެސް ނުވެއެވެ. އޭނާގެ ހިތް ވަނީ މައިރީންގެ އަތުގައިއެވެ.

” މަންމަ ކިތަންމެ ވަރަކަށް އާދޭސް ކުރިޔަކަސް އަޅުގަނޑުގެ ހިތުގެ ހައްގުވެރިޔަކީ މައިރީން.. އަޅުގަނޑު ކައިވެނިކޮށްގެން އުމުރު ހޭދަ ކުރަން ބޭނުންވަނީ ހަމައެކަނި ރީންއާ އެކީ.. އެނޫން އެހެން ކުއްޖެއްދެކެ އަޅުގަނޑަކަށް ލޯތްބެއް ނުވެވޭނެ… މަންމާ ރީންގެ އެއްވެސް ހަބަރެއް ވިތަ؟ އަޅުގަނޑަށް ރީންއާ ވާހަކަ ނުދެއްކޭތާ މިހާރު ހަފްތާއެއް ވަނީ.. ” ޔާދިން ކަރުނަވީ ލޮލަކުން މަންމައަށް ބަލައިލަމުން ސުވާލު ކުރިއެވެ. ޔައިނާ ޔާދިންއަށް ބަލައިލީ ހިތުގައި ޖެހިފައި ހުރެއެވެ. ޝިޔާމާ ޔައިނާއަށް މައިރީންގެ ހާލަތު މީގެ ކުރިން ވަރަށް ތަފްސީލުކަމާއެކު ކިޔައިދީފައިވެއެވެ. މައިރީންގެ ހާލަތު އެނގުމުން ޔާދިންގެ ހިތަށް ކުރާނެ އަސަރު ދެނެވޮޑިގެންވާނީ ހެއްދެވި އިލާހެވެ.

” މައިރީން ވީ މާލޭގަ… ހާޓް..އެޓޭކްއެއް ޖެހިގެން.. ޔާދުއަށް ނޭގި އެތަށްކަމެއް މައިރީންގެ ހަޔާތުގައި ނިމިދިޔަ ހަފްތާގައި ހިނގާފައިވޭ.. ޔާދުއަށް އެންމެ ރަނގަޅުވާނީ މައިރީން މަތިން ހަނދާން ނައްތާލައި ރީތިގޮތަށް ދުންޔާއާއި އެކީ އުޅެން ފެށުން.. ” ޔައިނާ ނިމިދިޔަ ހަފްތާގައި މައިރީން އާއިމެދު އޭނާގެ ބައްޕަ ކަންތައް ކުރި ގޮތް ކިޔައިދިން އިރު ޔާދިންގެ ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އޭނަ މައިރީންދެކެ ކިތަންމެ ލޯބިވި ނަމަވެސް އެ ލޯބި މައިރީންއަށްޓަކައި އަދި އެ އާއިލާއަށްޓަކައި ގުރުބާން ކުރަން ނިންމިއެވެ. އޭނަގެ ސަބަބުން މައިރީންގެ ހަޔާތަށް އައި ލޮޅުން ފިލުވަން ބޭނުން ވިއެވެ. ނަމަވެސް ދެން އޭނަ ބޭނުންވީ މައިރީންއާއި ދުރުގައި އުޅޭށެވެ. އާއިލާއެއް ތެރޭގައި ފިތުނަ އުފެއްދުނު ކަމުގެ އިހްސާސް އޭނައަށް ކުރެވުނެވެ. ޔާދިންއަށް ވިސްނުނީތީ ޔައިނާ އުފާ ކުރިއެވެ.

ދަރިފުޅުގެ ބޮލުގައި މަޑުމަޑުން ފިރުމާލުމަށްފަހު ޔާދިން އެކަނިވާން ބޭނުން ކަމުގައި ބުނުމުން އެތަނުން ދިޔުމަށް ހިނގައިގަތެވެ. އިރުކޮޅެއްފަހުން ޔައިނާއަށް ފޯނުކޯލެއް ލިބުނެވެ. ޔައިނާގެ މޫނަށް ހިތައިމައިގެ ކުލަވަރު އަރައިގެން ދިޔައެވެ. ފޯނުން ވާހަކަ ދައްކާ މީހާ ބުނި ވާހަކައަށް އެއްބަސް ވުމަށް ފަހު ފޯނު ބޭއްވިއެވެ.

***

ބޮޑު ހިލަގަނޑަކުން ކަނާއަތުގައި ޖަހާފައިވާ ހިލިހިލައިގަނޑު ރާކިން ހަލާކުކޮށްލިއެވެ. ދެން މިތާ އިތުރު ދުވަހަކު ހުރި ނަމަވެސް އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު އޭނާގެ ހިތުގައި އުފެދުނެވެ. ހިލިހިލައިގަނޑު ހަލާކުވުމުން ވާއަތުގައި އޮތް ހިލިހިލާގަޑުވެސް އޭނަ ނައްޓާލިއެވެ. މިވަގުތަކީ އެތަން ގާޑު ކުރަން ތިބޭ މީހުން ހަމައިގައި ހުންނަ ވަގުތެއްނޫނެވެ. އެ ގަޑިއަކީ އެމީހުން ޕާޓީ ކުރާ ވަގުތެވެ. އޭނައަށް އެކަން އެނގެނީ ޖަހާފައިވާ ބާރު ލަވައިގެ އަޑުންނެވެ. ގަޑިއެއް ނެތް ނަމަވެސް އޭނައަށް ލަފާ ކުރެވުނީ މީ މެންދަމުގެ ގަޑު ކަމުގައެވެ.

ފައިގައި އޮތް ހިލިހިލައިގަނޑުން މިންޖުވުމުން މޭޒުގައި އަތުރާފައި ހުރި އޭނައަށް މި ހަތް ދުވަސްތެރޭ އަނިޔާ ކުރަން ބޭނުން ކުރި ބާވަތްތަކަށް ނަޒަރު ހިންގައިލިއެވެ. އެތަނުން ވަޅިއަކާއި ބޭސްބޯޅަ ބެޓެއް އޭނަ ނެގިއެވެ. ވަޅި ލައިގެންހުރި ޖިންސުގެ ޖީބަށް ޖެހުމަށްފަހު ބޭސްބޯޅަ ބެޓް އަތަށް ހެޔޮވަރުކޮށްލިއެވެ. ދޮރުގައި އިން ލޮކްއަށް ނަޒަރު ހުއްޓާލުމަށްފަހު އަތުގައި ހުރި ބާރެއްލައި ބޭސްބޯޅަ ބެޓުން އެ ލޮކްގައި ޖެހިއެވެ. ދެތިން ފަހަރަށް ޖެހިތަނާއި ލޮކް ވެއްޓިގެން ދިޔައެވެ. ޖަހާފައިވާ ބާރު މިޔުޒިކްގެ އަޑުން ބޭރުގައި ތިބި މީހުނަށް އެ އަޑު އިވުން ހެނެއް ހިޔެއް ނުވެއެވެ.

ލޮކް ނެއްޓުމުން ހަނިގޮތަކަށް ދޮރުފަތް ހުޅުވައިލުމަށްފަހު ބޭރަށް ނަޒަރު ހިންގައިލިއެވެ. އޭރު އެތާގައި އެކި ޖިނސްގެ މީހުން އެކި ތަންތަނަށް ވެޑުވެފައި ތިއްބެވެ. ބައެއް މީހުން ތިބީ ފާހިޝް އަމަލުތަކުގައި މަޝްއޫލުވެ ނިވާކަމެއް ނުވާ ހާލުގައެވެ. ރާކިން އެތަން ބަލަމުން ދަނިކޮށް ދޮރެއް ފެނުނެވެ. އޭނަ ދެފަރާތް ރަނގަޅަށް ބަލައިލުމަށްފަހު ނުރައްކަލެއް ނެތްކަން ކަށަވަރުވުމުން ދޮރު ހުޅުވުމަށްފަހު ބޭރަށް ނިކުތެވެ. އެތަން ގާޑު ކުރަން ތިބި މީހުންގެ އަތުގައި ބޮޑު ފުޅިއެއް އޮތް އިރު އޭގައިވާ ދިޔާ ތަކެތި ހުރީ ފުޅީގެ މެދުން ތިރިޔައްށެވެ. އެމީހުންވަނީ ތަޅުންގަނޑު މައްޗަށް ދެމިފައެވެ.

އިނގިލިތަކުގެ ކޮޅު ޖައްސަމުން އޭނަ ހިނގައިގަތީ ދޮރާއި ދިމާލަށްށެވެ. ދޮރާ އަރައި ހަމަވުމުން ދޮރު ހުޅުވުމަށްފަހު ބޭރަށް ދެމިގަތެވެ. ރާކިން ދުވެފައި ގޮސް ހުއްޓުނީ މީހާގެ އިސްކޮޅަށްވުރެ ދިގުކޮށް ހުރި ގޭޓެއްގެ ކުރި މައްޗަށްށެވެ. އެވަގުތު ޓޯޗެއްގެ އަލި އޭނާގެ ހަށިގަނޑަށް އަރައިގެން ދިޔައެވެ. ފަހަތް ބެލުމެއްނެތި އޭނަ ގޭޓުގެ ދަގަޑުގަނޑުގައި އަތުން ހިފައި ގޭޓު މައްޗަށް އެރިއެވެ. ތިރިއަށް ފުންމާލުމަށް ފަހު ހަށިގަނޑަށް ލެވުނުހައި ބާރެއް ލުމަށްފަހު ދުއްވައިގަތެވެ. އޭރު ފަހަތުން ހަޅޭލަވައި އަޑު އިވެއެވެ.

******

ޑޮކްޓަރު މައިރީންގެ ކޮޓަރިން ނިކުތެވެ. ޝިޔާމާއާއި ރިޔާޒް ޑޮކްޓަރު ގާތަށްގޮސް މައިރީންގެ ހާލު އޮޅުން ފިލުވަން ސުވާލު ކުރިއެވެ. ” މައިރީން އޮޕަރޭޝަން ތެރޭގައި ޔާދުއަކަށް ގޮވި.. އެ މީހަކު މައިރީން ހޭލާ ވަގުތު ހުރުން ރަނގަޅުވާނީ ބޮޑަށް.. ” ރިޔާޒް ފުން ނޭވާއެއް ދޫކޮށްލިއެވެ. ” ޑޮކްޓާރ ޔާދު.. ޔާދިން އެއީ މައިރީން ރައްޓެހިވި ކުއްޖާ.. އެހެން ނަމަވެސް ދެކުދިންނަށް ތެލަސީމިއާ ފިޔާތޮށި ކާޑެއް ލިބުމުން ދެކުދިން ވަކިވާން ޖެހުނީ އަޅުގަނޑު އެކުދިން ވަކި ކުރީ.. މައިރީން ހޭލި ނަމަވެސް ޔާދިންއާ ގުޅެވޭކަށް ނޯންނާނެ.. ” ރިޔާޒް ބުންޏެވެ.

” ތިކަން އޮތީ ތިގޮތަށް.. އަޅުގަނޑަށް ހީވާ ގޮތުގައި އެންމެ ރަނގަޅުވާނީ  ދެކުދިން ތެރެއިން ކޮންމެސް ކުއްޖަކު އެކަން ވިސްނިގެން ދުރަށްދާ ވާހަކަ ބުނެ ސުލްހަވެރިކަމާއެކު ގުޅުން ނިންމާލިއްޔާ.. އޭރުން ދެކުދިންގެ ހިތަށްވެސް ހަމަޖެހުން ލިބޭނެ. ފިރެހެން ކުއްޖާއަށް ވިސްނާދޭންވީ އެކުއްޖާ ބޮޑުވީމަ. ޕޭރަންޓްސް ފޯސް ކުރީމަ ކުދިން ޕޭރެންޓްސްއާ މެދު ހިތް ބުރަ ވާނެ. ” ޑޮކްޓަރު ވިސްނުންތެރި ކަމާއިއެކު ބުންޏެވެ. ރިޔާޒް އެކަމާ އެއްބަސްވެ ޝިޔާމާއަށް ޔާދިންގެ މަންމަ ޔައިނާއަށް ގުޅާފައި ވާހަކަ ދެއްކުމަށް ބުންޏެވެ. ޔައިނާގެ އެއްބާރުލުމާއިއެކު ޔާދިން އަވަހަށް މާލެ ގެނައުމަށް ހަމަޖެއްސިއެވެ.

***

އަޔާނާ ކޮޓަރީގައި އޭނާގެ ފިރިމީހާގެ ހިޔާލަށް ގެއްލިފައި އޮތެވެ. އޭނަ ސިހިގެން ދިޔައީ ބަޔަކު އޭނާގެ ކޮޓަރިއަށް ވަދެގަތުމުންނެވެ. ކަޅުކުލައިގެ އަތްދިގު ހޫޑީއާއި ޖީންސް އަދި ކަޅު ކުލައިގެ މާސްކުގެ ސަބަބުން އެމީހުންގެ ލޯ ފިޔަމާ ހުރިހާ ގުނަވަނެއް ވަނީ ފަރުދާ ކުރެވިފައެވެ. މުޅި އެކު ފަސް މީހުނާއިއެކު ފަޔާޒް އެތަނަށް ވަނެވެ. އަޔާނާ ފުންމައިގެން ތެދުވެ ހަޅޭލަވަން ފެށިއެވެ.

” އަހަރެމެން ނޫޅެން މިތާ ގިނައިރު ހުންނާކަށެއް.. ހަމައެކަނި ކުޑަ ވާހަކައެއް ދައްކާލަން މިއައީ.. މިގަޑިއަކު މިގޭގައެއް ނޫޅޭ އެކަކުވެސް.. ސަލާމަތަށްއެދި ހަޅޭއްލެވުމުގެ އެއްވެސް ބޭނުމެއްނެތް ދޮންބެ ދައްތާ.. އެއަށްވުރެ ރަނގަޅުވާނެ އަހަރެން ދައްކާ ވާހަކަ އަޑުއެހުންވެސް އަނިޔާއެއްވާން ބޭނުން ނޫނިއްޔާ.. ” ފަޔާޒް އަޔާނާ ކޮޓަރީގައި ހުރި ސޯފައިގައި އިށީނދެ ހަމަޖެހިލަމުން ބުންޏެވެ. އޭނާގެ އަތުގެ އިޝާރާތަށް ދެ މީހަކު އެގޭ ދޮރު ކައިރީގައި މީހަކުގެ ހިލަމެއްވޭތޯ މަޑުކުރިއެވެ.

” އަހަރެން ކީއްކުރީ ފަޔާޒް އަހަރެންދެކެ ތިހާ ރުޅި އަންނަން.. އާދޭސް ކުރަން މި ކޮމްޕެނީ އަހަރެންގެ އަތުން އަތުނުލާ.. މީ ޒާހިރްގެ ފަހުގެ ހަނދާން.. އަހަރެންނާއި އަހަރެންގެ ދަރިންނަށް ރަހުމު ކުރޭ.. މި ކޮމްޕެނީ ނަގައިފިނަމަ އަހަރެމެން ތިބެންޖެހޭނީ ބަނޑަށް.. ފަޔާޒް އަހަރެންނަށް ރަހުމް ކުރޭ.. ” އަޔާނާ ގިސްލަމުން އާދޭސް ކުރަން ފެށިއެވެ. އަޔާނާގެ އާދޭސްތަކުން ފަޔާޒް ކަހާތަން ހިރުވާވެސް ނުލިއެވެ. އޭނަ ނުލަފާ ފާޑަކަށް ހޭން ފެށިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. Cutie girl

    Mi part vx v Reethi masha allah
    Can’t wait for next part
    Mai and yaadhu gulhuvachey Ekudhinah vaa gothah varah dheravey
    Lysm

    1. Butterflyyyyy
      Cutie girl

      Thank you so much Cutie girl..
      Let see mai menah vaa goi dhw..
      Yeshh I feel sad too ekudhinnah vaagothun😢
      Next part insha allah monday ga..
      Love u more dear💜🦋

  2. Nayaa

    Heyyy maashhh
    Alhe reen and yaadhu ah v goiy dhwww.. it’s too sad 😭😭.. adhi maash ekkala vhk buni fahun vakin bodah sad vey 😭😭
    Doctor e buny ves rangalhu vhk eh aslu… Dhen let’s see dhw vaa gotheh
    In Sha Allah adhi reen ah fennaane reen dheke vrh vrh loabi vaa meeheh.. yaadhu ves dhunya aa marry kohgen konmes dhuvahakun dhunya ah fall vaane kamah mi balany
    Waiting for the next part dear
    Love youuu 🩷🩷🩷

    1. Bloody
      Nayaa

      No maybe myreen has a fake teat

    2. Butterflyyyyy
      Nayaa

      Heyy naaya darlll…
      Yeshh vrh dhera gothekey evi dhw.. Haha is okeyy I’m fine darl..
      Yeah doc buny ragalhu vhk ekey dhw…
      Yeshhh it’s like that saying… There are plenty fish in the sea dhww..
      Yeah hingaa balama dhw dhennn..
      Insha Allah next part monday ga.. Naaya ge story ge Inthizaaru ga..
      Love you more💜🦋

  3. Ika

    Masha Allah vrh reethi story ♥️💯
    Curiously waiting for the next episode ♥️
    Love you ♥️

    1. Butterflyyyyy
      Ika

      Thank you Ika.. Vrh happy vejhe story reethi kan engunyma..
      Next ep insha allah monday ga..
      Love you more darling 💜🦋

  4. Anonymous

    next part pls. mi story ehkoh kiyaalan libeyne gotheh nehtha

    1. Butterflyyyyy
      Anonymous

      Next part monday ga insha allah.. Still writing the story dear I haven’t finished it yet.. But close.. I love that ur curious abt it💜🦋

  5. White rose

    Oh my. Everyone is stuck in a mess. Curiously waiting for the next part

    1. Butterflyyyyy
      White rose

      Yes everyone is stuck in a mess dhw.. Next part submit kohlin reyga.. Lyssm💜🦋

  6. Maa

    Dhen huri part thah fennaanee kihineh?

    1. Butterflyyyyy
      Maa

      My name ah click kohleema fennaane ❤

  7. you

    hey do you have any idea about what happened to vaahaka.com

    1. Butterflyyyyy
      you

      I wish I do.. I also love vaahaka.com… I think it crashed

Comments are closed.