ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…39
އަލީކް ކައި ނިންމި ވަގުތުވީ ފޯނަށް މީހަކު ގުޅި ވަގުތަށް ވުމުން އަލީކް ޖީބުން ފޯނު ނަގާ ބަލާލިއެވެ.އައިކާ އާއި ދިމާލަށް ބަލައިލަމުން ފޯނާއި ދިމާއަށް ބަލާލި އަލީކްގެ މޫނުމަތި ބަނަވާން ސިކުންތު ކޮޅެއް ވެސް ނުނެގިއެވެ.
************************
ފޯނަށް އަރާފައި އިން ފައިހާގެ ނަން ފެނުމުން ފޯނުނަގަން ވެސް އަލީކްގެ ހިތް ދެކޮޅު ހެދިއެވެ.ނަމަވެސް ފޯނުނެގީ އިތުރު ގޮތެއް ނެތުމުންނެވެ.އައިކާ އާއި ދިމާލަށް އަވަސް ނަޒަރެއް ދެމުން އަލީކް ފައިހާ އަށް ރައްދު ދިނީ އޭނާގެ އެޖުމުލައިން އައިކާ އަށް އަސަރެއް ނުކުރާނެ ކަމަށް އެހިތް ބުނުމުންނެވެ.ޕްރޮޕޯޒް ކުރުމުން ނޫނެކޭ ބުނާނީ ހިތުގައި ލޯތްބޭ މިކިޔާ ޖަޒުބާތު އުފެދިފައި ނުވާތީ ކަމަށް އަލީކް އަށް ގަބޫލު ކުރެވުނެވެ.ނަމަވެސް އަލީކް އަށް ނޭނގުނީ އެއީ ކިހާ ބޮޑު ކުށްހީ އެއް ކަމެވެ.އެހިތް އައިކާގެ ހިތުގައި އޭނާ އާއި މެދު އިހުސާސެއް ނުވާ ކަމަށް ގަބޫލު ކުރީ ހިތް މަތީ ގާގަޑެއް ބާއްވާފައި އެވެ.
އަލީކް އާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އިން އައިކާގެ ދެލޮލަށް ކަރުނަ ޖަމާވާން ނެގީ މަދު ސިކުންތު ކޮޅެކެވެ.އަދި ވެސް އަލީކް ފޯނުން ވާހަކަ ދައްކަން ހުރި ކުއްޖާ އާއި ދިމާލަށް ބުނެލި ބަސްތައް އައިކާގެ ކަންފަތަށް އަޑު އިވި އިވި ހުއްޓެވެ.”ލަވް ޔޫ ބޭބް”ކުރު އަދި ގިނަ ބަޔަކަށް އަޑު އަހާލަން ފޮނި ލަފުޒުތަކެކެވެ.ނަމަވެސް އަލީކްގެ ދުލުން އެހެން އަންހެން ކުއްޖަކާއި ދިމާލަށް އެހެން ބުނާ އަޑު އަހަން ހުރި އައިކާ އަށް ހީވީ މީހަކު ހިތުގައި ހިފާ ޗިސް ޗިސް ކޮށްލިހެންނެވެ.އޭނާ އަށް ކުރިން ހީކުރެވިފައި އޮތްހެން ހަމަ އަލީކް އެހެން ކުއްޖަކާއި ގުޅުނީ ހެއްޔެވެ؟
ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލަމުން އައިކާ އިސްޖަހާލީ އެހެން މީހަކަށް ފެނުމުގެ ކުރިން އޭނާގެ ކަރުނަތައް ފޮރުވުމަށް ށެވެ.ނަމަވެސް ފޯނު ޖީބަށް ލަމުން ގޮޑިން ތެދުވި އަލީކް އަށް މިމަންޒަރު ސިއްރުވާ ގޮތެއް ނުވިއެވެ.އައިކާ ގެ ލޮލުން ކަރުނަ ދެނުމުން އަލީކް އަށް ހީވީ މީހަކު މޭގައި ހިފާ ބާރު ކޮށްލިހެންނެވެ.ނަމަވެސް ހިތުގައި ސުވާލު އުފެދުނީ އައިކާ ރޯންވީ ސަބަބު ނޭނގުމުންނެވެ.
“މަންމާ ދަނީ އިނގޭ”އަލީނާގެ ގޮނޑީގެ ފަހަތުގައި އަތް އަޅުވާލަމުން އަލީކް ބުނެލީ މޭޒުގައި ތިބި އެންމެންނާއި ދިމާލަށް ބަލައިލަމުން ނެވެ.”ކޮންތާކަށް؟”އަލީނާ ފަހަތަށް އެނބުރިލަމުން އަލީކްގެ މޫނާއި ދިމާލަށް ބަލައިލިއެވެ.ޅަ އުމުރު ނިމި ފުރާ ފުރިހަމަވެ ޒުވާނަކަށް ވިއަސް އަދިވެސް މަންމަގެ ހުއްދަ އާ ނުލާ ބޭރެށް ނިކުތުމަކީ އަލީކް ދުވަހެއްގެ ކޮޅުން ވެސް ކުރި ކަމެއް ނޫނެވެ.”ފައި ދެންމެ ގުޅައިފި.މިދަނީ ފައި ކައިރި އަށް”ބޯ ކަހާލަމުން އަލީކް ބުނެލި އިރު ތުންފަތުގައި ވި ހިނިތުންވުން އެހިތުގައި އޮތް އެއްޗެއް ފޮރުވާލިއެވެ.”ހްމްމްމް ދޭ ތިދާ ތާކަށް.ބަންގި ގޮވީމަ ނަމާދަށް ދާނީ އިތުރު ތާކަށް ނުގޮސް”އަލީނާގެ ޖަވާބު ލިބުމުން ދަނީއޭ ބުނެލަމުން އަލީކް އެންމެ ސިކުންތު ކޮޅެއް ވެސް މަޑު ނުކޮށްލާ ދާން ހިނގައިގަތެވެ.
އަސުރުގެ ވަގުތު ނިމި މަޣްރިބަށް ގޮވުމުން ފިރިހެން ވެރިން ނަމާދަށް ދިއުމަށް މިސްރާބު ޖެހުމުން އަންހެން ވެރިން ކައިރާމެން ގޭގައި މަޑު ކުރީ ކައިރާ އިޝާގެ ކެއުން ވެސް ކައިގެން ދާން އެދުމުންނެވެ.ލައިކާ މިއަދު ހެނދުނުގެ ވަގުތުގައި ހޮޑުލާފައި ބަލިވެ އުޅޭ ވާހަކަ ބުނުމުން މިރެ އަށާއި އެއްކޮށް އައި ލައިޝާ އަށް ކައިރާގެ ދައުވަތު ކަމުދިޔަ އެވެ.
ނަމާދުކޮށް ނިންމައިގެން ލައިކާ ކާގެ އަށް ދިޔަ ވަގުތު އައިރާ އުޅުނީ ކޮފީ އެއް ހަދައިގެން އެބޯންށެވެ.ކޮފީގެ ވަސް ދުވުމާއި އެކު ލައިކާގެ މޭނުބައި ކުރި އެއް ކަމަކު އައިރާ ގާތު އިށީންދެލީ މިއަދު ރޭގަނޑުގެ ކެއުމަށް ހަދާނެ އެއްޗަކާއި ބޭހޭ ގޮތުން މަޝްވަރާ ކުރާށެވެ.”ކޯޗެއް މިރެ އަށް ކައްކާނީ؟”ލައިކާ އައިސް އައިރާ އާއި ޖެހިގެން އިށީންދެލަމުން ސުވާލުކޮށްލިއެވެ.”ބިރިޔާނީ”އައިރާ ބުނެލީ ނިއް އަރުވާލަމުން ނެވެ.”އޯކޭ ތިވެސް ދެން…”ލައިކާ އަށް ބުނެވުނީ އެހިސާބަށްށެވެ.ހަމަރަނގަޅަށް ވެސް ހޮޑު އަނގައާއި ހިސާބަށް އަރައިފިއެވެ.ދުވެފައި ސިންކާއި ހިސާބަށް ދެވުނީ ކިރިޔާ އެވެ.އޯކާ ދެމެން ފެށުނެވެ.އެވަގުތުވީ މިޝްޔާ ވެސް ކާގެ އަށް ވަން ވަގުތެވެ.”މިޝް ތައްޓަކަށް ފެން އަޅައިގެން ގެނެސްދީބަ.އަވަސް އަވަސް”ލައިކާގެ ބޮލުގައި ހިފަހައްޓާލައިގެން ހުރި އައިރާ މިޝްޔާ ގާތު ބުނެލީ އަވަސް ނަޒަރެއް މިޝްޔާ އަށް ދެމުންނެވެ.
ލައިކާ ހޮޑުލާ މަންޒަރު ފެނުމުން މިޝްޔާ ވެސް އަތުގައި އޮތް ފޯނު ކާގޭގެ މޭޒުމަތީގައި ބާއްވާލަމުން އައިސް އަލާމާރިން ފެން ފުޅި ނަގާ އެނބުރިލި ވަގުތު ޖެހޭ ނުޖެހޭ ހާ ގާތުގައި ހުރި ޒީކާން ފެނުމުން ހީވީ މެއަށް ފެން އެއްޗެއް އޮއްސާލިހެންނެވެ. ސިއްސައިގެން ދިޔަ ވަރުން އަނގައިން ބޭރުވި ހަޅޭކުގެ އަޑާއި އެކު އަތުގައި އޮތް ބިއްލޫރި ފެން ފުޅި އަތުން ދޫވެ ބިންމައްޗަށް ވެއްޓުނެވެ.މިޝްޔާގެ ހަޅޭކުގެ އަޑާއި އެކުއެކީހެން ފެންފުޅި ތެޅުނު އަޑު އިވުމުން ޒީކާންގެ ކަންފަތަށް ވެސް އުނދަގޫވި އެވެ.ނަމަވެސް އެވަގުތު ފަޔާއި ދިމާލަށް ބަލާލީ ފަޔަށް ތޫނު ތަދެއް އެރުމުންނެވެ.ފައިން އަންނަމުން ދިޔަ ލޭފެނި ޒީކާން އަށް ވީގޮތް ނަގައިގަންނާކަށް މާ ގިނަ އިރެއް ނުވިއެވެ.ފަޔަށް ހެރިފައި އިނީ ކުޑަ ބިއްލޫރި ކޮޅެއް ނޫނެވެ.ބިއްލޫރި ކޮޅުގެ ބޮޑުމިން ޒީކާންގެ ޝަހާދަތް އިނގިލި ވަރު ވާނެކަން ޔަގީނެވެ.
ޒީކާންގެ ފައިން އަންނަމުން ދިޔަ ލެއާއި އެކީ މިޝްޔާގެ އަތުން ވެއްޓުނު ފެންފުޅިން ވެރުނު ފެންތައް ލޭކުލަ އަށް ބަދަލުވާކަށް ސިކުންތު ކޮޅެއް ވެސް ނުނެގިއެވެ.ފައިން ނަގަމުން ދިޔަ ދިލަ އިން ޒީކާންގެ އަނގައިން މަޑު އާހެއްގެ އަޑު އިވުނެވެ.އެވަގުތުވީ ލައިކާ ދެވަނަ ފަހަރަށް އޯކާ ދެމުނު ވަގުތަށް ވުމުން އެއްފަހަރު ފަޔާއި ދިމާލަށް އަދި އަނެއް ފަހަރު އަތުގައި އޮތް ފެން ތައްޓާއި ދިމާލަށް ޒީކާން އަށް ބަލާލެވުނެވެ.ފަޔަށް ވަމުން ދިޔަ ތަދަށް ބެލުމެއް ނެތި ޒީކާން ކުރިއަށް ތެދިން ފިޔަވަޅު އަޅާލަމުން އަތުގައި އޮތް ފެންތަށި އައިރާ އަށް ދިއްކޮށްލި އެވެ.މިޝްޔާ ފެންފުޅި ތަޅާލީ އޭނާ ތަށްޓަށް ފެން އަޅައިގެން އެނބުރުނު ވަގުތެވެ.
ޒީކާން އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އައިރާ ތަށީގައި ހިފާ ލައިކާ އަށް އޭނާގެ އަތުން ބޯން ދިނެވެ.ލައިކާ ހަމައަކަށް އެޅެންދެން ޒީކާން އައިރާ ގާތު މަޑުކޮށްލައިގެން ހުއްޓެވެ.އޭރު ވެސް ޒީކާންގެ ފައިން ދިޔައީ ލޭ ފައިބާނެ ވަރަކަށް ފަައިބަމުންނެވެ.ލައިކާ ހަމައަކަށް އެޅުމުން އައިރާ ދިއްކޮށްލި ފެންތަށި މޭޒުމަތީގައި ބަހައްޓާލަމުން ޒީކާން ދުރަށް ޖެހިލަމުން ކާގެ އަށް ވަންނަ ދޮރާއި އެންމެ ގާތުގައި އިން ގޮނޑީގައި އޭނާގެ ފައި ބައިންދާލަމުން ހެރިފައިވާ ބިއްލޫރި ކޮޅު ނައްޓާލިއެވެ.ޒީކާން ބިއްލޫރިކޮޅު ނައްޓާލުމުން ލޭތައް ރާސްލާފައި ފައިބަން ފެށީ އެޔެއް މިއެއް ބަލާފައި އެއް ނޫނެވެ.ޒީކާންގެ އަތުގައި ވެސް އޮތީ ހުސް ލެޔެވެ.
ޒީކާންގެ ފަޔަށް ހެރިފައި އިން ބިއްލޫރި ކޮޅު އިނީ ތިނެސް ކަނަށްށެވެ.ފަޔަށް ހެރިފައި އިނީ އޭގެ ކަނެވެ.ފައިން މާ ގިނަ އިން ލޭ ފައިބަން ފެށުމުން ޒީކާން އަކަށް ހަމަ ހިލާ ކިޔާންގެ ކޮޓަރި އަކަށް ވެސް ދާކަށް ނުކެރުނެވެ.ދެންމެ ވެސް އޭނާ ހިނގި ތަން ތަން ލެއިން ފާހަގަ ވާން އެބަ ހުއްޓެވެ.އަދި އެވަރުން ނުވެގެން މިޝްޔާ އަތުން ތަޅައިގެން ދިޔަ ފެންފުޅި އޮތް ތަނުގެ ފެނުގެ ކުލަ ވެސް އޮތީ ރަތް ކުލަ އަށް ބަދަލުވެފައި އެވެ.ފައިން ކިތަންމެ ދިލަ އެއް ނެގިއަސް ޒީކާން އަށް އެއިން އަންހެން ކުއްޖަކާއި ދިމާލަށް އެއްޗެކޭ ބުނާކަށް ވެސް ނުކެރުނެވެ.ވަރަށް ވުރެ ފިނޑީ ތޯ އެއްޗެކެވެ.
“ޒީކް ކޭން އައި”މިޝްޔާ ޒީކާން ގާތަށް ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ޒީކާންގެ ފަހަތުގައި ހުއްޓިލަމުން ހުއްދަ އަށް އެދުނެވެ.ނޫނެކޭ ބުނަން ހިތަށް އަރާފައި ވެސް ފައިން ނަގަމުން ދިޔަ ދިލަ އިން އާނއެކޭ ބުނަން ޒީކާން އަށް މަޖުބޫރުވިއެވެ.އެއް ގޮނޑީގައި އިށީންނަމުން އަނެއް ގޮނޑި އަށް ޒީކާން ފައިލައިގެން އިނީ މިޝްޔާ އަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.ގޮނޑި އެއް ހިފައިގެން އައިސް މިޝްޔާ ޒީކާން ފައި ލައިގެން އިން ގޮނޑި ކައިރީގައި އިށީންދެލަމުން ހޭން ތިބި އައިރާމެންނާއި ދިމާލަށް ބަލައިލަމުން ލޯ ކުޑަ ކޮށްލީ މަޑުން ތިބޭށޭ ބުނުމުގެ ގޮތުންނެވެ.މިޝްޔާގެ ކޮންމެ ހަރަކާތަކަށް ބަލަހައްޓައިގެން އިން ޒީކާން އަށް މިޝްޔާ ލޯ ކުޑަ ކޮށްލި މަންޒަރު ފެނުމުން އައިސް އަލަމާރި ކައިރީ ގައި ތިބި އައިރާމެންނާއި ދިމާލަށް ބަލައިލިއެވެ.ޒީކާން ބަލައިލި ކަމެއް ނޭނގި އައިރާމެން އެމީހެއްގެ މަސައްކަތަކަށް އެނބުރި ރުޖޫއަވީ ޒީކާން ބަލާލުމުން ބިރުން ތޯ އެއްޗެކެވެ.
ލައިކާ ގާތު ނުތެދުވާން ބުނެފައި ލައިކާ ގޮނޑީގައި ބައިންދަމުން އައިރާ ތަން ސާފު ކުރަން ފެށިއެވެ.ތަން ސާފު ކޮށް ނުނިމެނީސް އައިރާގެ އިތުރުން ލައިކާ އާއި ޒީކާންގެ އިތުރުން މިޝްޔާ ވެސް ސިހިގެން ދިޔައީ ނުކްޝާން ގެ އަޑު އިވުމުންނެވެ.އައިރާ އާއި ލައިކާ ގާތަށް ހިނި އައެއް ކަމަކު މޫނުމަތިން އެކަން ދައްކަން ނުކެރުނީ ޒީކާން ގެ މޫނުމަތިގައިވާ ސީރިއަސްކަން ފެނުމުންނެވެ.
“އޭ މީ ކޮންކަމެއް؟”ޒީކާންގެ ފައިގައި ބޭސް އަޅަން އިން މިޝްޔާ އަށް އިޝާރާތް ކުރަމުން ނުކްޝާން ގެ ސުވާލު އަމާޒުވީ ޒީކާން އާއި އެވެ.”ޒީކާން ލޮލުގެ އިޝާރާތުން ދައްކާލީ ތެޅިފައި އޮތް ފުޅި އާއި ލޭގެ ނިޝާނެވެ.އޭރު އައިރާ ހުރީ ތެޅިފައި ހުރި ބިއްލޫރި ކޮޅުތައް ނަގާށެވެ.”ގަދަ.ދެން ކީއްކުރަންނޯ މިޝް ހަމަ ޒީކްގެ ފައިގަ ބޭސް އަޅައިދެނީ”ނުކްޝާން ދިމާ ކޮށްލާ ފާޑަކަށް ބުނެލިއެވެ.”އޭނަ ކުރި ކަމެއް ވީމަ”ޒީކާން ދެބުމަ ގޮށްޖެހާލައިގެން ހުރެ ބުނެލީ ނުކްޝާން އަށް އިންޒާރެއް ދެމުންނެވެ.”ލޮލް.ތިކަހަލަ ކަންތައް ވާނީ.މާ މަޑުން ހުންނަންޏާ.ދެން ވެސް މަ އުޅޭހެން އުޅެން ދަސްކޮށްބަލަ”ޒީކާން އާއި ދިމާކޮށްލާފައި ނުކްޝާން ދިޔައީ މިޝްޔާ އާއި ޒީކާން ގެ ފޮޓޯ އެއް ނަގާފައި އެވެ.ނުކްޝާން ގެ ވާހަކަ އަޑު އިވުމުން ނުހޭން އިން ނަމަވެސް ޒީކާންގެ ތުންފަތް ކުޑަ ކޮށް ދެމިލިއެވެ.ނަމަވެސް ހިނިތުންވުމެކޭ ބުނެވޭ ވަރެއް ނުވެއެވެ.ނުކްޝާން އެހެން ބުނުމުން ހިނި ނާންނާނީ ކާކު ހެއްޔެވެ؟މަ އުޅޭހެން އުޅޭށޭ ބުނި އިރު ކިތަށް މީހުން އަތުން ކިތަށް ބޮނޑި ނުކްޝާން ކައިފި ހެއްޔެވެ؟މައުޅޭހެން އުޅެން އުޅޭށޭ ބުނަން އެންމެ ރަނގަޅު މީހަކީ ނުކްޝާން އެވެ.
މަޣްރިބު ނަމާދުން ފައިބައިގެން އައި ކިޔާން އަށް ހިނގުން މަޑުކޮށްލެވުނީ ދެމީހަކު ވާހަކަ ދައްކާ އަޑު އިވުމުންނެވެ.އެ މަގު އަނދިރި ކަމުން ރަނގަޅަށް މީހެއްގެ މޫނެއް އެހެން އެއްޗެއް ވަކި ކުރާކަށް ނޭނގެއެވެ.ސައިކަލުގައި ނާދެވުން ކަން އެއީ ކިޔާންގެ ނަސީބެވެ.އަންހެން ކުއްޖާގެ އަޑު ޖެހުމާއި އެކު ކިޔާން އަށް އެއީ ދަންނަ އަޑެއްހެން ވެސް ހީވިއެވެ.ނަމަވެސް ހަމަހިލާ ކާކުގެ އަޑެއް ކަމެއް ނޭނގުނެވެ.ދެން އިވުނީ ފިރިހެނެއް ވާހަކަ ދައްކާ އަޑެވެ.އެމީހާގެ އަޑު ޖެހުމާއި އެކު ކިޔާން ގެ ސިކުނޑި އަށް ހަމަ އައީ އެންމެ މީހެއްގެ ނަމެކެވެ.
ނުނިމޭ
ނުނިމޭ
22 Comments!
Comments are closed.




Hey Rifoo
Mi part alhey varah varah ves reethi Masha Allah
Kon dhemeehuneh baa alhey varah curious kohlaafa ey dhw thi ninmaali.cant wait for next part
Next part kon irakun kiyaalan libeyni
Eid Mubarak Rifoo 🎉
Love you so much Rifoo 💋
Hey rauu
Thank you so much rau
Next part in sha Allah maadhan kiyaalan libeyne
Eid Mubarak rau
Love you more ❣️
Omg. This part was soooo goood mish and zeek just makes everything great. I am refusing to go watch eid activites until I read this. I have been constantly checking the page to see whether the part has been uploaded. Soo happy. Mish and zeek is just too cute. And zeek is quite funny even if he is quite and doesnt talk much 😂😂. Look at me crushing on a fictiobal character. Also so sad for aika but her fault dho sadly.
Love you my fav writer ❤️
Thanks zelie thank you so much for ur lovely comment ☺️
Yes zeek is quite funny dho
Hehe it’s a fictional character dho 🤭
Hey it’s not aika’s fault it’s my fault ehnu hehe
Love you more zelie ❤️
Hi Rifoo
Kon baeh baa e vaahaka dhahkani yageen e shahna mn ge kamei kan.hama huvaa eyna kathilan v
Anyway story varah reethi Masha Allah.zelie buni hen Mish and zeek ge bai vakin 💯
Lol 😆🤣 adhi mi aee show balaafa huvaa haadha foohssey emeehun dhen e jahaa langiri balan 🙄 e ah vure foohi kamei noonnaane adhi e varun vx mi nishva lau gendhiya ey.nishva ya filaigenney mi aee 🤫mihaaru gelli gen hoadhaane not my problem dho
Dhen sorry e langiri balaa kudhinnah 😔 especially rau nish lol 😂
Hey Rifoo dhen kon irakun next part kiyaalan libeyni.hama inthizaaru ga.alhe next vx miadhu kiyaalan libeyne nama.dhen nama akun kehkeyne riha eh noannaane thaa dho 🤭
Love you Rifoo 💖
Hey Lau
Thanks lau everyone likes zeek and mish dho 🤭
Hehe Rifoo vx vrh foohi vey show balan ekam dhen mi aharu varah balan dhaa hiyy vejje lol 😂
Hehe next part in sha Allah maadhan kiyaalan libeyne
Love you more Darla 😘
Eid Mubarak Rifoo 🎉
AHH keehvetha ehaa gina kanthah thah handhaan netheny.
Ey rauhey ah adhi kiriyaa dho Eid Mubarak ey kiyuni dhen shukran ey salhi video eh eba in magey athuga snap koffa innaane balaaballl.
Ey adhi nish ah vx innaane koffa show ah araa huri kujjei ge snap eh koffa 😂😂 dhen nubunyyas inge ehnu dho 🤭😊
Ey rifey bunan mi comment balaafa Lau men ge ah annnahche maadha salhi ehchei dhahkaanan
Hmm dhen bye 👋
Eii moya v ma hehe nuvisney tha e vareh galhi boa.ey bunan e video ehaa salhi eh noon.🙄adhi salhi video ekey bunyma dhen ma heekuri heskiyaafa salhi video eh kamah ma adhi thihthi hutta ey elhuvy vx dhen eyna hurefa bunefi mi ee dho yo mi r****** ah vaa gothakee.huvaa magey gqathah rulhi fasheh aey.dhen miadhu vx hama alhuvaa kiyani.
Ey dhen rifey ah mi comment kiyaalan libeyne kamah ingey mi thaan ga mi liyuni dhen mithaanga kiyaani eh noon e video ga v hurihaa kameh.mi public eh ingey dharinney.alhe Rifoo alhaa bala snap eyrun mi hen vaahaka dhahkaakah nujeheyne ehnu 😉
Dhen dhanee bye 👋
Cul 👋
This is so far my favorite part. Mishya and zeekans part is really nice. Cannot wait to read the next part. I am hoping that I would get to read jt soon. Keep up the good work.
Thanks me
Like everyone else dho hehe
In sha Allah next part maadhan kiyaalan libeyne
Hehe moya v ma visneyne tha e vareh galhi boa.ey bunan e video ehaa salhi eh noon.🙄adhi salhi video ekey bunyma dhen ma heekuri heskiyaafa salhi video eh kamah ma adhi thihthi hutta ey elhuvy vx dhen eyna hurefa bunefi mi ee dho yo mi r****** ah vaa gothakee.huvaa magey gqathah rulhi fasheh aey.dhen miadhu vx hama alhuvaa kiyani.
Ey dhen rifey ah mi comment kiyaalan libeyne kamah ingey mi thaan ga mi liyuni dhen mithaanga kiyaani eh noon e video ga v hurihaa kameh.mi public eh ingey dharinney.alhe Rifoo alhaa bala snap eyrun mi hen vaahaka dhahkaakah nujeheyne ehnu 😉
Dhen dhanee bye 👋
Cul 👋
Moya v ma visneyne tha e vareh galhi boa akah neynge ey dho.ey bunan e video ehaa salhi eh noon.🙄adhi salhi video ekey bunyma dhen ma heekuri heskiyaafa salhi video eh kamah ma adhi thihthi hutta ey elhuvy vx dhen eyna hurefa bunefi mi ee dho yo mi r****** ah vaa gothakee.huvaa magey gqathah rulhi fasheh aey.dhen miadhu vx hama alhuvaa kiyani.
Ey dhen rifey ah mi comment kiyaalan libeyne kamah ingey mi thaan ga mi liyuni dhen mithaanga kiyaani eh noon e video ga v hurihaa kameh.mi public eh ingey dharinney.alhe Rifoo alhaa bala snap eyrun mi hen vaahaka dhahkaakah nujeheyne ehnu
😉
Ey ingey tha rau mihaaru mi comment kuraa thaa 3 vana faharey hama pending ah dhany huvaa
Dhen dhanee bye 👋
Cul 👋Shikiruy
Heyyy darls
Mi part ves vrh reeethi.. Masha allah..
Ekm lily ah faahagavi ibaaraih kurumuga kudhi kudhi mistakes huri kan.. Midhiya part ah vure ekm mi part ga madhu.. Huri ehbas dhebahah vaa gothah ves liyevifa.. Rangalhu kohlahchey dhn faharakun.. And lily ves balaanan dhen faharakun mistakes faahaga vaa thankolhu highlight kohladheyn.. Lily miadhu miulheny hurihaa kudhinge vahaka ah ves comment eh kohleveytho.. Vrh zamaan vehje dhw cmnt eh nukureveythaa😭😭
And yeshhs mi story ga lily ge fav aky Zeekaan😉
Love youu darlslslls <3
Hey lily
Thanks lily
Yes eii mi part thah hunnaany bandhuga liyefa eyru dhen v avahah liyefa hunnaany ekam liyefa balan dho aslu kuh hurey tho.ekam submit kohlaafa vs preview hadhaafa vx keen eii dhen loluga alhinuganefa.yess dhen lily buni hen hunnaane varah gina in ehenve fa aslu eii keyboard mahsala ekey kurin ehen liye liye dhen dhuru kohleema e dhebas dhuru vaniyey e dhen ekam e kanthah vx rangalhu kohlevey tho balaanan ingey.yes highlight kohla dhehche ingey
Hehe yes varah zamaan vejje dho
Hurihaa kudhin ge fav dho zeek akee hehe
Love you more darlss 😘💋
Hi bestie
Emmme furathama vx eid mubaarak….. mi part vx varah varah reethi maasha allah…..
ey manjey mashah eyru vx ingeyey mi aharu manje dhaahiyy vaane kan show balan…. ekm keei kuraany manje hama hilaa nudhaane….
Hey vampire bro 😂
Ey bunan faadu faadu ge anga nuthalhuvaa ingey ma dhaa hiyy vanee mifaharu e than maa salhi v ma ey.kalo dhen keekey bunaany hama aslu vs ma dhogei nahadhan ingey e than varah salhi mi faharu ekam dhen keehkurani mashei hama hilaa e thaakah nudhaanan mifaharaku.dhen inge ehnu dho keehve kan.ey dhen manje dhiya in tha ehen noonas ma dhuvahaku vx e thanakah nudhan i mean eid show akah dhen keehkuran mi faharu dhaan v .bunan Anna aharu ge fithuru eid ah inthizaaru kurey beykaaru vaahaka nudhahkaa lol 😂 you know dho what i meant.ey dhandi jehi thanah dhiya in tha masheh nudhan e thanakah vx lol 😂
Ey dhen shukuriyya dhuvahaku comment nukoh kiyaafa mi faharu comment eh kohlevun kamah takaa vx.aslu mashah ingey mifaharu comment kuran kalo manje ge aii keyboard ge akuru thakah fithan heluny keehve kan eii…………………….
Dhen noolhen e vaahaka dhahkaakah vx dhen b ey kiyaa lol 😂
Bye 👋
Ey neymmss ge fan
Magey comment fenun haa ahavakah reply dhehche ingey ma beynun neym ge hithah araa ehchihi balan mi comment fenifa.mashah ingey sahalu ehchei hithakah naaraane kan.ey magey code bahuruva ingey dho
Hey rifoo kon irakun next part kiyaalan libeyni
I am waiting ingey…
Anyway mi episode ves varah reethi masha Allah
Eid Mubarak rifoo
Hey nish
Next submit kohlan mi ulheni
Thanks you nish
Eid Mubarak
Love you more Darla 😘
Mi part ves v reethi masha Allah
Can’t wait for next part
Eid Mubarak
Zaa and kiyaan gulhuvachey next part ga
Thanks cutie girl
Next part submit kohlan mi ulheni
Let’s see dho dhen vaane gothei
Once again thank you 😊