Skip to content
އެސްފިޔަ

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…36

ތިން އަހަރު ފަސް

 

ރާއްޖޭގެ އެންމެ މަޝްހޫރު ނާސިން ކޮލެޖް ކަމުގައި ވާ “ނާސިންގ އިންޓަނޭޝަނަލް ހައި ސްކޫލް”ގެ ދޮރުމަތީގައި ހުރި ޒާރާ އަށް ގިނަ ބެއެއްގެ ނަޒަރު ދިޔައީ ހުއްޓެމުންނެވެ.މަޑު ނޫކުލައިގެ ގަމީސް މަތިކޮޅަކާއި އެކީ ހުދުކުލައިގެ ޖިންސެއް ލާފައި ހުރި އިރު ފަލަކުން ނެއްޓިގެން އައިސް ފައި ވާ ތަރި އަކަށް ވެސް ދޫނުކުރާނެ ކަން ގައިމެވެ.ގަދަ ނޫކުލައިގެ ޝޯލްގެ ތެރެއިން ޒާރާ ގެ ވަށް މޫނުކޮޅު ފެންނަން ހުންނަ އިރު ވަކިން ފުރިހަމަ ކަމަށް ދައްކައެވެ.ތުންފަތުގައި މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކް ކިރިޔާ ކިރިޔާ އިނގޭ ވަރަށް ޖައްސާފައި ހުރި އިރު ވެސް ޒާރާގެ ފުރިހަމަ ކަމަކަށް ބަދަލެއް ނާދެ އެވެ.

 

އުޑު މަތި ބަންކޮށްލާފައި އޮތްތަން ފެނުމުން ޒާރާ އަށް ޗުސްތަޅާލެވުނީ ޒީކާން އަށް ބަލާ ނާދެވޭނެތީ މީހަކު އެބަ ފޮނުވަމޭ ކިޔާފައި ޒީކާން މެސެޖުކުރިތާ ބައި ގަޑިއިރު ވަމުންނެވެ.ކޮނޑުގައި އަޅާފައިވާ ކަޅު ކުލައިގެ ވާގަނޑު ހިމަ ދަބަހުގެ ވާގަނޑުގައި ޒާރާ އެއް އަތުން ހިފަހައްޓާލަމުން އަތުގައި ހުރި ފޮތްތަކަށް ބަލާލީ ވާރޭގެ ތިކިތައް އޭނާ އަށް ހަމަލާ ދިނުމުންނެވެ.އެވަގުތުވީ ޒާރާގެ ކުރިމަތީގައި ސައިކަލެއް މަޑު ކޮށްލި ވަގުތަށް ވުމުން ޒާރާ ސައިކަލުގައި އިން މީހާގެ މޫނަށް ބަލާލުމާއި އެކު ލިބިގެން ދިޔަ ސިހުމުގެ ސަބަބުން އެއް ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ.

 

ދެ އަހަރު ފަހުން އެ ސޫރަ ފެނުނަސް ޒާރާ އަށް އޮޅޭނެ ހެއްޔެވެ؟ހުދުކުލައިގެ ޓީޝާޓަކާއި އެކީ މަޑު ނޫކުލައިގެ ޖިންސެއްގައި އެ އިނީ ކިޔާން ނޫން ދެވަނަ މީހެއް ނޫނެވެ.ޒާރާގެ ހިތުގެ ތެޅުން ބާރު ވި އެއް ކަމަކު ކިޔާން އަށް އޭނާ އަށް އަސަރެއް ކުރި ކަމަށް ދައްކާކަށް ޒާރާގެ ހިތެއް ހަމަ ހިލާ އެއްބަހެއް ނުވި އެވެ.”އަރަންޏާ އަރާ.ވަގުތެއް ނެތް”ކިޔާން އަތުގައި އަޅާފައިވާ ކަޅު ކުލައިގެ ރޮލެކްސް ގަޑި އަށް ބަލާލަމުން ޒާރާ އާއި ދިމާލަށް އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ.ކިޔާންގެ ފިރިހެންވަންތަ އަޑު ޖެހުމާއި އެކު ޒާރާގެ ހިތަށް ހީވީ ފެންއެއްޗެއް އޮއްސާލި ހެންނެވެ.ޒާރާ ކިޔާން އަށް ދޫ ނުކުރާން ވެގެން ކިޔާންގެ ސައިކަލު ފަހަތަށް އެރި އެވެ.

 

މޫންލައިޓް ގޭ ކައިރި އަށް މަޑު ކޮށްލި ސައިކަލުން ޒާރާ ފައިބާ ކިޔާން އާއި ދިމާލަށް ބަލައިލީ ވާހަކަ އެއް ބުނަން ހިތުލައިގެންނެވެ.ނަމަވެސް އެޖުމުލަތައް ކިޔާން ޒާރާ އާއި ދިމާލަށް ބަލައިލަމުން ނިއް އަޅުވާލުމާއި އެކު ހިތުން ފިލައިގެން ދިޔަ ފަދަ އެވެ.”ނޯ ތެންކްސް”ޒާރާ ދެބުމަ ގޮށްޖަހާލަމުން ބުނެލިއެވެ.ޒާރާ ކިޔާން އާއި ދިމާލަށް ލޯ އަޅާލަމުން ގެއާއި ދިމާލަށް ހިނގައިގަތް މަންޒަރު ބަލަން ހުރި ކިޔާން ގެ ތުންފަތް ކުޑަކޮށް ދެމިލި އެވެ.ނަމަވެސް އެހިނިތުންވުން ލޮލާއި ހިސާބަށް ފޯރުމުގެ ކުރިން ކިޔާން މޫނު މައްޗަށް ސީރިއަސްކަން ވެރިކޮށްލީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެވެ.

 

މޫންލައިޓް ގޭތެރެ އަށް ވަދެގެން އައި ޒާރާގެ ނަޒަރު ހުއްޓުނީ ވަދެގެން އައި މަގުގެ ވާތް ފަރާތުގައި ހުރި ކޮފީ ބޯ މޭޒުތަކާއި ދިމާލަށް ށެވެ.ނުކްޝާން އާއި ޒީކާން އެކަކު އަނެކަކާއި ވާހަކަ ދައްކަން ތިބި އިރު އެއީ ބިޒީ ވެގެން ނާދެވޭނެއޭ ބުނި ޒީކާން ބާއޭ ޒާރާގެ ހިތަށް އެރިއެވެ.ޒީކާން އާއި ދިމާލަށް އެއްޗެކޭ ބުނުން ވާނީ ގޭތެރޭގައި ހުރި ފާރުތަކާއި ވާހަކަ ދެއްކުން ކަހަލަ ކަމެއް ކަން އިނގޭތީ ޒާރާ އަޅާނުލާ އިމާރާތަށް ވަދެވެން އޮންނަ މަގުން ގެއާއި ދިމާލަށް ހިނގައިގަތެވެ.

 

މުޅި ގޭގައި އަޅި ކުލަ ލާފައި ވާ އިރު ގޭގެ ގޭޓުން ވަދެގެން އައިސް ވާތް ފަޅި އަށް ބަލާލުމުން ފެންނާނީ ކޮފީ ބޮއޭ ގޮތަށް ހަދާފައިވާ މޭޒުތަކެކެވެ.ކަނާތް ފަޅި އަށް ބަލާލުމުން ފެންނާނީ ކުޑަ ވަރެއްގެ ބަގީޗާ އެކެވެ.ބަގީޗާ އިން ދުވާ ލުއި މީރު ވަހުގެ ސަބަބުން މީހުން ގެ ހިތްތަކަށް ހަމަޖެހުން ލިބޭނެ ކަން ގައިމެވެ.ގޭޓުން ވަދެގެން އިމާރާތާއި ހިސާބަށް ދެވޭ ގޮތަށް ހަދާފައިވާ މަގު ހުންނަނީ މާލޭގެ މަގުހެން ގާ ޖަހާފައި އެވެ.ގޭގައި އަޅި ކުލަ ލާފައި ހުއްޓެއް ކަމަކު އިމާރާތުގައި އެއްކޮށްހެން ލާފައި ވަނީ ހުދު ކުލަ އެވެ.އިމާރާތަށް ވަދުމުގެ ކުރިން ފުރަތަމަ ޖެހޭނީ ތިން ވަރަކަށް ސިޑި ހުރަސް ކުރާށެވެ.އެތަނުން މައްޗަށް އެރުމުން ވެސް އަދި ހުރެވޭނީ ދޮރާއި ހަވަރަކަށް ފޫޓު ދުރުގައި އެވެ.އެތަން ކޮޅު ވެސް ހުންނާނީ ހިޔާ ކޮށްފައި އެވެ.ބަލާބެލުމަށް ޝާހީ ގެއެއް ވައްތަރު ޖަހައެވެ.

 

ދުވެފައި ހެން ޒާރާ ގޭތެރެ އަށް ވަދެގެން ދިޔައީ ރޭހަކުން މީހަކު މޮޅުވާން ދުވެލާފައި ދާ ކަހަލަ ގޮތަކަށްށެވެ.މިއަދަކީ އައިކާ މެލޭޝިޔާ އިން ނަރުސް ކަން ކިޔަވައިގެން އެނބުރި އަންނަ ދުވަހެވެ.ގަޑިން ދޭއް ޖެހީތީ އަދި ވަގުތު އެބައޮތެވެ.އައިކާ އަންނަ ބޯޓު އެއާރޕޯޓް އަށް ކައިރި ކުރާނީ ހަތަރެއް ޖަހާ އިރެވެ.ނަމަވެސް ވެވޭ އެންމެ ރީއްޗެއް ވެގެން އައިކާ ގާތަށް ދާން އޭނާ ބޭނުން ވަނީ އެންމެ ސަބަބަކާއި ލައިގެންނެވެ.ކިޔާން އައިކާ ނަގަން އެއާރޕޯޓް އަށް ދާނެ ކަން ޔަގީން ވާތީ އެވެ.

 

އޮފީސް ނިންމާފައި އައި ލައިނީ ސޯފާ މައްޗަށް ދެމިފައި އޮރުކޮޅެއް ވަންދެން އޮތީ ވެފައި ވާ ވަރުބައްޔެއްގެ ސަބަބުންނެވެ.ލައިނީ އާއި ނަވްޔާ އަމިއްލަ ކުންފުންޏެއް ހިންގާތީ ކޮންމެ ދުވަހެއް ވެސް ދަނީ އެހާމެ ބުރަކޮށްށެވެ.އަދި ދެމީހުންގެ ނަން މަތީގައި ކުންފުނި ހުޅުވިތާ މާ ގިނަ ދުވަސްތަކެއް ނުވެއެވެ.އަހަރެއްހާ ދުވަސްވީ އިރަށް ކުންފުނީގެ ނަން ދިޔައީ ރާއްޖޭގައި ވިދަމުންނެވެ.އަދި އެންމެން ގެ ޝައުގުވެރިކަން ހޯދޭ ވަރު ނުވި ނަމަވެސް މިހާރު ގިނަ ބަޔަކު އެކުންފުނި ދަންނާނެ ކަން ގައިމެވެ.ޒީކާންމެންގެ ކުންފުނި ހޯދިހާ ކުރި އެރުމެއް ނުހޯދުނީ ޒީކާން އަކީ އެންމެން ދަންނަ މޫނެއް ކަމުގައި ވާ ޒަޔާންގެ ދަރިފުޅަށް ވެފައި ނަވްޔާ އާއި ލައިނީ އަކީ އާމޫނަކަށް ވުމުންނެވެ.ކުންފުނީގެ ދަށުން ހަތަރު ފިހާރަ ހުޅުވައިފައިވާ އިރު އެ ފިހާރަ ތަކުގައި ހުންނާނީ ލައިނީ އާއި ނަވްޔާ ގެ ބްރޭންޑް ކަމުގައިވާ”އެލް އެކްސް އެން”ބްރޭންޑްގެ ސާމާނެވެ.ހެދުމާއި ބޫޓާއި ނުވިތާކަށް ފައިވާނަކަށް ދަންދެން ހުރެއެވެ.ލައިނީ އާއި ނަވްޔާ ހުޅުވީ ޒީކާން މެން ހުޅުވި ކަހަލަ ބިޒްނަސް އެއް ނޫނެވެ.ޒީކާންމެންގެ ބިޒްނަސްގެ ދަށުން އަޅާފައި ވަނީ ބޮޑެތި ހޮޓެލް ތަކާއި ހޮސްޕިޓަލް ފަދަ ތަންތަނެވެ.ޒީކާން މެން އެންމެ ފަހުން ހުޅުވީ ހޮސްޕިޓަލެކެވެ.

 

“އައިކާ މިއަދު އަންނާނެއޭ ދަރިފުޅު ބުނީމެއްނު.އަދި ވެސް ތި އޮންނަނީ”ލައިޝާ ބުނެލީ ކާގެ ތެރެއިން ފިނި ފެން ފުޅި އަކާއި ޖޯޑެއް ލައިނީގެ ކުރިމަތީގައި ބަހައްޓާލަމުން ނެވެ.”ވަރުބަލި ކަމުން އޮއެވުނީ އޭ”ލައިނީ ބުނެލީ ފިނިފެން ފުޅި ނަގާ ޖޯޑަށް އަޅާލަމުންނެވެ.”އައިކާ ނަގާފަ މިރޭ ވިޔަސް ދާން ވާނެ ދޮންތަ ކައިރި އަށް.ދޮންތަ މިއަދު މަންމަ އަށް ގުޅާފަ ބުނި ބަލިވެ އުޅޭ ވާހަކަ”ލައިޝާ އެހެން ބުނުމާއި އެކު ލައިނީގެ މޫނުމަތީގެ ކުލަވަރު ބަދަލުވި އެވެ.”އިނގިއްޖެ ތިވީ ގޮތް.އެހެންވެ ދޯ މިއަދު ދޮންތަ ސްކޫލަށް ނުދިޔައީ.މިޝް ބުންޏޭ ދޮންތަ އެއް ނާދެޔޭ ސްކޫލަކަށް އެހެންވެ މިޝް ވަރަށް ފޫހިވިއޭ.އެހެން ނޫނަސް ކޮބާތަ އަޔާން؟ދޮންތަ ކައިރީ އެހި ނަމަ”ލައިނީގެ މޫނުމަތިން ލާނެތް އަސަރުތަކެއް ފެނިލިއެވެ.”ސާބަސް ދަރިފުޅަށް.މަންމަ ބުނަން ދޯ އަޔާން ނުކިޔާށޭ”ލައިޝާ ލައިނީ އާއި ދިމާލަށް ބުނެލީ ލޯ އަޅާލަމުން ނެވެ.ލައިޝާ އާއި ލައިނީ ވާހަކަ ދައްކަން ތިބޭ އިރު ހީވާނީ ދެއެކުވެރިން ވާހަކަ ދައްކަން ތިބޭހެންނެވެ.

 

ޒާރާ ތައްޔާރު ވަމުން ދިޔައީ އައިކާ ބަލާ އެއަރޕޯޓަށް ދިއުމަށްޓަކައި އެވެ.ހުދު ކުލައިގެ ގަމީސް މަތިކޮޅަކާއި އެކީ މަޑު ފިޔާތޮށިކުލައިގެ ޝޯލް އެއް އަޅާލަމުން ޒާރާ ތައްޔާރު ވަމުން ދިޔައީ ފަރުވާތެރި ކަމާއި އެކީ އެވެ.ތުންފަތުގައި މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކް ޖައްސާލާފައި ލޮލުގައި މަސްކަރާ އެޅުން ފިޔަވާ އިތުރު މޭކަޕް އެއް ކުރަން ޒާރާ އަށް ނުކެރުނީ ކުރިން ވެސް އޭނާ އަކީ މޭކްޕް މާ ގަދަ އަށް ކުރާ ކުއްޖަކަށް ނުވުމުންނެވެ.އަވަސް ގޮތަކަށް ޒާރާ ކޮޓަރީގައި އަޅުވާފައި އިން ބޮޑު ގަޑިން ގަޑި މިހާރު ވެސް މާ ބޮޑަށް ވެސް ލަސްވަމުން ނެވެ.

 

ފޯނު ހިފައިގެން ޒާރާ ނިކުމެ ބޭރު ބަލާލި އިރު ބޮލުގައި ރިއްސާލީ ގޭޓު ކައިރީގައި ފޯނާ ކުޅެން އިން ފިރިހެން ކުއްޖާ ފެނިފައި އެވެ.ކަޅު ކުލައިގެ ހޫޑީ އަކާއި ހަމަ އެކުލައިގެ ޖިންސް އެއްގައި ހުރި އެފިރިހެން ކުއްޖާ ކިޔާން އަށް ދޫނުކުރާނެ ކަން ގައިމެވެ.ނަމަވެސް މިހާ ދުވަހު އެކުއްޖާ އާއި އެކީ އުޅުމުން ވެސް ޒާރާގެ ހިތް އެކުއްޖާ އަށް ލެނބޭ ގޮތެއްނުވިއެވެ.

 

ނުނިމޭ

 

Comments (19)

  1. Me

    Omg. This part was really good too. Still waiting for Mishya and Zeekan’s part. That storyline just interest me more cause she already has a crush on him but he is so cold and emotionless and has someone else’s picture.
    Can’t wait for the next part.

    1. RIFSHA
      Me

      Thanks me.varah ufaa vejje mi part vx mee ah kamudhiya kan ingunyma.my bestie told me that she likes zeek and mishy ge part ey and zaa and yaan ge bai too.ehenve fahun hithah eri mish mn main ah levun nama ey.ekam dhen kureveyne kamei nei thaa dho.dhen inna Rifoo ge love story ge main ah laafa innaanee zaak kahala kujjei ge bai.adhi nuliyunas Rifoo innaany plan koffa dhen inna story liyaane goi and name vx final koffa innaany.
      Ke

    2. RIFSHA
      Me

      Keep wait me miharu Rifoo innaane mish and xeek ge interesting part eh liyefa.unmeeedhu kuran me ah a bai rvarah reethi vane kamah
      Story in sha Allah mi rey submit kohlaanan 😊

  2. Me

    I also have a feedback. Highschool typically means 11 and 12. So International Nursing Highschool sounds a bit odd. Maybe instead you can just right International Nursing School. Also adding Maldives or the island or a company name would make the name sound much better. For instance XYZ International Nursing School or Maldives International Nursing school.
    But overall this is such a good story. You are insanely talented. Masha allah.

    1. Laura
      Me

      I think she is right rifoo.ekam vaahaka hadi ekey nubunan ingey.ekam kuh thah kiyaala dheyn vaane ehnu dho.hama hurihaa gothakun beliyas vaahaka varah reethi Masha Allah

    2. Laura
      Me

      Hey ethanah yaan ge bayah laafa in kujja varah cute

    3. RIFSHA
      Me

      In a reply to @me
      Thanks for ur feedback ☺️
      Dhen faharakun thi thankolhu rangalhu kohlaanan liyelaa iru

  3. Cute girl

    Mi part vx v Reethi masha allah
    Can’t wait for next part
    Keep it up.

    1. RIFSHA
      Cute girl

      Thanks cute girl in sha Allah mi rey next part submit kohlaanan keep waiting dear

  4. Laura

    Oh so cute
    Alhey haadha reehchey mi part vx Masha Allah
    Yes Rifoo me buni hen lau vx varah zeek and mish ge bayah inthizaaru kurevey
    Varah cute couple akah e dhekudhin vaane zaa and yaan gothah.
    Kon ireh mihaaru balaathaa submit vey tho.i think mi part varah awesome ehen part thakaa balaafa.lau ah heevani male dhevunyma kanneynge adhi mi feshuny.
    Kon irakun next part kiyaalan libeyni
    Curious thankolhakunney thi ninmaali ehenve curiously waiting for the next part
    Love you Rifoo 💋

    1. RIFSHA
      Laura

      Thanks lauraa varah bodah ufaa vejje lau ah mi part vs kamudhiya eema.alhey hurihaa kudhinnah mish and zeek ge bai dho enme kamudhani.dhen Rifoo main ah laafa einy zaa mn ehenve mish men ge bai e naannanee ehaa gina in.ekam liyelaafa innaany zeek mn ge interesting baeh.unmeedhu kuran lau ah e bai reethi vaane kamah.
      Alhey eii Rifoo ge mahsala eh noonehnu.in sha Allah mi rey submit kohlaanan next part
      Love you more Darla 💖

  5. Shimmer

    The is my first ever comment on any story
    This story is so beautiful hama nuhurevunee mi story reethi kamun
    Vvv beautiful
    Loved it
    Curiously waiting for the next ep
    Lots of love you
    Keep it up

    1. RIFSHA
      Shimmer

      Thanks shimmer.varah ufaa vejje shimmer ah mi story reethi kan ingunyma.
      In sha Allah next part mi rey submit kohlaanan ingey dear
      Keep waiting
      Once again thank you 😊
      It means a lot 💗
      Jazakallah dear
      Love you more ❤️

  6. Butterflyyyyy

    Vrh reethi mi part vx maasha allah.. Curiously waiting for the next part❤

    1. RIFSHA
      Butterflyyyyy

      Thanks maash
      Next in sha Allah mi rey submit kohlaanan

  7. Rauha

    Hey Rifoo
    Mi part varah varah reethi Masha Allah
    I think Lau bunihen male dhevunyma kanneynge dho mi feshuny.zaa adhi no thank you oo.varah majaa e bai.zaa and yaan main ah laafa me buni hen Mish and zeek vx main ah leenama i think e dhekudhin ge bai and zaa ge bai enme interesting ee.ekam it’s up to you dho.mihen inas mi vaahaka mee hundred out of million dhey varu ge vaahaka eh.aslu mee adhi rau kee enme reethi vaahaka.
    Zaa aneikaa kujjakaa rattehi vee tha?? dhen yaan ah undhagoo vaane dho hoadhan vx.
    Hehe kon irakun next part kiyaalan libeyni
    Curiously waiting for the next part
    Love you darling ❤️ 😘

    1. RIFSHA
      Rauha

      Hey rau
      Thanks varah bodah rau loabii
      Alhey thanks
      Rifoooo ah vx maa fahun thi hiyaalu aii.in sha Allah dhen liyaa vaahaka ehge main ah laani zeek kahala kujjei.hurihaa kudhin vx mish and zeek dheke haadha loabbekey thi vani.thihen ulhenikoh xeek landei dheefaane hus girl kudhin nehnu thy.hehe ijk
      Once again thank you rau loabii
      It’s mean a lot darll
      Next part in sha Allah mi rey submit kohlaanan
      Love you more rauu ❤️❤️

  8. Zelie

    Woww. This story is so interesting 🤔. One of the best dhivehi stories I have read. I hope zara and kiyan ends up together. And i hope you will keep writing stories 😊😊. Also agree with Lauha and Me mish and zeek ge part is interesting. Hope you would make them a main or write story to focus on their part. But of course you as the writer would knw best and decide. You so far have made this story soo interesting. I am impatiently waiting for the next part.
    Love you. My fav writer ❤️

    1. RIFSHA
      Zelie

      Thanks zelie
      Yes will write the story to the end.
      Alhey hama hurihaa kudhinnah mish and zeek ge bai dho enme reethi.mihaaru innaane zeek and mish ge bayeh liyelaafa.unmeedhu kuran zelie ah ebai reethi vaane kamah.main ah kudhin laafa inyma dhen xeek meneh main akah nuleveyne ehnu.eyrun story dho hadi vaani.ekam in sha Allah dhen liyaa vaahaka ehge main ah laafa innaany zeek kahala kujjei
      Next part in sha Allah mi rey submit kohlaanan.dhen admin kamei ingey upload nukurumaa kurun eii
      Varah ufaa vejje rifoo mii zelie ge fav author kan inguny ma.ur comment put a smile into my face 😊
      Love you more Darla 😘

Comments are closed.