Skip to content
އެސްފިޔަ

ތިޔަ ލޯތްބަށް އެދެވޭތީ… 2

“ނަމެއްވެސް ނުބުނާނަންތަ..؟” އެ ޒުވާނާގެ ބަރު އަޑުން އެހެން އަހައިލުމާއެކު، އަޒަލްގެ ގައިން ހީބިހި ނަގައިގަތެވެ.

“އަޒަލް..” އަޒަލްއަށް ނަން ބުނެވުނީވެސް އަމިއްލަ އިޚްތިޔާރަކައި ނުލައެވެ.

“އަޒަލް.. ކުއްޖާހާ ނަންވެސް ރީތި..” އެ ޒުވާނާގެ ދުލުން ނުކުތް ތަޢުރީފުގެ ލަފްޒުތަކާއެކު އަޒަލްއަށް ލަދުން އިސްދަށަށް ޖަހައިލެވުނެވެ.

“އަހަންނަށް ކިޔައީ ރިއާން.. އުންމީދު ކުރަން އަދި ދިމާވާނެ ކަމަށް..” އޭނާގެ ރީތި ހިނިތުންވުމާއެކު އެހެން ބުނެފައި، ރިއާން ސައިކަލު ދުއްވައިލިއެވެ. ރިއާން ލޮލުކޮޅަށް ގޮސް އޮބައިލަންދެންވެސް އަޒަލްއަށް އެހުރި ފިޔަވަޅު މަތީގައި، އެދިމާއަށް ބަލަން ހުރެވުނެވެ.

“ރިއާން…” އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް އެ ނަން ކިޔައިލެވުނު އިރު، އަޒަލްގެ ތުންފަތުގައި ކުޅެލާފައިވީ ރަކި ހިނިތުންވުމެކެވެ. މީގެ އިރުކޮޅެއް ކުރިން ދިމާވި އެ ގޮތްނޭނގޭ ޒުވާނާ ހަމަ ޔަޤީނުންވެސް އޭނާގެ ޒުވާން ހިތާ ކުޅެލައިފިއެވެ.

އަޒަލް ގޮސް ގެއަށް ވަން އިރުވެސް އެ މޫނުމަތީގައިވީ ހިނިތުންވުން ފިލައި ނުދެއެވެ. ގެއަށް ވަނުމާއެކު މަންމަވެސް މާ އުފާވެފައި ތި ހުރީ ކީއްވެއްހެޔޭ އަހައިފިއެވެ. މާ ބޮޑު ކަމެއް ނުވެޔޭ ބުނެފައި، އަޒަލް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން އަޒަލް ބޭނުންވީ އަވަހަށް ފެންވަރައި ތާޒާވެލާށެވެ.

ފާޚާނާއަށް ވަދެ ފެންމާގަނޑު ދޫކޮށްލަމުން އަޒަލް އޭގެ ދަށުގައި ހުއްޓުނެވެ. އޮހެމުން ދިޔަ ފިނިފިނި ފެންތިކިތަކުން އަޒަލްގެ ރޫހާއި ޖިސްމަށް އާރޯކަމެއް ގެނުވި ކަހަލައެވެ. އެ ހަށިގަނޑުގައި ބީހެމުން ދިޔަ ފެންތިކިތަކުގެ ފިނިކަމުން ލިބުނު އަރާމެއްގެ ސަބަބުން، އަޒަލްއަށް ދެލޯ މަރައިލެވުނެވެ. ހަމަ ދެލޯ މަރައިލުމާއެކު އަޒަލްއަށް ސިފަވީ ރިއާންއެވެ. އެ ފިރިހެންވަންތަ، ޖާދޫވީ ހިނިތުންވުމެވެ. އެ އަސަރު ގަދަ އަޑެވެ. އެ ރީތި ދެލޮލެވެ. އިޚްތިޔާރަކައި ނުލައި އަޒަލްގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. އެހެނަސް، ދެވަނަ ސިކުންތުގައި ސިހިފައި އަޒަލްއަށް ދެލޯ ހުޅުވައިލެވުނެވެ. ދެފަރާތަށް ބޯހޫރުވައިލެވުނީ އަމިއްލަ މޮޔަކަމަށް މަލާމަތްކުރާ ޙާލުގައެވެ. އެއީ އަދި މިއަދު ފެނުނު ޒުވާނެކެވެ. އެކުގައި އަދި ފަނަރަ މިނެޓުވެސް ހޭދަ ނުކުރެވެއެވެ. އެހާ އަވަހަށް އެ ޒުވާނާގެ ހަނދާންތައް އޭނާގެ ސިކުނޑި ހިސޯރު ކޮށްލައިފިއެވެ. ރިއާންގެ ނަން ސިކުނޑިން ފުހެލަން މަސައްކަތް ކުރަމުން، އަޒަލް ފެންމާގަނޑު ބަންދު ކޮށްލިއެވެ. ގައިގައި ތުވާލި އޮޅާލައިގެން ކޮޓަރިއަށް ނުކުތް އިރު، ފިނިވެގެން އެ ހަށިގަނޑު ތުރުތުރު އަޅައެވެ.

އަތްކުރު ނޫކުލައިގެ ޓީޝާޓަކާއި، ހުދުކުލައިގެ ބޮޑު ހަރުވާޅެއް ލުމަށްފަހު، އަޒަލް އޭނާ ތެތްކޮށް އޮތް ފަން ދިގު އިސްތަށިގަނޑު ހިއްކަން ފެށިއެވެ. ހެއަރޑްރަޔައިރ އިން އިސްތަށިގަނޑު ހިއްކައިލުމަށްފަހު، އަޒަލް އިސްތަށިގަނޑުގައި ފުނާ އަޅައިލިއެވެ. ވޫލްކޮޅެއްގެ އެހީގައި އިސްތަށިގަނޑު ހައްޔަރު ކޮށްލުމަށްފަހު، އަތާއި ފައިގައި ލޯޝަން ލައި، ގަޔަށް ސެންޓުކޮޅެއް ޖަހައިލިއެވެ. މޫނުގައި ކްރީމްކޮޅެއް އުނގުޅުމަށްފަހު އޭނާ އިތުރަށް ރީތިވާކަށް ނޫޅުނެވެ. އަލަމާރި ތެރޭގައި އޮތް މުސައްލަ ނެގުމަށްފަހު، އޭނާ ދެން އެރީ ނަމާދަށެވެ. ޢަސުރު ނަމާދުގެ ހަތަރު ރަކްޢަތް ކޮށްލުމަށްފަހު، އަޒަލްއަށް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ދެލޯ މަރައިލެވުމާއެކު އަނެއްކާވެސް އެ ޒުވާނާ ސިފަވިއެވެ. ދެންމެ އައިސްފައި ހުރި ނިދި މިހާރު ވަދެ ފިލީ ކޮން ތަނަކަށް ކަމެއްވެސް ނޭނގެއެވެ. ކައިރީގައި އޮތް ފޯނު ނަގައި، އަޒަލް އިންސްޓަގްރާމް ހުޅުވައިލިއެވެ. އިންސްޓަގްރާމްގައި ރިއާންގެ ނަން ޖަހައިލުމުން ބައިވަރު ރިކޮމެންޑޭޝަންސް އައެވެ. އެތަނުން އެއް އައިޑީގެ ޕްރޮފައިލް ޕިކްޗަރގައި ރިއާންގެ ފޮޓޯ އިންތަން ފެނުމުން ވަގުތުން އަޒަލްގެ މޫނު އުޖާލާވިއެވެ. އެނދުމަތީގައި ބަންޑުން އޮށޯވެލަމުން އޭނާ ރިއާންގެ ޕޯސްޓްތައް ބަލަން ފެށިއެވެ.

ރިއާންގެ އިނީ އެންމެ ހައެއްކަ ޕޯސްޓެވެ. އެއިން ކޮންމެ ޕޯސްޓަކީވެސް އޭނާގެ ފޮޓޮއެކެވެ. އެއިން ކޮންމެ ފޮޓޮއަކަށް އަޒަލް ވަކިވަކިން ބަލަމުން ދިޔައެވެ. އެގޮތުގައި ބައިގަޑިއިރު ވަންދެން އޭނާ އޮތެވެ. ކިތަންމެ ވަރަކަށް ރިއާންގެ ފޮޓޮއަށް ބެލިކަމުގައި ވީނަމަވެސް އޭނާގެ ހިތް ފުރުނު ހެންނެއް ހިޔެއް ނުވެއެވެ. ނަމަވެސް، ރިއާންއަށް މެސެޖު ކުރަން ކީއްކުރަން، އޭނާއަށް ފޮލޯކުރަންވެސް އަޒަލްއަކަށް ނުކެރުނެވެ. އޭނާގެ ލޮލަށް ނިދި ސަވާރުވީވެސް ރިއާންގެ ފޮޓޮއަށް ނަޒަރު ހުއްޓާލައިގެން އޮއްވައެވެ. ނިދީގެ ފުން ޢާލަމަށް ދަތުރު ކުރެވުނު އިރު، މިއަދު ހަވީރު ބައްޕައާ އެކުގައި ބޭރަށް ދާން ޖެހޭކަންވެސް ހަނދާން ނެތް ފަދައެވެ.

*** ** ***

އޮފީހުން ނިމިގެން އައި ގޮތަށް ޔައިލް ވެއްޓިގަތީ ސޯފާއަށެވެ. ކަރުގައި އަޅާފައި އޮތް ޓައީ ދޫކޮށްލަމުން، ޔައިލް ސޯފާގައި ހަމަޖެހިލިއެވެ. ޔައިލްއާ އެކުއެކީގައި ގެއަށް ވަން މިލާނަށްވެސް ވީ ހަމަ އެވަރެވެ. ދެބަފައިންގެ ޙަރަކާތްތަކަށް ބަލަން ހުރި ޔައިނާ ކައިރިއަށް ހިނި އައެވެ. ޔައިލްގެ ކޮންމެ ޢަމަލަކުންވެސް ޔައިނާއަށް ސިފަވަމުން ދިޔައީ މިލާންއެވެ. ޔައިލް ޒުވާންވެ، ފުރާފުރިހަމަވީ އިރު، މިލާންގެ ޒުވާން އިރުގެ ތަސްވީރެކޭ އެއްވެސް ތަފާތެއް ނެތެވެ.

“ތިހެން ނުތިބެ ދެމީހުން ދޭބަލަ ފެންވަރައިގެން އަންނަން.. ހުންނާނެ ކާން ހަދާފަ.. ކައިގެން ގޮސް ޖައްސާލަބަލަ.. ތިހެން ދެން ތިބެދާނެ ކިތަންމެ އިރަކުވެސް..” ޔައިނާ އެހެން ބުނުމުން މިލާންއާއި ޔައިލް އެކުގައި ހޫމް އަޅުވައިލިއެވެ.

“މިލާން.. އަހަރެން މި ދަނީ ޑިޔުޓީއަށް ދާން.. ޔަލް ބުނި މިއަދު ކޮލެޖުން ނިމިގެން އާރާއާ ޒައުލްއާ އެކީ އަފާންމެން ގެޔަށޭ ދާނީ.. ޔަލް އައީމަ އަހަންނަށް ގުޅާތި.. ޔައިލް މަންމަ ދަނީ އިނގޭ..” ދެފަރާތަށް ބޯ ހޫރުވައިލަމުން ޔައިނާ ވާހަކަ ދެއްކިއެވެ.

“އޯކޭ ބާއި..” މިފަހަރުވެސް މިލާންއަށާއި ޔައިލްއަށް ބުނެވުނީ ހަމަ އެކުއެކީގައެވެ. ހީލަމުން ދެފަރާތަށް ބޯހޫރުވައިލާފައި، ޔައިނާ ނުކުމެގެން ދިޔައެވެ.

“ދަރިފުޅާ..” މިލާން ގޮވައިލިއެވެ. “ލައްބަ ބައްޕާ..” ޔައިލް މިލާންއާ ދިމާއަށް ބަލައިލިއެވެ. “ދަރިފުޅުވެސް މިހާރު ތި ކިޔަވާ ނިމިގެން ވަޒީފާއެއްގަ ސެޓްލްވީ.. ދެން ދިރިއުޅުމެއް ފަށަން ވިސްނާކަށް ނުވޭތަ..؟” މިލާން އަހައިލިއެވެ. “މި ދިރިއުޅެނީ ނޫންތަ މިހާރުވެސް..؟” ޔައިލް އެހެން ބުނެލުމާއެކު މިލާން ޔައިލްގެ ބޮލުގެ ފުއްކިބައިގައި ޖަހައިލިއެވެ. “ސާބަހޭ.. ޔައިލް ބޮލަކު ތެތްކަމެއް ނުހުރޭ ދޯ.. ބައްޕަ މި ބުނީ ދަރިފުޅު މީހަކާ އިންނާކަށް ނުވޭހޭ..؟” މިލާން ތަފްސީލުކޮށްދިނެވެ. އެއާއެކު ޔައިލް ބޯ ކަހައިލިއެވެ.

“އަދި ރަނގަޅު ކުއްޖަކާ ދިމައެއް ނުވޭ ބައްޕާ..” ޔައިލް ބުނެލިއެވެ. “ދަރިފުޅަށް ކަމުދާ ހަމަ އެއްވެސް ކުއްޖަކު ނެތް..؟” މިލާން އަހައިލުމުން ޔައިލް ބޯޖަހައިލިއެވެ. “ދަރިފުޅު ކުއްޖަކާ ރައްޓެހިވެސް ނުވަންތަ..؟” މިލާން އަހައިލިއެވެ. “ކޮލެޖުގަ އުޅުނު އިރު ދެތިން ކުދިންނާ ވީން.. އެކަމަކު އަނެއްހެން މެރިޖްއާ ހަމައަށް ދާ ވަރުގެ ސީރިޔަސް ރިލޭޝަންޝިޕަކަށް ނުދެވޭ..” ޔައިލް ބުނެލިއެވެ. އެޔާއެކު މިލާން ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ދަރިފުޅު އަޒަލްއާ ދޭތެރޭ ދެކެނީ ކިހިނެއް..؟” މިލާން ދެން ކޮށްލި ސުވާލުން ޔައިލްގެ ދެލޯ ވަގުތުން މުދުނަށް އަރައިގެން ދިޔައެވެ. “ވަޓް..؟” ޔައިލްއަށް ބުނެވުނީ އެހެންނެވެ. “މި ބުނީ.. ދަރިފުޅުމެން އަބަދު އެއްކޮށް އުޅޭތީ.. ހަމަ ރަހުމަތްތެރިކަން އެކަނިހެއްޔޭ ތި ދޭތެރޭގަ އޮންނަނީ..؟” މިލާން އަނެއްކާވެސް އަހައިލިއެވެ. “އަޅުގަނޑާ އަޒްއާ ދޭތެރޭގަ އޮންނަނީ ހަމައެކަނި ރަހުމަތްތެރިކަން.. ދުވަހަކުވެސް އަނެއް ކަހަލަ އިހުސާސެއް އަޒްއާ ދޭތެރޭގައެއް ނުކުރެވޭ.. ވީ އާރ ޖަސްޓް ކްލޯޒް ފްރެންޑްސް ބައްޕާ..” ޔައިލް ބުނެލިއެވެ. “ދަރިފުޅު ކުޑަ އިރު ވަރަށް ގިނައިން ކިޔާނެ ވިއްޔަ.. ބޮޑުވެގެން މެރީ ކުރާނީ އަޒްއާ އޭ.. އެހެންވެ ބައްޕަ މި އަހައިލީ..” މިލާން ބުނެލިއެވެ. “އޯހ ކަމޯން ބައްޕާ.. ކުޑަ އިރު އެގޮތަށް ދެން ކޫސަނި ވާހަކަ ދައްކާނެ އެއްނު.. އޭރު ކޯޗެއްތަ ވިސްނޭނީ..” ޔައިލް ބުނެލިއެވެ. “އެންމެ ރަނގަޅު.. ދަރިފުޅު ދެން ކައިވެންޏާ ދޭތެރޭވެސް ވިސްނައްޗޭ އިނގޭ..” ސޯފާއިން ތެދުވެ، ކޮޓަރިއަށް މިސްރާބު ޖެހުމުގެ ކުރިން މިލާން ބުނެލިއެވެ. މިލާން ގޮސް ކޮޓަރިއަށް ވަނުމާއެކު ޔައިލްއަށް ފުން ނޭވާއެއް ދޫކޮށްލަމުން ދެފަރާތަށް ބޯހޫރުވައިލެވުނެވެ.

އޭނާއާ އަޒަލްއޭ ކިޔައިގެން އެވަރަށް ބައްޕަމެން އަޅުވާ ކިޔަނީ ކީއްވެގެން ހެއްޔެވެ؟ ދެން ނުވެސް ގުޅެއެވެ. ޔައިލް ކައިވެނި ކުރަން ބޭނުންވާ ފަދަ ކުއްޖެއްގެ ކިބައިގައި ހުންނަން ޖެހޭ އެއްވެސް ސިފައެއް އަޒަލްގެ ކިބައިގައި ނެތެވެ. އޭނާ ބޭނުންވަނީ މަޑުމައިތިރި އަންހެން ކުއްޖެކެވެ. ހީވާގި، ގެވެހި ކުއްޖެކެވެ. އަންހެންވަންތަ، ލަދުވެތި ކުއްޖެކެވެ. އަޒަލްއަކީ އޭގެ ދިމާ އިދިކޮޅެވެ. ހަލަނިކަމުގެ އިންތިހާއެވެ. އެހާ އަނގަވެސް ގަދަ ވާނެއެވެ. ކެތްތެރިކަމުގެ ސިފައެއް ނުވެސް ހުންނާނެއެވެ. ރުޅި އައިއްސިއްޔާ ހީވާނީ ފަޓާހެއް ގޮވާހެންނެވެ. ނޫނެކެވެ. ފަޓާހެއްވެސް ނޫނެވެ. ބޮމެކެވެ. އަނެއްކޮޅުން އަޒަލް ބަދިގެއަށް ވަދެފިއްޔާ، ޒަމާން ދިޔައީއެވެ. އަފާން ބުނާހެން އަޒަލް ދަމާ ރޮށިތައް ހީވާނީ ޤައުމެއްގެ ޗާޓެއް ހެންނެވެ. ލޮނާ ހަކުރުވެސް ވަކިކުރަން އަޒަލްއަކަށް ނޭނގޭނެއެވެ. އަބަދު އުޅޭނީ ލެޕްޓޮޕް ހިފައިގެން، މަސައްކަތާ ދޭތެރޭ ބޯ ގޮއްވާށެވެ. އުޅޭ ގޮތުން ހީވާނީ ފަސްއަހަރުގެ ކުޑަކުއްޖެއް ހެންނެވެ. އެހާ އަވަހަށް ރުޅި އަންނާނެއެވެ. އެހާ އަވަހަށް ދެލޮލުން ކަރުނަވެސް އަންނާނެއެވެ. އެހާ ބޯހަރުވެސް ވާނެއެވެ. އެއްޗެއް ބޭނުން ވެއްޖެ ނަމަ، ގަދަކަމުން ވިޔަސް އެ އެއްޗެއް ހޯދާފައި ނޫނީ އަޒަލް ދުލެއް ނުކުރާނެއެވެ. އަނެއްކާ ޒުވާބުކޮށްލާ އިރު، އަޒަލްގެ އަނގަ ހަ ފިރިހެނުންގެ އަނގައެކޭ އެއްވެސް ތަފާތެއް ނުހުންނާނެއެވެ. އަޒަލް ވަކީލަކަށް ވީވެސް އެހެންވެގެން ކަމަށް ވެދާނެއެވެ. އަޒަލްއާ ދެކޮޅަށް ނުކުންނަ ކޮންމެ މީހަކުވެސް ޖެހޭނީ ބަލި ޤަބޫލު ކުރާށެވެ. ބައެއްފަހަރު ޔައިލްވެސް މަޖަލަކަށް ހަދާފައި އަޒަލްއާ ދިމާއަށް އެހެން ބުނެލައެވެ. އޭނާއާ އަޒަލްއަށް ދުވަހަކުވެސް އެކަކު އަނެކަކު ދެކެ ލޯތްބެއް ނުވެވޭނެއެވެ. އެ ދެމެދުގައި ރަހުމަތްތެރިކަމުގެ ގުޅުން ނޫން އިތުރު ގުޅުމަކަށް ދުވަހަކުވެސް ޖާގައެއް ނޯންނާނެއެވެ.

*** ** ***

“ކޮބާ ހުރިހާ އެއްޗެއް އެރުވިއްޖެތަ..؟” ލޯންޗުގައި އިން އަފާން، މިލާން ކައިރި އަހައިލިއެވެ. މިލާން އާއެކޭ ބުނަމުން ލޯންޗަށް އެރިއެވެ. އޭރު ޔައިނާ، ޒާރާ އަދި ލައުރާ އޮލަ ވާހަކައިގައި ތިއްބެވެ. އަފާންއާއި އަޒާން ވާ މޮހަން އުޅުނު އިރު ކުދިވެރީން ތިބީ އެކުދީންގެ އަމިއްލަ ދުނިޔޭގައެވެ. އަޒާއާއި ޔައިލް ކޮންމެވެސް ވާހަކައެއް ދައްކަން ތިބި އިރު، އާރާ އިނީ އާދައިގެ މަތިން ވާހަކަ ފޮތެއްގެ އަވައިގައި ޖެހިފައެވެ. ޒައުލްއާއި ޔަލީން ތިބީ އޮލަ ވާހަކައެއްގައި ޖެހިފައެވެ.

އެންމެން އަރާ ހަމަވުމުން، އަޒާން ލޯންޗު ދުއްވައިލިއެވެ. ލޯންޗުގެ މިސްރާބު ހުރީ މާލެއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ރަށެއް ކަމަށްވާ ހުރަޔާ ދިމާއަށެވެ. ޔަލީން މެންނަށް ކޮލެޖުން ލިބުނު އެއްހަފްތާގެ ޗުއްޓީއާ ދިމާކޮށް، އެންމެން އޮފީހުން ޗުއްޓީއެއް ނަގައިގެން ރޭވި މި ދަތުރަކީ އެންމެން އެކީގައި ވަގުތު ހޭދަކޮށްލުމުގެ މަޤްސަދުގައި ރޭވި ތިންދުވަހުގެ ދަތުރެކެވެ. މާލޭގެ ކާރޫބާރޫ ގިނަ މާޙައުލުން ސަލާމަތްވެ، އަމާން، ހިތްފަސޭހަ މާޙައުލަކަށް ދިޔުމަށް އެންމެންވެސް ތިބީ ބޭނުންވެފައެވެ.

ގިނަ އިރުތަކެއް ނުވެ ހުރަޔަށް އާދެވުމުން، ލޯންޗުން ފައިބާފައި އެންމެން އެކުގައި މިސްރާބު ޖެހީ އެމީހުން ތިބެން ހަމަޖެހިފައިވާ ގެސްޓް ހައުސްއަށެވެ. ރޫމަށް ޗެކިން ވެވުނު އިރު އެންމެންވެސް ތިބީ ދަތުރުގެ ވަރުބަލިކަން އިޙުސާސް ކުރެވިފައެވެ. ޔައިނާއާއި މިލާންއަށް ވަކިން ކޮޓަރިއެއް ލިބުނު އިރު، އަފާންއާއި ޒާރާއަށްވެސް ވަކި ކޮޓަރިއެއް ހަމަޖެހުނެވެ. އަޒާންއާއި ލައުރާއަށްވެސް ވަކި ކޮޓަރިއެއް ލިބުނެވެ. އަޒަލްއާއި، ޔަލީންއާއި އާރާ ތިބީ އެއް ކޮޓަރިއެއްގައެވެ. ޔައިލްއާއި ޒައުލް ތިބީ އަނެއް ކޮޓަރީގައެވެ.

“އާހް ހާދަ ވަރުބައްޔޭ..” ކޮޓަރިއަށް ވަން ގޮތަށް އެނދުމައްޗަށް ވެއްޓިގަންނަމުން ޒައުލް ބުނެލިއެވެ. “ކަލޭ ތީ އަބަދު ވަރުބަލިވެފަ ހުންނަ މީހެއްނު..” އެނދުމަތީގައި އިށީންނަމުން ޔައިލް ބުނެލިއެވެ. ދެ ޒުވާނުންވެސް އޮލަ ވާހަކައެއްގައި ޖެހޭކަށް އިރުތަކެއް ނުނެގިއެވެ. ޒައުލް ޔައިލްއާ އެކި ވާހަކަތައް ދައްކަމުން ދިޔައީ ގާތް އެކުވެރިއެއް ފަދައިންނެވެ. ޔައިލްއާއި ޒައުލްއާ ދެމެދުގައި ފަސް އަހަރުގެ ތަފާތު ހުރި ނަމަވެސް އެކަން ނޭނގޭހާ، އެ ދޭތެރޭގައި އޮންނަ ގުޅުން ވަރުގަދައެވެ. ކުޑަ އިރުއްސުރެވެސް އޭނާގެ “ޔައިބެ” އަކީ ޒައުލްގެ އެންމެ ގާތް އެކުވެރިޔާއެވެ. ހަޔާތުގައި ދިމާވާ ހުރިހާ ކަމެއް އެއްވެސް ފަސް ޖެހުމަކާ ނުލައި ހިއްސާ ކުރެވޭ ބޭބެއެވެ.

ޔައިލްއާއި ޒައުލް ދައްކަމުން ދިޔަ ވާހަކައަށް ނިމުމެއް އައީ ޔައިލްގެ ފޯނު ރިންގު ވުމުންނެވެ. ގުޅަނީ އަޒަލް ކަން އެނގުމުން ޔައިލް ވަގުތުން ފޯނު ނަގައި ކަންފަތުގައި ޖެހިއެވެ.

“ހަލޯ އަޒް.. އޭ މިގަޑީގަ..؟ ދެން ހާދަ ވަރުބައްޔޭ..” އަޒަލް ހިނގައިލަން ދާން ބުނުމުން ޔައިލްއަށް ބުނެވުނެވެ. އެއާއެކު ޒައުލްގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. “އޭ އުހުނ އެކަނި ނުދާތި.. މަ މި ދަނީ.. ނިކުމޭ ބޭރަށް..” އެހެން ބުނެފައި ފޯނު ކަނޑައިލަމުން ޔައިލް އެނދުމަތިން ތެދުވިއެވެ. ކިތަންމެ ދަތުރުވަރުބަލި ވެފައި ހުރި ނަމަވެސް އަޒަލްއާ އެކުގައި ދާން މަޖުބޫރެވެ. ޔައިލް ނައިސްފި ނަމަ އޭނާ އެކަނި ދާނެކަމަށް ބުނުމުން ޔައިލްއަކަށް ނުހުރެވުނެވެ. ބީރަށްޓެހި ރަށެއްގައި އަޒަލް އެކަނި ފޮނުވައިލަން ޔައިލްގެ ހިތެއް ނުރުހުނެވެ.

“ޔައިބެ ކޮންތާކަށް..؟” ޔައިލް ދާން ފެށުމުން ޒައުލް އަހައިލިއެވެ. “އަޒް ގޮވައިގެން ހިނގާލަން ދާން..” ޔައިލް ޖަވާބު ދިނެވެ. “އޫ… ޑޭޓެއްތަ..؟” އެއްބުމަ އަރުވައިލަމުން، ޒައުލް އޭނާގެ ލާނެތް ރާގުގައި ބުނެލިއެވެ. “އައްޗީޑި.. މަ އެބަ އުޅެންތަ ވިޔަރި ދައިތަ ގޮވައިގެން ޑޭޓަކަށް ދާ ހިތުން.. މަ ނުގޮއްސިއްޔާ އޭނަ އެކަނިވެސް ދާނަމޯ.. ދަންނަ މީހަކުވެސް އުޅޭ ރަށެއް ނޫން.. އޭނަ އެކަނި ފޮނުވައިލާނީ ކިހިނެއްތަ..؟ އެހެންވެ މި ދަނީ..” މޫނަށް ވައްތަރެއް ޖައްސައިލަމުން ޔައިލް ބުނެލިއެވެ.

“ޑޭމް.. ޔައިބެ ހާދަ ޕްރޮޓެކްޓިވްއޭ ދޯ.. އަޒްދޮންތިއަށް ކަމެއް ވެދާނެތީ އެހާ ކަންބޮޑުވެސް ވޭ.. ޔަގީންތަ ތީ ހަމަ ލޯބި ނޫންކަން..؟” ޒައުލް ބޭނުންވީ އަދިވެސް ޔައިލްއާ ދިމާކޮށްލާށެވެ. “ހަފްތާއަކު ބިޓެއް ނަގާ ސޮރަކު މަށަށް ލޯބި ދަސްކޮށްދޭން އުޅޭތީ މަ އަޖައިބު ވެއްޖެ.. ތި އަނގަ މައިތިރި ކުރޭ..” އެހެން ބުނެފައި ޔައިލް ނުކުމެގެން ދިޔުމާއެކު، ޒައުލް އަނގަ ޗޭކޮށްގެން އިނދެފައި ބޯ ކަހައިލިއެވެ.

*** ** ***

އަޒަލްއާއި ޔައިލް ރަށުތެރެއިން ލާފައި މިސްރާބު ޖެހީ އެރަށުގެ އަތިރިމައްޗާ ދިމާއަށެވެ. މަގުމަތިން ދިމާވާ ކޮންމެ މީހަކުވެސް ހިނިތުންވެލަނީ އެއްވެސް ބީރަށްޓެހި ކަމެއް ނެތިއެވެ. އަޒަލްއާއި ޔައިލްވެސް އެއިން ކޮންމެ މީހަކަށްވެސް ހިނިތުންވުމެއް ރައްދުކޮށްލައެވެ. އެ އުމުރުގެ ގިނަ އަންހެން ކުދީންގެ ލޮލުގައި ޔައިލް އަޅައިގަންނަމުން ދިޔަ އިރު އެ ބެލުންތަކުން ޔައިލްއަށް ހުރެވުނީ އުނދަގޫ ވެފައެވެ. އަޒަލްއަށްވެސް ގިނަ ފިރިހެން ކުދީންތަކެއްގެ ނަޒަރު ހުއްޓެމުން ދިޔުމާއެކު އުނދަގޫވެފައި ހުރެ، ޔައިލްގެ ކައިރިޔަށް ޖެހިލިއެވެ.

“ޑޫޑް ކީއްވެތަ އެވަރަށް މީހުން އެ ބަލަނީ..؟” އަޒަލް މަޑުމަޑުން ޔައިލް ކައިރި އަހައިލިއެވެ.

“ވިޔަރި ދައިތަ ހުތުރު ކަމުން..” ޔައިލް ހަމަ އެހެން ބުނުމާއެކު އަޒަލް ޔައިލްގެ ބުރަކަށީގައި ބޮނޑިއެއް އެޅިއެވެ.

“އައްދޯއި.. ސާބަހޭ..” އެހެން ބުނެފައި ޔައިލް ދުއްވައިގަތީއެވެ. ޔައިލްއަށް ގޮވަމުން އަޒަލްވެސް ޔައިލްގެ ފަހަތުން ދުއްވައިގަތެވެ. ދުވަމުން ދުވަމުން ގޮސް ދެމީހުންނަށް ނުކުމެވުނީ އެރަށުގެ އަތިރިމައްޗަށެވެ. ޔައިލްއަށް އަނިޔާއެއް ކުރަން އުޅުނު އަޒަލްގެ ފިޔަވަޅުތައް މަޑުޖެހުނީ ދޮންވެލިގަނޑުގެ ތެރެޔަށް އޭނާގެ ފައިތިލަ ގަނބައިގެން ދިޔުމުންނެވެ. ވަގުތުން ހުރިހާ ކަމެއްގެ މަތިން އޭނާ ހަނދާން ނެތުނެވެ. ފައިވާން ބާލާފައި، ހުސްފަޔާ އޭނާ ދޮންވެލިގަނޑުގައި ހިނގަން ފެށިއެވެ. ރާޅުޖަހާ ހިސާބަށް ދެވުނު އިރު އޭނާގެ މޫނުމަތީގައިވީ ފުން ހިނިތުންވުމެކެވެ. ކުރިމަތިން ފެންނަން އޮތް ހާމަކަން ބޮޑު، ނޫކުލައިގެ ސާފު މޫދުން އޭނާއަށް ފެނުނީ އާޝޯޚުކުރުވަނިވި ހަމަހިމޭންކަމާއި ރީތިކަމެވެ.

އަޒަލް މޫދަށް ގެއްލިފައި ހުރިތަން ބަލަން ޔައިލް ހުރީ ހައިރާން ވެފައެވެ. އެއްވެސް އެއްޗެއް ނުބުނެ ދެލޯ މަރާލައިގެން އަޒަލް ހުރި އިރު ޔައިލްގެ ހިތުގައި ވީ ސުވާލު މާކެކެކެވެ. އެއީ ހަމަ އަޒަލް ހެއްޔެވެ؟ ދެންމެ ރުޅިއައިސް ރަތްވެފައި ހުރި އަންހެން ކުއްޖާ މިހާރު އެ ހުރީ ހިތްހަމަޖެހިލައިގެންނެވެ. އަޒަލްގެ މޫނުމަތިން އެވަގުތު ޔައިލްއަށް ފެނުނީ މަޑުމައިތިރި ކަމެވެ. އަޒަލް އެގޮތުގައި ހުރުމުން ޔައިލްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ރުކެއްގައި ލެނގިލަމުން، ހަށަން ބަނދެލައިގެން އޭނާއަށް އަޒަލްއަށް ބަލަން ހުރެވުނެވެ. ފުރަތަމަ ފަހަރަށް އަޒަލްގެ ރީތިކަމަށް ޔައިލްއަށް ހިތާހިތުން ތަޢުރީފު ކޮށްލެވުނެވެ. އަޒަލް ލައިގެން ހުރި ހުދުކުލައިގެ ފައިތިލަޔާ ހަމައަށް އަރާ ދޫ ހެދުން ވައިގެ ތެރޭގައި ވިހުރެމުން ދިޔަ އިރު ބަލައި ފޫހިނުވާހާ ހިތްގައިމެވެ. އެ މަޑު ނޫކުލައިގެ ޝޯލްގެ ތެރެއިން ފެންނަމުން ދިޔަ އަޒަލްގެ އޮމާން، ވަށް މޫނަށް ނަޒަރު ހުއްޓާލައިގެން ޔައިލްއަށް ހުރެވުނީ އާޝޯޚުވެފައެވެ. އިރުގެ އަލި އެ މޫނަށް އެޅިފައިވާ ގޮތުން އިތުރަށް ފުރިހަމަހެން ހީވެއެވެ. ދެލޯ މަރައިލައިގެން އަޒަލް ހުރިއިރު، އެ ދިގު، ވަރުގަދަ އެސްފިޔަތައް ހާދަ ރީއްޗޭ ޔައިލްގެ ހިތަށް އެރިއެވެ. އެ ފިޔާތޮށި ކުލައިގެ ތުނި ތުންފަތަށް ޔައިލްގެ ނަޒަރު ހުއްޓުމާއެކު، އިޚްތިޔާރެއް ނެތި ޔައިލްއަށް އަމިއްލަ ތުންފަތުގައި ދަތްއަޅައިލެވުނެވެ. މޭކަޕްގެ އެއްވެސް އަސަރެއް ނެތިވެސް އަޒަލްގެ ރީތިކަން ފާޅުވާން ހުރީ އޭގެ އިންތިހާއަށެވެ.

ޖެހެމުން ދިޔަ ލުއިލުއި ނަލަނަލަ ވައިރޯޅިތަކަށް ހަށިގަނޑުގައި ބީހެން ފުރުސަތު ދީގެން ހުރި އަޒަލްއަށް ކުއްލިއަކަށް ހޭވެރިކަންވީ ފައިތިލަޔައް އެއްޗެއް އަރާހެން ހީވުމުންނެވެ. ދެލޯ ހުޅުވައިލާފައި ފައިތިލަޔަށް ބަލައިލެވުނު އިރު ފަޔަށް ކަކުންޏެއް އަރާ ތަން ފެނުމުން އޭނާއަށް ބިރުން ހަޅޭއް ލަވައިގަނެވުނެވެ. ފައި ހޫރުވަމުން އަޒަލް މުޅިތަނުގައި ދުވަން ފެށި އިރުވެސް އޭނާގެ ހަޅޭކުގެ އަޑު ނުކެނޑެއެވެ.

އަޒަލް ހަޅޭއް ލަވަން ފެށި އަޑަށް ޔައިލްއަށް ހަމަބިމަށް އާދެވުނެވެ. ހަށިގަނޑު ސީދާކޮށްލަމުން ދެޖީބަށް އަތްޖަހައިލި އިރު، ޔައިލްއަށް ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. ދެންމެ ހިތަށް އެރި ހުރިހާ އެއްޗެއް ހަނދާން ވުމުން ކުޑަކޮށް ލަދުވެސް ގަތެވެ.

“ވަޓް ވޯޒް އައި ތިންކިންގ..؟ އަޒަލް އެންމެ މަޑުމައިތިރި..؟ ޑާހް.. ނުވެސް ގުޅޭ…” އެހެން ހިތަށް އެރުމުން ޔައިލް ކައިރިޔަށް ހިނި އައެވެ. މިހާރު އޭނާއަށް އެ ފެންނަނީ އަސްލު އަޒަލްއެވެ. އަޑުގެ ނެތްކޮޅަށް ހަޅޭއްލަވަމުން، މުޅި ތަނުގައި ދުވަމުން ދިޔަ އަޒަލް ފެނިފައި ޔައިލް ކައިރިޔަށް ހިނި އައެވެ. ފައިވާން ބާލާފައި، ލައިގެން ހުރި ޖިންސުގެ ފައިކުރި އޮޅައިލަމުން ޔައިލް މިސްރާބު ޖެހީ އަޒަލް ކައިރިޔަށް ދާށެވެ.

“ސާބަހޭ ވިޔަރި ދައިތާ.. ކީއްތަ ވީ..؟” އަޒަލްގެ ކޮނޑުގައި ހިފައި ހުއްޓުވަމުން ޔައިލް އަހައިލިއެވެ. “ކަކުންޏެއް..! ކަކުންޏެއް..! މަގޭ ފައި ކާލަނީއޭ..! ކަކުންޏެކޭ އަޅެ އޭތި ދުރަށް ލައިދީބަލާ..!” އަޒަލް ދެންވެސް އަޑު މަޑެއް ނުކުރިއެވެ. “ސާބަހޭ އަޒް.. ހަމަޖެހިބަލަ.. ރީތިކޮށް ހުރީމަ ދޯ މަށަށް ތި ކަކުންޏެއް ދުރަށް ލެވޭނީވެސް..” ޔައިލް އެހެން ބުނުމުން އަޒަލް ހަމަޖެހެން މަސައްކަތް ކުރިއެވެ. އެއާއެކު ޔައިލް އެއްކަކޫ ޖައްސައިގެން އިށީނދެފައި، އަޒަލްގެ ފައިފައި އިން ކަކުނި ނެގިއެވެ. އަޒަލްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.

“ކުޑަކުޑަ ކަކުންޏެކޭ.. މިޔަށް ވިއްޔަ އަޒް ކައިލެވޭނީ.. ސާބަސް އެކަމަކު..” ޔައިލް ކައިރިޔަށް ހިނިއައެވެ. އަޒަލް އެއްވެސް އެއްޗެއް ނުބުނެ ހަމައެކަނި ލޯ އަޅައިލީއެވެ. އެގޮތް ޔައިލްއަކަށް ކަމަކު ނުދިޔައެވެ. “މި އުޅެނީ މި ކަކުނި އަޒް ގަޔަށް ލާށޯ..” އެހެން ބުނެފައި ޔައިލް އަޒަލްއާ ދިމާއަށް ދާން ފެށުމުން އަޒަލް އަނެއްކާވެސް ހަޅޭއްލަވައިގަނެފައި، ދުއްވައިގަތެވެ. ދެމީހުން ސަކަރާތް ޖަހަމުން، މުޅި ތަނުގައި ދުވި އިރު ވަގުތު ދިޔަ ގޮތްވެސް ނޭނގުނެވެ.

*** ** ***

ޔައިލްއާއި އަޒަލްއަށް ގެސްޓް ހައުސްއަށް އާދެވުނު އިރު އެންމެން ތައްޔާރުވަމުން ދިޔައީ އެރަށުގައި އޮންނަ ކުޅި ބަލައިލަން ދާށެވެ. އަޒާއާއި ޔައިލްވެސް އެކުއްޖެއްގެ ކޮޓަރިއަށް ވަނީ އަވަހަށް އެއޗެހި ބަދަލު ކޮށްލައިގެން ނުކުތުމުގެ ބޭނުމުގައެވެ. ހުދުކުލައިގެ ގަޔަށް ދޫ ޓީޝާޓަކާއެކު ކަޅު ކުލައިގެ ޓައިޓެއް ލައިގެން، ވަށް ބުރުގަލެއް އަޅައިގެން ނުކުތް އަޒަލް ގާތަށް ހިނި އައީ ޔައިލްވެސް ހަމަ ހުދުކުލައިގެ ޓީޝާޓަކާއެކު ކަޅުކުލައިގެ ސޯޓެއް ލާފައި ހުރިތަން ފެނުމުންނެވެ.

“ޔައިބެއާ އަޒްދޮންތި ޑޭޓަކަށް ގޮއްސައޯ އެ އައީ.. ބަލާބަ.. މިހާރު އައުޓްފިޓްވެސް މެޗް ކޮށްފަ.. ކަޕްލް ގޯލްސް ހަމަ..” ޒައުލްއަށް އެވަގުތުކޮޅުވެސް މަޑުން ނުހުރެވުނެވެ. ޒައުލް ހަމަ އެހެން ބުނުމާއެކު އަޒަލް ޒައުލްގެ ކަންފަތުގައި ހިފައި އަނބުރައިލިއެވެ. ތަދުވެގެން ޒައުލްއަށް ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. ޔައިނާމެން ކައިރިޔަށް ވަގުތުން ހިނި އައެވެ. ހަ މީހުން އެކަކު އަނެކަކުގެ މޫނަށް ބަލައިލި އިރު ޒައުލް އެ ބުނި އެއްޗަކާ ދޭތެރޭގައި ހަ މީހުންވެސް އެއްބަސްވީހެން ހީވެއެވެ.

“ދެން އަވަހަށް ދާން ހިނގާބަ.. މިހާރު ޔަލް މި ހުރީ ކުޅިއަށް ދާހިތުން ލަސްވެފަ..” ވޫލްކޮޅަކުން އެ ރީތި މުށިރަތް ކުލައިގެ ބުޅި އިސްތަށިގަނޑު ހައްޔަރު ކޮށްލަމުން ޔަލީން ބުނެލިއެވެ. ލައިގެން ހުރި ފިޔާތޮށިކުލައިގެ އަތްދިގު ޓީޝާޓާއި، ކަކުލަށްވުރެ ތަންކޮޅެއް ތިރިޔަށް ދާ ނޫކުލައިގެ ސޯޓުގައި ހުރި އިރު ޔަލީން ފެންނަނީ ޢުމުރަށްވުރެވެސް ޅަކޮށެވެ.

“އެ ތެދެއް.. މަންމާ އަވަސް ކޮށްބަ.. އާރާވެސް ބޭނުން އަވަހަށް ދާން..” އާރާވެސް މަޑުމަޑުން ބުނެލިއެވެ. މަޑުނޫކުލައިގެ އަތްކުރު ޓީޝާޓަކާ އެކީ ހުދުކުލައިގެ ޓައިޓެއް ލައިގެން ހުރި އާރާގެ އިސްތަށިގަނޑު އޮތީ ވަޔާ ވިހުރެން ދޫކޮށްލާފައެވެ. އެ ކަޅުކަން ގަދަ، ފަން ދިގު އިސްތަށިގަނޑު ވައިގެ ތެރޭގައި ނަށަމުން ދިޔަ އިރު އާރާއަށް އެއްވެސް އުނދަގުލެއް ވާހެން ހިޔެއް ނުވެއެވެ.

އާރާއާއި ޔަލީން އެހެން ބުނުމުން އެންމެން އެކުގައި ގެސްޓް ހައުސްއިން ނުކުތެވެ. އެރަށުގައި އޮންނަ ކުޅިއަށް ދެވުމުން އެންމެ ފުރަތަމަވެސް މުޅި ތަނުގައި ދުވަން ފެށީ ޔަލީންއެވެ. ފެންގަނޑު ކައިރީގައި އުޅުނު ބޮޑެތި ކަކުނިތައް އަތަށް ނަގައިގެން ޔަލީން އަޒަލްގެ ފަހަތުން ދުވަން ފެށުމާއެކު، އަޒަލްގެ ހަޅޭކުގެ އަޑު މުޅި މާހައުލުގައި ގުގުމައިލިއެވެ. އަންހެން ކުއްޖަކަސް، ޔަލީން ވަކި ފިރިހެން ކުއްޖަކަށް ދުލެއް ނުކުރެއެވެ. އެހާ ހަލަނި ވެފައި، އެހާ ސިޔާސަ ވާނެއެވެ. މުޅި ތަނުގައި ދުވެދުވެފައި އަޒަލްއާއި ޔަލީން  އުޅުނު މަންޒަރު ކެމެރާގައި ރައްކާ ކުރަމުން ދިޔަ އާރާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވިއެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (32)

  1. RIFSHA

    Hey nayaaaa
    Mi episode vx varah Reethi Masha Allah.dhen inge ehnu dho nayaa ge vaahaka eh viyyaa reethi vaane kan Rifoo ah.hehehe
    Mihaaru enme fahun yail ah azal dheke loabi vevuny dho e.adhi yail soru ehbas nuvaan eba ulheyey dho.alhe Rifoo ah yail libeyne nama.😊varah reethi vaane hen heevani.keekey nayaa bunani.
    Dhen alhey azal hama riaan dheke ey dho loabi vevuny.yail and az maa gulheyne ey.riaan and az nuves gulhe imo.zaul ah hama rangalheh shey dho bunevuny yaibe e az dheke loabi vevuny ey.yail e ulheny ehbas nuvaan vegen hama 😊
    Miadhu kiyaane vaahaka eh nethigen ulhenikoh naseebeh esfiya elhvun Kan.inthizaaru ga ey huree nayaa ge vaahaka ge.
    Me first dho
    Hey i am fine ingey.and how are you.
    Next part ge inthizaaru ga dhen hureveyni ehves noon.kon irakun next part kiyaalan libeyni
    Love you nayaa 💋

    1. Nayaa
      RIFSHA

      Heyy rifoo darl
      Awwwhhh haha tysm darling.. means a lot
      Dhenn loabi vevuny dhw e aan..haha..
      Dhen Riaan and azal ge scenes ginain annan fesheema Riaan and azal gulhives dhaane ennu dhw hama..😉
      Ahaha naseebennu dhw..aslu miadhu nayaa ge bday veema hithah eree bday treat ehge gothun readers ah mi vhk dheynee ey.. hehe
      Next part next week ga in Sha Allah
      Love you more rifoo 🩷🩷🩷

  2. 🌹🌹🌹 vempire girl 🌹🌹🌹

    Hi nayaa
    Maasha allah mi part vx varah varah reethi…. hama rifoo bunihen nayaa ge vaahaka eii viyya reethi vaane ingey… nayaa avahah rifoo ah yail setu kohdheee hehe🤣🤣

    1. Nayaa
      🌹🌹🌹 vempire girl 🌹🌹🌹

      Hii darl.. how’s you
      Thank you sm vempire girl
      Ahaha aan mihaaru dhen rifoo ah yail setu kohdhinumuge masakkathuga mi ulheny 😂🤭

    2. Anonymous
      🌹🌹🌹 vempire girl 🌹🌹🌹

      Maashaa allah nayaage hurihaa vaahaka thakeh hama varah best i always read your stories…..
      See next part insha allah..❤️❤️❤️❤️

  3. RIFSHA

    Alhey happy birthday nayaa 🎉
    Rifoo akah vx neyngeyne ehnu dho 🤭

    1. Nayaa
      RIFSHA

      Ahaha thank you darl 🩷

  4. Cutie girl

    Masha Allah mi part ves v reethi
    Can’t wait for next part
    Happy birthday 🎂

    1. Nayaa
      Cutie girl

      Thank you sm cutie girl
      Next part soon in Sha Allah
      Thanksss 🩷

  5. Cutie girl

    Yail ah e eulheni azal dheke loabi vevigen
    Yail aa azal aa v gulhey
    Yail aa azal aa gulhuvachey

    1. Nayaa
      Cutie girl

      Yageen tha yail ah azal dheke loabi vevuny Kan?? Nayaa akah hiyeh nuve Hama..hehe
      Lets see dhw dhen

  6. Cutie girl

    Yageen ehbas nuvan ulheni hehe
    Riaan aa azal eh nugulhey

    1. Nayaa
      Cutie girl

      Dhen nayaa ebbas nuvaakah nooneyyy hehe
      Ehen dhwww… Dhen let’s seeee🩷

  7. Cutie girl

    Nayaa ge hurihaa stories eh ves v reethi masha Allah
    Keep it up 💯

    1. Nayaa
      Cutie girl

      Thank you sm girll 🩷

  8. 🌹🌹🌹 vempire girl 🌹🌹🌹

    Hey nayaa
    🎉 HAPPY BIRTHDAY 🎉

    1. Nayaa
      🌹🌹🌹 vempire girl 🌹🌹🌹

      Thank you so darl 🩷

  9. Butterflyyyyy

    Heyyy nayaa
    Mi part vx vrh vrh vrh reethi maasha Allah.. Ehen ulhefa yail fall vaane azal ah adhi dhw😭😭 curiously waiting for the next part.. Btw
    HAPPY BIRTHDAY DARLING ❤
    Lyssm❤❤

    1. Nayaa
      Butterflyyyyy

      Heyyy maash
      Thank youuu sm darl
      Ahaha dhen neynge dhw lets see yail ah vaa goiy.. hehe
      Thankss
      Lymmm 🩷

  10. Reem

    Hey nayaa. Finally got to read new story. Love to read your stories. As usual this story is v v. Even i like the character of yail and Azal. That’s awesome. Btw when is next part dear. Curiously waiting for next part
    Lots of love ❤️

    1. Nayaa
      Reem

      Heyy reem
      Finally dhwww hehe
      Tysm darling
      Next week ga in Sha Allah
      Lym 🩷

  11. Anonymous

    Happy birthday Naya darling ❤️

    1. Nayaa
      Anonymous

      Tysm darl 🩷

  12. Reem

    Hey dear Happy birthday and sorry for late wish!! 💗

    1. Nayaa
      Reem

      Thank youu dear 🩷
      Hehe nooney adhi laheh nuveynu

  13. brownbear

    happy birthday nayaa sorry for the late wish 😍 and im a big fan of u
    love you darla😘

    1. Nayaa
      brownbear

      Thank you darla.. ahaha nooney it’s totally fine
      Awww that’s so sweet of you to say allahumma barik
      Love you more dear 🩷

  14. Sunflower

    Ummedhukuran Nayaa mi vaahk baraabarah genesdheyne kamah
    Vaahk hama vrh salhi

    1. Nayaa
      Sunflower

      In Sha Allah nayaa ge best hama dheynan
      Thank you 🩷

  15. Meekko

    Vaahk vrh salhi
    Mee Nayaa ah chuttee dhuvas kolhakah vumun veehaavx avahah upload kohdheyne kamah ummedhukuran 🤗

    1. Nayaa
      Meekko

      Aslu bodu exam eh ninmaafa mi libunu chutty ga beynun vey kudakoh relax velan ves.. past few months vrh stress ga ulhuny.. ehenve nayaa bunin week aku 2 episode genesdheveythoa balaanamey.. in Sha Allah I’ll stick to my promise hama
      Thank you meekko 🥰🩷

  16. Best friend

    Nayaage hurihaa vaakaeh vx varah reethi maashaa allah..❤️❤️❤️❤️
    Mi vaahaka dhn ahnna episode akah mi inthizaaru kuruany Konirakun 2 vana episode nereveynee☺️

Comments are closed.