Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…40

Anonymous Level 4100 Login10 Stories100 Comments
June 20, 2024 6 Mins Read
31 Comments

މަޣްރިބު ނަމާދުން ފައިބައިގެން އައި ކިޔާން އަށް ހިނގުން މަޑުކޮށްލެވުނީ ދެމީހަކު ވާހަކަ ދައްކާ އަޑު އިވުމުންނެވެ.އެ މަގު އަނދިރި ކަމުން ރަނގަޅަށް މީހެއްގެ މޫނެއް އެހެން އެއްޗެއް ވަކި ކުރާކަށް ނޭނގެއެވެ.ސައިކަލުގައި ނާދެވުން ކަން އެއީ ކިޔާންގެ ނަސީބެވެ.އަންހެން ކުއްޖާގެ އަޑު ޖެހުމާއި އެކު ކިޔާން އަށް އެއީ ދަންނަ އަޑެއްހެން ވެސް ހީވިއެވެ.ނަމަވެސް ހަމަހިލާ ކާކުގެ އަޑެއް ކަމެއް ނޭނގުނެވެ.ދެން އިވުނީ ފިރިހެނެއް ވާހަކަ ދައްކާ އަޑެވެ.އެމީހާގެ އަޑު ޖެހުމާއި އެކު ކިޔާން ގެ ސިކުނޑި އަށް ހަމަ އައީ އެންމެ މީހެއްގެ ނަމެކެވެ.

***********************

ކައިޔަން އަންހެން ކުއްޖަކާއި ވާހަކަ ދައްކަންވީ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ކިޔާން އަކަށް ނުރުހެވުނެވެ.އަދި ވަކިން ހާއްސަކޮށް އަނދިރި ގަނޑެއްގައި ވާހަކަ ދައްކަން ހުންނަންވީ ސަބަބެއް ކިޔާން އަކަށް ނުފެނުނެވެ.ނުބައި ވަސްވާސް ތަކުން ފުރެމުން ދިޔަ ކިޔާންގެ ހިތަށް އިތުރު ބުރައެއް ލިބުނީ ކައިޔަން އާއި އެކީ އަނދިރި ގަނޑުގައި ހުރީ ޝަހްނާ ކަން އެނގުމުންނެވެ.ދެމީހުން މިވަގުތު ސަހަލު ކަމެއް ނުކުރާނެ އޭ ހިތަށް އެރުމުން ކިޔާން ދެމީހުން ދައްކާ ވާހަކަ އަޑު އިވޭ ހިސާބެއްގައި މަޑުކޮށްލީ ދެމީހުން ދައްކާ ވާހަކަ އެއް އަޑު އެހުމުގެ ޝައުގުވެރިކަން ހުރި ވަރުންނެވެ.

 

“ޝަހޫ ދެން ބަލާބަ އަވަހަށް ޒީކާން މެން ކޮމްޕެނީ އަށް ޖޮއިން ކުރެވޭތޯ.ނުކްޝާންގެ ޕީއޭ ކެނޑިއްޖެ އޭ.ރިސެޕްޝަން ގަ އިންނަ ކުއްޖަ ވެސް ގޮއްސި.އީޝް އެންޑް ޔަޝާ ކައިރީ ބުނެބަލަ އެތަނަށް ލާށޭ”ކައިޔަންގެ ވާހަކަ އިން ކިޔާންގެ ބޮލުގައި ރިއްސާލީ ކައިޔަން ވެސް ޒާރާ އާއި ރައްޓެހިވީ ރަނގަޅު ނިޔަތެއްގައި އެއް ނޫން ކަން އެނގުމުންނެވެ.”ޔާހ ޝަހޫ މި އުޅެނީ ލާން ކަމަށް ނުކްޝާން ގެ ޕީއޭ އަށް.ލިބޭނެ ޝަހޫ އަށް.ބިސްނަސް ސްޓަޑީ ކިޔަވާފަ ހުރީމަ.ކިޔާން ވެސް އުޅޭނީ އެތަނުގަ އެއްނު.ކައިޔަން ޒާރާ ގޮވައިގެން އެތަނަށް އަންނަ ދުވަހަކު އަނެއްކާ ޑްރާމާ އެއް ޖައްސާނީ.ތި ކޮޅަށް ޖޮބް އަށް ދިޔައީމަ ފަސޭހަ ވާނީ”ޝަހްނާގެ ވާހަކަ އިން ކިޔާންގެ ހިތުގައި އުފެދެމުން ދިޔަ ރުޅިވެރިކަން ދިޔައީ އިތުރު ވަމުންނެވެ.މަޑުން ހުރެވެނީ ވެސް ކިރިޔާއެވެ.”ހްމްމްމް އޭރުން ކިޔާންމެން ވެސް ހީކުރާނީ ކައިޔަން އާ ޝަހޫ އާ ވާހަކަ ދައްކަން ހެދީމަ އެތަނުން ދިމާ ވެގެންނޭ ވާހަކަ ދައްކަނީ ދޯ”ކައިޔަން އަށްށާއި ޝަހްނާ އަށް ނޭނގުނީ އެމީހުންގެ ވާހަކަ އަޑު އަހަން އިތުރު ފަރާތެއް ހުރި ކަމެވެ.

 

ކައިޔަން އެހެން ބުނެލުމާއި އެކި ކިޔާން އަށް ދެފަރާތަށް ބޯ ހޫރުވާލެވުނެވެ.ކުރީ ބައިގައި މި މީހުން މި އުޅެނީ ޕްލޭން ވެސް ހަދައިގެން ތާ އެވެ.އަދި ޕްލޭން ވެސް މޮޅީއެވެ.ރާއްޖެ އާއި އެހެން ތަންތަނުގެ ސިފައިނަށް ވެސް މިވަރުގެ ޕްލޭނެއް ނެހެދޭނެކަން ޔަގީނެވެ.ހިތަށް އެރި އެއްޗިހީގެ ސަބަބުން ކިޔާން އަށް ދެވަނަ ފަހަރަށް ވެސް ދެ ފަރާތަށް ބޯ ހޫރުވާލެވުނެވެ.

 

“ދެން ކައިޔަން އުޅޭ ޒާރާ އާ މެރީ ކުރަން.އޭރުން ކިޔާންގެ އުންމީދުތައް ފުނޑު ފުނޑު ވާނީ.އެހާ ހިސާބުން ޝަހޫ އަށް ފަސޭހަ ވާނެ ކިޔާން ޝަހޫ އަށް ފޯލް ކޮށްލަން.ކިޔާން އެންޑް ޝަހޫ ގުޅުނީމަ ދެން ކައިޔަން އަށް ޒާރާ ޑިވޯސް ކޮށްފަ ލައިނީ އާ މެރީ ކުރެވޭނެ އެއްނު.އެކަމް ޒާރާ ޑިވޯސް ކުރާނީ ލައިނީ ކައިޔަން އަށް ފޯލް ކޮށްފަ އިނގޭ”ޝަހްނާ ބުނެލީ އޭނާ ލެގި ގަނެގެން ހުރި ގޭގެ ފާރުގައި އޭނަ އާއި ޖެހިގެން ހުރި ކައިޔަން އަށް ނިއް އަރުވާލަމުންނެވެ.”ހްމްމްމް މިހާރު ކިޔާން މިހިރީ ޝަހޫ އަށް ފޯލް ވެފަ”އަނގަ ހަދާލަމުން ކިޔާން ހިތާ ހިތުން ބުނެލީ ޖެއްސުމުގެ ރާގަކަށްށެވެ.އެހެންވީމާ މި ކައިޔަން އެއް އެމީހުންނަށް ކަޅި އަޅާތާ އަހަރުތަކެއް ވެއްޖެ ތާ އެވެ.އެހެން ނޫނީ ލައިނީ އެއް ނޭނގޭނެއެވެ.ޒާރާ އާއި އެކީ ކައިޔަން އުޅުނު ނަމަވެސް ޒާރާ އަދި އޭނާގެ އެކުވެރިންނަށް ކައިޔަން ތައާރަފް ނުކޮށްދޭ ކަމީ ކިޔާން އަށް އިނގިފައި އޮތް ކަމެކެވެ.

 

“ނޫނޭ މަށެއް ޒާރާ ޑިވޯސް އެއް ނުކުރާނަން.އެއީ މަގޭ ޑޮލަރު މެޝިނޭ.ކަލޯ މަށަށް މަ ނުބުންޏަސް ޒާރާ ގަންދޭ ބައިވަރު އެއްޗިހި އެވަރުން ނުވެގެން ލާރިވެސް ދޭ.އެކަހަލަ މީހަކު ދޫ ކޮށްލާނީ މޮޔައިން.ލަައިނީ ނުލިބުނަސް ހެޔޮ.ޒާރާގެ ލާރިގަނޑު ލެބެނިކޮށް.މަ ޒާރާ އާ މެރީ ކޮށްފަ ޒާރާގެ ބޮލަށް ޗިޕު ޖަހައިގެން މަގޭ ނަން މައްޗަށް ޒަޔާންގެ ވިޔަފާރީގެ ފަންސާސް ޕަސެންޓް ބަދަލު ކުރާނީ”ކައިޔަން ގެ ވިސްނުން ހަމަ މޮޅީއެވެ.އެހެން ފިރިހެނުން ހެން ކައިޔަން ވެސް ޒާރާ އަށް ކަޅި އަޅަނީ ޒާރާގެ މުދާގަނޑަށް ށެވެ.

 

ހުރިހާ ވާހަކަ އެއް އިނގުމުން އެތާ ހުރުމުގެ ބޭނުމެއް ނެތް ކަމަށް ގަބޫލުކުރެވުމުން ކިޔާން އެމަގު ނޫން އަނެއް މަގުން ލާފައި ކިޔާންމެންގެ އާއި ދިމާލަށް މިސްރާބު ޖެހިއެވެ.އޭރު ވެސް އޭނާގެ ސިކުނޑީގައި ވަނީ ކައިޔަން އާއި ޝަހްނާގެ ވާހަކަ ތަކެވެ.ޒާރާ އެކަމުން ސަލާމަތް ކުރަން އެބަ ޖެހެއެވެ.މިލާންމެން ގާތު ބުނަން ހިތަށް އަރާފައި ވެސް އެހިޔާލު ދޫ ކޮށްލީ އެމީހުންގެ ސިކުނޑި ހާސް ކުރަން ބޭނުން ނުވީމަ އެވެ.ޒީކާން އަށް އިނގިއްޖެ ނަމަ އަތުން ފައިން ގޯހެއް ނަހަދާ ނުހުންނާނެ ކަން ގައިމެވެ.

 

ގޭތެރެ އަށް ވަދެގެން އައި ކިޔާން ގެ ސަމާލުކަން މާ ބޮޑަކަށް ގޭތެރޭގައި ވަމުން ދިޔަ ކަންތަކަށް ދެވޭ ގޮތެއް ނުވި އެވެ.އެއަށް ވުރެ ބޮޑަށް ޝަހްނާ އާއި ކައިޔަން ދެއްކި ވާހަކަ އަށް އޭނާގެ ސަމާލުކަން ހުރީ ގެއްލި ހުސްވެފައިއެވެ.ޖީބަށް އެއް އަތް ޖަހާލައިގެން އިސްޖަހާލައިގެން ހުރި ކިޔާން އަށް ސިހުމެއް ލިބުނީ މީހެއް ގައިގައި ޖެހުމުން ނެވެ.އިސް އުފުލާ ކުރިމައްޗަށް ބަލާލި ކިޔާން އަށް އަވަސް ހަރަކާތްތަކާއި އެކު ވެއްޓެމުން ދިޔަ އަންހެން ކުއްޖާގެ އުނަގަނޑު ގައި ކިޔާން ހިފަހައްޓާލީ ވެއްޓުނަ ނުދީ އެއަންހެން ކުއްޖާ ހިފެހެއްޓުމުގެ ބޭނުމުގައި އެވެ.އަންހެން ކުއްޖާގެ އުނަގަނޑުގައި ހިފާ ކޮޅަށް ބަހައްޓަން އުޅުނު ކިޔާން އަށް އެކުއްޖާގެ މޫނު ފެނުމުން ކަޅި ޖަހާ ނުލާ ބަލަން ހުރެވުނީ މިހުރެވުނީ ގޭގެ ސިޓިންގް ރޫމުގައި ކަން ވެސް ހަނދާން ނެތިފައި ހުރެ އެވެ.

 

ވެއްޓެން ދިޔަ ވުގުތު ލޯ މަރާލައިގެން އޮތް ޒާރާ އަށް ލޯ ހުޅުވާލަން މަޖުބޫރުވީ މީހަކު އޭނާގެ އުނަގަނޑުގައި ހިފަހައްޓާ ވެއްޓުނަ ނުދީ ހިފަހައްޓާލިކަމުގެ އިހްސާސް ވުމުންނެވެ.ކިޔާންގެ މޫނު އެހާ ގާތުން ފެނުމުން ޒާރާގެ ހިތުގެ ތެޅުން ބާރު ވިއެވެ.މޭގައި އޮތް ހިތް ހީވީ މޭފަޅާލާފައި ނިކުންނަން އުޅުން ހެންނެވެ.އެވަގުތު ޒާރާ އަށް ހުރިހާ ކަމެއް މަތިން ހަނދާން ނެތުން ފަދައެވެ.

 

ގެސްޓް ރޫމް އިން ނިކުން ނަވްޔާ އަށް ލައިނީ ލޮލުގެ އިޝާރާތުން ޒާރާ އާއި ކިޔާން ދައްކާލިއެވެ.”ކޮބާ އޭރު ވެސް ލައި ބުނީމެއްނު ޒާ ލޯބި ވަނީ ކިޔާން ދެކެއޭ”ލައިނީ ނަވްޔާ ގެ ކަންފަތް ބުޑުގައި ސިއްރު ސިއްރުން ބުނެލި އިރު ފަހަތުގައި އައިކާ ވެސް ދެމީހުން ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން ހުއްޓެވެ.ބަދިގޭގައި ހުރިހާ އަންހެން ވެރިން އުޅުނު އިރު ފިރިހެން ވެރިންގެ ތެރެއިން ވެސް ނުކްޝާން އާއި ޒީކާން ގެ އިތުރުން މިލާން އާއި އަލީކް ފިޔަވާ އިތުރު މީހަކަށް އިނީ ޒަޔާން އެވެ.ދެން ތިބި މީހުން އެރީ އުޑަށް ކަމެއް ނޫނީ ދިޔައީ ބިމު އަޑިއަށް ކަމެއް ނޭނގެއެވެ.އެވަގުތު މަންޒަރު ބަލަން ތިބީ އެ ފަސް ފިރިހެނުން ނާއި ނަވްޔާ އާއި ލައިނީގެ އިތުރުން އައިކާއެވެ.

 

ގެއަށް ވަންނަ ދޮރު ގެ ވާތް ފަޅި އަށް ބަލާލުމުން ފެންނަން ހުންނަ ސޯފާ ތަކުގައި ޒީކާން އާއި ނުކްޝާން ވެސް ތިބީ ގޭމު ކުޅޭށެވެ.މަޑުން ހުއްޓެއް ކަމަކު ޒީކާން ވެސް ގޭމު ކުޅެން ވަރަށް ފޯރި ދައްކާލައެވެ.ޒީކާން ގެ ފައިގައި ހުުދު ކުލައިގެ ބެންޑޭޖް ގަނޑެއް އޮޅާފައި އޮތެވެ.ޒީކާން މެންގެ ސޯފާގައި އާއި އެތެރޭގައި ހުރި ފާރުގައި ޖައްސާފައި އިން ބޮޑު ސޯފާ އެއްގައި ޒަޔާން އިން އިރު އޭނާ އާއި މާދުރު ނޫން ހިސާބެއްގައި މިލާން އާއި އަލީކް ވެސް ފޯނު ހިފައިގެން ގޭމު ކުޅެން ތިއްބެވެ.އެންމެންގެ ސަމާލުކަން ވެސް ހުރީ ފޯނަށް ކަމުން ކިޔާން އާއި ޒާރާގެ ދެމެދުގައި ހިނގަމުން ދާ ކަމެއް އެކަކަށް ވެސް ނުފެނުނެވެ.

 

“އޭތް ބްރޯ މަ ނޮކް ވީ އޭ މިއޮށް”އަމިއްލަ ދުނިޔޭގައި ތިބި ކިޔާން އާއި ޒާރާ އަށް ސިހުމެއް ލިބުނީ މިލާން ގެ ފޯނުން ބަޑި ޖަހާލި އަޑާއި އެކީ މިލާން އޭނަ އާއި އެކީ ގޭމަށް އަރާ ތިބި އެންމެންނާއި ދިމާލަށް އެހެން ބުނުލެމުންނެވެ.ލިބުނު ސިހުމާއި އެކީ ޒާރާ އަށް ކިޔާން ކޮއާޕާލެވުނީ ހަމަ ބިމަށް އާދެވުނު ފަދަ އިންނެވެ.ކިޔާން ކޮއްޕާލުމާއި އެކީ ޒާރާ ވެސް ދިޔައީ ވެއްޓޭށެވެ.

 

އެއްޗެއް ވެއްޓުނު އަޑާއި އެކީ ނުކްޝާން އާއި މިލާން ގެ އިތުރުން ޒަޔާން ވެސް އެދިމާލަށް ބަލާލި އިރު އަލީކްގެ ސަމާލުކަން ހުރީ ގޭމަށް މާ ބޮޑަށް ހުއްޓިފައިއެވެ.އަލީކްގެ ހާލު ވަކި ކިޔާން އާއި ޒާރާ އަށް ވުރެ ދެރަ ހެއްޔެވެ؟ތިން މީހުންނަށް ދެވުނު ދުނިޔެ ތަފާތީއެވެ.ހަމަގައިމު ވެސް ތިން މީހުން ވެސް ތިބީ މި ދުނިޔެ އަކު ނޫނެވެ.

 

ކިޔާން ކޮއްޕާލަމުން ޒާރާ ދުވެފައި ގޮސް ވަދުނީ އެނާ އަށް އެންމެ ފުރަތަަމަ ވެސް ފަސޭހައިން ވަދެވެން އޮންނަ ކޮޓަރި އާއި ދިމާލަށް ށެވެ.ޒާރާ ދިޔަ މަންޒަރު ބަލަން ހުރި ނުކްޝާން އާއި ޒީކާން ގެ އިތުރުން މިލާން އަށް ވެސް ނެގުނީ ނުބައި މާނަ އެކެވެ.ކިޔާން އާއި ޒާރާގެ ދެމެދުގައި ހިނގަން ނުވާ ވަރުގެ ގުޅުމެއް ހިނގީ އޭ ހަތަރު މީހުން ގެ ހިތަށް އެރީ ޒާރާ ދުވެފައި ދިޔަ ގޮތުންނެވެ.

 

“ނުހިނގަ ތިމީހުން ތިހީކުރާ ކަހަލަ ކަމެއް”ކިޔާން އެހެން ބުނެލީ މިލާން އާއި ނުކްޝާން ގެ ލާނެތް ނަޒަރު އޭނާ އަށް ހުއްޓިފައި ހުރުމުންނެވެ.ކިޔާން އަށް ޒަޔާން ވެސް ހުރިކަން އިނގުމުން ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.ފިރިހެނަކަސް ލަދުގަންނާނެ ތާއެވެ.ޒަޔާންގެ ނަޒަރު ވެސް އޭނާ އަށް ހުއްޓުމުން ކިޔާން ވެސް ގޮސް ވަދުނީ ޒާރާ ވަދުން ކޮޓަރި އަށް ށެވެ.އެވަގުތު ކިޔާން އަށް ވެސް ޒާރާ ދިޔަތަން ނޭނގުމުގެ ސަބަބުން ކޮޓަރި އަށް ވަދުނީ ނިކަން ހަމަޖެހިލާފައި ހުރެއެވެ.

 

އެންމެ ކައިރީގައި ހުރި ކޮޓަރި އަށް ދުވެފައި ހެން ވަދުން ޒާރާ އަށް އެކޮޓަރީގެ އެކި ދިމަ ދިމާލަށް ބަލައިލެވުނީ އެއީ މީހަކު އުޅޭ ކޮޓަރި އެއް ކަން އިނގުމުންނެވެ.ހިތާ ހިތުން ކިޔާންގެ ކޮޓަރި އަށް ނުވުން އެދި ދުޢާ ކުރަމުން ޒާރާ ކުރި އަށް ފިޔަވަޅެއް އަޅާލިއެވެ.އެވަގުތު ޒާރާގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ އެނދު ކައިރީގައި އިން މޭޒުގައި ބައިންދާފައި އިން ފޮޓޯ އެކެވެ.ފޮޓޯއިން ފެންނަމުން ދިޔަ ސޫރައިގެ ސަބަބުން ވަގުތުން ޒާރާ އަށް މީ ކިޔާންގެ ކޮޓަރި ކަން ނަގައިގަނެވުނެވެ.ފޮޓޯ އަށް ބަލާލުމުން އެކަނި ވެސް އެއީ ކުރީގެ ފޮޓޯ އެއް ކަން ޒާރާ އަށް ނަގައިގަނެވުނެވެ.ފޮޓޯ އިން ފެންނަމުން ދިޔައީ އެމީހުން ގްރޫޕް ހުރިހާ އެންމެންނެވެ.އެއީ އެންމެ ފުރަތަމަ ޒާރާ އާއި މިލާން މެން ނާއި ބައްދަލު ވި ދުވަހު ހިނގާލަން ގޮސްފައި ނަގާފައި އިން ފޮޓޯ އެކެވެ.

 

އެފޮޓޯ އަށް ނަޒަރު ހުއްޓާލައިގެން ހުރި ޒާރާ އަށް ސިހުމެއް ލިބުނީ މީހަކު ތަޅުގައި ހިފާ ހުޅުވާލުމުންނެވެ.ތިރީ ތުންފަތުގައި ދަތް އަޅާލައިފައި ޒާރާ ފަހަތަށް އެނބުރުނު އިރު ކުރިމަތީގައި ހުރި ކިޔާންގެ ސަބަބުން ޒާރާ އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.ކިޔާން ކުރި އަށް ފިޔަވަޅެއް އެޅުމުގެ ކުރިން ޒާރާ ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނިކުތީ ކިޔާން އާއި އެކީ އެކަނި ވަގުތެއް ހޭދަކޮށްލަން ބޭނުން ނުވުމުންނެވެ.ޒާރާގެ ނަސީބު ވެސް ރަނގަޅީ އެވެ.ޒާރާ ކޮޓަރިން ނިކުން އިރު ސޯފާގައި ތިބި އެންމެންގެ ނަޒަރު ވެސް ހުރީ ފޯނަށް ހުއްޓިފައި ކަމުން ޒާރާ އެކޮޓަރިން ނިކުން ތަނެއް ހަމަހިލާ އެކަކަށް ވެސް ނުފެނުނެވެ.

 

މެންދުރުގެ ވަގުތެވެ.ކޮލެޖްގެ ދޮރު ކައިރީގައި ކައިޔަން ގެ އިންތިޒާރުގައި ހުރި ޒާރާ ގެ ލޮލުގައި ކޮލެޖާއި މާ ދުރު ނޫން ހިސާބެއްގައި ޕާކު ކޮށްފައިވާ ކައިޔަން ގެ ސައިކަލު އަޅައިގަތުމާއި އެކީ އެދިމާލަށް ހިނގައިގަތީ ސައިކަލުގައި ކައިޔަން ވެސް އިނުމުންނެވެ.ފޯނެއްގައި އިން ކައިޔަން އަށް ގާތުގައި ޒާރާ މަޑު ކޮށްލި ކަން ނޭނގުމުން އޭނާ ދިޔައީ ދައްކަން ބޭނުންވާ ވާހަކަ އެއް ދައްކަމުންނެވެ.”އޭ މަ މި ދަނީ.ޝަހޫ ޗޭންޖް ކޮށްލައިގެން ހުންނާތި.މަ ބުނިން ދޯ އޭތި ދިނީ ހިލެ އަކަށް ނޫނޭ.ޝަހޫ އަތުގަ އެވަރަށް ލާރި ނެތީމަ ދިނީ ދެ ޗޮއިސް ދޯ.އެއްބަސް ވީމަ އެއްނު އެ ދިނީ ވެސް.ގޭގަ މަންމަ މެން ނޫޅެންޏާ މާ ރަނގަޅެއްނު.އޭރުން މުޅި ގެ އެއްކޮށް ލިބޭނެ”ކައިޔަން ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން ހުރި ޒާރާ އަށް ކައިޔަން ދައްކަމުން ދިޔަ ވާހަކަ އަށް ޝައުގުވެރިވެވުނީ ކައިޔަން އެ ވާހަކަ ދައްކަނީ އަންހެން ކުއްޖަކާއި ހެން ހީވާތީ އެވެ.ކައިޔަން ދައްކާ ވާހަކަ އަކީ މާ ބޮޑު ވާހަކަ އަކަށް ޒާރާ އަށް ނުވީ ކައިޔަން އަށް އިތުބާރު ކުރާ ވަރުންނެވެ.ނަމަވެސް ޒާރާ އަށް ނޭނގުނީ ކައިޔަން ދައްކަމުން ދިޔައީ އޭނާ އަށް ވަރަށް މުހިއްމު ވާހަކަ އެއް ކަމެވެ.

 

“ކައިޔަން”ޒާރާ ކައިޔަން ގެ ސަމާލުކަން ހޯދަން ގޮވާލި އެވެ.ޒާރާގެ އަޑު ޖެހުމާއި އެކު ކައިޔަން އަށް ލިބުނީ ކުއްލި ސިހުމެކެވެ.ވައްކަމެއް ކުރަނިކޮށް ފަޅާ އެރި މީހެއް ފަދައިން ފޯނު ކަނޑާލަމަށް ޒާރާ އާއި ދިމާލަށް ބަލައިލީ ހިތާ ހިތުން ޒާރާ އެވަގުތު އައުމުން އެއްޗިހި ކިޔަމުންނެވެ.ނަމަވެސް މޫނުމަތިން ހަމަ ޖެހޭކަން ދައްކަމުން ކައިޔަން ފަހަތަށް އެނބުރުނީ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރި ކޮށްލަމުންނެވެ.

 

ނުނިމޭ

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ކުށަކީ ކޮބާ – 33

Next

ތިޔަ ލޯތްބަށް އެދެވޭތީ… 2

Next
June 20, 2024

ތިޔަ ލޯތްބަށް އެދެވޭތީ… 2

Previews
June 20, 2024

ކުށަކީ ކޮބާ – 33

31 Comments!

  1. 🌹🌹🌹 vempire girl 🌹🌹🌹 says:
    June 20, 2024 at 10:19 am

    Hey rifoo
    Maasha allah mi part vx varah reethi….

    1. RIFSHA says:
      June 20, 2024 at 10:49 am

      Hey vemppuuuu
      Thanks vempuuu
      Ey Rifoo fenijje ingey vempu ge comment nayaa ge vaahaka ah.yail reehchey ingey buny.dhen bunan you little spoiler Rifoo eh marry eh nukuraanan ehves meehakaa eh.ey varah miss vey ingey mi varah msg kuraa iru vx.ekam thee numb 2 lol 😂
      Ey varah loabi vey 💋 ❤️

  2. Dhooni says:
    June 20, 2024 at 10:20 am

    Mi part ves v reethi
    Kon irakun next part kiyaalan libeynee
    Next ga zeek and mish ge bayeh gennanchey
    Keep it up rifoo

    1. RIFSHA says:
      June 20, 2024 at 10:51 am

      Thanks dhoonee
      Next part in sha Allah maadhan submit kohlaanan.
      Dhen balamaa mish and zeek ge bayeh indhey tho nooni neendhey tho
      Once again thank you dhooni

  3. Nayaa Nayaa says:
    June 20, 2024 at 10:32 am

    Heyyy rifoo darl
    Masha Allah mi vhk hama hes kiyaafa reethi ingeyyy..
    Tbh vrh vrh emotional vey rifoo vhk ge episode eh upload kuraa konme faharaku.. sis ah feel vey mee sis ge kairin inspire vegen vhk liyan feshi kujjeh Kan.. so I feel I achieved a milestone in writing.. adhi dhuvahakah vure dhuvaheh rifoo ge writing skills improve vaa than fenuneema maa ufaa vey..
    Keep going girl
    Nayaa sis is so so so so sooooo proud of you love 🩷
    Ilysm 🩷🩷🩷

  4. Cutie girl says:
    June 20, 2024 at 10:35 am

    Mi part ves v reethi masha Allah
    Can’t wait for next part
    Zaa and kiyaan gulhuvachey

    1. RIFSHA says:
      June 20, 2024 at 10:51 am

      Thanks cute girl
      Next part in sha Allah maadhan submit kohlaanan
      Once again thank you ☺️

  5. RIFSHA says:
    June 20, 2024 at 10:58 am

    Hey nayaa sis
    Thank you nayaa sis.varah ufaa vejje nayaa sis ge comment eh libunyma dhuvas kolhakah fahu Rifoo ge story akah.ur comments always put a smile on my face.
    I will be always thankful to you 🙏❣️ because you made me do this work because of you i am a author because of you i am famous.to be famous is always my dream you’re the one who make me famous.i don’t know how to thank you 😊.i won’t forget you.
    Jazakallah nayaa sis.
    Love you more Darla 😘

    1. RIFSHA says:
      June 20, 2024 at 10:59 am

      In a reply to nayaa

  6. Cutie girl says:
    June 20, 2024 at 11:03 am

    Zaa aa kiyaan aa haadha dhera gothekey evanee
    Zaa and kiyaan ah vaa gothun v dheravey mish and zeek ge bai v reethi

    1. Dhooni says:
      June 20, 2024 at 11:07 am

      Yh zaa and yaan ah vaa gothun dhooni ah vx roevey
      Mish and zeek ge bayakee dhooni ge favourite hehe

    2. RIFSHA says:
      June 20, 2024 at 4:57 pm

      Yaan and zaa ge bai kiyaafa thi kudhinnah rovenyya sorry varah bodah…
      Thanks cutie girl abadhu vx thi hen comment kohlaa thi varah ufaa vey

  7. Me says:
    June 20, 2024 at 11:22 am

    As always this part was also so good. Zeekan and mishya missed. Keep up the good work.

    1. RIFSHA says:
      June 20, 2024 at 5:07 pm

      Hey me
      Thanks me 😊
      Dhen hiyeh nuve avahah mish and zeek ge bai kiyaalan libeyne heneh ekam keep waiting dear

  8. Cutie girl says:
    June 20, 2024 at 11:22 am

    Zaa and kiyaan ge bayakee alhugandhu ge favourite baa

    1. Zaa & yaan's fan zone says:
      June 20, 2024 at 12:59 pm

      Me too

    2. RIFSHA says:
      June 20, 2024 at 4:57 pm

      Rifoo ah vx ekam Mish and zeek vx eyge thereyga himeney hehe

  9. Maash Butterflyyyyy says:
    June 20, 2024 at 11:54 am

    Vrh vrh vrh reethi mi part vx maasha allah.. Alhey kaiyan haadha goahey.. Typical boys dhw dhen😔 kiyaan aa zaa gulhey than balan dhen beynun vany.. Mi shahna mennah bodi eh dheyn vejje ehnun.. So annoyingggg.. Btw I’m sorry engey comment nukureveythy.. Vrh busy did holidays v ma aaeku.. Curiously waiting for the next part.. Lyssmmm💜🦋

  10. Zaa & yaan's fan zone says:
    June 20, 2024 at 1:02 pm

    This part is so amazing Rifoo 💯
    Can’t wait for the next part
    Yaan and zaa gulheyni kon irakun.e dhekudhin alhey haadha sad ey ulhey goi alhugandah rovey e dhekudhin ulhey gothun.

    1. RIFSHA says:
      June 20, 2024 at 4:59 pm

      Thanks yaan & zaa ge fan zone ah
      In sha Allah next part maadhan submit kohlaanan
      Sorry zaa and yaan ge fan zone rohveythi

  11. Laura says:
    June 20, 2024 at 2:36 pm

    Hey Rifoo
    Mi episode ves varah varah reethi.hama thalin kulhu hikijje (aneikaa ehen tha bunani)lol 😂
    Dhen Shahna men ge kanthah falhaa aruvaalan v.e meehun dhen mihaaru e maa fuhpani.zaa as a dollar machine nahh.i can’t imagine zaa dhera vaane varu falhaa araa dhuvahakun.alhey mi kaiyan anehkaa kon gandeh gannan e ulheni shahna kairi ah gossa pis pis ehvaru ge kanthah.
    Kon irakun next part kiyaalan libeyni
    Curiosly waiting for the next part
    Love you so much 😘

  12. Dhunya says:
    June 20, 2024 at 4:38 pm

    Mi part vec V Reethi
    Kon irakun next part kiyaalan libeynee
    Keep it up
    Lysm dear

    1. RIFSHA says:
      June 20, 2024 at 5:00 pm

      Thanks dhunya
      Next part in sha Allah maadhan submit kohlaanan
      Love you more Darla 😘❤️

  13. RIFSHA says:
    June 20, 2024 at 5:02 pm

    In a reply to @butterfly
    Hey darlss 😘
    Yes Rifoo ge haalu varah rangalhu.oh shafaakallah
    Yes Rifoo ves varah buxy holidays kolhei eid bandhu v ma aslu.
    Hehe dhen keehkurani shahna men ulhey goi dho.dhen vaa goi balamaa dho.shahna and kaiyan ge plan ah
    Love you more Darla 😘
    Take care 😘

  14. RIFSHA says:
    June 20, 2024 at 5:04 pm

    In a reply to @laura’s pending comment
    Hey lau ☺️
    Alhey dhen keehkurani lau ah vanyya maraaliyas ok hehe
    Next part in sha Allah maadhan submit kohlaanan 😊
    Keep waiting darla
    Love you so much darling ❤️💋

  15. Nishva says:
    June 20, 2024 at 5:51 pm

    Hey Rifoo
    Mi part vx vrh reethi Masha Allah
    Kon irakun next part kiyaalan libeyni
    Curiously waiting for the next part
    Love you so much darling 💝

    1. RIFSHA says:
      June 21, 2024 at 10:03 pm

      Hey nish
      Thanks nish
      Next mihaaru mi ulheny submit kohlan
      Love you more Darla 😘

  16. Zelie says:
    June 21, 2024 at 2:07 pm

    Awwwn. Mi part was mainly zaa and yaan dho. Very interesting. Its so sad that they like each other but isn’t together. Same with aleek and aika. They gave up easily dho. Cannot wait for next part. So sad mish and zeek ge part avahah naannaane bunefa in comment fenunima. I will keep waiting. Zelie ah dhenme ey adhi mi fenuni story upload vefa in than.
    Love you my fav writer.

    1. RIFSHA says:
      June 21, 2024 at 10:09 pm

      Thanks zelie ❤️
      Yes mi part ga mainly koh hama innaany yaan and zaa ge bai.yes give up kuree ey ekudhin.keehkurani…
      Sorry zelie ingey readers beynun vey kan e kudhin ge bai kiyaalan ekam thi kudhin maa lahee buni leh Rifoo innaany v bodah liyefa dhen ekam ves mihaaru mi liyani hama mish and zeek ge bayeh hehe.keep waiting
      It’s ok buxy v ma ves vaane ehen.rifoo ah ves adhi kiriyaa mi libuny vagutheh mulhin ehen kankamuga mi ulheny enehkaa aneh kolhu school hulhuveny viyya.
      Aslu varah bodu vaahaka eh bunan tha?buxy viyas nuviyas Rifoo varah inthizaaru kuran zelie ge comment akah you motivate me ingey varah bodah.
      Once again thank you 😊
      Love you more Darla 😘

  17. Shimmer says:
    June 21, 2024 at 7:38 pm

    Hey rifoo
    Sorry comment eh nukureveethee because aharumen rashuga Eid vv foari gadja koh celebrate kurathee furusathu nulobunee..adhi last night ga nimunee Eid celebration …ehenve
    This part also was amazing 🤩 loved it 😍,
    Alhe pls kiyaan and zaa gulhuvabala ..they are suffering so much …
    And zeek and mish ge baeh dhen oi part ge kiyaalan libeyne kamah ummeeedhu kuran …
    Also nuk and aleek s sis ge baehves genes bala … romantic koh …ekan then thibi meehun ah bust veema nuk hunnane rakivefa ..he will get a good lesson abadu meehunnaa dhimaa kuran ulhumuge…😂
    Love you rifoo ❤️❤️

  18. RIFSHA says:
    June 21, 2024 at 10:28 pm

    In a reply to @shimmer
    Hey shimmer sis
    It’s ok Rifoo men rashuga ves eid aeema heevi dhunuye ran vegen ulhun hen.dhen ehen ves vaane thaa eid aeema foari nagaali ey ekam varah salhi ingey bandhu dhiya goi hehe
    Ahaha dhen vaane gothei balamaa dho.zeek and mish ah hadhaane goi raavaa ves ninmaifin.mi ulhey nuk ey enme vagee Meena athu alhuvaalanney undhagulee.dhen keehkurani.ekam shimmer sis buni hen nuk ah landeh dheyn mi visnani ekam keehkurani Rifoo ves hama nuvisney nuk ah dheyne landeh miyoh hurihaa iru mi visnani ekamaa.ekam nuk ah landeh dheynan ingey.eii kanneynge enme majaa part ah vaani dho shimmer.ehen nooni Rifoo akah rifsha ekey nukihaane.ehenu vaani nuk viyyaa.alhey nuk ladhu ganefa hunnaane goi mihaaru eba hithah araa.hehe dhen evaahaka baahvamaa dho
    You are one of my favourite reader.
    Rau lau nish zelie you butterfly nayaa sis me cutie girl.these are my fav readers ingey adhi mihaathanah and i don’t forget about lily and my bestie pie 🤣 also rifsha i mean lau mn rashu..hehe
    Love you so much shimmer ❤️

Comments are closed.



All Right Reserved!