“ދެން ތިވަރު ނުވެ އިންނަން އަހާބަލަ. ހަހަހަ” ރައިޒެކް ހީލިއެވެ. “ނުކެރޭނެ. އޭނަ އެހުންނަނީނުން ދުވަހަކު ވެސް ބިޓެއް ނުހޯދަން. އާހް. އެންމެ އަވަހަށް ވެސް ކުއްޖަކާ ރައްޓެހި ވާނީ އޭލެވެލް ނިންމާފައޯ” އުޝާ ތުންކޮޅު އޮޅާލިއެވެ. (3 ވަނަ ބައި) “އެހެންވެ ދެން އިންތިޒާރުގެ ގިޓާ ކުޅިލަކުޅިލަ އިނދޭ ހަހަހަ” ރައިޒެކް ދޫނެރެލާފައި ބުނެލިއެވެ. “ހޫން ނިކަން ދިމާ ކޮއްބަލަ. އެލީ ކައިރީ ބުނާނަން ދޮންބެ ވާހަކަ” އުޔައިނާ ފޮނި ވެލާފައި ބުނެލިއެވެ. “އެހެން ވިއްޔާ ދޮންބެ […]
“އެހެންތަ؟ އެހެންވެ ހަމަ ލެސަން ނަގަންވީ އިނގޭ؟ ތައްޔާރުވޭ ހެހެހެ” ހީލަމުން ޒަވުލް ބުނެލިއެވެ. އެވަގުތު މިލްކްޝޭކްތައް އައުމުން އެވަގުތައް އެވާހަކަ ކުރު ކޮއްލިއެވެ. (8 ވަނަ ބައި) “މީރުތަ؟” މިލްކްޝޭކްއިން އެތިކޮޅެއް އެލާރާ ބޯލުމާއި އެކު ޒަވުލް ސުވާލު ކޮއްލިއެވެ. “ހެހެ ލައްބަ. ވަރަށް މީރު” ހިނިތުންވެލަމުން އެލާރާ ބުނެލިއެވެ. “ކޮން ކަހަލަ ވާހަކައެއްތަ ލިޔާ ހިތްވަނީ؟” ޒަވުލް ސުވާލު ކޮއްލިއެވެ. “އަމްމްމް… އެންމެ ގިނައިން ލިޔެ އުޅެނީ ބިރުވެރި ވާހަކަ” އެލާރާ ބުންޏެވެ. “އޯ އެމް […]
“ދަރިފުޅުގެ ބޭސް މިހިރީ ކާލާ. މަންމަ މިދަނީ ކެއުން ތައްޔާރުކުރަން.” ބޭސްތައް ބަހައްޓާފައި މަންމަ ނިކުމެގެންދިޔައެވެ. ކާން ހަދާށެވެ. އިޝާ ނަމާދުކޮށްގެން ކެވޭނީ އޭރަށް ކަމަށް ވާތީއެވެ. ” އެ ރަށުން އަހަންނަށް…” ރީމާލްގެ ވާހަކަ ފުރިހަމައެއް ނުވިއެވެ. އާނޫގެ ފޯނު ރިންގުވިއެވެ. އަނެއްކާ ރީމާލް ބުނަން އެއުޅެނީ ކޮންކަހަލަ ވާހަކައެއް ހެއްޔެެވެ؟ އެރަށުން ރީމާލަށް ކޮން ކަމެއް ވީ ހެއްޔެވެ؟ ********************************** “ކާކު ގުޅީ” ރީމާލް އަހާލިއެވެ. ” މަންމަ ގުޅީ. މަންމަގެ ގާތް ރައްޓެއްސެގެ […]
“ދޮންބޭ. އޯކޭތަ؟ އާރ ޔޫ ޝިވަރިންގ؟” ޒީވާގެ ލޮލުގައި ރާހިލްގެ ތުރުތުރުލަމުން ދިޔަ އަތް އަޅައިގަތެވެ. “ޔެސް. މިތަން ކުޑަކޮށް ފިނިވީމަ.” ރާހިލްގެ ވާހަކަ ޒީވާއަށް ގަބޫލުކުރެވުނީ ރާހިލްއަކީ ހަގީގަތުގައިވެސް ފިންޏަށް ގަދަ މީހަކަށް ނުވާތީއެވެ. އެވަގުތު ތަންކޮޅެއް ދުރުން ސީދާ ރާހިލްމެން ތިބި ދިމާލަށް ހިނގާފައި އައި މެދުއުމުރުގެ އަންހެން ޑަކްޓަރެއް ރާހިލްގެ ލޮލުގައި އަޅައިގަތެވެ. އޭނާ އައިސް ހުއްޓިލީ ޒީވާގެ ކުރިމައްޗަށެވެ. ޒީވާ ބޮލުގެ އިޝާރާތުން ޝައިނާ އެތެރޭގައިކަމަށް ބުނުމާއެކު ޑަކްޓަރު އެތެރެއަށް ވަނެވެ. ނަމަވެސް […]
މޫނު މަތީގައި އަތްހާކާލި އިރު ނިޝްވާގެ ލުއި ގިސްލުމުގެ އަޑު ކޮޓަރި ތެރޭގައި ލުއި މިއުޒިކެއް ފަދައިން އިވެމުން ދިޔައެވެ. އެގިސްލުމުގެ އަޑުން ވެސް ނިޝްވާގެ ހިތަށް ތަދުވެފައިވާ ވަރު ދޭހަވެޔެވެ. (2 ވަނަ ބައި) މުސައްލަ މަތީގައި އިނދެ ނިޝްވާ އިރުކޮޅަކު ޤުރްޢާން ކިޔަވާލިއެވެ. ދެން ތެެދުވެ ރީތިވާ މޭޒު ކައިރީ އިން ގޮނޑީގައި އިށީނދެލިއެވެ. އުމުރުން 17 އަހަރުގެ ނިޝްވާ ހީވަނީ ނިކާލްގެ “ކޮޕީ” އެއްހެންނެވެ. ހަމަ އެތުންފަތެވެ. ނިކާލްގެ ތުންފަތް ކައިރީ އިން […]
“އައިޒީ: ޕޮރުގުރާމަށް ލިބުނު ވަގުތު ހަމަވާނީ މިއޮތްގެން. އަދިވެސް ބައިވަރު ސުވާލުތައް އެބަހުރި ކީއްކުރާނީ .” އައިޒީ މާޔޫސްވެއްޖެއެވެ. ޕޮރުގުރާމުގެ ނިމުން އައީއެވެ. ” އައިޒީ: އެކަމަކު ކުރިއަށް ހުރީ އެންމެ އިންތިޒާރު ކުރެވޭ ބައިތައް އިނގޭ .” ހިތްއަވަސްވެފައި އިނދެ އައިޒީ ބުނެލިއެވެ. ކުރިއަށް ދެން ހުންނާނީ ކޮންބައިތަކެއް ހެއްޔެވެ؟ ޕޮރުގުރާމު އެއުޅެނީ ނިމޭށެވެ. ދެން އޮންނާނީ ގުރުނެގުންތާއެވެ. ނޭނގެއެވެ. އިތުރު ކަމެއް އަދިވެސް އޮތީއެވެ. އެކަމަކު ކޮން ކަމެއް ހެއްޔެވެ؟ *************************************************************** ނޭވާ ހިފަހައްޓަަލައިގެން […]
ޑޮކްޓަރު ފުންނޭވާއެއް ދޫކޮށްލައި ޓެސްޓްކިޓްގެ ބްރޭންޑާއި ނަން އަހައިލިއެވެ. ދުންޔާ ޖަވާބު ދިނުމުން ޑޮކްޓަރ އިސްޖަހައިލިއެވެ. “ތި ބުނި ބްރޭންޑުން މިފަހަރު ރާއްޖެއަށް ލިބިފައި ހުރި ބެޗްގަ ވަރަށް މައްސަލަ ގިނަ.. އައިމް ސޮރީ..” ދުންޔާގެ ދެލޮލަށް ޖަމާވެފައިވި ކަރުނަތަށް ފައިބައިގަތެވެ. ހިތުގައި ކޫރު އެޅިފައިވި ނަމަވެސް އަނބިމީހާ ރޯން ފެށުމުން ޔާދިންއަކަށް މަޑަކުންނެއް ނުހުރެވުނެވެ. ދުންޔާ އޭނަގެ މެޔާއިލާ ބޮނޑިކޮށްލިއިރު ޔާދިންގެ ދެލޮލުގައި އުފެދިފައިވި ކަރުނަތައް ލޯމަރައި ބާރުކޮށްލަމުން ހިންދައިލިއެވެ. ދެމަފިރިންނަށް ވަގުތު ދިނުމުގެ ގޮތުން […]
(1 ވަނަ ބައި) މެންދުރުގެ ހޫނު ގަދަ ވަގުތެވެ. އެހެނަސް ޖައްވުގައި ހޫނު ކަމުގެ އެއްވެސް ހިލަމެއް ނެތެވެ. މުޅި ޖައްވުގައި ވަނީ ތެތް ފިނި ކަމެކެވެ. ވެހެމުން ދިޔަ ބޯ ވާރޭ ވެސް ޔީޝާއާއި އެކު އެހިތާމައިގައި ބައިވެރިވާ ފަދައެވެ. ކަފުން ކޮއްފައި އޮތް ނިކާލާއި ދިމާލަށް ބަލަން ޔީޝާ އިނީ ގަބުވެފައެވެ. އަދިވެސް ނިކާލް ދިޔައީ ކަން އޭނާއަކަށް ގަބޫލެއް ނުކުރެވެޔެވެ. “ނިކާލް ނިޔާވީ ފުއްޕާމޭގެ ކެންސަރުގެ ސަބަބުން…” އަނެއްކާވެސް ޔީޝާގެ ކަންފަތުގައި ޑަކްޓަރުގެ […]
ތުންފިއްތާލެވުނު އިރު ލަޝްކާގެ ދެލޯ ކަރުނުން ފުރި ބާރުވިއެވެ. އަމިއްލަ މީހާގެ ހުރި ބަދުނަސީބުކަން އިހުސާސްވެ މޭގައި ރިއްސައިގަތީ އިންތިހާއަށެވެ. “ސޮރީ…” އިސްޖަހާލަމުން ލަޝްކާ މަޢާފަށް އެދުނެވެ. “ހުހް! ސޮރީއޯ! ހަނދާން ކުރާތި! މިކަމުގެ ހަސްކާ މިރޭ ކަލެއަށް ފެންނާނެ! ރައްކާވޭ ސުކޫލަށް!” އަމުރު ކޮއްލާފައި ލީރާ ގާތުގައި އިމްރާން އިށީނެވެ. ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ލަޝްކާ ނިކުމެގެން ދިޔައެވެ. އެ އާއިލާއަށް ނޭނގުނު ނަމަވެސް އެމަންޒަރު ބަލަން ހަތަރުވަނަ މީހަކުވެސް އެތަނުގައި ހުއްޓެވެ… (8 […]