ޒިވްޔަން އާއި ޔައިޝާ ގެޔަށް އައީ ގަޑިއެއްހާއިރު ސައިކަލު ދުއްވަން ބޭރުގައި އުޅެފައެވެ.
**********
އިޒްކާން އާއި އަލީނާ ހުރީ އިޒްކާންގެ ކޮޓަރީ ބެލްކަނީގައެވެ. އަލީނާ އައުމަކުން ކުރިން ވާއުފަލެއް އިޒްކާން މިއަދަކު ނުވެއެވެ. އެކަން އަލީނާއަށް ވެސް ފާހަގަ ކުރެވުނެވެ. އަލީނާ އިޒްކާންއަށް ބަލަން އިނީ ފޫހިވެފައެވެ. އޭނާ އިޒްކާން ގާތައް އެއައީ ފޫހިގެންނެވެ. ނަމަވެސް އިޒްކާން އޭނަޔާ މާދުރުދުރުން އުޅޭތީ އަލީނާ ހުރީ އިތުރަށް ފޫހި ވެފައެވެ. ހަމައެހެންމެ އިޒްކާން ހުރީ އަލީނާ އައުމުން ކުޑަކޮއް ބޯ ސަކަރާތް ވެފައެވެ. އަލީނާ ވާހަކަ ދެއްކި ކަމުގައި ވީ ނަމަވެސް އިޒްކާން އެކަމަކަށް އެހާ ޝައުގުވެރި ވީހެންނެއް ހިޔެއް ނުވެއެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރި އިރުގައި އޭގެން ފެންނަމުން ދިޔަ ކޮންމެވެސް ފޮޓޯއަކަށް އިޒްކާން ގެއްލިފައި ހުރީ އެޔަށް ބަލާ ފޫހި ނުވާނެ ފަދައިންނެވެ.
” އިޒްކާން…” ޔައިޝާގެ ފޮޓޯއަކަށް ގެއްލި ހުސްވެފައިން އިޒްކާން ސިހުނީ އަލީނާ އޭނާއަށް ގޮވާލުމުންނެވެ. ހަމަ އެކަނި ” ހޫމް” އެކޭ ބުނެލަމުން އިޒްކާން ފޯނު ބޭއްވީ އަލީނާއަށް ވާހަކަ ދައްކަން ފުރުސަތު ދެމުންނެވެ. ” އަހަރެން މިގެޔަށް މިއައީ ފޫހި ވެގެން އިޒްކާން ގާތައް ނާދެވޭތީ އެކުގައި މަޖާ ކޮއްލަން ކަމަށް… އެކަމް އިޒްކާން އަހަންނާ ތިހާ ދުރުދުރުން އުޅޭ ސަބަބެއް ހިލާ އަހަންނަކަށް ނޭނގުނު…” އަލީނާ ޝަކުވާ ކުރާ ކަހަަލަ ގޮތަކަށް ބުނެލިއެވެ. އިޒްކާން ބުނެލީ އަލީނާ އާއި ދުރުދުރުން އިޒްކާން ނޫޅޭ ކަމަށެވެ. އަދި އެއީ އަލީނާއަށް ހީވާ އެއްޗެއް ކަމަށެވެ. “ނޫން ހަމަ އަސްލަށް ވެސް އިޒްކާން ވަރަށް ދުރު.. މީ ލީން އަށް ހީވާ އެއްޗެއް ނޫނޭ މީ ތެދު… ލީން ނޫން ކުއްޖެއް އިޒްކާންއަށް ފެނުނީތަ…” ދެރަވާކަމަށް ހެދެމުން އަލީނާ ބުނެލިއެވެ. އިޒްކާން ވަގުތުން އަލީނާއަށް ބަލާލިއެވެ. އެދެލޮލޮގައި ކަރުނައިގެ އަސްރު ފާޅުވާން ހުރުމުން އިޒްކާން ހިތުގައި ހަމްދަރުދީ ވެވުނެވެ.
“ލީން….ނުރޮއިބަލަ އަހަރެން ނުވަމެއްނު ލީން އަކާއި ދުރެއް….” ގަދަކަމުން މޫނު މައްޗައް ހިނިތުންވުމެއް ގެއްނަމުން އިޒްކާން ބުނެލިއެވެ. އަލީނާ ވެސް އިތުރު އެއްޗެއް ނުބުނެ މޫނު ފޮހެލިއެވެ. އަދި ދަނީ ކަމުގައި ބުނެފައި އެގެއިން ނުކުމެގެން ދިޔައީއެވެ. ހަގީގަތުގައި ވެސް އިޒްކާން އޭނާ އާއި ވަރަށް ދުރުވެއްޖެއެވެ. މިހެން ވެއްޖެނަމަ އަލީނާއަށް އިޒްކާންގެ ކިބައިން ބަދަލު ހިފަން އުނދަގޫ ވާނެއެވެ. އަލީނާ ރާވާލިއެވެ. އިޒްކާންއަށް އޭނާގެ ސަމާލުކަން ލިބޭނީ ގޮތެއް ހަދައިގެންނެވެ. ހިތުން އަލީނާ ދިޔައީ ރޭވުމެއް ރާވަމުންނެވެ. ނަމަވެސް އޭނާއަށް ނޭނގުނު ކަމީ އެރޭވުމުގެ ސަބަބުން ދެން އިޒްކާން އޭނާއަށް ބަލާ ވެސް ނުލާނެކަމެވެ. އޭނާޔަށް އިޒްކާން އާއި ވައި ވެސް ނޭޅެވޭނެ ކަމެވެ. ހަމައެހެންމެ އިޒްކާން އެކަމާ އުފާ ވެސް ކުރާނެކަމެވެ. އެރޭ ފާއިތުވެގެން ދިޔައީ އިޒްކާން ޔައިޝާގެ ހަނދާންތަކުގައި ވަނިކޮށެވެ.
އަލްޔާއަށް ވިސްނެމުން ދިޔައީ ޒިވްޔަން އާއި މެދުގައެވެ. މިވީ ދުވަސްކޮޅު ތެރޭގައި އަލްޔާއަށް ވަނީ އެތައް ގޮތަކުން ޒިވްޔަން އާއި ދިމާވެފައެވެ. ދިމާވާ ކޮންމެ ފަހަރަކު ވެސް ޒިވްޔަން އަލްޔާއަށް ކޮންމެ ވެސް ޖެއްސުމެއް ކޮއްލައެވެ. އެކަމާ އަލްޔާ ހުންނަނީ އަބަދު ވެސް ޒިވްޔަން އަށް ރުޅިމޫނު ހަދައިގެންނެވެ. ހަމައެހެންމެ ޒިވްޔަން ހުންނަނީ އެތެރޭން ހީލަހީލައެވެ. އަލްޔާއަށް ޖެއްސުން ކުރުމުން ޒިވްޔަންއަށް އިތުރަށް ހިތްހަމަޖެހުން ލިބެނީ ކަންނޭނގެއެވެ. އެދުވަހެއްގައި އަލްޔާ ނުފެނި ގޮއްސިނަމަ ދުވަސް ފުރިހަމަވާ ހެން ހިޔެއް ނުވެއެވެ. އަލްޔާ ރެޑީ ވަމުން ދިޔައީ އަލްޔަން އާއި އެކުގައި ރަސްފަންނަށް ދިޔުމަށެވެ. ހިތުން ޒިވްޔަން ނުދޭތޯ ދުޢާ ކުރަމުން ދިޔައިރުގައި އަލްޔާއަށް ބައެއްފަހަރު ޒިވްޔަން ދޭތޯ ވެސް ދުޢާ ކުރެވެއެވެ. ބަރާބަރު ތިންގަޑި ސާޅީސްފަހެއް ހިނގި އިރުގައި އަލްޔާ ހުރީ ރެޑީ ވެގެން ނެވެ. އޭރު އަދި އަލްޔަން ގެޔަކު ނެތެވެ. އޭނާ ބަލައި އަލްޔަން އަނަނާނެ ވާހަކަ ބުނުމުން ބޭރު ސޯފާގައި މަޑު ކޮއްލީއެވެ.
ޔައިޝާ ހުރީ އެއްވެސް ތަނަކަށް ދާ މޫޑެއްގައެއް ނޫނެވެ. އެހެނަސް ޒިވްޔަން ރަސްފަންނަށް ދާން ބުނުމުން ދެކޮޅުހަދާކަށް ނުކެރުނެވެ. އާނއެކޭ ބުނެ އޭނާ ތައްޔާރު ވިއެވެ. ފެންވަރާ ރީތި ވެލައިގެން ޔައިޝާ އައިސް ބްލޫ ކުލައިގެ ހެދުމަކާއި ހުދުކުލައިގެ ޖިންސެއްލިއެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު އޭނާ މޭކަޕް ވެސް ކޮއްލިއެވެ. ސަބަބަކީ މޫނުމަތިގައިވި ހިތާމަވެރިކަން އިތުރު މީހަކަށް ދައްކަން ބޭނުން ނުވާތީއެވެ. ކުޑަ ގޮތަކަށް ރީތި ވެލައިގެން ޔައިޝާ އޭނާގެ ފޯނުން ގަޑި ބަލާލިއެވެ. އޭރު ހަތަރެއް ޖަހަން ދިހަވަރަކަށް މިނެޓް އޮތެވެ. އަވަސް ކޮއްލައިގެން ބޭރަށް ނުކުތީ ޒިވްޔަން ބޭރަށް ނުކުމެ ހުންނާށޭ ބުނުމުންނެވެ. ބޭރަށް ނުކުމެ ހުދުކުލައިގެ ބޫޓަކަށް ޔައިޝާ އަރާލިއެވެ. އަދި ނޫރައިން ގާތުގައި ޒިވްޔަން އާއި އެކުގައި ބޭރަށް ދާން ކަމަށް ބުނެފައި ނުކުމެގެން ދިޔައީއެވެ.
” އޭމޭން ކަމެއް ކޮއްދީބަލަ….” އަލަޔްނަ ހުރީ ތާކަށް ދާން ޖެހިގެން ލަސްވެފައެވެ. ޒިވްޔަން ވެސް ކޮންކަމެއްހޭ އަހާލިއެވެ.” މަށަށް އިނގޭ ކަލޭ ދާނެ ކަން… އަލް އިންނާނެ އަހަރުން ގޭގަ މަބުނެގެން މަޑުކޮއްގެން… ނިކަށް އާދެބަލަ އޭނާ ގޮވައިގެން ރަސްފަނާ ދިމާލަށް ވަރަށް އާޖެންޓްކޮއް ކަމެއް ދިމާވެގެން މަ ދާން ޖެހިއްޖެ….” އަލްޔަން ފޯނަށް ނަޒަރެއް ދެމުން ބުނެލިއެވެ. ޒިވްޔަން ވިސްނާލިއެވެ. ފުރަތަމަ ޔައިޝާ ގެންގޮސް ރަސްފަންނަށް ލާފައި އޭނާ އަލްޔާ ބަލައި ދާނީއެވެ. އެގޮތައް ވިސްނުމުން ޒިވްޔަން އާނއެކޭ ބުނެ ޔައިޝާ ބަލައި ދާން މިސްރާބު ޖެހިއެވެ. ޔައިޝާ ބަލައި އައިއިރުގައި ބޭރުގައި މަޑުކޮއްގެން ހުރުމުން ޒިވްޔަންއަށް ގުޅާކަށް ނުޖެހުނެވެ. ވަގުތުން ޔައިޝާ ގޮވައިގެން ރަސްފަންނަށް ގެނެސް ލައިދީފައި އޭނާ އަންނަން ދެން އެތާގައި މަޑުކުރުމަށް ބުނެލަމުން އަލްޔާ ބަލައި ދާން ނައްޓާލިއެވެ.
އެއާޕޯޓުން ނުކުމެގެން އައި ދެމަފިރިންނަށް އެތައްބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ބަލާބެލުމަށް ސާޅީސްއަށް ވަރަކަށް އަހަރަށްދާ މިދެމީހުންނަކީ މުޅި ރާއްޖޭގައި ވެސް އެއްމެ ނަންމަޝްހޫރު ދެމީހުންނެވެ. ފަހަތުން އަށާރަ ވަރަކަށް އަހަރުގެ އަންހެން ކުއްޖަކު ވެސް އެދެމަފިރިން ފަހަތުން ލަގެޖް އެއް ދަމަމުން ނުކުމެގެން އައެވެ. އެކުއްޖާ ލައިފައިވަނީ ބޭރުމީހުން ލާކަހަލަ ހެދުމެކެވެ. އެތެރެއިން އަތްދިގު ޓޮޕެއްލާފައި އޭގެ މަތިން ޖެކެޓްއެއް ލާފައި ހުންނައިރުގައި އެއަންހެން ކުއްޖާ ނިކަން ފުރިހަމަ ކަމަށް ދައްކައެވެ. ދޮން ރީތި ހަށިގަނޑެއް ލިބިފައިވާއިރު ހެޔޮވަރު ވަރުގެ ރޫފައެއް އެ ރީތި އަންހެން ކުއްޖާއަށް ލިބިފައި ވެއެވެ. ދުރުން ހިނގާފައި އަންނައިރުގައި ހީވަނީ މޮޑެލްއެއް ހެންނެވެ. އޭރު އެމީހުން ބަލައި ޕްރައިވެޓް ކާރެއް އެއާޕޯޓް ކައިރިއަށް އައިސްފައި އޮތެވެ. ކާރަށް އެދެމަފިރިންނާއި އެއަންހެން ކުއްޖާ އެރުމުން ކާރު ނައްޓާލިއެވެ.
އިޒްކާން އިނީ އެގޭ ސޯފާގައެވެ. މަންމަމެން ރާއްޖެ އައުމުން އޭނާ ހުރީ ނުލާހިކު ހިތްހަމަޖެހިފައެވެ. މަންމަޔާއި ބައްޕަ އަދި ލޯބިވާ ކޮއްކޮ ނުފެންނަތާ މިހާރު 3 ވަރަކަށް އަހަރު ވެދާނެއެވެ. އޭނާގެ މައިންބަފައިން ރާއްޖޭން ބޭރަށް ދިޔައީ އައިކާ އޯލެވެލް ނިންމާފައި ކިޔަވަން ފެށުމުންނެވެ. އައިކާ އަކީ އިޒްކާންއަށް ވުރެ އެއްއަހަރު ހަގު ކުއްޖެކެވެ. އެހެނަސް އައިކާ އުޅޭ ގޮތުން ކުޑަކުއްޖަކަށް ދޫނުކުރާނެއެވެ. އެހެން ހުރެފައި ކޮއްލާ ކޫސަނި ކަންތައްތަކުން އިޒްކާންއަށް ވެސް ބައެއް ފަހަރު މަޖާވެއެވެ. ” ދޮންބޭ….” ސޯފާގައި އިން އިޒްކާން ސިއްސައިގެން ދިޔައީ ކަރުގައި މީހަކު އައިސް ބާރަކަށް ބައްދާލުމުންނެވެ. ވަގުތުން އިޒްކާން ވެސް ހިނިތުން ވެލާފައި އޭނާގެ ކަރުގައި ބައްދާލައިގެން ހުރި އައިކާ ގެނެސް އޭނާގެ ކުރިމައްޗަށް އެރުވިއެވެ. އަދި ވަރަށް ލޯބިން ބައްދާލިއެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ އައިކާ ނުފެންނަތާ ވެސް 3 އަހަރަށް ވުރެ ގިނަ ދުވަސް ވީއެވެ. ކިޔަވަން ލަންޑަނަށް ދިޔަގޮތަށް އަދި އެދިމާވީއެވެ. އޭރު ނިކަން ހެވިފައި ހުރެ އެދެކުދިންގެ މަންމަ އިޒްނާ އާއި ބައްޕަ ހަމްދާން ހެވިފައި އެތެރެޔަށް ވަދެގެން އައެވެ. އިޒްކާން އެދެމީހުން ގައިގައި ވެސް ވަރަށް ލޯބިން ބައްދާލިއެވެ. “މަންްމަ އާއި ބައްޕަ މަތިން އަޅުގަނޑު ވަރަށް ހަނދާންވި…” އިޒްކާން ބުނެލިއެވެ. ” ނޮޓް ފެއަރ ދޮންބޭ އިއި މަތިން ދޮންބެ ހަނދާނެއް ނެއްތަ…” ކުޑަ ކުއްޖެހެން ތުން ދަމާލަމުން އައިކާ ބުނެލިއެވެ. ” ދޮންބެގެ ލޯބި ލޯބި ޕްރިންސެސް މަތިން ހަނދާން ނުހުންނާނީ ކާކު… ތިން އަހަރު ދުވަސް ވަނީ ހިފާލާނެ މީހަކު ނޫޅޭތާ ވެސް…. މިގޭތެރެ އެހާ ފަޅު…” އިޒްކާން ބުނެލިއެވެ.
” ދެން ދޮންބޭ ހަމަ އައި އަންނައިރަށް ޖެހޭތަ ހިފަން މީ މިހާރު ބޮޑުކުއްޖެކޭ….” އައިކާ ބުނެލިއެވެ. ” ދޮންބެއަށް ވުރެ ކުޑައެއްނު…” ދޫނެރެލަމުން އިޒްކާން ބުނެލިއެވެ. ދެން ފެށުނީ އެދެމީހުން އެކަކު އަނިކަކާއި ދިމާ ކުރާށެވެ.” ބައްޕަ ބުނި ކަންތައްތައް އަޅުގަނޑު ބަރާބަރަށް ބަލަން އިނގޭ…” އައިކާ އާއި ސަކަރާތް ޖަހަޖަހާފައި އިޒްކާން އައިސް ހަމަދާން ގާތުގައި ސޯފާގައި އިށީންނަމުން ބުނެލިއެވެ. އެވަގުތު އޭނާގެ ފޯނަށް އަލްޔަން ގުޅަން ފެށިއެވެ. ހަމްދާން ގާތުގައި އެބައަންނަން ކަމުގައި ބުނެފައި އިޒްކާން ކުޑަކޮށް ދުރަށް ޖެހިލިއެވެ.
” ބުރޯ މަބުނީ އާދެވިދާނެތަ ރަސްފަންނަށް ސަކަރާތް ޖަހާލަން…” އިޒްކާން ފޯނު ނެގުމާއެކު އެކޮޅުން އަލްޔަން ބުނެލިއެވެ. ” ކޮންކޮން ބައެއް ތިއުޅެނީ…” އިޒްކާން ވެސް އަހާލިއެވެ. ” މަށާ ޒިވް އާ އަލް އާ ދެން ޒިވް ދެން ޔައި….” އަލްޔަން ބުނެލިއެވެ. ޔައިޝާ އޭބުނުމުން އިޒްކާން ވަގުތުން އޭނާ ވެސް ދާނެކަމަށް ބުނެލިއެވެ. އެހެން ބުނަމުން ދެމީހުން ވެސް ފޯނު ކަނޑާލިއެވެ. ” ބައްޕާ އަޅުގަނޑު މިދަނީ ބޭރަށް އިނގޭ…” އިޒްކާން ބުނެލިއެވެ. ” ދަރިފުޅާ އިޒްކާން ދަމުން އައި ވެސް ގޮވައިގެން ދާތި…” ހަމްދާން ވެސް އައިކާ ގޮވައިގެން ދާށޭ ބުނެލަމުން އޭނާގެ ކޮޓަރިޔަށް ދާން ހިނގައިގަތެވެ.
އައިކާ ގޮވައިގެން އިޒްކާން ރަސްފަަންނާ ދިމާލަށް މިސްރާބުޖެހީ އަވަސް ހިތަކާއެކުގައެވެ. ޔައިޝާ ދެކިލާ ހިތުން އޭނާއަށް އިނދެވެނީ އެއް ނޫނެވެ. ޔައިޝާ ނުފެނި ފަސް މިނެޓް ވެސް އޭނާއަށް ހޭދަކޮއްނުލެވެއެވެ. ވާނީ ވެސް އެހެންނޫން ހެއްޔެވެ؟ ޔައިޝާ ފެނުނު ފުރަތަަމަ ދުވަހުން ފެށިގެން ޔައިޝާއަށް އެހިތް ވަނީ ހަދިޔާ ކުރެވިފައެވެ. ރަސްފަންނާ ހަމަޔަށް އިޒްކާން މެންނަށް އާދެވުނު އިރުގައި ޒިވްޔަން، އަލްޔަން، އަލްޔާ ގެ އިތުރުން ޔައިޝާ އެމީހުންގެ އަމިއްލަ ވާހަކައިގައި ތިއްބެވެ. މާދުރުން އިޒްކާން އަންނަތަން އެމީހުންނަށް ފެނުމުން ހަނާ އަޅާލިއެވެ. އެހެނަސް އަލްޔަން ބަސްހުއްޓިފައި ބަލަން ހުރީ އެއީ ހަމަ އައިކާ ކަން ޔަގީން ނުވާ ހާލުގައެވެ.
އެހެންނުވާންވީ ސަބަބެއް ނެތެވެ. އައިކާ އެންމެ ފަހުން އަލްޔަންއަށް ފެނިފައިވަނީ އައިކާ އޯލެވެލް ނިންމާފައި ރާއްޖެއިން ބޭރަށް ފުރަން އުޅުނު ދުވަހުގައެވެ. އެދުވަހުގައި އައިކާ ގާތުގައި އޭނާ ވަނީ އައިކާ ދެކެ ލޯބިވާ ވާހަކަ ބުނެފައެވެ. ނަމަވެސް އައިކާގެ ދުލުން ބުނެފައިވަނީ އޭނާ ކިޔަވައި ނިމިގެން އައިސް ޖަވާބެއް ދޭނެކަމެވެ. އެދުވަހުން ފެށިގެން އަލްޔަން އިންތިޒާރުކުރަމުން އައީ އައިކާ ކިޔަވައިގެން އަންނާނެ އިރަކަށެވެ.
އައިކާއަށް ވެސް އަލްޔަން ފެނުމުންވީ އެހެންކަހަަލަ ގޮތެކެވެ. ދުުރުގައި ބަލަން ހުރެވުނީ އަލްޔަންގެ ރީތިކަން ފެނިފައެވެ. އެހެނަސް ދެވަނަ ސިކުންތުގައި ދެބުމަ ގޮއްޖަހާލެވުނީ އަލްޔަން ގާތުގައި އިށީންދެގެން އިން އަންހެން ކުއްޖާ ފެނިފައެވެ.
ނުނިމޭ
މި ޕާޓް ލަހުން ކިޔާލަން ގެނެސް ދެވުނީތީ ހުރިހާ ކިޔުންތެރިންގެ ކިބައިން އަޅުގަނޑު މާފަަށް އެދެމެވެ. އުންމީދު ކުރަނީ ހުރިހާ ކިޔުން ތެރިންނަށް ވެސް މި ބައި ރީތި ވާނެ ކަމަށް….ދެން އޮތް ބަޔަށް އިންތިޒާރުކުރާނެ ކަމަށް އުންމީދު ކުރަން.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Masha Allah mi part ves Vrh reethi alya and zivyan gulhuvahchey and yaisha aa izkaan aa dhen aika aa alyan aa ves gulhuvahchey dhen huri part thah Avahah genes dhehchey kiyaa hithun nuves hurevey varuvey curiously waiting for the next part when’s next
Lysm ❤️
thankyou Nayerr ☺
it means a lot 😊
balamaa dhn dhn vaane goi
inshallah next part tmmr nooni dayafter tmmr
stay turned
LYSM 😘