Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 34

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
August 24, 2025 5 Mins Read
20 Comments

“ކޮ..ކޮން ދެކުދިންނެއް..” މައިރީން އަޅައަޅައިގަންނަމުން އެއްސެވެ. “ދަރިފުޅާ ކައިލްއާއެއްނުން..” ރިޔާޒްގެ ޖުމުލައިން ދެލޯ ބޮޑުކޮށްލާފައި ބިރެއް ފެނުނުހެން މައިރީންއަށް ކައިލްއާއި ދިމާލަށް ބަލައިލެވުނެވެ. މައިރީންގެ މޫނަށް އަރައި ފޭބި ކުލަވަރުން ކައިލްއަށް އޭނަގެ ހިނިގަނޑު ހިފަހައްޓާލަން މަޖުބޫރުވިއެވެ.

***ޕާޓް 34***

މައިރީންގެ އަތުގައި ހިފާ ރިޔާޒް އެތާ ހުރި ގޮޑީގައި ބޭންދިއެވެ. މައިރީންގެ ކައިރީގައި ކައިލް އިށީނދުނުއިރު، ކައިލް ހުރީ ހިނިގަނޑު ހިފައްޓައިލައިގެންނެވެ. މައިރީންގެ މޫނު ރަތްކަމުން ޗެރީކޮޅެއް ފަދައެވެ. ކައިލްއާއި ދިމާލަށް އޭނަގެ ވާން އުޅޭ ފިރިމީހާއަށް ކުރާނެ ގޯނަތަށް ކިޔައިދެވުމުން، މައިރީން ހުރީ ދެވަނަ ފަހަރަށް އިސްއުފުލައިލާ ބަލައިލަންވެސް ނުކެރިފައެވެ. މިހެން ކަންތައް ވެދާނެކަމަކަށް ދުވަހަކުވެސް އޭނަ ހިޔެއް ނުކުރެއެވެ. ލަދުން ބިންފަޅާފަ އަޑިއަށް ދެވޭނެ ނަމައޭ މައިރީންގެ ހިތަށް އެރިއެވެ. މައިރީންގެ ކޮލަށް ޖަންބުކުލައަރައިފައިވި ގޮތުން ހީވަނީ މޭކަޕް ކުރާ ފިހިން ރަތްކުލަ ގަދަ ބްލަޝްއެއް ކޯތާފަތުގައި ޖައްސާލާފައި ހުރިހެންނެވެ. ކައިވެނީގެ ޚުތުބާ ކިޔަން ފެށުމުން ކައިލް ޙުތުބާއަށް ސަމާލުކަންދިނެވެ. “އަނބި ގަބޫލުކޮށްފިން” ކައިލް ގާތު އަނބި ގަބޫލުކޮށްފިންތޯ ގާޒީ ސުވާލުކުރުމުން ކައިލް ޖަވާބުދިނެވެ.

މައިރީންގެ ހަށިގަނޑަށް ފިނިގަނޑެއް އަރައިގެންފަދަ އިހްސާސެއްކުރެވުނެވެ. މިހާރު އޭނައަކީ މީހެއްގެ އަނބެކެވެ. އެއީ އަދި ކޮންމެ ކޮންމެ މީހެއް ނޫނެވެ. މައިރީންއަކީ ކައިލްގެ ހަލާލު އަނބިމީހާއެވެ. މައިރީންގެ ކުރީގެ އެންމެ ގާތް އެކުވެރިޔާގެ ބޭބެގެއެވެ. ކިޔާރާއަށް މިދުވަސް ފެނުމުން އުފާވާނެވަރު މައިރީންއަށް އިހްސާސް ކުރެވުނެވެ. އެހެންނަމަވެސް ކިޔާރާއަކަށް އެ ނަސީބެއް ނުލިބުނެވެ. އޭނަގެ އާއިލާ އަދި ލޯބިވާ ދޮންބެއަކަށްވެސް އެ ނަސީބެއް ނުލިބުނެވެ. ސަބަބަކީ މައިރީން ވަނީ ނުރައްކާތެރި އަނދަވަޅަކަށް ވެއްޓިފައެވެ. މައިރީންއަށް ހިޔާލުތަކުން ނިކުމެވުނީ އޭނަގެ އަތުގައި ކައިލް ހިފައިލުމުންނެވެ.

ކައިލް އެއްމިޔަކަނުން ހީލާފައި ބަލައިލިއެވެ. އެ ތޫނު ދެލޮލުގައިވަނީ ލާނެތްކަމުގެ ވިދުވަރެވެ. މައިރީން ލޯއަޅައިލުމުން ކައިލްގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ކައިވެނިކޮށްދިނުމަށްފަހު ގާޒީ އެތަން ދޫކޮށްފައި ދިޔައެވެ. ދެމަފިރިންނަށް ހާއްސަ އުނދޯއްޔެއް އެތާ ވަނީ ހަރުކުރެވިފައެވެ. އުނދޯލީގެ ވާކޮޅުގައި މަޑު ދަނބުކުލައިގެ ފެއާރީ ލައިޓްސްގެ އިތުރުން ޓޫލިޕް މާތަކެއްވެސް ވަނީ ހަރުކުރެވިފައެވެ. މަޑު ދަނބުކުލައިގެ ފަޑު އަލިން ދެމަފިރިން ފެންނަނީ ޖާދޫވި ގޮތަކަށްށެވެ. ކައިލް މައިރީންގެ ގަޑުފެންފޮދެއްހައި ފިނި އަތުގައި ހިފައިގެން އެ އުނދޯލީގައި އިށީނެވެ. ވަލީމާއަށް ދައުވަތު ދެވިގެން ވަޑައިގެން ބޭފުޅުން ދެމަފިރިންނާ ސަލާމް ކުރުމަށްފަހު ހަދިޔާދިނެވެ. ދެމަފިރިންގެ ފޮޓޯ ކައިވެނީގެ ހަފްލާގައި ބައިވެރިވި މީހުން ނެގުން ރިޔާޒްވަނީ މަނާކޮށްފައެވެ. ސަބަބަކަށްވީ އެ ފޮޓޯތަށް ނުބައި މީހެއްގެ އަތަށް އަރައިފާނެކަމުގެ ބިރު އޮތުމެވެ.

މައިރީން އިނީ ކައިލްއާއި ޖެހި ފިތިގެން އިންނަންވުމުން އުނދަގޫވެފައެވެ. “ވެޑިން ޑްރެސް ރީތިތަ؟” މައިރީންގެ ކަންފަތާ އަނގަ ކައިރިކޮށްލަމުން ކައިލް އަހައިލިއެވެ. މައިރީން ތުންފަތުގައި ދަތްއަޅައިލިއެވެ. އިސްޖަހައިގެން ވާހަކަ ނުދައްކަން ނަދުރުބުނެގެންއިން ފަދައިން އޭނަ އިނެވެ. “އަހަރެންނަށް އެނގޭ ރީތިވާނެކަން.. މިކަހަލަ ކުއްލި ކައިވެންޏަކަށްވިޔަސް ޓައިނީ ބޭނުންވާނެހެން ހީވާ ގޮތަށް އަހަރެން މިއޮތީ މިތަން ޑެކަރޭޓްކޮށްފަވެސް..” ކައިލް ފުންނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. “ކައިލް އެހާ މައިދެކެ ހޭޓް ކުރާއިރު ކީއްވެ ތިގޮތަށް ކަންތައްކުރަނީތި؟ ކީއްވެ މައިއާ މެރީ ކުރީ..” މައިރީން އެހެން މީހުންނަށް އަޑު ނީވޭހައި މަޑުން އަހައިލިއެވެ.

“އެއީ އަހަރެންނަކީ ވިލެންއަކަށް ވީމަ.. އެއީ އޭރުން އަހަރެންނަށް ޓައިނީ ކޮންޓްރޯލް ކުރަން ފަސޭހަވާނެނެތީ..” އަޑަށް ބަރުކަމެއް ގެންނަމުން ކައިލް ބުންޏެވެ. މައިރީންގެ ދެލޯ ބޮޑުވިއެވެ. ކައިލް މައިރީންގެ ބޮޑު ދެލޮލަށް ބަލަން ހުރެފައި ހިނިގަނޑެއް ޖަހައިލިއެވެ. “ތިހާ ވަރަށް ދެލޯ ބޮޑުކުރަންޏާ އައި ސޮކެޓްއިން ވެއްޓިދާނެ..” ހިނިއައިސްފައި ކައިލް ބުންޏެވެ. “ޔޫ އާރ ނޮޓް ފަނީ..” މައިރީން މޫނު ކުނިކޮށްލަމުން ބުންޏެވެ. “އައި ނޯ ރައިޓް.. އައިމް ހިލޭރިޔަސް..” ކައިލް ހިނިގަނޑެއް ޖަހައިލިއެވެ. “ޓައިނީއަށް އެނގޭތަ ކައިވެނި ކުރާ ކަޕްލްސް ތިބޭނީ މީހުންނާ ގްރީޓް ކުރަން ކޮޅަށް.. އެކަމް އަހަރެން ކިހާ ރަނގަޅު.. ޓައިނީގެ ފަޔަށް ތަދުދާނެނެތީ އަހަރެން އުނދޯއްޔެއް ގެނައީ.. އޭރުން މިރޭ ފައި ވަރުބަލިވާ ވާހަކައެއް ނުބުނެވޭނެއެއްނުން ބެޑްރޫމް އެކްޓިވިޓީޒް ފަށަން އުޅޭއިރު..” ލާނެތް ގޮތަކަށް ހިނިއައިސްފައި އިނދެ ކައިލް ބުނެލިއެވެ.

ކައިލްގެ ޖުމުލަޔާއިއެކު މައިރީން މޫނު ކުރިއަށްވުރެ ރަތްވެގެން ދިޔައެވެ. މައިރީން ވަގުތުން ދުރުބަލައިލިއެވެ. ކައިވެނީގެ ހަފްލާގަެ ބައިވެރިން އެތަން ދޫކޮށް ދާން ފެށުމުން ދެމަފިރިން ފޮޓޯ ނަގަން ފޮޓޯގްރަފާއެއް ރިޔާޒް ގެނައެވެ. “ވަރަށް ލޯބިކޮށް ދެމީހުން ދެމީހުންގެ ލޮލަށް ބަލަން ތިބެބާ” އީލާއު ބުނެލިއެވެ. ލަދުގަނެފައި ހުރިވަރުން މައިރީންއަށް ކައިލްގެ ދެލޮލަށް ބަލަން އުނދަގޫވިއެވެ. ކައިލްއަށް އެކަންވެސްވީ މަޖާ ކަމަކަށްށެވެ. ޕާޓީ ނިމުމުން ރިޔާޒް މައިރީންއާ ވާހަކަ ދައްކަން ދުރަށް ގެންދިޔައެވެ. ޝިޔާމާއާ ވީޑިއޯކޯލް ހަދައިގެން ރިޔާޒް މައިރީންއަށް ނަސޭހަތްދިނެވެ. މައިރީން ހުރީ ފެންކަޅިވެފައެވެ. ގަދަކަމުން ކައިވެނި ކުރުވުމުން މައިރީންގެ ހިތުގައި އެ ޝަކުވާވިއެވެ. އެހެންނަމަވެސް އެ ޝަކުވާ ދުލާއި ހަމައަށް ގެންނަން މައިރީންއަށް ނުކުޅެދުނެވެ.

ދަންވާން ފެށުމުން މައިރީންގެ އަތުގައި ހިފައިގެން ކައިލް ގެއަށް ވަދުނެވެ. ކައިލް އޭނަގެ ކޮޓަރިއަށް މައިރީން ގޮވައިގެން ވަދުނެވެ. އެނދުމަތިވަނީ ލެވެންޑާމަލުގެ ފިޔަތަކުން ހިތެއް އަޅާލާފައެވެ. ލެވެންޑާމަލުގެ ވަހުން މުޅި ކޮޓަރިވަނީ އެއްވަސްކޮށްފައެވެ. ދަނބުކުލައިގެ އެކި ޝޭޑްތަކުގެ ފެއާރީ ލައިޓްސްއިންވަނީ ކޮޓަރިތެރެއަށް ފަނޑު އަލިކަމެއް ވެރިވެފައިވެއެވެ. މައިރީން ހުރީ ތުންފިއްތާލައިގެންނެވެ. ކޮޓަރިއަށް ވަދެވުމާއެކު ކުއްލިއެއް ޖަހައި އޭނަގެ އަތް ކައިލްގެ އަތުން މިނިވަންކޮށްލިއެވެ. އަދި އަވަސް އަވަހަށް ތުވާލި ހިފައިގެން ފާހަނައަށް ވަދުނެވެ. މައިރީންގެ އަމަލުން ކައިލްއަށް މާ ބޮޑު ސިހުމެއް ނުލިބުނެވެ. ކަންތައް ވާނީ އެހެންކަން އޭނައަށް ކުރިންވެސް އެނގޭ ފަދައެވެ. ދެލޮލުން ހޯސްލާފައި ކަރުނަތަށް ފައިބަމުން ދިޔައިރު މައިރީން ދިޔައީ ޝޯލްގައި ޖަހާފައި ހުރި ޕިންތައް ނައްޓަމުންނެވެ.

މައިރީންގެ ހިތްވަނީ ޝަކުވާއިން ފުރި ބާރުވެފައެވެ. މައިރީންއަށް އޭނަގެ މައިންބަފައިންގެ ކައިރިން އިހްސާސްވަނީ ހާސްކަމެވެ. ކޮށީގައި ބަންދުކޮށްފައިވާ ދޫންޏަކަށް ކުރެވޭނެފަދަ އިހްސާސެކެވެ. އޭނަ ބޮޑުވެގެންއައިއިރު އޭނަގެ ހަޔާތުގެ ހުރިޙާ ނިންމުމެއް ފަދައިން ނިންމަމުން ދިޔައީ އޭނަގެ މައިންބަފައިންނެވެ. އެންމެފަހުން ހަޔާތުގެ ބައިވެރިޔާވެސް ހަމަޖެއްސީ އޭނަގެ މައިންބަފައިންނެވެ. މައިރީންގެ ގިސްލުމުގެ އަޑުއިވުމުން ކައިލް ދޮރުގައި ޓަކި ޖަހައިލިއެވެ. “ޓައިނީ.. ރޮނީތަ؟ ހޭ ދޮރު ހުޅުވަބަލަ..” ތަޅު ހުޅުވަން މަސައްކަތް ކުރަމުން ކައިލް ބުންޏެވެ.

“ގޯ އަވޭ އައިމް ފައިން..” މައިރީން އަނގަމަތީގައި އަތް އަޅަމުން ބުންޏެވެ. ކައިލް ފުންނޭވާއެއްލުމަށްފަހު އެނދުމަތީގައި ހުރި ފިޔަތައް ކޮޓަރީގެ އެއްކަނަކަށް އަޅައިލިއެވެ. މައިރީން ހަދަނީ ކަނޑައެޅިގެން ދޮގުކަން ކައިލްއަށް އެނގެއެވެ. އަނެއްކާ މައިރީންގެ ބައްޕަ އެއްޗެކޭ ބުނީބާއޭ ކައިލްގެ ހިތަށް އެރިއެވެ. ހެދުމުގެ ފަހަތުގައިއިން ޒިބު ނުދެމިގެން މައިރީން ހާސްވާން ފެށިއެވެ. މައިރީން ފާހަނައިގަ ހުންނަތާ ގަޑިއިރަކަށްވުރެ އިތުރުވުމުން ކައިލް އަނެއްކާ ޓަކިޖަހަން ފެށިއެވެ. “ޓައިނީ ދޮރުހުޅުވަބަލަ.. އަހަރެން ކަމެއްކޮށްފާނެކަމަށް ތިތާ ފިލާ ހުރިއްޔާ ބުނެލަން.. އަހަރެން ޓައިނީގެ ހަށިގަނޑަކު އިނގިލިކުރިވެސް ޖައްސާނުލާނަން ޓައިނީގެ ނުރުހުމުގަ އައި ޕްރޮމިސް..” ކައިލް ހުވާ ކުރިއެވެ.

ފާހަނައިގައި ހުރި މައިރީންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. މައިރީން ހުރީ ކައިލްއަށް ނިދެންދެން ފާހަނައިގަ ފިލާ ހުންނަން އަޒުމް ކަނޑައަޅައިގެންނެވެ. އެހެންނަމަވެސް ކައިލް ޔަގީންކަން ދިނުމުން މައިރީން ނިކުތުނެވެ. “އަދިވެސް ތި ހެދުމުގަ؟؟ ފާހަނައިގަ މިއޮތް ހުރިހާއިރު ކީއްތަ ކުރީ؟؟” ހައިރާންވެފަ ސުވާލުގެ ރާގަކަށް ކައިލް އެއްސެވެ. “ޒިބު ނުދެމުނީ..” ކުރެހިފައިވި އަޑަކުން މައިރީން ބުނެލިއެވެ. “ދެން އެހެންވެގެން ގަޑިއިރެއް ވަންދެން އެތާ ހުރެ ރުއީ ޕިސްޕިސް.. އެކަމަކުވާ ދޯ…” ކައިލް ނިތްކުރީގައި ފިރުމާލަމުން ބުންޏެވެ. އަދި މައިރީން ކޮނޑުގައި ހިފައި ފަހަތަށް އަނބުރައިލުމަށްފަހު ޒިބު ތިރިއަށް ދަމައިލިއެވެ. “އެންމެ ވިހި މިނެޓް ދޭނީ.. މައިރިން ނުނުކުތިއްޔާ މައިރީންއާ އެއްކޮށް އަހަރެން ފެންވަރާނީ..” އިންޒާރުގެ ރާގަކަށް ކައިލް ބުންޏެވެ.

މައިރީންގެ މޫނު ލަދުން ރަތްވިއެވެ. އަވަސް އަވަހަށް ފާހަނައަށް ދެމިގަނެ ތަޅުލިއެވެ. “އަހަރެން އަތުގަ ފާހަނައިގެ ތަޅުދަނޑި އެބަ އޮތް.. ވިހި މިނެޓް އަވަސް ކުރޭ..” ކައިލް ބުނެލިއެވެ. މައިރީން ކުދިކިޔަމުން އަވަސްއަވަހަށް ފެންވަރައިލިއެވެ. ކައިލް އޭނަ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓާލައި ގަމީހާއި ފަޓުލޫނު ބާލައި އުނުގައި ތުވާލި އައްސައިލިއެވެ. ފެންވަރައި ނިމުމުން ހަށިގަނޑު ތުވާލިން ހިއްކުމަށްފަހު، ހެދުންލާން ބެލިއިރު މައިރީންއަށް ނިދަންލާނެ އެއްޗެއް ނުގެނެވުންކަން ހަނދާންވިއެވެ. މައިރީންގެ މޫނަށް ހޫނުކަމެއްވެރިވިއެވެ. މިހާރު ވިހި މިނެޓް ހިގަން ގިނައިރެއް ނުހުންނާނެކަން އޭނައަށް އެނގެއެވެ.

މޫނުދޮންނަ ތަށި ގާތު ހުރި ޕާރިސަލް ފެނި މައިރީން އޭތި ހުޅުވައިލިއެވެ. “ޑޭމް އިޓް..” އޭގެ އެތެރޭގައި އޮތް އެތި ފެނި މައިރީންއަށް ބުނެވުނެވެ. ދަނބުކުލައިގެ އެ ނިދާ ހެދުމުން އޭނަގެ ހަށިގަނޑު ފޮރުވޭނީ ތުވާލިން ފޮރުވޭ މިންވަރަށްށެވެ. އިތުރު ގޮތެއް ނެތުމުން މައިރީން އެ ހެދުންލިއެވެ. އެ ނިދާ ހެދުމުގެ ކަރު ހުރީ ‘ވީނެކް’އެއް ފަދައިންނެވެ. ކިރިޔާ ކޮނޑު ފޮރުވޭފަދަ ލޭސް އަތެކެވެ. މޭގެ ތިރިއަށް ރޫޖައްސާލާފައިވީއިރު އެ ހެދުންކޮޅު ކިރިޔާ ފަލަމަސްގަނޑުގެ މެދާއި ހަމައަށް އަރާކަމެވެ. މައިރީން ސިއްސައިގެން ދިޔައީ ފާހަނައަށް ކައިލް ދެމިގަތުމުންނެވެ.

މައިރިންއަށް ހަޅޭއްލަވައިގަނެވުނެވެ. ކައިލް ހުރީ އުނުގައި ތުވާލިއައްސާލައިގެންނެވެ. މައިރީން އަވަސް އަވަހަށް ތުވާލިން އޭނަގެ ހަށިގަނޑު ފޮރުވޭވަރަކަށް ފޮރުވައިލިއެވެ. ކައިލްގެ ކަތި ނަޒަރު މައިރީންގެ ލޫޅާފަތި ހަށިގަނޑަށް ދަތުރުކޮށްލިއިރު އޭނަގެ ހިއްސުތައް ހޭލަން ފެށިއެވެ. “އަހަރެން ކޮންޓްރޯލުން ނައްޓާތޯތަ ތިކަހަލަ އެއްޗެއް ލައިގެން ތި ހުރީ..” ކައިލް ނޭވާ ހިފައްޓާލަމުން ބުނެލިއެވެ. މައިރީން އަވަސް އަވަހަށް ބޯހޫރުވައިލާފައި ފާހަނައިން ނިކުންނަން ދުއްވައިގަތެވެ. އެހެންނަމަވެސް ދޮރުގައި އަޅާގަނެފައި މައިރީންގެ ތުވާލި ވެއްޓުނެވެ. ކައިލް ދޮރުލައްޕާލީ މައިރީންއަށް ކުރެވުނު ހުވާ ބާތިލް ކުރެވި ދާނޭކަމުގެ ބިރު ހީވުމުންނެވެ.

ހިތް އަވަސްވެފައި ހުރެ މައިރީން އަލަމާރިން ކައިލްގެ އަތްދިގު ހޫޑީއަކާއި ސްވެޓްޕޭންޓެއް ނެގުމަށްފަހުލިޔެވެ. ކައިލްގެ ހޫޑީ ދިގުކަމުން، މައިރީން އެ ހޫޑީލުމުން މައިރީންގެ ކަކުލާއި ހަމައަށް އޭތި ނާރަނީ ކިރިޔާއެވެ. ސްޕެޓްޕޭންޓްސްވެސް ބޮޑުކަމުން މައިރީންގެ އުނަގަނޑުގައި ހަރުވެސްނުލިއެވެ. ނަމަވެސް އެއަށް ބެލުމެއް ނެތި ކައިލް ނުކުތުމުގެ ކުރިން މައިރީން އެނދަށްއަރާ އޮށޯތެވެ. ކައިލް ފެންވަރައިލައިގެން ފާހަނައިން ނުކުތުނެވެ. އެއާއެކު މުޅި ކޮޓަރިން ލެމަންގްރާސް ޝަވާޖެލްގެ މީރުވަސް ދުވަން ފެށިއެވެ.

މައިރީންގެ މޫނުން މައިރީން ރޮއެފައި ހުރިކަން ކައިލްއަށް އެނގުނެވެ. އަދި މައިރީން އޮތީ ނިދާފައި ނޫންކަންވެސް ކައިލްއަށް އެނގުނެވެ. އެހެންނަމަވެސް އެޔަށް ކައިލް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. “ކައިވެންޏަށް ސައުވީސް ގަޑިއިރު ނުވަނީސް މަގޭ ހޫޑީކޮޅު ވަގަށް ނެގިއްޔޭ.. ޕިސް މިއަންހެންވެރިންގެ އަލަމާރިފުރާ ހެދުން އޮތަކަސް ހަމަ އަހަރުންގެ އެއްޗެހި ނޫނީ ނޭނގޭނެ ނަގާކަށް..” މައިރީންއަށް އަޑުއިވޭ ވަރަށް މައިރީން ހެއްވައިލުމުގެ ގޮތުން ކައިލް ބުނެލިއެވެ. ނިދާ ކަމަށް ހެދިގެން އޮތް މައިރީންގެ ތުންފަތަށް ކުޑަ ހިނިތުންވުމެއްވެރިވުމުން ކައިލް ހީލިއެވެ. އަދި ސޯފާގައި ބާލީހަކާއި ރަޖާގަނޑެއް ހިފައިގެން އޮށޯތެވެ. މައިރީންގެ ނުރުހުމުގައި ކައިލް އެއީ އޭނަގެ އެނދަކަސް އޮންނާކަށް ބޭނުމެއްނުވިއެވެ.

ނިދަން އޮށޯއްވެ އޮތް އަލިޝްކާގެ ދެލޮލުގައި ނިދީގެކަންފުޅެއްވެސްނެތެވެ. އަތުގައި އޮތް ފޮޓޯގަނޑަށް ބަލަން އޮތް އިރު އަލިޝްކާގެ ދެލޮލުން ހޯސްލާފައި އަންނަމުންދިޔަ ކަރުނައިގެ މުތީތައް ކޯތާފަތުގައި ބީހިލާފައި ބާލީހަށް ވެއްޓެމުން ދިޔައެވެ. “ދޮންތިއަކަށް ޔާޝް ސަލާމަތެއް ނުކުރެވުނު.. އައިމް ސޯ ސޮރީ..” ގިސްލަމުން އަލިޝްކާ ބުންޏެވެ. އެވަގުތު ބޭރު ދޮރުހުޅުވާލައިފައި މީހަކު ގެއަށް ވަދުނު އަޑުއިވުމުން، އަލިޝްކާގެ ހިތް ބިރުވެރި ގޮތަކަށް ތެޅިގަތެވެ. ކޮޓަރީގައި ހުރި ފިހިގަނޑު ނަގައިގެން ކޮޓަރިން ނުކުތުނެވެ. ސިޓިންރޫމްގެ ބޮކި ދިއްލުމުން އެތަން އަލިވެގެން ދިޔައެވެ. ސޯފާގައި އިށީނދެގެންއިން މީހާ ފެނި އަލިޝްކާގެ ދެބުމަ ގޮށްޖެހުނެވެ. “އައިދިން؟” އަލިޝްކާއަށް ގޮވައިލެވުނެވެ. އައިދިން ވަރުބަލި ގޮތަކަށް އިސްއުފުލައިލާ ބަލައިލިއެވެ. “މިހާރު ކާކު މަރާފަ މަގޭ ކައިރިއަށް ތިއައީ؟” ރުޅިވެރި ރާގަކަށް އަލިޝްކާ އަހައިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

އެކުގައިވާނަން-10

Next

މާޒީގެ ހިތިހަދާންތައް …3

Next
August 25, 2025

މާޒީގެ ހިތިހަދާންތައް …3

Previews
August 24, 2025

އެކުގައިވާނަން-10

20 Comments!

  1. Oreo gurll says:
    August 24, 2025 at 7:48 pm

    Oooohhhh my goddd. Hama bala balaa huttaa thi up kohlee!! It was literally 1 SECOND AGO!!
    Lol.. adhi nuves kiyan
    Yay im the first

    1. Oreo gurll says:
      August 24, 2025 at 7:56 pm

      Alheyy.. i just finished reading it.
      Honestly, haadha bodu plit twist ekey.. emme furathama Maireen and Kail meet vi dhuvahu vx heekurevunee mi dhemeehun varah loabinney marry kuraanee.
      And YET HERE WE ARE!!..
      Kail is so sweet dhww alhey. Maireen ah kihaa rangalhu. But who tf put that purple dress in the bathroom??
      I think emmenah vx engeyne kanneynge mee forced marriage ekkan. So why??
      Honestly, varah varah sweet ingey mi episode. Hama habeys.. aslu Maireen varah dhera vaane dhw..
      So, Maassh 💖💖
      When next episode??

    2. Maash Maash says:
      August 25, 2025 at 11:28 pm

      Hehe Yess Congratsss You are first💜🦋

    3. Maash Maash says:
      August 25, 2025 at 11:34 pm

      Hehe Yeshh vrh bodu twist eh dhww.. hehe the plan was that they’ll have a love marriage but plans change dhww😂😂..
      Yeshhh kail is sweet even tho he tends to be mean.. Must be the party decorators or something😂
      Aww thankss.. I’m happy u liked it.. yeshh aslu maireen hithuga varah shakuvaa ufedheyne ehn vma..
      Next ep insha allah thursday..💜🦋

  2. Aanaa says:
    August 24, 2025 at 8:21 pm

    Masha allah mi part vs vrh reethi
    Alheyyy haadha cuteee eyyyyy kail r mai…mai ekanyeh nun blush vany…2 ainbah vs ihnaane nama dhww..beynunvaane kahala huriha sifaeh eba huri kail gaiga…😭
    Kakulaa hamayah naaraey…ehnvir haadha kuruvaaney…image vs eba kurevey mai kail kaery hunna iru vaane varu
    Layaasha ge dhontha eii alishka..n aidhin eii alishka ge huz tha nuny brother eh tha?
    Aina r yashaal r gulhuvahcheyyy…cover ga rukain n aina ethiby ekaku anekakuge lolah gehli husvefa.aana ah gulheny aina r yashaal…ekm maash ninmaany ehnme rangalhah dhww.yashaal vs einy alishka ah balan
    Curiously waiting
    When next?
    Lyyyyy🫶🏻🫶🏻🫶🏻

    1. Maash Maash says:
      August 25, 2025 at 11:38 pm

      Thankyou soo much Aanaa..
      Dhww they are really cuteee.. Haha I was Blushing writing it too.. I wish darling I wish.. Same girl I wish I could marry him but he is fictional😥.. hehe Kail is really tall eyy..
      Hehe lets see lets see… hehe adhi aina menge bai annaane bodukoh..
      Next part insha allah Thurdayga..
      Love you moreee darlingg💜🦋

  3. Shiu💜 says:
    August 24, 2025 at 8:21 pm

    Mi part vx varah Reethi Masha Allah…
    Finalllyyyy there married.. But Forced Marriage eh veema dhw🥲
    I know that Kail Is gonna be soo rom edhemeehun loabi vaa irah🤭. Mihaaru vx eheree viyya kiyaa echehi, Mai ladhun Maru nuviyya vaa rangalhu 😂
    Who is Yaash and Aidhin ??
    Yaash akee Layaasha, La’yaash’a ?? 🤔🤯😱
    Curiously waiting for the next part..
    Lyssssm Maash 💜

    1. Maash Maash says:
      August 25, 2025 at 11:46 pm

      Awww Thankyou soo much darlll.. I’m happy u liked itt..
      Yeshh fainally they are married..
      hehe lets see dhww.. mi ep ga mai ragalhah ladhu ganuvaafa ehurey
      Aidhin annaane kurin ep ehga.. he tried to push kail to the street ehnun.. Yaash.. well you’ll know..
      hehe lets see lets see..
      Love you moreee darlingg💜🦋

  4. Sumaaa Sumaaa says:
    August 24, 2025 at 8:28 pm

    The whole time I was blushing 😭😭🙈. haadha loabi ey Maireen & Kail ge scenes dho. Can’t wait for the next part… Masha varah molhu 💗. MashaAllah

    1. Maash Maash says:
      August 25, 2025 at 11:51 pm

      Same darll.. the whole time I was writing I was blushing..
      Next part insha allah Thursdayga.. Awww thankyouu soo muchhh..💜🦋

  5. Shaf_maan says:
    August 25, 2025 at 3:02 pm

    Alheyy haadha sweet ey..
    Loagandu kutimathee indhegen adhi mi prt kiyaavx milevuny.. 😭
    I think i got blushed more than mai kahneyne☺️☺️.. Lol😭😂🤣
    Kail n mai ah e dhe myhunge hithuga oiy ehchah dheyne nameh neyngifa ethibyy😭
    I know eah kiyaa nan.. Eah kiyany “LOABI”.. Haha
    N who is aidhin.. Myhaku maraafaey..
    What alishka???
    Marsh what is going on?????
    Let me know the answer😭😭
    Btw mi prt vx vrh reethi Maasha Allah 💜
    Curiosity level above the skyy😭😭
    Whn nxt???????
    Tc.. Lysm Marsh 💜💜💜

    1. Maash Maash says:
      August 25, 2025 at 11:53 pm

      Hehe ehenthrr.. Ragalhah hama thibuney hehe.. lets see koniraku tho dhe meehun ehgalakah arany dhww. Aidhin kuree ge ep ehga annaane.. he tried to push kail into the street..
      Alishka is a new employee yashaalge..
      Adhi thi hurihaa suvaalakah javaabu libeyne dont worry..
      Aww thankyou sooo muchhh.. I’m Happy u liked it..
      Next part insha allah Thursdayga..
      TC.. Love you moree darlinggg💜🦋

    2. Shaf_maan says:
      August 26, 2025 at 7:30 pm

      Oh aneh kury prt ga kail koppaly myha ah innany “aidhan”.
      Ehenve aslu confuse v i guess

  6. Innathu mee says:
    August 25, 2025 at 5:21 pm

    Mi part vx vrh reethi masha Allah
    Alheyy haadha cute ey Mai r kail
    Who is aidhin and alishka n myhaku maraafa ey??
    Curiously waiting
    Whn next???
    Tc
    Ly maash

    1. Maash Maash says:
      August 25, 2025 at 11:55 pm

      Aww thankyou sooo muchhh.. I’m Happy u liked it..
      hehe yeshh they are cutee..
      Aidhin kurin part aku ayee.. You all dont remember hehe😂
      Next part insha allah Thursdayga..
      TC.. Love you moree darlinggg💜🦋

  7. Your fav bab Your fav bab says:
    August 25, 2025 at 7:27 pm

    Alhe bedroom activities😂😂😂
    dhw hama kail hama hilarious eyy!!
    🤦🤦seriously?? Mai heekuranee dhw kail is hating her but I’m pretty sure mai akah ves balan nuhureveyne kail ehen anhenunna eku ulhey iru👀
    Kial nidhan dhen?? Faahanaa therey?? Alhe mai kairee buney mai ge kuda brain in visnaashey! He won’t even sleep without taking a shower after the wedding dhw!!
    Kail hama serious koh ves faahana there ah dhemi gathee dhw!!
    actually I feel bad for mai!! 😭😭 she should actually get to decide some decisions especially the decision where she decide who’ll be her future huz! Tho her parents want the best for her!!
    When next??
    Love how this story is going so far💗💗💗
    Lysssssm

    1. Maash Maash says:
      August 25, 2025 at 11:59 pm

      Hehe yeshh kail is hilarious..
      yeshh asluvx. mai wont be happy either..
      Hehe yess I’ll tell mai..
      Same I also feel bad for mai.. Yeshh She should get to make her life choices dhww..
      Aww thankyou soo much.. I’m happy u liked it
      Next part insha allah Thursdayga..
      TC.. Love you moree darlinggg💜🦋

  8. Maash Maash says:
    August 26, 2025 at 7:56 pm

    Replying to @Shaf_maan
    So sorry dear I thought it was Aidhin.. it was a small mistake hehe.. thank you for noticing that ingey.. so readers I’m sorry for confusing you.. it’s is Aidhan not Aidhin.. Lyssm💜🦋

  9. girl_621 says:
    August 27, 2025 at 10:44 pm

    mi part vx vrh reethi ekamu nt trying tobe rude ingeyyy.. but next ah oi parts thah avahah uplod kohleveytho balcheyy keep up the good work luv uuu

    1. Maash Maash says:
      August 28, 2025 at 8:26 am

      Thank you darling.. I’m happy U liked it.. it’s Okey.. but unfortunately today’s part vx maybe tmr or tonight up kureveny.. cause now job eh ga ulheythiyya plus study kuraathy I’m really busy.. I’m sorry hope you all understand 💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 35←


All Right Reserved!