Skip to content
އެސްފިޔަ

ލޭގެ ބަދަލް-5

“އޭ ދެން މަދަނީ.. ކަމެއް ބޭނުންވެއްޖެއްޔާ ގުޅާލާ..” ކައިޒެން ގޮޑިން ތެދުވަމުން ބުނެލިއެވެ.

“ހޫމް.. އޯކޭ ދެން ދިޔަސް..” އިވާން ބުނެލިއެވެ.

*ޕާރްޓް-5*

އެއީ ދޮންބެ ފްރެންޑް އެއްތަ..؟” ކައިޒެން ނިކުމެގެން ދިޔުމުން އެލްވިން އަހާލިއެވެ.

“ޔާހް.. ބެސްޓް ފްރެންޑް.. ކިހިނެއްވީ..؟” އިވާން އަހާލިއެވެ.

“ކަމެއް ނުވޭ ހަމަ އަހާލީ..” އެލްވިން ބުނެލިއެވެ.

“އާން އެޔެއްނޫނޭ.. އަސްލު ކިހިނެއްވީ ހޮސްޕިޓަލްތެރޭ..؟” އިވާން ސީރިއަސް ވެލިއެވެ.

“އޮފީހުގަ އިންދައި ބޭރުން މާއަޑުގަދަވާތީ ގޮސް ބަލާލީރު އެތާ ރުޅިއަރައިގެން އުޅުނީ ޕެއިޝެންޓް އެއްގެ ބައްޕަ އެއް.. އޭނަ ހުރެގެން ނަރުސް ކުދިންނާއި ދިމާއަށް އެއްޗިހިކިޔަނީ.. އެހެންވެގެން ގޮސް އެއްޗެކޭ ބުނެލީރަށް އައި އެޓޭކެއް..” އެލްވިން ކަންހިގާދިޔަގޮތް ކިޔައި ދިނެވެ.

“އޯހް އެހެންވީ.. ދެން އޯކޭ ވާނެ.. ހީ ހޭޒް ބީން އެރެސްޓެޑް.. ބަލައިގެން އުޅޭނީ ދެން ވެސް..” އިވާން ނަސޭހަތް ލައިދިނެވެ.

ފަޑު އަލިތެރޭގައި ކޮޓަރިމެދުގައި އިން ގޮނޑީގައި އިށީންދެލައިގެން އޭނާ އިނީ ސިގެރޭޓެއް ބޯށެވެ. މޭޒުގެ އެއް ފަރާތުގައި ހުރި ކޮފީތަށިން އޭރުވެސް އާވިއަރަމުން ދިޔައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތީ ހުރި ބޯޑަށެވެ. ބޯޑް ފުރާ އެކިމީހުންގެ ފޮޓޯހުއްޓެވެ. އޭގެތެރޭގައި އިވާން އާއި އެލްވިންގެ ފޮޓޯއެއް ވެސް އިނެވެ. އޭނާ ނުލަފާ ގޮތަކަށް އެއްމިޔަ ކަނަށް ހީލިއެވެ.

އެލްވިން ދޫކޮށް ލެވުނީ އެދުވަހު ހަވީރު އެވެ. އިވާން އާއި ދެމީހުން ގެޔަށް އައިސް އެލްވިން ބޭނުންވީ ފުރަތަމަވެސް ފެންވަރާލާށެވެ. ނަމަވެސް ބެންޑޭޖް އަޅައިގެން ފެންވަރާނެ ގޮތެއް އޭނާއަކަށް ނެއިންގުނެވެ. ގޮތަކަށް ގޮތަކަށް އުޅެގެން އޭނާ ފެންވަރައިލައިގެން ނުކުތެވެ. އޭރު އިވާން ފެންނާކަށް ނެތެވެ. އެލްވިން ފޯނު ހިފައިގެން އައިސް ސޯފާގައި އިށީން ދެލިއެވެ. އޭނާ އަށް ވިސްނެމުން ދިޔައީ ކައިޒެން އާއި މެދުއެވެ. އޭނާ ހާދަރީއްޗެވެ. ހަމަ އެހާ ރަގަނޅުވެސް މެއެވެ. ކައިޒެންގެ ހިޔާލު ތަކުގައި ގެބެމުން ދިޔަ އެލްވިން ސިހުނީ އިވާން ގޮވާލި އަޑެށެވެ.

“ދޮންބެ މިދަނީ ސްޓޭޝަނަށް.. ހީވަނީ ތަންކޮޅެއް ދަންވާ ފަހުންހެން އާދެވޭނީ.. އެލް، ދަންނުވެ ނިދައްޗޭ..” އިވާން އެލްވިންގެ ބޮލުގައި ފިރުމާލަމުން ނިކުތެވެ.

އެލްވިން ބޯޖަހައިލައިފައި އިނީއެވެ. އޭނާ ޓިކްޓޮކް ސްކްރޯލް ކުރަން ހުއްޓައި މީހަކު ބެލްއަޅާލި އަޑު އިވުނެވެ. އެލްވިން ހައިރާންވީ މިގަޑީގައި އަންނާނީ ކާކުކަން ނެއިންގޭތީއެވެ. އޭނާ ގަޑިބަލައިލީރު ހަތެއް ޖަހާފިއެވެ. ބަޑުގައި އަދިވެސް ވޭން އަޅާތީ އެލްވިން އަށް ހިގާބިގާވެ އުޅުންވީ ވޭނަކަށެވެ.  ލަސްހިނގުމެއްގައި އޭނާ ގޮސް ދޮރު ހުޅުވާލިރު ކުރިމާތީ ހުރިި މީހާ ފެނި އެލްވިން ފުދޭވަރަކަށް ހައިރާން ވިއެވެ.

“އޭ ބްރޯ ބޮސް އެބަ ގޮވާ..” ކައިޒެން އިވާން ކައިރިއަށް އައިސް އޭނާގެ މޭޒުގައި ލެނގިލަމުން ބުނެލިއެވެ.

“ޕިސް ޕިސް މީހަކަށް ހަމަޖެހިގެން އުޅެވޭވަރެއް ނޫން..” އިވާން ހިތާހިތާ ކިޔައިލިއެވެ. އޭނާ ގޮސް އިލްހާން އިންނަ ކެބިންތެރެއަށް ވަނެވެ.

“އިށީންދޭ..” އިލްހާން ހިނިތުންވެލައިފައި ބުނެލިއެވެ. އިވާން އަދަބު ވެރިކަމާއި އެކު އިށީނެވެ.

“ކޮބާ މަސަށްކަތް ދަނީ ކިހިނެއް..؟”

“ރަގަނޅު..” އިލްހާން ގޮޑީގައި ހަމަޖެހިލިއެވެ.

“އިވާން އަށް މިއުޅެނީ އެހެން މަސަށްކަތެތް ވެސް ހަވާލު ކުރަން..” އިލްހާން އެހެން ބުނުމުން އިވާން ބަލާލި އެވެ. އަނެއްކާ ކޮންކަހަލަ މަސެއްކަތެއް ހެއްޔެވެ.

“އެއީ ސްޓޭޝަަނަށް އަލަށް ވަންނަ ކުއްޖެއް.. އިވާންވީ އެކުއްޖާ އާއި ހަވާލުވާން.. އެހެންމަ އެކުއްޖާ ހުންނާނީ އިވާންގެ ބެލުމުގެ ދަށުގަ..” އިލްހާން ކިޔައިދިނެވެ.

“ކޮންކުއްޖެއްތޯ..؟” އިވާން ހުރީ އެނގެން ބޭނުންވެފައެވެ.

“އައިޝަތް ހިރާ އަހްމަދް..” އިލްހާން ބުނެލިއެވެ. އިވާން އަށް ބުމަ އަރުވާލެވުނެެވެ. ހާދަ މަޖާ ނަމެކޭ ހިތަތް އެރިއެވެ.

އެވާހަކަ ދައްކާލާފައި އިވާން ނިކުމެގެން އައެވެ. އޭނާ އައިސް ކެބިން އަށް ވަދެ އިށީންދެލިއެވެ. އޭނާ ނިތް ކުރީގައި އަތް އުގުޅާލާފައި އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

“އޭ ބޮސް ބުނީ ކީކޭ..؟” ކައިޒެން އަށް އިވާން އިންގޮތް ފެނި އަހާލިއެވެ.

“މަ މިހުރީ ކުއްޖެ ބަލަންޖައްސާފަ..” އިވާން ބުނެލިއެވެ.

“އޭން..؟؟” ކައިޒެން އަށް އަހާލެވުނެވެ.

“އާން.. ކޮންމެވެސް ހިރާ އަހުމަދެއް ތޯއްޗެއް އޭނާ އެއީ އަަލަށް ވަންނަ ކުއްޖެކޯ..” އިވާން ކިޔައިދިނެވެ.

“ހިރާ އޭ..” ކައިޒެން ފެށީ ހޭށެވެ. އިވާން ވެސް ފެށީ ހޭށެވެ.

ސިޓިންރޫމުގައި ތިބީ އެލްވިން އާއި ވިލްދާގެ އިތުރަށް އިތުރު ފިރިހެންކުއްޖެކެވެ. އެކުއްޖާ އެއީ ގާތްގަޑަކަށް 23 އަހަރުގެ މީހެއްހެން ހީވެއެވެ. އޭނަ ހަމައިދެގެން އެލްވިން އަށް ބަލަނީއެެވެ. އެހެންކަމުން އެލްވިން ހުރީ ފުދޭވަރަކަށް އުދަގޫ ވެފައެވެ. ވިލްދާ މީނާ ގޮވައިގެން އައީ ކީއްކުރަން ހެއްޔެވެ.

“ދޮންތަ ކީއްކުރަން ތިއައީ..؟” އެލްވިން އަހާލިއެވެ. ހަގީގަތުގައި އޭނާ ހުރީ ވިލްދާ އަންނާނެކަމަށް ހީއްކޮށްގެނެއް ނޫނެވެ.

“ދެން އެލް ގަޔަށް ވަޅިހެރުނު ވާހަކަ އެނގުނީމަ އައިސްލީ ހާލުބަލާލަން.. ކޮބާތަ ދޮންބެ..؟” ވިލްދާ ގޭތެރެއަށް ބަލާލައިފައި އަހާލިއެވެ.

“ދޮންބެ ދިޔައީ ސްޓޭޝަަނަށް.. އެކަމު ދޮންތަ އަށް ކިހިނެއް އެނގުނީ އަހަރެންގެ ގަޔަށް ވަޅިހެރުނުކަން..؟” އެލްވިން އަހާލިއެވެ.

“ދެން އެނގޭނު.. ދޮންތަގެ ވަރަށް ގާތް ފްރެންޑް އެއް އުޅޭނެ ހޮސްޕިޓަލުގަ އެހެންވެ..” ވިލްދާ ބުނެލިއެވެ. އިރުކޮޅަކު ހުރުމަށްފަހު ވިލްދާ ދިޔައެވެ. އެމީހުން ނުކުތުމާއި އެކު އެލްވިން އަށް ފުންނޭވާއެއް ދޫކޮށް ލެވުނެވެ. އެފިރިހެން ކުއްޖާ އޭނާ އަށް ބަލާވަރުން އެލްވިން އަށް އިންނަން ޖެހުނީ ގުޑިވެސް ނުލައެވެ. އިތުރަށް ބޭރުގަ ނީންދެ އޭނާ ވަނީ ކޮޓަރިއަށެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. Oreo gurll

    Nice episode! I think its getting interesting day by day.. Im still wondering what will happen in the story. who is that guy that came with Vildha? anekkaa nubai meehehtha? ehaa varah Elvin ah balaakah nujeheyne dhw..
    and that Hiraa. I think Ivaan ge future partner kanneynge.. or smth else. js a guess.
    anyways, varah reethi mi episode ves. when next?

    1. Bloom
      Oreo gurll

      Thank u so much🖤 let’s see what happens dho..I will try to upload the next part as soon as possible IA

Comments are closed.