Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 32

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
August 17, 2025 5 Mins Read
18 Comments

“މައިގެ ފެމިލީ މައި ހޯދާނެ..” މައިރީން އެހެން ބުނުމުން ކައިލް މައިރީންގެ ބައްޕައަށް ގުޅައިލިއެވެ. ރިޔާޒް ހަލޯއޭ ބުނުމާއެކު މައިރީން ކައިލް އަތުން ފޯނު ޖަހައިގަތެވެ. ކައިލް ހިނިއައިސްފައި މައިރީންއަށް ބަލަން އިނެވެ. “ހަލޯ ބައްޕާ ކައިލް މައި ކޮންމެސް ތަނަކު ޗޭނު ޖަހާފަ ބަހައްޓާފަ މިހުރީ..” ޝަކުވާގެ ރާގަކަށް މައިރީން ބުންޏެވެ. “ތިހެންވިއްޔާ ރަނގަޅު.. ކައިލް އޭނަ ތިހުރި ތަނަކުން ދިޔަ ނުދޭތި..” ސްޕީކަރަށްލާފައި ހުރުމުން ކައިލްއަށްވެސް ރިޔާޒްގެ އަޑުއިވުނެވެ. ރިޔާޒްގެ ޖުމުލައިން މައިރީންގެ ދެލޯ ބޮޑުވިއިރު ކައިލް ހިނިގަނޑެއް ޖަހައިލިއެވެ.

***ޕާޓް 32***

***ކުޑަ އިރުކޮޅެއް ކުރި***

ޔާދިންއަށް ހޭލެވުނީ އޭނަގެ ފޯނުގެ އެލާމް ރިންގްވާ އަޑަށްށެވެ. އަވަސް އަވަހަށް ޔާދިން ފޯނު ކަނޑައިލީ ކައިރީގައި އޮތް ދުންޔާއަށް ހޭލެވިދާނެނެތީއެވެ. ރިންގް ކަނޑައިލާފައި ފޯނުން ގަޑި ބަލައިލިއިރު ޔާދިންގެ ލޮލުގައި ރިޔާޒްގެ މިސްޑްކޯލްތައް އަޅައިގަތެވެ. ޔާދިން ފުންނޭވާއެއްލުމަށްފަހު ދުންޔާއަށް އުނދަގޫ ނުވާނެފަދަ ގޮތަކަށް މަޑުމަޑުން އެނދުން ފޭބިއެވެ. އެއަށްފަހު ކޮޓަރިތެރެއަށް އެއްލާލެވިފައިވާ އޭނަގެ ސޯޓުލައިގެން ބެލްކަންޏަށް ނިކުތުނެވެ. ރިޔާޒްއަށް ގުޅައިލުމަށްފަހު ޔާދިން ބޭރު ބަލައިލިއެވެ.

މަތިން އެއްވެސް އެއްޗެއް ނުލައި ހުރުމުން ޔާދިންގެ މަތިހަށި ހުރީ ހާމައަށްށެވެ. އިރުގެ އަލި ޔާދިންގެ ފިރެހެންވަންތަ ހަށިގަނޑަށް އެޅެނީ ސިހުރުވެރި ގޮތަކަށްށެވެ. އަށާވީސް އަހަރު ނަމަވެސް ޔާދިން އަދިވެސް ހީވަނީ ވިހި ފަންސަވީސް އަހަރުގެ ނޫކަށިފުރައިގެ ޒުވާނެއްހެންނެވެ. ބަނޑުގެ މަސްތައް ތަރުތީބުން އެތުރިފައިވީއިރު ޔާދިންގެ މުލައްދަނޑީގެ މަސްތައްވެސް އެތުރިފައިވަނީ ފުރިހަމަކޮށްށެވެ. ތުނިތުނިކޮށް ފަޅާފައިވި ތުނބުޅީގެ ސަބަބުން އޭނަގެ ފިރެހެންވަންތަކަން އިތުރުކޮށްދެއެވެ. “ކިހިނެތްވީ މިގަޑީގަ ތި ގުޅީ ޔާދިން؟” ފޯނު ނެގުމަށްފަހު ނިދިއަޑަކުން ރިޔާޒް ސުވާލުކޮށްލިއެވެ. “ގުޅާފަ އޮތީމައާއެކު އަދި އަޅުގަނޑަށް މައިރީންއާ ކައިވެނި ކުރެވެން ނެތް ވާހަކަ ބުނަން.. މާފް ކުރޭ މައިރީންގެ ބައްޕާ..” މަޑުމަޑުން ޔާދިން ބުންޏެވެ. އެއާއެކު އިވުނީ ރިޔާޒް ޔާދިންގެ ކަންފަތް މައްޗަށް ފޯނު ކަނޑައިލި އަޑެވެ.

ޔާދިން ފުންނޭވާއެއް ދޫކޮށްލިއެވެ. ދުވަސްގަނޑަކަށްފަހު އޭނައަށް ކަންތައް މި ކުރެވެނީ ރަނގަޅަށޭ ހީވާން ފަށައިފިއެވެ. މަޑު ހިނގުމެއްގައި ކޮޓަރިއަށް ވަދެ ބެލްކަނީގެ ދޮރުލައްޕައިލިއެވެ. އެވަގުތު ދުންޔާގެ ގައިގައި އަޅާފައި އޮތް ރަޖާގަނޑަށް ލޮޅުމެއްވެރިވިހެން ޔާދިންއަށް ހީވިއެވެ. ބޯ ފޮރުވެންދެން ރަޖާ އަޅައިގެން އޮތް ދުންޔާ ފެނި ޔާދިންއަށް އެއްމިޔަކަނުން ހީލެވުނެވެ. ރޭގަ އުޅެވުން ގޮތް ހިތަށްއަރާ މިހާރު އެއޮތީ ލަދުންކަން ޔާދިންއަށް ޔަގީނާ ގާތަށް ބުނަން އެނގުނެވެ. “މޯރނިން މައި ނޯޓީ ވައިފީ..” ލާނެތް ގޮތަކަށް ޔާދިން ބުނެލިއެވެ.

ދުންޔާ އެއްޗެކޭ ނުބުނުމުން ހިނިގަނޑެއް ޖަހާލާފައި ދުންޔާގެ ގައި މައްޗަށް ވެއްޓިގަނެ ދުންޔާގެ ހަށިގަނޑުގައި ގިލިގިލިކޮށްޓަން ފެށިއެވެ. “ހިއެއްވެސް ނުކުރަން ދޫނި އެހާ ނޯޓީ ވެދާނެ ކަމަކަށް ރޭގަ.. ހަމަ އަހަރެން ކާލީއޭ ދޯ.. އަހަރެން ހީކުރީ ދޫނިގެ ސިފައިގައި ހުރި ފުރޭތައެއްކަމަށް..” ލާނެތް ގޮތަކަށް ޔާދިން ބުންޏެވެ. އޭރު ދުންޔާގެ ހުނުމުގެ އަޑު ކޮޓަރިތެރެއިން އިވެއެވެ. “ދިން އެހާ ދެރަވެފަ ހުރީމައޭ ސްޓޮޕް ޓީސިން މީ” ދުންޔާ ލަދުން އޮވެ ހެމުން ބުނެލިއެވެ. ޔާދިން ހީލުމަށްފަހު ރަޖާ ދަށަށް ވަންނަން އުޅުމުން ދުންޔާ ދުރަށް ޖެހުނެވެ. “ކިހިނެތްވީ؟ އަހަރެންނަށް ނުފެންނަތަނެއް ތި ހަށިގަނޑަކު ނޯންނާނެ ދެން ހެހެ..” ޔާދިން ހެމުން ބުނެލިއެވެ.

***މިހާރު***

މައިރީން ހުރީ އޭނަގެ ބައްޕަގެ ޖުމުލައިން ހައިރާންވެފައެވެ. “ބައްޕާ..” މައިރީން ރިޔާޒްއަށް ގޮވައިލިއެވެ. “ކޮން ބައްޕައެކޭ ކިޔާކަށް.. ބައްޕަ މިހުރީ މައިރީންދެކެ ވަރަށް ރުޅި އައިސްފަ.. ލާރާވެސް ހުރީ ރުޅިއައިސްފަ.. މައިރީންގެ ހިތަށް ކޯއްޗެއް އަރައިގެންތަ މާޔަލް ގޮވައިގެން އަޅެފަހެ ސަހަރާއަށް ދިޔައީ؟؟ ނުރައްކާތެރި ކޭހެއް ބަލަމުން ދާއިރު ވިސްނައިގެން ދޯ އުޅެންވާނީ.. އެކަމަކު މައިރީން އެހެނެއްނޫން.. އަމިއްލަ ދޮންބެ ގެއްލިގެން އުޅޭއިރު އެ ދޮންބެގެ ދަރިފުޅުވެސް ނުރައްކަލަކަށް ވައްޓާލާފަ މައިރީން ތިހުރީ..” ރިޔާޒް ރުޅިއައިސްގެން މައިރީންއާއި ދިމާލަށް އެއްޗެހި ގޮވަމުން ދިޔައެވެ.

ކުއްލިއަކަށް މައިރީންއަށް މާޔަލްއާއި މަޔާންއާއި މެދު ވިސްނައިލެވުނެވެ. އެދުވަހު ހިނގި ކަންތައްތަކުގެ ސަބަބުން މައިރީންގެ ހަނދާނުން މާޔަލް ވަނީ ކައްސާލާފައެވެ. އަމިއްލަ ބައްޕަ ގެއްލި އަދި ދައްތަ ބަޔަކު ގެންދިޔަތަން ތުއްތު ކުއްޖަކަށް ފެނުމުން ގަންނާނެ ބިރު މައިރީންއަށް އަންދާޒާ ކުރަން އުނދަގޫވިއެވެ. ބައްޕަ އެބުނަނީ ތެދެކެވެ. މިހުރިހާ ކަމެއްވެސް މިވަނީ މައިރީންގެ ސަބަބުންނެވެ. މައިރީންގެ ދެލޯ ކަރުނައިގެ މުތީތަކުން ބަބުޅަން ފެށުމުން ކައިލް މަޑުމަޑުން މައިރީންގެ އަތުން ފޯނު އަތުލިއެވެ.

ބަދިގެއަށް ވަދެ ރިޔާޒްއަށް ވިސްނައިދެވޭތޯ އުޅެން ފެށިއެވެ. “ބޭބޭ އަޅުގަނޑު ކުރިންވެސް ބުނީމެއްނުން އެކަމުގަ މައިރީންގެ ކުށެއްނެތޭ.. ބޭބެ ތިހެން އެއްޗެހި ކިއީމަ މައިރީންވެސް ދެރަވާނެއްނުން.. އެމީހުން މައިރީން ރަހީނު ކުރިއިރު މައިރީންވެސް ކިހާ ބިރެއް ގަންނާނެ…” ކައިލް ރިޔާޒްއަށް ވިސްނައިދެވޭތޯ އުޅެން ފެށިއެވެ. ރިޔާޒް ކުޑަކޮށް ހަމަޖެހިލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. “މައިރީން ތިތާ ބަހައްޓާ.. އަހަރެންނަށް ރަނގަޅީ ވީހާވެސް އަވަހަކަށް ކައިލް މައިރިންއާ ކައިވެނި ކުރިއްޔާ.. އެހެންނޫނީ އަހަރެންނަށްވެސް ހޯދޭނެ މައިރީންއާ ކައިވެނި ކުރާނެ މީހުން.. ޒުވާން މުއްސަނދި ލޯޔަރަކާ ކައިވެނި ކުރަން ބޭނުންވާ މީހުން މި މާލޭގަވެސް މަދެއްނުވާނެ..” ރިޔާޒް ބުންޏެވެ.

ކައިލް އޭނަގެ އަމިއްލަ އަތުން އޭނަގެ ނިތުގައި ޖެހިއެވެ. “އަހަރެން… އަޅުގަނޑު.. މައިރީންއާ ކަ..ކައިވެނި ކުރާނަން..” ބުނަން އުޅުނު ޖުމުލަ އަނގައިން ބޭރުކޮށްލެވުނީ އަޅައަޅައިގަނެގެން ފަދަ ގޮތަކަށްށެވެ. އެއާއެކު ކައިލްއަށް އޭނަގެ ދުލުކުރީގައި ދަތް އަޅައިލެވުނެވެ. އޭނައަށް މިކުރެވުނީ ކީއްހެއްޔެވެ؟ އެ ކުޑަ ހަންޑިގަނޑާއެކު އޭނަ ކެތްކުރާނީ ކިހިނެތް ހެއްޔެވެ؟ އެހެންނަމަވެސް މައިރީން އެހެން ފިރެހެނެއްގެ ހައްގަކަށްވާތަން ބަލަން ކައިލްގެ ހިތް ކޮންމެވެސް ސަބަބަކާއި ހުރެ ނުރުހުނެވެ. “ޝުކުރިއްޔާ ކައިލް.. އަހަރެންގެ ޅީދަރިއަކަށް ބޭނުމީވެސް ކައިލް ފަދަ ކުއްޖެއް.. މިއަދު މައިރީން ކައިރީ ބުނޭ ރަން ކިޔަން ތައްޔާރުވާށޭ.. ހަތް ދުވަސްފަހުން ތިރަށުގަ ކައިވެނި ކުރާނީ..” ރިޔާޒް ހިނިތުންވެލާފައި ބުނުމަށްފަހު ފޯނު ކަނޑައިލިއެވެ.

ކައިލް ދެލޯ ބޮޑުކޮށްލައިގެން އިދެ ފޯނަށް ބަލަމުން ދިޔައެވެ. “ވަޓް ދި އެކްޗުއަލް.. ޑޭމް އިޓް ކައިލް.. ވަޓް ހޭވް ޔޫ ގޮޓް ޔުއާރ ޑަމް އޭސް އިން ޓު..” ކައިރީގައި ހުރި ފާރުގައި މަޑުމަޑުން ބޯޖަހަމުން ކައިލް ބުންޏެވެ. “ދެޓް ޓައިނީ ޕާރވާޓް އެންޑް މީ؟ ގޮނަ މެރީ؟ މޭ ދިސް ބީ އަ ނައިޓްމެއާރ..” ހިތާއި ހިތުން އެހެން ކިޔާފައި ކައިލް އޭނަގެ އަތުގައި އަމިއްލައަށް ވިކައިލިއެވެ. “އާހް ނޯ ނޮޓް އަ ނައިޓްމެއާރ.. އާރގްގްގ..” ކައިލްއަށް ބުނެވުނެވެ. ކައިލް ލަސް ފިޔަވަޅުތަކެއްގައި ބަދިގެއިން ނުކުތުނެވެ. އޭރު މައިރީން އިނީ ސޯފާގައި ކުރުގެޅިލައިގެން ކަކޫގައި ބައްދާލައިގެންނެވެ. ދޭތެރެއަކުން ނޭފަތް ދަމާލާ އަޑުއިވުމުން، މައިރީން ރޮނީކަން ކައިލްއަށް އެނގުނެވެ.

ކައިލް ސޯފާގެ މަގަތުގައި އިށީނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ކައިލްއިނެވެ. އެއްފަހަރު އަނގަ ހުޅުވައިލާފިއްޔާ އަނެއް ފަހަރު އަނގަ ލައްޕާލައެވެ. އެހެން ދިހަ މިނިޓް ފާއިތުވިއެވެ. ދޮރުގައި މީހަކު ޓަކިޖެހުމުން ކައިލް ހައިރާންވިއެވެ. އެގެއަށް އެވަގުތު އަންނާނެ މީހެއް ކައިލްއަކަށް ނޭނގުނެވެ. ދޮރުގައި އިން ލޯވަޅުން ކާކުތޯ ބަލައިލިއިރު ދޮރު ކުރިމަތީ ދެ މީހަކު ހުއްޓެވެ. އެވަގުތު ރިޔާޒްގެ މެސެޖްއެއް ކައިލްއަށް ލިބުނެވެ. “މައިރީން ލައްވާ ރަންކިޔަން ފޮނުވި ދެހެކިވެރިން ތިބޭނެ ތިގޭ ކުރިމަތީގަ މިހާރު..” ކައިލްއަށް އޭނަގެ އިސްތަށިގަނޑަށް އަތްމަހައިލެވުނެވެ. ކުރަންވީ ކަމެއް ނޭނގިފައި ހުއްޓައި އަނެއްކާވެސް އެމީހުން ޓަކިޖަހައިލިއެވެ. “އެހަށް މަޑުކޮށްލާ..” ކައިލް އެހެން ބުނުމަށްފަހު އަވަސް އަވަހަށް މައިރީން ކައިރިއަށް ދިޔައެވެ.

މައިރީންގެ އަތުގައި ހިފުމަށްފަހު ކޮޅަށް ނެގިއެވެ. ކައިލްގެ ކުއްލި ހަރަކާތުން މައިރީން ސިހުނެވެ. “ކިހިނެތް-” މައިރީންގެ ޖުމުލަ ފުރިހަމަ ކުރެވުމުގެ ކުރިން ކައިލް ވާހަކަ ދައްކަން ފެށިއެވެ. “މައިރީން ބައްޕަ މައިރީންގެ ކައިވެންޏަށް ރަންކިޔަން ދެ ހެކިވެރިން ފޮނުވައިފި.. ތި ދެލޯ ފޮހެގެން ރީއްޗަށް ހުރޭ..” ކުޑަކޮށް ހަރުކަށި ރާގަކަށް ކައިލް ބުންޏެވެ. “ވަޓް ކާކާ؟” ދެލޯ ބޮޑުކޮށްލަމުން މައިރީން އަހައިލިއެވެ. ކައިލް ކޮނޑުއަރުވައިލަމުން މައިރީންގެ ދެލޯ ފޮހެދިނެވެ. “ކައިލް ޕްލީޒް މައި ބޭނުމެއް ނޫން ކައިވެނި ކުރާކަށް.. ބައްޕަ އެހެން ހަދަން އުޅުނު ކުރިންވެސް.. އެކަމަކު މައި ބޭނުމެއްނޫން..” މައިރީންގެ ބަޑި ފަޅައިގެން ދިޔައެވެ.

އަހަރުތަކެއް ކުރިން ޔާދިންގެ ތެލަސީމިއާކާޑުގެ ނަތީޖާ އެނގުމުން ރިޔާޒް އޭނަ ދެވަން އުޅުނު ގޮތް މައިރީންގެ ހިޔާލަށްއައެވެ. މައިރިން ރޯން ފެށުމުން ކައިލްއަށް ކަންތައް ބޮޑުވިއެވެ. “މައިރީން ބޭނުންވިޔަސް ނުވިޔަސް ޖެހޭނީ ކައިވެނިކުރަން.. މައިރީންގެ ބައްޕައަށް ގުޅަންވީތަ އޭނ؟” ކައިލް ތަންކޮޅެއް ބާރަށް ބުނުމުން މައިރީން ބޯހޫރުވައިލުމަށްފަހު، މަޑުމަޑުން ލޯ ފޮހެލައި އިސްޖަހައިލިއެވެ. ކައިލް ދެ ހެކިވެރިންނަށް އެތެރެއަށް ވަނުމުގެ ހުއްދަ ދިނުމުން އެމީހުން ވަދުނެވެ. “އަސްޢަލާމުއަލައިކުމް އަޅުގަނޑަކީ އަހްމަދު ސާއިދު ދެން މިހުރީ ހަސަން ފައިލަމް.. ތިޔަފަރާތުން ކައިވެންޏަށް ކިޔަން ބޭނުންފުޅުވާ ރަނުގެ އަދަދު ވިދާޅުވެދެއްވާ..” އަމިއްލަ ތަޢާރަފެއްދެމުން ސާއިދު ބުންޏެވެ.

މައިރީން ތުންފިއްތައިލައިގެން އަނގައިން ބަހެއް ބޭރުކުރުމެއްނެތި އިނެވެ. ކައިލް މަޑުމަޑުން މައިރީންގެ ކޮނޑުގައި ޖެހިލިއެވެ. “މާފުކުރޭ އޭނީ ކުޑަކޮށް ލަދުގަނެފަ.. މައިރީން..” އިންޒާރުގެ ރާގަކަށް ކައިލް ގޮވައިލިއެވެ. ކުއްލިއަކަށް މޮޔަ ހިޔާލެއް މައިރީންގެ ބޮލަށްވެރިވެގަތެވެ. ބޮޑު އަދަދަކަށް ނުވަތަ އެއްޗަކަށް ރަންކިޔުމުން އޭނަ އިންނަން އުޅޭ މީހަ ބިރުން ފިލާފާނެއޭ މައިރީންގެ ހިތަށް އެރިއެވެ. އެހެން ހިތަށް އެރުމުން އިސްޖަހައިގެން އިނދެ މައިރީންގެ ކުޑަ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. “އަހަރެން ރަންކިޔާނީ އުނދުހޭ އަހަކަށް.. ޔޫ ނޯ ޕޯނީ؟؟” މައިރީން އެހެން ބުނުމުން ކައިލްއަށް ނޭވާ ހިފައްޓާލެވުނެވެ. ދެ ހެކިވެރިންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ވުޖޫދުގަ ނުހުންނަ އެއްޗަކަށް ރަނެއް ނުކިޔޭނެ ހެހެ..” ކަރުކެހިލަމުން އޭނަގެ ހުނުން މަތަކުރަން މަސައްކަތްކުރަމުން ފައިލަމް ބުނެލިއެވެ.

އެންމެން ހޭންފެށުމުން މައިރީން ރަކިވިއެވެ. އެހެންނަމަވެސް އޭނަ އެކަން ދޫކޮށްލާ ހިތެއްނުވިއެވެ. “އެހެންވިއްޔާ ފަސްދޮޅަސްއެއްހާސް ދުވިސްތަ ހަ ރުފިޔާ ފަންސަވީސް ލާރި..” މައިރީން ގޮޑީގައި ހަމަޖެހިލުމަށްފަހު ބުނެލިއެވެ. މައިރީންގެ އަދަދުން ކައިލްއަށް ހިންދިރުވާލެވުނެވެ. “މި ކަލޭގެ މިއުޅެނީ މަގޭ ލާރިކޮޅު ނުކާލެވިގެންތަ؟ ގައިމު މީނައަށްވެސް ލިބޭނެ އެވަރަށް ލޯޔަރަކަށް ވީތީވެސް..” ހިތާއި ހިތުން މައިރީންއާއި ދިމާލަށް ކައިލް އެތިވަރު ގޮވައިލިއެވެ. މައިރީންއަށް އޭނަ ކައިވެނިކުރަން އެއުޅެނީ ކައިލްއާ ކަން ނޭނގޭކަންވެސް ކައިލްއަށް އެނގެއެވެ. އެހެންނަމަވެސް ކައިލް އެކަން އަންގާކަށް ބޭނުމެއްނުވިއެވެ. ދެހެކިވެރިން ރަން ނޯޓްކޮށް މައިރީންގެ ސޮއި ހޯދައިގެން އެތަނުން ދިޔައެވެ.

މައިރީން އެއްމިޔަކަނުން ހެވިފައި އިނީމަ ކައިލް އެއްބުމަ އަރުވައިލިއެވެ. “ދެންމެ މަގޭ ކައިރީ ރޮއެރޮއެފަ މިހާރު ހުރެގެން ތިހެނީ.. އަނެއްކާ މިތާ ބަންދުވެފަ ހުރީމަ މޮޔަވަނީތަ.؟.” ކައިލް ޖެއްސުން ކުރާ ފާޑަކަށް އަހައިލިއެވެ. “ހޭނެއެއްނުން މައިއަށް ޔަގީން ދެން މައިއާ ކައިވެނި ހަމަޖައްސާފަ ހުރި މީހަ ބިރުންވެސް ފިލާނެކަން ރަނަށް ކީ އަދަދު ފެނި..” ހެވިފައި އިދެ މައިރީން ބުންޏެވެ. ކައިލް ގާތަށް ހިނިއައެވެ. “ހަހަ މައިރީން ވަރަށް މޮޅު.. ވެދާނެއެއްނުން މުއްސަންޖަކަށް ކަމަށް މައިރީންގެ ބައްޕަ މައިރީން ދެވަން އުޅެނީ..” ކައިލް އެއްބުމަ އަރުވައިލަމުން ބުންޏެވެ. “ތިހެންވިއްޔާ އޭނަ އިނދެފަ ވަރިކުރާވަރު ކުރާނަން.. އެހާ ވަރަށް އުނދަގޫކޮށް ޖެއްސުން ކުރާނަން..” ފޮނިވެފައި އިނދެ މައިރީން ބުނެލިއެވެ.

ކައިލް ހިނިއައިސްފައި މައިރީން ދައްކާ ވާހަކަ އަޑުއަހަންއިނެވެ. “އަހަރެން ބުނާނަން ތި މީހައާ ދިމާލަށް ނިދުމުގެ ކުރިން ޓައިނީގެ ދެ އަތާ ފަޔާ އެނދުގަ އައްސާފަ ނިދާށޭ… އެހެންނުން ވާނީ ތި ބުނީ ވިއްޔާ އެސޮރު ހޭލުމުގެ ކުރިން ޕާރމިނަންޓް މާކަރުން އެސޮރުގެ މޫނުގަޔާ ހުރިހާ ތަނެއްގަ ކުރަހާނަމޭ..” ހިނިއައިސްފައިހުރެ ކައިލް ބުންޏެވެ. “ކައިލްއަކަށް ނޭނގޭނުން އެއީ ކާކު ކަމެއް އެހެންވީމަ އަނގަމަޑުންލައިގެން ހުރޭ..” ކައިލްގެ އަތުގައި ޖަހައިލަމުން މައިރީން ބުންޏެވެ. “ހޫން ހެވޭ ހެވޭ އަވަހަށް ސައިބޯން އުޅޭ..” ކައިލް ހީލަމުން ބުނެލިއެވެ. މައިރީން އޭނަގެ ވާން އުޅޭ ފިރިމީހާއަށް ޖެއްސުންކުރާނެ ގޮތް ކައިލްއަށް ކިޔައިދެމުން ދިޔައިރު، އެއްއިރެއްގައިވެސް ކައިލް އޭނަގެ ވާން އުޅޭ ފިރިމީހައަށް ވެދާނެއެކޭ މައިރީންގެ ހިތަކަށް ނާރައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ކަޅު ބުޅާ 23

Next

މަޢާފް އެދެމުން 47

Next
August 17, 2025

މަޢާފް އެދެމުން 47

Previews
August 17, 2025

ކަޅު ބުޅާ 23

18 Comments!

  1. Eshal says:
    August 17, 2025 at 9:13 am

    V v v salhi mi part ves…v kiya hithun indha mi part ves nimuny….waiting for the next part❤️😊

    1. Maash Maash says:
      August 17, 2025 at 2:03 pm

      Aww thank you.. I’m happy U liked this part.. next part Insha allah Thursday ga..💜🦋

  2. White rose White rose says:
    August 17, 2025 at 9:30 am

    Salhi eyyyy.
    Mi vhk konme ba eh ves hama ehaa majaa.
    Thnxxxx maash mihaaa furihama vhk kiyaalumuge naseeb dhin kamah.
    So eager for next partt.
    Lysm 🫶🏻🫶🏻🫶🏻

    1. Maash Maash says:
      August 17, 2025 at 2:04 pm

      Thank you so much white rose.. I’m happy U liked it hehehe.. kurin 2 parts ga ma sad v ma mi part majaakohlee mi hehe.. see your welcomess.. love Ur stories too.. next part Insha Allah Thursday ga.. love you more💜🦋

  3. Aanaa says:
    August 17, 2025 at 10:10 am

    Masha allah mi part vs vrh reethi
    Awww yaadhin n dhunya soo cuteee
    Mai r kail ge koalhun
    Hithah araa mai ge hux ah vaan ulhenee kail kan enguniyyaa kihihn baawye mai hadhaanyy
    Kithanme bodu ageh kiyas kail nudhaaneh mai dhookohfaeh
    Curiously waiting
    When next?
    Lyyyyy🫶🏻

    1. Maash Maash says:
      August 17, 2025 at 2:06 pm

      Thank you so much Aana. I’m happy U liked it.. hehe yaadhin and dhunya abadhuvx cute vaaney.. hehe emanje ladhun maruvaa varu vaane ehnun 😂😂.. haha let’s see what happens dhww.. next part Insha Allah Thursday ga.. love you more💜🦋

  4. AI_NA says:
    August 17, 2025 at 11:50 am

    ♥️♥️♥️

    1. Maash Maash says:
      August 17, 2025 at 2:06 pm

      💜🦋

  5. Dhon_thii89 says:
    August 17, 2025 at 1:01 pm

    Mi part vx vrh reethi
    Alhey maireen akah neynge dhw vaan hulhey firimeehaa kaireega hurihaa plans thakeh kiyey iru vx😂
    Dhunya and yaadhin vrh loabi
    When is next?
    Lyssm maash💜

    1. Maash Maash says:
      August 17, 2025 at 2:08 pm

      Thank you so much darling.. I’m happy you liked this part.. haha yeahh mai akah neyge vaan ulhey firimeeha kairy kameh hurihaa reyvun thakeh kiyeney.. well at least Kail is getting a heads up😂😂.. next part Insha Allah Thursday ga.. love you moree💜🦋

  6. Shiu💜 says:
    August 17, 2025 at 3:36 pm

    Mi part vx varah Reethi Masha Allah..
    Dhunya and Yaadhin sooooo romantic🤭
    Mai and Kail ge koalhun gandu kiyaafa heeeheeee halaaku vejje 🤣
    Vaaan ulhey firimeeha akee Kail Kan Mai ah engey irah vaanee kihineh baa.. 😅 She’s gonna be soo Embarrassed 😳.
    Curiously waiting for the next part..
    Lysm Maash 💜

    1. Maash Maash says:
      August 17, 2025 at 5:18 pm

      Thank you so much I’m happy U liked this part.. asluvx they are really rom..
      Hehe kail men abadhuvx thibeny koalhila koalhila ehnun.. frr she will be so embarrassed haha.. next part insha’Allah Thursday ga.. love you more darling 💜🦋

  7. Your fav bab Your fav bab says:
    August 17, 2025 at 6:43 pm

    Aslu vx mai and kail ge koalhun gandu maa funny vejje! Lmao😂😂😂
    Vaan ulhey huz ge kurimathy, vaan ulhey meeheh neygeyey kiyaafa anga madun laashey ves bunefi ennu😂😂😂
    Vaan ulheny kail aakan engumun imagine kuran ves dhathi! Rangalhah viyyaa tomato akah vure red vaane kanne👀
    Hehe mai heekuree dhw e meehaku mai ah birah filaaney ran kee adhadhun. Ekamaku kail mai dhuleh nukuraaney dhw 1 quadrillion ah kiyas😂
    Btw When next?
    Love this part whole heartedly 💗💗💗
    Lysm

    1. Maash Maash says:
      August 18, 2025 at 11:29 am

      Hehe yess their koalhun abadhuvx majaa vaaney..😭😭.. yageenehnun thikan.. mai ladhun innaany halaaku vefa.. hehe dhogeh noon.. next part Insha Allah Thursday ga.. aww thankss I’m happy U liked it..
      Love you moree 💜🦋

  8. girllyy_ says:
    August 17, 2025 at 11:45 pm

    mi part vx v reethi masha allah
    ongg finally yaadhin rangalhu decision nagaifi
    mashallah dhunya n yaadhin soo cute
    alhe ekm mai bappa nuvaane ennu ehen hadhan mai ah
    bt kail n mai gulheythee v happy
    hithah aranee mai ah kihineh baaey vaanee mai marry kurany kail aa kan engunyma hehe
    soo curious
    when next?

    1. Maash Maash says:
      August 18, 2025 at 11:32 am

      Thank you so much girllyy.. I’m happy U liked it.. hehe yeshh emme fahun yaadhin ah visnijje.. dhww they are always cutee.. hehe mai bappa dhen kail men gulhuvnun e.. edhemeehun nugulhuvi nama hunnaany abadhu koalhila koalhila neyge mi in dhuvahaku marry kuraane kamen😂.. let’s see how mai will react dhww.. next part Insha Allah Thursday ga 💜🦋

  9. Oreo gurll says:
    August 18, 2025 at 4:04 pm

    Hiii Maaashh <3
    Do you remember mee? I really hope you do. and first of all, I really thank you for mentioning my name in the reader comments, when you, like, emme last story nimmaali iru. In'Sha'Allah mi story ves, miadhun feshigen my complete support libeyne.
    aslu, mi dhiya dhuvasthakuga kuda problem eh jehigen comment nukurevunee ingey, but hurihaa episodes eh ves keen. varah interesting!!!
    Mi story is hama habeyss. varah inthizaaru eba kurevey next episode ah.. Kail and Maireen ge koalhun thah dhww!!! heehee balivejje.
    When next episode? waitiinggggggg
    Take caree! lysmmm <3

    1. Maash Maash says:
      August 19, 2025 at 4:44 pm

      Heyyy Oreo gurll..
      Of course I remember you darlinggg.. I missed you so muchh.. aww your welcome.. I’m happy I’ll get your support after this.. thankss I’m happy U liked this story.. next ep Insha allah Thursday ga. Take care..
      Love you moree💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 33←


All Right Reserved!