ހިތް އެދެ ޔާރާ ތިއޭ – 30
“ކަލޭ މަގޭ ދަރިންނާ ވަރަށް ބައްދަލު ކުރާހިއްވޭނުން ދޯ.. އެމީހުން އަންނާނެ އިރުކޮޅަކުން.. އޭރުން ކަލެޔަށްވެސް މީގެ ތޭރަ އަހަރު ކުރިން ކަލޭގެ އެކުވެރިޔާއަށް ހަދައިލިގޮތް ހެދާފަ ދޫކޮށްލާނީ.. އަަހަރުން ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅެންޔާ އެހެނެއްނުން ދެން ހަދާނީ.. އޭރުން މަ ބަލާނަމޭ ގައްޑާވެގެން އުޅެވޭތޯ..” މެދު އުމުރުގެ މީހާ ނުރައްކާތެރި ގޮތަކަށް ބުންޏެވެ. މައިރީންގެ މޫނު ހުދުވެގެން ދިޔައެވެ.
***ޕާޓް 30***
އެމީހުން މައިރީންއާ ކައިރިވާން ފެށުމުން މައިރީންގެ ހިތުގެ ތެޅުން އަވަސްވިއެވެ. ކުއްލިއަކަށް ފާޑެއްގެ ބޯޅައެއް ފަދަ އެއްޗެއް މީހަކު އެތަނަށް އެއްލިއެވެ. އެ ބޯޅައިން ނިކުތް ދުންތަކުން އެމީހުން ކޮށިއެރިއެވެ. އިރުކޮޅެއްފަހުން މައިރީންގެ އިތުރުން އެތާ ތިބި އެންމެން ހޭނެތިގެން ވެއްޓުނެވެ. ފާޑެއްގެ ގޭސް މާސްކެއް ފަދަ އެއްޗެއް އަޅައިގެން ހުރި މީހަކު އައިސް އެތާ ތިބި މީހުންނާއި ދިމާލަށް ބަލައިލިއެވެ. މައިރީންގެ ތުންފަތުގެ މިޔަކަނުން ފައިބާފައިވި ލޭކޮޅު ފެނުމުން އޭނަ އަތް މުއްކަވައިިލިއެވެ. އަދި އެތާ ދެމިފައި އޮތް ދެމީހުންގެ އަނގަމަތީގަޔާއި ހަށިގަނޑުގައި ފައިން ތަޅަން ފެށިއެވެ. “އޭޖެންޓް އެކޯ ފޯކަސް.. ބަޔަކު ވަދޭ އެބަ ތިތަނަށް.. ވިކްޓިމް ގޮވައިގެން ނިކުމޭ..” ކަންފަތުގައި ޖަހާފައިވާ އިއާރ ބަޑްގެ ސަބަބުން އޭނައަށްް ހަމަ ދުނިޔެއަށް ފޭބުން ފަދައެވެ.
ދެމިފައި ތިބި މީހުންގެ މާސްކު ނަގަން އުޅެފައިވެސް އިތުރަށް ލަސްވެ މައިރީން ސަލާމަތް ނުކުރެވިދާނެނެތީ، އަވަސް އަވަހަށް އޭނަ މައިރީންގެ އަތުގަޔާއި ފައިގައި އައްސާފައި ހުރި ވާތައް މޮހައިލިއެވެ. އެއަށްފަހު މައިރީން އަތްދަނޑި މައްޗަށް އުފުލައިލުމަށްފަހު އެތަނުން ނިކުތުނެވެ. އޭނައަށް ނުކުމެވުނީ ހަތަރު ޒުވާން ފިރެހެނުންގެ ކުރިމައްޗަށްށެވެ. “އޭ ތީ ކާކު؟” އެއިން މީހަކު އަހައިލިއެވެ. އޭނަ އަވަސް އަވަހަށް މައިރީން ގޮވައިގެން ދުއްވައިގަތެވެ. “އޭތް!!” އެތަނުން މީހަކު ހަޅޭއްލަވައިގަނެ އޭނަގެ ފަހަތުން ދުވަން ފެށިއެވެ.
“އޭޖެންޓް މިސްޓް އެހެން ގޭސް ގްރެނޭޑެއް އެއްލާ..” ކަންފަތައް ލައްވާލެވިފައިވި އިއާރ ބަޑްގެ ފަހަތުގައި ހުރި މީހަގެ ކޯޑް ނަމުން ގޮވައިލަމުން އޭނަ ބުންޏެވެ. “ކޮޕީ ދެޓް އޭޖަންޓް އެކޯ..” ދެ ގޭސް ގްރެނޭޑްއިން ކަޅު ކުލައިގެ ދުންތައް އަރައިގެން ދިޔައެވެ. އެތަން ހީވަނީ މިހާރު ކަޅު ދުންގަނޑެއް ހެންނެވެ. “އޭޖެންޓް އެކޯ އެނެސްތެޓިކް ގޭސް ގްރެނޭޑް ހުސްވެއްޖެ.. އައި ތްރިއު އަ ސްމޯކް ގްރެނޭޑްސް.. ގުޑްލަކް..” ‘މިސްޓް’ ބުނެލިއެވެ. ‘އެކޯ’ އޭނަގެ ނައިޓް ވިޝަން ގޮގްލްސް އެކްޓިވޭޓް ކުރުމަށްފަހު އެ ކަޅު ދުންގަނޑުން އެތާ ތިބި މީހުންގެ ހަމަލާއަކަށް ހުށިޔާރުވެގެން އަވަސް ފިޔަވަޅުތަކެއްގައި މައިރީން އުފުލައިލައިގެން ހިނގަންފެށިއެވެ. މީހެއްގެ ހަމަލާ އޭނަގެ އަރިކައްޓަށް އަރައިގެން ދިޔުމާއެކު ‘އެކޯ’ ފައިން އެމީހަގެ ހަށިގަނޑަށް ވަރުގަދަ ހަމަލާއެއްދިނެވެ.
ދޮރު ހުރިތަން ފާހަގަ ކުރުމަށްފަހު ދޮރާއި ދިމާލަށް އެކޯ ދުއްވައިގަތެވެ. ފަހަތުން އެކޯއަށް ލިބެން އުޅުނު ހަމަލާ މިސްޓް ހުއްޓުވިއެވެ. އަދި އެމީހަގެ ހަށިގަނޑުގައި ސްޓަންގަން ޖެއްސުމަށްފަހު އެކޯއާއިއެކީ އެތަނުން ނިކުތުނެވެ. އޭރު އެމީހުންގެ އިންތިޒާރުގައި ކަޅުކުލައިގެ ކާރެއް މަޑުކޮށްލައިގެން އޮތެވެ. އެކާރުގެ ކުޑަ ދޮރުތަކުގައި ވަނީ ވަންވޭ ގްލާސް ޖަހައިފައެވެ. އޭގެ ސަބަބުން އޭގެ ބޭރުގައި ތިބޭ މީހުންނަށް އެތެރެއެއް ނުފެންނާނެއެވެ. އެކޯ އާއި މިސްޓް، މައިރީން ފަހަތު ސީޓްގައި ބޭއްވުމަށްފަހު، ކާރުގެ ކުރީ ސީޓްއަށް އެކަކު އަދި ފަހަތު ސީޓްގައި އެކަކު އިށީނދެ ހަމަޖެހިލިއެވެ. އެއާއެކު ޑްރައިވަރު ސީޓްގައިއިން މީހާ އެ ކާރު ދުއްވައިލިއެވެ.
ދުންގަނޑު ދިޔައިރު މައިރީން ގޮވައިގެން ހުރި މީހާގެ ހިލަމެއް ނެތުމުން އެތާ ހުރި ހަތަރު މީހުންގެ ގާތަށް އަލިފާން ރުޅިއައެވެ. އެމީހުން މައިރީން އައްސާފައި ބެހެއްޓި ކުޑަ ކޮޓަރިގަނޑަށް ވަދުނެވެ. އޭރު އެތަނަށް ދެމިފައި އޮތް މެދު އުމުރުގެ މީހާ ފެނި އެމީހުންގެ މޫނުމަތިން ހާސްކަން ފެނިލިއެވެ. އެތާ އޮތް މެދު އުމުރުގެ މީހާއަށާއި ދެން އޮތް މީހާއަށްވެސް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. “ބައްޕާ.. އޭތް ބައްޕާ.. ޕިސް އަޅެފަހެ އެއީ ކާކުތަ.. އޭނަ މަގޭ ބައްޕައަށް ކޯއްޗެއް އެހެދީ.. ހުވާ މިބުނީ މަގޭ ބައްޕައަށް ގޮތެއް ވެއްޖެއްޔާ އެ އެންމެންގެ ދުވަސް ދުއްވާލާނަން..” ރުޅި ގަދަވެފައި ހުރެ އޭނަގެ ބައްޕަގެ މޫނަށް ފެން ބުރުއްސަމުން ބުންޏެވެ.
“ހާޒިން ހަމަޖެހޭ.. ކަލޭ ބައްޕަ ނޭވާލާ އެބަ.. މަށަށް ހީވަނީ ހޭނައްތާލާ ކަހަލަ ގޭހެއް ކަންނޭނގެ ބޭނުން ކުރީ.. އެކަމަކު ތަޅާލާފަވެސްމެ މިއޮތީ..” ހާޒިންގެ ކޮނޑުގައި އަތްލަމުން ޒާރިފް ބުންޏެވެ. “އޭތް މިއޮތީ އައިދަންވެސް.. ކަލޯ ހޭލަބަލަ.. ލޯޔަރެއް ކިޑްނެޕްކޮށްގެން އުޅޭ އިރު ޖެހޭނެދޯ ތަންކޮޅެއް ގިނަ މީހުން ސެކިޔުޓީއަށް ތިބެން.. ކޮބާތަ އަހަރުންގެ ބައްޕަމެން..؟” ނަޒާފް އެއްސެވެ.
ކުޑައިރުކޮޅަކަށްފަހު ލިހާން ކެއްސާގަނެފައި ތެދުވިއެވެ. “ބައްޕާ ރަނގަޅުތަ؟” ލިހާންގެ ބުރަކަށީގައި ކުޑަކޮށް ޖަހައިލަމުން ހާޒިން އަހައިލިއެވެ. “ހޫން މަ ރަނގަޅު.. އަދިކިރިޔާއެއްނުން ހާޒިންއަށް އެނގުނީ ބައްޕަ ކައިރިއަށް އަންނަން..” ދެލޯ އަޅައިލަމުން ލިހާން ބުންޏެވެ. “ބައްޕައަށް އެނގޭނުން އަހަރުން ނައީ ކީއްވެކަން.. މިފަހަރުވެސް އެ މައިރީން މީހަކު ސަލާމަތްކޮށްފި..” ދަތްކުނޑިވިކައިލަމުން ހާޒިން ބުންޏެވެ. “ވަރެއްގެ އަންހެނެއް އެއީ.. ނަސީބެއް އަހަރުންގެ މޫނެއް ނުފެންނާނެ އޭނައަކަށް.. އެހެންވީމަ އޭނައަކަށް ނޭނގޭނެ އަހަރުންގެ ވާހަކަ ޕޮލިހުން ކައިރީ ބުނާކަށް.. ބުންޏަސް ޒާރިފްގެ ބައްޕައަށް އަހަރުން އެކަމުން ސަލާމަތް ކުރެވޭނެ..” ޒާއިދުއަށް ނިސްބަތްކޮށް ލިހާން ބުނެލިއެވެ. ޒާރިފް ތެދެކޭ ބުނާ ފަދައިން ބޯޖަހައިލިއެވެ. “ދެން އަހަރުންވެސް މިހުރީއެއްނުން.. ދެން ފަހަރަކުން ސަލާމަތެއް ނުވެވޭނެ..” ނުލަފާ ގޮތަކަށް ޒާމިން ބުންޏެވެ.
ޔާދިން އާއި ދުންޔާ ތިބީ އެމީހުންގެ މެމޯ ނަންބަރާއި ޖެހެންދެން ހޮސްޕިޓަލް ގޮޑިބަރީގައި މަޑުކޮށްގެންނެވެ. ދުންޔާ އޭނަގެ އަތުގެ އިނގިލިތަކާ ކުޅެލަކުޅެލައިއިން އިރު ޔާދިން ހުރީ އޭނަގެ ފޯނާއި ކުޅޭށެވެ. ދުންޔާއިން ގޮތުން އޭނަ ހާސްވެފައިވި ވަރު އެނގެއެވެ. ދުންޔާގެ ހަރަކާތްތަކުން ޔާދިންގެ ހިތައް ގޮތް ނޭނގޭ އަސަރުތަކެއް ކުރަމުން ދިޔައެވެ. މިނެޓްތައް ސިކުންތުތަކަށް ބަދަލުވެ ޔާދިންމެންގެ މެމޯ ނަންބަރު ޖެހިގެން ދިޔައެވެ. ޔާދިން މަޑުމަޑުން ދުންޔާގެ އަތުގައި ހިފައިލިއެވެ. އެއާއެކު އެ އަތުގެ ފިނިކަން އިހްސާސްވެ ޔަދިންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެންނަށް މާފު ކުރާށޭ ބުނާ ފަދައިން ދުންޔާ އާއި ދިމާލަށް ޔާދިން ބަލައިލިއެވެ. އަދި ދުންޔާގެ އަތަށް ކުޑަކޮށް ފިތާލަމުން ޑޮކްޓަރު ކޮޓަރިއަށް ވަދުނެވެ. ދެމަފިރިން ގޮޑީގައި އިށީނދެ ހަމަޖެހިލުމުން ޑޮކްޓަރ އެމީހުން އައި ބޭނުމާއި ބެހޭ ގޮތުން ސުވާލުކުރިއެވެ. ކުޑައިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ޑޮކްޓަރު ދެމަފިރިންނަށް ހަދާނެ ޓެސްޓްތަކެއްދިނެވެ.
ޔާދިން ދުންޔާގެ އަތުގައި ހިފައިގެން ލެބޯޓަރީއަށް ދިޔުމަށްފަހު ދިން ޓެސްޓްތައް ހެދިއެވެ. ޓެސްޓްތަކުގެ ނަތީޖާ ބެލުމަށްޓަކައި އެއް ގަޑިއިރުވަރު ފަހުން އަންނަން ބުނުމުން ޔާދިން ދުންޔާ ގޮވައިގެން ސައިކަލުގައި ބުރެއްޖަހާލަން ނިކުތުނެވެ. ދުންޔާގެ ބަސްމަދުކަމުން ޔާދިންގެ ހިތަށް ގޮތް ނޭނގޭ އިހްސާސެއްވަމުން ދިޔައެވެ. “ލުކް ދޫނީ.. އައިމް ރިއަލީ ސޮރީ.. އިނގޭ ދޫނިއަށް ވަރަށް ބޮޑަށް އަނިޔާ ދެވޭކަން އެބަ-” ޔާދިންގެ ވާހަކަ މެދުކެނޑުނީ ދުންޔާ ވާހަކަ ދައްކަން ފެށުމުންނެވެ. “ދިން ސޮރީ ނުބުނޭ.. އަހަރެންގެ ތަގްދީރުގައި ދިންގެ ލޯބި ލިބެން ނެތީ..” ދުންޔާ ހިތި ގޮތަކަށް ބުނެލިއެވެ. ދުންޔާގެ އަޑުގައިވި ހިތްދަތިކަން އިވި ޔާދިންގެ ހިތަށް ތަދުވިއެވެ.
މަޔާންއަށް ހޭވެރިކަންވީ ފައިގައި އެއްޗެއް ކޮއްޓާފަދަ އިހްސާސެއްވުމުންނެވެ. ވަރުބަލި ގޮތަކަށް ލޯ ހުޅުވައިލުމަށްފަހު މަޔާން ތިރި ބަލައިލިއެވެ. އެއާއެކު ލިބުނު ކުއްލި ސިހުމުގައި މަޔާން އޭނަގެ ފައި ކައިރީގައި އޮތް ބޮޑު މީދާގެ ގައިގާ ފައިންޖަހައި ދުރަށް އެއްލައިލިއެވެ. ފުންކޮށް ނޭވާލަމުން މަޔާން އޭނަ ހުރި ހާލަށް ބަލައިލިއެވެ. އޭނަގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއްނެތެވެ. މިއީ ކޮން ދުވަހެއްކަމެއްވެސް އެންމެ ކުޑަމިނުން އޭނައަކަށް ނޭނގެއެވެ. ދުވާލުގެ އަލިކަން ނުފެންނަތާ ކިތައް ދުވެސްވެފައިވި ކަމެއްވެސް އޭނައަކަށް ނޭނގެއެވެ. އޭނައަށް އެންމެ ބޮޑަށް ވިސްނެނީ ލޯބިވާ އާއިލާއާއި މެދުގައެވެ.
ދޮރުހުޅުވައިލުމަށްފަހު ކޮންމެސް މީހަކު ވަދެގެންއައެވެ. އެމީހަ ކައިރިވުމުން މަޔާންއަށް ލަދުން މޫނު އަނބުރައިލެވުނެވެ. ހެދުންލައިގެން ހުއްޓަސް އެމީހަ ހުރީ އޮރިޔާމުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބުޑު ނިވާވާވަރުގެ ކުރުކުރު ސޯޓް ކޮޅެއް ލައިގެން ހުރި އިރު އޭނަގެ މޭމަތި ނިވައިވެފައިވަނީ އައްސާލެވިފައިވާ ކުޑަކުޑަ ފޮތިކޮޅަކުންނެވެ. “އަހަރެންގެ ނަމަކީ ލަޔާޝާ.. ލޯބިން ކިޔަނީ ލަޔާ.. އަހަރެންނަށް ހެޔޮ ޔާން އަހަރެންނަށް ކޮންމެ ނަމަކުން ގޮވިޔަކަސް.. ހާދަ ލަދުންނޭ ދޯ ތިއުޅެނީ.. ނިކަށް އަހަންނާ ދިމާލަށް ބަލައިލަބަލަ.. ކަލޭގެ އަންހެނުން މިހާރު އެއީ އެކްސްޕަޔާރ ވެފަ ހުރި މީހެއް.. ދަރިއަކު ވިހޭމަ އަންހެނުންގެ ރީތިކަންވެސް ކެނޑިގެންދާނެ.. އެކަމަކު އަހަރުން ކަހަލަ ޅަ ކުދިން.. ލިބޭ ފުރުސަތުގެ ބޭނުން ހިފަން ދަސްކުރަންވާނެ.. ޔާން..” މަޔާންގެ ނަމަށް ދަމާލަމުން ތުއި ގޮތަކަށް އޭނަ ވާހަކަ ދެއްކިއެވެ. މަޔާން ހުރީ އައިސްފައި ހުރި ރުޅިން ވާހަކަ ދައްކަން ބޭނުންނުވެފައެވެ. ލާރާއާއި ބެހޭ ގޮތަށް އެފަދައިން ދައްކާ ވާހަކައަކީ މަޔާންއަށް އަހަން އުނދަގޫ ވާހަކައެވެ.
މަޔާން މޭގައި ލަޔާޝާގެ އަތުގެ ބީހުން އިހްސާސްވުމުން މަޔާން ކޮންޓްރޯލުން ނެއްޓިފަދައެވެ. “އޭތް ލަދު ކުޑަ އަންހެނާ.. މަގޭ ގައިގަ ދެން އެންމެ އިނގިއްޔެއް ޖެއްސިޔަސް ނިމުނީ.. މަށެއް ނޫޅެން ލޯބިވާ އަނބެއް ހުއްޓަ ތިކަހަލަ ކުނިކުނި ތުންފުއްސެއް ފަހަތުން އުޅޭކަށް.. އެއީ މަ އުޅޭ ގޮތެއް ނޫން.. ކަލޭ އައި ދޮރުން ހަމަ މިހާރު ނުކުމޭ..” މަޔާން ހަޅޭއްލަވައިގަތެވެ. ލަޔާޝާ ނުލަފާ ގޮތަކަށް ހޭންފެށިއެވެ. “އަޅެ މަޔާންންން… ދެން މަޔާންގެ އަނބިމީހައެއް ނުފެންނާނޭ.. އެހެން އަންހެނެއް އެންޖޯއިކޮށްލިޔަކަސް ކޮބާ މައްސަލައަކީ..” މަޔާންގެ މޫނަށް ނޭވާ އެޅޭހައި ގާތްވެލަމުން ލަޔާޝާ ބުނެލިއެވެ. މަޔާން މޫނު އަނބުރައިލިއެވެ. “އަހަރެން ބުނާ ކަމެއް ނުކުރަނީހެއް މި އޮތް މީރު ބިރިޔާނީއެއް މަޔާންއަކަށް ނުލިބޭނެ..” އެއްމިޔަކަނުން ހީލަމުން ލަޔާޝާ ބުންޏެވެ.
މަޔާން ބަހެއް ނުބުނެ މޫނު އަނބުރައިލައިގެން ހުރުމުން ކޮނޑު އަރުވައިލުމަށްފަހު އެތާ އިށީނދެ އޭނަ އަތުގައި ހުރި ތަށިން ބިރިޔާނީ ކާން ފެށިއެވެ. ކަމުން ދިޔައިރު ވަށްކަޅިން މަޔާންއަށް ބަލަމުން މީރުވެގެން ލައްވާ އަޑު ފަދަ އަޑުތައް ލަޔާޝާ ލައްވަމުން ދިޔައެވެ. “މްމްމް.. ހާދަ މީރޭ މި ބިރިޔާނީ.. މަޔާން ހަމަ ކާކަށް ބޭނުމެއްނޫންތަ؟ މިހާރު ހަތަރު ދުވަސްވަނީ ތި ބަނޑަށް އެއްޗެއް ނުލާ އުޅޭތާ..” ލަޔާޝާގެ ވާހަކައިން މަޔާންގެ ބަނޑުކުކުރައިލިއެވެ. އޭނަގެ ތަލިން ކުޅު ދިޔާވިއެވެ. އެހެންނަމަވެސް ލާރާ ދެކެ ވާ ލޯބީގެ ސަބަބުން އެތިކޮޅެއް ދޭށޭވެސް މަޔާންއެއް ނުބުނިއެވެ. ސަބަބަކީ އެމީހުންކޮށްދޭ ކޮންމެ ކަމެއްގެ ބަދަލު އެމީހުން ނަގާނެކަން މަޔާންއަށް އެނގޭތީއެވެ.
ޓެސްޓްތަކުގެ ނަތީޖާ ލިބިއްޖެކަމަށް ހޮސްޕިޓަލުން ގުޅާފައި ބުނުމުން ޔާދިން އާއި ދުންޔާ ހޮސްޕިޓަލަށް ދިޔައެވެ. ޑޮކްޓަރ ކޮޓަރިއަށް ވަދުމަށްފަހު ދުންޔާ އިސްޖަހައިގެން ބަހެއް ބުނެނުލައި ގޮޑީގައި އިށީނދެލިއެވެ. އޭރު ދުންޔާ ދިޔައީ ހާސްވެފައި ހުރިވަރުން ދެއަތް ދެއަތާ މޮޑެމުންނެވެ. ޔާދިން ޑޮކްޓަރާއި ދިމާލަށް ޓެސްޓްތަކުގެ ނަތީޖާ ކިހިނެތްތޯ އަހާފަދައަކުން ބަލައިލިއެވެ. “ދުންޔާގެ އެއްވެސް މައްސަލައެއް އަނެއްހެން ނެތް.. އެކަމަކު ޕްރައިމަރީ ޑިސްމެނުރިއާ އެބަ ހުރި.. އެއީ މެނުސްޓްރޭޝަންއާ ގުޅޭ ބައްޔެއް.. ޕީރިއަޑް ދުވަސްވަރު މާ ގިނައިން ބްލީޑްވުން ނޫނީ ބަނޑުގައި ކެތްކުރަން އުނދަގޫވާ ވަރަށް ރިއްސުން.. ބަޓް އިޓް ކޭން ބީ ޓްރީޓެޑް ޕެއިން ކިލާސްއިންނާ ލައިފްސްޓައިލް މެނޭޖްކޮށްގެން.. އަނެއްހެން ފާރޓިލިޓީގެ އެއްވެސް މައްސަލައެއް ނެތް..” ޑޮކްޓަރުގެ ވާހަކައިން ދުންޔާގެ ނަފްސަށް ހަމަޖެހުމެއް ލިބުނެވެ. އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
ޑޮކްޓަރ ދެން ބަލައިލީ ޔާދިންއަށްށެވެ. ޑޮކްޓަރުގެ ބަލައިލުމުގައިވި އަސަރުން ޔާދިންގެ ހިތް ބިރުވެރި ގޮތަކަށް ތެޅިގަތެވެ. “އައިމް އެފްރެއިޑް ބަޓް ޔޫ އާރ ނޮޓް ފާރޓައިލް މިސްޓަރ ޔާދިން.. ޔާދިންގެ ހަށިގަނޑުގައި ހުރި ބައްޔެއްގެ ސަބަބުން ޔާދިންއަށް ދުވަހަކުވެސް ދަރިން ލިބޭނެކަމުގެ ޔަގީންކަމެއް ނެތް..” ޑޮކްޓަރުގެ ވާހަކައިން އެ ކުޑަ ކޮޓަރީގެ ހަތަރު ފާރު އޭނަލައި ފިއްތައިލި ފަދަ އިހްސާސެއް ކުރެވުނެވެ. “ނޫން ޑޮކްޓަރ ތިހެން ނުބުނޭ.. ތިއީ ދޮގެކޭ ބުނޭ.. ޕްލީޒް ނޫން..” ޔާދިން މޫނުމަތީ އަތް އަޅައިލިއިރު އޭނަގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ފިރެހެނެއް ނަމަވެސް ސިކުންތެއްނުވެ އޭނަގެ ދެލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







Mi vaahakain enme Kiya hiyy vanee Kail aai Maireenge bai. Ekamaku edhekudhinge bai konme partehga ves vrh kudakoh genedheefa hunnakan faahaga kuran. Vaahaka vrh reethi.
Thank you fiza.. I’m happy U like the story.. kail and Maireen ge scenes thah libeyne adhi kiyan don’t worry.. vhk ge ehen characters thibeythy ekudhinge scenes thah vx gennan vaane ehnun dhw.. and mihaaru mai e ulheny kidnap vx vegennehnun.. hingaa dhw dhen vaa goi balama 💜🦋
Masha allah mi part vs vrh reethi
Ekm alhe yaadhin mnge part kiyaafa rovihje…dhunya r yaadhin dhuru nukurahchey…
Ayaan moya kmh nukuraa thi..laaroo r yaalu kaeriah dheveyne IA
Mai salaamathun bahahtahchey… Knbaehtha thi mist akaa echo ekeyyy? Suhbooh aa characters dhwww…heyonuvaanae magey mai ah dhera gth nuhadhahchey.. Kail hn aana vs nulaahiku loabi veyey mai dheke..ekm ehnh nun🤭
Vrhhhh curiousss
When next?
Vrh bodukoh lyyy🫶 mihaa avh kiyaalan libunythy…scl ga hurefavs miadhu visnuny mi part r medhu😫
❤️❤️❤️
Thank you so much aana.. I’m happy U liked it.. so sorry darling rovvaa levuneema.. let’s see dhww mayaan ah vaa goi dhww.. hehe let’s see who are echo and mist dhww😂😂.. aww ehenthaa.. mai vrh ufaa vaane thihen viyya..
Next part Insha Allah fridayga.. love you moreee darll.. hehe study well💜🦋
Mi part vx vrh reethi
Mayaan haadha loyal eyy dhw
Hehe
Thank you darlll I’m happy U liked itt.. hehe yess mayaan kahala meeheh madhu vaane mihaaru💜🦋
masha allah mi part vx v reethi
ehen v ma lihaan mn dhw ehen hedhy mai ge frnd ah
naseebennu mai salaamai kurikan ‘eko’ n ‘mist’
‘eko’ aky kail tha?!?
btw mayaan haadha strong ey dhww
pls mayaan ah dhera gotheh nuhadhahchey alheyy
n dhunya ge evvx problem eh neiy kn engunyma v happy vejje aslu
yaadhin guilt feel vaane dhw dhn
e dhemeehun dhuru nukurahcheyy plss
Maash thihaa busy koh ulhemun vx vhk genesdheythee v happy inge aslu
appreciate ur work 🙂
Thank you girly.. I’m happy U liked it.. lihaan men mai friend ah kihineh hedhey? Hehe let’s see who is echo and mist dhww.. yess mayaan is strong.. iraadhakurehvthi dhunya is good.. let’s see dhww yaadhin dhen hadhaa goii.. aww thank youuu I appreciate Ur sweet comments too 💜🦋
Nice story! Keep it up!
Thank you aminath murushidha.. I’m happy U liked it💜🦋
where is naail and bring ainaa ge bai also
Mi story ga naail eh noolheyne ingey hehe.. aina ge parts annaane adhi.. keep waiting 💜🦋
Mi part vx varah Reethi Masha Allah…
Who is mist and echo?? Is it Shaail and Kail???
Kurin vx Mai menah when hedhee lihaan mn?? 😯
Mai and Kail gulhuvahchey 😄
Mayaan is sooo loyal to Laara, 🤭
Mayaan,Mai and Kail ah dhera gotheh nahadhahchey.. 🥺🙏
Dhunya and Yaadhin vx dhuru nukurachey..
Curiously waiting for the next part…
Lysm Maash 🦋💜
Thank you shiu.. I’m happy U liked it.. mist and echo akey kaakukan vrh avahah engeyne… Yes kurin vx mai menah ehen hedhey lihaan men.. let’s see what happens to mai and kail dhww.. hehe yeshhh mayaan is the man dhww..next part insha’Allah Friday ga.. love you more darling 💜🦋
Maasha Allah mi prt vx vrh reethi
Sorry… Vrh gina dhuvas kohlaafa comment eh kohlevey varu mivyy..
Mayaan varuge loyal myheh nuhunnaane mi dhuniyeyga vxx.. Maasha Allah💜
N who saved mai??? MVSA kudhin kolheh tha??? Or kail, shaail n aahil tha?? Vrh beynun engennn..
Mifaharu e zaaidhu mennah rangalhu filaavalheh dhehcheyy.. Plzzzzz
Kiyykeyyy??? Yaadhin not fertile eyy??? Nuvaane ehanneh… Doc samaasa kurany dhww😭😭
Vrh vhr vhr curious marrrshhh😭
Impatiently waiting
Whn nxt????
Tc.. Lysm Marsh 💜💜
Thank you so much darll.. I’m happy U liked this part.. no worries vrh happy vejje darling ge comment eh ehaa dhuvasfahun libuneema.. frr mayaan kahala loyal meehun vrh madhu vaane.. hehe let’s see who saved Mai dhww.. let’s see dhw zaaidhu menah vaagoii.. doc dhen ekahala samaasa eh nukuraane ehnun😭.. next part Insha Allah Friday..
Tc.. love you moree darll💜🦋
S1 gr hurihaa part akah vx comment kurin ekm mi season akah nukuran…
But vhk vrh ves eeethi
Abadhuves vrh curious kohlaafa viyya u nimaalany 😭😭😂 but still keep up the good work
When next?
Ily
Mi season ah vx thikohleenun dhen.. aww thank you.. I’m happy U liked it.. hehe dhen curious kohfa nimmaaleema ehnun readers kiyaa hiy vaany vx eyrun fooseh nuvaane ehnun..😂 next part insha allah friday ga..
Love you moree💜🦋
Alheyyyyy
Poor yaadhin fakeeru😥😥😥😥
Mai salaamaikury Kail???
Very curious
Dhen maayan ah vaanee kihineh baa
Maayan goas magakun nufonuvahchey
Pleeeeaaaase🙏🙏🙏
Btw mi part ves varah varah reethi
Saranghae🫰🫰🫰🫰
Sorryyy I feel bad for yaadhin too.. let’s see who saved Mai dhww.. mayaan ah vaa goi ingeyne next part ga.. aww thanksss.. I’m happy U liked it.. love you moree 💜🦋
Masha allah mi part ves vrh salhi
Curiously waiting for the next part
Ilysm maash 🦋💜
Thank you Zeezee.. I’m happy U liked this part.. next part insha allah Friday ga.. love you moree darl💜🦋