އައިކާއަށް ވެސް އަލްޔަން ފެނުމުންވީ އެހެންކަހަލަ ގޮތެކެވެ. ދުރުގައި ބަލަން ހުރެވުނީ އަލްޔަންގެ ރީތި ކަން ފެނިފައެވެ. އެހެނަސް ދެވަނަ ސިކުންތުގައި ދެބުމަ ގޮއްޖަހާލެވުނީ އަލްޔަން ގާތުގައި އިށީންދެގެން އިން އަންހެން ކުއްޖާ ފެނިފައެވެ.
*********
ޔައިޝާ އިނީ އަލްޔަން އާއި އަނގަތަޅަންށެވެ. އޭރު މާދުރުގައި އައިކާ ދެބުމަ ގޮއްޖަހައިގެން ހުރިތަން ޔައިޝާއަކަށް ނުފެނެއެވެ. އަލްޔަންއަށް އެމަންޒަރު ފެނުމުން މޫނުމައްޗަށް ހިނިތުން ވެވުނެވެ. އައިކާ އެހުރީ ހަމަ ރަނގަޅަށް ވެސް “ޖެލަސް” ވެފައިކަން އެނގުމުން އަލްޔަން ގާތަށް އިތުރަށް ހިނިއަންނަ ގޮތް ވިއެވެ. އެމަންޒަރު ޔައިޝާއަށް ފެނުމުން އަލްޔަން ބަލަން ހުރި ދިމާލަށް އޭނާ ވެސް ބަލައިލިއެވެ. ނުދަންނަ އަންހެން ކުއްޖަކު ރުޅިއައިސްފައި ބަލަން ހުރުމުން ދެކޮނޑު އަރުވާލެވުނެވެ.
ފާޑަކަށް އައިކާ ބަލަން ހުރުމުން ޔައިޝާ ލަދުގަތެވެ. ނުދަންނަ އަންހެން ކުއްޖަކު އެގޮތަށް ބެލުމުން ލަދު ނުގަންނާނީ ކާކު ހެއްޔެވެ؟ ޔައިޝާ ބަލަން ހުއްޓައި އެއަންހެން ކުއްޖާ ހިނގާލާފައި އައިސް އިޒްކާންގެ ގާތުގައި ހުއްޓިލިއެވެ. ޔައިޝާއަށް މާނަ ނެގުނީ ނުބައިކޮށެވެ. ޔައިޝާ ހީކުރީ އިޒްކާން އަކީ ހަފްތާއަކު އަންހެން ކުއްޖަކު ގެންގުޅޭ މީހެއްކަމަށެވެ. ނަމަވެސް ޔައިޝާއަށް ނޭނގުނު ކަމީ އިޒްކާން ލޯބިވަނީ ހަމައެކަނި އޭނާ ދެެކެކަމެވެ. އަދި އެއީ އިޒްކާންގެ ކޮއްކޮ ކަމެވެ. “ލޯންގް ޓައިމް… ލަވް ވަރަށް މިސްވި…” ޒިވްޔަން އައިކާ ގައިގައި ބައްދާލަމުން ބުނެލިއެވެ. އެމަންޒަރު ފެނުމުން އަލްޔާ އަނގަޔަށް ގޮތެއްހަދާލިއެވެ. ބަހެއް ނުބުނީ ގޯހެއް އޭނާއަށް ހެދިދާނެތީއެވެ.
“ވެއިޓް… ޒިވް އާޔޫ ޑޭޓިން ދިސް ގާލް..” އައިކާއަށް ލަވް އޭ ކިޔާ މުހާތަބު ކުރުމުން ޔައިޝާ މިފަހަރު ހީކުރީ އެއީ ޒިވްޔަންގެ ލޯބިވެރިޔާ ކަމަށެވެ. ” ލޮލް މަ މީނައައި….” ހިނިގަނޑެއް ޖަހާލަމުން ޒިވްޔަން އައިކާއަށް އިޝާރަތް ކޮއްލިއެވެ. ޔައިޝާ ވެސް ބޯޖަހާލަމުން ދެވަނަ ފަހަރަށް ވެސް އަހާލިއެވެ. ” ނޫން ޔައީ… މީ އައިކާ އިޒްކާންގެ ކޮއްކޮ… އަހަރެން ޖެއްސުމަށް ކިޔަނީ އައިއަށް ލަވް…” ޒިވްޔަން އައިކާއަށް ދޫނެރެލަމުން ބުނެލިއެވެ. ޔައިޝާ ވެސް އެހެންހޭ ބުނެލަމުން ފޯނަށް ނަޒަރު ހުއްޓާލިއެވެ. އަދި ބޯކަހާލަމުން އިޒްކާން އާއި މެދުގައި އެގޮތައް ވިސްނުމުން ބޮލުގައި ޖަހާލެވުނެވެ. ހަމަ އެވަގުތު އަލްޔަން ޔައިޝާއަށް ގޮވާލިއެވެ. ” ޔައި… އައިސްދީބަލަ…” އަލްޔަން އިނީ ތަންކޮޅެއް ދުރުގައި ކަމުން ތަންކޮޅެއް ބާރަށް ޔައިޝާއަށް ގޮވާލީ އެއަޑު އައިކާއަށް ވެސް އަޑު އިއްވަން ވެގެންނެވެ. ޔައިޝާ ވެސް އިތުރު އެއްޗެއް ނުބުނެ އަލްޔަން ގާތަށް ދާން ހިނގައިގަތެވެ. އެމަންޒަރު އައިކާއަށް ފެނުމުން އެދެލޮލުން އަލިފާން ކަނި ބުރައިގަތެވެ. ޔައިޝާ ދެކެ އެއްވެސް ކަމެއްނުވެ ރުޅިއާދެވުނެވެ. އަލްޔަންއަކީ ހަމައެކަނި އައިކާގެ ހައްގެކެވެ. ޔައިޝާއަށް އަލްޔަން ލިބިގެންނުވާނެއެވެ. ޔައިޝާ އާއި މެދުގައި ނަފްރަތު އުފެދުނީ އެއްވެސް ހިގީގަތެއް އައިކާއަށް ނޭނގޭ ހާލުގައެވެ.
“އަސްލު ކަމަކުއޭ… އަލްޔަން ގާތުގައި އައިސް ޔައިޝާ ހުއްޓިލުމުން އަލްޔަން ބުނެލިއެވެ. ޔައިޝާ ވެސް ބުމަ އަރުވާލަމުން ކޮންކަމެއްހޭ އަހާލިއެވެ. އަލްޔަން ވެސް ވާންވީގޮތް ކިޔާދިނެވެ. ޔައިޝާ އަލްޔަން އާއި ދިމާކޮއްލަމުން އެކަން ކޮއްދޭނެކަމަށް ބުނެލިއެވެ. އަދި އަލުން އަނބުރާ އިޒްކާންމެން ތިބި ތަނަށް ދެމީހުން ވެސް އެކުގައި ހިނގައިގަތެވެ. އޭރު އައިކާ ހުރީ ރޮވި ނުރޮވި އެވެ. އެކަމާ އަލްޔަން ދެރަވި ނަމަވެސް ކެއްކޮއްލީ ވަރަށް އަވަހަށް އައިކާ އޭނާގެ ހައްޤަކަށް ހެދުމައްޓަކައި އަޒުމު ކަނޑައަޅަމުންނެވެ.
އެންމެން އެކުގައި ސަކަރާތް ޖެހީރު ދޭތެރެ ދޭތެރެއިން ޒިވްޔަން އާއި އަލްޔާގެ ކޯޅުންގަނޑެއް ވެސް ދެއެވެ. އެކަމާ އެންމެން ތިބެނީ ކުޑަކޮއް މަޖާވެފައެވެ.” އަޅެ ކަލޭމެން ދެމީހުން ތިނޫން ވަގުތެއް ނުދޭދޯ… އަބަދު ހިފުންދޯ ކަމަކީ..” ޕިސް ޕިސް ޖަހާލަމުން އިޒްކާން ބުނެލިއެވެ. ” އިޒްކާން ކަލޭ ދައްކާ ވާހަކަދޯ… މަށާ އަލްޔާ އާއި މީހަތުރުން ކަމެއްނޭނގޭތަ…” ޒިވްޔަން ވެސް އިޒްކާންއަށް ދޫނުކޮއް ބުނެލިއެވެ. ” ތިހެން ހިފަންޔާ ކަލޭމެން އެންމެ ފަހުން ލޯބި ކަންނެ ވެވޭނީ…” ޒިވްޔަންއަށް ދިމާކޮއްލަމުން އިޒްކާން އެހެން ބުނެލުމުން އެންމެން އެއްފަހަރާ ހެން ހޭން ފެށިއެވެ. އެހެނަސް އަލްޔާ އާއި ޒިވްޔަން އެކަކު އަނެކަކަށް މޫނު ކުނިކޮއްގެން ތިބީ އެއީ ނުވާނެ ކަމެކޭ ބުނަމުންނެވެ. އިރުއޮއްސެން ދެން އެކަކު އަނެކަކާ ސަކަރާތް ޖަހަން ތިބެފައި ވަކިވީ ފަހުން ބައްދަލުވާން ރާވަމުންނެވެ.
އާނިޝް އޮތީ ފުންވިސްނުމެއްގެ ތެރޭގައެވެ. ކައިރީގައި ޝިއުރީ ވެސް ނިދިފައި އޮތެވެ. މިހާރަކަށް އައިސް އާނިޝްއަށް ހުވަފެނުން އަންހެން ކުއްޖަކު ފެނެއެވެ. އެއަންހެން ކުއްޖާގެ މޫނު ފެންނަގޮތް ނުވަނީ ކޮންމެވެސް ކަމެއް ވެގެން އޭނާއަށް ހޭލެވޭތީއެވެ. އެކަމާ އާނިޝް ހުންނަނީ ކުދި ކިޔާލަ ކިޔާލަ އެވެ. އެއީ ކޮން އަންހެން ކުއްޖެއް ކަން އޭނާ ބަލަން ބޭނުމެވެ. އޭނާއާއި އެކުގައި އިތުރު އަންހެން ކުއްޖަކު އުޅުނު ހަނދާނެއް އާނިޝް ނުވެއެވެ. އޭނާޔަށް އެނގެނީ ހަމައެކަނި ޔައިޝާ އަލްޔާ ޝިއުރީ އެވެ. އެއީ ހަމަ ގައިމު ވެސް އޭނާ ނުދަންނަ އަންހެން ކުއްޖެކެވެ. އެއަންހެން ކުއްޖާ އާއި މެދު ވިސްނައި ވިސްނައި ވެސް ކާކު ކަމެއް ނޭނގުނެވެ. އެންމެ ފަހުން އާނިޝް ރުޅިއަންނަ ގޮތްވިއެވެ. ވިސްނާވަރަކަށް އޭނާ މޮޔަވެދާނެއޭ ހިތައް އެރުމުން އާނިޝް އެންމެ ފަހުން ތެދުވީއެވެ.
ތެދުވެ ފާހަނައަށް ވަދެ ފެންވަރާލައިގެން އާނިޝް ބޭނުންވީ ޔައިޝާގާތައް ދާށެވެ. މިވީ ދުވަސް ތަކުތެރޭގައި ޔައިޝާ އާއި ދިމާވެފައި ނުވާތީ އާނިޝް ބޭނުންވީ ޔައިޝާގެ ހިތް ރުއްސަދޭށެވެ. އެހެނަސް އެއީ ދެން ވަރަށް އުނދަގޫ ކަމެކެވެ. އާނިޝް ހިތްވަރު އެލުވާލާކަށް ބޭނުމެއްނޫނެވެ. ޔައިޝާ އޭނާއަށް ގެއްލިއްޖެ ނަމަ އޭނާ ބިކައިރި ވީއެވެ. އެހެން ވެއްޖެނަމަ ޝިޢުރީ ވެސް އޭނާ ދޫކޮއްފައި ދާނެއެވެ. ފެންވަރައިގެން ނުުކުމެ އާނިޝް ކުޑަގޮތަކަށް ރީތި ވެލައިގެން ޔައިޝާއަށް ގުޅާލިއެވެ. ޔައިޝާ ފޯނުނެގުމުން އާނިޝް ބުނީ ރާޅުޖަހާ ސަރަހައްދައް އައިސްދިނުމަށެވެ. ޔައިޝާ ދެކޮޅު ނުހަދައި އެއްބަސްވީ މިރޭގައި އާނިޝް އާއި އޭނާ ގުޅުން ކަނޑާލާނެ ވާހަކަ ބުނަން ބޭނުންވެފައި ވާތީއެވެ. އާނިޝް ކަހަލަ ބޭވަފާތެރިޔަކާއެކު އެންމެ ސިކުންތަކު ވެސް ޔައިޝާ އުޅޭކަށް ބޭނުމެއް ނޫނެވެ.
އެހެންވެ ކުޑަގޮތަކަށް ރީތި ވެލައިގެން ޔައިޝާ އަތްދަބަސް ހިފައިގެން ބޭރަށް ދާންނުކުތެވެ. އޭރު ނޫރައިން އާއި ހަމްދީ ސިޓިންރޫމު ސޯފާގައި ތިއްބެވެ. ބައްޕަ އާއި މަންމަ ފެނުމުން ހިނިތުންވެލާފައި ޔައިޝާ ބޭރަށް ދަނީކަމުގައި ބުނެލިއެވެ. އަދި ނުކުމެގެން ރާޅުގަނޑު ސަރަހައްދަށް ދާން މިސްރާބުޖެހިއެވެ. ޔައިޝާ އެތަނަށް ދިޔައިރުގައި އާނިޝް ރާޅުޖަހާ މަންޒަރު ބަލަން ހުއްޓެވެ.
” އަހަރެން މިހުރީ އައިސް ދެން ތިކިޔާ އެއްޗެއް ކިޔާބަލަ..” އެއްވެސް އަސަރެއް ނެތް ގޮތަކައް ޔައިޝާ ބުނެލިއެވެ. ” ޔައީ އަހަންނަށް މާފުކުރޭ..” އާނިޝް ބުނެލިއެވެ. ” އަހަރެންދެން އެގޮތަކަށް ނޫޅޭނަން.. ޕްލީސް ޔައި އެއްޗާންސް ދީބަ އަހަންނަށް… އަހަރެން ހުރިހާ ކަމެއް ބަދަލު ކުރާނަން…. ޔައި ބުނި ކޮންމެ ކަމެއް އަހަރެން ކޮއްދޭނަން….” ޔައިޝާގެ އަތުގައި ހިފާލަމުން އާނިޝް ބުނެލިއެވެ. ” އާނިޝް ޑޯންޓް… ޖަސްޓް ޑޯންޓް.. ތިއަތުން އަހަރެންގެ ގައިގައި އަތްނުލާތި ހެޔޮނުވާނެ… ވަރަށް ދުވަހު ކެއްކުރެވިއްޖެ.. ނިޝްއަށް ޓަކާ އަހަރެން ނުކުރަނީ ކޮންކަމެއް…” ޔައިޝާ ލޮލުން ކަރުނަ ނީރާލިއެވެ. ” ޔައި ނުރޮއި… ޔައި ރޯތަން ފެނުނީމައި އަހަރެން ވަރަށް ދެރަވޭ…” އާނިޝް ބުނެލިއެވެ. ” ހުސް ދޮގު އެއްފަހަރު ދެރައެއް ދީފިނަމަ ދެވަނަ ފަހަރު ވެސް ދޭނެ “އައި ހޭވް ނޯ ޓްރަސްޓް” އާނިޝް ބުނީތީ ފުރަތަމަ ފަހަރު ވެސް ޔައި މަޑު ކުރީ އެކަމް ދެން ނުވާނެ… ޔައި ވެސް މީ އިންސާނެކޭ… ކެތްކުރެވޭނީ ވަކިވަރަކަށް…” ޔައިޝާ ލޮލުން ކަރުނަ ފޮހެލަމުން ބުނެލިއެވެ.” އާނިޝް ލެޓްސް އެންޑް ދިސް….” ޔައިޝާ ބުނެލިއެވެ.
” ނޫން ޔައީ.. އަހަރެން ޔައި ދެކެ ވަރަށް ލޯބިވެއޭ..” ޔައިޝާގެ ގާތުގައި އާނިޝް އާދޭސް ކުރަން ފެށިއެވެ. އެހެނަސް ޔައިޝާ ހަމަހިލާ އާނިޝްއަށް އިތުރު ފުރުސަތެއް ދޭކަށް ބޭނުމެއް ނުވިއެވެ. އާނިޝް އޭނާ ގާތުގައި އާދޭސް ކުރަން ފެށުމުން ޔައިޝާ އެތަނުން ދާން ހިނގައިގަތީއެވެ. އާނިޝްއަކަށް ދެން އެހިތަކުން ޖާގައެއް ނެތެވެ. ކިތަންމެ ދެރަ ވިޔަސް ޔައިޝާ ކެއްކުރާނެއެވެ. މީހުން ބުނެއުޅެޔެއް ނޫން ހެއްޔެވެ؟ ކޮންމެ ވެސް ދުވަހަކުން އަދި އުފާ ހާސިލް ވާނެއެވެ. އެދުވަހަކަށް ޔައިޝާ ވެސް އިންތިޒާރު ކުރާނެއެވެ.
މާލޭގެ އެބޮޑު މަގުމަތީގައި ޔައިޝާ ހިނގަމުން ދިޔައީ އެއްވެސް ކަމެއް ކުރާ ހިތް ނުވެފައި ހުރެއެވެ. ރޮއެފައި ހުރުމުގެ ސަބަބުން އެމޫނު މަތީގައި ކަރުނައިގެ ނިޝާންތަށް ފާޅުވާން ހުއްޓެވެ. އެކަމުން ޔައިޝާއަށް އެއްވެސް ފަރުވާލެއްނެތެވެ. އޭނާ ބޭނުން ވަނީ އަދިވެސް ރޯށެވެ. ހިތް ފުރެން ދެންނެވެ. މަޑު ހިނގުމެއްގައި ގޮސް ޔައިޝާ އެންމެ ފަހުން މަޑު ކޮއްލީ މީހުން ގިނަ ހިސާބެއްގައެވެ. އެތާގައި ރައްޓެހިންނާއެކު ސަކަރާތް ޖަހަން ގްރޫޕް ގްރޫޕް ހަދާފައި މީހުން ތިއްބެވެ. ހަމައެހެންމެ ލޯބިވެރިން އެމީހުންގެ އަމިއްލަ ވާހަކައިގައި އެކި ތަންތަނުގައި މަޑުކޮއްލައިގެން ތިއްބެވެ. ޔައިޝާ ވެސް ގޮސް އެހިސާބު ކައިރީގައި ހުރި ބެންޗެއްގައި އިށީނެވެ. އޭރު އެކި މީހުން އުޅޭ ގޮތް ފެނިފައި އިތުރަށް އޭނާއަށް ރޮވުނީއެވެ.
އިޒްކާން ނުކުތީ ފިނިބުރެއް ޖަހާލުމަށެވެ. މުޅި މާލެ ވަށާ ސައިކަލުގައި ދެތިން ބުރު ޖަހާފައި އައިސް އޭނާ މަޑުކޮއްލީ މާދުރުގައި އެކަނި މާއެކަނި އިން ޔައިޝާ ފެނިފައެވެ. ބަލާބެލުމަށް ވަރަށް ދެރަވެފައި އިންހެން ހީވިއެވެ. އިޒްކާން ވީގޮތެއް ބަލާލަން ބޭނުންވިއެވެ. ސައިކަލު ގެނެސް ޕާކިން ޒޯންގައި ޕާކް ކޮއްފައި ޔައިޝާ އާއި ދިމާލަށް ދާން ހިނގައިގަތެވެ. އިޒްކާންއަށް ޔައިޝާ މުޅިން ވެސް ފެންނަނީ ދެރަވެފައިި ހުއްޓައެވެ. ނުވަތަ ރޮވިފައި ހުއްޓައެވެ. މިރޭ ވެސް ޔައިޝާ އިނީ ރޯށެވެ. އިޒްކާން ބޯއަރިކޮއްލާފައި އައިސް ޔައިޝާ ގާތުގައި މަޑުކޮއްލަމުން ޔައިޝާއަށް ބަލާލިއެވެ.
ރޯން އިން ޔައިޝާ ސިއްސައިގެން ދިޔައީ ކައިރީގައި މީހަކު ހުއްޓިލުމުންނެވެ. ކަރުނަތަށް އަތުގެ ނުފުށުން ފޮހެލާފައި ކުރި މަތީގައި ހުރި މީހާއަށް ޔައިޝާ ބަލާލީ ކާކުކަން ޔަގީން ނުވާ ހާލުގައެވެ. އެމީހަކަށް ބަލާލިއިރުގައި ފެނިގެން ދިޔަ ސޫރަ އަކުން ޔައިޝާ ކޮށިއަރާ ގޮތް ވިއެވެ. އިޒްކާން ދެޖީބައް އަތް ޖަހާލައިގެން ޔައިޝާއަށް ބަލަން ހުރުމުން ޔައިޝާ ލަދުގަތެވެ. އިޒްކާންއަށް ނުބަލަން ވެގެން އިސްޖަހާލެވުނީ އިޒްކާންގެ ހިތައް އަރާނެ އެއްޗަކަށް ވިސްނައިނުލައެވެ. އިޒްކާން ޔައިޝާ ގާތުގައި އިށީނެވެ. އަދި ކީއްވެފަ ތޯ ސުވާލު ކޮއްލިއެވެ. ނަމަވެސް ޔައިޝާ އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނީއެވެ. އިސްޖަހާލައިގެން އިން އިރު އިޒްކާންއަށް އޭނާ ބަލަން ބޭނުން ނުވެފައި އިންހެން ވެސް ބައެއް ފަަހަރު ހީވެއެވެ.
” ޔައީ…” އިޒްކާން ޔައިޝާއަށް ގޮވާލިއެވެ. ޔައިޝާ އިސްއުފުލާ އިޒްކާންއަށް ބަލާލިއެވެ. އޭރު އިޒްކާން ވެސް ހުރީ ޔައިޝާއަށް ބަލަން ކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ހަމައެޔާއެކު ޔައިޝާ އިސްޖަހާލީ ލަދުގަތުމުންނެވެ. އަދި ކުރެހިފައި ވި އަޑަކުން ކަމެއް ނުވެއޭ ބުނެލިއެވެ. ޔައިޝާ އެހެން ބުންޔެއް ކަމަކު ކަމެއް ވެފައި ކަން އިޒްކާންއަށް އެނގުނެވެ. ދެވަނަ ފަހަރަށް ޔައިޝާއަށް ގޮވާލީ ޖަވާބެއް ލިބޭތޯއެވެ. އެހެންނަމަވެސް އިޒްކާން ސިހިގެން ދިޔައީ ޔައިޝާ ކޮއްލި ކަމަކުންނެވެ. އެގޮތައް ޔައިޝާ ކަންކޮއްފާނެ ކަމަށް ނުވިސްނާ އިނުމުން އިޒްކާން އަށް ޔައިޝާ ގައިގައި ބާރަށް ހިފަށްޓާލެވުނެވެ. ސަބަބަކީ ވެއްޓި ދާނެ ތީއެވެ.
ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Masha Allah Mi part ves vrh reethi yaisha and izkaan gulhuvahchey plss curiously waiting for the next part when’s next avahah up kohdhehchey can’t wait
Lysm ❤️
thanks Nayerr
Inshallah next part tmmrr
keep waiting
LYSM
Brooo vrh salhi ❤️🥰 when next curiously waiting
thanks Ghost girl
next part maadhan
stay turned
thanks Ghost girl it means a lot 😊
next part soon
keep waitingg
All I gotta say is waau 😭
Keonhos’swifey thankyou so much
it means a lot 😊