ވިލްދާ ފަހަތުން އެފިރިހެނުން ދިޔުމުން އެލްވިން ދެކޮޅު ބަލާލައިފައި އޮފީހުން ނުކުތުމަށް ހިނގައިގަތެވެ. ދޮރުމަތީ ޖީބަށް އަތް ޖަހައިލައިގެން ހުރި އިވާން ފެނުމުން އެލްވިން ދުވެފައި ކަހަލަ ގޮތަކަށްގޮސް އިވާން ކުރިމަތީ ހުއްޓުނެވެ.
“ދޮންބެ، ދޮންތަ ދެއްކިވާހަކަ އަޑުއެހިންތަ..؟” އެލްވިން އެހިއެވެ.
“އާން.. ރިކޯޑް ވެސް ކުރިން..” އިވާން އަތުގައި އޮތް ކުޑަ ޑިވައިސް ދައްކާލަމުން ބުނެލިއެވެ.
“ޔެސް.. ދެޓްސް މޯ އެވިޑެންސް..” އެލްވިންގެ ހިތުގައިވީ އުންމީދުގެ ހުޅުކޮޅު ބޮޑުވިއެވެ.
*ޕާރްޓްـ2*
“ހިގާ ގެޔަށް ދެން.. ވަރަށް ލަސްވެއްޖެ އެއްނު..” އެލްވިންގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން އިވާން ބުނެލިއެވެ. އިވާން ހިގައިގަތުމުން އެލްވިން އޭނާގެ ދޮންބެގެ ފަހަތުން ކުޑަކުއްޖެއްހެން ދިޔައެވެ.
“ދޮންބެ.. ރެސްޓޯރެންޓަށް ވަދެ ކައިގެން ދާންވީނު..؟” ކައިރީގައި ހުރި ރެސްޓޯރެންޓަށް ބަލާލަމުން އެލްވިން ބުންޔެވެ.
“ހޫމް.. އެލް ބޭނުން ގޮތެއް..” އިވާން ހީލިއެވެ.
ރެސްޓޯރެންޓަށް ވަދެ ކާނެ އެއްޗަކަށް އޯރްޑާރް ކޮށްލައިފައި ދެމީހުންވެސް ގޮޑީގައި ހަމަޖެހިލިއެވެ. “ދޮންބެ މާދަމާ އޮފީހަށްދަންތަ..؟” ތައްޓަށް ފެންފޮދެއް އަޅަމުން އެލްވިން އަހާލިއެވެ. “ޔެސް.. ކޭސްތައް މިދުވަސްކޮޅު ގިނަވީމަ ބޮސް ބުނީ އައުން ވަރަށް މުހިންމޭ..” އިވާން ބޭރުބަލާލަމުން ޖަވާބު ދިނެވެ. “ތޭންކްސް..” ވެއިޓާރް އައިސް ކާއެއްޗިހިތަށް މޭޒުމަތީ ބެހެއްޓުމުން އެލްވިން ހީލަމުން ބުނެލިއެވެ.
“އަސްލު ވަރަށް ހީވޭދޯ ދޮންތަ މަންމަމެންގެ މަރުގެ ފަހަތުގަ ވާހެން..؟” އެލްވިން ސީރިއަސް ވެލިއެވެ.
“ޔެސް.. ދޮންބެއަށް ފެންނަނީ އަދި ތަންކޮޅެއް ބޮޑަށް އިންވެސްޓިގޭޓް ކޮށްލާފައި ދޮންތަ ދުކޮށްލަން..” އިވާން އޭނާގެ ހިޔާލު ދިނެވެ. އެލްވިން ވެސް އާއެކޭ ބުނާފަދައިން ބޯޖަހައިލާފައި ކާންފެށިއެވެ. ކައިނިމުމާއި އެކު ދެމީހުންވެސް ގެޔާއި ދިމާއަށް މިސްރާބު ޖެހިއެވެ.
އިވާން ފެންވަރާ ތާޒާ ވެލައިގެން އައިސް އެދުމަތީ އޮށޯވެލިއެވެ. ހަތަރު ދަމު އޭނާ އޮފީހުގައި އުޅެފައި އެލްވިން އާއި އެކު އުުޅުމުން ހުރީ ތަނެއްގައި ބުރަކަށި ޖައްސާލަން ނުލާހިކު ބޭނުންވެފަ އެވެ. ދެލޯ މަރާލުމާއި އެކު މާގިނައިރު ތަކެއްނުވެ ފުންނިންޖަކަށް ގެނބިއްޖެެވެ.
ފަތިސްނަމާދުގެ މޫރިތި ކަލިމަތަކުގެ އަޑަށް އިވާން އަށް ހޭލެވުނެވެ. މުނުދޮވެ ވުލޫކޮށް ހަދައިގެން އޭނާ މިސްކިތަށް ދިޔައީ ޖަމާއަތުގައި ބައިވެރި ވުމަށެވެ. މިސްކިތުން ފައިބައިގެން އޭނާ ގަސްތުކުރީ “ޖިމް” އަށް ގޮސްލުމަށެވެ. ކާރު ޕާކު ކޮށްފައި ޖިމް ތެރެއަށް ވަނީރަށް ހުރިހާ އަންހެންކުދިންގެ ނަޒަރު އޭނައަށް ހުއްޓުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކަޅުކަންގަދަ ފަންއިސްތަށިގަނޑު ތަރުތީބެއްނެތި ހާވައިލައިފައި ހުރީރު އެއްބައި ވަނީ އޭނާގެ ލޯމަށްޗަށް ވެއްޓިފައެެވެ. ދޮންމުނާއި އަޅި ކުަލައަކަށްދާ ލޯފެނި އަންހެން ކުދިން ދީވާނާ ކޮށްލައެވެ. ނަމަވެސް އިވާން މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓާ ހެޑް ފޯން އަޅައިގެން އޭނާގެ ވޯކްއައުޓް ފެށިއެވެ.
އެލްވިން ހޮސްޕިޓަލަށް ދާންވެގެން ފެންވަރައި ތާޒާ ވެލިއެވެ. އޭނާ ބޭނުން ކުރާ “ބޮޑީ ވޮޝް”ގެ ސަބަބުން އެމީރުވަސްވަނީ މުޅި ކޮޓަރިތެރެއަށް ފެތުރިފައެވެ. އޭނާ ލޯގަނޑު ކުރިމަތީ ހުރެ ލުއި ގޮތަކަށް މޭކްއަޕް ކޮށްލައިގެން އިވާން ސައިބޯން ގޮވުމުން ދިޔައެވެ.
“ދޮންބެ އެހެރީ އެލްގެ ފޭވްރިޓް ގެނެއްސަ..” އިވާން ސްޓޭޝަނަށް ދާންވެގެން ކޮޓަރިން ނިކުންނަމުން ހީލަމުން ބުނެލިއެވެ.
“ތެންކިއު..” އެލްވިން އުފާވިއެވެ.
އޭނާގެ ދޮންބެ އޭނާއަށް ބަލައި ހުރިހާ ކަމެއް ކޮށްދޭތީވެ އެލްވިން ހުންނަނީ ޝުކުރު އަދާކުރާނެ ގޮތެއް ނެއިންގިފައެވެ.
“ހިގާދާން.. އެހެންނޫނީ ލަސްވެދާނެ..” ތަށިތަށް ދޮންނަން ހުރި އެލްވިން އަށް ބަލާލަމުން އިވާން ބުނެލިއެވެ.
“ޔެސް މިނިމުނީ..” ޓިޝޫ އެއް ނަގައި އަތް ފުހެލަމުން އެލްވިން ބުނެލިއެވެ. އިވާންގޮސް އެލްވިން ހޮސްޕިޓަލް ގޭޓް ކުރިމައްޗަށް ލައިދީފައި “ބާޔް” އޭ ބުނެލިއެވެ.
“އޭ ބޮސް އެބަ ހޯދާ..” އިވާންގެ ފޯނަށް އައި މެސެޖް ފެނުމުން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ސްޓޭޝަނަށް ވަނެވެ. އޮފީސްތެރެއަށް ވަދެވުމާއި އެކު ކައިޒެން އިވާން އަށް މީޓިން ރޫމަށް ވަނުމަށް ހަނާއަޅާލިއެވެ.
“ސޮރީ ބޮސް.. ކުޑަކަމެއް ދިމާވެގެން ލަސްވީ..” އިވާން މީޓިން ރޫމް ދޮރުކުރިމައްޗަށް އަރައިފައި މަޢަފަށް އެދުނެވެ. އިލްހާން އޭނާއަށް އަދަބު ދޭނެކަމަށް ހީއްކޮށް އިވާން ހާސްވިއެވެ. އޭނާ ދާހިއްލަން ފެށިއެވެ. ކައިޒެން އަށް އިވާންގެ މޫނުމަތީވީ ހާސްކަން ފެނި ހިނިއަންނަ ގޮތް ވިއެވެ.
“ނޯ ވޮރީސް.. އިށީންދޭ..” އިލްހާންގެ ޖަވާބު އަޑުއަހައިފައި އިވާން އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Hey Bloom. This is one of your new fans. Eh dhuvahaku site hulhuvaali gadeega mi story ge first episode inee upload vefa. and, the name caught my attention. like, I got the feeling that this story would be a good one, it would be my type! So, I started reading it. The first episode was pretty good, and interesting. this part has become better than that one.
Episode 1 ah comment kohnuliyas, keen, and i’ll keep on commenting from this one onwards. So count me as one of your sweet readers.!
Waiting for the next part! <3
Thank u sooo much🖤 I hope u love it appreciate ur support!!:)
Vrhh loabi mi part vxxx Masha Allah .when’s next part ???
I appreciate ur hard work
Lots of love 💕💕
Thank u..I appreciate ur support soo much..lots of love🖤