Skip to content
އެސްފިޔަ

ހިތް އެދެ ޔާރާ ތިއޭ – 31

“އައިމް އެފްރެއިޑް ބަޓް ޔޫ އާރ ނޮޓް ފާރޓައިލް މިސްޓަރ ޔާދިން.. ޔާދިންގެ ހަށިގަނޑުގައި ހުރި ބައްޔެއްގެ ސަބަބުން ޔާދިންއަށް ދުވަހަކުވެސް ދަރިން ލިބޭނެކަމުގެ ޔަގީންކަމެއް ނެތް..” ޑޮކްޓަރުގެ ވާހަކައިން އެ ކުޑަ ކޮޓަރީގެ ހަތަރު ފާރު އޭނަލައި ފިއްތައިލި ފަދަ އިހްސާސެއް ކުރެވުނެވެ. “ނޫން ޑޮކްޓަރ ތިހެން ނުބުނޭ.. ތިއީ ދޮގެކޭ ބުނޭ.. ޕްލީޒް ނޫން..” ޔާދިން މޫނުމަތީ އަތް އަޅައިލިއިރު އޭނަގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ފިރެހެނެއް ނަމަވެސް ސިކުންތެއްނުވެ އޭނަގެ ދެލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ.

***ޕާޓް 31***

ޔާދިންއަށްޓަކައި ދުންޔާގެ ހިތް ރޯލިއެވެ. ދުންޔާގެ ހިތަށް ކިތަންމެ އަނިޔާއެއް ދިން ނަމަވެސް ޔާދިންއަކީ ދުންޔާގެ ލޯބިވާ ފިރމީހާއެވެ. ދުންޔާ މަޑުމަޑުން ޔާދިންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ތިހެން ބުނާ ކިތަންމެ މީހެއް ބޭރުން ބޭސް ފަރުވާކޮށްގެން ރަނގަޅުވެފަ ހުރޭ.. މާތް ﷲގެ އިރާދަފުޅުން ނޫނީ އެއްވެސް ކަމެއް ނުވާނެ ދިން.. އަހަރެމެންނަށް އޮތީ ގިނަގިނައިން އެފަރާތައް ދުޢާ ކުރުން..” ޔާދިންއަށް ވިސްނައިދޭފަދަ ރާގަކަށް ދުންޔާ ބުންޏެވެ. ޑޮކްޓަރު ދުންޔާއާއި އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ.

ދުންޔާގެ ބަސްތަކުން ޔާދިން ލަދުގަތެވެ. އެހެންމީހެއްނަމަ ޔާދިން ދޫކޮށްފައި މިހާރު ހިނގައިދާނެއެވެ. ޔާދިންގެ ބަދަލުގައި ދުންޔާއަށް މިހެންވީ ނަމަވެސް ޔާދިން ހުރީ ދުންޔާ ދޫކޮށްފައި ދާން ތައްޔާރައްށެވެ. އެހެނަސް ތަގުދީރު ކުޅިބައި އަތުރައިލީ ޔާދިންއާއި ދެކޮޅަށްށެވެ. ޔާދިން އެހާލުގައިވީއިރު ދުންޔާގެ ހިތުގައި ޔާދިންއާއި މެދު ޝަކުވާ ހުރި ނަމަވެސް، ދުންޔާ އެހުރީ ޔާދިންއަށް އެހީވެދޭން ހޭވައްލާ ތައްޔާރަށްށެވެ. ރިޔާޒްވެސް ޔާދިން ފަދަ ދަރިން ނުލިބޭ މީހަކާ އިންނަން މައިރީންއަށް ހުއްދަ ނުދޭނެކަން ޔާދިންއަށް އެނގެއެވެ. ޔާދިންގެ ހިތައް އެފަދަ ވަގުތަކުވެސް މައިރީންގެ ނަން އެރުމުން ޔާދިންގެ ގާތަށް ރުޅިއައެވެ. ދުންޔާ އޭނައަށް އެހާ ރަނގަޅުއިރު އިތުރު އަންހެނަކާއި މެދު އޭނަ މި ވިސްނަނީ ކީއްވެ ހެއްޔެވެ؟

ޔާދިން އޭނަގެ ނިތްކުރި ދެއިނގިލި ކުރިން މަސާޖްކޮށްލަމުން ނޭފަތް ދަމާލިއެވެ. “އައިމް ސޯ ސޮރީ..” ޔާދިން ކުރެހިފައިވި އަޑަކުން ދުންޔާ ގާތުން މާފަށް އެދުނެވެ. އޭނައަށް ހެދުނު ގޯސް މިއަދު ވިސްނިއްޖެއެވެ. އެކަކަށް ހިތާމައެއް ދީފަ އަނެކާއަށް އުފަލުގައެއް ނޫޅެވޭނެއެވެ. ހަމައެގޮތަށް ތިމާ ލޯބިވާ މީހަކާއި އެކީ އުޅުމަށްވުރެ ތިމާ ދެކެ ލޯބިވާ މީހަކާއެކު އުޅުން ބުއްދިވެރިކަން ޔާދިންއަށް ވިސްނުނެވެ. “ދިން ކާމް ޑައުން..” ޔާދިންގެ ގިސްލުމުގެ އަޑުއިވި ޔާދިންގެ ބުރަކަށީގައި ފިރުމަމުން ދުންޔާ ބުންޏެވެ. ޑޮކްޓަރު އެވަގުތު ދެމަފިރިންނަށް ވަގުތުކޮޅެއް ދިނުމަށްޓަކައި އެތަނުން ނިކުތުނެވެ. ދުންޔާގެ މޭގައި ބޯއަޅައިގެން ޔާދިން ރުޔެވެ. ދުންޔާ މަޑުމަޑުން ޔާދިންގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ.

“އަހަރެންގެ ބަދަލުގަ ދޫނިއަށް މިހެންވީނަމަ އަހަރެން ހުރީ ދޫނި ދޫކޮށްފަ ދާން.. ކީއްވެ؟ ކީއްވެ ދޫނި އަހަރެން ކައިރީ ތިހުރީ؟ އަހަރެން ދޫނިއާ މެދު އެހާ ގޯސްކޮށް ކަންތައް ކުރާއިރުވެސް ކީއްވެ އަހަރެން ދޫކޮށްލާފަ ނުދަނީ؟ އަހަރެންނަށް ދެން ދުވަހަކުވެސް ދަރިން ލިބޭނެހެނެއް ހިޔެއްނުވޭ.. އަހަރެން ހާދަ ބޭނުމޭ ދަރިއެއް ދޫނީ.. އަހަރެންނަށް އެނގޭ ދޫނިވެސް ބޭނުންވާނެކަން.. އަހަރެން ޝަކުވާއެއް ނުކުރާނަން ދޫނި އަހަރެން ދޫކޮށްލާފަ ދިޔަޔަސް.. އައި ޑިސާރވް އިޓް..” ޔާދިން ރޮމުން ވާހަކަ ދެއްކިއެވެ. “ދިން ޕްލީޒް ތިކަހަލަ ވާހަކަ ނުދައްކާ.. އަހަރެންނަށް ދިން ދޫކޮށްނުލެވޭނެ.. އަހަރެން އެއަށްވުރެ މާބޮޑަށް ދިން ދެކެ ލޯބިވޭ.. ދިންއަށް އިރާދަކުރެއްވިއްޔާ ކުދިން ލިބޭނެ އިންޝާ ﷲ.. ޝިފާ ދެއްވާނީ ﷲ.. އަހަރެމެންނަށް އޮތީ އެކަމަށް މަސައްކަތްކޮށް ދުޢާކުރުން.. އަހަރެން ދިން ދޫކޮށްލާފައެއް ނުދާނަން.. ވީ އާރ އިން ދިސް ޓުގެދާ..” ޔާދިން ނިތަށް ބޮސްދެމުން ދުންޔާ ބުންޏެވެ.

ދުންޔާގެ ވާހަކަތަކުން ޔާދިންގެ ހިތަށް ކޮންމެވެސް ވަރަކަށް ފަރުވާ ލިބުނު ފަދައެވެ. ލޯފޮހެލާފައި ރީތިކޮށް ޔާދިން ގޮޑީގައި އިށީނެވެ. ޑޮކްޓަރަށް ދުންޔާ ގޮވާލުމުން ޑޮކްޓަރަށް ހާއްސަ ކުރެވިފައިވި ގޮޑީގައި ޑޮކްޓަރ އިށީނެވެ. “ޔާދިން ސިގިރޭޓްބޮންތަ؟” ޑޮކްޓަރު އަހައިލިއެވެ. ޑޮކްޓަރު ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޔާދިން ބޯޖަހައިލިއެވެ. “ކުރިން ބުއިން.. ގާތްގަނޑަކަށް ދެތިން މަސްވަރުވެދާނެ ހުއްޓާލިތާ..” ޔާދިން އިސްޖަހައިލަމުން ބުންޏެވެ. “ސިގިރޭޓްގަ ހިމެނޭ ޓޮބެކޯގެ ބާވައްތަކުގެ ސަބަބުން އޭގެ ސީދާ އަސަރު ކުރޭ އެބަ ރިޕްރޮޑަކްޓިވް ސެލްސްއަށް.. އެގޮތުން ހޯމޯނަލް ބެލެންސްއަށް ބޮޑެތި ބަދަލުތަކެއް އާދޭ އަދި ރިޕްރޮޑަކްޓިވް އޯގަންސްއަށް ބްލަޑް ފްލޯ ކުރާ މިންވަރު މަދުވޭ.. ސިގިރޭޓްގެ ދުމުގައި ހަތްހާހަށްވުރެ ގިނަ ކެމިކަލް ހުރޭ.. އޭގެ ތެރެއިން ނިކޮޓިން، ކާރބޮން މޮނޮއޮކްސައިޑް، ކެޑްމިއަމް އަދި ބެންޒީންގެ ސަބަބުން މޭލް ރިޕްރޮޑަކްޓިވް ސެލްސްގެ ޑީއެންއޭ ހަލާކުވޭ..” ޑޮކްޓަރު ދެމަފިރިންނަށް މައުލޫމާތުދިނެވެ.

“ޔާދިން ސީ.އޯ.ޕީ.ޑީ ކަހަލަ އެއްޗަކަށް ޓެސްޓްކުރިންތަ؟ ގާތްގަނޑަކަށް ކިހާ ދުވަހެއް ވަންދެން ހުއްޓާނުލާ ސިގިރޭޓް ބޭނުންކުރީ؟” ޑޮކްޓަރު ސުވާލުކޮށްލިއެވެ. “ހިތުގެ މައްސަލައެއް ނޫނީ ފުއްޕާމޭގެ މައްސަލައެއް ނެތް އަޅުގަނޑުގެ.. ކޮންމެ އަހަރަކުހެން ޗެކްއަޕްސް ހަދައި އެގޮތަށް ކަމެއް އުޅެންޔާ ބޭސް ކުރަން.. އަޅުގަނޑު ސިގިރޭޓް ހުއްޓުމެއްނެތި ބުއިން ގާތްގަނޑަކަށް ހައަހަރާއި ބައި ވަންދެކަށް.. އޭރު ދިރިއުޅުމުގެ ކަންތައް ހުރި ގޮތުން ސްޓްރެސްވީމަ އަޅުގަނޑަށް ހިޔާރު ކުރެވުނު މަގަކީ އެއީ..” އިސްޖަހައިލައިގެން އިދެ ޔާދިން ބުންޏެވެ. “އަމިއްލައަށް ސިގިރޭޓް ބުއިން ހުއްޓާލުމަކީ ވަރަށް ހިތްވަރު ހުރި މީހަކަށް ނޫނީ ނުކުރެވޭނެކަމެއް.. މިހާރު ޔާދިން ކުރަންވީކަމަކީ މިކަމަށް ފަރުވާ ހޯދުން.. އަޅުގަނޑު ބޭރުން މިކަހަލަ ބަލިތަކަށް ސްޕެޝިލައިޒްވެފަ ހުރި ޑޮކްޓަރެއްގެ ނަންބަރ ދޭނަން.. އަދި މި ވަގުތައް ބޭނުން ކުރަން ބޭސްތަކެއް ދޭނަން..” ޑޮކްޓަރ އެހެން ބުނެ ބޭސް ސިޓީ ލިޔަންފެށިއެވެ. ދުންޔާ މަޑުމަޑުން ޔާދިންގެ އަތަށް ހިތްވަރުދިނުމުގެ ގޮތުން ފިތައިލިއެވެ.

ހޮސްޕިޓަލުން ގެއަށް އައިއިރު ޔާދިން ހުރީ ބަސްމަދުވެފައެވެ. އިސްޖަހައިގެން ހުރިއިރު މީހާގެ މޫނު މަތިން ދެރަވެފައިވި މިންވަރު ފެނެއެވެ. ކޮޓަރިއަށް ވަދެވުމާއެކު ލައިގެން ހުރި ގަމީހާއި ފަޓުލޫނު ބޭލުމަށްފަހު ޔާދިން އެނދަށް ވެއްޓިގަތެވެ. ޔާދިން މިވަގުތު ވިސްނާނީ ކޮންކަމަކާކަން ރަނގަޅަށް އެނގޭތީ އެ ހިޔާލުތަކުން ދުރުކުރުމަށްޓަކައި ދުންޔާގެ ބޮލުގައި ކަންތައް ކުރުމަށް ރޭވުމެއް ރާވައިލިއެވެ. ލާނެތް ހިނިތުންވުމަކާއިއެކު ފެންވަރައިލައިގެން ރަތްކުލައިގެ ކުރުކުރު ނިދާ ހެދުންކޮޅެއް ދުންޔާ ލިޔެވެ. އޭގެ އަތުގެ ބަދަލުގައިވަނީ ދެ ވާ ފަށެވެ. ކިރިޔާ ފަލަމަސްގަނޑާއި ހަމައަށް ހެދުން އަރާކަމެވެ. ދުންޔާގެ އޮޅަލި ކުލަޔަށްދާ ފައި އޮތީ ހާމައަށްށެވެ. ރީތިވާ މޭޒުދޮށުގައި ހުރެ ރީތިވެލުމަށްފަހު އެނދުގައި މަޑުމަޑުން ދުންޔާ އިށީނެވެ. ދުންޔާ އިށީނުމާއިއެކު ދުންޔާގެ އުނގުގައި ޔާދިން ބޯއަޅައިލިއެވެ. ޔާދިންގެ ތުންފަތުގައި ދުންޔާ ބޮސްދިނެވެ. ދުންޔާގެ މި އިސްނެގުމުން ޔާދިންގެ ހިއްސުތައް ހޭލައިގެން ދިޔައެވެ.

މައިރީންއަށް ލޯ ހުޅުވައިލެވުނީ ފަރުދާއިން ފޭދެމުން ދިޔަ އިރުގެ ރަން އަލި މޫނަށް އެޅެން ފެށުމުންނެވެ. މަޑު ގޮދަނޑީގެ އިހްސާސް ކުރެވުމުން މައިރީންއަށް މޯޅިއަކަށް ދެމެވުނެވެ. ކުއްލިއަކަށް ކުރިން ދުވަހުވީ ކަންތައް ހިތަށް އެރުމުން މައިރީންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. މައިރީން އަވަސްއަވަހަށް ކޮޅަށްޖެހުނެވެ. މައިރީންގެ މޫނަށް ހާސްކަމެއް ވެރިވީ އޭނަ ލައިގެން ހުރި އަންނައުނު ބަދަލުވެފަހުރި ތަން ފެނުމުންނެވެ. އެންމެ ގޯސްކޮށް ވިސްނުމުން އޭނަގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ފެންކަޅިވެފައިވި ދެލޮލުން އޭނަ ކޮޓަރިތެރެ ސްކޭންކޮށްލިއެވެ. ކިންގް ސައިޒް އެނދެއް ކޮޓަރީގައި ހުރިއިރު ރީތިވާ މޭޒަކާއި އަލަމާރިއެއް ކަނާއަތުގައި ހުއްޓެވެ. ކުޑަދޮރު ފެނުމުން މައިރީން އަވަސް އަވަހަށް ކުޑަދޮރާއި ދިމާލަށް މިސްރާބުޖެހިއެވެ.

ކުއްލިއަކަށްް އެއްޗެއްގައި އަޅައިގަނެފައި އަނގަވަތަށް މައިރީން ވެއްޓުނެވެ. އަނގައިން އަޑެއް ލައްވައިލަމަށްފަހު އޭނަ ވެއްޓުނީ ކޯޗެއްގައި އަޅައިގަނެފަތޯ ބަލައިލަން ފަހަތަށް މޫނު އަނބުރައިލި ވަގުތު، މައިރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މައިރީންގެ ފައިގެ ކުޑަހުޅުގައި ހިމަ ޗޭނުގަނޑެއް ޖަހާފައިވިއެވެ. އެ ޗޭނުގަނޑު ވަނީ ކޮޓަރީގެ ބިތުގައި ހުރި ފާރުގައި ހަރުކުރެވިފައެވެ. މައިރީން އެ ޗޭނުގަނޑު ނެއްޓޭތޯ މަސައްކަތް ކުރަން ފެށިއެވެ. އެ ޗޭނުގަނޑަށް ދަމައި ވަރުބަލިވިއިރުވެސް އެޗޭނުގަނޑު ނުނެއްޓުމުން މައިރީންގެ ދެލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. މައިރީން ސިހިގެން ދިޔައީ މީހަކު ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލުމުންނެވެ. “ބުރުގާ އަޅައިބަލަ..” ބަރުއަޑެއްގެ ވެރިއެއް ދޮރުގެ ފަހަތުގައި ހުރެ ވާހަކަ ދެއްކިއެވެ. މައިރީންއަށް އެއަޑު ވަރަށް ގިނައިން އިވޭ އަޑަކާއި ވައްތަރުވިއެވެ.

މައިރީން ރީތިވާމޭޒުގެ ގޮޑީގައި އަޅުވާފައިވި ބުރުގާ ބޮލަށް މަހައިލުމަށްފަހު ދެލޯ ފޮހެލައި އެތާހުރި ސްޕްރޭފުޅިއެއް އަތަށް ހެޔޮވަރުކޮށްލިއެވެ. ކޮޓަރިއަށް ވަތް ކައިލްއަށް މައިރީން ހުރިގޮތް ފެނުމުން ހެވުނެވެ. “އަހަރެން ގައިން ނުބައި ވަސް ތި ހިސާބަށްވެސް ދުވަނީތަ ސްޕްރޭފުޅި ހިފައިގެން ތިހުންނަނީ؟” ލާނެތް ގޮތަކަށް ކައިލް އަހައިލިއެވެ. “ކަ..ކައިލް؟؟” މައިރީންއަށް ބުނެވުނެވެ. ކައިލްގެ ނަޒަރު ހުއްޓުނީ މައިރީންގެ ފައިގައި ޖަހާފައިވި ޗޭނުގަނޑަށްށެވެ. އެ ޗޭނުގަނޑު ހިމަ ނަމަވެސް އެއީ ވަރަށް ވަރުގަދަ ޗޭނުގަނޑެކެވެ. މައިރީން އެއިން ސަލާމަތްވާން މަސައްކަތް ކުރާނެކަން އެނގޭތީވެ މައިރީންގެ ފައިގައި ޗޭނުގަނޑުން އައްސާފައިވާ ބައި ވަނީ ފިޔާތޮށިކުލައިގެ ބޮލުގައި އައްސާ ވޫލުގަނޑެއްފަދަ އެއްޗެއްގެ ތެރެޔަށްލާފައެވެ. އެހެންކަމުން މައިރީންގެ ފައިގައި ޖަހާފައި އޮތް ބަޔަށް އަމިއްލައަށް ދެމި ނަމަވެސް ފައި ރަތްވެ ހަލާކެއް ނުވާނެއެވެ.

“އަހަރެންނަށް އެނގޭ ޓައިނީއަށް އެންމެ ރީތީ ދަނބުކުލަކަންވެސް ދެން އެކަމަކުވެސް އެކުލައިގެ ވޫލުގަނޑެއް ނުފެނުނީމަ ފިޔާތޮށިލީ.. އަހަރެން ވަރަށް މޮޅުދޯ ޑީ.އައި.ވައި ހެކްސްއަށް؟..” އެއްމިޔަކަނުން ހެވިފައިހުރެ ކައިލް އެހިއެވެ. “ކައިލް ސަކަރާތް ނުޖަހާ.. މިއީ ކޮންކަމެއް.. އަހަރެން ދޫކޮށްލާ..” މައިރީން ހިތްހަމަނުޖެހިފައިހުރެ ބުންޏެވެ. “ތި ޗޭނުގަނޑު ވަރަށް ދިގު ވާނެ އަނެއްހެން.. ހަމައެކަނި މައިރީންއަށް ނުދެވޭނީ މިގޭ ބޭރަށް ނިކުމެވޭ ދޮރާހަމައަށް.. މިހާރު ދެން ދަތް އުނގުޅައިގެން މޫނު ދޮވެލައިގެން އާދޭ ބްރެކްފާސްޓްއަށް.. އަހަރެން މިހުރީ ސިޓިންރޫމްގަ..” މައިރީންގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ކައިލް ވާހަކަ ދެއްކިއެވެ. އެއަށްފަހު އޭނަ އެތަނުން ނިކުތެވެ. މައިރީން ހުރީ ހަދާނެގޮތެއް ނޭނގިފައެވެ. ކައިލް އޭނަ މިތާ ބަހައްޓާ ސަބަބެއް އޭނައަކަށް ނޭނގުނެވެ. ނުރޯން ހިތްވަރުކުރަމުން ތުންފިއްތާލާފައި މައިރީން ފާހަނައަށް ވަދުނެވެ.

ކައިލް ސޯފާގައި އިންދައި އެގެއަށް މާވިން ވަދުނެވެ. “ކޮންގްރޭޓްސް އޮން ޔުއާރ ފަސްޓް މެޝަން އެކޯ.. އެކަމަކު ފުރަތަމަވީހެން ކޮންޓްރޯލުން ނުނައްޓައްޗެ ދެން..” ކައިލްގެ ބޮލުގައި ބޮނޑިއެއް އަޅަމުން މާވިން ބުންޏެވެ. “ތެންކްސް މިސްޓް ހެހެ.. ކަލެޔާ ނުލާ އެކަމެއް މަށަކަށް ނުވީސް..” ކައިލް ބޯކަހައިލަމުން ބުންޏެވެ. “މިހާރު ކިހިނެތް ހަދަން ވިސްނަނީ ތި؟” މާވިން އަހައިލިއެވެ. “އޭނައަށް ރަނގަޅަށް ސައިބޯންދީފަ ވާހަކަ ދައްކަން އައި ގެސް.. އެކަމަކު އެމީހުން މާލޭގަ އުޅޭހައި ހިނދަކު އަހަރެން އޭނަ އެތަނަކަށް ނުފޮނުވާނަން.. ހެޔޮ މަގޭ ދެކެ ކިތަންމެ ރުޅިއަޔަކަސް..” ކައިލް ބުންޏެވެ. “އޭނަ އާއިލާއަށް އަންގަން ޖެހޭނެއެއްނުން..” މާވިން ބުންޏެވެ. “އަންގާނަމޭ..” ކައިލް ފޯނުނަގަމުން ބުންޏެވެ.

އެވަގުތު މައިރީން ކޮޓަރިން ނިކުތުނެވެ. މައިރީން ނުކުތުމުން މާވިން ދެމީހުންނަށް ވަގުތުކޮޅެއް ދިނުމަށްޓަކައި އެތަނުން ދިޔައެވެ. މައިރީން ހުރީ އޭނަގެ އަމިއްލަ ހަށިގަނޑުގައި ބައްދާލައިގެންނެވެ. އޭނަގެ އަންނައުނު ބަދަލުކުރީ ކައިލް ކަމަށް ހީކޮށް ކައިލްއާއި ހަތަރުކަޅި ހަމަކުރަން ނުކެރިފަ މައިރީން ހުއްޓެވެ. ކައިލް ކަރުކެހިލުމަށްފަހު ކުރިމަތީގައި ހުރި ސޯފާގައި އިށީނުމަށް އިޝާރާތްކޮށްލިއެވެ. މައިރީން މަޑުމަޑުން އައިސް ސޯފާގައި އިށީނެވެ. ކައިލް ސައިތަށި ދެމީހުންގެ ދެމެދުގައި ހުރި މޭޒުގައި ބަހައްޓައިލަމުން މައިރީންގެ ސައިތަށި މައިރީންއާއި ކައިރިކޮށްލިއެވެ. “ހަމަޖެހިބަލަ އަހަރެންނެއްނޫން ޓައިނީގެ އެއްޗެހި ބަދަލުކުރީ.. މަގޭ ފްރެންޑެއްގެ ވައިފް..” މައިރީން އިން ގޮތުން ކައިލް އެންމެފަހުން ބުނެލިއެވެ. ކައިލްގެ ޖުމުލައިން މައިރީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

“މައި  ބޭނުން ގެޔަށް ދާން…” މައިރީން މަޑުމަޑުން ބުނެލިއެވެ. ކައިލް ބޯހޫރުވައިލިއެވެ. “ކައިލް ތީ ފުލުހެއް.. މައި މީ ލޯޔަރެއް.. މައި މައްސަލަ ޖައްސާފިއްޔާ ކައިލްގެ ވަޒީފާ ކައިލްއަށް ގެއްލުން އެކަށީގެންވޭ..” މައިރީން އިންޒާރެއް ދޭ ފަދައަކުން ބުންޏެވެ. “ސޯ ބީ އިޓް.. ޓައިނީ މިތަނުން ދޫކޮށްލީމަ އަނެއްފަހަރު އެމީހުންގެ އަތްދަށަށް ވަންނަތަން ބަލާކަށް އަހަރެންނެއް ނުހުންނާނަން.. ޔޫ ބެޓާ ގެޓް ކޮމްފޮރޓަބަލް ކޯޒް ޔޫ އާރ ނޮޓް ލީވިން ހިޔާރ އެނީޓައިމް ސޫން..” ކައިލް ސޯފާގައި ހަމަޖެހިލަމުން ބުންޏެވެ.

މައިރީން ދަތްކުނޑިވިކައިލިއެވެ. “މައިގެ ފެމިލީ މައި ހޯދާނެ..” މައިރީން އެހެން ބުނުމުން ކައިލް މައިރީންގެ ބައްޕައަށް ގުޅައިލިއެވެ. ރިޔާޒް ހަލޯއޭ ބުނުމާއެކު މައިރީން ކައިލް އަތުން ފޯނު ޖަހައިގަތެވެ. ކައިލް ހިނިއައިސްފައި މައިރީންއަށް ބަލަން އިނެވެ. “ހަލޯ ބައްޕާ ކައިލް މައި ކޮންމެސް ތަނަކު ޗޭނު ޖަހާފަ ބަހައްޓާފަ މިހުރީ..” ޝަކުވާގެ ރާގަކަށް މައިރީން ބުންޏެވެ. “ތިހެންވިއްޔާ ރަނގަޅު.. ކައިލް އޭނަ ތިހުރި ތަނަކުން ދިޔަ ނުދޭތި..” ސްޕީކަރަށްލާފައި ހުރުމުން ކައިލްއަށްވެސް ރިޔާޒްގެ އަޑުއިވުނެވެ. ރިޔާޒްގެ ޖުމުލައިން މައިރީންގެ ދެލޯ ބޮޑުވިއިރު ކައިލް ހިނިގަނޑެއް ޖަހައިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (16)

  1. Ash.xx

    Oww eco iss kaill dhww ehmma 😭intrestingg 💗cantt wait for the nextt prttt 🥺 ahah maireen bappa ves dhw 🤣 andd yaadhin ah evee hama vaaan vee gothah anyywayyss waitinggg firr nextt ingeyy 🥰

    1. Maash
      Ash.xx

      Hehe yess echo is kail.. next part insha allah sundayga.. aww thanks for Ur lovely comment.. 💜🦋

  2. Shiu💜

    Mi part vx varah Reethi Masha Allah…
    So sad Yaadhin ah vee gothun..🥺
    Allheyy… Dhunya and Yaadhin is soooo romantic.. 🤭😳
    So Echo is Kail and Mist is Maavin…
    Kail and Mai ge koalhun gandu dhw😅
    Mai ah dhera gotheh nahadhahchey..
    Kail and Mai gulhuvahchey.. 😁
    Curiously waiting for the next part..
    Lysm Maash💜

    1. Maash
      Shiu💜

      Thank you sooo muchh.. I’m happy U liked it.. yeshh I’m sad abt yaadhin too.. hehe yeahh they are cuties..
      Yup echo is Kail and mist is maavin.. hehe emeehun abadhu thibeny koalhe koalhe ehnun.. mai ehury kailge kairy ehnun.. kail mai ah dhera gotheh nahadhaane ehnun dhen.. next part Insha Allah sundayga.. love you moree darling 💜🦋

  3. Aanaa

    Masha allah mi part vs vrh reethi
    Alhey naseebeh kanne thanklh kuriyah kiyaalan libunukan..thnk uuu:)
    Dhunya kihaa rangalhu..ekahala gadieh ga ehn miiheh nama divorce vaan beynunvaanyy
    Kail r maavin dhww eiii…
    E miihun ge koalhun gandu kiyaafa mood rangalhu kohdhey…hithah araa thi dhe miihun marry kohfa ulheynee kihineh baaey….
    Riyaazbey yaadhin r mai gulhuvan ulheyne kmh nei…kail r gulhuvan ulhenvy mihaar las vs vehje kanne
    SOO CURIOUS.. WHEN NEXT?
    LYYYY🫶🫶🫶

    1. Maash
      Aanaa

      Thank you so muchh.. I’m happy U liked this part.. hehe Ur welcomess avahah liyevunyma upkohley mi.. yeshh dhunya is one of a kind hehe.. yup kail and maavin eii mist and echo.. hehe emeehun marry kohfa haalehga dhw ulheny… Haha let’s see what riyaaz do dhww.. next part insha allah Sunday ga.. love you moree💜🦋

  4. Shaf_maan

    Maasha Allah mi prt vx vrh reethi
    Vrh surprise vefa hury mi prt up kohfa in than fenunyma.. Friday ga next ey bunefa.. 💜
    Dhunya Yaadhin dheke vanyy aadhaige loiybeh nun… 💜💜
    So mai salaamai kuryy kail n maavin…
    Kihineh riyaaz…..
    So curious
    Can’t wait
    Whn nxt?????
    Tc.. Lysm Marsh 💜💜💜

    1. Maash
      Shaf_maan

      Thank youuu so muchh.. I’m happy U liked this part.. hehe suprise.. dhunya yaadhin dheke vany hageegee lowbi🤭.. yup mai salaamai kurey kail men.. next part Insha Allah sundayga..
      Love you moree darlinggg💜🦋

  5. aishayar

    Mashallah mi part vx vrh salhi
    Maireen aa kail haadha cute eyy
    I love how dhunya care about yaadhin like their meant to be together
    When is next?
    Lyssm💜

    1. Maash
      aishayar

      Thank you so muchh darl.. I’m happy U liked it.. hehe mai men cute dhww.. dhunya really cares about him.. next part Insha Allah Sunday ga.. love you moree 💜🦋

  6. Anonymous

    Yaadhin ah vee hama Ranghalhah. He is such a red carpet😭. Dunya deserves much better. Haadha cute ey dho Kail and Maireen 🙈. I can’t wait to see emeehunge more scenes. Varah reethi ebai💗🎀

    1. Maash
      Anonymous

      Hehe Yaadhin dhww.. he changed a bit ig.. but mihaaru visneyne.. kail and mai cute vaane ehnun dhen.. thank youuuu I’m happy U liked this part💜🦋

  7. girllyy_

    masha allah mi part vx v reethi
    alheyy dhunya n yaadhin sooo cuteee
    Yaadhin emme fahun guilt feel v dhww .. i knew it hehe
    btw echo aky kail dhw ehen v ma
    v curious ingeyy
    when next maash?!?

    1. Maash
      girllyy_

      Thank you so much girlyy.. I’m happy U liked this part.. yup yaadhin emme fahun guilt feel vejje.. yess echo is kail.. next part insha Allah Sunday ga 💜🦋

  8. gurrrl_8

    mi part ves vrh reethi
    when is next
    cant wait
    keep it up!

    1. Maash
      gurrrl_8

      Thanks gurrrl_8.. I’m happy U liked it.. next part tmr Insha allah.. thank you for Ur support 💜🦋

Comments are closed.