Skip to content
އެސްފިޔަ

ހިތް އެދެ ޔާރާ ތިއޭ – 33

“ކައިލްއަކަށް ނޭނގޭނުން އެއީ ކާކު ކަމެއް އެހެންވީމަ އަނގަމަޑުންލައިގެން ހުރޭ..” ކައިލްގެ އަތުގައި ޖަހައިލަމުން މައިރީން ބުންޏެވެ. “ހޫން ހެވޭ ހެވޭ އަވަހަށް ސައިބޯން އުޅޭ..” ކައިލް ހީލަމުން ބުނެލިއެވެ. މައިރީން އޭނަގެ ވާން އުޅޭ ފިރިމީހާއަށް ޖެއްސުންކުރާނެ ގޮތް ކައިލްއަށް ކިޔައިދެމުން ދިޔައިރު، އެއްއިރެއްގައިވެސް ކައިލް އޭނަގެ ވާން އުޅޭ ފިރިމީހައަށް ވެދާނެއެކޭ މައިރީންގެ ހިތަކަށް ނާރައެވެ.

***ޕާޓް 33***

ދުވަސްތައް ފާއިތުވެގެން ދިޔައީ އެކި މީހުންގެ ހިތްތަކަށް އެކި އިހްސާސް ގެނުވަމުންނެވެ. މަޔާންއަށް ވޭތުވެ ދިޔަ ހަފްތާވެގެން ދިޔައީ ވޭންދެނިވި ހަފްތާއަކަށްށެވެ. އިރުއަރާ އިރު އޮއްސޭތަން ފެނުމުގެ ނަސީބުން އޭނަވަނީ މަހްރޫމްވެފައެވެ. ކޮންމެ ދުވަހަކު އައު ގޮތަކަށް އަނިޔާ ލިބޭއިރު، މަޔާން ދިޔައީ އޭނައަށް ލިބެން އުޅޭ ދަރިފުޅަށްޓަކައި ކެތްކުރަމުންނެވެ. އެ ދަރިފުޅު ފެނިލުމުގެ ނަސީބު ލިބޭތޯ ރެއާއި ދުވާލު ދުޢާ ކުރަމުންނެވެ. ސިމެންތި ޖަހާފައިވި ތަނުގައި ހުރި ދަގަނޑު އެނދުގައި އޮތް މަޔާންގެ ހަށިގަނޑުވަނީ ހިކިގެން ގޮސް އަނަރޫފަވެފައެވެ. އެ އެނދުގެ ހަތަރެސްފަޔާއި މަޔާންގެ ހަތަރެސްފައި ވަނީ ހިލިހިލާޖަހައި ހައްޔަރުކޮށްލާފައެވެ.

ދޮރުގައި ތިން ފަހަރަށް ރާގަކަށް ޓަކި ޖަހައިލި އަޑުއިވި މަޔާންގެ މޫނު މައްޗަށް ފޫހިކަން ވެރިވިއެވެ. ދޮރު ހުޅުވުމާއިއެކު މޫނު ފާރާއި ދިމާލަށް މަޔާން އަނބުރައިލިއެވެ. ލަޔާޝާ އައިސް މަޑުމަޑުން މަޔާންގެ މަގަތުގައި އިށީނެވެ. “ދާން އުޅޭ މިތަނުން.. ކީއްކުރަން ތިއައީ ނުލަފާ މުޑުދާރު އަންހެނާ.. ހަމަ މިހާރުދޭ.. ކަލެޔަށް މަގޭ ބޮލަށް އެރެވޭނެޔޭ ހީވިޔަސް ތިއީ ވަރަށް ބޮޑު ކުށްހީއެއް.. މަށަކީ މީހެއްގެ ވަފާތެރި ފިރިއެއް.. އަހަރެން މަރުވެގެންދާނީވެސް އެގޮތަށް..” މަޔާން ދަތްކުނޑިވިކައިލުމަށްފަހު ބުނެލިއެވެ.

މަޔާންގެ ބަސްތަކުން ލަޔާޝާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއްވެރިވިއެވެ. “އަހަރެންވެސް ބޭނުމީ ތިކަހަލަ ވަފާތެރި ފިރިޔެއް.. އެކަމަކު މަޔާން ބުނިހެން އަހަރެން ކަހަލަ ތުންފުއްސަކަށް ލިބޭނީ އަހަރެން ކަހަލަ މީހެއްނުން.. ލާރާ އިސް ލަކީ..” ލަޔާޝާ އަމިއްލަ ނަފްސަށް މަލާމާތް ކުރާ ފަދައަކުން ބުންޏެވެ. “ހުއް މިހާރު މަގޭ ބޮލަށް އެރެވޭތޯ ދޯ ތިއުޅެނީ؟” ދެލޯ އަޅާއިލަމުން މަޔާން ބުނެލިއެވެ. “މަޔާންގެ ބޮލަށް އެރެން ބޭނުމިއްޔާ މަށެއް ނާންނާނެއެއްނުން މިކަހަލަ އެއްޗެއްގައެއް..” ލަޔާޝާ އޭނަ ލައިގެން ހުރި ހެދުމަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ.

ކުރިން އަންނަ ފަހަރުތަކާ ތަފާތުކޮށް ލަޔާޝާ މިފަހަރު ހުރީ އާދައިގެ އަޅިކުލައިގެ ހޫޑީއަކާއި ދިގު ހަރުވާޅެއްލައިގެންނެވެ. “ދެން ކީއްކުރަން ތިއައީ..” ފޫހި ގޮތަކަށް މަޔާން އަހައިލިއެވެ. “މަޔާންއަށް އުނދަގޫ ކުރާކަށްނުން..” ލާނެތް ހިނިތުންވުމަކާއެކު ލަޔާޝާ ބުނެލިއެވެ. މަޔާން ކަޅި އަނބުރައިލިއެވެ. “އެ ނޫން އެހެންކަމެއް އެމީހުން ކަލެއަށް ކުރަން ނުޖައްސަނީތަ..” މަޔާން މައްޗަށް ބަލަން އޮވެ އަހައިލިއެވެ. “އާން ދެން ނުޖައްސާނެއެއްނުން.. މަ ނުލާހިކު އުނދަގޫ ބޮޑުވާނޭ އެމީހުންނަށްވެސް ހެހެހެ..” ލަޔާޝާ އަމިއްލައަށް ހެމުން ބުންޏެވެ. “ބޮލުގަ ކަމެއް ހުންނަ މަންޖެއެއްދޯ ތީ..” މަޔާން ފާޑަކަށް ބުނެލިއެވެ.

ލަޔާޝާ ހޭންފެށިއެވެ. “އާން ދެން ނުހުރެ ނުދާނެއެއްނުން.. މަގޭ މަންމައޭ ކިޔުނު ޖަނަވާރު މަ މި މީހުންނަށް ވިއްކާލާފި އުމުރުން އެންމެ ފަސް އަހަރުގަ..” ލަޔާޝާ ހެމުން ބުނެލިއެވެ. ލަޔާޝާގެ ޖުމުލައިން މަޔާންގެ މޫނު ވަގުތުން ލަޔާޝާއާއި ދިމާލަށް އެނބުރުނެވެ. “އެހެންދޯ.. ދެން މަ ގިލްޓް ފީލްވެގެން ކަލެޔާއެކީ ސްލީޕްކުރަންވީތަ؟..” މަލާމާތުގެ ރާގަކަށް މަޔާން ބުނެލިއެވެ. މަޔާން ލަޔާޝާ ބުނި ވާހަކައެއް ގަބޫލެއް ނުކުރެއެވެ. މިކަހަލަ ކޭސްތަކުގައި އިމޯޝަނަލީ ބްލެކްމެއިލް ކުރަން ގޭންގްތަކުން ހަމަޖައްސާފައިވާ ކުދިން ހުންނަކަން އޭނައަށް ޔަގީނާއި ގާތަށް އެނގެއެވެ. “މަޔާން ހާދަ ގޯސްކޮށޭދޯ ތި ވިސްނަނީ.. މަ އެއް ފަހަރުވެސް ބުނެފިންތަ ތިހެން..” ލަޔާޝާ ހީލަމުން ބުނެލިއެވެ.

މަޔާން ލަޔާޝާގެ ދެލޮލަށް ބަލައިލިއެވެ. އެދެލޮލުން އޭނަ އެބުނަނީ ތެދުހެން ހީވެއެވެ. އެހެންނަމަވެސް އޭނަގެ ތުންފަތުގައި ކުރަހައިލެވިފައިވާ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ މަކަރުވެރިކަން ނުވަތި ހިތާމަކަމެއް މަޔާންއަކަށް ވަކި ކުރާކަށް ނޭނގުނެވެ. “ކަލޭ ބުނާކަށް ނުޖެހޭ.. މަ މި ބުނީނުން ކަލޭ ދައްކާ ބޭކާރު ވާހަކަތައް އަޑުއަހާކަށް ބޭނުމެއްނޫނޭ.. އައިތާކަށް ނިކުމެގެން ދާން އުޅޭ..” މަޔާން ހަޅޭއްލަވައިގަތެވެ. ލަޔާޝާގެ ހަށިގަނޑަށް ކުޑަ ސިހުމެއްވެރިވިއެވެ. އިސްޖަހައިލަމުން އޭނަ ކާއެއްޗެހި އަޅައިގެން ގެނައި މަތިޖެހި ތަށި މަޔާންގެ ކައިރީ ބެހެއްޓުމަށްފަހު ދާން ހިނގައިގަތެވެ.

ޝިޔާމާ ހުރީ ލާރާ އުޅޭ ގޮތުން ލާރާގެ ބަނޑުގައި އުފެދެމުންދާ ތުއްތު ފުރާނައާއިމެދު ކަންބޮޑުވެފައެވެ. ލާރާގެ ކަމަކީ އަބަދު ރުއިމެވެ. އެކަމުގެ ސަބަބުން ލާރާއަށް މާޔަލްއަކަށްވެސް ރަނގަޅަށް ނުބެލެއެވެ. ޝިޔާމާ މާޔަލް ބަލަމުން ދިޔަނަމަވެސް ލާރާވަނީ މާޔަލް ގޮވައިގެން ބޭރަށް ނުކުތުން މަނާކޮށްފައެވެ. މާޔަލްއާއި މަޔާންއަށްވީ ގޮތުން ލާރާ ހުންނަނީ ނަފްސާނީ ގޮތުން ވަރަށް ބަލިކަށިވެފައެވެ. މާޔަލްވެސް ލާރާ އުޅޭ ގޮތުން ހުންނަނީ މަޑުނެގިފައެވެ. އަބަދު ސަކަރާތްޖަހާ އަނގަ ނުހުއްޓާލައިގެން އުޅޭ ކުއްޖާ މިހާރު ވާހަކަ ދައްކަނީވެސް ހާލަކުން ފަހަރަކުއެވެ.

އައިނާއާއި އަޔާނާ ދިޔައީ އެއާއިލާއަށް ވެވުނު ވަރަކުން އެހީވަމުންނެވެ. އެމީހުންގެ އާއިލާ އަޑިގަޑުގައިވީ ހިނދު އަތެއް ދިއްކޮށްލީ ޝިޔާމާމެން ކަމުގައިވުމުން އަޔާނާ އެކަމަށް އަބަދުވެސް ޝުކުރުވެރިއެވެ. “ލާރާ ދަރިފުޅާ.. އަބަދު ރޮންޏާ ލާރާގެ ބަނޑުގައި އޮތް ދަރިފުޅަށްވެސް އެކަމުގެ އަސަރުކުރާނޭ… އަނެއްކާ މާޔަލްވެސް މިހާރު ހުންނަނީ އަބަދު މަޑުނެގިފަ..” އޮށޯވެގެން އޮތް ލާރާގެ ބުރަކަށީގައި މަޑުމަޑުން ފިރުމަމުން ޝިޔާމާ ލާރާއަށް ވިސްނައިދެވޭތޯ އުޅުނެވެ. “މަންމާ އަހަރެން ކިހިނެތް އުޅޭނީ ޔާންއާ ނުލާ.. އަހަރެންމެންގެ ދެކުދިން ކިހިނެތް ބަލާނީ..” ގިސްލެވިފައި ހުރި ލާރާ ވޭނުން ފުރިފައިވި ރާގަކަށް އަހައިލިއެވެ. “މާތް ﷲ އިންސާނަކަށް ނޫފުއްލެވޭ ފަދަ ބުރައެއް ނުޖައްސަވާނެ ލާރައްތާ.. ޔާންބެ ވަރަށް އަވަހަށް އަންނާނެ..” އައިނާ ބުނެލިއެވެ.

“މިރޭ ދޯ މައި ކައިވެނި ކުރަނީ ޝިޔާމައްތާ..” އައިނާ މަޑުމަޑުން އަހައިލިއެވެ. ޝިޔާމާ ބޯޖަހައިލިއެވެ. “ކީއްކުރާނީ.. އަހަރެމެންނަށްވެސް ދެވޭކަށްނެތް ކިތަންމެ ދާން ބޭނުންވިޔަކަސް.. އަހަރުން ގޮސްފިއްޔާ އެމީހުންނަށް ވަގުތުން އެނގޭނެ މައި ހުރިތަން.. އިރާދަކުރެއްވިއްޔާ ކައިލްއާ ކައިވެނި ކުރެވުނީމަ ރަނގަޅުވާނެ..” ޝިޔާމާ ފުންނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. އައިނާ ޝިޔާމާގެ ބަހަށް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. އެންމެ ގާތް އެކުވެރިޔާގެ ކައިވެނީގައި ބައިވެރިވާން ކިތަންމެ ބޭނުންވިނަމަވެސް އެކުވެރިޔާ ނުރައްކަލަކަށް ވައްޓާލާކަށް އައިނާ ދުވަހަކުވެސް ނޭދެއެވެ.

ޔަޝާލް އޮފީސް ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނަ އުޅޭ ގޮތުން ހީވަނީ މީހަކު ނައިސްގެން ލަސްވެފައި ހުރިހެންނެވެ. އިރުއިރުކޮޅާ ގަޑި ބަލައިލައެވެ. ދޮރުހުޅުވައިލާފައި ދުވެފައި އައި ކުއްޖާ ހުއްޓުން އެރީ ދެބުމަ ގޮށްޖަހައިގެން ހުރި ޔަޝާލް ފެނިފައެވެ. އޭނައަށް ހިންދިރުވައިލެވުނެވެ. “ހަތަރު މިނެޓާއި ދިހަ ސުކުންތު ލަހުން ވަޒީފާ އާދާކުރާ އެންމެ ފުރަތަމަ ދުވަހުވެސް ތި އާދެވުނީ..” ހަށަން ބަނދެލައިގެން ހުރެ ޔަޝާލް ބުނެލިއެވެ.

“ސޮރީ އަޅުގަނޑު-” އަލިޝްކާގެ ޖުމުލަ މެދުކަނޑައިލުމަށްފަހު ޔަޝާލް ވާހަކަ ދައްކަން ފެށިއެވެ. “އިތުރު އެކްސްކިޔުޒްއެއް އަހަރެން ބޭނުމެއް ނޫން.. އެހެރީ އިލިޝްކީގެ ޑެސްކު.. އަހަރެން ހުންނާނެ ކަވާ ކުރަންޖެހޭ ބައިތައް ލިޔެފަ ރިޕޯޓްގެ.. މިއަދު ހަވީރުގެ ކުރިން އަހަރެންގެ މޭޒުމަތީގަ ރިޕޯޓް އޮންނަންވާނެ.. އަހަރެންގެ އެސިސްޓެންޓް ސަލާމްގަ މިދުވަސްކޮޅު ހުރީމަ އޭނަގެ ޓާސްކްތައްވެސް ފުރިހަމަ ކުރަންޖެހޭނީ އިލިޝްކީ އަންޑަސްޓޭންޑް؟..” ޔަޝާލް އެއްފަހަރާ އެތައް ކަމެއް އަލިޝްކާގެ ބޮލަށް ޖެހިއެވެ. “އިޓްސް އަލިޝްކާ ސާރ..” އަލިޝްކާ ބޯޖަހައިލަމުން އޭނަގެ ނަން ރަނގަޅުކޮށްލިއެވެ.

ޔަޝާލްގެ ދެބުމަ ގޮށްޖެހުނެވެ. “ފަސޭހަ ނަމެއް ނޭނގޭނެ މި މީހުންނަކަށްވެސް ކިޔާކަށް.. މަށަށް ފަސޭހައީ އިލިޝްކާ ކިޔަން.. އެހެންވީމަ ކިޔާނީވެސް އިލިޝްކާ..” ޔަޝާލް ބުނެލިއެވެ. “އަޅުގަނޑަށް ހަތް ދުވަސްވީމަ ބައްޕަ ލޯބިން ކިޔާފަ ހުރި ނަމެއް އެހެން މީހަކު ބަދަލުކޮށްގެން ކިޔަން އަޅުގަނޑަށް ނުރުހެވޭނެ.. އަލިޝްކާ ކިޔަން އުނދަގުލިއްޔާ އެލީ ކިޔަސް އޯކޭ..” އަލިޝްކާ ދެބުމަ ގޮށްޖަހައިލަމުން ބުންޏެވެ. “މިހާރު އެޖެހުނީ ކޮންތާކު.. އަމިއްލައަށްވެސް ނަން ކުރުކޮށްގެން ހަދައިގެނެއްނުން ތިކިޔަނީ.. އަހަރެން އެހެންވިއްޔާ ކިޔާނީ ލިކާ ނިމުނީނުން..” ޔަޝާލްގެ ގާތުން މޮޅު ނުވެވޭނެކަން އެނގުމުން އަލިޝްކާ އޭނައަށް ދެވިފައިވާ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ.

މައިރީން އިނީ ސިޓިންރޫމްގައި ދެބުމަގޮށްޖަހައިލައިގެން ހަށަން ބަނދެލައިގެން ދެފައި ވަށްކޮށްލައިގެންނެވެ. “ލުކް އޮން ދި ބްރައިޓް ސައިޑް.. ފައިގަ ޖަހާފަ މިހުރި ޗޭނުގަނޑުން މިނިވަންވާނެ ނުލާހިކު އަވަހަށް ދެން..” ކައިލް ހިނިއައިސްފައި ބުންޏެވެ. “އައި ހޭޓް ޔޫ..” މައިރީން ތުންފިއްތައިލަމުން ބުންޏެވެ. “ލަވް ޔޫ ޓޫ” ޖެއްސުމަށް ހިނިގަނޑެއް ޖަހައިލަމުން ކައިލް ބުންޏެވެ. “މައި ކިޑްނޭޕާރސްތައް ކައިރިން ސަލާމަތްކޮށްފަ ނުވިތާކަށް ކިޑްނެޕްކޮށްފަ ނައު ޔުއާރ ޖަސްޓް ގޮނަ ސެލް މީ؟؟” މައިރީން ރުޅިއައިސްފައި އިނދެ އެއްސެވެ. “ހޭއި އަހަރެންގެ ބޮލަށް ނުޖަހާ.. އެއީ މައިރީންގެ ބައްޕަގެ ކަމެއް..” ކައިލް އަމާން ދޭ ފަދައަކުން ހިނިއައިސްފައި ހުރެ އަތް މައްޗަށް ނަގަމުން ބުނެލިއެވެ.

“އެއްވެސް މީހަކު މައިރީން ވިއްކާލާކަށް ނޫޅޭ އެހެންނޫނަސް.. މައިރީންގެ މޮޔަކަމުން ސަލާމަތްކުރަން މީހަކާ ދެވަނީވެސް އެ..” ޖީބަށް އަތް ޖަހައިގެން ހުރެ ކައިލް ބުނެލިއެވެ. “ހަހް މީތިން މިނިވަންވާ ގޮތަށް އަދި އެއަށްވުރެ މާ ބޮޑު ޖަލަކަށް ދެން ވަންނާނީ..” ފައިގައި ޖަހާފައިވި ޗޭނުގަނޑަށް އިޝާރާތްކުރަމުން މައިރީން ބުނެލިއެވެ. އެވަގުތު ރިޔާޒް އެތަނަށް އައެވެ. “ސެލޫންއިން ކުދިން އެބަ އާދޭ.. މައިރީން ދޭބަލަ ފެންވަރަން ބޮޑާ ނަހާކާ..” މައިރީންއިން ގޮތުން ރިޔާޒް ހަރުކަށި ރާގަކަށް އަމުރު ކުރިއެވެ. ތުންދަމައިގެން ހުރެ މައިރީން އަވަސް އަވަހަށް ކޮޓަރިއަށް ވަދުނެވެ.

މައިރީން ފެންވަރައި ނިމިގެން ކޮޓަރިން ނިކުންއިރު ހުދާއި ދަނބުކުލަޔަށް ދާފަދަ ރީތި ވެޑިން ޑްރެސްއެއް އެނދުގައި ފަތުރާލާފައިއޮތެވެ. ހެދުމުގެ ރީތިކަން ފެނި މައިރީންގެ ދެލޯ ވިދައިގަތެވެ. ޓަކި ޖެހުމަށްފަހު މައިރިން ރީތި ކުރަން އައި ކުދިން އެތެރެއަށް ވަދެ މައިރީން ކައިވެންޏަށް ތައްޔާރު ކުރަން ފެށިއެވެ. ދެލޮލުގައި މަޑު ދަނބުކުލައިގެ ޝޭޑެއް ޖެއްސުމަށްފަހު މަސްކަރާ އަޅައި މައިރީންގެ އެސްފިޔަތައް އިތުރަށް ދިގުކޮށްލާ ކަޅުކަންގަދަކޮށްލިއެވެ. ތުންފަތުގައި މަޑު ރަތްކުލައެއް ޖެއްސުމަށްފަހު ޝޯލްއަޅުވަން ފެށިއެވެ. ޝޯލް ދަނބުކުލައިގައި ހުރިއިރު ހުދުކުލައިގެ ކުދި ބޮޑު އެސްތަކެއް ބޮލާއިދިމާލުގައި ވިދަވިދާ ހުއްޓެވެ. ޝޯލް ރީތި ގޮތަކަށް އެޅުވުމަށްފަހު ހުދުކުލައިގެ ތާޖު މައިރީންގެ ބޮލުގައި އެޅުވުނެވެ. މައިރީންއަށް ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ލަދުގަތުނެވެ. އޭނަގެ ހިތުގެ ތެޅުން އަވަސްވާން ފެށީ ވާން އުޅޭ ފިރިމީހާއާއި ބައްދަލުވާ ވަގުތު ކައިރިވާން ފެށުމުންނެވެ،

ކައިވެނި އޮތީ އެގޭގެ ގޯތީގައެވެ. ގޯތީގައިއެކި ވައްތަރުވައްތަރުގެ ލެވެންޑާމަލާއި، ބެލް ފްލާވާ ފަދަ އެކި ވައްތަރުގެ ދަނބުކުލައިގެ މާގަސްތަކުން ވަނީ ބަގީޗާ ހެދިފައެވެ. އަދި ދަނބުކުލައިގެ އެކި ޝޭޑްތަކުގެ ފެއަރީ ލައިޓްތައްވެސް ގަސްތަކުގައި ހުއްޓެވެ. ކައިލް ހުރީ މައިރީން އަންނަންދެން ގޯތި ތެރޭގައި ކައިވެނި ކުރުމަށް ހާއްސަކުރެވިފައިވި ތަނުގައި މަޑުކޮށްލައިގެންނެވެ. ގަދަ ދަނބުކުލައިގެ ފަޓުލޫނަކާއި، ކޯޓެއްލައިގެން ހުރި ކައިލް ފެންނަނީ ނުހަނު ސްމާޓްކޮށްށެވެ. ކަޅުކުލައިގެ ބުޅި އިސްތަށިކޮޅު ހީވަނީ ނޫޑްލްސްކޮޅެއްހެންނެވެ. ތުނިތުނިކޮށް ތުނބުޅި ހުރުމުން ކައިލްގެ ފިރެހެންވަންތަކަން އިތުރުކޮށްދެއެވެ. ދެޖީބަށް އަތް ޖަހައިލައިގެން ހުރިއިރު ކައިލްގެ ނަޒަރު އިރުއިރުކޮޅާ ދޮރާއި ދިމާލަށް ހުއްޓެއެވެ. ކުޑައިރުކޮޅަކަށްފަހު ކައިލްގެ އިންތިޒާރަށް ނިމުމެއްއައެވެ.

އުޑުން ފޭބި ޕަރީއެއް ފަދައިން ކައިވެނީގެ ހެދުން ކުޑަކޮށް ހިއްލައިލައިގެން ހުރެ މައިރީން ދޮރުން ނިކުތުނެވެ. އުސްކަށްޓިއަކަށް އަރާފައިވުމުން ވެއްޓިދާނެނެތީ މައިރީން ތިރިއަށް ބަލަމުން ހިނގަމުން ދިޔައެވެ. ހެދުމުގެ މޭމަތީގައި ދަނބުކުލައިގެ ފިނިފެންމާތަކެއް ބަރިއަކަށް ހަރުކޮށްލެވިފައިވެއެވެ. މެއިން ތިރިޔަށް ބަނޑާއި ދިމާލުގައިވި ބަންދާއި ހަމައަށް ހުރީ ހުދުކުލައިގައެވެ. ބަންދުގެ ތިރީގައި ދަނބުކުލަ ގަދަވަމުންގޮސް ހެދުމުގެ ފަސްބައިހުރި ގަދަ ދަނބުކުލައިގައެވެ. ހެދުމުގެ އަތް ފުޅާކޮށް ހުރިއިރު ހެދުމުގެ ފަސްބައި ދިޔައީ ބިންމަތީގައި ކޭތްތެމުންނެވެ. ކައިލްއަށް ނޭވާލާން ހަނދާން ނެތުނު ފަދަ އިހްސާސެއް ކުރެވުނެވެ. މައިރީންގެ ފުރިހަމަކަމުން އެރޭގެ ހަނދު ލަދުން ވިލާތަކުގެ ފުރަގަހަތަށް ވަދެ ފިލިއެވެ. ރިޔާޒް މައިރީންގެ އަތުގައި ހިފައިގެން ގެންގޮސް ކައިލް ކައިރީގައި ބެހެއްޓިއެވެ. އެވަގުތު ފައިއަޅައިލެވުނު ގޮތަކުން ކޮންޓްރޯލުން ނައްޓާ މައިރީން ވެއްޓެން ދިޔައެވެ.

މީހެއްގެ އަތުތެރޭގައި އޮވެވުނު އިހްސާސްވެގެން މައިރީން މަޑުމަޑުން ދެލޯ ހުޅުވައިލިއެވެ. ކައިލްގެ ތުންފަތް އެއްމިޔަކަނުން ދެމުނެވެ. “ތެންކްސް..” ހާސްވެފައިހުރިވަރުން މައިރީންއަށް ކައިލްއާއި ދިމާލަށް ރަނގަޅަށް ބަލައިވެސް ނުލެވުނެވެ. “އަވަހަށް ދެކުދިން ދޭ ގޮޑީގަ އިށީނަން.. ގާޒީ ވަޑައިގަތީ މިހާރު އެޔޮއް..” ރިޔާޒް ބުންޏެވެ. ރިޔާޒްގެ ވާހަކައިން މައިރީންގެ ހިތުގެ ހިނގުން މަޑުޖެހުނު ފަދަ އިހްސާސެއް ކުރެވުނެވެ. “ކޮ..ކޮން ދެކުދިންނެއް..” މައިރީން އަޅައަޅައިގަންނަމުން އެއްސެވެ. “ދަރިފުޅާ ކައިލްއާއެއްނުން..” ރިޔާޒްގެ ޖުމުލައިން ދެލޯ ބޮޑުކޮށްލާފައި ބިރެއް ފެނުނުހެން މައިރީންއަށް ކައިލްއާއި ދިމާލަށް ބަލައިލެވުނެވެ. މައިރީންގެ މޫނަށް އަރައި ފޭބި ކުލަވަރުން ކައިލްއަށް އޭނަގެ ހިނިގަނޑު ހިފަހައްޓާލަން މަޖުބޫރުވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (18)

  1. Innathu mee

    U are really talented maash.. Maash ge hurihaa vhk eh ves kiyan ekm comment eh nukurevun…. Anyway storie is amazing.. Curiously waiting….. Next part kon irakun?

    1. Maash
      Innathu mee

      Aww thankyou soo muchhh.. I’m happy to hear thattt.. next part insha allah sunday noony mondayga..

  2. Naberr🤍

    Alhey vrh curious mayaan ah dhera gotheh nahadhahche please😭😭
    Curiosity waiting for next part 🤍
    Ilysm❤️

    1. Maash
      Naberr🤍

      Lets see what happens dhww.. next part sunday noony mondayga.. love you moree darlinggg💜🦋

  3. shimmer

    hi maash
    how are you???
    its been a long time, right? almost 4 months i think since i haven’t commented ….. but ever since i finished my exams i have been regularly reading the story ……..
    anyway mi part ves hama best like all the other parts……….. mai and kail ekaku anekakah fall kuruvabala avahah……… im waiting to see their romance…….
    and i even have a feeling that raakin is not even dead …
    curiously waiting for the next part… when is it???

    1. Maash
      shimmer

      Heyy Shimmer..
      I’m fine alhamdhulillah.. I hope You are doing well too.
      yes its been long since i havent got ur sweet comment.. I see.. I hope your exam was good.. Thankss I’m happy to hear thatt.. hehe lets see dhww vaa goii.. I think their romance ah vure bodah koalhunthah is more intresting hehe😂 ooohhh but there is evidence that he died.. Next part insha allah sunday noony mondayga..💜🦋

  4. Raya

    Mashallah mi part vx vrh reethi
    Maiee dhw 🤣
    Mayaan ah dhera gotheh nuhadhahchey

    1. Maash
      Raya

      Thankyou so much raya.. lets see dhw vaagoi hehe..💜🦋

  5. Shiu💜

    Mi part vx varah Reethi Masha Allah…
    Laara jeheyne ennun hiyvaru kuran dhe kudhinnah takaa vx..
    Mayaan and Mai ah dhera gotheh nahadhahchey🥺🙏
    Layaasha E kiyanee hama thedheh kanneyn dhw.
    Kail and Mai is Sooo funny 🤣 Mai ge reaction eba sifa kurevey mihaaru vx 😂
    Curiously waiting for the next part
    Your One Of My Fav Author 🥰
    Lysm Maash 💜

    1. Maash
      Shiu💜

      Aww thankyou soo much Shiu.. I’m happy u liked itt..
      Yes asluvx laara vaane dhw hiyvaru kuran..
      Lets see dhw mayaan ah vaagoii..
      Maybe.. Maybe not.. Manupulate kurany kamahvx vedhaane ehnun..
      Rightttt They are chaotic hehe..
      Next part insha allah sunday noony mondayga..
      Aww that made my dayy…
      Love you moree darll💜🦋

  6. Oreo gurll

    Oooopsiiessss.. finally Maireen ah engijje vaan ulhey firimeehaa 🤣🤣🤣
    Maaasshh. Let me take a guess, ur fav colour is purple.. the purple wedding dress, coats, fairy lights, and all the decorations were described so nicelyy.. aslu vx hama varah salhi.
    Awwn, i wanna go to her wedding party too. Kail would look so amazing. 🙊👀
    Would she refuse? Ohhhh.. im so excited.
    And Mayaan kanthah kuree hama rangalhah. He should be loyal to Laaraa. But something tells me that Layaashaa is hiding smthn, that she’s going through another level of pain. I mean, emme 5 yrs ga gang akah vikkaaleema kihaa vareh vaane. Emeehun kihaa vareh kuraane e mausoom kujjaa ah.
    Dhww?? Lets see dhn vaagotheh.
    Varah varah interesting mi episode ves. Dhn kon irakun next episode kiyaalan libeynee Maash? Varah inthizaaru kurevey eba.
    Lyssssssssssssm 💜🦋😍😊

    1. Maash
      Oreo gurll

      Hehe yess finally mai ah engijje marry kureveny kail aa kan..
      hehe yeshhh my fav colour is purple… Thanksss im happy u liked it.. Same darl same.. i wanna go to their wedding too girll.. Haha wedding ah gosfa groom katuvaalan dhw thiulheny😂 Lets see what mai will do dhww..
      Yeshh mayaan is really loyal to his wife.. hehe lets see layaasha ah vaa goii dhww..hama dhogu hadhany kamah vx vedhaae ehnun.. Thankss again.. next part insha allah Sunday noony moneyga.. Love you moreee darlll💜🦋

  7. Luna

    Urghhhhh when next part can’t wait

    1. Maash
      Luna

      Next part insha allah Sunday noony mondayga

  8. Your fav bab

    Mi part hama seedhaa 1 vana ga MA ❤️❤️❤️
    Feels like layaashaa is trying so hard to manipulate mayan but he is so courageous been loyal to his wifyy🥹🥹
    Mai dhw🤦‍♀️🤦‍♀️ mai vikkaalan ulhey vaahaka ves e bunynu kail kairee!! Hama seedhaa chaotic ppl for no reasons 😂
    Ur descriptions are so excellent that I can even imagine me in that party!!
    Mai ge reaction ah dhen inthizaaru kureveny!!
    When next?
    Lyssm❤️❤️❤️

    1. Maash
      Your fav bab

      Thank you soo muchhh.. I’m happy U liked it.. hehe yes mayaan is really loyal.. they are chaotic couple heheh.. aww thank you soo muchhh.. mai reaction hinga dhww balaalama.. next part Insha Allah tomorrow I’ll try.. love you more darling 💜🦋

  9. Aanaa

    Masha allah mi part vs vrh reethi
    Adhi kiyaalaafa cmnt eh kohlevey varu mivii😢
    Cover vrh loabi
    Layaasha ge vhk adu ahaafa vrh curious vehje
    Hahaha..mai r kail sifa vaakahala mihaar
    Mai ge vhk hunanne goi balan keih madhu vefa mihuri
    Curiously waiting
    When next?
    Lyyyyyy🫶🏻🫶🏻🫶🏻🫶🏻
    Miige S3 ehvs vrh kiyaahihvey nuny bonus episode eh kiyaalan libeyne kmh unmeedh kuran…mihaa reethikoh vhk genesdhey thy vrhhh bodukoh thankuuu luuu🥰

    1. Maash
      Aanaa

      Thank you soo muchh I’m happy I liked it.. hehe ehen dhww.. thanksss I love the cover too.. mai ge vhk engeyne next part ga hehe.. next part tomorrow upkohleveytho balaanan… Love you moree darling..
      Darl adhi story nimen vx kairi nuve.. you guys don’t need a S3 hehe.. cause this season will be like over 50 eps I think.. maybe bonus ep eh libidhaane but I don’t think S3 will be there.. aww thank you vrh happy vejje vhk reethi kan enguneema.. and Ur welcome too💜🦋

Comments are closed.