ލޯބިވުމަކީ ކުށެކެވެ. މިއަދު ދެރަވެއެވެ. އެއީ އަހަންނާއި އަރާ އަރަފޯދިގެންވާ ކަމެއް ނޫނެވެ. އަހަންނަކީ ނިކަމެތި އަންހެނެކެވެ. ވިންދު ނުޖެހިޔަސް ލޭ ހިނގާތީ އުޅެނީއެވެ. އަޒާދުވެ ލޯބި ފަރިވެ ފޮޅިގެން މިހަޔާތަށް އައީ މިވޭތުވެދިޔަ އަހަރުއެވެ. އެޕްރީލް މަހުއެވެ. އެމަހުގެ ބާރަވަނަ ދުވަހެވެ. “ރީމާލް! ރީމާލް!” ބޭރުން މީހަކު ގޮވާލިއެވެ. ޚިޔާލުތައް ވަޔަށް ބުރައިގެން ދިޔައެވެ. އެމީހަކު ކުޑަކޮށް ކޮޓަރީގެ ދޮރުގައި ޖަހާލިއެވެ. އެވަނީ އާނޫއަށެވެ. “އާނޫ، އަހަރެން މީނީ ކޮޓަރީގާ” ބާރަށް އަހަރެން ބުނީމެވެ. އެހެން […]
“ރާހިލް. ހިތްވަރުކޮށްލާފަ އަހަންނާއެކު އެނދާ ހިސާބަށްދާން ޓްރައި ކޮށްބަ ޕްލީޒް. ޔޫ އަރ ޓޫ ހެވީ ފޯރ މީ..” ޝައިނާގެ ވާހަކައަށް ބޯ ޖަހައިލަމުން ރާހިލް ޝައިނާގެ އެހީގައި އެނދާ ހިސާބަށް ދިޔައެވެ. އެނދުމައްޗަށް ވެއްޓިގަތުމާއެކު ވަގުތުން ރާހިލްގެ ދެލޯ މެރުނުތަން ފެނި ޝައިނާ ކަންބޮޑުވިއެވެ. “ރާހިލް. ރާހިލް” ދެފަހަރަކަށް ރާހިލްގެ މޫނުގައި ޖަހައިލަމުން ޝައިނާ ގޮވައިލިއެވެ. ދެލޯ ހުޅުވައިލަން ކުރި މަސައްކަތުގެ ތެރެއިން ރާހިލްއަށް ކުރެވުނުހާވެސް ކަމަކީ ބުމަ އަރުވައިލުމެވެ. އެ އިޝާރާތުންވެސް ޝައިނާގެ ހާސްކަން […]
“އައިޒީ: ކުރިއަށް އޮތީ ވަރަށްވެސް ޚާއްސަބައެއް. އަޅުގަނޑަކަށްވެސް ނޭނގެ ވާނެ ގޮތެއް. ހިތް ނެނގި ނެނގިފައި ޖެހޭ އެބަ. މީހަކު އަންނަކަށް އިނގެނީ. އަންނަނީ ކާކުކަން ނޭނގެނީ.” އައިޒީ އޭނާގެ ހިތުގައި އަތްޖައްސާލިއެވެ. މުޅިތަން އެއްކޮން އަނދިރިވިއެވެ. އަޝްބާ ކުޑަކޮން ބިރު ގަނެއްޖެއެވެ. ވާން މިއުޅެނީ ކޮން ކަމެއް ހެއްޔެވެ؟ އަންނަން އެއުޅެނީ ކާކު ހެއްޔެވެ؟ ******************************** ފަނޑު އަލިކަމުގެ ތެރެއިން ދެތިން މީހުން ދުވާ ތަންފެނުނެވެ. އެމީހުން ހީވީ މެދުގައި އެއްޗެއް ބަހައްޓާފައި […]
ކާއެއްޗެހި އައުމުން ދެމީހުން ކެއުމަށް އިންސާފު ކުރަން ފެށިއެވެ. ކާއެއްޗެހީގެ ވަހުން ބަނޑު ފުރޭހާވެއެވެ. ދެމީހުން ކައިކައި ތިއްބައި ރުކައިން ކުއްލިއަކަށް ތަށި ދުރުކޮށްލާފައި އަނގަމަތީ އަތް އެޅިއެވެ. އޭނައަށް އޯކާ ދެމެން ފެށުމުން ދުވެފައިގޮސް އަވަސް އަވަހަށް ފާހަނައަށް ވަނެވެ. ކައިލް ކޮޅަށް ތެދުވީ ރުކައިން އެފަދައިން ދިޔުމުންނެވެ. ރުކައިންގެ ތަށި ފެނުމުން ކައިލްގެ މޫނު ހުދުވެގެން ދިޔައެވެ. ***ޕާޓް 6*** ރުކައިންއަށް ގެނެސްފައި ހުރި ސޮސެޖް ބަތްގަނޑުގެ ތެރޭގައި ކުކުޅު ފައެއްގެ ކަށިތަކެއް ފަދަ […]
ޖަލްސާ ފެށުމުގެ ވަގުތު ކުޑަތަންވަމުންދާ ވަރަކަށް ރާހިލްގެ ކަޅި އެކި ދިމަދިމާލަށް ދަތުރުކުރަން ފެށިއެވެ. ހިތް އަވަސްވެފައިވާ މީހެއް ފަދައިން ފައި ތަޅުވާާލަ ތަޅުވާލައި އިނދެ އިރުއިރުކޮޅާ މެހެމާނުން ވަންނަ ދޮރާ ދިމާލަށް ބަލައިލައެވެ. “ކާކު ހޯދަނީ. ޝައިނާތަ؟” ރިއާން ރާހިލްގެ ގާތަށް ގޮނޑި ޖައްސައިލަމުން އަހައިލިއެވެ. “އަހަރެން ކީއްކުރަން އޭނަ ހޯދަންވީ؟ ތިހެން ބުނީމަ މި ހަނދާންވީވެސް. ކޮބާތަ އޭނަ؟ މި ޕްރޮޖެކްޓްގެ ބާނީއެއް ނޫންތަ އެއީ؟” ފުރުސަތުގެ ބޭނުންހިފައި ރާހިލް އަހައިލިއެވެ. ރާހިލް އޮޅުވައިލަން މަސައްކަތްކުރި ނަމަވެސް ރިއާންއަށް […]
ކޮޓަރި ދޮރު ހުޅުވާލުމާއި އެކު ގޮވަމުން ދިޔަ ހޯނުގެ އަޑު ބާރުވެލިއެވެ. “ކިހާ ދެރަކަމެއްތަ؟ ކަލެއަށް ކުރާނެ ކަމެއް ނޭނގިގެންތަ ތިއުޅެނީ؟” އިމްރާން އެހޯނާއި ދިމާލަށް ހަޅޭލަވައިގަން އިރު ހީވަނީ އެއީ އިންސާނެއް ހެންނެވެ. އެވަގުތު ބަދިގެ ތެރެއިން އަޑެއް އިވުނެވެ. ދޮރު ކައިރީގައި ނިވާވެލި ނަމަވެސް އެހިޔަނި އިމްރާންއަށް ފެނުނެވެ. އެއްމިޔަކަނުން ތުންފަތް ދެމުން އިރު އެދިމާލަށް އޭނާގެ ފިޔަވަޅު ނަގަން ފެށިއެވެ. (6 ވަނަ ބައި) “ނޫން ނޫން ނާދޭ…” ބަދިގެއަށް ވައިން އިމްރާން […]
“އޭ ދޮރު ވައްޓާލަންވީތަ ނޫނީ ހުޅުވާނީތަ؟؟ ****” ބޭރުން ވާހަކަދައްކަމުންދިޔަ މީހާ ވަރަށް ބާރަށް ގޮވައިލިއެވެ. އެވަގުތު އޭނާ ދޮރުގައި ޖެހިބާރުމިނުން ހީވީ ދޮރުވެސް ދެންމެ ދެންމެ ނައްޓައިގެން ގޮސްދާނެ ހެންނެވެ. ޝިޔާނާގެ ގައިގައި ބައްދާލައިގެން އިން ޝައިނާވެސް ސިއްސައިގެން ދިޔައެވެ. އެކުއްޖާ އިނީ އަނގައިން ބަހެއްވެސް ބޭރު ނުވާވަރަށް ބިރުގެންފައެވެ. ޝިޔާނާއަށް ސަލާމަތެއްނެތްކަން އެނގި ހަތިޔާރު ބަހައްޓަން މަޖުބޫރުވިއެވެ. “ކޮއްކޯ. ދޮންތި ދޫނީ. ދޮންތި މި އުޅެނީ ދޮރު ހުޅުވަން އިނގޭ. ދޮންތި ކޮއްކޮ ފާހަނައަށް […]
ކެތްމަދުވެފައިހުރެ ޝައިނާގެ ފަހަތުން ލެެއްޕެންއައި ދޮރު ކޮށްޕާލަމުން ރާހިލް އެ އެޕަރޓްމެންޓްގެ ތެރެއަށް ވަދެގަތެވެ. ސިޓިންގްރޫމްގެ މެދަކާ ހިސާބުގައި ހުރި ޝައިނާއަށް ސިހިފައި ފަހަތް ބަލައިލެވުނެވެ. ރާހިލް ވަކިން އެހެންތަނަކަށް ބަދަލުވީއްސުރެން ފުރަތަމަ ފަހަރަށް އެ އެޕަރޓްމެންޓްގެ ތެރެއިން ފެނުމުން އޭނާ ހައިރާންވިއެވެ. އެކަމާ ނުރުހި އެއްޗެއް ބުނަން އަނގަ ހުޅުވައިލިއެވެ. އެހެނަސް އެބަސްތައް ދުލުން ބޭރުވުމުގެ ކުރިން ދުރު ފިޔަވަޅުތަކެއްގައި އައި ރާހިލް އެދެމީހުންގެ ދެމެދުގައިވާ ޖާގަ ނައްތައިލިއެވެ. އަދި ޝައިނާގެ މޫނުގައި ހިފަހައްޓައިލަމުން ފިނިން ތުރުތުރު […]
އައިޒީ އަވަސްވެފައިވާ ހިތަކުން ބުނެލިއެވެ. “އައިޒީ: އޭގެ ކުރިން އެކަމަކު ކިހިނެއް ވާނެ ރަހަތަފާތުކޮށްލުން. ހަމަޖެހިލުމުގެ ފުރުސަތެއް އެންމެންނަށް ދެމުން ރީތި ލަވަޔަކަށް ފުރުސަތުދެން.” ކެމެރާއަށް ނަޒަރު ދެމުން އައިޒީ ހާމަކޮށްލިއެވެ. ދެން އޮތީ ލަވައެކެވެ. ތަނުގެ އަލިކަން ފަނޑުވެގެން ދިޔައެވެ. އެ ފަނޑު އަލިކަމުގެ ތެރެއިން އިވެމުންދިޔައެވެ. ކަށި ދިގު ފައިވާނެއްގެ އަޑެވެ. “ޓޮއް! ޓޮއް! ޓޮއް!” މައިކުގައި ކޮއްޓާލާ އަޑެވެ.” ޓަ.. ޓަ… ޓަ…” ލަވަކިޔަން މައިކާއެކު އެއައީ ކާކު ހެއްޔެވެ؟ ކިޔައިދޭނީ ކޮން […]