އަލްޔާ އޭނާ ވެއްޓުމުން އަލްޔަންއަށް ކުދި ކިޔައިގަތެވެ. އަބަދުވެސް އޭނާ އޮންނަނީ ކޮންމެވެސް މީހެއްގެ ގައިގައި ލަިގަނެފައި ވެއްޓިފައޭ ހިތައް އެރުމުން ދަތްކުޑިވިކާލެވުނެވެ. އަދި އޭނާގެ ގައި ދަށުގައި އޮތް ޒުވާނާއަށް މާފަށް އެދެމުން ބަލާލިއެވެ. ދެވަނަ ސިކުންތުގައި ދެލޮ ބޮޑުކޮއްލާފައި އަވަސް އަވަހަށް ތެދުވީ ކަންތަކާ ޖެހުނީއޭ ހިތައް އެރުމުންނެވެ.
**********
އަލްޔާއަށް އޮވެވުނީ ޒިވްޔަންގެ ގައިމަތީގައެވެ. އަވަހަށް ތެދުވެ ގައިގެ ވެލިތައް ފޮޅާލަމުން އަދިވެސް އެއްފަހަރު ޒިވްޔަން ކިބައިން މާފަށް އެދުނެވެ. ” މިފަހަރު ވެސް ބުނާތި މަށޭ… ތިތަންކޮޅެއް ބަލާލައިގެން އުޅެބަލަދޯ… ޒިވްޔަން ހުރީ އޭނާ ވެއްޓުމުން ކުޑަކޮއް ހިތްހަމަނުޖެހިފައެވެ. ” އަޅެ ސޮރީއޭ. ގަސްތުގާއެއްނޫން…..” އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު އަލްޔާ ހިޔާރު ކުރީ ހިމޭންކަމެވެ. އެގޮތް ޒިވްޔަންއަށް ކަމަކު ނުދިޔައެވެ. އަލްޔާ ރުޅި އަރުވާލަން އޭނާ ބޭނުންވިއެވެ. ” ދެން ބުނެފީމެއްނު ސޮރީއޭ…. މަށަށް އޮޅިގެންނޭ ޒިވްޔަންގެ ގައިގައި ޖެހެވުނީ…” އަލްޔާ ބުނެލިއެވެ. “ސޮރީ ބުނީމަ އެނިމުނީތަ… އެވަރިހަމަދޯ މީހަކު މަރުވިޔަސް…” ޒިވްޔަން ހުރީ އަލްޔާ ރުޅިއަރުވަންވެގެން ފައިވިއްދާލާފައެވެ. ” ޔޫ… ލިސެން މަނޫޅެމޭ ޒުވާބުކުރާކަށް…. މަ ބޭނުމެއް ނޫން ތިފޮނި އިންސާނާގެ ކުރިމަތީގައި ހުންނާކަށް ވެސް….” އަލްޔާ ރުޅިގަދަ ވެގެން ރޮވޭވަރުވިއެވެ. އެއްފަހަރު ބުނީމަވެސް މީއްޗަކު ދޫކުރުރާކަށް ނޫޅެއޭ ހިތައް އެރުމުން ދަތްތައް ބާރަށް ފިއްތާލެވުނެވެ. އަލްޔާއަށް ތަދުވެސް ވިއެވެ.
އޭރު އަލްޔަން ވެސް އެމީހުންގެ ޒުވާބު މެޗް އަޑުއަހަން ގޭގެ ދޮރުކައިރި ހުއްޓިލައިގެން ހުއްޓެވެ. ނުހޭންވެގެން އޭނާ ކުރަމުން ދިޔަ މަސައްކަތް ނާކާމިޔާބުވީ އަލްޔާ އާއި ޒިވްޔަން އުޅެމުން ދިޔަގޮތް ފެނިފައެވެ.” ހޭނެ ކަމެއް ނެތް މީ ދޮންބެ ކަންތައް… އަލް އޭރުވެސް ބުނީމެއްނު އަލްއެއް ނުނަގަމޭ ދޮންބެ ފޯނެއް….” އަލްޔާ ހުރީ ރުޅިގަދަ ވެފައެވެ. ” އަލޫ ފެންއެއްޗެއް އަޅަންވީދޯ… މުޅިމީހާ ތިހުރީ ރަތް ވެފައެއްނު….” އަލްޔާ އާއި ދިމާކޮއްލަމުން އަލްޔަން ބުނެލިއެވެ. ” ދޮންބެ ސީރިއަސްއޭ ވަރަށް… މަޖާއެއް ނޫން….” އަލްޔާ ސީރިއަސް ވާކަމަށް ހެދެމުން ބުނެލިއެވެ. ” ޑިއަރީ… މަގޭ ކޮއްކޮ މަށަކައް ނޯޅޭނެދޯ…” އަލްޔާއަށް ދޫނެރެލަމުން އަލްޔަން ބުނެލިއެވެ. ދެން ފެށުނީ އެދެމީހުންގެ ހިފުންގަނޑެވެ. އޭރު އިޒްކާން ވެސް ވެގެން އުޅޭ ގޮތެއް ނޭނގިގެން ފާޑަކަށް ބޯއަރިކޮއްގެން ބަލަން ހުއްޓެވެ. އެންމެ ފަހުން ސަކަރާތް ޖަހަޖަހާފައި ދެމީހުން ވެސް އެއްބައިވެލިއެވެ.
އަލްޔަންމެން ތިބީ އެގޭ ސޯފާގައެވެ. އޭރު އަލްޔާ ވެސް އެމީހުން ދައްކާ ވާހަކަ އަޑުއަހަން ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއަކު އިނެވެ. ދޭތެރެ ދޭތެރެއިން ޒިވްޔަންއާއި އޭނާގެ ނަޒަރު ސީދާވުމުން ލޯއަޅާލައެވެ. ބައެއްފަހަރު ދަތްތަށް އަނގައިން ލުހިގެން ދާވަރަށް ފިއްތާ ވެސް ލައެވެ. ޒިވްޔަންއަށް މިކަންތައްތައް ވަނީ މަޖާކަމަކަށެވެ. ހަޔާތުގައި ވެސް އަންހެންކުއްޖަކާ މިގޮތަށް އޭނާ ސަމާސާކޮށެއް ނަހަދައެވެ. ނަމަވެސް އަލްޔާއަށް ޖެއްސުން ކޮއްނުލައެއް ޒިވްޔަންއަކަށް ނުވެއެވެ. އަލްޔާ ރުޅިއަރުވާނުލައި އޭނާއަށް ނޭވާ ވެސް ނުލެވެނީ ކަންނޭންގެއެވެ. ” ދެން ކިޔާބަލަ، ކީއްކުރަންނޯ ތިއައީ….” ސޯފާގައި ހަމަޖެހިލަމުން އަލްޔަން ބުނެލިއެވެ. ” މިއައީ ކަލޭ ހޯދާކައްނު…” އިޒްކާން ވެސް ބުނެލިއެވެ. ” ކަލޭމެންނަށްވާ ސާބަސް އިނގޭ…” އަލްޔަން އާއި ދިމާ ކުރަމުން އިޒްކާން ވެސް ބުނެލިއެވެ. ” އަބަދުވެސް އުޅެނީ އެހެންނޭ… މި އަލް އަކަށް ހިމޭނުން ހުރެވޭކަމަކަކަށް ނުވޭ ވިއްޔާ…” އަލްޔާއަށް ލޯއަޅާލަމުން އަލްޔަން ބުނެލިއެވެ. އަލްޔާ ވެސް ދޫނެރިލާފއި ފޯނުން ގޭމެއް ކުޅެން ފެށިއެވެ.
ތިންމީހުން ދުވަސްތަކެއް ފަހުން ދިމާވުމުން އެކަކު އަނެކަކުގެ ވާހަކަތަށް ހިއްސާކުރުމުގައި އުޅުނެވެ. އެކަކު އަނެކަކަށް ދިމާވާ ކަންތައްތަށް ހިއްސާކޮއް ހެދުމަކީ އަބަދުވެސް އެތިން އެކުވެރިންގެ އާދައެވެ. އެކަކު އަނެކަކާ ދިމާކޮއް ހެދީރު ދޭތެރެ ދޭތެރެއިން އަލްޔާއަށް ވެސް އުނދަގޫކޮއްލައެވެ. އަލްޔާއަށް މީގެ ކުރިން އިޒްކާން އާއި ޒިވްޔަން އާއި ދިމާނުވިކަމުގައިވީ ނަމަވެސް އަލްޔަންގެ ވަރަށް ގާތް ދެމިތުރުން ތިބޭކަން ވަނީ އެނގިފައެވެ. އަލްޔާ ގާތުގައި ޒިވްޔަންމެންގެ ވާހަކަ ދެއްކާއިރުގައި ވެސް ފޮޓޯއަކުން ވެސް ފެނިފައި ނުވާތީ އަލްޔާއަށް އެދެމީހުންގެ ގޮތެއް ނޭނގެއެވެ. ނަމަވެސް މިއަދު އެއީ އަލްޔަންގެ ގާތް މިތުރުން ކަން އެނގުމުން ބޭބެ އާއި މެދުގައި އުފާވިއެވެ. ލޯބިވާ ބޭބެޔަށް ވެސް ހެޔޮ އެދޭ ބަޔަކު ތިބިކަން އެނގުމުން ހިނިތުންވެވުނެވެ. އެކިވާހަކަ ތަކުގައި ތިބެފައި އިޒްކާންމެންނަށް ގެޔަށް ދެވުނުއިރުގައި އިރުއޮއްސިއްޖެއެވެ.
********
އަލީނާ ވިސްނަމުން ދިޔައީ އާނިޝް އާއި މެދުގައެވެ. އާނިޝް އާއި އެކުގައި ހޭދަކުރެވުނު ދުވަސްތައް ހަނދާންވާ ކޮންމެ ފަހަރަކު އެދެލޯ ފެންކަޅިވެއެވެ. އާނިޝްދެެކެ އޭނާ އެވަރަށް ލޯބިވާއިރުގައި ވެސް އާނިޝް އޭނާ ދޫކޮއްފައި އެދިޔައީއެވެ. އަލީނާ އޭގެ ފަހުން ބޭނުންވަނީ ބަދަލުހިފާށެވެ. އެ ރަނގަޅު ކުއްޖާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައީ އެދުވަހުގެ ފަހުންނެވެ. ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ދުވަހެކެވެ. އެކަމުގައި ބައިވެރިވި އެކަކަށް ވެސް އޭނާ މާފެއް ނުކުރާނެއެވެ. ހަމަ އެހެންމެ އެއެންމެންގެ ކިބައިން ބަދަލު ވެސް ހިފާނެއެެވެ. އޭނާ މިހާރު ވިސްނަމުން އެދަނީ ބަދަލު ހިފާނެ ގޮތަކާމެދުގައެވެ.
ކަންނެތް ކަންމަތީގައި އެނދުމަތީގައި އަލީނާ ވިސްނަން އޮތީ އޭނާ ފޮރުވައިގެން ގެންގުޅޭ އާނިޝްގެ ފޮޓޯ ގަނޑު ހިފައިގެންނެވެ. އެހެން އޮވެފައި ހިތައް އެރި އެއްޗަކުން ފުންމައިގެން ތެދުވިއެވެ. އަދި ފޯނަށް ބަލާލިއެވެ. އިޒްކާންއަށް ގުޅާލާފައި އޭނާ އެގެޔަށް ދާވާހަކަ ބުނެލިއެވެ. އިޒްކާން ވެސް އަންނާށޭ ބުނުމުން އަލީނާ އަވަސް ވެގަތީ އެގެޔަށް ދާށެވެ. ކުޑަގޮތަކަށް ރީތި ވެލައިގެން އަލީނާ އިޒްކާންމެންގެ ގެޔަށް ދާންނުކުތެވެ.
އާނިޝް ހުރީ ބެލްކަނީގައި ކޮފީއެއް ހިފައިގެންނެވެ. ކޮންމެވެސް ހިޔާލަކަށް ގެއްލިފައި ހުރިއިރު ދިގުކޮއްއޮތް އިސްތަށިގަނޑު އޮތީ ސްޓައިލް ކޮއްލާފައެވެ. އާނިޝް ހުރީ ޔައިޝާ ކަންތައްކުރި ގޮތުން ހިތްހަމަ ނުޖެހިފައެވެ. އޭނާ ކޮންމެ ގޮތަކަށް ކަންތައްކުރި ކަމުގައި ވިޔަސް ޔައިޝާ އޭނާއަށް އެގޮތަށް އިގްނޯރ ކުރަން ޖެހޭ ހެއްޔެވެ؟ ޔައިޝާ ދެކެ އޭނާ ލޯބި ނުވިކަމުގައި ވިޔަސް ލާރީގެ ދަހިވެތި ކަމުގައި އާނިޝް ޔައިޝާ ބޭނުންވެއެވެ. ޔައިޝާ އަކީ މުއްސަންޖެކެވެ. ޔައިޝާގެ ފަރާތުން އޭނާޔަށް ބޭނުންވާ ވަރަށް ފައިސާ ލިބެއެވެ. އެކަމާ އާނިޝް ހުންނަނީ ހިތްހަމަ ޖެހިފައެވެ. ނަމަވެސް ޔައިޝާ އޭނަ އާއި ދުރުވެއްޖެ ނަމަ އޭނާއަށް ބޭނުންވާ ތަކެތި ނުލިބިދާނެ ކަމުގެ ބިރު މިހާރު ވަރަށް ބޮޑެވެ. ޔައިޝާ ގާތުން މާފަށް އެދެން ދާންވީއެވެ. ޔައިޝާ އޭނާއަށް މާފު ކުރާނެ ހެއްޔެވެ؟ ޔައިޝާ އާއި ދޭތެރޭގައި އޭނާ ކަންތައް ކުރީކީ ރަނގަޅަކަށް ނޫނެވެ. އެކަން އޭނާ ގަބޫލުކުރެއެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް އާނިޝް ޔައިޝާގެ ގާތަށް މާފަށް އެދެން ދާނެއެވެ. މީހުން ބުނެ އުޅެއެވެ. އެދުމެއް އޮތިއްޔާ ވެދުމެއް ވެސް އޮންނާނެ ނޫންހެއްޔެވެ؟ އާނިޝްއަށް ވެސް މިވަނީ އެހެންކަން ނޭނގެއެވެ.
ޒިވްޔަން ގެޔަށް އައިރު ގަޑިން ދިހައެއް ޖަހާފިއެވެ. ބަނޑުހައި ވެފައި ހުރިލެ ބޮޑުކަމުން ޒިވްޔަން ދިޔައީ ބަދިގެއަށެވެ. އޭރު ގޭގައި ކައްކަން ގެންގުޅޭ ބޭރު އަންހެން މިހާ ވިވިއަން ބަދީގޭގައި އޭނާގެ މަސައްކަތުގައި ހުއްޓެވެ. އޭރު މޭޒުމަތީގައި ކާން ހަދާފައި ހުއްޓެވެ. ވިވިއަން އުޅުނީ އެއްޗެސް ހޫނުކުރުމުގައެވެ. އެވަގުތު ޔައިޝާ ވެސް ބަނޑުހައި ވެގެން ބަދިގެޔަށް އައެވެ. ޒިވްޔަން ފެނުމުން ހިނިތުން ވެލާފައި ވިވިއަން ގާތުގައި އޭނާ އެކަން ކޮއްލާނެ ކަމަށް ބުންޔެވެ. އެހެން ބުނުމުން ވިވިއަން އޭނާ ކުރަން ހުރި މަސައްކަތް ބަހައްޓާފައި ޔައިޝާ ބުނިގޮތަށް ކަންތައްކުރިއެވެ. ވިވިއަން ދިޔުމުން ޔައިޝާ ބޭނުންވީ މިރޭގައި އޭނާ އެއްޗެއް ކައްކާށެވެ. ބަދިގެތެރެޔަށް ވަދެ ކަބަޑު ހާވާލަމުން ހަޕެކެޓް ނޫޑުކިސް ނަގާ މޭޒުމަތިގައި ބެހެއްޓިއެވެ. އަދި ޒިވްޔަން ގާތުގައި ކާނަންތޯ އަހާލިއެވެ. ޒިވްޔަން ވަގުތުން ބޯޖަހާލުމައްފަހު ކާނަންކަމުގައި ބުނެލިއެވެ. ޔައިޝާ ކައްކަން ބޭނުންވާ ހުރިހާ ސާމާނެއް މޭޒުމަތީގައި އަތުރާލިއެވެ. ކެއްކުމަށް ޓަކައި ކޮށަން ޖެހޭ އެއްޗެސް ޔައިޝާ ކޮށަން ފެށިއެވެ. ޒިވްޔަން ވެސް ޔައިޝާއަށް އެހީތެރިވުމަށް ޓަކައި އަތްގާތް ކޮއްދިނެވެ. ބައިގަޑިއިރު ތެރޭގައި ދެމީހުން ވެގެން ކައްކައި ނިއްމާލިއެވެ.
“މްމްްމް… ވަރަށް މީރު ވަސް އެބަ ދުވާ….” ނޫރައިން ބަދިގެޔަށް އައިރު ޔައިޝާ އާއި ޒިވްޔަން ބަދިގޭގައި އެކުގައި ތިބުމުން ބުނެލިއެވެ. އޭނާ އުފާކުރެއެވެ. އެއްބަނޑުއެއްބަފާ ދެކުދިން ނޫންކަމުގައި ވިޔަސް އެދެކުދިން އެކަކު އަނިކަކު ދެކެ ކޮއްކޮ ބޭބެ ފަދައިން ލޯބިވެއެވެ. ނޫރައިން އެންމެ އުފާވަނީ ޒިވްޔަން ޔައިޝާއަށް އަޅާލާ މިންވަރު ފެނިފައެވެ. އެކަކު އަނެކަކު ދެރަވާފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ނޫރައިންއަށް އޮތެވެ. ” ހާދަ ވަސްގަނޑު ރަނގަޅު ހެން ހީވެޔޭ…” ހަމްދީ ވެސް ނޭފަތް ދަމަމުން ކަހަލަ ގުތަކަށް ބަދިގެޔަށް ވަނެވެ. ޔައިޝާ ހިނިތުން ވެލާފައި ބައްޕަ އާއި މަންމަ ގާތުގައި އެމީހުންނާ އެކުގައި ކާން އައުމަށް ބުނެލިއެވެ.
ކާން އަރާތިބެގެން އެކި ވާހަކަ ހަމްދީ ދެއްކިއެވެ. އޭނާގެ ކޮންޕެނީގެ މަސައްކަތެއްގައި ރާއްޖެތެރެޔަށް ދާން ޖެހޭ ވާހަކައެވެ. އަދި ގޮއްސައި ދުވަސް ކޮޅެއް ނަގާނެ ކަމަށް ވެސް ބުނެލިއެވެ. ” ދަރިފުޅާ ޔައީ…” ހަމްދީ އޭނާގެ ވާހަކައިގެ މެދުތެރެއިން ޔައިޝާއަށް ގޮވައިލިއެވެ. ” ލައްބަ ކީކޭ ބައްޕާ… ޔައިޝާ ވެސް ނޫޑްލިސް ކޮޅެއް އަނގަޔަށް ލަމުން ބުނެލިއެވެ. ” ބުނީމެއްނު ވާހަކައެއް ބުނަންވެފައި އެބައޮތޭ… ބައްޕަ ބިޒީ ކަމުން ދަރިފުޅަށް ވަގުތެއް ވެސް ނުދެވޭ ދޯ… ކޮން ވާހަކައެއްތަ ދަރިފުޅު ބުނަންއުޅުނީ…” ވަރަށް ޝައުގުވެރިވެފައިި ހަމްދީ ޔައިޝާ ކުރެން އަހާލިއެވެ. އެވަގުތު ޔައިޝާގެ މޫނުމައްޗަށް އައި ކުލަވަރުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެ މޫނުމައްޗަށް ބަލާލުމުން ޔަގީންވިއެވެ.
” ޔައީ… ކަމެއްވީތަ ދަރިފުޅު ބައްޕަޔަށް ކަމެއް ސިއްރުކުރަނީތަ…” ޔައިޝާއަށް ވީގޮތް ފެނިފައި ހަމްދީ ބުނެލިއެވެ. ޔައިޝާ އަނގައިން ނުބުނެ ނޫޑްލިސްތަށި ހާވާލަ ހާވާލަ އިނީއެެވެ. ދަރިފުޅާ އޭ ބައްޕަ މިވާހަކަ ދައްކަނީ….” ޔައިޝާ އެއްޗެކޭ ނުބުނުމުން ހަމްދީ އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ. ޔައިޝާ ފުންނޭވާއެއް ލިއެވެ. އޭނާ ބައްޕަޔަށް ސިއްރުކުރާކަށް ބޭނުމެއް ނޫނެއެވެ. ކަން ވީގޮތް ހަމްދީއައް ފެށިގެން ކިޔައިދޭން ފެށިއެވެ. އާނިޝް އޭނާއަށް ކަންތައްކުރިގޮތެވެ. ޒިވްޔަން އާއި ވާހަކަ ނުދައްކަން އަމުރުކުރި ވާހަކައެވެ. ހަމައެހެންމެ އޭނާއަށް ވަގުތު ނުދީ އެހެން އަންހެން ކުދިން ގޮވައިގެން އުޅުނުގޮތާއި ހުރިހާ އެއްޗެކެވެ. ޔައިޝާ ހުރިހާ އެއްޗެއް ކިޔާދީ ނިމުނުއިރުގައި ހުރީ ހަަމަރަނގަޅަށް ވެސް ރޮވިފައެވެ. ޔައިޝާ ހުރިހާ ވާހަކައެއް ކިޔާދިނުމުން ހަމްދީ އާނިޝް ދެކެ ނުހަނު ރުޅިއައެވެ. އާނިޝް އެއީ ކާކު ހެއްޔެވެ؟ އޭނާގެ ދަރިފުޅަށް ހެވައި ނުބައި އޭނާ އޮންނާނީ ކިޔައިދީފައެވެ. ދެން އާނިޝްއަށް ޔައިޝާއަށް އަމުރު ކުރުމުގެ ހައްގެއް ވަކި އޮންނާނެހެއްޔެވެ؟ ހަމްދީ ވެސް ޔައިޝާއަށް އެއްވެސް ކަމެއްގައި އަމުރެއް ނުކުރެއެވެ. ވަކި އާނިޝްއަށް ކުރެވޭނެ ހެއްޔެވެ؟
ޒިވްޔަންއަށް ހަގީގަތް އެނގުމުން ޔައިޝާ އާއި މެދުގައި ހަމްދަރުދީ ވެވުނެވެ. ކުރިން އެކަންތައް އިނގުނު ނަމަ އާނިޝް ނޮޅާލަން ވެސް އޭނާ ފަސްނުޖެހޭނެއެވެ. ޔައިޝާ އަކީ އަމިއްލަ ކޮއްކޮ ކަމަށް ދެކިގެން ޒިވްޔަން އުޅެނީ ޔައިޝާ ދެކެ އޭނާ މަންމަ ދެކެ ލޮބިވާފަދައިން ލޯބި ވާތީއެވެ. ކޮއްކޮއެއް ނެތް ނަމަވެސް އެކަމާ އޭނާ ދެރަވާކަށް ނުޖެހެއެވެ. ޔައިޝާ އެހުރީއެއް ނޫންހެއްޔެވެ؟ ޔައިޝާ މިވީހާދުވަހުގައި އޭނާއާއި ދުރުދުރުން އުޅުނީ އާނިޝް އެހެން ބުނުމުން ތާއެވެ. ޒިވްޔަން ހުރީ އާނިޝްދެކެ ވަރަށް ރުޅިއައިއްސައެވެ. އާނިޝްއަށް ދެން ޔައިޝާ އާއި ވައިއެޅޭކަށް ވެސް ނުކެރޭނެއެވެ. ޒިވްޔަން ހިތުތެރޭގައި ރާވަމުން ދިޔައެވެ. ޒިވްޔަން ހުއްޓަކައި ޔައިޝާއަށް ދެރަގޮތެއް ވިޔަކަ އޭނާ ނުދޭނެއެވެ.
ޔައިޝާ އިންގޮތުން ހަމަދީ ޒިވްޔަންއަށް ބަލާލުމަށްފަހުގައި ނުކުމެގެން ދިޔައީއެވެ. މިވަގުތު އެނަމެ ރަނގަޅު ވާނީ ޔައިޝާ އާއި ވާހަކަ ދައްކާލައިގެން އޭނާ ހިތްހަމަ ޖައްސައިދުން ކަން ހަމްދީއަށް ވިސްނުނެވެ. ހަމްދީ ދިޔުމުން ޒިވްޔަން ޔައިޝާއަށް ބަލާލިއެވެ. އޭރުވެސް ނޫޑްލިސް ތައްޓަށް އޫލައިގެން އިސްޖެހިފައި ޔައިޝާ އިނެވެ. އެދެލޯ ވަނީ ކަރުނުން ފުރިފައެވެ. ޒިވްޔަން ޔައިޝާގެ ހަރަކާތް ތަކައް ބަލަން ހުއްޓުން އަރާފައި އިނެވެ. ” ޔައީ… ދެން ހުއްޓާލަބަ… ކިހިނެތް އިނގެނީ ތަގުދީރުގައި ޔައިއަށް މިޔަށް ވުރެ ރަނގަޅު ގޮތެއް މެދުވެރި ނުވާނެކަމެއް؟” ޒިވްޔަން ޔައިޝާއަށް ވިސްނައިދޭ ކަހަލަ ގޮތަކަށް ބުނެލިއެވެ. ޔައިޝާ ޒިވްޔަންއަށް ބަލާލިއެވެ. އެ ދޮން މޫނު ވަނީ ރުއިމުގެ ސަބަބުން ރަތް ވެފައެވެ. ” ތީ ވަރަށް ސްޓްރޯންގް ކުއްޖެއްނު…ލެޓްސް ގޯ މިރޭގަ ޒިވް އާއި އެއްކޮއް ދުއްވާލަން ދާން” ޒިވްޔަން ޔައިޝާ ހިތްހަމަ ޖައްސަދޭން ވެގެން ބުނެލިއެވެ. ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން ޔައިޝާ ވެސް ބޯޖަހާލިއެވެ.
ޒިވްޔަން އާއި އެކުގައި ޔައިޝާ ސައިކަލު ދުއްވަން ގޮސް ޒިވްޔަންއަށް ވަރަށް ބައިވަރު އެއްޗެސް ކިޔައިދިނެވެ. ޒިވްޔަން ވެސް އަޅާނުލާށޭ ބުނެ، ޔައިޝާއަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަމޭ ބުނެލިއެވެ. ޔައިޝާ ހިނިތުންވެލިއެވެ. އޭނާއަށް އަޅާލާ ބޭބެޔަކު ހުރުމުން ބޮޑަށް ހިތްހަމަޖެހުނެވެ. އޭނާގެ ހުރިހާ ކަމެއް ޒިވްޔަންއަށް ހިއްސާކުރެވުމުން ބޮލުން ގާގަނޑެއް ނެގުނު ކަހަލަ އިހްސާސް ކުރެވުނެވެ. ޒިވްޔަން ފަދަ ބޭބެޔަކު ލިބުމުން ހިނިތުން ވެވުނެވެ. ޒިވްޔަން އާއި ޔައިޝާ ގެޔަށް އައީ ގަޑިއެއްހާއިރު ސައިކަލު ދުއްވަން ބޭރުގައި އުޅެފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



MASHA ALLAH Mi part ves vrh reethi Anish haadha gohey yaisha ah Anish ah vure maa rangalhu baiveriyaku libeyne insha’Allah 🤗 izkaan and yaisha gulhuvaba plss curiously waiting for the next part when’s next me first dhw🥺☺️
LYSM ❤️😘
thanks Nayerr it means a lot 🤗
dhw aanish ah vure rangalhu baiveriyaku yai ahh libidhane ehnu hama
balamaa dhww dhn vaane goiii… yes you’re the first
VRH ufaavehje mi comment kiyaafa
next part vrh avhah kiyaalan libeyne inshallah
STAY TURNED
LYSM 😘🤗
Masha Allah 😍 gurlll haadha reethiyeyyyy curiously waiting for the next part 😁
inshallah vrh avahah next part
keep waiting
thanks very much