Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (7)

gurrrl_8
gurrrl_8 Level 2100 Login10 Stories
August 7, 2025 5 Mins Read
6 Comments

އަލްޔަން އާއި އަލްޔާ އެކުގައި ވަގުތު ހޭދަ ކޮއްލުމަށްފަހުގައި އަލްޔާ އޭނާގެ އަމިއްލަ ކޮޓަރިއަށް ދިޔައިީ ވަރުބަލި ވެފައި ހުރުމުގެ ސަބަބުން އަރާމް ކޮއްލަން ވެގެންނެވެ. ކޮޓަރިއަށް ވަދެވުމާއެކު އެހުރިގޮތަށް އެނދުމައްޗަށް ވެއްޓިގަތީ ކަންނެތް ވެފަ ހުރިލެ ބޮޑުކަމުންނެވެ. އެހެން އޮއްވައި ނިދުނު އިރުވެސް އަލްޔާއަށް ނޭނގުނެވެ.

*********

ގެއަށް އައިގޮތަށް ޔައިޝާ އަވަސް ވެގަތީ އާނިޝްއަށް ގުޅާލުމަށެވެ. ޒިވްޔަން ގާތުގައި ފަހުން ދިމާކުރަން ބުނެފައި ޔައިޝާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އާނިޝްއަށް ގުޅާލީ ފޯނު ނަގާނެކަމަށް ވަރަށް އުންމީދުކުރަމުންނެވެ. ހަމަ އެވަގުތުގައި އާނިޝް ފޯނުނެގުމުން ޔައިޝާ ވާހަކަ ދައްކަން ފެށިއެވެ. “ހެލޯ..” އެކޮޅުން ވާހަކަ ދެއްކީ އަންހެނެކެވެ. ޔައިޝާގެ ދެލޯ ވަގުތުން ކަރުނުން ފުރުނެވެ. މިވީ ކިހިނެތް ހެއްޔެވެ؟ އާނިޝް އާއި ވާހަކަ ދައްކާ ހިތުން ޔައިޝާ އޭނާއަށް ގުޅީ އެއްވެސް ވަރަކަށް މިހެން ވާނެކަމަށް ހީކޮށެއް ނޫނެވެ. އެހެނަސް ކަންމިވީ އޭނާ ހީކުރި ގޮތާއި ހިލާފަށެވެ. ” ހެލޯ… އެކޮޅުން އެއަންހެން ކުއްޖަކު ވާހަކަ ދެއްކިއެވެ. ” ނިޝް އޮތީ ނިދާފަ ބުނަން ބޭނުންވާ ވާހަކައެއް އަހަރެންގާތުގައި ބުނޭ.. އަހެރެންމީ އާނިޝްގެ ގާލްފްރެންޑް… އެއަންހެން ކުއްޖާ ބުނެލިއެވެ. ޔައިޝާގެ ދެލޯ ބޮޑުވިއެވެ. އާނިޝް ހަމަ ހަގީގަތުގައި ވެސް އޭނާއަށް ބޭވަފާތެރިވީއެވެ.

ޔައިޝާ ދެން އާނިޝްއަށް  ކުރާނީ ކޮން އިތުބާރެއް ހެއްޔެވެ؟ އާނިޝް އޭނާއަށް އޮޅުވާލީއެވެ. ލޯބިވެޔޭ ކިޔައިގެން ދަޅަ ދެއްކީއެވެ. އޭނާއަށް ހަގީގަތުގައި ވެސް ރޮވިއްޖެއެވެ. އެއަޑު މީހަކަށް އިވިދާނެތީ ޔައިޝާ ފޯނު ކަނޑާލިއެވެ. ފޯނުނަގައި އެނދުމައްޗަށް ހޫރާލިއެވެ. ގައިގައި ވަރުނެތް މީހެއްފަދައިން އޭނާ އެނދުމައްޗަށް ވެޓިގަނެ ބާރަށް ރޯންފެށިއެވެ. މިހާރު ޔައިޝާ ގަބޫލުކުރެއެވެ. އާނިޝް އޭނާއާއި މާދުރުދުރުން އުޅޭ ސަބަބަކީ މިއަންހެން ކުއްޖާތާއެވެ. އާނިޝްއަކަށް ދުވަހަކުވެސް މާފެއް ނުކުރާނަމެވެ. އޭނާއަށް ދެރަދީފައި އާނިޝްއަކަށް ވެސް ވަކި އުފަލަކު ނޫޅެވޭނެއެވެ. ޔައިޝާ ކެތްކުރާނެއެވެ. ކޮންމެ ވެސް ދުަވަހަކުން އަދި އޭނާއަށް ވެސް އުފަލުގައި އުޅެވޭނެއެވެ. އޭނަދެކެ އިންތިިހައަށް ލޯބިވާ ބައިވެރިޔަކު ލިބޭނެއެވެ. އެދުވަހަކުން އަދި އާނިޝް އެނބުރި އޭނަގާތައް އަންނާނެއެވެ. ނަމަވެސް ދެނެއް ނުދާނަމެވެ. ރޮއެ ރޮއެ ގޮސް ޔައިޝާގެ ލޮލުން ކަރުނަ ހުސްވާވަރު ވެއްޖެއެވެ. އޭނާހުއްޓާކަށް ގަސްތެއް ނުކުރެއެވެ. ބޭނުންވަނީ ހިތް ފުރެންދެން ރޯލަށެވެ. އެތަށް އިރެއް ވަންދެން ޔައިޝާ ރޯންއޮތެވެ.

ދުވަސްތައް މާޒީ ވަމުން ދިޔައެވެ. އެދުވަހަށް ފަހު ޔައިޝާ އާނިޝްއަކާއި ވާހަކައެއް ނުދައްކައެވެ. އަލްޔާއަށް އެކަންތައް އެނގުމުން އާނިޝްދެކެ ނުހަނު ރުޅި އާދެވުނެވެ. އަދި ޔައިޝާ އާއި ވާހަކަ ނުދެއްކުމަށް ބުނެ އޭނާގެ ނަންބަރު ވެސް ބްލޮކް ކޮއްލިއެވެ. އާނިޝް ދެރަ ވެގެނެއް ނޫޅެއެވެ. ޔައިޝާއަށް އާނިޝްގެ ގޮތް އެނގުމުން އޭނާއާއި ދުރުވީއެވެ. އާނިޝް ގާތުގައި ދުރުވާން ބުނަން ޔައިޝާ ބޭނުމެވެ. އެހިތްވަރު އޭނާ ނެރޭނީ ކޮންތާކުން ހެއްޔެވެ؟ ޔައިޝާ މިހާރު ބޭނުން ވަނީ ރާއްޖޭން ބޭރަށް ދާށެވެ. އެއީ ހަމްދީ ވެސް ބޭނުން ވާގޮތެވެ. ހުރި ހަމައެކަނި ދަރިފުޅު މަތީ މަގާމެއްގައި ހުރުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެކެވެ.

” އޭމޭން ކޮބާ ހާދަ ހަބަރެއް ވެސް ނުވެއޭދޯ މިހާރު….” ޒިވްޔަން ހުރީ އިޒްކާންމެންގެ ގޭގައެވެ. ” ބިޒީއޭ ވަރަށް މަންމަ އާއި ބައްޕަ ވެސް އެބަ އާދޭ މާދަން… އައިކާ ވެސް އާދޭ…. ގޭތެރެ މިގޮތައް އޮވެއްޖެއާ މަންމަ މަނޮޅާލާނެ އެހެންވެ ކުޑަކޮއް ސާފު ކޮއްލަން ވެގެން މިއުޅެނީ…” ގޭގައި ގެންގުޅޭ މަސައްކަތު މީހެއް ލައްވައި ދެކޮފީ ތަށި ގެންނަމުން އިޒްކާން ބުނެލިއެވެ. ” އައިކާ ކިޔަވައި ނިމުނީތަ މިހާރު…” ޒިވްޔަން ވެސް ކޮފީ ތަށި ނަގަމުން ބުނެލިއެވެ. އިޒްކާން ބޮލުން އައިނކޭ ބުނެލިއެވެ.” ޔައި ވެސް އުޅެނީ ކިޔަވަން ދާން ވެގެން ވަރަށް އަވަހަށް….” ޒިވްޔަން ދެން ބުނެލިއެއްޗަކުން އިޒްކާން ކޮށިއެރިއެވެ. ” ޕިސް ޕިސް އެހެންނޭ ވާނީ ހަމަ ރަނގަޅަށް ވެސް ޔައީގެ މަޅީގައި ޖެހިފައި ތިހުރީ… މިހާރު އޭނަ ވެސް ސިންގަލް…” ޒިވްޔަން ބުނެލިއެވެ. ސިންގަލްއޭ ބުނުމުން އިޒްކާން ހައިރާން ވިއެވެ. އެހެންވީމައި ޔައިޝާ އުޅުނީ ކުރިން މީހަކާ ރައްޓެހިވެގެންތާއެވެ. މިއީ އަދި އޭނާއަށް އަލަށް އެނގުނުވާހަކައެކެވެ. ނަމަވެސް އެކަމަކާ އިޒްކާން މާބޮޑަކަށް އަޅައެއް ނުލައެވެ. އޭނާ ވިސްނީ ޔައިޝާ ކިޔަވަން ބޭރަށް ދާވަހަކަ ޒިވްޔަން ބުނުމުން އެކަމާއެވެ.

ޔައިޝާ އޭނައަށް ގެއްލޭކަށް އިޒްކާން ބޭނުމެއްނޫނެވެ. ޔައިޝާ ދެކެ އިޒްކާންއަށް ވަނީ ލޯބިވެވިފައެވެ. އެވާހަކަ ނުބުނެވިގެން އުޅެނިކޮއް ޔައިޝާ ގޮއްސިނަމަ އިޒްކާން ވަރަށް ދެރަވާނެއެވެ. ” ޒިވް ޔައި ކޮންތާކައް ކިޔަވަން ދަނީ…” ވަރަށް ނުވާކަމަށް ހެދެމުން އިޒްކާން އަހާލިއެވެ. ޒިވްޔަން ވެސް އަދި ނޭނގޭ ކަމަށް ބުނެލިއެވެ. އިޒްކާން އިނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާއަށް ވިސްނެމުން ދިޔައީ ޔައިޝާއާއި ދޭތެރޭގައެވެ. މިވީ ދުވަސް ކޮޅުތެރޭގައި އޭނާ އަލީނާ މަތިން ހަނދާންވާ ވަގުތެއް ނުދާނެއެވެ. އެކަމާ އިޒްކާން ހައިރާންވެއެވެ. އެންމެން ވެސް ގަބޫލުކުރާގޮތުގައި އަލީނާއަކީ އިޒްކާންގެ “ޕްރިންސެސް” އެވެ. އެހެނަސް އެމީހުންނަށް ނޭނގުނު ކަމީ އެ ލަގަބު އެހެން މީހަކަށް ދެވިފައި ވާކަމެވެ.

“އޭ ބުރޯ ކޮން ވިސްނުމަކަށް ގެއްލިފަ…” އިޒްކާންގެ މޫނުމަތީގައި އަތް ހުރަސް ކޮއްލަމުން ޒިވްޔަން ބުނެލިއެވެ. ސިހިފައި އެއްވެސް ކަމެއް ނުވެއޭ އިޒްކާން ވަގުތުން ބުނެލިއެވެ. އިޒްކާންއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ޒިވްޔަންގެ ހިތް ބުނެލިއެވެ. އެހެންނޫނީ އެހާ މަޑުމައިތިރި ވެގެންނެއް އިޒްކާން ނުހުންނާނެއެވެ. އިޒްކާންއަކީ އޭނާއާއި އެކުގައި އުޅޭއިރުގައި ނިކަން ސަކަމިޒާޖެއް ގެންގުޅޭ ޒުވާނެކެވެ. އެގުރޫޕުގައި މިހާރު މަދީ އަލްޔަންއެވެ. އަލްޔަން ބޭރަށް ކިޔަވަން ދިޔަ ގޮތަށް އަދި ރާއްޖެ އައީ މިއަދުއެވެ. އެހެނަސް އަދި އަލްޔަން ލޮލަށް ދައްކާނުލައެވެ. އަލްޔަން އާއި ޒިވްޔަންގެ އިތުރުން އިޒްކާންއަކީ އެންމެ ކުރިން ފެށިގެން ވެސް ރަހުމަތްތެރިންނެވެ. އެގުޅުމަކީ އެއްމެންނަށް ވެސް އެނގިފައި އޮތް އެއްޗެކެވެ.

“ކޮބާތައެ އަލްޔަން ގަނޑު މާލެ އެއިގޮތައް އަދި ދައްކާނުލައި…” ޒިވްޔަން އަލްޔަންއާއި ދިމާލަށް ކުދި ކިޔައިގަތެވެ. ” އަލްޔަންމެންގެ ގެޔަށް ދާން މަށަށް ފެންނަނީ ކަލޭއަށް ރަނގަޅު ބިޓެއް ވެސް އޭރަށް ފެނިދާނެތާ… މައަޑު އެހިން އޭނަގެ ކޮއްކޮ މާލެއައި ވާހަކަ ވަރަށް ފަހުން….” އިޒްކާން ވެސް ބުނެލިއެވެ. ” އައްޗި މަމީ އިޒްކާންއެއް ނޫނޭ…. އަންހެންކުދިން ރީތި ވެގެން އުޅޭކަށް….” އަނގައިން ދެރަ ނުވާން ވެގެން ޒިވްޔަން ބުނެލިއެވެ. ” އާންން އެއްކަލަ އަންހެން ކުދިންނަށް އެލާޖިކްވާ ޒިވްޔަން ވިއްޔާ މިއުޅެނީ….” ހިނިގަނޑެއް ޖަހާލަމުން އިޒްކާން ބުނެލިއެވެ.  ޒިވްޔަން އިޒްކާންއަށް ލޯއަޅާލިއެވެ. އަދި ކޮފީތަށި ހުސްކޮއްލަމުން ތެދުވިއެވެ. ދެމިހުން ވެސް އަވަސް ވެގަތީ އަލްޔަންމެންގެ ގެއަށް ދާށެވެ.

ޔައިޝާއަށް ވިސްނެމުން ދިޔައީ އާނިޝް އާއި ދޭތެރޭގައެވެ. އެއަންހެން ކުއްޖާ އާނިޝްގެ ފޯނުން  ޔައިޝާއާއި ވާހަކަ ދެއްކި ފަހުން ޔައިޝާ އާނިޝްއަކާ ވާހަކައެއްް ނުދައްކައެވެ. އާނިޝްއަށް ވެސް ޔައިޝާ ވާހަކަ ނުދައްކާ ސަބަބު ވަނީ އަލްޔާގެ ފަރާތުން އެނގިފައެވެ. އަލްޔާ ބުނިގޮތުގައި ޔައިޝާ ބޭނުން ވަނީ ރުޅިވާށެވެ. އާނިޝް އެކަމާ މާބޮޑަށް އަޅާލިހެނެއް ހިޔެއް ނުވެއެވެ. ވާނިވެސް އެހެން ނޫން ހެއްޔެވެ؟ ޔައިޝާއާއި ރައްޓެހިވެގެން ހުރެ ޝިއުރީއާއި ގުޅުން ބަދަހިކުރީއެވެ. އާނިޝްގެ ހިޔާލުުތަކުގައި އޮތް ޔައިޝާއަށް ކުޑަ ހިނިތުންވުމެއް ވެރިވީ އިންސްޓަގްރާމް އިން އޭނާއަށް ފޮލޯ ރިކުއެސްޓްއެއް އައުމުންނެވެ. ވަގުތުން ފޮލޯބެކް ދެވުނީ ކޮންހިތެއް ޖެހިގެން ކަމެއް ވެސް ހުދު އޭނާއަށް ވެސް ނޭނގެނެވެ. ދެންމެ ދެރަވެފައި އިން އަަނެހެންކުއްޖާ މިހާރު އެހުރީ މަލެއްހެން ފޮޅިފައެވެ. ރީތި ހިނިތުންވުމެއް ވެރިކޮއްގެން ހުރެ އެއައިޑީ ހާވާލާ ހިތްވިއެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން ދިޔަވަރަކަށް ޔައިޝާގެ ހިނިތުންވުން ވެސް ފުންވަމުން ދިޔައެވެ. އާންއެކެވެ. އޭނާއަށް އިޒްކާން ފޮލޯކުރީއެވެ. މިވީ ދުވަސް ކޮޅުތެރޭގައި ކޮންމެވެސް ވަރަކަށް އިޒްކާން އާއި ވެސް ދިމާވެފައި ވާތީވެ އެދެމެދުގައި ވަނީ ފާޑަކަށް އެކުވެރިކަން ބަދަހިވެފައެވެ.

ޔައިޝާ ބޭނުންވަނީ އެއަށް ވުރެ ވެސް ބޮޑަށް އެކުވެރިވާށެވެ. އިޒްކާންއާއި ވާހަކަ ދައްކަން ޔައިޝާއަށް ނުކެރެނީ އޭނާ ވެސް އުޅެނީ މީހަކާ ރައްޓެހި ވެގެން ކަމަށް ވާތީއެވެ. އިޒްކާން މީހަކާ ރައްޓެހިވެގެން ހުއްޓައި އެދެމެދަށް އޭނާ ވަންނާކަށް ބޭނުމެއް ނޫނެވެ. އޭރަށް ވާނީ ދޭތެރެ ޖެއްސިކަމަށް ނޫން ހެއްޔެވެ؟ އެހެންވާކަށް ޔައިޝާ ބޭނުމެއްނޫނެވެ. އިޒްކާންގެ ފޮޓޯތައް ބަލަމުން ޔައިޝާ ފޯނަށް ސޭވް ކޮއްލިއެވެ.

އަލްޔަންމެންގެ ގެއާއި ހަަމަޔަށް ޒިވްޔަން އާއި އިޒްކާން އައީ ސައިކަލުގައެވެ. ފުދޭވަރުގެ ގެއެކެވެ. ބަލާބެލުމަށް ރީތި ފެންވަރަކަށް ހަދާފައި ހުރި އިރުގައި އެގެޔަކީ ރާއްޖޭގެ ބޮޑެތި ގެތަކުގެ ތެރެއިން ގެއެކޭ ވެސް ބުނެވިދާނެއެވެ. ގޭގެ ބޭރުގައި ލާފައި ހުރީ މިންޓް ފާޑަކަށް ދާކުލައެކެވެ. ގެޔަށް ވަންނަން ބޮޑު މަގެއް ވެސް ހަދާފައި އޮތެވެ. އެމަގުގެ ދެފަރާތުގައި ވަނީ ފިނިފެންމާ ގަސްތަކެއް އިންދާފައެވެ. އެކަމުން އެގޭގެ ރީތިކަން ފުރިހަމަކޮއްދެއެވެ. މަޑު ހިނގުމެއްގައި ޒިވްޔަން އާއި އިޒްކާން ގޭތެރެޔަށް ވަންނަން ހިނގައިގަތެވެ. އިޒްކާން އެވަގުތު ފޯނު ބަލާލީ ނޮޓިފިކޭށަންއެއް އޭނާއަށް އައުމުންނެވެ. ވަގުތުން ހިނިތުން ވެވުނީ ޔައިޝާ އޭނައަށް ފޮލޯ ބެކް ކޮއްފައި އިނުމުންނެވެ. ޒިވްޔަން ގާތުގައި އެބައަންނަން ކަމަށް ބުނެފައި އިޒްކާން ހިނގައިގަތީ ސައިކަލާ ދިމާލަށެވެ.

ސައިކަލު މަތީގައި އިނދެގެން އިޒްކާން ޔައިޝާގެ ފޮޓޯތަށް ބެލިއެވެ. ކޮންމެ ފޮޓޯއެއް ބަލާފައި އެއަށް ލައިކް ދެމުން ދިޔައިރުގައި އިޒްކާންއަށް ދުނިޔެމަތީގައި އިތުރުކަމެއް ހިނގާހެން ވެސް ހީނުވެއެވެ. އޭގެ ކޮންމެ ފޮޓޯ އަކުން ވެސް ދައްކަނީ ކޮންމެ ވެސް ތަނަކަށް ގޮސްގެން އުޅެނިކޮއް ނަގާފައި ހުރި ފޮޓޯތަކެއް ކަމެވެ. ފޮޓޯތަށް ބެލިވަރަކަށް ޔައިޝާއާއި މެދުގައިވި  ޝައުގުވެރިކަން އިތުރުވެގެން ދެޔައެވެ. އެހެން ބަލަމުން ބަލަމުން ގޮސް އިޒްކާން ފިއްތާލީ ފިރިހެން ކުއްޖަކާއެކުގައި ޔައިޝާ ނަގާފައި އިން ފޮޓޯއަކަށެވެ. “ކެޕްޝަން” ގައި “މައި ލަވް” ޖަހާފައި އިންތަން ފެނުމުން އެއީ ޔައިޝާގެ ލޯބިވެރިޔާކަން ދެނެގަންނާކަށް އިޒްކާންއަށް މާބޮޑު ކަމަކަށް ނުވިއެވެ. އެވެސް ރީތި ފިރިހެން ކުއްޖެކެވެ. އިޒްކާންމެން ކަހަލަ މީހަކަށް އެފިރިހެން ކުއްޖާ ދޫނުކުރާނެކަން ހިތާހިތުން އިޒްކާންއަށް ބުނެވުނެވެ.

ޒިވްޔަން ހިނގަމުން ދިޔައީ އަލްޔަންމެންގެ ގޭތެރެއާއި ދިމާލަށެވެ. މާގަސްތައް ހުރި މަގުންލާފާއި އެތެރެއަށް ވަދެގެން ދިޔައީ އަލްޔަން މިވަގުތު އުޅޭނީ ގޭގައި ކަމަށް ވާތީއެވެ. އެވަގުތު ގޭތެރެއިން ދުވެފައި ނުކުތް އަންހެންކުއްޖާގެ މޫނެއް ޒިވްޔަންއަކަށް މާރަނގަޅަކަށް ނުފެނުނެވެ. އެއަންހެން ކުއްޖާ ދުވަމުން އައީ ފަހަތަށް ބަލަމުން ކަމަށް ވާތީ ކުރިމަތިން އައި ޒިވްޔަންއެއް އޭނާއަކަށް ނުފެނުނެވެ. އައިބާރު މިނުގައި ޒިވްޔަންގެ ގައިގައި އަޅައިގަނެފައި ދެމީހުން ވެސް ވެއްޓުނީއެވެ. ބާރަކަށް އެއަންހެން ކުއްޖާ ހަޅޭ ލަވައި ގަތުމުން ޒިވްޔަންއަށް ކަންފަތްމަތީގައި އަތްއަޅާ މަގޭ ކަންފަތޭ ވެސް ބުނެވުނެވެ.

އަލްޔާ އޭނާ ވެއްޓުމުން އަލްޔަންއަށް ކުދި ކިޔައިގަތެވެ. އަބަދުވެސް އޭނާ އޮންނަނީ ކޮންމެވެސް މީހެއްގެ ގައިގައި ލައިގަނެފައި ވެއްޓިފައޭ ހިތައް އެރުމުން ދަތްކުޑިވިކާލެވުނެވެ. އަދި އޭނާގެ ގައި ދަށުގައި އޮތް ޒުވާނާއަށް މަފަށް އެދެމުން ބަލާލިއެވެ. ދެވަނަ ސިކުންތުގައި ދެލޯ ބޮޑުކޮއްލާފައި އަވަސް އަވަހަށް ތެދުވީ ކަންތަކާ ޖެހުނީއޭ ހިތައް އެރުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

gurrrl_8
Follow Me Written By

gurrrl_8

Level 2100 Login10 Stories

Other Articles

Previous

އަބަދަށްޓަކައި ހިތުގެ ލޯބި 24

Next

ހަވޭލީ – ބާރަވަނަ ބައި

Next
August 7, 2025

ހަވޭލީ – ބާރަވަނަ ބައި

Previews
August 7, 2025

އަބަދަށްޓަކައި ހިތުގެ ލޯބި 24

6 Comments!

  1. Unnie says:
    August 8, 2025 at 12:11 am

    Alya and zivyan 🤣😭..so cute
    Btw mi part vx vrh salhi ingey keep it up❤️!!l

    1. gurrrl_8 gurrrl_8 says:
      August 8, 2025 at 12:43 am

      thankyou Unnie
      it means a lot
      dhww next part soon stay turned

  2. Ghost girl 👻 says:
    August 8, 2025 at 12:43 am

    🤣 😂 bruh thisss alya and zivyan 😂🤣🤣🤣 couldn’t even control my laughhh 😂😂😂😂bruhhh Soo reethi when next???

    1. gurrrl_8 gurrrl_8 says:
      August 8, 2025 at 12:46 am

      thanks ghost girl 👻 dhww edhemeehun hama molhyyy eyyy
      inshallah vrh avahah kiyaalan libeyne stay turned
      once again thankyou it means a lot

  3. Nayerr says:
    August 8, 2025 at 10:40 am

    Masha Allah Mi part ves vrh reethi aanish haadha gohey I hate him alya and zivyan so funny 🤣 they both are made for each other yaisha and izkaan too! Keep it up gurll you can do it keep shining 🌟✨ I am always here for you
    Tc, LYSM ❤️😘💕

    1. gurrrl_8 gurrrl_8 says:
      August 8, 2025 at 11:09 am

      thankyou Nayerr it means alot 😊
      hahaha dhen vaane goii balamaa dhwww
      inshallah soon
      stay turned
      Tc you too, Lysm 😘😊

Comments are closed.

Next Episodeނުވާނަމޭ ބަދަލެއް ހުވާ ޔާރާ (8)←


All Right Reserved!