ހިތް އެދެ ޔާރާ ތިއޭ – 29
މައިރީން ހުރީ ސަހަރާއާއި މަގާއި ދެމެދުގައެވެ. މައިރީންއަށް ހަރަކާތެއް ނުގެނެވެނީސް އެތާ ކައިރީ ޕާކްކޮށްފައި އޮތް ކަޅުކުލައިގެ ވޭނުން މީހުންތަކެއް ފައިބާ މައިރީންގެ ނޭފަތް މަތީ ފޮތިކޮޅެއްޖެއްސިއެވެ. އޭގެން ދުވި ކްލޮރޯފޯމްގެ ބާރުގަދަ ވަހުން މައިރީންގެ ހެޔަށް ގޮތްވެ އެމީހުންގެ އަތްދަނޑި މައްޗަށް ވެއްޓުނެވެ. އެހުރިހާ ކަމެއް ބަލަން ހުރި މާޔަލްގެ ހިތުގައި ބިރުވެރިކަމުގެ ވިންދު ޖަހައިލީ އޭގެން މީހަކު އޭނައާއި ދިމާލަށް ފިޔަވަޅެއް އެޅުމުންނެވެ.
***ޕާޓް 29***
އެމީހައަށް މާޔަލްއާއި ކައިރިވެވުމުގެ ކުރިން ކައިލް މާޔަލް އުރައިލިއެވެ. އެއާއެކު އެމީހަ އިންޒާރުގެ ބެލުމެއް ހަދިޔާކޮށްލުމަށްފަހު ވޭންއާއި ދިމާލަށް ދުއްވައިގަތެވެ. މައިރީން ވޭނަށް އެރުވުމުން މާޔަލް ރޮއެގަތެވެ. “ދޮންތީ.. ނޯ.. ދޮންތީ..” މާޔަލް ރޮމުން މައިރީންއަށް ގޮވަމުން ދިޔައެވެ. އެމީހުންގެ ވޭން ދުއްވައިލި ވަގުތު ވަށްކޮށް ކަޅުކުލައިގައި އޮތް އެތި ވޭނާއި ދިމާލަށް ކައިލް އެއްލައިލިއެވެ. އެއާއެކު ދަގަތްފާނު ދަގަނޑަށް ދަމާ ފަދައިން އޭތި އެ ވޭނުގެ ފަހަތުގައި ތަތްވެގެން ދިޔައެވެ. “އިޓްސް އޯކޭ ޔާލު.. އެ ބޭބެއާ އެކީ މަންމި ކައިރިއަށް ދޭ އިނގޭ.. ބޭބެ ދޮންތި ހޯދަން ދާން މިއުޅެނީ..” ޝާއިލްއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން މާޔަލްއަށް ވިސްނައިދިނުމުގެ ގޮތުން ކައިލް ބުންޏެވެ.
މާޔަލް ބޯހޫރުވަން ފެށިއެވެ. މައިރީން ގެންދިޔަގޮތް ފެނި އެ ތުއްތު ސިކުނޑިއަށް އައު މީހަކަށް އިތުބާރުކުރަން ދަތިވިއެވެ. ޝާއިލް ހުރީ އެމީހުން ލައިގެން ހުރި ފަދަ ކަޅުކުލައިގެ ހޫޑީއެއްލައިގެންނެވެ. ތަފާތަކީ މޫނު ނިވާކުރަން މާސްކެއްފަދަ އެއްޗެއް އަޅާފައި ނުވާކަމެވެ. މާޔަލް ކައިލްގެ މޭގައި ބޮޑިވެގެން ހުރެ ރޮމުން ދިޔައެވެ. “އަހަރެން އެބަ އަންނަން މިކުއްޖަ އާއިލާއާ ހަވާލުކޮށްފަ.. ކަލޭ ދޭ އެ ޓްރެކާ ޓްރެކް ކުރަން..” ޝާއިލްއާއި ދިމާލަށް ކައިލް ބުނެލިއެވެ. ޝާއިލް ބޯޖަހައިލަމުން އާހިލްއާއެކު ސައިކަލަށް އަރައި ދުއްވައިލިއެވެ. މާޔަލް ހުއްޓުމެއް ނެތި ރޮމުން ދާތީވެ ކައިލް މަޑުމަޑުން މާޔަލްގެ ބުރަކަށީގައި ފިރުމަމުން ކާރަށް އެރިއެވެ.
ކާރަށް އެރުމަށްފަހު ސީޓުގައި ބައިދަން އުޅުުމުންވެސް، މާޔަލް ކައިލްގެ ހަށިގަނޑުން ދޫކޮންނުލައި އެއްވަރަށް ރޮމުން ދިޔައެވެ. “ޔާލު ބައްޕިވެސް ގެއްލިއްޖެ.. ޔާލު ދޮންތިވެސް..” މާޔަލް ރޮމުން ކިޔަން ފެށިއެވެ. “ޔާލު ބަލާ ކައިލްބެއަށް.. ޔާލު ދޮންތި ހޯދަން ކައިލްބެ މި ދަނީ.. ޔާލުއަށް ވަރަށް އަވަހަށް ޔާލު ދޮންތިއާ ބައްޕި ފެންނާނެ.. އެކަމަކު ޔާލު ޖެހޭ އެބަ ބޭބެއަށް ވަރަށް ބޮޑު ކަމެއްކޮށްދޭން..” މާޔަލްގެ މޫނުކޮޅުގައި ދެއަތުން ހިފަމުން ކައިލް ބުންޏެވެ. “ކޮންކަމެއް؟” މާޔަލް ނޭފަތް ދަމައިލަމުން ސުވާލުކޮށްލިއެވެ. “ޔާލު ޖެހޭނެ ވަރަށް ސްޓްރޯންގްވާން.. މަންމިވެސް އެހުރީ ވަރަށް ދެރަވެފަ.. އަދި މަންމި ކިހާ ދެރަވާނެ ޔާލު އަބަދު ރޮންޏާ.. ބޭބެ ދޮންތި އާއި ބައްޕި ސޭފްކޮށް ޔާލުއަށް ގެނެސްދޭނަން.. އައި ޕްރޮމިސް ޔޫ އޮން ދެޓް ލިޓްލްވަން..” މާޔަލްގެ ދެލޮލުން ވެއްޓެމުން ދިޔަ ކަރުނަތައް ފޮހެލަމުން ކައިލް ބުންޏެވެ. މާޔަލް މަޑުމަޑުން ބޯޖަހައިލާފައި ރުއިން ހުއްޓަން މަސައްކަތް ކުރިއެވެ.
ހޮސްޕިޓަލަށް ދެވުމުން މާޔަލް އުރައިލަމުން ކައިލް އެތެރެއަށް ވަދުނެވެ. ލާރާ ބާއްވާފައި އޮތް ކޮޓަރިއަށް ވައިން އިރު އެ އާއިލާ އެއްކޮށް ފަދައިން އެކޮޓަރީގައި ހުއްޓެވެ. އައިނާއަށް މާޔަލް އުރައިލައިގެން ހުރި ކައިލް ފެނުމުން ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ. މާޔަލްއަށް ލާރާ ފެނުމުން ދުވެފައި އައިސް ކުރެހިފައިވި އަޑަކުން މައިރީންއަށްވީ ގޮތް ކިޔައިދިނެވެ. މާޔަލްގެ ވާހަކައިން އެތަނުގައި ބޮމެއް ގޮވި ފަދައެވެ. ކައިލް މަޑުމައިތިރި ރާގަކަށް މައިރީން އެތަނަށް ދިޔަ ސަބަބު ކިޔައިދިނެވެ. ލާރާގެ ރުޅި ކޮންޓްރޯލުން ނެއްޓިފަދައެވެ. “އޭނައަށް އެނގުނީ މަގޭ ދަރި ގޮވައިގެންތަ ތިބުނާތާކަށް ދާން؟” ލާރާ ހަޅޭއްލަވައިގަތެވެ. “މައިރީންއަކަށް ނޭނގެ އަހަރެން ނޫން ކަމެއް އެމެސެޖް ކުރީ..” ކައިލް މަޑުމަޑުން ބުންޏެވެ.
“އެކަމަކުވެސް މަގޭ ދަރި ގޮވައިގެން ނުޖެހެއެއްނުން ދާކަށް..” ދަތްކުނޑިވިކައިލަމުން ލާރާ ބުންޏެވެ. “މަ ހިޔެއްވެސް ނުކުރަން އެކަހަލަ ގަމާރު ކަމެއް މައިރީން ކޮށްފާނެ ކަމަކަށް.. އެއީ ލޯޔަރެކޭ.. ބޯ ބަހައްޓއިގެން ކަންތައް ކުރަން ޖެހޭއިރު ނޭނގެ ސިކުނޑި ބޭނުން ކުރާކަށް.. އޭނަ ލޯޔަރުކަން ކުރުން މިހިސާބުން ނިމުނީ.. ކައިލްއަށް އެތަނަށް ނާދެވުންނަމަ ކުޑަކުޑަ ކުއްޖަކަށްށޭ ގެއްލުންވީހީ.. މަށެއް ނޫޅެން ދެން މަޑުކުރާކަށް އޭނަ ފެންނަހާ އަވަހަކަށް އޭނަގެ ކައިވެނި ހަމަޖެހޭނެ..” ދަތްކުނޑިވިކައިލަމުން ރިޔާޒް ބުންޏެވެ. “ބޭބޭ އެކަމަކު-” ކައިލްގެ ޖުމުލަ ކަނޑައިލަމުން ރިޔާޒް ވާހަކަދެއްކިއެވެ. “އެކަމަކު މިކަމަކުއެއް ކިޔާނެކަމެއް ނެތް.. ކައިލް މަށަށް އޭނަ ހޯދައިގެން ގެނެސްދީ.. އޭރުން އަހަރެން އޭނަ ކައިލްއާ ދެވާނަން..” ރިޔާޒްގެ ޖުމުލައިން ޝިޔާމާގެ އިތުރުން ދެންތިބި އެންމެންގެ ލޯތަށް ބޮޑުވިއެވެ.
ކައިލް ކަރުކެހިލިއެވެ. “ބޭބޭ މައިރީންއަކީ ކުޑަކުއްޖެއްނޫން.. އެއީ ލޯޔަރެއް.. ގަދަކަމުން ކައިވެނި ކުރުވައިގެން ލިބޭނެ ފައިދާއެއް ނޯންނާނެ..” ރިޔާޒްއަށް ވިސްނައިދިނުމުގެ ރާގަކަށް ކައިލް ބުންޏެވެ. “ކައިލް މިކަމަށް އެއްބަސް ނުވަންޏާ މަށަށް އެހެން މީހުންވެސް ހޯދިދާނެ.. އޭނަ އެއީ ލޯޔަރަކަސް އަހަރެން މީ އޭނަގެ ބައްޕަ.. މަގޭ ބަސްނާހައެއް ކިތަންމެ ބޮޑުވިޔަކަސް ނޫޅެވޭނެ..” ރިޔާޒް ބުންޏެވެ. ރިޔާޒް ކައިރިން ކުރި ނުލިބޭނެކަން އެނގުމުން ކައިލް އެތަނުން ނިކުމެގެން ދިޔައެވެ. އޭރު އޭނަގެ ބޮލުގައި ބޮޑު ހައިޖައިނުގަނޑެއްވަނީ އުފެދިފައެވެ.
ދުންޔާގެ ކަރުނުން ފުރިފައިވި ދެލޯ ފެނި ޔާދިން ފިނިގޮތަކަށް ދުރުބަލައިލިއެވެ. “ރީންއަކީ ތެލްސީމިއާ ބީޓާއެއް އަހަރެން މީ ތެލްސީމިއާ އަލްފާއެއް.. ފިޔާތޮށި ކާޑަކަސް އަހަރެމެން ދެމީހުންނަށް ކައިވެނި ކުރެވޭނެ… ކޯޒް ތެލްސީމިއާ ބީޓާ އެންޑް އަލްފާއަށް ލޭއަޅާކުދިން ލިބުމަކީ ނާދިރުކަމެއް… އަހަރެން ދޫނިދެކެވެސް ލޯބިވޭ އެކަމަކު އަދިވެސް އަހަރެންގެ ހިތުގެ ކަނެއްގައި މައިރީންވޭ.. ދޫނިއަށް އެނގޭނެ ފަސްޓް ލަވް ހަނދާންނައްތާލުމަކީ ވަރަށްވެސް އުނދަގޫކަމެއް.. ދޫނިއަށް ދޫނިގެ ފަސްޓް ލަވް ހާސިލް ކުރެވުން.. އެކަމަކު އޭރު ރަނގަޅަށް ކަންތައްތައް ނޭނގޭތީ އަހަރެންނަށް ޖެހުނީ އަހަރެންގެ ފަސްޓްލަވް ދޫކޮށްލަން.. އިޓްސް ނޮޓް ފެއާރ ފޯރ މީ.. އައިމް ސޮރީ އެކަމަކު ދޫނިއަށް އަހަރެންގެ ދަރިއެއް ތި ބަނޑުން އުފަން ނުކުރެވެންޏާ އަހަރެންނަށް ދޫނިގެ ބޭނުމެއްނެތް..” ޔާދިންގެ ވާހަތަކުން ދުންޔާގެ ހިތް ފުޑުފުޑުވެގެން ދިޔަފަދަ އިހްސާސް ކުރެވުނެވެ.
“ދިން ޕްލީޒް ތިހެން ނުބުނޭ.. ޕްލީޒް އަހަރެން ވަރަށް ލޯބިވޭ ދިންދެކެ.. އަހަރެންނަށް ތިހާ ބޮޑު އަނިޔާއެއް ނުދީ އާދޭސްކުރަން..” ޔާދިންގެ ގާތު ކަކޫ ޖަހައިގެން އިދެ ދުންޔާ ރޯން ފެށިއެވެ. ދުންޔާގެ ރުއިމުން ޔާދިންގެ ހިތަށް ތަދުވި ނަމަވެސް ޔާދިން ހިތްހަރުކޮށްލިއެވެ. “ތައްޔާރުވޭ.. އަހަރެން ބޭނުން ކާކުގެތޯ މައްސަލަ ހުރީ ބަލަން.. އަހަރެން އިންނާނެ އެޕޮއިންޓްމެންޓެއް ހައްދާފަ..” ޔާދިން އެހެން ބުނުމަށްފަހު ކޮޓަރީގައި ހުރި ބެލްކަންޏަށް ނުކުތެވެ. ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ޔާދިންއަށް އެނގެއެވެ. އެހެންނަމަވެސް ޔާދިންގެ އަމިއްލަ ނަފްސްގެ އެދުންތައް ކުރިއަށް ނެރުނެވެ. ދުންޔާގެ ގިސްލުމުގެ އަޑު ކޮޓަރިން އިވެމުން ދިޔައެވެ. ޔާދިން ބުނި ފަދައިން ދުންޔާ ދިޔައީ ޑޮކްޓަރަށް ދައްކަން ދިޔުމަށް ތައްޔާރުވަމުންނެވެ.
ޔާދިންއަށް ފޯނުކޯލެއްއައެވެ. ނުދަންނަ ނަންބަރަކަށްވުމުން ޔާދިން ހުރީ ފޯނު ނުނަގާންނެވެ. އެހެންނަމަވެސް ދެވަނަ ފަހަރު ގުޅުމުން ޔާދިން ފޯނު ނެގިއެވެ. “ކާކު؟” ޔާދިން އަހައިލިއެވެ. “އަހަރެން މީ މައިރީންގެ ބައްޕަ.. ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ޔާދިންއަށް މި ގުޅީ..” ރިޔާޒް ގުޅުމުން ޔާދިން ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ. އެންމެފަހުން އޭނަ ރިޔާޒްއާއި ވާހަކަ ދެއްކީވެސް ހަތް އަހަރު ކުރިންނެވެ. ކުއްލިއަކަށް ގުޅާފައި ބޮޑު ވާހަކައެއް ދައްކަން ބޭނުމޭ ބުނުމުން ހައިރާން ނުވާނީވެސް ކާކު ހެއްޔެވެ؟ “ކޮން ވާހަކައެއްތޯ؟” ކަރުކެހިލަމުން ޔާދިން އަހައިލިއެވެ. “އަހަރެން ބޭނުން މައިރީން ދެވަން.. މިހާރު ތި އިނދެގެން އުޅޭމީހަ ދޫކޮށްލާފަ ޔާދިން މައިރީންއާ އިންނާނަންތަ؟” ރިޔާޒްގެ ސުވާލުން ލާން އުޅުނު ނޭވާވެސް ޔާދިންގެ ކަރުތެރޭ ތާށިވި އިހްސާސެއް ކުރެވުނެވެ. ވަގުތުން އާއެކޭ ބުނަން ޔާދިންގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ޔާދިންއަށް ދުންޔާއާއި މެދު ވިސްނާލެވުނެވެ. ވިސްނާލާފަ ޖަވާބެއް ދޭނަމޭ ބުނެ ޔާދިން ފޯނު ބޭއްވިއެވެ. ޔާދިންއަށް ތަފާތު އިހްސާސްތަކެއް ކުރެވުނެވެ.
އޭނަގެ ފުރަތަމަ ލޯބި ހާސިލްވުމަށް އަލިމަގެއް ފެނުނު ފަދަ އިހްސާސެއްވިއެވެ. ޔާދިން ކޮޓަރިއަށް ވަދުނުއިރު ދުންޔާ ހުރީ އިސްޖަހައިލައިގެންނެވެ. ދޫ ކަޅު އަބާޔާއާއެކު ހަމައެކުލައިގެ ހިމާރެއްވަނީ އަޅާފައެވެ. ރުއިމުގެ ސަބަބުން ދުންޔާގެ މޫނުހުރީ ރަތްވެފައެވެ. ދުންޔާގެ މޫނު ފެނިފައި ޔާދިންއަށް އިސްޖަހައިލެވުނެވެ. ރިޔާޒްގެ ވާހަކަތަކާއި މެދު ޔާދިންއަށް ވިސްނައިލެވުނެވެ. “އަހަރެން އުމުރުން އެކާވީސް އަހަރުގަ މައިންބަފައިގެ ބުނާ އަޑު އަހައިގެން ދުންޔާއާ ކައިވެނި ކުރީ.. އަހަރެންގެ އަމިއްލަ ނަފްސަށް އުފަލެއް ހޯދަން އުޅުމަކީ ކުށެއް ކަމަށް އަހަރެން ގަބޫލެއް ނުކުރާނަން..” ޔާދިން ބުނެލިއެވެ. ދުންޔާ އެއްވެސް އެއްޗެކޭ ނުބުނެ އިސްޖަހައިގެން ހުއްޓެވެ.
ދުންޔާގެ މޫނަށް ބަލައިލުމަށްފަހު ޔާދިން ރީތިވާ މޭޒުމަތީ ހުރި ފައުންޑޭޝަންފުޅި ނެގުމަށްފަހު ދުންޔާގެ އަތުގެ ތެރެއަށްލިޔެވެ. “މޫނު އެއްކޮށް ރަތްވެފަ ތި ހުރީ.. މީތި ބޭނުންކޮށްބަލަ..” ޔާދިން ބުންޏެވެ. ދުންޔާ މަޑުމަޑުން ހުރެ ޔާދިން ބުނިކަންތައްކޮށްލިއެވެ. ދުންޔާއަކީ ކިޔަމަންތެރި އަނބެއްކަން ޔާދިންއަށް އެނގެއެވެ. ޔާދިން ބުނާ ކޮންމެކަމަކަށް ބޯލަބައެވެ. އަނބެއްގެ ޒިންމާ އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރެއެވެ. ޔާދިންއަށް ދުންޔާއާއި މެދު ކަންތައް ކުރެވެނީ ބޭއިންސާފުންބާއޭ ޔާދިންގެ ހިތަށް އެރިއެވެ. “މައި ބައްޕަ އަހަރެން މައިއާ ކައިވެނި ކުރަން އާބަސް ދީފި.. އެކަމަކު އެއީ ދޫނި ވަރިކޮށްފަ..” ޔާދިން މަޑުމަޑުން ބުނެލިއެވެ. ދުންޔާގެ އަތުގައި މަޑު ތުރުތުރެއް އުފެދުނެވެ. ދެލޮލުން ފައިބަން އުޅުނު ކަރުނަތައް ހިފައްޓައިލިއެވެ. ދުންޔާ ގޮވައިގެން ޔާދިން ހޮސްޕިޓަލަށް ދިޔައެވެ.
މައިރީންއަށް ހޭލެވުނުއިރު އޭނަގެ ދެ އަތް ފުރަގަހަށް ވާގޮތަށް ވަނީ ގޮޑީގައި އައްސާލެވިފައެވެ. އަނގަމަތީ ފޮތިގަނޑެއް އައްސާލެވިފައިވެއެވެ. މައިރީން އެތަނަށް ނަޒަރު ހިންގައިލިއެވެ. މައިރީންގެ ބޯ މަތީގައި ކުޑަކުޑަ ބޮއްކެއްއިނެވެ. އެ ބޮކީގެ ފަޑު އަލިން، އަލި ވަނީ މައިރީން ހުރި ދިމާލަށް އެކަންޏެވެ. މައިރިންގެ ހިތް ދިޔައީ ފެނުން ނަގައިފައި އޮތް މަހެއް ނޭވާނުލެވިގެން ތެޅޭހައި ބާރަށް ތެޅެމުންނެވެ. މެދުއުމުރުގެ މީހެއް ދޮރުހުޅުވައިލާފައި ވަދުނެވެ. މާސްކެއް އަޅައިގެން ހުރިއިރު އޭނަގެ ފަހަތުންވެސް މީހަކު ވަދުނެވެ. “އަހަ މައިރީން.. ކިހިނެތްތަ؟” ނުލަފާ ގޮތަކަށް އެމީހަ އަހައިލިއެވެ. މައިރީން ވާހަކަ ދައްކަން އުޅުމުން ދެވަނަ މީހަ މައިރިންގެ އަނގަމަތީ އައްސާލެވިފައި އޮތް ފޮތިގަނޑު މޮހައިލިއެވެ. މައިރީން ހަޅޭއްލަވައިގަތެވެ. އެމީހަގެ އަތުން މައިރީންގެ އަނގަމަތީގައި ބާރަށް ޖެހިއެވެ.
މައިރީންގެ މޫނު އަނެއް ފަރާތަށް އެނބުރިގެން ދިޔައިރު ތުންފަތުގެ ކަނަކުން ލޭކޮޅެއް ފޭބިއެވެ. އެމީހަ މައިރީންގެ އަނގަމަތީގައި ހިފުމަށްފަހު ކޮލަށް ދަތްތައް ހެރޭ ފަދައިން ފިއްތައިލިއެވެ. މައިރީންގެ އަނގައިގައި ލޭ ރަހަލިއެވެ. “އެއްޗާ އަދި އެއްފަހަރު ހަޅޭއްލަވައިގަނެބަލަ ނިކަށް.. ދޫބުރިކޮށްލާނަން..” ނުރައްކާތެރި ގޮތަކަށް އެމީހަ ބުންޏެވެ. މައިރީން ދެވަނަ ފަހަރަށް ހަޅޭއްނުލެވުމުން އޭނަގެ މޫނުމަތީގައި ކާމިޔާބީގެ ހިނިތުންވުމެއް ކުޅެލިއެވެ. “ކަލޭ މަގޭ ދަރިންނާ ވަރަށް ބައްދަލު ކުރާހިއްވޭނުން ދޯ.. އެމީހުން އަންނާނެ އިރުކޮޅަކުން.. އޭރުން ކަލެޔަށްވެސް މީގެ ތޭރަ އަހަރު ކުރިން ކަލޭގެ އެކުވެރިޔާއަށް ހަދައިލިގޮތް ހެދާފަ ދޫކޮށްލާނީ.. އަަހަރުން ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅެންޔާ އެހެނެއްނުން ދެން ހަދާނީ.. އޭރުން މަ ބަލާނަމޭ ގައްޑާވެގެން އުޅެވޭތޯ..” މެދު އުމުރުގެ މީހާ ނުރައްކާތެރި ގޮތަކަށް ބުންޏެވެ. މައިރީންގެ މޫނު ހުދުވެގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.







Omgg Yaadein is such big red flag. I thought eyna raghalhu vee kamah😭. Dunya fekeeru dho then. Kail aa Maireen ge wedding?👀
Hehe let’s see anonymous.. next part ga engeyne.. thankyou for Ur lovely comment 💜🦋
Masha allah mi part vs vrh reethi
Yaadhin haadha goahey..
Plz mai yaadhin r marry kuran Okay nuvahcheyy….vrh hiinuvey ehnbas vaanehn..hiivs nukuraa kahala kmh evii enmenge life ga.. Plzzzz mai r kail gulhuvaafa..yaadhin r dhunya dhurunukurahchey.. Ekm mihaar vrh bodukoh yaadhin dheke foohivaan fashaifi…mai r marry kuran beynunvaa iruvs dhunyaa r dhimaalah dhooni eyyy kiyaafa eba govaa..yaadhin haadha selfish eyy..nuvs gulhey yaadhin akaa
Plzzz next part thankolheh avaha nuny thankolheh dhigukoh kiyaalan libidhaanetha? miyadhah vs vrh inthizaar kurin..minute akn minute akn beley up wefa inthww
Lyyy🫶🫶
Thankyouuuu aanaa I’m happy U liked this part.. hehe yaadhin ah adhi visneyne iraadha kurehviyya.. let’s see dhw vaagoii.. aslu maash mihaaru vrh busy job ehga ulheythy avahah nugenrveny.. and mi week ga college class thah fesheyne so extra koh busy vaane.. I’ll try vee varakun avahah story geneveythw but time nuvaathy Hama.. I hope you understand and I’m really happy that u like this story.. love you moree💜🦋
mi part vx v reethi masha allah
alheyy kihinehtha mi vaneee ongg
mai bappa ehn hadhaakah nuvaane ennu mai ah
yaadhin vx dhunya ah ehn hadhaakah nuvaane ennu alheyy
pls mai n kail dhuru nukurahcheyyyy
yaadhin n dhunya vx
alheyyy soo curious
next part thankolheh avahah genesdhehche plss
Thankyou so much girly.. I’m happy U like it.. hehe yes asluvx mai bappa ehen hadhaakah nuvaane dhww.. let’s see dhen vaagoi… I’ll try vee varakun avahah story geneveythw but time nuvaathy Hama.. I hope you understand and I’m really happy that u like this story..💜🦋
Please Maureen and mail dhurunukurahcheyyy…..
Dhunya and yaadhin vx….
Alhey haadha dhera gothekey maireen ah e v😭😭😭😭
IMGONNACRY🦋🦋🦋🦋🦋
Alhey curiously waiting for the next part…
When next??
IMGONNACRY😭😭😭😭😭😭😭😭😭
IMGONNACRY😭😭😭😭😭😭😭😭😭
Let’s see dhw vaagoii.. yes mai ah vrh dhera gotheh evy.. please don’t cry everything will be ok hopefully 😭.. next part insha allah mondayga genesdheveytho balaalan..💜🦋
Mashallah mi part vx vrh reethi
Maireen ah dhera gotheh nuha dhahchey
When is next?
Can’t wait
Thankyouu darll.. I’m happy U liked it.. let’s see what happens to maii.. next part insha allah Monday ga💜🦋
Mai n kail gulhuvahchey
Yaadin ves dhw
I get it’s hard bc Maireen was his first luv
But dhunyaa fakeeru🥺🥺🥺
Yaadhin n dhunya dhurunukurahchey
Mi part ves varah reethi
When next???
Curiously waiting
Lysm😘😘😘
Hehe let’s see dhw vaagoii.. thankyou darll I’m happy U like this part.. next part insha Allah monday ga.. love you moree💜🦋
Mi part vx varah Reethi Masha Allah 💜
Yaadhin haadha nulafaey. Dhunya aaa ekkoh ulhemun vx… 😡
Mai ge bappa vx dhen dhw… Dhn yaadhin vx Mai mathin handhaan natthaalaafa dhunya aaa ekkoh rangalhu dhiriulhumeh ulheynama..
Mai and Kail dhuru nukurachey…🥺🙏
Mai ah dhera gotheh nahadhachey…
Mayaan ah v goiyy balan vx keh Madhu vefa.😅
Anyways, Curiously waiting for the next part
Lysm Maash 💜🦋
Thank you darling I’m happy U liked it.. let’s see dhw dhen vaa goii.. mayaan ge scene eh ga dhenn oii part ga libeyne.. next part insha Allah Monday ga.. love U more darling 💜🦋
Alheyy ..yaadhin nuvaane ehnu ehn hadhaakah😭 dhuru nukurahchey yaadhin and dhunyaa😭
Mai ah ves dhera gotheh nuhadhahchey
Mi part ves vrh reethiii Masha Allah❤️❤️ when is next??
Lysm maash!!!❤️
Asluvx yaadhin ehen hadhaakah nuvaane dhww.. let’s see what happens to mai.. thank you unnie I’m happy U liked this part.. next part insha Allah Monday ga.. love you moree darll 💜🦋