ޒިވްޔަން ހިތައް އަރަމުން ދިޔައެވެ. ” މީ އަޅެ ހާދަ ހެއްވާ އަންހެން ކުއްޖެއް ހެއްޔެވެ؟ އެހެން މީހެއް ނަމަ މިހާރު ބިރުން ވެސް އޭނާ އާއި ކުރިމަތިލީހެވެ. ނަމަވެސް މި އަންހެން ކުއްޖާ ނިކަން ދެކި ބަލާށެވެ. އޭނާ ދެކެ އެއްވެސް ބިރެއް ނުގަނެއެވެ. އެދިޔައީ އޭނާ ގޮވަ ގޮވައި ހުއްޓައެވެ. އެއްވެސް ޖެހިލުމެއް ނެތި އެ އަންހެން ކުއްޖާ އޭނާއަށް އެކަތި ވެސް ދޫނުކުރުމުން ޒިވްޔަން ހައިރާން ވިއެވެ. ބޯހޫރުވާލެވުނީ އޭނާގެ އަމިއްލަ މޮޔަ ކަން އިހްސާސް ކުރެވުމުުންނެވެ.
މަޑު ހިނގުމެއްގައި އިޒްކާން ހިނގާފައި ދިޔައީ ޔައިޝާ ގޮވައިގެން ހޮސްޕިޓަލާ ދިމާލަށެވެ. ޔައިޝާ އޭނާ އެދަނީ ހޮސްޕިޓަލަށް ދާން ކަމަށް ބުނުމުން އިޒްކާން ވެސް ބޭނުންވީ ޔައިޝާ އާއި އެކުގައި އެހިސާބަށް ދާށެވެ. ޔައިޝާ ފެނުނު ކުޑަ ދުވަސް ކޮޅުތެރޭގައި އިޒްކާންއަށް ޔައިޝާ ވަނީ ވަރަށް ހާއްސަ މީހަކަށް ވެފައެވެ. އެހެނަސް މިވާހަކަ ޔައިޝާ ގާތުގައި އެހާ އަވަހަށް ބުނާކަށް އިޒްކާން ބޭނުމެއް ނޫނެވެ. ފުރަތަމަ ކަމަކަށް އިޒްކާން ބޭނުމީ އެކުވެރިވާށެވެ. އެކަން ވާނީ ޔައިޝާ އާއި ގިނައިން ވާހަކަ ދައްކައިގެންނެވެ. ޔައިޝާގެ މިޒާޖު ހުންނަ ގޮތުން އެހާ ގިނައިން ވާހަކަ ދައްކައެއް ނޫޅެއެވެ. އެހެންކަމުން ޔައިޝާ އާއި ވާހަކަ ދެއްކުމަށް އިޒްކާން އަށް ވަނީ ވަރަށް ބޮޑަށް އުނދަގޫ ވެފައެވެ. އޭނާ ހިތްވަރު އެލުވާލާކަށް ބޭނުމެއް ނޫނެވެ. ހުއްޓާލާނީ އެކުވެރިކަން ވަރުގަދަ ކޮއްފައެވެ.
ހޮސްޕިޓަލާއި ހަމަޔަށް އާދެވެންދެން އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ” މިއޮއް އާދެވުނީ….” އެދެމީހުން ދޭތެރޭގެ ހަމިހިމޭންކަން ނަތިކޮއްލަމުން އިޒްކާން ވާހަކަ ދެއްކިއެވެ. އަދި ޔައިޝާއަށް ކުޑަ ހިނިތުންވުމެއް ހަދިޔާ ކުރިއެވެ. ޔައިޝާ ވެސް ބަދަލުގައި ހިނިތުން ވެލިއެވެ. ދަނީ ކަމަށް ބުނެ މަޑުމަޑުން އެތެރެޔަށް ވަންނަން ހިނގައިގަތެވެ. ދިޔުމު ކުރިން އެއްފަހަރު ޔައިޝާ އިޒްކާންއަށް ބަލާލިއެވެ. ރީތި ހިނިތުންވުމެއް ހަދިޔާކޮށްގެން ހުންނަ އިރުގައި ވަރަށް ރީއްޗެވެ. އެ މާނަ ފުން ހިނިތުންވުމުން އެތަށް އަންހެން ކުދިންނެއްގެ ހިތްތަށް ކަތިލާނެކަން ގައިމެވެ. އެހާވެސް އޭނާ ރީއްޗެވެ. ޔައިޝާ އިޒްކާންއަށް ބަލަން ހުރެފައި ސިހުނީ އޭނާ ހަނާ އަޅާލުމުންނެވެ. ލަދުން އިސްޖަހާލާފައި ޔައިޝާ އަނބުރާ ދާން ހިނގައިގަތެވެ.
ޔައިޝާ ދިޔަދިމާލަށް ބަލަން އިޒްކާންއަށް ހުރެވުނީ އާޝޯހުވެފައެވެ. ނިކަންދެކިބަލާށެވެ. އަލީނާ އާއި ހާސްބައި މިއަންހެންކުއްޖާ ތަފާތެވެ. އިޒްކާންގެ ހިތް ހަމަރަނގަޅަށް ވެސް ޔައިޝާއަށް ކިޔާފިއެވެ. އެލޯބި ހީލުމުންނާއި މޫނު މައްޗަށް އެޅޭ އަޑިކޮޅުތަކުގެ ސަބަބުން އެހިތުގެ ހިނގުން އިތުރަށް އަވަސްވެގެން ދެއެވެ. ޔައިޝާ ގޮސް ގެއްލުމުން އިޒްކާން އޭނާގެ އަމިއްލަ ބޮލުގައި އަތް ހިންގާލިއެވެ. ބޯ ދެފަރާތަށް ހަލުވާލާފައި އޭނާވެސް ގެޔަށް ދާން ހިނގައިގަތެވެ.
*******
އާނިޝްގެ އަތުތެރޭގައި އޮތް ޝިއުރީ އޮތީ ފުންނިންޖެއްގެ ތެރޭގައެވެ. ޝިއުރީއަށް ހޭލެވުނީ އާނިޝް އޭނާގެ ގައިގައި އަތްވަށާލުމުންނެވެ. އެނދުމަތީގައި ތިބި ދެމީހުންގެ ގައިގައި އެއްވެސް ފޭރާމެއްނެތެވެ. ޝިއުރީ ތެދުވިއެވެ. ބެޑްޝީޓް ނަގާގައިގައި އޮޅާލަމުން އާނިޝްއަށް ހިނިތުންވެލިއެވެ. އާނިޝް ވެސް ހިނިތުންވެލާފައި އިތުރަށް ޝިއުރީއާއި ގާތްވެލިއެވެ. ޝިއުރީވެސް އެކަމުގައި ބައިވެރިވެ އާނިޝްގައިގައި ބައްދާލިއެވެ. އާނިޝްގެ އަސްލު އިނގޭ ދުވަހަކުން ޔައިޝާ ކިހާދެރެވާނެ ހެއްޔެވެ؟ އެފަކީރު އެހުންނަނީ އާނީޝްއަށް ޓަކައި ފުރާނަ ނަގާލަން ވެސް ތައްޔާރަށެވެ. އޭނާޔަށް އިނގޭ ދުވަހަކުން ދެން ވާނީ ކިހިނެއް ހެއްޔެވެ.
އަލީނާ ހުރީ ފުންވިސްނުމެއްގެ ތެރޭގައެވެ. އޭނާގެ ބޭބެ ރާއްޖެ އައީ މީގެ ދެތިން ދުވަސް ކުރިންނެވެ. އެވާހަކަ އިޒްކާން ގާތުގައި ބުނަން އަލީނާ ބޭނުންވެއެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟ އޭނާ އާއި އިޒްކާން ވާހަކަ ނުދައްކާތާ ދުވަސް ކޮޅެއް ވެއްޖެއެވެ. އިޒްކާން ވެސް އޭނާ އާއި ވާހަކަ ދައްކާކަށް ނޫޅެެވެ. ވެދާނެއެވެ. އަލީނާ އެހެން ކަންތައް ކުރަމުން ދާތީ އިޒްކާން ހިތްހަމަ ނުޖެހުނީއެވެ. އެހެން ވެގެން އަލީނާ އާއި ވާހަކަ ނުދައްކާން ވެގެން އިޒްކާން ހުންނަނީއެވެ. އަލީނާ ވެސް ވަކި އިޒްކާން އާއި ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. އޭނާ ބޭނުން ވަނީ ބަދަލު ހިފާށެވެ. މިކަންތަށް އިޒްކާންއަށް އަނގިއްޖެނަމަ ޔަގީނުން ވެސް އިޒްކާން އޭނާ އަކާއި ނޫޅޭނެއެވެ. އަލީނާ އެކަންތަށް އިޒްކާންއަށް އަންގާކަށް ބޭނުމެއް ނޫނެވެ. އިޒްކާން އާއި ގާތް ވެގެން ނޫނީ އަލީނާއަށް އިޒްކާންގެ ކިބައިން ބަދަލު ހިފޭކަށް ނެތެވެ. އަލީނާ ލޯބިވަނީ އިޒްކާން ދެކެ އެއް ނޫނެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާދެކެއެވެ. ނަމަވެސް ދެން އޭނާއެއް ނާންނާނެއެވެ. އެއީ އަލީނާ ގަބޫލުކުރާގޮތެވެ. ނަމަވެސް އަލީނާއަށް ނޭނގުނުކަމީ އޭނާގެ ލޯބިވެރިޔާ ދުނިޔޭގައި ހުރިކަމެވެ. އަލީނާގެ ލޮލުން ކަރުނަ ހިލުނެެވެ. އަލީނާ ގަބޫލުކުރާ ގޮތުގައި އޭނާގެ ލޯބިވެރިޔާ އާނިޝް މިދުނިއެ ދޫކުރީ އިޒްކާންގެ މައިންބަފައިންގެ ސަބަބުންނެވެ. ނަމަވެސް އެދުވަހު ކަންތަށް ވީކީ އަލީނާ ހީކުރި ފަދަ ގޮތަކަށް ނޫނެެވެ. ހަގީގަތް އިނގޭނަމަކަ އިޒްކާން ދެކެ އަލީނާ ނަފްރަތެއް ނުކުރާނެއެވެ. އަލީނާއަށް ހިޔާލުތަކުން ބޭރުވެވުނީ ފޯނު ރިންގު ވާއަޑަށެވެ. ލޮލުން އައިސްފައި ހުރި ކަރުނަތަށް ފުހެލަމުން އަލީނާ ފޯނަށް ބަލާލިއެވެ. ގުޅަނީ އިޒްކާން އެވެ. ފާޑަކަށް މޫނުމަތި ހަދާލަމުން އަލީނާ ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ.
ގަޑިއެއް ހާއިރު އިޒްކާން އާއި ވާހަކަ ދައްކާލުމަށްފަހުގައި ފޯނު ބޭއްވިއެވެ. އަދި އޭނާ ރީތިވާ އެއްޗެސް ބަހައްޓާފައި ހުރި މޭޒުމަތިން ފޮޓޯއެއް ނަގާއެޔަށް ބަލާލިއެވެ.” ނިޝް ކީއްވެތަ… ކީއްވެތަ ލީން ދޫކޮއްފައި ދިޔައީ… ލީން ހާދައެކަނި ވެރިޔޭ… ލީން ބޭނުން ނިޝްގެ ގާތިލުންނަށް އަދަބު ދޭން…. އިންޝާﷲ ލީން އަށް އެކަންވާނެ. އެން އައި ވިލް މޭކް އަ ޕްލޭން އެން އިޒްކާން ޔޫ އެން ޔުއަރ ޕޭރެންޓްސް ވިލް ރިގްރެޓް ސޫން…. ” ކަރުނައިގެ ތެރެއިން ވިހަ ހިނިތުންވުމެއް ވަމުން އަލީނާ ބުނެލިއެވެ. އެެއީ އާނިޝްގެ ފޮޓޯއެކެވެ. އާނއެކެވެ. އެނޫން މީހެއް ނޫނެވެ. އަލީނާއަށް ޔައިޝާއާއި އާނިޝް ގުޅުން އޮންނަކަން އެނގެއްޖެޔާ އެފަކީރުގެ ދުވަސް ވެސް ދުއްވާލަފާނެއެވެ. ކޮންމެ ވެސް ގޮތަކުން އަދި އަލީނާއަށް އެކަން އެނގޭނެއެވެ. އެއީ ފަހަރެއްގައި ޔައިޝާއަށް ބޮޑުދުވަހަކަށް ވެސް ވެދާނެއެވެ.
ހޮސްޕިޓަލް ދޮރުމަތީގައި ޒިވްޔަން މަޑު ކޮއްލައިގެން އިނީ ޔައިޝާ އޭނާ ބަލައިއައިސްދޭށޭ ބުނުމުންނެވެ. މާކަށް ގިނައިރުގައި އިންނާކަށް ނުޖެހުނެވެ. ޔައިޝާ ނުކުމެގެން އަންނަތަން ފެނުނެވެ. ރީތި ހިނިތުންވުމެއް ހަދިޔާ ކުރުމަށް ފަހުގައި ޒިވްޔަން ސައިކަލު ސްޓާޓްކޮށްލިއެވެ. އެވަގުތު ހޮސްޕިޓަލުން ބޭރަށް ނުކުތް އަލްޔާއަށް މި މަންޒަރު ފެނުނެވެ. ޔައިޝާއާއި އެކުގައި ހުރި ޒުވާނާފެނިފައި އަލްޔާ އެއްބުމައަރުވާލާފައި އެދިމާލަށް ހިނގައިގަތެވެ. އަދި ޔައިޝާއަށް ގޮވާލިއެވެ.
” އަނހާ…. އަލްލްް.. އަލްޔާ އައިސް ޔައިޝާގާތުގައި މަޑުކޮއްލުމުން ޔައިޝާ ބުނެލިއެވެ. ” ޔައި… މި އިޑިއަޓް އާއި އެކުގައި މިތާ ކީއްތިކުރަނީ….” ޒިވްޔަން އަށް ބަލާލަމުން އަލްޔާ ބުނެލިއެވެ. އެވަގުތު ޒިވްޔަން ވެސް އަލްޔާއަށް ބަލަލިއެވެ. ވަގުތުން އެއީ ކާކުކަން ޒިވްޔަންއަށް އެނގުނެވެ. ” ވަޓް ޔޫ… އެގެއިން ” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ޒިވްޔަން ބުނެލިއެވެ. ” ހުމްމް މަ… އަލްޔާ ވެސް ބުނެލިއެވެ. އަދި އަތްދަބަސް ރީތި ކޮއްލަމުން ދެއުކުޅުގައި އަތް ވިއްދާލާފައި ދެބުމަ ގޮއްޖަހާލިއެވެ. ޔައިޝާ ހުރީ މިދެމީހުންގެ ކޯލުންގަނޑު ފެނިފައި ހިނިގަނޑު މައިތިރި ކޮއްލައިގެންނެވެ. ވެގެން އުޅޭގޮތެއް ޔައިޝާއަކަށް ވެސް ނޭނގެއެވެ. އެންމެ ހައިރާންވީ އަލްޔާއަށް ޒިވްޔަން އެނގުމުންނެއެވެ. ” ގައިސް ޝަޓްއަޕް ” އެންމެ ފަހުން ބޮލަށް އުނދަގޫ ވާން ފެށީމައި ޔައިޝާ ބުނެލިއެވެ. ” ތިދެމީހުން އެކަކު އަނެކަކަށް ތި ފައިޓް ކުރަނީ ކީއްވެތަ… އެން އަލް ކޮންކަމެއްތީ ފިރިހެން ކުދިންނަށް އެލާޖިކެއްނު އަލް.. ދެން ކީއްތިކުރަނީ…” ނިއްއަރުވާލަމުން ޔައިޝާ ބުނެލިއެވެ. ” ޔައިއަކަށް ނޭނގޭތަ މީނަ… މިއަދު އައި ފިހާރައަށް ވަންނަންއުޅުނު ގަޑީގައި މީނަ ގައިގައި ޖެހި ވެއްޓުނީ އަދި ބުންޔޭ ތިމަންނަ ނަގައިދޭން ޖެހެނެއޭ…” އަލްޔާ ބުނެލިއެވެ. ޔައިޝާ ޒިވްޔަންއަށް ބަލަލިއެވެ.
ޒިވްޔަން ބޯކަހާލާފައި ހިނިގަނޑެއް ޖަހާލިއެވެ. ” އެކަމާ ތި ފައިޓް ކުރަނީ…” ޔައިޝާ ގާތަށް ވެސް ހިނިއައެވެ. ކުޑަދެކުދިންނަށް މިދެމީހުން ދޫނުކުރާނެއޭ ހިތައް އެރުމުން ބޫހޫރުވާލެވުނެވެ. ” ތިހެން އުޅެންވެގެން އެކަކު އަނިކަކަށް ދުރުގައި ނުތިބެވޭ ވަރަށް ލޯބިވެވިދާނެ އެނގޭ…” ޔައިޝާ އެދެމީހުންނާ ދިމާކޮއްލަމުން ބުނެލިއެވެ. ދެމީހުންނަށް އެއްފަހަރާކަހަލަ ގޮތަކަށް ދުވަހަކު ވެސް އެހެނެއް ނުވާނެއޭބުނެލިއެވެ. ” މީހުން ބުނެ އުޅެއެއްނު ނަފްރަތަކީ ލޯބީގެ ފެށުމޭ… ވެދާނެ ޒިވް އެން އަލްއަށް ވެސް އެހެން ވަނީކަމަށް….” ޔައިޝާ ބުނެލިއެވެ. ” ވަރިހަމަ ކޮންމެ ގޮތެއްވިޔަސް އޭނައަކާ މަށެއް ނޫޅޭނަން އުޅޭނެ މީހަކު ނުލިބުނަސް….” އަލްޔާ ބުނެލިއެވެ. ” އައްޗި މަވެސް އެބަ އުޅެންތަ ޔޫއާ އުޅެން ދުނިޔެމަތީގައި އަންހެނުން ހުސްވެގެންނެއް ނޫނެއްނު މިއުޅެނީ…” ޒިވްޔަން ވެސް އަލްޔާއަށް އެކަތި ދޫނުކުރެއެވެ. ” އަޅެ ދެމީހުން ހުއްޓާލަބަލަ…” އަލްޔާ އެންޑް ޒިވްޔަން…” ދެމީހުންގެ ނަން ބާރަށް ކިޔާލަމުން ޔައިޝާ ބުނެލިއެވެ.
” އޯހް އަލްޔާ… ސޯ ކިއުޓް ނޭމް…” އަމިއްލަ ނަފްސަށް އެކަނި އަޑު އިވޭ ވަރަށް ޒިވްޔަން ބުނެލިއެވެ. ހަގީގަތުގައި އޭނާއަށް އަލްޔާ ވަރަށް ރީއްޗެވެ. ހިތް ކިތަންމެ އެކަމަށް އެއްބަސް ވިޔަސް އޭނާގެ ސިކުނޑި އެކަމާއި ދެކޮޅު ހަދަނީއެވެ. ޒިވްޔަން އަލްޔާއާއި ދިމާލަށް ބަލާލިއެވެ. އެވަގުތުވީ އަލްޔާ ވެސް ޒިވްޔަންއަށް ބަލަން ހުރި ވަގުތު ކަމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ހަމަ އެސިކުންތުގައި އަލްޔާ ދުރުބަލާލީ އޭނާ ބަލާކަން ފަހުމުވިޔަނުދިނުމަށެވެ. ޒިވްޔަން ގާތައް ހިނި އައި ނަމަވެސް ހިންދާލައިގެން ހުރީ އިތުރަށް އަލްޔާ ރުޅިގަދަ ވެދާނެތީއެވެ. ބައިދަވޭ… އަލް ދަނީ އިނގޭ އަހަރެން… ރަނގަޅަކަށްނު މިވީ އަދި. ދެން ތިމީހުން މީޓް ކޮއްދޭކަށް ޔައި ނުޖެހޭނެ ވިއްޔާ….” ޔައިޝާ ބުނެލިއެވެ. އަދި އަލްޔާއަށް ޒިވްޔަންއަކީ އޭނާގެ ކާކުކަން ކިޔައިދިނެވެ. އަދި ޒިވްޔަންއަށް އަލްޔާ ވެސް ތައާރަފް ކޮއްދިނެވެ. ދެމީހުން ވެސް ވަކިވީ ފަހުން ދިމާވާނެ ކަމަށް ބުނަމުންނެވެ.
ޔައިޝާ އާއި ޒިވްޔަން އާއި ދެމީހުން ސައިކަލުގައި ނައްޓާލުމުން އަލްޔާ ވެސް މަޑުމަޑުން ހިނގާލާފައި އޭނާގެ ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. އެހެންދުވަސް ތަކެކޭ ވެސް އެއްފަދައިން އަލްޔާ ހިނގައިގަތީ ލަސްނުކޮށް ގެޔަށް ވަދެ ޖައްސާލުމަށެވެ. މަޑު ހިނގުމެއްގައި އަލްޔާ ގެއަށް އައިސް ވަނެވެ. އެވަގުތު ގޭތެރެއިން ފެނުނު މަންޒަރުން އޭނާއަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. ދެލޯ ބޮޑު ކޮއްގެން ބަލަން ހުރެވުނީ ޔަގީން ނުވާތީއެވެ. ” ދޮންބޭ… އަންގާވެސް ނުލާ… ބަލާބަ ވަގުކަން….” އަލްޔާ ދުވެފައި އައިސް އޭނާގެ ދޮންބެ އަލްޔަން ގައިގައި ބައްދައިގަތެވެ. އޭރު އެދެކުދިންގެ މަންމަ އާލިޔާ ވެސް އެމަންޒަރު ބަލަން ހެވިފައި ހުއްޓެވެ. ” މަންމައަށް އިނގޭ ދޯ މިދޮންބެ ގަނޑު އަންނަކަން… އަލްޔާ ތުންދަމާލަމުން ބުނެލިއެވެ. އާލިޔާ ވެސް ބޯޖަހާލުމަށްފަހުގައި ހިނިތުންވެލިއެވެ. ” ކޮބާ އަލްގެ ގިފްޓް…” އަލްޔަންގެ އަތުގައި އެލިގަންނަމުން އަލްޔާ ބުނެލިއެވެ. އަލްޔަން ވެސް ބައިވަރު ހަދިޔާ ގެނައި ކަމަށް ބުނެލިއެވެ.
ދެބެން އެކުގައި ގޭތަރެއަށް ހިނގައިގަތީ ގެނައި ހަދިޔާތަށް އަލްޔާއަށް ނުދައްކަނީސް އަލްޔަންއަށް ހިންދެމިލައިގެން ނުހުރެވޭނެތީއެވެ. ކިތަންމެ ސަކަރާތް ޖަހާ ހިފިޔަސް އެދެކުދިން އެކަކު އަނެކަކު ދެކެ ފުރާނަ ފަދައިން ލޯބިވެއެވެ. އަލްޔަން ވެސް އަލްޔާ ގާތް ކޮއްގެން ގެންގުޅެނީ ހުރި ހަމަ އެކަނި ކޮއްކޮއަށް ވެފައި އޭނާދެކެ ނުހަނު ލޯބިވާތީއެވެ. އެދެކުދިން އުޅޭ ގޮތުން ބައެއްފަހަރު އެއީ ދެރަހުމަތްތެރިންނޭ ވެސް ބުނެވިދާނެއެވެ. އެހާ ވެސް އެ ގުޅުން ވަރުގަދައެވެ. އަލްޔަން އާއި އަލްޔާ އެކުގައި ވަގުތު ހޭދަ ކޮއްލުމަށް ފަހުގައި އަލްޔާ އޭނާގެ އަމިއްލަ ކޮޓަރިއަށް ދިޔައީ ވަރުބަލި ވެފައި ހުރުމުގެ ސަބަބުން އަރާމު ކޮއްލަން ވެގެންނެވެ. ކޮޓަރިއަށް ވަދެވުމާއެކު އެހުރިގޮތައް އެނދުމައްޗަށް ވެއްޓިގަތީ ކަންނެތް ވެފަ ހުރިލެ ބޮޑުކަމުންނެވެ. އެހެން އޮއްވައި ނިދުނު އިރުވެސް އަލްޔާއަށް ނޭނގުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.



Mi part ves as vrh reethiii … waiting for the next part❤️!!!
thank you Nunnu
it means a lot
nexxt part soon
stayy turned
Masha Allah 😍 vrh reethi when’s next???
Alhe yaee and izkan gulhuvahche
Ziv and ivya Soo cute 🥰
Aleena alhe yaee ah dhera gotheh nuhadhahche this story makes me go crazy kiyaa nimeyiru innani imagination world ah genbifa hehe when’s next??? Curiously waiting for the next part
thank you Ghost girl
ahahha balamaa dhww dhn vaane goii
inshallah vrh avaha next part kiyaalan libeyne
stay turned 😊
Masha Allah 🤩 Mi part ves vrh reethi
Yai and izkaan gulhuvahchey they both are made for each other ziv and al ves
Aleenaa yai ah dheragotheh nuhadhahchey omg 😱 I hate aanish he cheated on yai thankolheh avahah up kohdhehchey can’t wait for the next part when’s nxt
Tc
LYSM ❤️😘
thanks Nayerr
balamaa dhw yai aa ixkaan ah vaagoii
ahaha dhww I also hate aanish
inshallah vrh avahha next part kiyaalan libeyne
Tc yuu too
Lysm 😊
Masha Allah, vrh reethii🔥..
Keep it upp!
thanks Writerr
submit kohlaafin inshallah vrh avahah kiyaalan libeyne