މިކުޑަކުޑަ އާއިލާ އެކުއެކީގައި ކެވޭ ހަމައެކަނި ދުވަހަކީ ހުކުރުދުވަހެވެ. މޭޒުމަތީގައި އެތައް ވައްތަރެއްގެ މީރުކާނާ ހުއްޓެއްކަމަކު ލާމިންގެ ނަޒަރު ވަނީ ސިއާ އަށް ހުއްޓިފައެވެ. ސިއާގެ ދޮންދޮން ކަންދުރާއި ހާމައަށް ފެންނަން އޮތް ހިސާބަށް ލާމިން ބަލަމުން ދިޔައީ ހިޔަޅެއްފަދައިންނެވެ. މިކަމުން ސިއާ އަށްވުރެ ބޮޑަށް އުނދަގޫވީ ކިއާން އަށެވެ. ކިއާން ގޮސް ސިއާގެ އިސްތަށިގަނޑުގައި އައްސާފައި އޮތް ހިމަ ހިމަ ރަބަރު ނައްޓާލިއެވެ. އަދި ބަހެއް ބުނުމެއްނެތި ކާން ފެއްޓިއެވެ……… “ކާކުޕިރިނީހެދީ ވަރަށްމީރު” ލާމިން ބުނެލިއެވެ. […]
ޔާނިއު ސައިކަލުގައި ދުއްވާފައި އަންނަނިކޮށް އޭނާއަށް ބަލަހައްޓައިގެން އިން އަންހެން ކުއްޖާ ފެނުމުން އާޝޯޚްވިއެވެ. ހީވީ ހޫރު ޕަރީއެއް ކުރިމަތިން ފެނުނު ހެންނެވެ. އޭނަ ފެނުމުން އެއަންހެން ކުއްޖާ ދިން ހިނިތުންވުމުން އޭނައަށް އިތުރަށް އެއަންހެން ކުއްޖާއާ ދިމާލަށް ދާނެ ދަމާބާރަކަށް ވެގެން ދިޔައެވެ. ޔާނިއު ރަގަޅަށްވެސް އެނުދަންނަ އަންހެން ކުއްޖާގެ ޖާދޫގައި ޖެހިއްޖެއެވެ. ސައިކަލް ޕާކު ކުރާޒޯނުގައި ބަހަށްޓާފައި ޔާނިއު އައިސް ނަވްލާ އިށީދެގެން ހުރި ތަނުން އެއްތަން ދޫކޮށްފައި އިށީނެވެ. އަދި ނަވްލާއާ ވާހަކަ […]
* ހައިނާ ޗޮކްލެޓް އައިސްކްރީމް ގަނެލައިގެން ކަމުން އައެވެ. “އޯވް ޔޫޝުއަލްގެ މަތިން ހާދަ ހަނދާން ވެޔޭ..” ހައިނާ އައިސްކްރީމް ބޮމުން އެމީހުން ޔޫޝުއަލް ބާއްވާތަން ހުރި މަގުން އައެވެ. ޖޯލިފަތިތައް ހުރަސް ކޮއްފައި އެތާ ގާތުގައިވާ ވީރާނާ ވެފައިވާ ކުޑަ ގެގަނޑާއި އަރާހަމަވިއެވެ. “މިގެ އެހެންޏާ ހާދަ އަލިކޮށޭ ހުންނަނީ..؟” ހައިނާ ސުވާލު އުފެދުނެވެ. އެގޭތެރޭގެ ހާލު ބަލާލާ ހިތްވިއެވެ. އައިސްކްރީމް ތަށި ހިފައިގެން މަޑުމަޑުން ހައިނާ އެގޭތެރެއަށް ވަނެވެ. އޭރު އެތަނުގައި ވަނީ […]
17 މާރޗް 2014 އެރޭވެސް ރޭވި ގޮތާއި އެއްގޮތަކަށް ނުދިޔަ ނަމަވެސް އަހަރެމެންނަށް އުޝާއާއި އުޝާގެ މައިންބަފައިންގެ ސިއްރު ފަރާތެއް ވާކަން ޔަގީނާއި ހަމައަށް އެނގުނެވެ. އެރޭ އުޝާ އޭނާގެ ބައްޕަގެ ރިސޯޓަށް ދަތުރު ގޮއްސަ ގެއަށް ދިޔައީ ނަޝްވާ މެންގެ ގެއަށް ގޮސް އެކަންޏެވެ. އަނދިރި ގޯޅިއަކުން ލާފައި އެއްވެސް ބިރެއް ނެތި އޭނާ ދަނިކޮށް އަހަރެމެންގެ ގޭންގުން ދެ މީހުން އުޝާއަށް ފޮށި އޭނާ ގަދަކަމުން އެތާ ހުރި ހަދަން ފަށާފައި ހުރި […]
މާގިނަ އިރެއްނުވެ ކިއާންވެސް އައެވެ. މަހުމާފޮތީގެ ކަޅު ކޯޓުފަޓުލޫނެއް ލައިފައި ހުންނައިރު ކިއާން ވަރަށްވެސް ފިރިހެންވަންތައެވެ. ކިއާންގެ ފަހަތުން ވަދެގެން އައި ރާކިން ފެނުމުން ނޫރާ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. އެންމެން ދިއުމުން ސިއާ އާއިި ނޫރާ އެކަނިވިއެވެ. ސިއާގެ ހިތް ބުނަމުން ދިޔައީ އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނާޅާށެވެ. ނަމަވެސް ހިތްވަރު ކޮއްފައި ނޫރާއާއެކު ސިއާ ދިޔައެވެ. އުފާވެފައި ކައިވެނި ކުރެވެމުންދާ މަންޒަރަށް ބަލަހައްޓައިގެން ހުރި ހަމްދީއަށް ފޯނުކޯލެއް އައުމުން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. “ހަލޯ ބައްޕާ […]
އަހަރެން ރާއިންއަށް އަނެއްކާވެސް ފާރަލާން ފެށީމެވެ. ނަޝްވާގެ ކިބައިން ބަދަލު ހިފަން އޭނާ ނަޝްވާމެން ގެއަށް ވަދެ މިއުވާން ނޫޅޭތޯ ޔަގީން ކޮށްފައި އެގޭންގުގެ އިތުރު ދެމީހަކާއެކު ނަޝްވާގެ ކޮޓަރިއަށް ވަތް އިރު އަހަރެން ހުރީ ނަޝްވާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި އެމީހުން ކުރާ ކަންތައް ބަލާށެވެ. އެމީހުން ނަޝްވާގެ ގަޔަށް އަރަން އުޅުމުން އަހަރެން ފުރަތަމަ އުޅުނީ އެމީހުން ކުރާ ކަންތަކުގެ ވީޑިއޯ ކޮށްފައި މާދަމާ ހެނދުނު މިއުވާންއަށް ފޮނުވާށެވެ. ނަމަވެސް ނަޝްވާއަށް އެހާލު ޖައްސާކަށް […]
ސާދަވިލޭރޭގެ ހަނދުގެ ވަށައިގެން ތަރިތައްވިދާ ބަބުޅާ މަންޒަރު ވަރަށް ހިތްގައިމެވެ. ބެލްކޮނީގެ ރެއިލިންގްގާ އަތް ވިއްދާލައިގެން ހުރި ކުއްޖާއަށް މި މަންޒަރުން އަސަރެއް ކުރި ހެނެއް ހީނުވެއެވެ. ބަލާބެލުމަށް އޭނާ ވަނީ ވަރަށް ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނާ އަށް ލިބިފައިވާ ކަޅު ރޭގަނޑެއް ފަދަ ރާޅުބާނި އިސްތަށިގަނޑާ އެ ހިމަތޮޅި ހަށިގަނޑާ ވަރަށް ގުޅެއެވެ. އޭނާގެ ރީތިކަން އިތުރުކޮއްދެނީ އޭނާއަށް ލިބިފައިވާ ކަޅުކަޅި އެވެ. ” ނާނީ … ތިހާ ވަރަށް ނުވިސްނަބަލަ … ލޮންޑަނަށް […]
“ސާރާ! އެއްޗެކޭ ބުނެބަލަ!”ނައިނާ އަށް ސާރާގެ ކިބައިން ޖަވާބެއް ނައުމުން ބުނެލިއެވެ.ސާރާއަށް ބުނެވުނުހާވެސް އެއްޗަކީ ފަހަތް ބަލާލާށޭއެވެ.ނައިނާ ފަހަތަށް އެބުރުނު ިރު ފަހަތުގައި ހުރި ޔުނާން ފެނުމުން ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ ގަތް ލަދުންނެވެ.މިނޫނީ ނައިނާ ފިރިހެން ކުއްޖެއްގެ ކުރިމަތީގައި ލަދު ގަތްފައެއްނުވެއެވެ. ނައިނާ ބެންޗްއިން ތެދުވުމަށް ފަހު ބާރަށް ހިނގައިގަތީ ފެން ބުޔުމުގެ ބަހަނާގައެވެ.ނައިނާ ތެދުވިއިރު ޔުނާން ބުނެލިއެވެ.”އޭއް މިއަދު ތިހެން ދެވިދާނެ .މާދަމާ ކިހެނެއް އިނގެނީ ނައިނާ އައިސް ވެއްޓޭނީ މިއުގުގެ ތެރެޔަށް […]
* އަވްލީންގެ ލޮލުން އޮހިގަތީ އުފާވެރިކަމުގެ ކަރުނަކަމެއް ރުޅިވެރިކަމުގެ ކަރުނަކަމެއް ދެރަވުމުގެ ކަރުނަ ކަމެއް ނޭނގެއެވެ. އަވްލީންއަށް ބުނެދޭން ދަތި ގޮތްތަކެއްވިއެވެ. އެދިގުކޮއްލާފައިވާ އިސްތަށިގަނޑުގެ ތެރެއިން އަވްލީންއަށް އެއީ ލިޔާން ކަން އެނގެން ސިކުންތެއްވެސް ނުނެގިއެވެ. “އަވްބޭބީ.. ލޯންގް ޓައިމް ނޯ ސީ..” * ކުރިމަތީގައި ހުރި ލިޔާން ބުނެލިއެވެ. އަވްލީންގެ ޗޭނުފަށް ތަކުން ސަލާމަތްވާން ބޭނުންވިއެވެ. ލިޔާން އާއި ސަލާމް ކޮއްލަން އެހިތް ތެޅިފޮޅުނެވެ. އެއީ ކައިޔަން ފެނުމުން ވެސް އަވްލީންއަށް ނުވިވަރެކެވެ. “ކިހިނެތްވެގެން މިހާރު […]