Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާލޯބި އެނގޭނަމަ…(12)

lilly Level 510 Stories100 Comments100 Login500 Comments
June 1, 2020 5 Mins Read
30 Comments

މިކުޑަކުޑަ އާއިލާ އެކުއެކީގައި ކެވޭ ހަމައެކަނި ދުވަހަކީ ހުކުރުދުވަހެވެ. މޭޒުމަތީގައި އެތައް ވައްތަރެއްގެ މީރުކާނާ ހުއްޓެއްކަމަކު ލާމިންގެ ނަޒަރު ވަނީ ސިއާ އަށް ހުއްޓިފައެވެ. ސިއާގެ ދޮންދޮން ކަންދުރާއި ހާމައަށް ފެންނަން އޮތް ހިސާބަށް ލާމިން ބަލަމުން ދިޔައީ ހިޔަޅެއްފަދައިންނެވެ. މިކަމުން ސިއާ އަށްވުރެ ބޮޑަށް އުނދަގޫވީ ކިއާން އަށެވެ. ކިއާން ގޮސް ސިއާގެ އިސްތަށިގަނޑުގައި އައްސާފައި އޮތް ހިމަ ހިމަ ރަބަރު ނައްޓާލިއެވެ. އަދި ބަހެއް ބުނުމެއްނެތި ކާން ފެއްޓިއެވެ………

“ކާކުޕިރިނީހެދީ ވަރަށްމީރު” ލާމިން ބުނެލިއެވެ. “އަހަ އަހަ އަހަރެން ޕިރިނީ ހެދީ” ޖޫލީ އަވަސް އަވަހަށް އަނގައިގައި ހުރި ހުރިހާ ދަތެއް ފެންނަ ވަރަށް ހީލަމުން ބުނެލިއެވެ. ސިއާ ތައްޓަކަށް ކަސްޓަޑް ކޮޅެއް އަޅައިގެން ގެނެސް ކިއާން އަތަށް ދިނެވެ. ކިއާން ސިއާއާ ދިމަލަށް ފާޑަކަށް ބަލާލިއެވެ. “ކިއާން ދެން ބަލަން ނުހުރެ ތި ކާންވީނު ތީ ސިއާ ކިއާން އަށް ހާއްސަކޮށް ތައްޔާރު ކުރި އެއްޗެއް” ޖޫލީ ހުރީ ކެއްމަދުވެފައެވެ. ކިއާން ކަސްޓަޑް ތަށިން އެތިކޮޅެއް ކާލާފައި ތަށި ދުރުކޮއްލިއެވެ. ކަސްޓަޑް ކެއުމުންވެސް ކިއާންއަށް އެއްގޮތެއްވެސް ނުވުމުން ޖޫލީ ހައިރާންވިއެވެ. ޖޫލީގެ މޫނަށް އަރައިފާބަމުން ދިޔަ ކުލަވަރު ފެނުމުން ސިއާގެ ތުންފަތްމަތީގައި ދުވެލީ ބޮޑު ހިނިތުންވުމެކެވެ. ސިއާ ދެ ކަސްޓަޑް އެތި ހެދިއެވެ. އެކައްޗައް ޕީޗްސިރަޕް ޖޫލީ އެޅިކަން އެނގުމުން އޭތި އުކާލީއެވެ. ޖޫލީ އާއި ސަމީމާ ބަދިގެއަށް ވަނުމުން ސިއާ ވެސް އެދިމާލަށް މިސްރާބު ޖެހިއެވެ. “ދޮންދައްތާ އަހަރެން ހަމަ ގައިމުވެސް ޕީޗް ސިރަޕް އެޅީމޭ” “ދެން ކީއްވެ ކިއާން އަށް އެއްވެސް އެލާޖިކް ރިއެކްޝަން އެއް ނުވީ” “ތިކަމާ އަހަރެންވެސް މިވިސްނަނީ” ޖޫލީ ބުނެލިއެވެ. “ކޯޗެއްވިސްނާކައްތަ؟ ހީކުރީ ތިދެމީހުން ތިކުޅޭ ކުޅިވަރު އަހަރެންނައް ނޭނގޭކަމައްތަ އަހަ އަހަ ބުނަންތަ ވަރަށް ރަނގަޅު ވާހަކަ އެއް ޖޫލީ ކަލޭ ކިތަންމެ ކަމެއް ކުރިއަސް ކިއާން ކަލެއާ ދިމަލަށް ބަލާވެސް ނުލާނެ” “ސިއާ!! ކަލޭ ލަދެއް ނުގަނޭތަ އަހަރެންނާ ދިމަލަށް ހަޅޭލަވާކަށް މިގެއިން ނެރެ އެއްލާނުލަނިސް މަޑުންހުރޭ” “އަދި އަހަރެންތަ ލަދުގަންނަންވީ؟؟ އަހަރެންނައް ހީވަނީ މީސްމީހުންގެ ފިރިން ފަހަތުން ދުވާމީހުންހެން ލަދުގަންނަން ޖެހޭނީ އަހަރެން ބޭނުން އެއްޗެކޭ ހަމަ ކިޔާނީ ސާފުވެއްޖެތަ؟؟” ސިއާ އެއްކަންމިޔައަކުން ހީލިއެވެ. ޖޫލީގެ ރުޅިގަނޑުވީ އިތުރެވެ. ސިއާ ކާގެއަށް ވަތްއިރު ފެނުނު މަންޒަރަކުން ހެވުނެވެ. ދެފަރާތް ބަލަމުން އަވަސްއަވަހަށް އެއޮތް ބޮޑު ކަސްޓަޑް ތަށި ކިއާން މިއޮތް ހުސްކުރަނީއެވެ.

ގޭގެ ބޮޑުދޮރާށިން ވަތްނޫރާ ޖެހުނީ ގެއިން ނިކުންނަން ދިޔަ ރާކިންގެ ގައިގައެވެ. ނޫރާ އަވަސްއަވަހަށް މޫނު އަނެއްފަރާތައް އަނބުރާލިއެވެ. “މަޑުކޮއްބަލަ އަހަރެން ނޫރާގާތު ވާހަކައެއް ބުނަން އުޅޭތާ ކިތަންމެ ދުވަހެއް އެކަމް” “އަހަރެން ބުނީމެއްނު އެކަމާ ބެހޭގޮތުން ވާހަކަ ނުދައްކާށޭ އެއީ ނުވާކަމަކަށް ހަދާށޭ އަނެއްކާ ސިއާ ކައިރީ އެވާހަކަ ބުނިންތަ؟؟” ނޫރާ ބުނެލިއެވެ.. “އަދިނުބުނަން ބުނަންވީތަ؟؟” “ނިކަން ބުނެބަލަ ކުޅިދައްކާލާނަން” ނޫރާ ރާކިން އާ ދިމަލަށް ޝަހާދަތް އިނގިލި ދިއްކޮއްލާފައި ބުނެލިއެވެ. ބަލަން ނުހުރެ ރާކިން ނޫރާގެ އިނގިލީގައި ދަތްއެޅިއެވެ. ތަދުވި ވަރުންގޮސް ނޫރާ ހަޅޭލަވައިގަތެވެ. “އެހެމް” ފަހަތުން އިވުނީ ސިއާ ކެއްސާލި އަޑެވެ. ނޫރާ އަވަސް އަވަހަށް ރާކިންއާ ދުރަށް ޖެހިލިއެވެ. “ރާކިން އަންނަންވީނު ކޮފީއެއްބޮއެލަން ބިޒީ ނޫނިއްޔާ” “އާން ބިޒީއެއްނޫ” ނޫރާ ރާކިންގައިގައި ވިކާލިއެވެ. “ރާކިން ބިޒީއެންނު ދޯ ވަރަށް” ނޫރާ އެއަށްވުރެ ބާރަށް ވިކާލިއެވެ. “އަ.. އާން މިގަޑީ ތަންކޮޅެއް ބިޒީއޭ ފަހުން އަންނާނަން” ރާކިން އެތަނުން ދިޔައީ ނޫރާއާ ދިމަލަށް އެއްލޯ މަރާލާފައެވެ. “ނޫރާ ދަންނަންތަ ރާކިން؟؟” ސިއާ ވާނުވާގައި ހުރެފައި އަހާލިއެވެ. “ނު.ނޫން މިބުނީ ސިއާގެ ކައިވެނި ޕާޓީއިން ފެނުމުން ކުޑަކޮއް ވާހަކަ ދެއްކިން” “އެކަމަކު އަހަރެންނައް ހީވަނީ” “އެކަމަކު މިކަމަކު އޭ ކިޔާނެ ކަމެއް ނެތް އާދެބަލަ” އިތުރަށް އެ މައުލޫއާ ބެހޭގޮތުން ވާހަކަ ދެކެވިއްޖެނަމަ ނޫރާ ފިއްތާގެން އިން ބަސްވެސް އަނގައިން ނިކުމެދާނެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައިރު ކިއާންއާއި ސިއާގެ ގުޅުމަކަށް ކުޑަވެސް ބަދަލެއްނާދެއެވެ. ނުވިތާކަށް ޖޫލީގެ އުނދަގޫވެސް އެހާބޮޑެވެ. ނަމަވެސް ސިއާހިއްވަރު ދެރައެއް ނުކުރެއެވެ. ކިއާން ސިއާ އާ ބަހެއްވެސް ކިޔަނީ މަދުފަހަރަކުއެވެ. ކިއާންގެ މައިންބަފައިން ނޫނީ ސިއާގެ މައިންބަފައިން ހުންނަ ތަންތަނުގައި އެކަންޏޭބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭގެތެރެއިން އެއްދުވަހެކެވެ. ކޮޓަރިއަށް ވަދެގެން އައި ކިއާންފެނުމުން ސިއާ ވާހަަކަ ދައްކަން ފެއްޓިއެވެ. “ކޮންތާކަށް ދާން ތިއުޅެނީ ކިއާން!!!! ” ސިއާ އަށް އެއްވެސް ސަމާލުކަމެއް ދިނުމެއްނެތި ކިއާން އަލާމާރިން ގަމީހަކާއި ޖިންސެއް ހިފައިގެން އައިސް އެއިސްތިރިކޮއްނިންމާފައި ފާހަނައަށް ވަނެވެ. ކިއާން ސިއާ އިގްނޯ ކުރަމުންދާތީ ސިއާ ހުންނަނީ ވަރަށް އުނދަގޫވެފައެވެ. ސިއާ ދިޔަގޮތަށް ގޮސް އިސްތިރިކުރާމޭޒުމަތީގައި އޮތް ކިއާންގެ ގަމީހުގައި އިސްތިރިހޫނުކޮއްފާ ޖެއްސިއެވެ. ފުދޭވަރަކަށް ބޮޑު ބާގަނޑެއް ގަމީހުގައި ހަދާލިއެވެ. ކިއާން ފާހަނައިން ނިކުމެ ގަމީސް ނަގާބަލާ ލިއިރު ފެނުނު ބާނގަޑުގެ ސަބަބުން ދެބުމަ ގޮތްޖެހުނެވެ. “ސިއާ!! ކާކު ހުއްދަދިނީ އަހަރެން ލާއެއްޗިއްސުގަ އަތްލަން މީ އަހަރެން އިއްޔެ ގަތް ގަމީހެކޭ އެހާ އަގުވެސް ބޮޑު ތީތަންކޮޅެއް ބޮޑުވަރު” ކިއާން ހަޅޭލަވައިގަތެވެ. “އަހަ އަހަ ހެވޭ އަދިވެސް ހުރެބަލަ އަހަރެންނާ ވާހަކަ ނުދައްކާ ހުރިހާ އެއްޗެއްވެސް ވިރުވާލާނަން ދެން ތިބުނީ ތިގަމީސް ވަރަށް އަގުބޮޑޭ އަހަރެންނައް ހީވަނީ ތިގަމީހަށްވުރެ އަހަރެންގެ އަގުމާބޮޑުހެން ކިއާން ބުނީ އަހަރެންްނާ ކައިވެނި ކުރީ ވިޔަފާރިކުރިއަރުވާށޭ އަހަރެން އެކަން ގަބޫލު ކުރަން އެކަމް އަހަރެންނާ ދޭތެރޭ ތިގޮތަށް ކަންތައް ކުރުމުގެ އެއްވެސް ހައްގެއް ކިއާން އަކަށް ނޯންނާނެ ފިރިއެއްގެ ހައިސީޔަތުން ކިއާންވެސް އަދާކުރަންޖެހޭ ޒިންމާތަކެއް އޮންނާނެ ދޯ ކައިވެނި ކުރާނެ ފިރިހެނުން ނެތިގެނެއްނޫނޭ އަހަރެން ކިއާންއާ ކައިވެރިކުރީކީ މިއޮތްހާ ދުވަހު ކިއާންއާ އެކީ އަހަރެން މިއުޅެނީ އެއްވެސް ސަބަބެއް ނެތިއެއްނޫނޭ މިހުރިހާ ކަމަކަށް އަހަރެން ކެއްކޮއްގެން މި ހުންނަނީ ކިއާންދެކެ ލޯބިވާތީ އަހަރެން އަބަދުވެސް އަމިއްލަ ނަފްސައް ވިސްނަދެނީ ކިއާން ކޮންމެސް ދުވަހަކު އަހަރެން ކިއާންދެކެ މިވާލޯބި އެނގޭނެކަމަށް” ސިއާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު ކިއާންގެ ހިލަހިތަށް ހަމަ އެކައްޗެކޭވެސް ނާރަނީ ބާއޭ “އަހަރެންނައް ވަރިހަމަ ކަލެއަށް ކޮންމެ ގޮތެއްވިއަސް އަހަރެން ނުވޭ ކަލޭދެކެ ލޯތްބެއް ދުވަހަކުވެސް ނުވާނަން އަޑުއިވިއްޖެތަ؟؟ ތިލޮލުން ކިތަންމެ ކަރުނައަށް ބޭލުވިއަސް މިކިއާންގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރާނެ”  “ކިއާން އަހަރެން ވަރުބަލި ވެއްޖެ ދެން އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތް” ކިއާންގެ ހިތުގައި ސިއާއަށްޓަކައި ވާލޯބި ކިއާންގެ ސިކުންޑި ވަނީ ފޮރުވާލާފައެވެ. ކިއާންގެ އަނގައިން ނިކުތް ކޮންމެ ބަހަކުންވެސް ސިއާ އަށް ލިބެމުންދިޔައީ އިތުރު އަނިޔާތެކެކެވެ. މީހުންބުނާ އަޑުއަހަމެވެ. އަތުން ކުރާއަނިޔާއަށްވުރެ ދުލުން ބުނާ ބަސްތަކުގެ އަސަރާއި ވޭންގަދަވާނެއެވެ. ސިއާ ފޮއްޓަށް އެއްޗިސް އަޅައިގެން ހަމްދީގެ ގެއަށް ދިޔައެވެ. ފޮއްޓެއް ހިފައިގެން ދޮރުން ވަތްސިއާ ފެނުމުން ހަމްދީ އަވަސްއަވަހަށް ސިއާ ގާތަށް ދިޔައެވެ. “ކިހިނެއްވީ ދަރިފުޅާ ކަމެއްގޯސްވީތަ؟؟” ހާސްވެފައިހުރެ ހަމްދީބުނެލިއެވެ. “އަހަ ނޫނޭ ބައްޕާ އަހަރެން ކިއާންގާތުގައި ބުނީ ދުވަސްކޮޅަކަށް މަންމަމެން ކައިރިއަށް ގޮސްލަން ބޭނުންވާހަކަ މަންމަ އާއި ބައްޕަ މަތިން ވަރަށް ހަނދާންވޭ” ސިއާ ހަގީގަތް ފޮރުވީ އޭނާގެ މައިންބަފައިން އެކަމުގެ ސަބަބުން ދެރަވާނެ ވަރު އެނގޭތީއެވެ.

ސިއާ ދިޔަތާ އަދިވީ އެންމެ ދުވަހެކެވެ. އޮފީހުގައި ބުރަކޮށް މަސަތްކަތްކުރަމުން ދިޔަ ކިއާންއަށް އެއްކަމެއްވެސް ރަނގަޅަށް ކުރެވޭ ކަމަކަށް ނުވިއެވެ. އަބަދުވިސްނެނީ ސިއާ އެންމެ ފަހުން ބުނި ވާހަކައާމެދުއެވެ. ސިއާ ފެންނަހިސާބުގައި ނެތުމުން ކިއާންއަށް ހަމަޖެހިލައިގެން ނޭވާއެއްވެސް ނުލެވެއެވެ. ނަމަވެސް އެކަން ގަބޫލުކުރާކަށް ކިއާން ބޭނުމެއްނުވެއެވެ. ސިއާ ކިއާންއާ ދޭތެރޭ ކަންތައް ކުރިގޮތާއި ކިއާންގެ އަގުވައްޓާލި ގޮތް ހިތަށް އަރާ ކޮންމެ ފަހަރު ސިއާދެކެ ރުޅިއާދެވެއެވެ. ރާކިން އޮފީހަށް ވަދެގެން އައިއިރުވެސް ކިއާންއަކަށް ނޭނގުނެވެ. “އޭއި!!” ރާކިން ކިއާންގެ ކޮނޑުގައި ޖަހާލިއެވެ. ސިހިފައި ކިއާން ހީލިއެވެ. “ކޮންކަމަކާ މާވަރަކަށް ތިވިސްނަނީ” ރާކިން ފައިލުތައް މޭޒުމަތީގައި ބަހައްޓަމުން ބުނެލިއެވެ. “ކަމެއް ނުވެޔޭ މިއުޅެނީ ފާޑަކަށް ބޮލުގަ ރިއްސާތީ ބޭސްވެސް ކެވިއްޖެ” “އެހެންތަ އެވާނީ މާބުރަކޮށް އުޅޭތީ ކަމަށް ކޮބާ ސިއާ؟؟” ރާކިން ބުނެލިއެވެ. “އަޖައިބެއް އޭނަގެ ވާހަކަ އަހަން އަހަރެންނޫން މީހެއް ނުފެނުނީތަހަމަ އަހަރެންނައް އެނގޭތަ އޭނަވީތަނެއް” ކިއާން ހަޅޭލަވައިގަތުމުން ރާކިން ހުރީ ހަމަ ހައިރާންވެފައެވެ. އޭނަޔަށް ކިއާން ރުޅިއަންނަ ކަހަލަ އެއްޗެއް ބުނެވިފަ އޮތްހެނެއް ހިޔެއްނުވެއެވެ. “ސޮރީ ބްރޯ” ކިއާން މައާފައްއެދުނެވެ. “ތިއެއްނޫނޭ މިރޭ ވާނެ ކޮފީއަކަށް ދާން ” ރާކިން އެހެން ބުނެފައި އޮފީހުން ނިކުތެވެ. އޮފީސް ނިމުމުން ކިއާން ދިޔައި ގެއަށެވެ. އަވަސް އަވަހަށް ކޮޓަރިއަށް ވަދެފައި ވަށައިބަލާލިއެވެ. ސިއާ އަދިވެސް ނާދެއެވެ. ކޮޓަރީ ކޮންމެ ދިމާލަކަށް ބަލާލިއަސް ފެންނަނީ ސިއާގެ ހަނދާންތަކެވެ. ސިއާ ކިއާންއަށް ދޭ ސިއްރު ބެލުންތަކެވެ. އެދުލުން ބުނާ ލޯބިންފުރިގެންވާ ބަސްތަކެވެ. ކިއާންއަށްޓަކައި އެލޮލުން ބާލަމުން ދިޔަ ވޭނީ ކަރުނައެވެ. އެހިތުގައި  ކިއާންޓަކައި ވާ ލޯތްބެވެ. ކިއާން ލައިގެން ހުރި ގަމީސް ބާލާފައި ހަރުގައި އެޅުވިއެވެ. ކުއްލިއަކަށް ފަހަތުން ކޮންމެސް މީހެއް ކިއާންގައިގައި ބައްދާލިއެވެ.”ސިއާ!!” ކިއާން ދުލުން ސިއާގެ ނަން އަޑުއިވުމުން ޖޫލީ ދަތްކުނޑިވިކާލިއެވެ. ކިއާން އަނެއްފަރާތަށް އެނބުރުނު ވަގުތު ޖޫލީ ފެނުމުން ގަތީ ފަކުރެވެ. ކިއާން ޖޫލީ ދުރަށް ކޮއްޕާލިއެވެ. ޖޫލީ އަނެއްކާވެސް އައިސް ކިއާންގައިގައި ބައްދައިގަތެވެ. “ކިއާން އަހަރެންނައް އެނގެޔޭ ކިއާން ސިއާދެކެ ލޯބިނުވާކަން ދެން ރީއްޗައް ބުނަންވީނު އަހަރެންދެކެ ލޯބިވެޔޭ އަހަރެން މިހިރީ ކިއާންއާ ދެއަންބައްވެސް ކައިވެނި ކުރަން ހަމަ ތައްޔާރަށް”ޖޫލީ ކިއާންގައިގައި ބީހިލާ ކޮންމެ ފަހަރަކު ކިއާންގެ ރުޅިގަނޑުވީ އިތުރެވެ. ޖޫލީގެ އަތުގައި ހިފައިގެން ދަމާފައި ގޮސް ކޮޓަރިން ބޭރަށް ކޮއްޕާލިއެވެ. “ބުނަންތަ ރަނގަޅުވާހަކައެއް މުޅިދުނިޔޭގައި އަންހެނުން ހުސްވިއަސް އަހަރެން ކަލެއަކާ ކައިވެންޏެއް ނުކުރާނަން ދެން އަހަަރެންގެ ކޮޓަރިއަށް އެންމެ ފިޔަވަޅެއް އެޅިއަސް އަހަރެން މީ ނުލަފާ މީހެއްކަން އަންގާލާނަން” “އަހަ އަހަ އެ ގޮތްކުޑަ އަންހެނާއަތުގައި އޮތީ ވަކި ކޯޗެއް ފައިސާނޫނިއްޔާ” ޖޫލީގެ މޫނަށް ކިއާންގެ އަތުގެ ހޫނުއެތިފަހަރެއް އެރިއެވެ. “ސިއާ އާ ދިމަލަށް ދެން އެންމެ އެއްޗެކޭ ބުންޏަސް ނިމުނީ” ކިއާން ކޮޓަރިއަށް ވަދެ އަވަހަށް ދޮރުލެއްޕިއެވެ. ސިއާ އާ ދިމަލަށް ޖޫލީ އެއްޗިސް ކިޔުމުން ކިއާން އަށް ރުޅިއާދެވުނީ ކީއްވެ ކަމެއް ނޭނގެއެވެ. ސިއާގެ މޫނު ދެކިލުމަށް އެ ހިތް އެދެނީ ކީއްވެ ކަމެއް ނޭނގެއެވެ. ސިއާ ނެތުމުން ކިއާންއަށް އެކަނިވެރިކަން އިހުސާސަކުރެވެނީ ކީއްވެ ކަމެއް ނޭނގެއެވެ. ސިއާ ހޯދަން ދާން އެ ހިތް ހުއްޓާނުލާ ބުނަމުން ދިޔައިރު ކިއާން ކުރިއަށް އެންމެ ފިޔަވަޅެއް ވެސް އެޅުމަށް ސިކުނޑި ހުއްދަނުދެނީ ކީއްވެ ކަމެއް ނޭނގެއެވެ. ކިއާންގެ ސިކުނޑި ބުނަމުން ދިޔައީ ސިއާ އައީ ދުޝްމިނެއް ކަމަށެވެ. އޭނަޔަށް ނަފްރަތުކުރަންޖެހޭނެކަމެވެ. ނަމަވެސް ކިއާންގެ ހިތް އެކަމަށް އެއްބަހެއް ނުވެއެވެ. ހިތާއި ސިކުނޑި ދެހިޔާލެއް ފާޅުކުރަމުންދާތީ އެތަނުން ގަބޫލު ކުރަންވީ ކޯޗެއްކަމެއް ކިއާން އަކަށް ނޭނގުނެވެ.

ގަޑިން 9 ޖެހިއިރު ކިއާން އިނީ ކޮފީޝޮޕްގައެވެ. ރާކިން އައިސް ކިއާން ގާތުގައި އިށީންދެލިއެވެ. “ސިއާ ގޮއްސި” ކިއާންގެ ދުލުން ނިކުތީ އެންމެ ދެބަހެވެ. “ކީކޭ؟؟؟ ސިއާ ގޮއްސިއޭ؟؟ ކޮންތާކަށް؟؟” ރާކިން ދެލޯ ބޮޑުކޮއްލަމުން ބުނެލިއެވެ. ކިއާން ވީހުރިހާ ކަމެއް ރާކިން އަށް ކިޔާދިނެވެ. ރާކިން ފެއްޓީހޭށެވެ. ކިއާން ރާކިންގެ ބޮލުގައި ޖަހާލިއެވެ. “ކިހިނެއްވީ އަހަރެންނައް ނުބައި އެއްޗެއް ބުނެވުނީތަ؟؟” ކިއާން ބުނެލިއެވެ. “ނޫނޭ ކިއާންގެ މޮޔަކަމުން ޔޫ ލަވް ހާ ބްރޯ” “ނޫން އަހަރެން ކިހިނެއް ސިއާދެކެ ލޯބިވާނީ އަހަ އަހަ ކޮސް ވާހަކަ ނުދައްކާ ރާކިން އަށް އެނގޭނެ އަހަރެން މިކާވެނި ކުރީ ސިއާ ކައިރިން ބަދަލު ހިފުމަށްޓަކައިކަން” ކިއާން ބުނެލިއެވެ. “ކޮންމެ މަގްސަދެއްގަ ތިކައިވެނި ކިއާން ކުރިއެއްކަމަކު ކިއާންގެ ހިތް ވަނީ ސިއާއަތުގަ އަޅެ ބުނެބަލަ ސިއާ މަތިން ހަނދާނެއް ނުވޭތަ؟؟؟ ސިއާގެ މޫނު ބަލާލާކައް ބޭނުމެއް ނުވޭތަ؟؟؟” “އާން ނުވޭ” ކިއާން އަވަސްއަވަހަށް ބުނެލިއެވެ. “ޔަގީން ނުވާކަން؟؟؟” “ނޫން ސިއާ މަތިން ހަނދާންވޭ ސިއާގެ ލޮލުން ކަރުނަ ފައިބާ ތަން ފެނުމުން މި ހިތަށް ވަރަށް އަސަރުކުރޭ” ކިއާންގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނެވެ. ކިއާން ލޮލުން ފޭބި ކަރުނަ ފުހެލުމަށްފަހު އެއަށް ބަލާލިއެވެ. “އަހަރެން ސިއާ އަށްޓަކައި މި ދެލޮލުން ކަރުނަ ފައިބާނެ ދުވަހެއް އަތުވެދާނެ ކަމަކަށް ހިޔެއްނުކުރަން”………

…..ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lilly

Level 510 Stories100 Comments100 Login500 Comments

?just a girl tht hides a thousand ?feelings behind the happiest smile?.. ✨i just love to read n write storiess.?. n share the best? n worst? memories with u guyss..?? feel free to tell me anything..?? will always love u guyss??

Other Articles

Previous

ނުފިލާނޭ މިހިތަކުން… 6

Next

އޯގާވީ ހިތަކުން.. 1

Next
June 1, 2020

އޯގާވީ ހިތަކުން.. 1

Previews
June 1, 2020

ނުފިލާނޭ މިހިތަކުން… 6

30 Comments!

  1. Ahuu says:
    June 1, 2020 at 2:40 am

    Me first dhw

    1. Nana?? says:
      June 1, 2020 at 7:59 am

      Ahuu dhen maa kuran Comment Eh kohlevuniee ooa Hahahahahaha lol????

    2. lilly says:
      June 1, 2020 at 7:37 pm

      yeshhh

  2. Ahuu says:
    June 1, 2020 at 2:40 am

    Yhhh I got lucky chance ????

    1. lilly says:
      June 1, 2020 at 7:38 pm

      ahaha nukiyaa vias avahah??❤❤❤ comment kurevijiyyaa nimunee ey dhww ahuu..

  3. Nana?? says:
    June 1, 2020 at 3:05 am

    Woww now look what’s happening kiaan is starting to love??? sia hehe?? anyway whn nxt
    And lilly are you better now we all want you to get better ?? LYSM ???

    1. lilly says:
      June 1, 2020 at 7:39 pm

      thank u soooo much nana LYM deary❤❤❤

  4. Alynn says:
    June 1, 2020 at 3:19 am

    Varah reethi.maasha Allah. Dhen Rangalhu vaanii kiaan aa siaa aa hama ulhun. Marry eii kulhey kulhi vareh nooneh nu dhw sisoo.
    Naaim ah ehn kujjeh hoadhan jeheynii dhen.naaim varah dhera vaane. Kiaan aa siaa aa Varah loabi. Kiaan siaa dheke Loabi vaa vaahaka bunebalaa dhen. Siaa hadhaan thah ayas kiaan dheke Loabi vaaa Nama dhen. Naaim gaaathu maaafah edhifa. Dhen Rangalhu vaanii Hama siaa nd kiaan Hama. Varah loabi e dhemeehun bai. Waiting ingey

    1. lilly says:
      June 1, 2020 at 7:40 pm

      thank u soooooooooooooooo much alynn is this ur first comment dear??

  5. Crazy girl says:
    June 1, 2020 at 3:47 am

    OMG kiaan ah loabi vevijje siaa dheke.hehe?????????????????
    Btw mi part Varah Varah Varah reethi ❤️❤️
    Maasha Allah ???????????
    Curiously waiting waiting waiting ????
    ❤️❤️❤️Lysm❤️❤️stay safe❤️❤️❤️❤️❤️❤️❤️

    1. lilly says:
      June 1, 2020 at 7:41 pm

      kiaa sia dheke loabi nuve konthaakah dhaany ahahaha
      LYM DEAR u 2 be safe❤❤❤❤❤❤❤❤

  6. Nerr__ says:
    June 1, 2020 at 6:41 am

    finally kiaan ah sia dheke loabi vevijje.. dhn othy sia balaa e geah dhiun.. and varah kiyaa hithun indha e nimuny vx.. whn nxt?

  7. SHARA?? says:
    June 1, 2020 at 8:03 am

    Haha kiaan ah sia dheke loabi vevijje dhw Varah gulhey 2 meehun vex ?anyways whn nxt and lysm

    1. lilly says:
      June 1, 2020 at 7:42 pm

      yeah kiaan ah sia dheke loabi vevijje lily dheke loabi vaane meeheh nethennu ekm????❤❤❤❤❤ ahaha LYM

  8. ?Ril? says:
    June 1, 2020 at 10:02 am

    Wow sis story hama amazing
    Masha Allah.
    When next❤ lysm ❤

  9. Afu says:
    June 1, 2020 at 11:34 am

    Wowww alhe haadha salhi ey mihaaru ….. Own kiaan finally gabool kohfin dhwww …. mihaaru varah salhi igey siss … Dhn avahah sia kairiah dheyba kiaan …. dhn varah salhi vaane kamah mi ummeedhu kuranee kiaan n sia ge moments that …. When nxt ??? Avahah genes dhehchey nxt part sisssooooo … Can’t wait to read nxt part ….
    Stay safe
    Luv u sisssooooo ❤️❤️❤️❤️?????

    1. lilly says:
      June 1, 2020 at 7:44 pm

      thank u sooooooooooooooooooooooo muchhhhhhhhh afuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu lav yu moreeeeeeeeeeeeeeeeeeeeeeeee❤❤❤❤❤

  10. ?Aashko?? says:
    June 1, 2020 at 1:10 pm

    Maasha Allah..V reethi mi part ves. Mihaaru
    Kobaatha Naaim..
    Get well soon sis.ly

    1. lilly says:
      June 1, 2020 at 7:46 pm

      thank u sooooooooooooooooooo muchhhhhhhhhh
      ashkooooooooooooooooo LYM

  11. Queen says:
    June 1, 2020 at 2:10 pm

    love it… lilly keehve late reply kurany… active noonkan faahaga kohlevey

    1. lilly says:
      June 1, 2020 at 7:46 pm

      YEAH midhuvas kolhu vvv active nuvevey.. mi online class thakaa hedhi mulhin boa govajjje keehkuraanee ahahahah sorryy but i will try to reply as fast as i can thankxx for tellllllling

  12. Lamko says:
    June 1, 2020 at 3:44 pm

    Sis ehn v ma kiaan sia dheke loabi vey dhwww…. Mi part varah varah reethi.. Nd waiting 4 the nxt.. Ly????

    1. lilly says:
      June 1, 2020 at 7:45 pm

      thank lamkooooooooooooooooo LYM

  13. Anonymous says:
    June 1, 2020 at 6:22 pm

    Alhey sissssssoooo???….haadha reeehcheyyyy mi bai vx????…..bunaane ehcheh vx neyge???….hama ehaa furihama….MAASHA ALLAH??…..vrh curious vehjje dhn vaane gotheh balan….alhey nxt part avahah up kohlla
    dhehchey sissssss…..curiously waiting for the nxt part….lysm???….

    1. Kairaa says:
      June 1, 2020 at 6:25 pm

      Ohhhh???…sis thats me ingey handhaan nethigen name nujehi eyndhee???…ehn nehnnu vaanee name ah vure vhk reeethi vihyaa..??hehe

    2. lilly says:
      June 1, 2020 at 7:43 pm

      thank u soooooooooooooooooooooooo muchhhhhhh
      anonymoussssssssssss LYM dearyyyyyyyyyyyyy❤❤❤❤❤❤❤❤❤❤❤❤❤❤

  14. Nww-she says:
    June 1, 2020 at 6:47 pm

    Masha Allah
    Sissssss, mi bai vess varah furihama
    Curiously waiting for next part
    ❤❤❤❤❤❤❤❤❤❤

    1. lilly says:
      June 1, 2020 at 7:42 pm

      THANK u soooo much nwwshee

  15. Ahuu says:
    June 2, 2020 at 2:50 am

    Alhey so lovely Cople ❤️❤️❤️❤️but naaim ah Kihineh vaanee dhen naaim Haadha deravaaney ???
    Btw mi part vvvvvvvvvvvvvvvvv reethi nd waiting for nxt part lysm siss ?????
    This is very interesting story ??????
    #STAY HOME #STAY SAFE ?????

  16. Anonymous says:
    June 3, 2020 at 7:40 pm

    Dhn kn irakun thr nxt prt..

Comments are closed.

Next Episodeވާލޯބި އެނގޭނަމަ…(13)←


All Right Reserved!