“ކަންނެޔޮހެން ހުންނަނަމަތާ މަށާ އެކީ ގެންދެވޭނީވެސް ބޮޑު ފޮއްޓަށް ލައިގެން ދޯ!” އައިޝްވަރިޔާގެ ކޮނޑުގައި ޖަހާލަމުން ނައިއަލް މަލާމަތް ކޮށްލިއެވެ. “މެޑަމް ބުނީ ކާން އަންނާށޯ…… މަ ބަދު ދުޢާ ކުރާނަން ތި ޖޮބެއް ނުލިބޭތޯ!” ކުދިކިޔަމުން އައިޝްވަރިޔާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ނައިއަލް ބާރު ހިނިގަނޑެއް ޖަހާލިއެވެ. އޭނާގެ ހުނުމުގެ އަޑާ އެކުވީ ފޯނު ރިންގުވާ ފެށި އަޑެވެ. “ޖައިނޯމަސް ބަފަލޯ.” އަނގަމަތީ އަތް އަޅައިލަމުން ނައިއަލް އޭނާގެ ފޯނު ކަންފަތުގައި ޖައްސާލުމުން ވަގުތުން އޭނާގެ ދެލޯ […]
ރީތި ބަގީޗާއެކެވެ. ހުރިހާ ގަހެއްގައިވަނީ މާތައް އަޅާ ފުރިފައެވެ. ކޮންމެ ވައްތަރެއްގެ މާ ގަސްބޮނޑިތަކުގެ ދޭތެރޭ ހިނގާނެ ހަނި މަގެއް އޮވެއެވެ. ހާތިބުއަށް ހިނގަމުން ހިނގަމުން ގޮސް ނިކުމެވުނީ އުސްފަރުބަދަތަކެއް ތީ ދިމާލަކަށެވެ. ވަކި ހިސާބަކަށް ދެމިފައިވާ ފެން ކޯރެއްވެސް އޮތެވެ. ފަރުބަދަ މަތިތައްވެސް ވަނީ ފެހި ބޮޑެތި ގަސްތަކުން ފުރިފައެވެ. ދުވަހަކުވެސް ނުދެކޭފަދަ ރީތި ވާދީއެކެވެ. އުޑުމަތިވެސް ހީވަނީ އެދުވަހަށް ހާތިބުއަށް މަރުހަބާ ކިޔާހެންނެވެ. އެކި މާ ތަކުން ދުވާ މީރުވަސް ވަނީ މުޅި ފަޒާގައި […]
އެމީހުން ވަތީ ބޮޑު އެޕާރޓްމެންޓަކަށެވެ. ސިޓިންގް ރޫމަކާއި ބަދިގެއާއި ކާގޭގެ އިތުރުން ތިން ކޮޓަރި ހުއްޓެވެ. އުޝާމެންގެ ދަބަސްތައް އެތަނުން އެއްކޮޓަރިއަށް ލާދިނެވެ. “ދެކުދިން ޖެހޭނީ މިކޮޓަރި ޝެއާރ ކޮށްލަން. ފްރެޝް ވެލައިގެން އާދޭ. އަދި ބައިވަރު ކަންތައް ތިކުދިންނަށް ކިޔާދޭން އެބަޖެހޭ.” ޔަނާލްގެ އަތަށް ތަޅުދަނޑިއެއް ލައިދެމުން އެއަންހެން މީހާ ބުނުމަށްފަހު އޭނާ ދިޔައީ ބަދިގެއަށެވެ. އެކޮޓަރި އަކީ ވަރަށް ބޮޑު ކޮޓަރިއެކެވެ. އަޅިކުލައިގެ ފާރުތަކުގެ ތެރެއިން އެއްފާރުގައި ހުދުކުލައިގެ މާ ގަހެއް ކުރަހާފައި ހުއްޓެވެ. […]
* ކައިޔަން ކުޑަކޮށް މާޔޫސްވިއެވެ. ފެނިގެން އަނެއްކާ މިއުޅެނީ ޖިންނިއެއް ނޫންބާވައެވެ.؟ * ގޭޓު ހުޅުވުމުން ހީވީ ހަތަޔަކުން ކުޅަނދުރު ބައިގަނޑެއް އުދުހިގަތް ހެންނެވެ. އެހާވެސް ގިނަ ބެލެނިވެރިން އެކުއެކީގައި އެތެރެއަށް ވަންނަން ފަށައިފިއެވެ. އެކުއްޖާގެ ޚިޔާލުތަކުގެ ތެރޭގައި ގެނބިފައި ހުރި ކައިޔަން އަށް ބޯހޫރުވާލެވުނެވެ. ޒިވީންމެން މިއަދު އަވަހަށް ސްކޫލް ނިމޭ މަތިން ކައިޔަން ހުރީ ރަނގަޅަށް ވެސް ހަނދާން ނެތިފައެވެ. ވާނީވެސް އެހެންނެވެ. އެ ކުއްޖާގެ އަސްލު ނޭނގެނީސް ކައިޔަންއަށް ދެން ހަމަ […]
ކިއާން ކުއްލިއަކައް ސިއާގެ ފޯނު އަތުލިއެވެ.. “މި ފޯނުގަ ކޯޗެއްތަ އޮތީ ކަމަނާ މާ ވަރަކައް ބަލާހިތުން ތިއުޅެނީ”… ކިއާން އެހެން ކަންތައް ކުރުމުން ސިއާރުޅިގަދަވިއެވެ.. މީހުންގެ ހުއްދަނެތި އެމީހެއްގެ އެއްޗެއް އަތުލުމަކީ ސިއާ ވަރަށް ފޫހިވާ ކަމެކެވެ.. “ކަލެއަށް ކޮންކަމެއް.. ތީގަ ކޮންމެ އެއްޗެއް ހުއްޓަސް.. ގެނޭ ފޯނު”…”ސިއާ ރުޅިވެރިކަމާއެކު ބުނެލިއެވެ.. ކިއާންށް ލިބުނީ ކުއްލި ސިހުމެކެވެ.. ދުވަހަކުވެސް އަންހެން ކުއްޖަކު އޭނަޔާ މިހެން ވާހަކަ ދައްކާފައެއް ނޯންނާނެއެވެ.. ކިއާން ހުރީ ފޯނުދޭގޮތަކައް ނޫނެއެވެ.. އެރީ […]
“ނައިއަލް މުހައްމަދު ހަނީފް؟ އަނެއްކާ އެލް.ވީ.އީ ހަނީފްގެ ދަރިއެއްތަ ތީ؟” ޑައިރެކްޓަރަކު ކުއްލިއަކަށް ބުނި އެތިން ނައިއަލްއަށް ހިންދިރުވާލެވުނެވެ. ދެބުމަ އިތުރަށް ގާތްވެފައި، އެހެން ބުނި ޑައިރެކްޓަރާއި ދިމާލަށް އީމާ ބަލައިލިއެވެ. “އެލް.ވީ.އީ ހަނީފްގެ ހުންނާނީ އެންމެ ދަރިއެއް. އެއީ އެ ކޮމްޕެނީގެ ވާންއުޅޭ ސީއީއޯގެ ނަމުގަ މަޝްހޫރު ކުއްޖެއް. ކުރިމަތީ ކާމިޔާބީގެ މަގު ތަނަވަސްވެފަ އޮއްވަ، ދޫކޮށްފަ ކީއްވެ މި ތަނަށް އަންނަންވީ؟” އަނެއް ޑައިރެކްޓަރު ޚިޔާލު ފާޅުކޮށްލިއެވެ. **************************** “އަނެއްކާ… ތީ؟” އީމާ ނައިއަލްއަށް […]
އުޑުމަތި ވަރަށްވެސް ސާފެވެ.. ގުނާއަދަދުނުކުރެވޭހާ ގިނަ ތަރިތައްފިޔަޖަހަމުން ދިޔަރު.. ހަނދުގެ ފަނޑުއަލިކަން.. މުޅި ޖައްވުގައި ފެތުރިފައިވެއެވެ.. ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ.. ކޮންމެ ދިމާލަކައް ބަލާލިއަސް ފެންނަމުންދަނީ ގުދުރަތީ ރީތިކަމެވެ.. ފުރިހަމަކަމެވެ.. ނަމަވެސް އަތިރިމަތީ ހުދުކަފަކޮޅެއްފަދަ ދޮންވެލިގަނޑުމަތީގައި އިށިންދެލައިގެން ހަނދައް ބަލަހައްޓައިގެން އިން.. ސިއާގެ މޫނުވަނީ މިލާފައެވެ.. އިރުއިރު ކޮޅާއަތުކުރީ ގަޑިއަށް ބަލާލެވެއެވެ… “ހާދަ ލަސްވެއްޖޭ.. ހުރެބަލަ އައިމަ ކުޅިދައްކާލާނަން”.. އެކަނި އެތާއިނދެ.. ސިއާ ކުދިކިޔަމުންދިޔައެވެ.. މީހަކު ރުޅިނާރާވަރެއްވެސް ނޫނެވެ.. 8 ޖަހާއިރައް އެތަނައް އަންނަން ބުނި މީހާއަދިވެސް […]
ކްލާސްތެރެއޮތީ އެއްކޮން އަނދިރިވެފައެވެ. ކުޑަދޮރުގެ ބިއްލޫރިދަނޑުގެ ތެރެއިން ފާއްދާލި ހޮޅިބުރީގެ ފަނޑު އަލިކަމެއް ފިޔަވާ އިތުރު އެއްވެސް އަލިކަމެއްނެތެވެ. ލައުރާގެ ލާނެއް ހިނިތުންވުމްށް ބަލަހައްޓައިގެންހުރެ ދޮރުހުޅުވިވަގުތު އިވުނު އިޑުފައްގަނޑާއިއެކު ސިއްސއިގެންހޮސް ފަހަތަށް އަރިއަޅާލާފައި ވެއްޓުނެވެ.”ސަޕްރައިޒް”މޭޒުތައް ދަށުގަޔާއި ގޮނޑިތައް ބިއްދަށުގައި އިރުކޮޅެއްކުރިން ފިލާތިބި ހުރިހާ ރަހުމަތތެރިން މިހާރުތިބީ އަހަރެންގެ ކުރިމަތީ، ހުރިހާ ދަރެއްފެންނަވަރަށް ހެވިފައި، ފައްޗަކަށް އެތުރިލައިގެންނެވެ. ގޮރުބިއްދަށުގައި ކޮންފެޓީ ހިފައިގެން ފިލާހުރި ނާނީ ދޮރުބިއްދަށުން ނިކުމެ ބޮކިތަށް ދިއްލައިލިއެވެ. ބޮކީގެ އަލި މުޅިތަނަށް ފެތުރިގެންދިޔަ ވަގުތުކުރިމަތީގައިތިބި ހުރިހާ ރަހުމަތްތެރިންގެ މޫނު ސާފުކޮންފެންނަން ފެށިއެވެ. ކުޑައިރުއްސުރެ އެކީގައި އުޅުނު ތަހުމަތްތެރިންނާއި އަލަށް ލިސްޓައް އިތުރުވި ރަހުމަތްތެރިންނެވެ. އެންމެންގެ އަތްތަށް ޕަރްސަލްތަކާއި ނޫކުލައި ގެ މާތަކުނަ ފުރިފައިވެއެވެ. ވީއެފަލުން ބުރަކަށްޓަށް އެރި ތަދުވެސް ހަދާންނެތުނެވެ. ހުރިހާ ދަތްތަކެުއް ފެންަވަރަށް ހިނިތުންވެހުރެ […]
އުޑުމަތި ވަރަށްވެސް ސާފެވެ.. ގުނާއަދަދުނުކުރެވޭހާ ގިނަ ތަރިތައްފިޔަޖަހަމުން ދިޔައިރު.. ހަނދުގެ ފަނޑުއަލިކަން.. މުޅި ޖައްވުގައި ފެތުރިފައިވެއެވެ.. ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ.. ކޮންމެ ދިމާލަކައް ބަލާލިއަސް ފެންނަމުންދަނީ ގުދުރަތީ ރީތިކަމެވެ.. ފުރިހަމަކަމެވެ.. ނަމަވެސް އަތިރިމަތީ ހުދުކަފަކޮޅެއްފަދަ ދޮންވެލިގަނޑުމަތީގައި އިށިންދެލައިގެން ހަނދައް ބަލަހައްޓައިގެން އިން.. ސިއާގެ މޫނުވަނީ މިލާފައެވެ.. އިރުއިރު ކޮޅާއަތުކުރީ ގަޑިއަށް ބަލާލެވެއެވެ… “ހާދަ ލަސްވެއްޖޭ.. ހުރެބަލަ އައިމަ ކުޅިދައްކާލާނަން”.. އެކަނި އެތާއިނދެ.. ސިއާ ކުދިކިޔަމުންދިޔައެވެ.. މީހަކު ރުޅިނާރާވަރެއްވެސް ނޫނެވެ.. 8 ޖަހާއިރައް އެތަނައް އަންނަން ބުނި މީހާއަދިވެސް […]