Skip to content
އެސްފިޔަ

މިދެލޯ ފުހެލަ ދޭށޭ ލޯބިން 9

“ސާރާ! އެއްޗެކޭ ބުނެބަލަ!”ނައިނާ އަށް ސާރާގެ ކިބައިން ޖަވާބެއް ނައުމުން ބުނެލިއެވެ.ސާރާއަށް ބުނެވުނުހާވެސް އެއްޗަކީ ފަހަތް ބަލާލާށޭއެވެ.ނައިނާ ފަހަތަށް އެބުރުނު ިރު ފަހަތުގައި ހުރި ޔުނާން ފެނުމުން ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ ގަތް ލަދުންނެވެ.މިނޫނީ ނައިނާ ފިރިހެން ކުއްޖެއްގެ ކުރިމަތީގައި ލަދު ގަތްފައެއްނުވެއެވެ. ނައިނާ ބެންޗްއިން ތެދުވުމަށް ފަހު ބާރަށް ހިނގައިގަތީ ފެން ބުޔުމުގެ ބަހަނާގައެވެ.ނައިނާ ތެދުވިއިރު ޔުނާން ބުނެލިއެވެ.”އޭއް މިއަދު ތިހެން ދެވިދާނެ .މާދަމާ ކިހެނެއް އިނގެނީ ނައިނާ އައިސް ވެއްޓޭނީ މިއުގުގެ ތެރެޔަށް ކަމެއް؟” މި އިވުނު ބަސްކޮޅުން ޔުނާން އާއި ޒުވާބުކުރަން ހިތަށް އަރާފަވެސް ހިނގައިގަތީ އިތުރަށް ލަދެއްގައި ބެދެން ނޭދޭތީއެވެ.

ސާރާމެން ކުލާސް ނިންމާފައި ގެޔަށް އައިއިރު އަދި އެކަކުވެސް ނާދެއެވެ.އެހެންކަމުން ތާޒާ ވެލުމަށްފަހު މާލް ބުނިފަދައިން އަދާ ކުރަންޖެހޭ ޒިންމާ އަދާ ކުރުމައިގެން އަވަސްވެގަތެވެ.ސާރާ ބަނޑުހައި ވެފައި ހުރުމާއި އެކު ބަދިގެޔަށް ވަނެވެ.މާލް އެއްޗެހި ހުންނަތަން ކިޔައި ދީފައި ވާތީ ބޭނުންވާ އެއްޗެހި ހޯދުމަށް އެހާ  އުދަގުލެއް ނުވިއެވެ.ނައިނާ އާއި ދެމީހުން ކައްކާ ނިމުނުތަނާ ގޭގެ ބެލް ޖަހާލިއެވެ.ސާރާ ގޮސް ދޮރު ހުޅުވާލިއިރު މާލް މެން ތިއްބެވެ.މާލް މެންނަށް ކާން އައުމަށް ބުނަމުން ސާރާ އެނބުރި ބަދިގެޔަށް މިސްރާބުޖެހިއެވެ.ކާބަޔަށް ވަނުމާއިއެކު ދުވަން ފެށި މީރުވަހުން މާލް މެންނަށް ތައުރީފް ނުކޮށެއް ނުހުރެވުނެވެ.”ވާއު.ސާރާ ތިއީ މާސްޓަރ ޝެފެއްތަ؟” މާލް ކާން އިނދެ ބުނެލިއެވެ.

” ހޫމް ވަރަށް ވަރަށް މީރު.” އެ ވަގުތު ހަޝްމާވެސް އަލަށް ވާހަކަ ދެއްކުމުން ސާރާގެ ހިތަށް ބަޔާން ނުކުރެވޭ ފަދަ ހިތްހަމަ ޖެހުމެއްލިބުނެވެ.ކާމޭޒު ދޮށުގައި ހޭދަ ކުރި އުފާވެރި ވަގުތު ކޮޅަކަށް ފަހު ކޮޓަރިޔަށް ވަދެ ކޮންމެ މީހަކުވެސް ބެލީ ކިޔެވުމައިގެން ކުރިޔަށް ދެވޭ ތޯއެވެ.

ސާރާމެން ކޯހަށް އައި ފަހުން ދުވަސްތައް ދިޔަގޮތް ނޭނގުނެވެ.އެދުވަސް ތަކުގެ ތެރޭގައި ހަޝްމާވެސް ސާރާމެންނާއި ވާހަކަ ދައްކާހަދަންފެށިއެވެސާރާވެސް މާލްމެންނާއި އެކު ކުރިން އުޅުނު ބީރައްޓެހި ގޮތްކެނޑި ގޭތެރެޔަށް ހޭނިއްޖެއެވެ.

އެއްރޭ ސާރާ އާއި ނައިނާ ކައިނިންމާލުމަށްފަހު ކޮޓަރިޔަށް ހިނގައިގަންނަނިކޮށް ހަޝްމާ ގޮވާލި އަޑު އިވުމުން ސާރާ އެދިމާލަށް ބަލާލިއެވެ.ހަޝްމާ އެދުނީ އޭނައާއި އެކު  ބެލްކަންޔަށް ދިޔުމަށެވެ.ނައިނާ ކޮޓަރިޔަށް ފޮނުވާލުމަށްފަހު ސާރާ ހަޝްމާގެ ފަހަތުން ހިނގައިގަތެވެ.ސާރާ ދިޔައިރު ހަޝްމާ ހުރީ ބެލްކަނި ރެއިލިން ތަކުގައި ހިފަހައްޓައިގެންނެވެ.ޖެހެމުން ދިޔަ ތެތްފިނި ވައިރޯޅިތަކުން ހީކަރުވާގޮތެއްހުރެއެވެ.

ސާރާ ހަޝްމާގެ ކައިރީގައި ހުއްޓުމާއި އެކު ސާރާ ގެ ނަމުން ހަޝްމާ ގޮވާލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. ?Aashko??

    V reethi mi part ves.
    Keep it up. But thankolheh kuru.
    Ly
    Waiting for the next part

    1. vanteKTH
      ?Aashko??

      v ufaavejje aashko ah mi part kamudhiyaeema.. next part dhigukohladheynan inshallah.. lym..

  2. naash

    woahhhhhh…… vvvvvvvvvvv salhi mi part vs maasha allah… hashma kiihkuran baa dhw saaraa ah e govee anekka.. vv curious.. nxt part thankolheh dhigukohladehchey dear… mysm darl… lysm sissiii.. stay safe girl….

    1. vanteKTH
      naash

      neyge dhw.. balamaa.. hehe thankyou so much.. mym.. and ilysm.. you too stay safe

  3. Umny ???

    Nice and when is the next part?

    1. vanteKTH
      Umny ???

      thankyou dear.. anneh part up kohlaafa innaane?

  4. Kairaa

    Varah varah reethi mi bai vx….anehkaa keehkuran baa hashmaa saaraa e gendhiyaa….curiously waiting for the nxt part…lysm..

    1. vanteKTH
      Kairaa

      thankyou dear.. hehe hingaa dhw balamaa… lym

Comments are closed.