” އަލްތާފް” ވަފްދާއަށް އަލްތާފް ފެނުމާއެކު އަވަހަށް ގައިގައި ރަޖާއަޅައި ނިވާވިއެވެ. އަދި ބުރުގާއަޅަން އުޅުނެވެ. ހަގީގަތުގައި ވަފްދާ އެހެންއޮތީ އަލްތާފް އަންނަކަން އެނގޭތީ އަލްތާފްއަށް ދައްކަންވެގެންނެވެ. އަލްތާފް ދޮރުގައި ޓަކިދިންކަމާއި ދޮރުހުޅުވިކަން ވަފްދާއަށް އެނގުނެވެ. މިހާރު އަލްތާފްއަށް ވަފްދާ ފެނުމުން އެކްޓްޖައްސަނީއެވެ. އެވަގުތު ވަރުދާ ފާޙާނާއިން ނުކުތެވެ. އަލްތާފް ލަދުން އަވަހަށް ދޮރުލެއްޕިއެވެ. ވަރުދާއަށް ކަންވީގޮތް އެނގުނެވެ. ” ދައްތަ މިތާ ކީއްކުރަނީ؟” ވަރުދާ ވަފްދާގެ ގާތަށް ގޮސް ހުއްޓި ރީތިބަހުން އެހިއެވެ.
” ކޮޓަރިބެޑް އެހައި އަރާމެއްނޫން. އެހެންވެ މިކޮޓަރިއަށް އައިސް ޖައްސާލީ. އަހަންނަކަށް ނޭނގެވިއްޔަ އަލްތާފް އަންނާނެކަމެއް” ވަފްދާ ދޮގެއްހަދައިލިއެވެ.
އަލްތާފް އަންނާނެކަން ވަފްދާއަށް ހަމަ ރަނގަޅަށް އެނގޭނެވެ.
” އެހެންތަ؟ މި ކޮޓަރި ބެޑް ވަރަށް އަރާމުތަ؟” ވަރުދާ އަހައިލިއެވެ. ވަފްދާ އާއެކޭ ބުނެ ޖަވާބުދިނެވެ.
” އެހެންވީއިރު މި ކޮޓަރި ދައްތަޔަށް” ވަރުދާ ބުނެލިއެވެ. މިހެން ބުނުމުން ވަފްދާ ހައިރާންވިއެވެ. އެކަމަކު ވަރަށް އުފާވެސްވިއެވެ. އެކަމަކު އެއީ އުންމީދުކުރިވެސް ކަމެއްނޫނެވެ. އުފާވިޔަސް ވަފްދާ ބެލީ އުފާވިކަން ނުދެއްކޭތޯއެވެ.
” ކިހިނެތް ކޮއްކޮގެ ކޮޓަރި… ނުކެރޭނެ” ވަފްދާ ބުނެލިއެވެ.
” ކޮއްކޮއެއްނު މިއީ. އެވަރުކަމެއްނޫނެއްނު އެއީ” ވަރުދާ ބުނެލިއެވެ. ” ދެން އަލްތާފްއާއިއެކު އަވަހަށް ތިދާކަށްދޭ” ވަފްދާ ބުނެލިއެވެ. ” މިދަނީ ކޮފީއަކަށް. ދައްތަވެސް ދާންވީނު ހެދުން ބަދަލުކޮށްލައިގެން އަހަރެމެންނާއިއެކު” ވަރުދާ ބުނެލިއެވެ. ” އަހަރެންނަކަށް ދެން އަލްތާފްގެ ކުރިމައްޗަށް އަރާކަށް ނުކެރޭނެ.” ވަފްދާ ދެރަވިކަމަށް ހަދައި ބުނެލިއެވެ.
” އެއީ ނޭނގިވިކަމެއްނު. އަލްތާފް އެއްޗެކޭ ހިއެއްނުކުރާނެ. ހިނގާބަލަ ދާން” ވަރުދާ އެދުނެވެ. ” އެހެންފަހަރަކުންދޯ” ވަފްދާ ބުނެލިއެވެ. ވަރުދާ ކޮޓަރި ދޮރުހުޅުވައިލައި ނިކުތެވެ. ކޮޓަރިން ބޭރުގައި ފުރަގަސްދީގެން އަލްތާފް ހުއްޓެވެ.
” އަލްތާފް” ވަރުދާ އަލްތާފްގެ ކަނާތު ކޮނޑުގައި ހިފިއެވެ.
” ސޮރީ އަހަރެން” އަލްތާފްއަށް ބުނެވުނީ އެހިސާބަށެވެ.
” އެއީ ގަސްތުގައެއް ނޫނެއްނު” ވަރުދާ ބުނެލިއެވެ. އަލްތާފް ވަރުދާއާއި ދިމައަށް އެނބުރުނެވެ. “ވާއު ހާދަ ލޯތްބޭ ” އަލްތާފް ވަރުދާގެ ކޮލުގައި މަޑުން ހިފައިލިއެވެ.
ދެމީހުން އެކުގައި ގެއިން ނިކުމެއްޖެއެވެ. ވަރުދާ އަށް ފެނުނީ ގޭ ބޭރުގައި ޕާކްކޮށްފައިވާ ސައިކަލެކެވެ. އެކަމަކު އަލްތާފް ސައިކަލެއް ނުގެންގުޅެއެވެ. މިހެންވެ ވަރުދާ ހައިރާންވިއެވެ. އަދި މި ސައިކަލަކީ އަލްތާފްގެ ސައިކަލަކަށް ނުވާނެކަން އެނގުނެވެ. ” ކާކު ސައިކަލެއް ތިއީ” ވަރުދާ ސުވާލުކުރިއެވެ. ” މިއީ ސައުދާގެ ބޭބެ ސާއިދުގެ ސައިކަލެއް. ދިނީ މިރެޔަށް.”އަލްތާފް ބުނެދިނެވެ.އަލްތާފް ސައިކަލަށް އެރިއެވެ. ވަރުދާވެސް އުފަލުން އަލްތާފްގެ ފަހަތަށް އެރިއެވެ.
ވަފްދާ އެނދުގައި ހީނލައި ހީނލައި ފޮނިވެލައިފައި އޮތެވެ. ހިތުން ކުރެވުނީ މޮޅުކަމެކެވެ. ” ޔަގީން ކޮންމެވެސް ގޮތްތަކެވެފައި ހުންނާނީ އަލްތާފްއަށް. ހިއްސުތައް ސަލާމަތުން ހުރި ފިރިހެނަކުވިއްޔާ އަންހެނެއްގެ ވަނާތައް އެހެންފެނުމުން ގޮތެއް ނުވެއް ނުހުންނާނެ” ވަފްދާ ބުނެލިއެވެ.
އަލްތާފްއާއި ވަރުދާއަށް ކެފޭއަށް އާދެވިއްޖެއެވެ. ނަސީބަކުން މާގިނަ މީހުންނެއް އައިސްފަކައެއް ނެތެވެ. ދެމީހުން އަވަހަށް މޭޒުދޮށެއްގައި އިށީނދެ ވެއިޓަރަށް ގޮވައި ކޮފީއަކަށް އޯޑަރުދިނެވެ. ކޮފީތަށްތަށްޓާއި ހަކުރުޕެކެޓް އައުމުން އަވަހަށް ހަކުރުއަޅައިލައި ދެމީހުންވެސް ކޮފީތަށި ރަގަޅަށް ގިރަންފެށިއެވެ. ” ހާދަ ލޯބިންނޭ ތިޔަ ތި ގިރަނީ” އަލްތާފް ބުނެލިއެވެ. ވަރުދާގާތަށް ހިނިއައެވެ. ” އަލްތާފްއަށް ހަމަ އަހަރެންގެ ކޮންމެ ހަރަކާތެއްވެސް ލޯބީތަ؟” ވަރުދާ އެހިއެވެ. “އަހަރެން ހިތްހަމަނުޖެހޭ ކަމެއް ނެތް ވަރުދާކިބަޔަކު” އަލްތާފް ބުނެލިއެވެ . ” އަހަރެން ހިތްހަމަނުޖެހޭ ކަމެއް އަލްތާފްގެކިބައިގެ ހުރީއްޔާއޯ” ވަރުދާ ސުވާލުކޮށްލިއެވެ.
” އެކަމެއް ރަގަޅުކުރެވޭތޯ ބަލާނީ” ކޮފީފޮދެއް ބޯލުމަށްފަހު އަލްތާފް ބުނެލިއެވެ. ވަރުދާ ނުހަނުލޯބިން އަލްތާފްގެބޮލާއި ކުޅެ ބޯހާވައިލިއެވެ. އަދި އޭނަ ހިތްހަމަނުޖެހޭކަމެއް އަލްތާފްގެ ނެތްކަން ބުނެދިނެވެ. އަލްތާފް ނުހަނު އުފާވިއެވެ.
ކޮފީނިމި ފައިސާދެއްކުމަށްފަހު ވަރުދާ އެސައިކަލަފަހަތަށްއަރައި އަލްތާފްއާއިއެކު ގެޔަށް މިސްރާބު ޖެހިއެވެ.
ގެޔަށް އާދެވިއްޖެއެވެ. ވަރުދާ ސައިކަލުން ފޭބިއެވެ.
” ގުޑްނައިޓް” ވަރުދާބުނެލިއެވެ. އަދި އަލްތާފް ގައިގައި ބައްދާލިއެވެ. އެވަގުތު ވަރުދާގެ ބައްޕަ ޝިހާމްބޭރު ދޮރުހުޅުވައިލިއެވެ. އަލްތާފްއަށް ވަރުދާގެ ބައްޕަ ފެނުމުން މަޑުމަޑުން ވަރުދާގެ ގައިގައި ކޮއްޓާލިއެވެ. ” ކިހިނެތްވީ؟” ވަރުދާ އެހިއެވެ. ޝިހާމް ކަރުކެހިލިއެވެ. ވަރުދާ ފަހަތަށް އެނބުރުނެވެ. ” ބައްޕާ ” ވަރުދާ ލަދުންހުރެ ގޮވައިލިއެވެ.
“އަލްތާފް ވަންނަވީނު އެތެރެއަށް ބަތްކާން” ޝިހާމް އެދުނެވެ. “ނޫނެ. މިރޭ ދެން ނުވެއް ކެވޭނެ އެހެން ފަހަރަކުންދޯ” ޖަވާބުގައި އަލްތާފް ބުނެލިއެވެ.
” އާނ މިރޭ ދެން އަޅުގަނޑެއްވެސް ނުކާނަން.” ވަރުދާ ބުނެލިއެވެ. “ދަނީއިނގޭ” އަލްތާފް އެހެން ބުނެ ސައިކަލުގައި ނައްޓާލިއެވެ. “ކާކު ސައިކަލެއް އެއީ” ޝިހާމްއަށް ވެސް އަހާލެވުނެވެ. ” އެއީ ސާއިދުގެ” ވަރުދާ ހެވިލައި ގެޔަށް ވަދުނެވެ. އަދި ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ވަރުދާއަށް ފެނުނީ ދަތުރުގެންދައި ފޮށްޓެއް ތިރީގައި ބައިންދައިގެން ވަފްދާ ބެޑްމަތީ ޖައްސައިލައިގެން އިންދެއައެވެ.
” ދައްތަ މިޔޯ” ވަރުދާއަށް އަހައިލެވުނެވެ.
” މީގައި ހުންނާނެ ކޮއްކޮގެ ހެދުން. ބުނީމެއްނު މި ކޮޓަރި މަށަށޭ. އެހެންވެ އަހަރެން މި އެއްޗިހި އަޅައިދިނީ ކޮއްކޮ އެހެން ކޮޓަރިއަކަށް ބަދަލުވާތީ. އެހެން އެއްޗިހި ކޮއްކޮ އަމިއްލައަށް ގެންދޭ. ” ވަފްދާ ބުނެލިއެވ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

