Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހަޤީޤީހިތާމަކުރުވާހަކަލޯބި

މަަރު އަހަރެމެން ވަކި ކޮށްދޭންދެން……

Mariyam Xaara Zaahir Level 1
July 2, 2022 6 Mins Read
0 Comments

މަރު އަހަރެމެން ވަކިކޮށްދޭންދެން……

މުޅި ދުވާލު އެއްކޮށްކަހަލަ ގޮތަކަށް މަސައްކަތު އުޅުމަށްފަހު އަހަންނަށް ގެޔަށް އާދެވުނު އިރު އިރު މި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. މުޅި އުޑުމަތީގައި ވަނީ ކަޅުކުލައިގެ ސާލެއް ލެވިފައެވެ. ބަބުޅަމުން އުޑުގައި ފިޔަޖަހަމުންދާ ތަރިތައް ރޭގަނޑަށް މަރުޙަބާ ކިޔައެވެ. ރޭގަނޑުގެ ހަމަ ހިމޭންކަން ގެއްލިގެން ދަނީ ގަސްތަކުގެ ތެރޭގައި އުޅޭ ކުދި ފަނި ފަކުސާތަކުގެ އަޑުންނެވެ. އަހަންނަށް ގެޔަށް އާދެވުނީ ގަޑިން ބަރާބަރު 8:30 ވަނިކޮށެވެ. ގެޔަތް އައިސް ހަމަ ވަނުމާއި އެކު އަހަރެންގެ ލޯބިވާ އަނބިމީހާ އަހަންނަށް މަރުޙަބާ ކިޔެވެ. ފާޚާނާ އަށް ވަދެ އަވަހަށް ތައްޔާރުވެލައިގެން ބޭރަށް ނުކުތީމެވެ. އޭރު ގޭގެ ކާމޭޒު މަތީގައި ކެއުން ތައްޔާތުވެފައި ހުއްޓެވެ. އަހަރެން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން ފެއްޓީމެވެ. އަނބިމީހާވެސް ކުރިމަތީގައި ހުރި ގޮނޑީގައި އިށީންދެލިއެވެ. އަހަރެން އަނބިމީހާގެ އަތުގައި ހިފާލަމުން ބުނީމެ، އަހަރެން ބުނަން ޖެހޭ އެއްޗެއް އެބައޮތް! އެހެންނަމަވެސް އަނބިމީހާ އެއްވެސް އެއްޗެއްނުބުނެ މަޑުމަޑުން އިށީނދެ ކާންފެށިއެވެ. އަހަރެންނަށް ފާހަގަ ކުރެވުނީ އޭނަގެ ލޮލުގައި ހުރި ތަދުތަކެވެ. އެ ރީތި ދެލޯ އެވަނީ ކަމަކާ ހިތާމަ ކުރުމުގެ ސަބަބުން ދުޅަވެ ރަތްވެފައެވެ. ކުއްލިއަކަށް އަހަރެންގެ ޙަރަކާތް ހުއްޓުނެވެ. އަނގަހުޅުވާކަށް ނޭނގުނެވެ. އެކަމަކު އަހަރެން ޖެހޭނީ އަހަރެން ވިސްނާ ގޮތް އޭނައަށް އަންގާށެވެ. އަހަރެން ވަރަށް ހިތްވަރުލާފައި ބުނީމެވެ. އަހަރެން ބޭނުންވަނީ ވަރިވާން. އަހަރެން. އަހަރެން މަޑުމައިތިރިކަމާއެކު މައުޟޫޢު އުފުލީމެވެ.

 

އަހަރެންގެ ބަސްތަކުން އޭނަ ރުޅި އަންނަހެން ހިޔެއްނުވެއެވެ، އޭގެ ބަދަލުގައި އޭނާ މަޑުމަޑުން އަހާލީ، ކީއްވެގެން ހެއްޔެވެ؟ އަހަރެން އޭނަގެ ސުވާލުން ދުރުވީމެވެ. މިކަމުގެ ސަބަބުން އޭނަ ރުޅިއައެވެ. އޭނާގެ އަތުގައި އޮތް ސަމްސާ އެއްލާލުމަށްފަހު އަހަރެންނާ ދިމާއަށް ހަޅޭއްލަވައިގަތެވެ. ތިޔައީ ފިރިހެނެއް ނޫން! އެރޭ އަހަރެމެން އެކަކު އަނެކަކާ ވާހަކައެއް ނުދައްކަމެވެ. އެރޭ އެއްކޮށްކަހަލަ ގޮތަކަށް އޭނާ ރުޔެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔައީ ވޭނީ ކަރުނައެވެ. އަހަރެމެންގެ ކައިވެންޏަށް ވީގޮތް ހޯދަން އޭނަ ބޭނުންވާކަން އަހަންނަށް އެނގުނެވެ. އެކަމަކު އަހަންނަށް ކިރިޔާވެސް އޭނައަށް ހިތްހަމަޖެހޭ ޖަވާބެއް ދެވޭކަށް ނެތެވެ. އަހަރެން އަނބިމީހާ މަތިން ފޫހި ވެއްޖެއެވެ. އަހަރެން ދެން އޭނަދެކެ ލޯތްބެއް ނުވިއެވެ. އަހަރެން ލޯބިވަނީ ލައިޝާ ދެކެއެވެ. އެހެންކަމުން އަހަރެން ހަމަ ބޭނުންވީ އަންހެނުން ވަރި ކުރާށެވެ.

 

އަހަރެން އަހަންނަށް މި ކުރެވުނު ކަމަކާމެދު ފިކުރު ބޮޑުވެ. އަނބިމީހާއާ މެދު ހިތުގައި ވަގުތު ކޮޅަކަށް ރަޙުމު އުފެދުނެވެ. މިހެންވެ އަހަރެންނިންމީ ވަރި ވުމަށް ފަހު އަހަރެމެންގެ ގެއާއި އަހަރެމެންގެ ކާރާއި އަހަރެންގެ ކުންފުނީގެ %30 ހިއްސާ އޭނާއަށް ދިނުމަށްފަހުގައެވެ. އަހަރެން އަވަސްވެ ގަތީ ލިޔެކިޔުމުގެ ކަންކަމާގެންނެވެ. ދެތިން ގަޑިއިރުގެ މަސައްކަތަށްފަހު އަހަރެންނަށް ލިޔެކިޔުންތައް އޭނާގެ ނަންމައްޗައް ބަދަލު ކުރެވުނެވެ. އަވަސް ހިނގުމެއްގައި އައިސް އަހަރެން އޭނާއާ އެ ލިޔުންތައް ޙަވާލު ކުރީމެވެ. އޭނާ އެއަށް ނަޒަރު ހިންގާލުމަށްފަހު، ގަނޑުތައް ވީދާ ކުދިކުދި ކޮށް މުޅި ތަނަށް އުކާލިއެވެ. ޙަޔާތުގެ ދިހަ އަހަރު އަހަރެންނާއެކު ހޭދަކުރި އަންހެންމީހާ ވަނީ ބީރައްޓެހި މީހަކަށް ވެފައެވެ. އޭނާގެ ޙަޔާތުން ބޭކާރުވެގެން އެދިޔައީ އަގުހުރި ވަގުތު ތަކެކެވެ. އަހަރެންގެ ހިތުން ރުހުމުން އަހަރެއް އޭނާއަށްދިން ތަކެތި އަނބުރާ އަތުލާކަށް ނުކެރުނެވެ.އޭނާގެ ހިތް ހަލާކު ވެގެން ރޯންފެށިކަހަލައެވެ. ރޮމުން ރޮމުން ގޮސް އޭނާ ބިންމައްޗަށް ތިރިވިއެވެ. އޭނާ ރޯނެ ކަން އަހަންނަށް އެނގެއެވެ. 10 އަހަރު އެކީގައި ހޭދަކުރުމަށްފަހު ވަކިވާން ބޭނުންވާނީ ފަހެ ކާކުހެއްޔެވެ؟ އެތައް ހަފްތާއެއް ވަންދެން އަހަރެންގެ ހިތުގައި އުފެދިފައިވާ ވަރީގެ ޚިޔާލު މިހާރު އަހަރެން އޭނާއާ ހިއްސާ ކޮށްފީމެވެ. މިއީ މިހާރު ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެކެވެ. އަހަރެން ބޭނުންވީ އޭނާ ވަރި ކުރާށެވެ.

 

ޖެހިގެން އައި ދުވަހުވެސް އާދައިގެ މަތިން އަހަންނަށް ގެޔަށް އާދެވުނީ ވަރަށް ލަހުންނެވެ. ގެއަށް އައިއިރު މޭޒުދޮށުގައި އިށީންދެލައިގެން އިނދެ އޭނާ އެއްޗެއް ލިޔަމުން ދިޔަތަން ފެނުނެވެ. އަހަންނަށް އެހެން ރޭރެޔާ ޚިލާފަށް ރޭގަނޑުގެ ކެއުން ނުލިބުނު ނަމަވެސް ވެފައިވާ ވަރުބަލިކައްގެ ސަބަބުން ވަރށް އަވަހަށް ނިދުނެވެ. މާ ގިނަ އިރުތަކެއް ނުވެ އަނެއްކާވެސް އަހަންނަށް ހޭލެވުނެވެ. އަހަންނަށް ހޭލެވުނު އިރުވެސް އޭނަ އިނީ މޭޒުދޮށުގައި އިށީންދެލައިގެން އެއްޗެއް ލިޔާށެވެ.. އަހަރެން އޭނާ އާމެދު ފަރުވާލެއް ނުބަހައްޓާތީ އަހަރެން އަނބުރާލާފައި އަނެއްކާވެސް ނިދޭތޯ އެނދުގައި އޮށޯވެލީމެވެ.

 

އިރުގެ ދޯދިތައް ދުނިޔެ މައްޗައް ދައްކާލުމާއެކު އޭނާ އަހަނަށް ވަރިވުމުގެ ޝަރުތުތައް ހުށަހެޅިއެވެ. އޭނާ އަހަރެންގެ ފަރާތުން އެއްވެސް ކަމެއް ބޭނުން ނުވިއެވެ. އެނާގެ ހަމައެކަނި އެދުމަކީ އެ އެއް މަސް ދުވަހުގެ ތެރޭގައި އަހަރެމެން ދެމީހުންވެސް ވީހާވެސް އާދައިގެ ދިރިއުޅުމެއް އުޅެން މަސައްކަތް ކުރުމެވެ. އޭނާ މި ޝަރުތުތައް ކުރީ އަހަރެމެންގެ ދަރިފުޅުގެ އިމްތިހާނުތައް މަހެއްހާ ދުވަސް ފަހުން ތާވަލު ކޮށްފައި އޮތުމުން އަހަރެމެންގެ ރޫޅިފައިވާ ކައިވެންޏާ އެކު ދަރިފުޅުގެ ކިޔެވުމަށް ބުރޫ އަރާފާނެތީއެވެ.

 

އަހަރެން އޭނާގެ އެ ޝަރުތާ މެދު އެއްބަސްވީމެވެ. އަދި އޭނާ އިތުރު ޝަރުތެއް ކުރިއެވެ. އަހަރެމެންގެ ކައިވެނީގެ ދުވަހު އަހަރެން އޭނަ ގެންގޮސް އައުޓް ބްރައިޑަލް ރޫމަށް ގެންދިޔަ ގޮތް ހަނދާންކޮށްދޭން އެދުނެވެ. އޭނާ އެދުނީ އެމަހުގެ މުއްދަތަށް ކޮންމެ ކޮންމެ ދުވަހަކު ހެނދުނު ވެސް އަހަރެން އޭނަ އެގޮތަށް ގެއިގެ މައިދޮރާ ހަމައަށް ގެންގޮސް ދިނުމަށެވެ. އަހަރެންގެ ހިތަށް އެރިއެވެ. އޭނާ އެ އުޅެނީ މޮޔަވެގެން ބާއެވެ. އަހަރެން އޭނާގެ އެދުމުގެ މަތިން އޭނާގެ އުދަގޫ އެދުން ގަބޫލުކުރީމެވެ.

 

އެދުވަހު އޮފީހަށް ދެވުމާއެކު އަހަރެންނާ ލައިޝާއާއި ބައްދަލުވިއެވެ. އޮފީހުގެ މަސައްކަތްތައް އެއްފަރާތުގައި ބެހެއްޓުމަށްފަހު އަހަރެމެން ވާހަކަ ދައްކާލުމަށް ކޮފީ އަކަށް ދިޔައީމެވެ. އަހަރެން އަވަސްވެ ގަތީ ލައިޝާއަށް އަހަރެންގެ އަންހެނުން ވަރިވުމުގެ ޝަރުތުތައް ކިޔައިދޭށެވެ. މި ވާހަކަތައް ހަމަ ކިޔާދީ ނިމުމާއެކު، ލައިޝާ ވަރަށް ބާރަށް ހޭންފެށިއެވެ. އަދި ބުންޏެވެ. ހާދަ ގޮތެއް ނެތް އަންހެނެކޭދޯ! އޭނާ ހީކުރީ ވިޝާލް އޭނާ އަށް ހިތް ކިޔާގެން ވަރި ނުކުރާނެ ކަމަށްތަ! ހައް ހައް ހާ.. އެހެންނެއް ނުވާނެ ! އަހަރެން އޭނާ ވަރި ކުރާނަނަ އަހަރެން ދެރަނުވާންވެގެން ބުނެލީމެވެ.

 

ވަރިވުމުގެ ނިޔަތް ސާފުކޮށް ހާމަކުރި ފަހުން އަހަރެންނާއި އަހަރެންގެ އަންހެނުންގެ އެއްވެސް ގުޅުމެއް ނެތެވެ. އަހަރެންގެ ދަރިފުޅު އެދުމުން ހިނގާލަން ދިޔައީމެވެ. އަހަރެމެންގެ ދަރިފުޅު އަހަރެމެންގެ ފަހަތުން  އައިސް އަތްޖަހާލާ އަހަރެމެންގެ ސަމާލުކަން ހޯދުމަށްފަހު ބުންޏެވެ؟ ޑެޑީ މަންމަގެ އަތުގައި ހިފައިގެން ނޫނީ ކުރިން ނުހިނގައެވެ. މަންމަގެ އަތުގައި ހިފާށޭ ބުނެ އަހަރެންގެ އަތުގައި ހިފާ ދަމަންފެށިއެވެ. ދަރިފުޅުގެ ވާހަކަތަކުން އަހަންނަށް ވޭނުގެ އިހުސާސެއް ކުރެވުނެވެ. މުޅި ޕާކު ބަލާލަން ހިނގާލުމަށްފަހު އަހަރެމެން ގެޔައް އައީމެވެ. ނިދާކޮޓަރިއާ ހަމަ އަށް އާދެވެންދެންވެސް އަހަރެމެން ތިބީ އަތް ގުޅުވާލައިގެންނެވެ. އަނބިމީހާ ލޯ މަރާލަމުން މަޑުމަޑުން ބުނެލިއެވެ؛ އަހަރެމެންގެ ދަރިފުގާތުގައި ވަރިވާ ވާހަކަ ނުބުނާތި! ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން އިހުސާސް ކުރެވެމުން އަހަރެން ބޯޖަހާލީމެވެ.

 

ދެވަނަ ދުވަހު އަހަރެމެން ދެމީހުންވެސް އުޅުނީ އެއަށްވުރެ މާ ފަސޭހައިންނެވެ. ދެމީހުންވެސްއެއްބަސްވެފައިވާ ގޮތަށް އުޅެވޭތޯ ބެލީމެވެ. އޭނާ އަހަރެންގެ މޭމައްޗަށް ލެނގިލިއެވެ. އަހަރެންނަށް އޭނަގެ ގައިން ސެންޓުގެ މީރުވަސް ދުވަމުން ދިޔައެވެ. އަހަރެންގެ އަނބިމީހާއަށް ރަނގަޅަށް ނުބަލާތާ ގިނަ ދުވަސްތަކެއް ވެއްޖެކަން އަހަންނަށް އިހުސާސް ކުރެވުނެވެ. އަހަންނަށް ވިސްނުނީ އޭނައަކީ ދެން ޒުވާން މީހެއް ނޫންކަމެވެ. މޫނުމަތީގައި ރީތި ރޫތަކެއް ހުރިއިރު، އިސްތަށިގަނޑު ހުރީ އަޅިކުލައިފައެވެ! އަހަރެމެންގެ ކައިވެނީގެ ސަބަބުން އޭނައަށް އޭގެ އަސަރު ފޯރާފައިވާ ކަމެކެވެ. މިނިޓެއްހާއިރު ވަންދެން އަހަރެންގެ ހިތައް ނުތަނަވަސްކަން ވެރިވިއެވެ. އަހަންނަށް މި ކުރެވުނީ ކީތްބާއެ! އޭނާގެ އޮތީ ކޮން ކުށެއްބާއޭ! ހިތާ ހިތާ ސުވާލު ކޮށްލެވުނެވެ.

 

އެއް ބަސް ވުމުގައިވާ ގޮތަށް ހެނދުނު އަހަރެން އޭނަ އުފުލާލިއިރު އަހަރެންނަށް ހީވީ ގާތްކަމުގެ އިހުސާސެއް އެނބުރި އަންނަހެންނެވެ. މިއީ އޭނާގެ ހަޔާތުގެ ދިހަ އަހަރު އަހަންނަށް ދިން އަންހެން މީހާއެވެ. ފަސްވަނަ ދުވަހާއި ހަވަނަ ދުވަހު އަހަރެންނަށް ވިސްނުނީ އަހަރެމެންގެ ގާތްކަމުގެ އިހުސާސް އަނެއްކާވެސް ބޮޑުވަމުންދާކަމެވެ. އަހަރެން ލައިޝާގެ ގާތު މިވާހަކައެއް ނުބުނަމެވެ. މި މމަސްދުވަސް ފާއިތުވަމުން ދިޔަ ވަރަކަށް އޭނާ އުފުލަން ފަސޭހަވިއެވެ. ފަހަރެއްގައި ކޮންމެ ދުވަހަކު ކުރާ ވޯކްއައުޓްގެ ސަބަބުން އަހަރެން ވަރުގަދަ ވެދާނެ އެވެ. އަހަރެންގެ ހިތައް އެރިއެވެ.

 

އެއްދުވަހަކު ހެނދުނު  އަހަރެން އޮފީހަށް ދާން ހޭލިއިރު އަންހެނުން ލާނެ ހެދުމެއް އިޚްތިޔާރު ކުރުމަށް އަލާމާރި ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ. ފުދޭވަރަކަށް މަދު ހެދުމެއް ޓްރައި ކުރި ނަމަވެސް އެކަށީގެންވާ ހެދުމެއް އޭނާއަކަށް ނުފެނުނެވެ. ދެން އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ހުރިހާ ހެދުމެއް ގަޔަށް ދޫވެއްޖެއެވެ. މަނޒަރު ބަލަން އޮތް އަހަރެންގެ ހިތަށް އެރިއެވެ. އޭނާ ހާދަ ހިކިއްޖެއެވެ. އޭނާ އުފުލަން އެހާ ފަސޭހައީ އެހެންވެގެންނެވެ. ބޭއިޚްތިޔާރުގައި އަހަންނަށް އެނދުން ތެދުވެވުނެވެ. އޭނާގެ ހިތުގައި އެހާ ވޭނާ ހިތާމަ ފޮރުވާފައި ހުއްޓެވެ. އަހަރެން ތެދުވެގެން ގޮސް އޭނާގެ ބޮލުގައި ފިރުމާލީމެވެ.

 

އަހަރެންގެ ދަރިފުޅު ދުވަމުން އައިސް ބުންޏެވެ. މަންމަ އުރާލައިގެން ބޭރު ދޮރާ ހިސާބަށް ދާންވީ ވަގުތު ޖެހިއްޖެއެވެ. މި މަންޒަރު ތަކަކީ އަހަރެންގެ ދަރިފުޅަށް އާދަ އަކަށް ވެއްޖެއެވެ. އަންހެނުން ކައިރިއަށް ދަރިފުޅު ޖެހިލުމުން އެ ކުއްޖާގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އަހަންނަށް ބޭއިޚްތިޔާރުގައި މޫނު އަނބުރާލެވުނެވެ. އަހަރެންގެ ޚިޔާލު ބަދަލުވެދާނެ ކަމުގެ ބިރު އަހަންނަށްހީވުމުންނެވެ. އަހަރެން އަންހެނުން އަތްދަނޑި މައްޗައް ލައިގެން އާދައިގެ މަތިން ހިނގަންފެށީމެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް އަހަރެންގެ އަންހެނުން އަހަރެންގެ ކަނދުރާގައި އަތް އަޅުވާލައި ހަމަޖެހިލިއެވެ. އަހަންނަށް އޭނާގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. ހަނދާނަށް އައީ އަހަރެމެންގެ ކައިވެނީ ގެ ދުވަހެވެ.

 

އެކަމަކު އޭނަގެ ބަރުދަން މާ ލުއިވުމުން އަހަރެން ދެރަވިއެވެ. އެންމެ ފަހު ދުވަހު އަހަރެން އޭނަގެ އަތުގައި ހިފާލިއިރު އަހަރެންނަށް ފިޔަވަޅެއްވެސް ޖައްސާލެވުނީ ކިރިޔާއެވެ. އަހަރެމެންގެ ދަރިފުޅު ދިޔައީ ސްކޫލަށެވެ. އަހަރެން ބާރަށް ހިފަހައްޓާލަމުން ބުނީމެވެ، އަހަރެމެންގެ ދިރިއުޅުމުގައި ގާތްކަން ނެތްކަން އަހަންނަށް ފާހަގައެއް ނުކުރެވެއެވެ. ހަލުވި ދުވެއްޔެއްގައި އަހަރެން ކާރުގައި އޮފީސް ދޮށަށް ގޮސް މަޑުކޮށްލީމެވެ. ކާރުގެ ދޮރު ތަޅުލާންވެސް ހަނދާނެއް ނެތެވެ. އަވަސް އަވަހަށް ކާރުންފައިބައިގެން އޮފީހަށް ވަނީމެވެ. އެއްވެސް ލަސްވުމަކުން އަހަރެންގެ ވިސްނުން ބަދަލުވެދާނެތީ އަހަރެން ހުރީ ބިރުންނެވެ. އަހަރެން ހިނގައިގަތީ މައްޗަށް އެރުމަށެވެ. ލައިޝާގެ ކެބިންގެ ދޮރުގައި ޓަކިޖަހާލުމަށްފަހު ލައިޝާ ދޮރު ހުޅުވާލުމުން އަހަރެން ބުނީމެވެ، ސޮރީ ލައި، އަހަރެން ދެން އަންހެނުން ވަރިކުރާކަށް ބޭނުމެއް ނޫން!

 

ހައިރާންވެފައި ހުރެ އަހަންނަށް ބަލާލުމަށްފަހު އަހަރެންގެ ނިތްކުރިމަތީގައި އަތްލިއެވެ. އަދި ހުންއައީހޭ ކިޔާ އަހަރެންގެ ބޮލުގައި އަތް ލިއެވެ. އަހަރެން ބޮލުން އޭނަގެ އަތް ނަގާލީމެވެ. ސޮރީ ލައި، އަހަރެން ބުނީމެވެ. އަހަރެންގެ އަންހެނުން ވަރިއެއް ނުކުރާނަން. އަހަރެންގެ ކައިވެނީގެ ދިރިއުޅުން ފޫހިވީ ފަހަރެއްގައި އަހަރެންނާއި އޭނަ އަހަރެމެންގެ ދިރިއުޅުމުގެ ކުދި ކުދި ކަންކަން ފާހަގަ ނުކޮށް އެކަހަލަ ކުދި ކުދި ކަންކަން ގިނަވެ ފުނިޖެހިގެން، އަހަރެމެން އެކަކު އަނެކަކު ދެކެ ލޯބި ނުވާތީއެއް ނޫނެވެ. މިހާރު އަހަންނަށް ވިސްނޭ ގޮތުގައި އަހަރެމެންގެ ކައިވެނީގެ ދުވަހު އަހަރެން އޭނަ ގެންގޮސްގެން އަހަރެންގެ ގެއަށް ވެއްދި ގޮތަށް، މަރު އަހަރެމެން ވަކިކުރަންދެން އަހަރެން އޭނަ ހިފަހައްޓަން ޖެހޭކަން އަހަންނަށް ވިސްނެއެވެ.

 

 

ލައިޝާގެ ދުނިޔެ އެފުށް މި ފުށަށް ޖެހުން ކަހަލައެވެ. ކުއްލިއަކަށް ހަޅޭލަވައިގަނެ ދޮރުގައި ތަޅަ ތަޅާފައި ރޯންފަށައިފިއެވެ. އަހަރެން ހިނގައި ގަތީ ތިރިއަށް ދާށެވެ. އޮފީހުގައި ސަލާމް ބުނުމަށް ފަހު ކާރުގައި އަހަރެނ އެންމެ ފުރަތަމަވެސް ދިޔައީ މަޖީދީ މަގުގައި ހުރި ފްލޯރަލް ފިހާރައާ ދިމާއަށެވެ. ފްލޯރަލް ފިހާރައިން އަހަރެން އަނބިމީހާއަށް މާބޮނޑިއެއް ގަތުމަށް އޯޑަރު ދިނީމެވެ. ކާޑުގައި ލިޔަންވީ ކޮން އެއްޗެއްތޯ ސޭލްސްގާލް އަހާލިއެވެ. އަހަރެން ހިނިތުންވެލަމުން ލިޔެލީމެވެ، “މަރު އަހަރެމެން ވަކިކޮށްދޭންދެން ކޮންމެ ދުވަހަކު ހެނދުނު އަހަރެން އަތްދަނޑިމަތީގައި ގެންގޮސްދޭނަން” މިހެންނެވެ.

 

އެދުވަހު އަހަރެން ގެޔަށްވަނީ ، އަތުގައި މާތަކެއް އަދި މޫނުމަތީގައި  ހިނިތުންވުމެއް ބަހައްޓައިގެންނެވެ. އަހަރެން އަވަސް އަވަހަށް ދުވެފައި ނިދާ ކޮޓަރިއަށް ދިޔައީމެވެ. ފައިދަށުން ބިންގަނޑު ދަމައިގެން ކަހަލައެވެ. އެޔޮތީ އަހަރެންގެ ލޯބިވާ އަނބިމީހާ އެނދުގައި އޮށޯވެލައިގެންނެވެ. އޭނާ މި ކެހިވެރި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. އޭނާ ދެން ނާންނާނެއެވެ.

 

އަހަރެންގެ އަންހެނުން ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަތާ އެތައް މަސްތަކެއް ވެއްޖެއެވެ. އަހަރެން ލައިޝާ އާއި އެކު އެހާ ބިޒީވެފައި ހުރުމުން އެކަން ފާހަގަ ވެސް ނުކުރެވުނެވެ. އަހަރެންގެ އަންހެނުންނަށް އެނގޭ ގޮތުގައި، އޭނަ ވަރަށް އަވަހަށް މަރުވާނެކަން އެނގެއެވެ. އޭނަ ބޭނުންވީ އަހަރެމެން ވަރިއާއެކު ކުރިއަށް ދާ ހާލަތެއްގައި، ދަރިފުޅުގެ ކޮންމެ ނެގެޓިވް ރިއެކްޝަނަކުން އަހަރެން ސަލާމަތް ކުރުން، އަހަރެމެންގެ ދަރިފުޅުގެ ނަޒަރުގައި— އަހަރެންނަކީ ލޯބިވާ ފިރިއެކެވެ.

 

ވާހަކައިގެ ޢިބުރަތް : ތިބާގެ ދިރިއުޅުމުގެ ކުދިކުދި ކަންކަމަކީ ހަގީގަތުގައި މާބޮޑަށް ވެސް މުހިންމު އެއްޗެކެވެ. އެއީ ބޮޑެތި ގޭގެ، ކާރު، މުދަލެއް، ބޭންކުގައި ހުރި ފައިސާއެއް ނޫނެވެ. މިއީ އުފަލަށް ފަހި މާހައުލެއް އުފައްދާ ނަމަވެސް އޭގެ ޒާތުގައި އުފާވެރިކަން ނުދެވޭނެ ކަންކަމެވެ. އެހެންކަމުން އަނބިމީހާ ނުވަތަ ފިރިމީހާގެ މެދުގައިވާ ގުޅުން ވަރުގަދަ ކުރުމަށް ވަގުތު ހޯދައިގެން އެކަކު އަނެކަކަށްޓަކައި ގުޅުން ވަރުގަދަކޮށް ބިނާކުރާ އެކި އެކި ކުދިކުދި ކަންތައްތައް ކޮށްލާށެވެ. އަދި ހަގީގީ އުފާވެރި ކައިވެންޏެއްގައި ދިރިއުޅުން ބިނާ ކުރާށެވެ.

Share Article

Follow Me Written By

Mariyam Xaara Zaahir

Level 1

Other Articles

Previous

އެދުވަހު ލޯބިން 2

Next

ސަމާސާ

Next
July 3, 2022

ސަމާސާ

Previews
July 2, 2022

އެދުވަހު ލޯބިން 2



All Right Reserved!