މިއީ އަޅުގަނޑު “އަލްފާޞިލް ޖަޖު” އެސްފިޔަ ސައިޓަށް ބޭފުޅުން އަޕްލޯޑު ކުރައްވާފައިވާ ވާހަކަތަކުގެ ތެރެއިން ކިޔުންތެރިންގެ މެދުގައި އެންމެ ބޮޑަށް މަގުބޫލު ވެފައިވާ ވާހަކަތަށް ކިޔުންތެރިންނަށް އަންގައިދިނުމަށް ތައްޔާރު ކޮށްފައިވާ ރިޕޯޓެކެވެ. މިފަހަރުގެ ވަނަވަނަ(ރިޕޯޓް) ގައި ވާދަ ކޮށްފައިވާނީ 19 ނޮވެމްބަރު އަދި 20 ނޮވެމްބަރުގައި އެސްފިޔަ އަށް އަޕްލޯޑު ކުރެވިފައިވާ ވާހަކަތަށް އެކުލަވާލައިގެން މުޅި ޖުމްލަ 12 ވާހަކައެކެވެ. ވަނަވަނަ ހޮވިފައިމިވަނީ އަޕްލޯޑު ކުރެވިފައިވާ ވާހަކަތަކަށް 28 ނޮވެމްބަރާ ހަމަޔަށް ލިބިފައިވާ ވިއުސް، ލައިކްސް އަދި […]
ނަންފުޅާއި ނަސަބުފުޅު އައްސައްޔިދާ މައިމޫނާ ރަޟިޔަﷲ ޢަންޙާއަކީ، ހިލާލުވަންހަގެ ބޭކަނބަލެކެވެ. ބައްޕާފުޅަކީ އެވަންހައިގެ ބޮޑެއްކަމުގައިވާ ޙާރިޘް ބިން ޙަޒްނެވެ. އޭނާއަކީ ވަރަށް ހެޔޮވިސްނިވަޑައިގަންނަވާ އިންޞާފަށް ލޯބިކުރައްވާ މީހެކެވެ. ޖާހިލިއްޔަ ޒަމާނުގައި އާދަޔަކަށް ހަދާފައިވަނީ އަންހެން ކުއްޖަކު ލިބިއްޖެނަމަ ދުނިޔޭގެ ލަދަށާއި ލިބިދާނެ ނިކަމެތިކަމަށް ބިރުން އެކުއްޖަކު މަރާލުމެވެ. ބިމުގެ ފަސްގަނޑު ދަށައްލައި ފޮރުވާލުމެވެ. ނަމަވެސް ޙާރިޘް ބިން ޙަޒްނު އެގޮތަކަށް ކަންތަކެއް ނުކުރައްވައެވެ. ނުހަނު ލޯތްބާއި އަޅާލުން ދެއްވައި އޭނާގެ ދަރިދަރިކަނބަލުން ތަރުބިއްޔަތު ކުރެއްވިއެވެ. އައްސައްޔިދާ މައިމޫނާ […]
ދިވެހި ރާއްޖެއަކީ ބިންކުޑަ ގައުމެއް ނަމަވެސް ފެހިކަންގަދަ ޤައުމެކެވެ. މިސަރަހައްދުގެ ޤައުމުތަކުގައި ހެދޭ ގަސްތަކުގެ ތެރެއިން މިދިވެހި ޤައުމުން ނުފެންނާނެ ގަހެއް ވަރަށް މަދުވާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ދިވެހި ރާއްޖެއަކީ ޓްރޮޕިކަލް ޤައުމަކަށްވާތީއެވެ. މިގޮތުން ރާއްޖޭގައި ހެދޭ ގިނަ ގަސްގަހާ ގެއްސާއި ވެޔޮވެލާ ވެއްޔަކީ އޭގެއިން ވަރަށްގިނަ ސިއްޙީ ފައިދާ ލިބޭ، ބޭސްވެރިކަމަށް ބޭނުންކުރެވޭ ގަސްގަހާ ގެއްސެވެ. ސްނޭކް ޕްލާންޓް ގޮތަށް ތިރިތިރިކޮށް ހެދޭ ހަބަރުގަހަކީ ވަރަށް ބޯ، ހަރު، […]
އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم އަކީ މުޅި އިންސާނިއްޔަތަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާއެވެ. އިސްލާމްދީނުގެ ހަރުދަނާ އުސޫލުތައް އުނގަންނަވައި ދެއްވުމުގެ އިތުރުން އެކަލޭގެފާނު ވެވަޑައިގެންނެވީ މުޅި އިންސާނިއްޔަތަށް ފައިދާއާއި ލާބައާއި މަންފާކުރަނިވި އެންމެހައި ކަންތައްތަކެއް ބަޔާންކޮށްދެއްވި ރަސޫލާކަމުގައެވެ. އެންމެހައި ހެޔޮ ޚުލުޤުފުޅާއި މަކާރިމްތަކެއް އިންސާނިއްޔަތަށް ބަޔާންކޮށްދެއްވި ޚާތިމުލް އަންބިޔާޢު ކަމުގައެވެ. މިއެންމެހައި ކަމެއް އެކަލޭގެފާނުވަނީ ޢަމަލުފުޅާއި ބަސްފުޅުތަކުން ސާބިތުކޮށްދެއްވާފައެވެ. ކުޑަކުދިންނަކީ ހިތްތަކުގެ އުފާވެރިކަމެވެ. މާދަމާގެ ކުރިމަގެއެވެ. ރަނގަޅު ހަރުދަނާ ޖީލެއް ބިނާވެގެންދަނީ […]
ރޯދަ މަހަށް މަރްޙަބާ! އިސްމާޢީލް އަލީ ރ.ކަދޮޅުދޫ ބަރަކާތުން ފުރިގެންވީ ރަމަޟާންމަސް ހެޔޮކަމުން ފުރިގެންވީ ރެއަކާއިއެކު އަޅުގަނޑުމެންނާއި ބައްދަލުކުރީއެވެ. އެމަހަށް އަޅުގަނޑުމެން މަރުޙަބާ ކިޔަންވާނީ ހެޔޮހިތުންނެވެ. ހިތުގެ އިޚްލާސްތެރި ކަމާއިއެކުގައެވެ. މިމާތް މައްސަރާއި، މިބައްދަލުވީ ދިގުއިންތިޒާރަކަށްފަހުގައެވެ. އެކަމަށްއެދި ދުރާލާ ތައްޔާރުތަކެއް ވުމަށްފަހުގައެވެ. ޝަރަފްވެރި މެޙްމާނަކަށްވާތީ ހޫނު ހޫނު މަރުޙަބާއެއް ކިޔަންބޭނުންވެއެވެ. ރަތްދޫލައިގެމަރުޙަބާއަކަށް ވުރެވެސް ފުރިހަމަކޮށެވެ. މިބަރަކާތްތެރި މެޙްމާން އަޅުގަނޑުމެންނަށް ގިނަގުނަ ހަދިޔާތަކެއް ގެނެސްދިނެވެ. އަދި ގިނަގުނަ ހަދިޔާތަކެއް ލިބޭނޭކަމުގެ އުއްމީދު އާކޮށްދިނެވެ. ރޫޙާނީ ޢާލަމަކަށް ގެންގޮސްދޭނެއެވެ. […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖަހާ މަލާމާތްކޮށް ހަދާ މީހުންނަށް އަޅުގަޑު ނަފްރަތު ކުރަމެވެ. އަދި މިފަދަ މީހުންގެ އަޢުވާނުންގެގޮތުގައި އުޅޭމީހުންނަށްވެސް އަޅުގަޑު ނަފްރަތު ކުރަމެވެ. ތިބާ އިސްލާމްދީނަށް ނަފްރަތުކޮށް ހަދަމުއެވެ. އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ބޮޑެތި ކަންތައްތަކަށް އަރައިގަތުމަށް ހިއްވަރު ދޭގޮތަށް ވަރަށް ފާޅުކަންބޮޑުގޮތެއްގައި ވާހަކަ ދައްކާ ހަދަމުއެވެ. އަދި ތިބާގެ ޢަމަލުތައް ހުންނަނީ އެފަދަ ގޮތަކަށެވެ. ތިބާގެ އެންމެ ގާތް މިތުރުންނަކީ އިސްލާމްދީނަށް ކަނޑައެޅިގެން ދެކޮޅު ހަދާ މީހުންނެވެ. އިސްލާމްދީނަށް […]
(ކުރީގެ ޢަދަދާ ގުޅޭ) ވަފުދުތަކުގެ އަހަރު މަދީނާއަށް އައި ވަފުދުތަކުގެ ތެރޭގައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ ގެ ވަންހަފުޅުކަމުގައިވާ ހިލާލުވަންހައިގެ ވަފުދުވެސް ހިމެނުނެވެ. އެ ވަފުދުގައި އެކަމަނާގެ އެއްބަނޑު އެއްބައްޕާފުޅު އުޚްތެއްކަމުގައިވާ عزّة بنت الحارث ގެ ދަރިކަލުން ޒިޔާދު ބިން ޢަބްދު ﷲ ބިން މާލިކު، ވެސް މަދީނާއަށް ވަޑައިގެންނެވިއެވެ. ޒިޔާދު މަދީނާއަށް ވަޑައިގެންފައި އެކަލޭގެފާނުގެ ބޮޑުދައިތާފުޅު ދެކެވަޑައިގަތުމަށްޓަކައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ ގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޤައުމު އުޖާލާވެ ކުރިއަރައިގެންދާނީ އެޤައުމެއްގައި ތަޢުލީމީ ޒުވާނުން އުފެދިގެންނެވެ. ހަރުދަނާ އީމާނަކާއި ނުގުޑާފަދަ އަޒުމެއް އުފެދިފައިވާ ޒުވާނުން އެޤައުމެއްގައި އުފެދިގެންނެވެ. މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިންނެވެ. ޤައުމަށްބޭނުންވާ ޒުވާނުން ތައްޔާރުކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާބަޔަކީ މުދައްރިސުންނެވެ. މިކަން މުޖުތަމަޢުގެ ހުރިހާ ފަރުދުން ހެޔޮހިތުން ޤަބޫލުކޮށް ބަލައިގަނެއެވެ. އެބައިމީހުންނަށް އިޙްތިރާމާއި ލޯބިދެއެވެ. އެބައިމީހުންގެ ބޭނުންތެރިކަން ވިސްނެއެވެ. ކުދިންދެކޭގޮތުގައިވެސް މުދައްރިސުންނަކީ ވަރަށްމޮޅު ބައެކެވެ. އެކުދީންނަށް އަޅާލައި ހެޔޮނުބައި އޮޅުންފިލުވައިދޭ މީހުންނަކީ މުދައްރިސުންނެވެ. ކުދިންދެކޭ ގޮތުގައި މުދައްރިސުންނަކީ ވަރަށް […]
އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ ކުޑަދަރިފުޅަށް އަޅައިލުމާއި ލޯބި ދިނުމާއި، ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މައިންބަފައިންގެ ވަރަށް ބޮޑު ޒިއްމާއަކާއި ވާޖިބެކެވެ. ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރި ނުވުމަކީ ބޮޑު ފާފައެކެވެ. އެ ކުދިންނަށް ލިބިގެންވާ ޙައްޤުތައް ނިގުޅައި ގަތުމުގެ ސަބަބުން މުސްތަޤްބަލް މުޅީން ބަނަވެގެން ދެއެވެ. ކުޑަކުދިންނަށް ތަފާތު ވައްތަރުގެ އަނިޔާ ލިބެއެވެ. މި ކަމުގެ ޒިއްމާ އުފުލަން ޖެހޭނީ މައިންބަފައިންނާއި ކުޑަކުދިން ޙިމާޔަތް ކުރަންޖެހޭ ފަރާތްތަކުންނެވެ. ގިނަ ފަހަރަށް ކުޑަކުދިންނަށް އަނިޔާ ދެނީ އެ ކުދިން ޙިމާޔަތްކޮށް ބަލަހައްޓަން […]