Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޒުމޫނުދީނީ

ރޯދަ މަހަށް މަރްޙަބާ!

immm2323 Level 110 Stories100 Login
May 4, 2019 One Min Read
1 Comment

ރޯދަ މަހަށް މަރްޙަބާ!

 

އިސްމާޢީލް އަލީ ރ.ކަދޮޅުދޫ

ބަރަކާތުން ފުރިގެންވީ ރަމަޟާންމަސް ހެޔޮކަމުން ފުރިގެންވީ ރެއަކާއިއެކު އަޅުގަނޑުމެންނާއި ބައްދަލުކުރީއެވެ. އެމަހަށް އަޅުގަނޑުމެން މަރުޙަބާ ކިޔަންވާނީ ހެޔޮހިތުންނެވެ. ހިތުގެ އިޚްލާސްތެރި ކަމާއިއެކުގައެވެ. މިމާތް މައްސަރާއި، މިބައްދަލުވީ ދިގުއިންތިޒާރަކަށްފަހުގައެވެ. އެކަމަށްއެދި ދުރާލާ ތައްޔާރުތަކެއް ވުމަށްފަހުގައެވެ. ޝަރަފްވެރި މެޙްމާނަކަށްވާތީ ހޫނު ހޫނު މަރުޙަބާއެއް ކިޔަންބޭނުންވެއެވެ. ރަތްދޫލައިގެމަރުޙަބާއަކަށް ވުރެވެސް ފުރިހަމަކޮށެވެ.

މިބަރަކާތްތެރި މެޙްމާން އަޅުގަނޑުމެންނަށް ގިނަގުނަ ހަދިޔާތަކެއް ގެނެސްދިނެވެ. އަދި ގިނަގުނަ ހަދިޔާތަކެއް ލިބޭނޭކަމުގެ އުއްމީދު އާކޮށްދިނެވެ. ރޫޙާނީ ޢާލަމަކަށް ގެންގޮސްދޭނެއެވެ. ހިތުގެ އިއްތިޤާދު ހަރުދަނާ ކޮށްދޭނެއެވެ. ﷲސުބްޙާނަހޫ ވަތަޢާލާއަށްޓަކައި މަތިވެރި ޤުރުބާންތަކެއް ވުމުގެ ޖޯޝް އުފައްދައި ދޭނެއެވެ.

އަޅުގަނޑުމެން އެއްބަސްވީ ދުވާލުގެ ވަގުތުގައި ރޯދައަށް ތިބުމަށެވެ. ކެއިންބުއިމާއި އެނޫންވެސް ރޯދަގެއްލޭފަދަ ޢަމަލުތަކުން ދުރުވުމަށެވެ. އަދި މިއާއިއެކު ރޯދައަށް އުނިކަމެއް އަތުވެދާނެ އެންމެހާ ކަންތައްތަކުން ދުރުވެގެން ތިބުމަށް އެއްބަސްވީމެވެ.
ފަރުޟު ފަސްނަމާދާއި، ހުރިހާ ސުންނަތް ނަމާދުތައް ކުރުމަށް ޚާއްޞަ ސަމާކަމެއް ދޭން ނިންމީމެވެ. އެއީ އޭގެ ޘަވާބުގެ ގިނަގުނަ ކަމުންނެވެ. ދަރުމައިގެ މަތިވެރިކަމުންނެވެ. ﷲގެ މަތިވެރި ކަލާމްފުޅު ވިސްނުންތެރިކަމާއިއެކު ތިލާވަތު ކުރުމަށް ޢަޒުމް ކަނޑައެޅީމެވެ. ދިރިއުޅުމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ބަރާބަރަށް ކުރުމަށް ނިންމީމެވެ. ރޭގަނޑުގެ ގިނަވަގުތު ތަކެއްގައި ރޭއަޅުކަންކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ޞަދަޤާތް ދިނުމަށް އެއްބަސްވެވުނެވެ.

މިކަމުގެ ސަބަބުން ޢިބްރަތުން ފުރިގެންވީ ދަރުސްތަކެއް އަޅުގަނޑުމެންނަށް ލިބޭނެއެވެ. ތަޤްވާވެރިކަމުގެ މާތްސިފަ ލިބޭނެއެވެ. ކެތްތެރިވުމުގެ ބާރުއުފައްދައި ދޭނެއެވެ. ނިކަމެތި ފަޤީރުންގެ ޙާލު އިޙްސާސް ކުރެވޭނެއެވެ. ނަފްސް ކޮންޓްރޯލް ކުރުމުގެ ހިތްވަރު އުފައްދައި ދޭނެއެވެ.
ތަޤްވާވެރިކަމުގެ މާތްސިފައަކީ ކޮންމެ އިންސާނަކުމެ ލިބިގަންނަންވީ ރިވެތި ސިފައެކެވެ. ﷲށް ބޯލަނބައި ކިޔަމަންވެ ނަހީކުރެއްވި ކަންތައްތަކުން ދުރުވެގެން މެނުވީ އިންސާނަކަށް ހެވެއް ލާބައެއް ނެތެވެ. ކެތްތެރިކަމުގެ މާތްސިފަ ލިބިއްޖެ އިންސާނަކީ ނަސީބުވެރިއެކެވެ. ކޮންމެފަދަ މުސީބާތެއް ކުރިމަތިވިޔަސް އެއީ މާބޮޑުކަމަކަށް ނުވާނެއެވެ. ނިކަމެތި ފަޤީރުންގެ މަތީން ހަނދުމަވާނަމަ އެމީހެއްގެ އިންސާނިއްޔަތުކަން ދިރިގެން އަންނާނެއެވެ. އެހެންމީހުންނަށް ހަމްދަރުދީ ވެވޭނޭމެއެވެ. އެންމެންގެ ލޯބި ލިބިގެންދާނެއެވެ. ހަސަދަވެރިއެއް ދެކޮޅުވެރިއެއް ނުހުންނާނެއެވެ. ނަފްސު ކޮންޓްރޯލް ކުރުމުގެ ބާރު ލިބިގެން ދިއުމަކީ މިނިވަންކަން ލިބިގެން ދިއުމެވެ. ޝައިތާނީބާރު ތަކަކަށް އަޅުވެތިވާކަށް ނުޖެހޭނެއެވެ. އެއްވެސް އިންސާނަކަށް ގެއްލުމެއް ނުދޭނެއެވެ.

ކޮންމެދުވަހަކުވެސް ހެޔޮކަންތައް ކުރުމުގެ ފުރުޞަތު ލިބެއެވެ. ރަމަޟާންމަހުކުރާ ހެޔޮކަންތައް އެތައްގުނައަކަށް އިތުރުކޮށްދެއްވިއަތީ އެކަލާނގެއަށް ހަމްދާއި ޝުކުރު ކުރަމެވެ. ދެދުނިޔޭގެ ފަލާހާއި ކާމިޔާބު ހޯދޭނެމަގުތައް ބައިވަރެވެ. އެމަގުތަކުން ހިގައި ކުރިއަށްދާންވީއެވެ.

 

Share Article

Follow Me Written By

immm2323

Level 110 Stories100 Login

Other Articles

Previous

ވާލޯބި އެނގޭނަމަ 22

Next

ސިއްރު ސިއްރުން ލޯބިވެވިއްޖޭ….1

Next
May 4, 2019

ސިއްރު ސިއްރުން ލޯބިވެވިއްޖޭ….1

Previews
May 4, 2019

ވާލޯބި އެނގޭނަމަ 22

One Comment

  1. Ilyaas Ahmed says:
    May 6, 2019 at 9:07 pm

    Varah salhi e vaa. Varah rivethi.

Comments are closed.



All Right Reserved!