ކޮވިޑް އޮނަވިހި
އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވާހަކަ ނޫސްތަކުގެ ފަލަސުރުހީތަކުން ޖާގަ ހޯދިއިރު އަހަރެމެން ދިވެހިންހިތައް އެކައްޗެކޭވެސް ނޭރިއެވެ. ރާއްޖޭގެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ފައްސިވެގެން ދިޔަ އިރުވެސް ދިވެހިންގެ ހިތައް ކަހިރުވަކެކޭވެސް ހިތަކައް ނޭރި އެވެ. ދިވެހިރައްޔިތަކަށް ކޮވިޑް-19 ނުޖެހޭނެހެން ހީވި އެވެ.
ސިހުމާއި ބިރުގެތެރެއަށް ލޮބުވެތި ދިވެހި ރައްޔިތުން ގަންބާލީ ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް ދިވެއްސަކު ފައްސިވި ހިސާބުންނެވެ. ރާއްޖޭގެ ވެރިކަން ކުރާ ރަށް ފުރަބަންދަކަށް ގޮސް މުޅި ދިވެހި ގައުމު ފުރަބަންދަކަށް ގެންދިޔަ އެވެ. ފަހަރަކު މީހަކު ކޮވިޑަށް ފައްސިވެ އަދަދު މިވަނީ ސާދަސަތޭކައިން މަތީގަ އެވެ.
ރަށަށް ނުދެވި އެތައެބަޔަކު މާލޭގައި ހައްޔަރުވެ ރަށަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި އެބަތިއްބެވެ. އެތައްބަޔަކު ވަނީ ވަޒީފާ ގެއްލިފަ އެވެ. އާއިލާ ބަޔަކާއި ބައްދަލު ނުކުރެވިއެެވެ. ކޮންފަދަ މަޖުބޫރީ ހާލަތެއްތޯއެވެ. މާތްވެގެންވާ ރަމަޟާންމަސް އަހަރެމެންނާއި ބައްދަލުކުރީވެސް މި ފުރަބަންދުގައި ތިއްބައެވެ.
ރޯދަކުރުކުރަން ޖަހާ ސައިކަލު ބުރުތަކެއް މިއަރަކު ނުޖެހުނެވެ. އާއިލާމީހުންނާއި ގާތް ރަހުމަތްތެރިންގެ ގެއަކަށް ރޯދަވީއްލަން ނުދެވުނެވެ. މަސްދަތުރު ތަކާއި ރޯދަވީއްލުންތައް ހިތްގައިމު މާހައުލުތަކުގައި ބޭއްވިގެނެއް ނުދިޔައެވެ . އެހެނަސް ގޭގައިތިބެމެ ރޯދަ ވީއްލައި އަޅުކަން ކުރުމަށް ފުރުސަތު ލިބިގެން ދިޔައެވެ. މި ބަލިމަޑުކަމުން މުޅި އިންސާނިއްޔަތު މުއްތި ކުރައްވާތޯ ދެއަތް އުފުލައި ދުޢާ ކުރެވުނެވެ rxcare.net/.
ކޮރޯނާ ބަލި ހަލުވިކޮށް ފެތުރޭ ކަމުން އަބަދުވެސް އަތް ދޮވުމަށް ސަމާލުކަން ގިނަ ފަރާތްތަކުން ދެއެވެ. އަހަރެމެން ކެނޑިނޭޅި މިކުރާ ދުޢާ މާތް ﷲގެ ތަނަވަސް ރަހުމަތުން އިޖާބަ ކުރައްވާށިއެވެ. އެކުވެރިކަމާއި ބަދަހި ގުޅުމަށް އެއިރުން މަގު ހުޅުވޭނެކަން ގައިމެވެ. އާއިލާތަކާއި ދުރުގައި ވަޒީފާ ތަކުގައި މަސައްކަތް ކުރާފަރާތްތައް އެދުވަހަކުން ޝައްކެތްނެތި އުފަލުން ރޯނެ އެވެ. ކޮރޯނާ ވައިރަހުގެ ވަބާއިން މުޅިދުނިޔެ ސަލާމަތްވުމަކީ އަހަރެމެންގެ އުއްމީދެވެ. ދެކެން އެންމެ ބޭނުންވާ ދުވަހެވެ.
ރޯދަމަހުގެ އަޅުކަމަށް ފަހުގައި ބަރަކާތްތެރި ފިތުރު ޢީދު އައީއެވެ. އެހެނަސް އަހަރެމެންނަށް މަޖުބޫރުވެފަ ވަނީ ގޭގައި ތިބުމަށެވެ https://erektilemed.de/. ރައްކާތެރިވެވެން އޮތް އެންމެ މޮޅު ގޮތެއްކަމުގައި މިވަގުތު އޮތީ ގޭގައިި ތިބުން ކަމަށް ވާތީއެވެ. ޢީދުގެ ސަޔާއި ކޯޑިކެނޑުމާއި ސަގާފީ ކުޅިވަރެއް މިފަހަރަކު އެއްވެސް ރަށެއްގައި ނެތެވެ. ފޯނުގެ ޒަރީއްޔާއިން އާއިލާ މީހުންނަށާއި ރަހުމަތްތެރިންނަށް ގުޅައި ވާހަކަ ދެއްކުން ނޫން ގޮތެއް ނެތެވެ. ދުވަހެއްގެ ކޮޅުންވެސް އަހަރެމެންގެ ހިތުން މިއަހަރުގެ ރޯދަމަހާއި ޢީދުގެ ހަނދާން ނެތިގެން ނުދާނެއެވެ.
ދެހާސްނަވާރަ އަހަރެމެން ފެށީ ވަރަށް އުއްމީދާއި އަޒުމާއިގެންނެވެ. ކިޔެވުމުގައި މަތީ ހަރުފަތައް ދާން އެއްބަޔަކު ވިސްނިއިރު އަނެއްބަޔަކު ވަޒީފާގެ ފުރުސަތު ހޯދުމަށް ކަމަރުބަނެވެ. އަނެއްބަޔަކު އާއިލާ އާއެކު އުފާވެރި ޗުއްޓީއެއް ހޭދަކުރަން ނިއްމިއެވެ. އަނެއްބަޔަކު ޑޮކުޓަރަށް ދެއްކުމަށް ބޭރުގެ ގައުމަކަށް ދިޔުމަށް އަޒުމް ކަނޑައެޅިއެެވެ. ނަމަވެސް އަހަރުގެ ފަސްމަސް ނިމިގެން މިދަނީ އުއްމީދުކުރި ކަންތައްތައް ނުވެއެވެ. ކެތްތެރިކަމެށް ނެތި އިންތިޒާރު ކުރެވެނީ ކޮރޯނާއިން މިންޖުވެ އާންމު ހާލަތައް ދާނެ ދުވަހަކަށެވެ.
އެކުވެރިންނާއި ބައްދަލުކުރަން ނުހަނު ބޭނުމެވެ. އާއިލާ މީހުން ދެކިލުމަށް ހިތްއެދެއެވެ. މާލޭގައި ދިރިއުޅޭ އާއިލާ މީހުންނަށް ރައްކާތެރިކަން ދެއްވުމަށް ދުޢާ ކުރެވެ އެވެ. ﷲގެ މިންވަރުފުޅާއި ރަހުމަތްފުޅުން އަހަރެމެންގެ ކިބައިން މިވަބާ ފިއްލަވާނެތެވެ. ﷲގެ ހަޒުރަތުގައި ދަންނަވާށެވެ. އަހަރެމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅުކަމަކީ އެއީއެވެ. ހިތާމަޔާއި ހިތްދަތިކަމުގައި އަހަރެމެން ވާގިއެދޭނީ އަހަރެމެންގެ ވެރި އިލާހުގެ ކިބަފުޅުންނެވެ. ދުނިޔޭގެ އެންމެންގެ ލޮލުން އޮހެރޭކަރުނަ ﷲގެ ތަނަވަސް ރަހުމަތުން ދާދި އަވަހަށް ނެތިވެދާނެ އެވެ. ކެތްތެރިވަމާ ހިނގާށެެވެ.
ކޮވިޑު-19 ގެ ނުރައްކަލުން ސަލާމަތްވުމަށް ކަމާއި ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތައް ކަނުލައި އަހައި އެޔަށް އަމަލު ކުރަމާތޯއެވެ.ކަންކަމުގައި ފާޑުކިޔުމުގެ ބަދަލުގައި މިހާލަތު އިތުރައް ގޯސްވިޔަ ނުދިނުމަށް މަސައްކަތްކުރަމާތޯ އެވެ. އަހަރެމެން އެންމެން އެކަތިގަނޑަކަށްވެ ސުނާމީ ކާރިސާގައި ދެއްކި ނަމޫނާ ދައްކަމާ ހިނގާށެވެ. ހާލުގައި ޖެހިފައިވާ މީސްތަކުންނަށް އެހީތެރި ވަމާ ހިނގާށެވެ. ވަކި ނަސްލެއް ވަކި ފަރުދެއް ބެލުމެއްނެތި ހަމަ ހަަމަ އުސޫލަކުން މި ބަލިމަޑުކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. އެއް ހަށިގަނޑެއްގެ މިސާލު ދައްކައި އެކައްޗެއް ކިޔައި ކޮރޯނާ ވައިރަސް ބަލިކޮށް ނަސްރު ހޯދުމަށް އެންމެހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަމާ ހިނގާށެވެ.ﷲގެ ވާގފުޅާއި މިންވަރުފުޅުން މިކަމުން އަހަރެމެންނަށް އަރައިގަނެވޭނެ އެވެ. ޑޮކުޓަރުންގެ ބަސްއަހައި ކިޔަމަންވެ އެމީހުންގެ ލަފަޔާއި އެއްގޮތައް އަމަލު ބަހައްޓަމާ ހިނގާށެވެ. އޭ ގައުމުގެ މުޢާތިނުންނޭވެ. ގައުމުގެ ދިފާޢުގައި ކެރިހުރެ ނިކުންނާށެވެ.
One Comment
Comments are closed.


wow nice..varah reethi ibaaraaitthah..maasha allah..