Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޒުމޫނު

އަޅުގަނޑުގެ އާދޭސް!

Raaya Level 210 Stories100 Comments
May 19, 2020 3 Mins Read
10 Comments

 

ކޮވިޑް-19 ފަދަ ނުރައްކާތެރި ބަލިތައް ފެތުރިގެންއުޅޭ ނާޒުކު ވަގުތުތަކަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމުގެ ޖޯޝުން އެހެން ބޮޑެތި އާބާދީ ޤައުމުތަކަށް ނަމޫނާ ދައްކުވައިދޭންޖެހޭފަދަ ވަގުތެކެވެ. އިސްލާމް ދީނުގައި އޮންނަ ސާފުތާހިރުކަމަށް ދެއްވައިފައިވާ އަހައްމިޔަތުކަން އެހެން އެންމެނަށް ދައްކުވައިދޭން ޖެހޭ ވަގުތެކެވެ. އިހު ޒަމާނުއްސުރެ ގެންގުޅެމުން އަންނަ އުސޫލުތަކާއި އެކުވެރިކަން ދައްކުވައިދޭން ޖެހޭވަގުތެވެ. ނަމަވެސް ހާލަތުގެ ގޮތުން މި އެކުވެރިކަމާއި އެއްބައިވަންތަކަން މިފަހަރު ދެއްކޭނީ އެކަކު އަނެކަކާ ދުރު ހުރެގެންނެވެ. މިއެކުރިކަމާއި އެއްބައިވަންތަކަން އަޅުގަނޑުމެންނަށް އެބަ ދެއްކޭ ހެއްޔެވެ؟ ރަނގަޅަށް ވިސްނާލާށެވެ!

26 ޑިސެމްބަރު 2004 ގައި އެރި ބޮޑު ރާޅުހެން ކޮވިޑް -19 ވެސް ރާއްޖެއަށް އެރީއެވެ. އެއްވެސް އިންޒާރެއް ނުދީއެވެ. މިކަމަށް ތައްޔާރުވެސް ނުވެ ތިއްބާއެވެ. ކުރަން އޮތްކަމަކީ ރާޅު ފަހަތުން އަންނަހެން އުސް ބިމަކަށް އަރައި ސަލާމަތްވެވޭތޯ ބެލުމެވެ. ހަނދާނުން ނައްތާނުލާށެވެ! މިއީ ކުޑަ ކުޑަ ދިވެހިރާއްޖެއެވެ. އުސްބިމެއްވެސް ހޯދާނީވަކި ކޮންތާކުން ހެއްޔެވެ؟ އަދުގެ ހާލަތަކީވެސް މިއީއެވެ. މިދުވަސް އަންނާނެކަމެއް އަޅުގަނޑުމެންގެ ތެރެއިން އެކަކުގެ ހިތަކަށްވެސް ނާރާނެކަން ޔަގީނެވެ.

16 އަހަރުފަހުން ނަމަވެސް މިއަދު މިއޮތީ އެކަހަލަ ބޮޑު ރާޅަކާއި، އެކަހަލަ ބޮޑު އިމްތިހާނަކާއި ކުރިމަތި ލާންޖެހިފައެވެ. މިފަހަރު އަޅުގަނޑުމެންގެ ނަސީބު ކިހާ ގަދަ ހެއްޔެވެ؟ ސަލާމަތް ވެވޭނެ މަގުވެސް އެބަ އޮތެވެ. އަރަންވީ އުސްބިމެއްވެސް އެބައޮތެވެ. އެ އުސްބިމަކީ އަޅުގަނޑުމެންގެ ގެއެވެ. ނަމަވެސް ހިތާމައަކީ އެ އުސްބިން އަޅުގަނޑުމެންގެ ކުރިމަތީގައި އޮންނައިރުވެސް އެ އުސްބިމަށް އަރައި ތިމާއާއި އެހެން މީހުން ސަލާމަތް ކުރަން އުޅެނީ މަދު ބަޔަކަށް ވާތީއެވެ.

ރާއްޖެ ފުރަބަންދުގައި އޮންނަތާ މިހާރު މަހެއްހައިި ދުވަސް ވެދާނެއެވެ. ރާއްޖެއިން ކޮވިޑަށް ފައްސިވި ފުރަތަމަ ކޭސް ފެނުނުތާ ހަތަރު ފަސްވަރަކަށް ހަފްތާ ވެދާނެއެވެ. މުޅިއަކު ރާއްޖޭގައި ފައްސިވި މީހުން އަދަދު 1000 އަށް ވުރެ ގިނައެވެ. މި އަދަދުގައި އެންމެ ހަތަރު ނަމްބަރު އޮތެއްކަމަކު މި ކުޑަ ކުޑަ ދިވެހި ރާއްޖޭގައި ހަމައެކަނި 100 އަކީވެސް ކިހާ ބޮޑު އަދަދެއް ހެއްޔެވެ؟ ނިކަން ރަނގަޅަށް ވިސްނާލަބަލާށެވެ!

ދިވެހި ރައްޔިތުންނޭވެ! މިއީ ލޯހުޅުވަން ޖެހޭވަގުތެވެ. ރާއްޖޭގައި ފުރަބަންދު މި އޮންނަނީ ނަމަކަށް ހެއްޔެވެ؟ މިސްކިތުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުން މަނާކުރުމުން  އެކަން ބަރާބަރަށްވެއެވެ. ނަމަވެސް ބޭރަށްނިކުތުން މަނާކުރުމުން އެކަން ނުވަންވީ ކީއްވެ ހެއްޔެވެ؟ މާލޭގައި ބެލްކަންޏަށް ނުކުމެލާފަ ބޭރު ބަލައިލިއަސް ކުރިއެކޭ އެއްފަދައެވެ. ހަމަ އެ ބާރުބޮޑު ކަމެވެ.  ކަމެއް ވެގެން އުޅޭހެން ހަމަ އަޅުގަނޑުމެންނަށް ނުވިސްނެނީ ހެއްޔެވެ؟ ނޫނީ ވިސްނަން ބޭނުން ނުވަނީ ހެއްޔެވެ؟ ޖެއްސުމަށްވެސް މީހުން ބޭރަށް ނުކުމެއެވެ. ކުޅި ބަލަންވެސް ނުކުމެއެވެ. މިހެން ނުކުމެގެން އަޅުގަނޑުމެންނަށް ވާނެ ވަކި ފާއިދާއެއް އޮންނާނެ ހެއްޔެވެ؟

ރާއްޖެތެރޭ ރަށްތަކަށް ބަލައިލިޔަސް ހަމައެގޮތެވެ. ކައުންސިލުން ދުވާލަކު ފަސް ފަހަރު އަޑުގަދަ ކުރިޔަސް އަޅުގަނޑުމެންގެ ކަންފަތަށް ހަމަ އަޑުނީވެނީއެވެ. އަޑު އިވުނަސް އަޑުނީވެ ކަމަށް ހަދަނީއެވެ. މާހެފުމާއި އިޖުތިމާއި އެހެން ކަހަލަ ކަންކަމުން ދުރުހެލި ވާށޭ ބުނަނީ ހަމަ އަޅުގަނޑުމެންގެ ރައްކަލަށްޓަކައެވެ. ރާއްޖެތެރޭ ރަށްރަށުގައި އުޅޭ މީހުން ހީކުރާގޮތުގައި އެމީހުން “ސޭފް” އެވެ. ނަމަވެސް މި ވާހަކަ އަބަދުވެސް ހަނދާނުގައި ބަހައްޓައްޗެވެ! މާލެ ތެރޭ މީހެއްވިޔަސް ރާއްޖެތެރޭ މީހެއްވެސްމެއެވެ. މި ވައިރަހަކީ ތިމާގެ “ސްޓޭޓަސް”، “ބެކްގްރައުންޑް”، ޖިންސު، އުމުރު، ކުލަ، ދީނެއް ނޫނީ ދިރި އުޅޭ ތަނެއް ބަލައިފައި ޖެހޭ ބައްޔެއްނޫނެވެ. ޖެހެންވާމީހަކަށް ޖެހެނީއެވެ. ކޮންމެ ކަހަލަ މީހަކަށްވިޔަސް ހެވެ.

މި ރޯދަ މަހަކީ އެހެން އަހަރުތަކާއި ހިލާފަށް އާއިލާއާއި އެކުވެރިންނާއި ދުރުގައި އުޅެންޖެހޭ މަހެކެވެ. ރޯދަ މަހު އެއްގެއެއްގައި ހަދާތަކެތި އަނެއްގެއަށް ގެންދިއުމަކީ ދިވެހިންގެ ޒަމާންވީ ޘަޤާފަތެކެވެ. ހާލަތުގެ ގޮތުން މިކަން މަނާކުރީވެސް އަޅުގަނޑުމެންގެ ރައްކާތެރި ކަމަށްޓަކައެވެ. މާޔޫސްވާންޖެހޭ ސަބަބަކީ މި ވާހަކަވެސް އަޑުއިވެނީ މަދު ބަޔަކަށް ވާތީއެވެ. ޖޯޝާއި އެއްކޮށް ގެންދެވެނީ ހަމައެކަނި ޘަޤާފަތް ހެއްޔެވެ؟ ފަތުރުވެރިން ކުރިމަތީ ރާއްޖޭގެ ޘަޤާފަތާއި ރައްޔިތުންގެ އެއްބައަވަންތަކާމާއި އެކުވެރިކަން ދައްކުވައި ދިނުމަށް އެންމެންވެސް އެއްވަނައެވެ. ނަމަވެސް އެންމެބޭނުން ޖެހޭވަގުތަކުގައި މި އެއްބައިވަންތަކަމާއި އެކުވެރިކަން ގެއްލެނީ ކީއްވެގެން ހެއްޔެވެ؟ ފަތުރުވެރިން ކުރިމަތީގައި  އެކަންތަކަށް ކުރަނީ ދެއްކުންތެރިކަމަށް ކުރާ ކަމެއްވީމަހެއްޔެވެ؟

އަބަދުވެސްހެން ރާއްޖެއަށް ދިމާވާ ކާރިސާތަކުގައި އެންމެ ކުރީ ސަފުގައި ތިބެނީ ސިފައިންނާއި،ޕޮލިހުންނާއި، ޑޮކްޓަރުންނާއި ނަރުހުންނެވެ. އަޅުގަނޑުމެންގެ ރައްކާތެރިކަމަށްޓަކައި ރަތްދަކަ އަވީގައި ވިޔަސް ވެހޭހާ ވާރެއެއްގައިވިޔަސް ރޯދައަށް ތިއްބަސް އެތިބެނީ ހިދުމަތުގައެވެ. އަމިއްލަ ރައްކާތެރިކަމަށްފަރުވަލެއްނުދީ އެތިއްބަވަނީ އަޅުގަނޑުމެންނަށްޓަކައެވެ. އެބޭފުޅުން ކުރައްވާ މިންނެތް މަސައްކަތުގެ އަގު ވަޒަން ކުރަން ބޭނުމިއްޔާ އެބޭފުޅުންގެ ބަސްތަކަށް އަހުލުވެރިވާންޖެހޭނެއެވެ! ބޭރަށް ނުނިކުމެ ގޭގައި ތިބެންޖެހޭނެއެވެ! ގައި ދުރުކަން ބަހައްޓަންޖެހޭނެއެވެ! ސާފުތާހިރުކަމަށް ސަމާލުކަން ދޭންޖެހޭނެއެވެ!

އެންމެފަހުން ހޭވެރިކަން އަންނާނީ ތިމާވެސް އެ ބޮޑު ރާޅު ދަށުވީމައެވެ. ދެން އެއަށްފަހު ކުރިން ކަމާ ބެހޭ ފަރާތްތަކުން އެންގެވި އެންގުންތަކަށް ތަބާވެވުނު ނަމައޭ އެންމެންވެސް ހިތަށް އަރާނެއެވެ. އެކަމަކު ނަމަ އަކުން ރިހައެއްވެސް ނުކެއްކޭނެއެވެ! އެރި ރާޅަކުން މުޅި ދުނިޔެ ސުންނާފަތި ކޮށްލިހެން މިފަހަރުވެސް މި ވަބާ ދަނީ ދާ ކޮންމެތަނެއް ސުންނާފަތި ކުރަމުންނެވެ. ވަގުތު ފާއިތުނުވަނީސް ކަމާބެހޭ ފަރާތްތަކުން އަންގާ އެންގެވުންތަކަށް ތަބާވާށެވެ! މިވަބާއިން ސަލާމަތްވެވޭނީ އަޅުގަނޑުމެން އެންމެން ވެރިންގެ ބަސްތަކަށް އަހުލުވެރިވެގެންނެވެ. ގޭގައި ތިއްބަވައިގެން އަޅުގަނޑުމެންނަށް ސަލާމަތް ކުރެވެނީ އަމިއްލަ ފުރާނަ އެކަންޏެއް ނޫނެވެ. އަލޫގަނޑުމެންގެ ވަށައިގެން އުޅޭ މީހުންނާއި އެތަކެއް މީހުންގެ ފުރާނައެވެ. އެންމެއްގެ އެއްބާރުލުން މިކަމަށް ލިބިއްޖެނަމަ މިސްކިތްތަކަށް މީހުން ޖަމާޢަތަށް ނަމާދަށް އަރާތަންފެނުމީ މާ ދުރު ކަމެއްނޫނެވެ. މި ބަލި މަޑުކަމުން ރާއްޖެ ސަލާމަތް ކުރައްވާންދޭވެ. އާމީން!

Share Article

Follow Me Written By

Raaya

Level 210 Stories100 Comments

Other Articles

Previous

އެކުއްޖާ 11

Next

ވާލޯބި އެނގޭނަމަ…(9)

Next
May 19, 2020

ވާލޯބި އެނގޭނަމަ…(9)

Previews
May 19, 2020

އެކުއްޖާ 11

10 Comments!

  1. ♡ESH♡ says:
    May 19, 2020 at 1:02 am

    Woww..vrh iburaihtheri mazumooneh..vrh salhi..hama bunaane ehcheh neyngifa..raaya ge ehen story/mazumooneh mi site in vrh avahah fennaane kamah ummeedhu kuran?❤❤❤

  2. Riff? says:
    May 19, 2020 at 1:41 am

    Ameen… varah ragalhu vaahaka thakeh…masha allah mi mazumoon varah furihama

    1. Raaya says:
      May 19, 2020 at 4:52 am

      varah bodah shukuriyya

  3. Loola says:
    May 19, 2020 at 2:54 pm

    Aameen … v reethi mazumoon e … hageehathu gaves v rangalhu vaahaka e dhakkaafa thihuree

  4. Bxbxh says:
    May 20, 2020 at 8:47 pm

    Mee kon irak ufedhdhi siteh. Mireytha. Mihaar online website thah ebaoi asurumaa gahakun maa folhey varah.

  5. Sinan says:
    May 20, 2020 at 10:44 pm

    Masha allah varah reethi, adhi ehaame saafu Sasha’s thedhu mauloomaathu genesdheefaivaa furihama liyumeh, well done RAAYAA, keep it up. Good work

  6. Zoona says:
    May 21, 2020 at 10:40 am

    Raaya, proud of you. Looking forward to receive interesting and informative articles further ❤

    1. Raaya says:
      May 21, 2020 at 3:10 pm

      Thank you miss!❤?

  7. Azla says:
    May 22, 2020 at 11:51 am

    Raaya I am proud you. V reethi . V molhu. Kudhi mistakes huree. Ekam ekan faahag eh nukurevun. V furihama.

  8. Thihththa says:
    May 23, 2020 at 12:02 am

    Varah furihama adhi varah interesting article eh…..really proud of your work dhonthiiiiiiii….keep it up

Comments are closed.



All Right Reserved!