އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ މިލޮބުވެތި ޤައުމު އޭގެ އެންމެ ބާރު ދުވެލީގައި ތަރައްޤީގެ ހަރުފަތްތައް ގިރާކުރމުން ދަނިކޮށް ދުވެލި މަޑު ޖައްސާލަން ޖެހުނު ބިރުވެރި ކާރިޘާ ކުރިމަތިވީ ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ސައްބީސް ވަނަ ދުވަހުއެވެ. އެއީ ބިރުވެރި ދުވަހެކެވެ.މަތިވެރި ޢިބްރަތްތަކެއް ލިއްބައިދިން ދުވަހެކެވެ.އަޚްވަންތަކަން ފާޅުވި ދުވަހެކެވެ. އެއްބައިވަންތަކަން ހާމަވި ދުވަހެކެވެ. އެދުވަހުގެ ބިރުވެރިކަމޭތޯއެވެ! މުޅިފަޒާ ގުގުމާފައި ވަނީ ރުއިމާއި،ގިސްލުމާއި،ތަކުބީރުގެ އަޑުންނެވެ.ހަށީގައި ހޭހުރިމީހަކުނެެތެވެ. ވާނުވާ އެނގުނުމީހަކު ނެތެވެ. ދިވެހިންނަކީ ޒަމާނުއްސުރެ މިސްކިތަށް ޙުރުމަތްތރިކޮށް ހިތާ […]
އިސްމާޢީލް އަލީ ކަނދޮޅުދޫ ހާލަތު މިއަދު މިވަނީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ.އަމާން އޮމާން ވެށި ވަނީ ކިލަނބުވެ ނާމާންކަން އުފެދި،ހިތް ނުތަނަވަސް ކުރުވާ،ލޮލުން ލޭ ކަރުނަ އޮހޮރޭފަދަ ބިރުވެރި ތަނަކަށް ބަދަލު ވެފައެވެ. ބިރުވެރި ފިލްމުތަކުން ފެންނަ ފަދަ ނޭވާ ހިފަހަށްޓާލަންޖެހޭ،ލޮލުން ކަރުނަ އަންނަ މަންޒަރުތައް އަޅުގަޑުމެންގެ ކުރިމަތީގައި ހިނގަމުން،ފެންނަމުން،ޢާއްމު ވަމުން ދަނީ އެވެ.ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމައެވެ.ފިލްމުތަކުން އެފެންނަނީ ޙަޤީޤީ ޙާދިޘާއެއް ނޫންކަން އެނގޭއިރު އެކަމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެކަން ޔަޤީންވާއިރުވެސް […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ﷲ ސުބްޙާނަހޫ ވަތަޢާލާ ތަދްބީރު ކުރައްވަވާފައިވާ ފުރިހަމަ އުޞޫލާއި އެއްގޮތަށް ކާއިނާތުގެ ކަންތައް ހިނގަމުން ދެއެވެ. އެކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދުނިޔެ ދައުރުވެއެވެ. ރޭދުވާ ތަކުރާރުވެއެވެ.އިރުއަރާ އޮއްސެއެވެ. އިންސާނާގެ ވުޖޫދު ނިމުމުގެ މަރްހަލާތައް ކަޑައްތު ކުރަމުން ދަނީ ރޭވިފައިވާ ނިޒާމުގެ ތެރެއިންނެވެ. އިންސާނައަށް ހީވަނީ ވަގުތު ވަރަށް ހަލުވި ކަމާއިއެކު ދާކަމުގައެވެ.އެހެންނަމަވެސް ދުވަހެއްގެ ދިގު މިނަކީ 24 ގަޑިއިރެވެ. 1440 މިނެޓެވެ.86400 ސިކުންތެވެ. ރޭވިފައިވާ ނިޒާމަކަށް ބަދަލެއް ނާންނާނެއެވެ. އިންސާނަ އޭނާގެ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަޅުގަނޑު ބޭނުންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ރުހިވޮޑި ގަންނަވާފަދަ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރާށެވެ. ކޮންމެ ވަގުތަކުމެ އެލާނގެ ބައްލަވާ ވޮޑިގަންނަވާކަން ޤަބޫލު ކޮށްގެން ދިރިއުޅޭށެވެ. މުނާޖާ ދެންނުވުމަށްޓަކައި ވީހާވެސް ގިނައެއްކޮށް ރުކޫޢު ސުޖޫދު ކުރާށެވެ. ނަހީކުރެއްވި ކަންތައްތަކުން ދުރުވެ އުޅޭށެވެ. ﷲގެދީން މަތިވެރިކުރުމަށްޓަކައި އަޑު އުފުލާށެވެ. އަޅުގަނޑު ނޭވާލީ ވެށްޓަކީ އިސްލާމީ ވެށްޓެކެވެ. މިވެށީގައި ހުޅަގުގެ އޮއިވަރު ވަރަށް ބޮޑަށް ވަކި ހިއްޕާލާފައި ވެއެވެ.އެމީހުންގެ ނުފޫޒާއި،ބާރުގެ ސަބަބުން މިވެށި ކިލަނބު ކޮށްލާފައި […]
އުފެއްދުންތެރި ލިޔުމަކީ ތިމާގެ އަމިއްލަ ޚިޔާލަށް އެއްޗެއް ނުވަތަ އެއްޗެތިތަކެއް ލިޔެ އުފެއްދުމެވެ. އެއްޗެއްގެ އަޞްލު ނުގެއްލޭގޮތަށް، އޭގެ ކުރިން އެއެއްޗަކާ މެދު ހުށަހަޅައިދެވިފައި ނުވާ ފަދަ އާދަޔާ ޚިލާފު އުފެއްދުންތެރި ޚިޔާލުތަކެއްގެ މައްޗަށް ބިނާކޮށްގެން ހުށަހަޅައިދެވޭ ލިޔުމެކެވެ. ނޫސްވެރިކަން، ޢިޖްތިމާޢިއްޔާތު، މަޒުމޫނުލިޔުން މިއީ ހައްތާވެސް ކޮންމެވެސް ހާދިސާއަކާ ގުޅުވައިގެން ލިޔާ އެއްޗިއްސެވެ. މިއާ ޚިލާފަށް އުފެއްދުންތެރި ލިޔުންތައް ލާމެހިފައިވަނީ އިންސާނާގެ ހިތުގެ އިޙްސާސްތަކާއެވެ. އަދި އެއީ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް ލިޔާ ލިޔުމެކެވެ. އިންސާނާގެ […]
އިސްމާޢީލް އަލީ ކަނދޮޅުދޫ އިސްލާމްދީނަކީ ރަހުމަތުގެ ދީނެވެ.ކާއިނާތުގެވެރި އިލާހާއި،ތިބާ އާއި ދެމެދުގައިވާ ވަރުގަދަ ގުޅުމެވެ. މި ދީނަކީ ތިބާގެ މުޅި ވުޖޫދެވެ. އަދި ތިބާގެ ހެޔޮ ނަސީބާއި ހިތްހަމަޖެހުން ބިނާ ވެފައިވަނީ މިދީނުގެ މަތީގައެވެ.އިސްލާމްދީން ރަނގަޅު ހުރިހާ ސިފަތަކެއް ދަސްކޮށް ދެއެވެ.އަޚްވަންތަކަމާއި،ރަހުމާއިލޯތްބާއި،ހަމްދަރުދީއާއިކުލުނުވެރިކަމެވެ.ކެރުންތެރިކަމާއި،ހުޝިޔާރުކަމާއި،ވަފާތެރިކަމާއި،ތެދުވެރިކަމެވެ.އެއްބައިވަންތަކަމާއި،އިޚްލާސްތެރިކަމާއި،އަމާނާތްތެރިކަމެވެ.އިހުތިރާމުކުރުމާއި، މަޢާފުކުރުމާއި،ދީލަތި ކަމެވެ.ކެތްތެރިވުމާއި،ޝުކުރުކުރުމާއި،ކެތްތެރިވުމަކީ ވަރަށް މުހިއްމު ދެސިފައެވެ.ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން މަނާ ކުރުމަކީ ކޮންމެހެން ތިބާ ކުރަން ޖެހޭނެ ކަމެކެވެ.މި ލިޔެލެވުނީއިސްލާމީ ރިވެތި ސިފަތަކުގެ ތެރެއިން މަދު މިންވަރެކެވެ.އިސްލާމްދީން ނުރުހޭސިފަތަށްވެސް އެހާ ގިނަވާނެއެވެ. ކުކުޅުބިހަކަށް […]
އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ ނަމާދު ތިބާ ހެއްދެވި ޚާލިޤު ވަންތަ އާ ކުއްތަން ކުރުވައެވެ. ތިބާގެ ހިތުގެ ޚާލިސްކަން ފާޅުކޮށް ﷲ އަށް ބޯ ލެބުމުގެ ފުރުސަތު ހޯދައިދެއެވެ. ރައްބުގެ މަތިވެރިކަން ހާމަކޮށް އެއިލާހަށް ދުޢާ ދެންނެވުމުގެ މަގު ހުޅުވިގެން ދެއެވެ. އިންސާނީ ރިވެތި ސިފަތައް ދަސްކޮށް ދެއެވެ. ނަމާދު ތިބާ ނުބައިކަންތައްތަކުން ދުރުކުރުވައެވެ.ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް ދެއެވެ. ރޫޙަށް ދިރުން ގެނެސްދީ ހިތަށް ހަމަޖެހުން ގެނެސްދެނީ ނަމާދެވެ. ރޫޙަށް ދިރުން ގެނެސްދީ ތިބާއަށް ހިތްހަމަޖެހުން ގެނެސްދެނީ ނަމާދެވެ.ޚުޝޫޢަތްތެރިކަމާއިއެކު […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އުދަރެހާއި ނިވާ ވީއެވެ. ހުޅަނގު ފަރާތު އުދަރެސް އޮރެންޖު ކުލައިން ޖަރީ ކުރަމުންނެވެ.އިރު އޮއްސޭ މަންޒަރު ބަލާލުމަށް އައިސް ތިބި މީހުނަނަށް އުފާވެރި ހިތްހަމަ ޖެހުން ގެނެސްދޭ ރީތި މަންޒަރެއް ދައްކަމުންނެވެ. އިރުކޮޅަކުން ކަނުއަނދިރިކަން މުޅިތަނަށް ފެތުރިގެންދާނެވެ. އިރު އޮއްސޭ މަންޒަރުން އުފާވެރިކަމެއް ހިތުގައި ހިނގާލިނަމަވެސް ދުވަސް ފާއިތުވެ ދިއުމުން ހިތުގައި މޮޅިވެރިކަމުގެ ސާލުފަތުރާލައެވެ.މުޅިދުވަހު ކުރި އުއްމީދު ޙާސިލް ނުވުމުން އެކަމުގެ ދެރައާއި، ހިތާމަ ހިތުގައި ހިނގައެވެ.އިންސާނީ […]
ގިނަފަހަރަށް ކިޔުންތެރިންނަަށް ހީވާކަހަލައެވެ. ވާހަކައެއް ލިޔުމަކީ ފަސޭހަ ކަމެކެވެ. ނޫނެކެ، ތިޔަ ހީފުޅުކުރެއްވީ ގޯސްކޮށެވެ. މީއީ ފަސޭހަ ކަމެއް ނޫނެވެ. ލިޔުންތެރިން ހަމަ ތިބެލާފައި ލިޔަނީކީ ނޫނެވެ. ފުރަތަމަ ކަމަކަށް ހާދިސާތަށް ގެނެސްދޭނެ ގޮތަށް ވިސްނަންޖެހެއެވެ. އިބާރާތް ކުރާނެ ގޮތަކާމެދު ވިސްނަންޖެހެއެވެ. ހަމައެހެންމެ، ވާހަކައެއްގައި އެކުލެވޭ ހުރިހާ ބައެއް ހިމެނުމަށް ލިޔުންތެރިޔާ ސަމާލުވާންޖެހެއެވެ. މިސާލަކަށް ވާހަކައިގެ ކުންނެވެ. މީގެ އިތުރުން، ބަހުގެ ޤަވައިދުތަކާއި، ހަމަތަކުގެ މަތިން ލިޔުމަށް ޙާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ކޮންމެ ކޮންމެ މީހަކަށް ވާހަކައެއް […]