Skip to content
އެސްފިޔަ

އިސްލާމްދީން ތިބާގެ ދެޙަޔާތަށް މަގުދައްކައިދޭނެއެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖަހާ މަލާމާތްކޮށް ހަދާ މީހުންނަށް އަޅުގަޑު ނަފްރަތު ކުރަމެވެ. އަދި މިފަދަ މީހުންގެ އަޢުވާނުންގެގޮތުގައި އުޅޭމީހުންނަށްވެސް އަޅުގަޑު ނަފްރަތު ކުރަމެވެ.

ތިބާ އިސްލާމްދީނަށް ނަފްރަތުކޮށް ހަދަމުއެވެ. އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ބޮޑެތި ކަންތައްތަކަށް އަރައިގަތުމަށް ހިއްވަރު ދޭގޮތަށް ވަރަށް ފާޅުކަންބޮޑުގޮތެއްގައި ވާހަކަ ދައްކާ ހަދަމުއެވެ. އަދި ތިބާގެ ޢަމަލުތައް ހުންނަނީ އެފަދަ ގޮތަކަށެވެ. ތިބާގެ އެންމެ ގާތް މިތުރުންނަކީ އިސްލާމްދީނަށް ކަނޑައެޅިގެން ދެކޮޅު ހަދާ މީހުންނެވެ. އިސްލާމްދީނަށް މަލާމާތް ކުރާ މީހުންނެވެ.

އިސްލާމްދީނަކީ އިލާހީ ދީނެކެވެ. އެދީނަކީ އަޅުގަޑުމެންގެ މުޅިޙަޔާތް އުޖާލާކޮށްދޭނެ ދަންމަރެވެ. އިންސާނީ ކަރާމަތް ދަމަހައްޓާދޭނެ މިތުރެވެ. ދިރިއުޅުމުގެ އަގުތައް ވަޒަން ހަމަކޮށްދިން ދީނެވެ. ދާންވީ މީސްރާބު ސީދާކޮށްދިން ސަމުގާއަކީ އިސްލާމްދީނެވެ. އިސްލާމްދީން ތިބާގެ ދެހަޔާތަށް މަގުދައްކައިދޭނެއެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން ތިބާ ދައްކާ ވާހަކަތަކަކީ އެއްވެސް ކަހަލަ ބުރަދަނެއް ހުރި ވާހަކަތަކަކަށް ނުވެއެވެ. އެހެނީ އިސްލާމްދީނަކީ ރަޙުމަތުގެ ދީންކަމުގއިވާތީ، އިސްލާމްދީނުގެ ކޮންމެ ކަމެއް ރޭވި ކަނޑައެޅިފައިވާނީ އިންސާނުންނަށް އެންމެ ފައިދާ ބޮޑު ގޮތަށެވެ. އެންމެ މަސްލަޙަތު ހުރިގޮތަށެވެ. އިސްލާމްދީނުގެ މުޅި އަމާޒަކީ އިންސާނީ މަސްލަޙަތު ޙިމާޔަތްކޮށްދީ އިންސާނީ ކަރާމާތް ދެމެހެއްޓުމެވެ. ހެޔޮމަގަށް މަގު ދެއްކުމާއި، ނުބައި މަގުން ހިނގުމުގެ ހުރި ނުބައިކަން އަންގައިދިނުމެވެ.

ކޮންމެ އިންސާނަކަށްވެސް އިސްލާމްދީން ބޭނުންވާނެއެވެ. ކޮންމެ މީހަކަށް އެމީހެއްގެ ފުރާނައާއި ބުއްދިއަކީ ވަރަށް މުހިއްމު އެއްޗިއްސެވެ.ހަމަ މިއާއިއެކު އެމީހެއްގެ އަބުރާއި،މުދާ ޙިމާޔަތް ކުރުމަށް އެދޭނެއެވެ.މިމުހިއްމު ބައިތައް ޙިމާޔަތްކޮށް ދިނުމަކީ އިސްލާމްދީނުގެ މުޅި އަސާސެވެ.

Comments (4)

  1. ?Shifna?

    Yey me first..? mee vrh nyc n iburaitheri stry eh. Thank u writer 4 this story. Waiting to a stry like this……

    1. ?Shifna?

      thank u

  2. jiji

    V v salhi stry eh?❤???????..keep it up isse

    1. jiji

      thank u jijij

Comments are closed.