ދެވަނަ އެޕިސޯޑުގެ ތެރެއިން.. “ހިނގާ ފްލޯރަލް ތީމް އަކަށް ޑެކަރޭޓު ކުރަން.. ފްލާވާރސް އާ ބަޓާރފްލައިސް ލައިގެން.. ވަރަށް ކިއުޓު ވާނެ..” ހައިނާ ހިޔާލީ ގޮތަކަށް އަތް ދެކޮލުގައި ޖައްސައިގެން އިނދެ ބުނެލިއެވެ. “ހައިނާ” ފިރުޝާން ގޮވާލިއެވެ. “ޔަޕް..”ހައިނާ ބުނެލިއެވެ. “ބޭބީކޮޅާ..މި އުޅެނީ އެކެއްގަތަ؟އޭނ ފްލާވާރ އޯ” *ހައިޝަން ބުނެލިއެވެ. *މިތާގައި ހައިޝަންގެ ނަމުގެ ބަދަލު ގައި އިންނާނީ ފިރުޝާންގެ ނަމެވެ. ތިންވަނަ އެޕިސޯޑު “ތިއަށްވުރެ ރަނގަޅުވާނެ ބެޓްމޭން ޖަންގިޔާ ބުރި ކުރުހިއަސް..ނޫނީ ސްޕައިޑާރމޭން ބޮކްސާ ކުރުހަން […]
ޖުލައި މަހުގެ ތެރޭގައި
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ދިޔައެވެ އެވެ އެ ދެ މީހުން ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ވެސް މިހަތުގަިވެޔޭ 1ވަނަ ބައި ޖޯޑު ކިރު އަދި އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް ވެދާނެ އެވެ ވެސް މިހަތުގަިވެޔޭ އަދި އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މުހައްމަދު ހުސައިން މަނިކު މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ދިޔައެވެ
(މި އާޓިކަލް މަރުޙޫމާ އަޅުގަނޑުގެ ލޯބިވާ ދައްތައަށް ތަޙުސީސު ކޮށް ލިޔަމެވެ.) އެއްވެސް އިންސާނަކަށް ބަދަލު ނުކުރެވޭނެ ވަރަށް ބޮޑު ހަޤީޤަތެެއް ވެއެވެ.އެއީ މަރެވެ.ކޮންމެ އިންސާނަކަށްވެސް އަންނާނެ ދުަވަހެއް ކަމެވެ.ތިބާ ކިތަންމެ ބާރަށް ދުވިއަކަސް މަރު ތިބާ އަތުލާނެއެވެ.އެހެނީި މިކަމުން ރެކިގަނެވޭނެ ހަމަ އެކަކުވެސް ނުވެއެވެ.އެދުވަހަކުން ތިބާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.މި ދުނިޔެއިން އެ ދުނިޔެއަށް ގެންދެވޭނެ ހަމަ އެކައްޗެއްވެސް ނެތެވެ.ތިބާގެ ޢަމަލުތައް ފިޔަވައެވެ. އަމަލުތަކުގެ ތެރެއިންވެސް ތިބާއަށް އާޙިރަތުގައި ފައިދާ ކުރާނީ ތިބާ […]
ޖުނާން އައިސް ކޮޓަރިއަށް ވަނީ އޭނާ އަށް އިތުރަށް އެއްވެސް ގޮތެއް ހެދޭނެތޯ ވިސްނަމުންނެވެ. އަންޖަލް އޮފީހަށް ގެންދަން ބޭނުންވީ ވެސް ހުރިހާ ވަގުތެއްގައި އަންޖަލް އޭނާ ކައިރީ ހުރުމަށް އެދޭތީއެވެ. އެރޭގެ ވަގުތެވެ. މެންދަމުން 1 ޖަހަން އުޅެނިކޮށް ޖުނާން ގޮސް އަންޖަލް ގެ ކޮޓަރިއަށްވަނެވެ. މަޑު މަޑުން ހިގާފައި ގޮސް އަންޖަލް އޮތް އެދުގެ ކަނުގައި އިށީދެލިއެވެ. އަދި ގަދަ ނިދީގައި އޮތް އަންޖަލްގެ މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. އަންޖަލް އަށް ހޭލެވުނީ […]
ހުވަދުއަތޮޅުގެ ރަށްތަކުގެ ތެރެއިން ގއ ގެމަނަފުށްޓަކީ މިހާރު ރާއްޖޭ ގެ ހުރިހައި ކަންކޮޅުތަކަކަށްވެސް ނަން މަޝްހޫރު ރަށްތަކުގެ ލިސްޓު ގައި ހިމެނޭ ރަށެކެވެ. އާބާދީގައި ދެހާހެއްހައި މީހުން ދިރިއުޅޭ ގެމަނަފުށްޓަކީ ގއ އަތޮޅުގައި އޮތް އެންމެ ނުފޫޒުގަދަ އަދި ގިނަބަޔަކު ޒިޔާރަތްކުރާ ހިތްހެޔޮ ބަޔަކު ދިރިއުޅެމުން ގެންދާ ރަށެއްވެސްމެއެވެ. މަސްވެރިކަމަކީ ދިވެހިން ގެ ލޭނާރުކަން ނުދަންނަ ދިވެއްސަކު މިދިވެހި ރާއްޖޭގައި މަދުވާނެއެވެ. ގއ ގެމަނަފުށީ ގައިވެސް އާމްދަނީ ހޯދުމުގެގޮތުން މައިގަނޑުގޮތެއްގައި ކުރާމަސައްކަތަކީ މަސްވެރިކަންކުރުމެވެ. ކާބަފައިންގެ ޒަމާނުގައި ފެށުނު […]
މިއަދު މި ދުނިޔެ އަޅުގަނޑުމެންނަށް އެދި ގޮވަނީ އެހީއަށެވެ. މާތް ﷲ އަޅުގަނޑުމެންނަށް ދެއްވި މި ނިއުމަތަށް (ދުނިޔެއަށް) އަޅުގަނޑުމެން އިހާނެތިވެވެނީ ކީއްވެހެއްޔެވެ؟ ފެން ކައްކާ ބޮލީގެ އިއްޒަތް ފަދައެވެ. ތިމާވެށީގެ ބޭނުން ޖެހުނީމައި އެއަށް އިހްތިރާމް ކޮށްފައި، ބޭނުން ނިމުމުން ކޮޅުފައިން ޖަހައި އެއްލާލަނީއެވެ. ލޯހިންގާލާ ކޮންމެ ދިމާލަކުންވެސް ފެންނަނީ މި މަންޒަރެވެ. މިއަދު މިއީ ތިމާވެށީގެ ދުވަހެވެ. ކޮންމެ ޤައުމަކުންވެސް ބަލަނީ އެޤައުމަކުން ފާހަގަކުރެވޭ އެންމެ ކުލަގަދަކޮށް މިދުސް ފާހަގަ ކުރެވޭތޯއެވެ. ނަމަވެސް މިދުވަސް […]
އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވާހަކަ ނޫސްތަކުގެ ފަލަސުރުހީތަކުން ޖާގަ ހޯދިއިރު އަހަރެމެން ދިވެހިންހިތައް އެކައްޗެކޭވެސް ނޭރިއެވެ. ރާއްޖޭގެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ފައްސިވެގެން ދިޔަ އިރުވެސް ދިވެހިންގެ ހިތައް ކަހިރުވަކެކޭވެސް ހިތަކައް ނޭރި އެވެ. ދިވެހިރައްޔިތަކަށް ކޮވިޑް-19 ނުޖެހޭނެހެން ހީވި އެވެ. ސިހުމާއި ބިރުގެތެރެއަށް ލޮބުވެތި ދިވެހި ރައްޔިތުން ގަންބާލީ ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް ދިވެއްސަކު ފައްސިވި ހިސާބުންނެވެ. ރާއްޖޭގެ ވެރިކަން ކުރާ ރަށް ފުރަބަންދަކަށް ގޮސް މުޅި ދިވެހި ގައުމު ފުރަބަންދަކަށް ގެންދިޔަ […]
ކޮވިޑް-19 ފަދަ ނުރައްކާތެރި ބަލިތައް ފެތުރިގެންއުޅޭ ނާޒުކު ވަގުތުތަކަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމުގެ ޖޯޝުން އެހެން ބޮޑެތި އާބާދީ ޤައުމުތަކަށް ނަމޫނާ ދައްކުވައިދޭންޖެހޭފަދަ ވަގުތެކެވެ. އިސްލާމް ދީނުގައި އޮންނަ ސާފުތާހިރުކަމަށް ދެއްވައިފައިވާ އަހައްމިޔަތުކަން އެހެން އެންމެނަށް ދައްކުވައިދޭން ޖެހޭ ވަގުތެކެވެ. އިހު ޒަމާނުއްސުރެ ގެންގުޅެމުން އަންނަ އުސޫލުތަކާއި އެކުވެރިކަން ދައްކުވައިދޭން ޖެހޭވަގުތެވެ. ނަމަވެސް ހާލަތުގެ ގޮތުން މި އެކުވެރިކަމާއި އެއްބައިވަންތަކަން މިފަހަރު ދެއްކޭނީ އެކަކު އަނެކަކާ ދުރު ހުރެގެންނެވެ. މިއެކުރިކަމާއި އެއްބައިވަންތަކަން އަޅުގަނޑުމެންނަށް އެބަ ދެއްކޭ […]
أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها އަކީ، ނަބިއްޔާ صلّى اللّـه عليه وسلّم ގެ ބޮޑުދައިތާފުޅެއް ކަމުގައިވާ އުމައިމާ ބިންތު ޢަބްދުލް މުއްޠަލިބު ގެ ދަރިކަނބަލެކެވެ. ބައްޕާފުޅަކީ، ޖަޙުޝް ބިން ރިއާބެވެ. އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އުފަންވެވަޑައިގަތީ، ނަބިއްޔާ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމުގެ ތިރީސް އަހަރު ކުރީން މާތް ވެގެންވާ މައްކާގައެވެ. އިސްލާމްދީނުގެ އުޖާލާ ދޯދިތައް މައްކާގެ މާތް ބިމުގައި، ވިދައި ބަބުޅަން ފެށިތާ ކުރީ ކޮޅު އައްސައްޔިދާ […]