(ކުރީގެ ޢަދަދާ ގުޅޭ) ވަފުދުތަކުގެ އަހަރު މަދީނާއަށް އައި ވަފުދުތަކުގެ ތެރޭގައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ ގެ ވަންހަފުޅުކަމުގައިވާ ހިލާލުވަންހައިގެ ވަފުދުވެސް ހިމެނުނެވެ. އެ ވަފުދުގައި އެކަމަނާގެ އެއްބަނޑު އެއްބައްޕާފުޅު އުޚްތެއްކަމުގައިވާ عزّة بنت الحارث ގެ ދަރިކަލުން ޒިޔާދު ބިން ޢަބްދު ﷲ ބިން މާލިކު، ވެސް މަދީނާއަށް ވަޑައިގެންނެވިއެވެ. ޒިޔާދު މަދީނާއަށް ވަޑައިގެންފައި އެކަލޭގެފާނުގެ ބޮޑުދައިތާފުޅު ދެކެވަޑައިގަތުމަށްޓަކައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ ގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޤައުމު އުޖާލާވެ ކުރިއަރައިގެންދާނީ އެޤައުމެއްގައި ތަޢުލީމީ ޒުވާނުން އުފެދިގެންނެވެ. ހަރުދަނާ އީމާނަކާއި ނުގުޑާފަދަ އަޒުމެއް އުފެދިފައިވާ ޒުވާނުން އެޤައުމެއްގައި އުފެދިގެންނެވެ. މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިންނެވެ. ޤައުމަށްބޭނުންވާ ޒުވާނުން ތައްޔާރުކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާބަޔަކީ މުދައްރިސުންނެވެ. މިކަން މުޖުތަމަޢުގެ ހުރިހާ ފަރުދުން ހެޔޮހިތުން ޤަބޫލުކޮށް ބަލައިގަނެއެވެ. އެބައިމީހުންނަށް އިޙްތިރާމާއި ލޯބިދެއެވެ. އެބައިމީހުންގެ ބޭނުންތެރިކަން ވިސްނެއެވެ. ކުދިންދެކޭގޮތުގައިވެސް މުދައްރިސުންނަކީ ވަރަށްމޮޅު ބައެކެވެ. އެކުދީންނަށް އަޅާލައި ހެޔޮނުބައި އޮޅުންފިލުވައިދޭ މީހުންނަކީ މުދައްރިސުންނެވެ. ކުދިންދެކޭ ގޮތުގައި މުދައްރިސުންނަކީ ވަރަށް […]
އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ ކުޑަދަރިފުޅަށް އަޅައިލުމާއި ލޯބި ދިނުމާއި، ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މައިންބަފައިންގެ ވަރަށް ބޮޑު ޒިއްމާއަކާއި ވާޖިބެކެވެ. ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރި ނުވުމަކީ ބޮޑު ފާފައެކެވެ. އެ ކުދިންނަށް ލިބިގެންވާ ޙައްޤުތައް ނިގުޅައި ގަތުމުގެ ސަބަބުން މުސްތަޤްބަލް މުޅީން ބަނަވެގެން ދެއެވެ. ކުޑަކުދިންނަށް ތަފާތު ވައްތަރުގެ އަނިޔާ ލިބެއެވެ. މި ކަމުގެ ޒިއްމާ އުފުލަން ޖެހޭނީ މައިންބަފައިންނާއި ކުޑަކުދިން ޙިމާޔަތް ކުރަންޖެހޭ ފަރާތްތަކުންނެވެ. ގިނަ ފަހަރަށް ކުޑަކުދިންނަށް އަނިޔާ ދެނީ އެ ކުދިން ޙިމާޔަތްކޮށް ބަލަހައްޓަން […]
އިސްމާޢީލް އަލީ، ރ.ކަނދޮޅުދޫ އިންސާނާގެ އެންމެ އަގުމާތް ޖައުހަރު ކަމުގައިވާ ބުއްދި ނެތިކޮށް، އެކަހެރިކޮށް ގަނަތަޅުވަމުންގެންދާ ޢަދާވާތްތެރިޔަކީ، މަސްތުވާ ތަކެތި ކަމާމެދު ދެބަސްވާނެ ހަމަ އެކަކުވެސް ނުހުންނާނެކަން ޔަޤީނެވެ. މަސްތުވާ ތަކެއްޗަކީ، އެ އެއްޗެއް ބޭނުންކުރުމުން ތިމާގެ ބުއްދިފިލައިދާ ކޮންމެ އެއްޗެކެވެ. މަސްތުވާ ތަކެތީގެ ބޭނުން ކުރުންވަނީ ޙަރާމް ކުރައްވައިފައެވެ. އިސްލާމްދީނުގައި އެއްޗެއް ބޭނުންކުރުން ޙަރާމް ކުރެއްވުމުން އެއެއްޗަކުން އަވަހަށް ދުރުވެގަންނަންވީ އެވެ. އިސްލާމްދީނަކީ އެންމެހެޔޮ ދީނެވެ. އިންސާނާއަށް ލާބަހުރި މަގަށް ގޮވައިލާ ދީނެވެ. ގެއްލުން ދެނިވި […]
އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާއަކީ ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ގެ ތިންވަނަ ދަރިކަނބަލުންނެވެ. އެކަމަނާގެ ޢިއްޒަތްތެރި މަންމާފުޅަކީ އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަ ﷲ ޢަންހާއެވެ. އެކަމަނާ ރައްކާވީ ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން މާތްވެގެންވާ މައްކަތުލް މުކައްރަމާގެއެވެ. އައްސައްޔިދާ އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާގެ ތުއްޕުޅު ދުވަސްތައް ހޭދަކުރައްވާފައިވަނީ ނުހަނު ހަރުދަނާ މަންމާފުޅަކާއި، ނުހަނު އޯގާތެރި ބައްޕާފުޅެއްގެ އުނގުފުޅު ތެރޭގައެވެ. މަންމާފުޅުގެ […]
އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ ދަރިފުޅު ދެކެ ބައްޕަ ވަރަށް ލޯބި ވެއެވެ. ތިޔައީ ބައްޕަގެ ހިތްހަމަ ޖެހުމުގެ ސިއްރެވެ. ދަރިފުޅު ފެނުމުން ހިތް އުޖާލާ ވެއެވެ. ދަރިފުޅަށްޓަކައި ޤުރްބާން ވުމުގެ ވިންދު ހިތުގައި ޖަހައެވެ. ތިޔައީ ބައްޕަގެ ފޮނި އުއްމީދެވެ. ދަރިފުޅާމެދު ބައްޕަ ކުރާ އުއްމީދު ގިނަގުނައެވެ.ދަރިފުޅުގެ މަޑުމަޑު އަދި ފިނި އަތް ބައްޕަގެ މޫނުގައި ބީއްސާލުމުން ދަރިފުޅުގެ އޯގާތެރިކަން ހިތަށް ތަސައްވަރު ކުރެވެއެވެ. ދަރިފުޅުގެ ފިރުމުންތަކާއި އަޅާލުން އެންމެ ބޭނުންވާ ދުވަހު ލިބޭނެ ކަމަށް އުއްމީދު […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ މަގޭ ލޯބިވާ މަންމާއެވެ!ތިޔައީ ނަމޫނާ މިސާލެކެވެ.މައެއްގެ ވާޖިބުތަކާއި،ޒިންމާތައް ފުރިހަމައަށް އަދާކޮށްފައިވާ ޒިންމާދާރު މައެކެވެ.ދަރިންނަށްޓަކައި މަތިވެރި ޤުރުބާންތަކެއް ވެފައިވާ މައެކެވެ. މަންމަގެ އޯގާތެރި ފިރުމުންތަކުގެ އަސަރު މިހިތުން ދުވަހަކުވެސް ފިލައިގެންނުދާނެއެވެ.މަންމަގެ މީރުވަސް މިހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. މަންމަގެ މީރުވަސް އަބަދުމެ އާލާވޭވޭ ހުރެއެވެ.މަންމަގެ ނެވާގެ މީރުކަމާއި ހޫނު އިޙްސާސް މިހިތުން ފިލާނީ ކިހިނަކުން ހެއްޔެވެ؟ ލޯބިވާ މަންމާއެވެ. މައިވަންތަކަމުގެ އިޙްސާސަކީމަތިވެރި އިޙްސާސެއްކަން މިއަދު އަޅުގަޑަށް ތަޖްރިބާ ކުރެވިއްޖެއެވެ. އެތަކެއް ރޭގެ ނިދި ނަގާލައިގެން އަޅުގަޑަށް ހޭހަން […]
މޫސާގެފާނު އަވަހާރަވުމަށްފަހު ބަނީއިސްރާޢީލު ބާގައިގެ މީސްތަކުންގެ ގާތަށް ނަބީކަމައިގެން ފޮނުއްވީ ޔޫޝަޢުގެފާނެވެ. ޔޫޝަޢުގެފާނު އެބައިމީހުންނަށް ތެދުމަގު ދެއްކެވުމުގައި ދުވަސްތަކެއް ވޭތުކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ޚަލީފެއްގެ ގޮތުން ދީނުގެ ކަންތައްތައް ކުރިއަށް ގެންދެވީ كالب بن يوفنا އެވެ. كالب بن يوفنا އަޖަލުގެ ގޮވެއްޗަށް އިޖާބަދެއްވުމުން ބަނީއިސްރާޢީލު ބާގައިގެ މީސްތަކުންގެ ގާތަށް ނަބީކަމުގެ މަތިވެރި މަސްއޫލިއްޔަތާއިގެން حزقيل (ހިޒްޤީލު) عليه السّلام ފޮނުއްވިއެވެ. އިބްނު އިސްޙާޤު، ވަހަބު ބިން މުނައްބިޙުގެ އަރިހުން ރިވާކުރައްވާ ގޮތުގައި حزقيلގެފާނުގެ ފުރިހަމަ ނަންފުޅަކީ، حزقيل […]
އެއްޖިންސުން ގުޅުން ހިނގުމުގެ މުޑުދާރު ޢަމަލު މިދުނިޔެއަށް އުފަންކުރުވި ބަޔަކީ لوط عليه السّلام ގެ ޤައުމުގެ މީސްތަކުންނެވެ. ސަދޫމުގެ މީސްތަކުންނެވެ. އެއަށްފަހު ދުނިޔަމަތީގައި ކޮންމެ ޒަމާނެއްގައިވެސް އެފާފަ ކުރަމުންގެންދާ ބަޔަކު ދިރިއުޅެމުން ގެންދެއެވެ. ނަމަވެސް އެ ޢަމަލަކީ އިންސާނީ ފިޠުރަތާއި މުޅިން ޚިލާފު ޢަމަލެކެވެ. އިންސާނީ ފިޠުރަތު އެކަމަށް ކުޑަވެސް ފުރުޞަތެއް ނުދޭ ޢަމަލެކެވެ. ބޮޑު ވަބާއެކެވެ. މިހާރުގެ ދުނިޔޭގެ ކަންކޮޅުތަކަށް ނަޒަރު ހިންގާލިކަމުގައިވިޔަސް ފެންނަމުން ދަނީ އެއް ޖިންސުން ގުޅުން ހިނގުމަކީ އެއީ ކޮންމެހެން […]