ޕާޓީ ނިމުމުން ޢާއިލާ މީހުން އާއި އެއްކޮށް ކެއުމަށް ފަހު އަހަރެންނާނައި މިކިޔާލް ދިޔައީ އަހަރެމެންނަށް ޙާއްސަ ކުރެވިފައިވި އެޕާޓްމެންޓަށެވެ.”މިކް..ސުވާލެއް ކޮއްލަންތަ؟”އަހަރެން އަހާލުމާއެކު މިކިޔާލް ބޯޖަހާލިއެވެ. “މިކް ބުނީމެއްނު އެރޭ މިކް ގޮވައިގެން އައި ހުސޭނު ކިޔާ މީހާ އެއީ މިކްއާ އެއްވެސް ވަރަކަށް ގުޅުމެއް އޮންނަ މީހެއް ނޫނޭ..ދެން ކީއްވެ އެރޭ އެ މީހާ އާއި އެއްކޮށް ހުރީ؟” .އަހަރެން އެހެން އަހާލުމާއެކު މިކިޔާލް އަހަރެންނަށް ބަލާލަމުން ހިނިތުން ވެލިއެވެ. އަދި އަހަރެންގެ ގާތުގައި އެނދުގައި […]
މި ވާހަކަ އަކީ އެޕިސޯޑް ތަކަކަށް އަދި ދިގު ވާހަކައެކެވެ. މި ވާހަކައި ގައި އުޅެމުން އަންނަ މީހުންގެ ނަން ތަކަކީ ހިޔާލީ ނަން ތަކެއް ކަން ހަނދުމަ ކޮށްދެމެވެ . މި ވާހަކަ ކިޔުމަށް ފަހު ކިޔުންތެރިންގެ ހިޔާލު ފާޅު ކޮއްލަ ދެއްވުން އެދެމެވެ . ********************************************************************************* ބޮޑު ފަޓާހެއް ގޮވިއަޑު ކަހަލަ އަޑެއް އިވުމާއެކު ރީތިކޮށް ދުވަމުން އައި މޮޓަރު ހުއްޓިއްޖެއެވެ . ރޭގަނޑުގެ 10ޖެހިއަރެެވެ . އެންމެ ފިނި މޫސުމެވެ. ހިމޭންކަން ވެރިވެގެންވާ […]
އަހަރެން އިންތިޒާރު ކުރަމުން ދިޔައީ 10:30 ބައިވާނެ އިރަކަށެވެ.މިކިޔާލް ބުނިގޮތަށް ރީތި ހެދުމެއްލައި ކުޑަކޮށް ރީތި ވެލުމަށްފަހު ނިކުމެ ސޯފާގައި އިށީންދެލީމެވެ. އެވަގުތު ދޮންމަންމަ ފާޑަކަށް ބަލަން އިނުމުން ހިނިތުން ވެލީމެވެ. އެވަގުތު މިކިޔާލް އައުމުން އަހަރެންވެސް މިސްރާބުޖެހީ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރިއަށްވަދެ ތަޅުލުމަށް ފަހު މިކިޔާލް އާއި ދެމީހުން ތިިބީ ކުރަން މިއުޅޭ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާށެވެ.”މިޝް..މިކް އަށް އިނގޭ މިިޝް ލޯބި ނުވާކަން މިކް ދެކެ އެކަމަކު މިޝް މިކަމުން ސަލާމަތް ކުރަން […]
އަހަންނާއި ކައިލް އޯޑަރ ޖެހި އެއްޗިހި އަހަރުމެން ދެމީހުން ތިބި މޭޒު ކައިރިއަށް ގެނެސްފިއެވެ . އަދި އަހަރުމެން ދެ މީހުން ގެނޭ އެއްޗިހި ކެއުމަށް އިންސާފް ކުރަން ފެށީމެއެވެ .######################################################################### އަހަރެން ( މާނިއު ) އާއި ކައިލް އަކީ ސްކޫލް ދުވަސް ވަރުން ފެށިގެން އެއް ކިލާހެއްގައި އުޅެމުން އަންނަ 2 ރަހުމަތް ތެރިންނެއެވެ. އުޅެމުން އަންނަނީ އެއްބަނޑު އެއްބަފާ 2 މީހުން އުޅޭ ހެންނެވެ . އެކަކަށް ނުވާ ކަމެއް ކޮށްދެމުން ނެވެ […]
އަހަރެންނަށް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. އޭރުވެސް އަހަރެންގެ ކުރިމައްޗަށް ވާގޮތަށް އޮތް މިކިޔާލް އޮތީ ގަދަ ނިދީގައެވެ..ވަގުތުން އަހަރެންގެ ހަނދާނަށް އައީ ރޭގަވީ ކަންތަކެވެ. ކަރުނަތަކާ އެކުވެސް ހިނިތުން ވެލުނީ މިކިޔާލް ގެ އޯގާތެރިކަން ހިތަށް އަރާފައެވެ. އަވަސް އަވަހަށް ތެދުވެ ގައިގާ ރަނގަޅަށް ރަޖާގަނޑު އޮޅާލުމަށްފަހު ފާޙަނައަށް ވަނީމެވެ. އެއަށްފަހު އެއްޗެހި ބަދަލް ކޮއްގެން އައިސް މިކިޔާލް އަށް ގޮވީ ނަމާދަށް ދާންޖެހޭނެތީއެވެ. އަހަރެން ސްކޫލްގައި އުޅުނު އިރު މުބާރާތް ތަކުގައި ކުޅެންލާން […]
އަހަރެން ނުދާން ވަރަށް ގަދަ ދެއްކީމެވެ.އެހެނަސް ދޮންމަންމަ އަހަރެންނަށް ވުރެއް ބާރުގަދައެވެ.ރޮއެ އާދޭސް ކުރާ ޙާލު އެހެނުހެދުމަށް އަހަރެން ބުނީމެވެ. ނަމަވެސް އަހަރެންގެ އާދޭސްތަކަށް ދޮންމަންމަ ދިނީ ބީރު ކަންފަތެކެވެ. އިރުކޮޅަކުން ކޮޓަރިއަށް ވަނީ އެއްކަލަ މީހާއެވެ.އެވަގުތު ދޮންމަންމަ ބުނެލިއެވެ. “ހުސޭނާ..އަވަސް ކުރާތި ކަލޭއަށް 45 މިނެޓް ދެން ހުރި މިކިޔާލް އެއީ ވެސް ގަދަ ކަމުން މިކަން ކުރުވަންޖެހޭމީހެއް ދޯ އެހެންވީމަ އޭނަ ވައްދާފަ ބޭރުން ތަޅުލީމަ ނިމުނީއެއްނު ” ދޮންމަންމަގެ ވާހަކަ ނިމުމުން އެމީހާ […]
“އިޝްޤަކީ މުޅި ޒިންދަގީ ބަރުބާދަކޮށްލާ ވޭނެކޭ ގިސްލުމާ ލޭކަރުނަ އޮހޮރާލަންޖެހޭ އަފުސޫސެކޭ” ނާމަން އަނދިރި ރޭނގަނޑަކަށް ފަހު ރީތި ދުވަހަށް އިރު ފާއްދާލިއެވެ. އޭރު އިރުވައި މޫސުމުގެ އަސަރުތައް ޖައްވަން ވެރިވެއްޖެއެވެ. މަތީގައި ބައިގަނޑުގަނޑަށް ހަޅޭއް ފަޅޭން ލަވަމުން ދިޔަ ކާޅުތަކަށެވެ. ދާނެ މަންޒިލެއްނެތި ދަތުރުކުރަމުން ދިޔަ މާކަނާތަކަށެވެ. ގަސްތަކުން ފުރޭނިގެން ޖެހެމުން ދިޔަ އަރާމު ރޯޅިތަކުން މުޅި ފަޒާގައި ވަނީ ތާޒާކަމެވެ. ނޫވިލަކީ ވަށާފާރު ނެތް ގެއެކެވެ. ޒަމާނީ ފެންވަރަށް 02 ބަޔަށް ހަދާފަ ހުރި […]
ހަނދުވަރުގެ ރިހި އަލިން މުޅިތަންވަނީ ދިއްލިފައެވެ. ހަމަ ހިމޭން މާހައުލުގައި އަހަރެން އިނީ ގެއަށް ދާހިތް ނުވެފައެވެ.ނަމަވެސް 10:30 ވުމުގެ ކުރިން ގެޔަށް ވަންނަން ޖެހޭނެ އެވެ. އެހެންނޫނީ އަހަރެންގެ ދޮންމަންމަ އަހަރެންނަށް ކޮށްލާނީ ކީއްކަމެއް ޙުދު އަހަރެންނަކަށް ވެސް ނޭގެއެވެ.ވަރަށް ހިތްވަރުން އަހަރެން ތެދުވެ ގައިގައި ހޭކިފައިހުރި ވެލިތައް ފޮޅާލީމެވެ.އަދި ގެއަށް ދިއުމަށްޓަކައި ހިގައި ގަތީމެވެ. “ކަލޭ ކޮންމެ ރެއަކުހެން އަތިރި މައްޗައް ދަނީ ކާކަށް ތުއި ދެއްކެންތަ އޭ؟ އަން މި ލައިގެން ރެޑީވޭ..އަވަސް […]
ދުވަސްތައް ހަލުވި ކަމާއެކު ފާއިތުވަމުން ދިޔައެވެ.ނަމަވެސް ރީޝާގެ ފަރާތުން ޒަކްވާން ކުރި އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބެއެވެ. ޒަކްވާން އާއި ރީޝާގެ ގުޅުން ކޮންމެ ގޮތަކަށް އޮތް ނަމަވެސް ޒަކްވާން އާއި ޒިކާން އާއި ދެމެދު އޮތީ ބައްޕަ އަކާއި ދަރިޔެއްގެ ދެމެދުގައި އޮންނަ ކަހަލަ ގުޅުމެކެވެ. ޒިކާން ވެސް ޒަކްވާން އާއި ހެދި ވަރެއް ހުރެ އެވެ. ޒަކްވާނަ ވެސް ޒިކާން ބަލަމުން އައީ ޒަކްވާންގެ އަމިއްލަ ދަރިޔެއްގެ ގޮތަށެވެ. މިހާރު ޒަކްވާންގެ ހުރިހާވެސް ވިސްނުމެއް […]