Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކައުފެއްދުންތެރި ލިޔުންމަޖާ

ފާތުމާގެ ބިރު

Rau❤❣ Level 1
October 29, 2018 One Min Read
7 Comments

ފާތުމާ އަވިއްސެއް ހެން ދެކޮޅަށް ދުވަމުން ދިޔައީ އިރުއޮއްސުމުގެ ކުރިން ކުރަންހުރި ހުރިހާ މަސައްކަތެއް ކޮށް ނިންމާލެވޭތޯއެވެ. ނޭވާލާނެ ވަގުތުކޮޅެއް ނުހޯދާ ހަދަރިން އެކަނިމާއެކަނި ބަލަމުން އަންނަތާ ދެއަހަރު ވީއެވެ. ފާތުމާގެ ފިރިމީހާ ހަސަނު މަހަށް ގޮސް އުޅުމުގެ ތެރޭގައި ދިމާވި ހާދިސާއަކާ ގުޅިގެން ނިޔާވީ މީގެ ދެއަހަރު ކުރިން ފާތުމާ 6 ވަނަ ކުއްޖާއަށް ބަލިވެ އިންދައެވެ. އަދި އާއިލާ މީހުންގެ އެހީތެރިކަމެއް ފާތުމާއަށް ލިބެމުން ނުދާތީ ފާތުމާ ވެފައި ވަނީ ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅެމުންދާ މީހަކަށެވެ. ފާތުމާގެ އެންމެ ކުޑަކުއްޖާއަށް މިހާރު 2 އަހަރު ފުރިފައިވާއިރު އެންމެ ދޮށި ކުއްޖާ އަށް އަދި ވީ އެންމެ 13 އަހަރެވެ. އެހެންކަމުން ގޭގެ ކަންތައްތައް ކުރަންޖެހިފައިވަނީ ފާތުމާއަށް އެކަންޏެވެ. ދަރިންގެ ކަންތައްތައް ބަލަމުން ގޭގޭ މަސައްކަތްތަށް ނިންމުމުގައި އަވަދިނެތި އުޅެމުން އަންނަ ފާތުމާގެ މަސައްކަތް މިއަދު ލަސްވެގެން ދިޔައީ އެދުރުގޭގައި އޮތް ބައްދަލުވުމަަކަށް ދާން ޖެހިގެންނެވެ.

ކޮންމެއަކަސް ތެޅެމުން ފޮޅެމުން އިރުއޮއްސުމުގެ ކުރިން ފާތުމާ ހުރިހާ ކަމެއް ކޮށް ނިންމައި ތަންޑުލައިފިއެވެ. މީހުން ދިރިއުޅެ ހިސާބާ ދުރުގައި ފާތުމާއަށް އުޅެން ޖެހުމުގެ ސަބަބުން ކޮންމެ ދުވަހަކުވެސް އިރުއޮއްސުމުގެ ކުރިން ކުރަން ހުރި ހުރިހާ ކަމެއްވެސްކޮށް ނިންމޭތޯ ބަލައެވެ. ކުދިންނަށް ކާންދީ އަކުރު ކިޔައިދީ ފެންވަރުވައި ނިންދެވުމަށްފަހު އަވަހަށް އޮށޯތީ މިރޭވެސް އަވަހަށް ނިދާލުމުގެ ނިޔަތުގައެވެ. ފާތުމާއަށް ނިދި ނިދި އޮއްވާ ކުއްލިއަކަށް ފުންމައިގެން ތެދުވަތީ ބިރުވެރި ހުވަފެނެއް ފެނިގެންވެސް މީހަކު ނުތެދުވާނެ ފަދަ ގޮތަކަށެވެ. ތެދުވުމާއެކު އަޅާއެތިކޮށް ދޮރާއި ދިމާއަށް ދުއްވައިގަތީ ކަމެއް ހަނދާން ވެގެންނެވެ.

ކޮންމެ ދުވަހަކުވެސް ހުރިހާ މަސައްކަތެއް ކޮށް ނިންމާ ފާތުމާއަށް މިރޭ ނިދަން ވަދެވުނީ ކާއެއްޗެހި ޑަސްބިން އުކާނުލައެވެ. ޑަސްބިން އުކާނުލައިފިނަމަ މިރޭ ބުޅާ އަރައި މުޅިތަން ހަފުސްކުރާނެ ކަމުގެ ބިރަށްޓަކައި ފާތުމާއަށް ނިދާކަށް ނޯވެވުނެވެ. ދޮރުން ބޭރަށް ބޯދިއްކޮށްެން ކުޑަ ވަގުތު ކޮޅަކު މަޑުކޮށްލީ ކިރިޔާވެސް މީހެއްގެ ހިލަމެއް ވޭތޯ ބަލާލުމަށެވެ. މީހެއްގެ ހިލަމެއް ވާން ނެތުމުން މޭގައި އަތްޖައްސާލާއިގެން ހުރެ ދުލަށް އައިހައި ހެޔޮއެއްޗެއް ކިޔަމުން ޑަސްބިން ހިފައިގެން ފާތުމާ ދިޔައީ ގޮނޑުދޮށާ ދިމާއަށެވެ. މިނޫނީ ހަސަނު ނިޔާވިފަހުން ފާތުމާ ރޭގަނޑު ބޭރަކަށް ނުނިކުމެއެވެ. އަދި ހަސަނު އުޅުނު ޒަމާނުގައިވެސް ރޭގަނޑު ބޭރަށް ނިކުތުމަކީ ފާތުމާއަށް ބޮޑު ކަމެކެވެ. ކޮންމެއަކަސް މިކަންވެސް މިއޮތީ ކުރާން ޖެހިފައެވެ. ފާތުމާ އަވަސް ފިޔަވަޅުމަތީ ގޮސް ގޮނޑުދޮށަށް ފައިބައި ޑަސްބިން އުކާލުމަށްފަހު ބަލިދީ ރީއްޗަށް މުދުން ދޮވެލައިގެން އެއްގަމަށް އެރިއިރު ހުރީ މީހާ ބިރުން ގޮސް އެއްކޮށް ދާހިއްލާ ފޯވެފައެވެ.

އަވަސް އަވަސް ކޮށްލައިގެން ގެޔަށް ދާން އުޅުމުގެ ތެރޭގައި ފާތުމާއަށް އަދި ވީ މާ ނުބައި ގޮތެކެވެ. މީހާ ބިރުން ހުރި ވަރުން ގެޔަށް ދާ މަގު އޮޅުނީއެވެ. މިހާރު ފާތުމާގެ ހިތެކޭ ދިރޭ މަހަކަށް ފެން ނުލިބުމުން މަރަށް ތެޅޭ އެއްޗެކޭ އެއްފަދައެވެ. ވަކި ހިސާބަކަށް ބާރަށް ހިނގައިފައި އައުމަށްފަހު ދުއްވައިގަތީ ދެބުޅާ ކޯޅެގަތް އަޑަށް ބިރުންނެވެ. ދުވެފައި ދަނިކޮށް އަނެއްކާވެސް ފާތުމާއަށް ދިމާވީ މާ ދެރަ ގޮތެކެވެ. ރުކަކުން ވެއްޓިފައި އޮތް ފަންގަނޑެއްގައި އަޅައިގަނެގެން ފާތުމާ ވެއްޓި އެތާ އޮތް ގާގަޑެއްގައި ބޯ ޖެހި ފާތުމާގެ ބޯ ފަޅައިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބައިވަރު ލޭތަށް ފެނުމާއެކު އެ އޮތް ތަނަށް ފާތުމާ ހޭ ނެތިއްޖެއެވެ.

ފާތުމާއަށް ހޭވެރިކަންވީ އޭނާގެ އެންމެ ކުޑަ ދަރިފުޅު ރޯ އަޑަށެވެ. އޭރު އޭނާ ވަށައިގެން މީހުން އެއްވެފައި ތިއްބެވެ. ވީ ގޮތް ރޭކާލީ ހޭއެރިތާ އިރުގަނޑެއް ވީ ފަހުންނެވެ. އަޑުން އަޑުނަގާ ރޯން ފެށީ ރޭގައި އޭނާއަށް ދިމާވި ހާދިސާ ހިތަށް އެރުމުންނެވެ. ފާތުމާ ވަލު ތެރޭގައި ހޭނެތިފައި އޮއްވާ ފެނުނީ ފަތިސްނަމާދު ކޮށްލައިގެން ވަލަށް ވަދެ އުޅުނު ބަޔަކަށެވެ. ފެނުމުން އަވަހަށް އެމީހުން ފާތުމާ އޭނާގެ ގެޔަށް ގެނައީ އެވެ. އޭނާ އަށް މިހެން މި ދިމާވީ ގަންނާ ކުރައްވާ ބިރެއްގެ ސަބަބުންނެވެ. އަދި މިހާދިސާއަށް ފަހު ރަށު މީހުންވެސް މީހުން ދިރިއުޅޭ ހިސާބުން ފާތުމާއަށް ޖާގަދިނެވެ.

 

(ނިމުނީ)

Share Article

Follow Me Written By

Rau❤❣

Level 1

އައްސަލާމް ޢަލައިކުމް. އަޅުގަނޑުގެ ވާހަކަ ތަކަކީ އަޅުގަނޑުގެ އަމިއްލަ ހިޔާލުގެ މައްޗަށް ބިނާކޮށްގެން ލިޔާ ވާހަކަ ތަކެކެވެ. އެހެންކަމުން ވާހަކައިގައި ކުށް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ވާހަކަ އަށް ފާޑު ކިޔުމަކީ މައްސަލައެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ. ފާޑު ކިޔުމަކީ ލިބޭ ކުރިއެރުމެކެވެ. އުނި ކަންތައްތައް ރަނގަޅު ކުރެވޭނީ ކިޔުންތެރިންގެ އެއްބާރުލުން ލބިގެންނެވެ. އަދި ލިބޭ ފާޑުކިޔުންތަށް ހެޔޮހިތުން ބަލައިގަނެ ރަނގަޅުކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމުގައި ބަލަމެވެ..❤❣

Other Articles

Previous

ޝާނާ

Next

އެވްލީން… 22

Next
October 29, 2018

އެވްލީން… 22

Previews
October 29, 2018

ޝާނާ

7 Comments!

  1. ?SHIFU? says:
    October 29, 2018 at 9:37 am

    Yey me first. Nice

    1. Rau❤❣ says:
      October 29, 2018 at 2:03 pm

      Hehehe.. Thank you @?SHIFU?

  2. Suha says:
    October 29, 2018 at 12:04 pm

    varah furihama..dhen faharakun dhigu kohlaa

    1. Rau❤❣ says:
      October 29, 2018 at 2:05 pm

      Thank you @Suha.. Inshaa allah dhen genesdhey vaahaka mi vaahaka ahvvureh dhigukoh genesdheveythoa balaanan ??

  3. Neynge??‍♀️ says:
    November 1, 2018 at 12:48 am

    Varah reethi. My Adheeba❤️✨

    1. Rau❤❣ says:
      November 1, 2018 at 6:06 pm

      Hehehe… Thanku??❤❤

  4. Yum says:
    November 8, 2018 at 10:58 pm

    V reethi

Comments are closed.



All Right Reserved!